ފާލަމަށް ފެރީ ގާތްކުރުމާއެކު ދަބަސް ކޮނޑުގައި އަޅުވައިގެން ފެރީން ފޭބީމެވެ. ދަތުރުވެރީންގެ އިސްތިޤުބާލުގައި އެމީހުންގެ ގތްތިމަގެ މީހުންނާއި ބައެއް ރަހުމަތްތެރިން އައިސް ތިއްބެވެ. މާހައުލަށް ނަޒަރު ހިންގާލުމުން ފެންނަނީ އުފާވެރިކަމެވެ. އުފަން ވަޒަނަށް އާދެވުނު ނަމަވެސް އަހަންނަށް ކުރެވުނީ ބީރައްޓެހި އިހުސާސެކެވެ. ދާނެ ވަކި ދިމާލެއް ނޭނގިފައި ހުއްޓާ އަހަރެންގެ ކޮނޑުގައި މީހަކު ޖެހިގަތެވެ. އަހަންނަށް އެދިމާލަށް ބަލާލެވުނެވެ. އަހަންނަށް އެދިމާލަށް ބަލާލެވުނެވެ. ދަންނަ މޫނެއްހެން ހީވިއެވެ. އޭނާވެސް ހުރީ އަހަންނާ ދިމާލަށް ބަލަހައްޓައިގެންނެވެ. ބޭއިޚްތިޔާރުގައި އޭނާގެ އަތުގައި ހިފާ އަހަރެންނާ ދިމާލަށް ދަމާލެވުނެވެ. ކުއްލިއަކަށް އަހަރެން ގެނބެން ފެށީ މާޒީގެ ފުން ކަނޑުގެ ތެރެއަށެވެ.
އަހަރެންނަކީ ދ.މީދޫއަށް އުފަން ޒުވާނަކީމެވެ. ކިޔަވައިގެން ރަށު ހަސްފަތާލުގައި އަހަރެން މަސައްކަތް ކުރަމުން ދިޔައީ ތަރުޖަމާނަރެއްގެ ގޮތުގައެވެ.
ހެނދުނު ހޭލައިގެން ސައިބޮވެ ހަދައިގެން އަހަރެން ދިޔައީ ޑިއުޓީއަށެވެ. ނަމަވެސް ކަންދިމާކުރި ގޮތުން ބާރަ ޖެހިއިރުވެސް ބަލި މީހަކު ނެތެވެ. މިހެންކަމުން ހަވީރު ޑިއުޓީ ނިންމާފައި ގެއަށް ދާން ހިނގައިގަތީމެވެ. ހަސްފަތާލުން ބޭރަށް އެޅުނީ ދެތިން ފިޔަވަޅެވެ. ކުއްލިއަކަށް މީހަކު އަހަރެންގެ ބޯމަތީ ލަކުޑި ބުރިއަކުން ޖެހިއެވެ. ދެން ވީ ގޮތެއް އަހަންނަކަށް ނޭނގެއެވެ.
ހޭއެރި އިރު އަހަރެން އިނީ ހަދަންފަށާފައި ހުރި އިމާރާތެއްގެ ތެރޭ ހުރި ގޮނޑިއެއްގައި ބަނދެފައެވެ. ހަޅޭއްލަވައިގަންނަން އުޅުނީމެވެ. ނަމަވެސް އަޑު ވަނީ އަރުތެރޭ ތާށިވެފައެވެ. ވަށައިގެން ހޯދާލީމެވެ. ކަނު އަނދިރީގައި މީހެއްގެ ހިލަމެއް ނެތެވެ. ކުއްލިއަކަށް ހޮޅިބުރި ދިއްލުނެވެ. ކުރިމަތީ ހުރީ އަހަރެން ދުވަހަކުވެސް ދެކެފަރިތަ މޫނެއް ނޫނެވެ. ނަމަވެސް ދެން އެތަނަށް އައީ މިރަށުގައި އެންމެ ހިނގާ ކަންމަތީ ގްރޫޕު "ކޮސްމޮޓޮސް" ގެ "ބޮސް"، ޒިޔާންއެވެ. އަހަރެންގެ ކުރީގެ ވަރަށް ގާތް އެކުވެރިއެކެވެ. ދެން ފެނުނީ އަހަރެންގެ ލޯބިވެރިޔާ ސަނާއެވެ. އޭނަ ކުރަނި ކީއްބާވައެވެ؟
އަހަރެން ލައްވާ އެމީހުން ގަދަކަމުން މަސްތުވާތަކެތި ބޭނުންކުރުވިއެވެ. އަހަރެން ހިތަށް އެރިއެވެ. ނުމމޮށޭ ގުރާ ބާރަށް ދައިގަންނާނެއެވެ. ސަނާ އެއީ ވަރަށް މަޑުމަޑުން ހުންނަ ކުއްޖެއް ނަމަވެސް އޭނާ އެ ވީ އަހަރެން ހީކުރި ކަހަލަ މީހަކަށް ނޫނެވެ. އޭނާ އަހަރެން ލައްވާ އެކުރުވީ ވަރަށްވެސް ދަށުދަރަޖައިގެ ޢަމަލެކެވެ.
އަހަރެން ކުށެއް ނުކުރަމެވެ. ނަމަވެސް ޖަލު ޙުކުމް ތަންފީޒުކުރަން ޖެހުނީ އަހަންނަށެވެ. އާއިލާއާއި ރަޙުމަތްތެރިންގެ ރުޅިވެރިކަމާއި ފުރައްސާރަވެސް ކުރިމަތިކުރުވީ އަހަންނާއެވެ. ދެން ތިބި މިހުން ފިލީއެވެ.
މާޒީއިން ނުކުންނަން ސިގުނަލެއް ދިނީ ސަނާ އަހަރެންގެ އަތުން ދެމިގަންނަން ގަދަހަދާލުމުންނެވެ. "އައިޑެންޓިޓީ" އޮޅުވާލުމަށްޓަކައި ޕްލާސްޓިކް ސާރޖަރީއެއް ހަދާފައިވީ ނަމަވެސް އަހަންނަށް އެމޫނު އޮޅުވައެއް ނުލެވުނެވެ. އަހަރެން ސަނާ ދޫކޮށްލުމަށް ޚިޔާލެއް ނުކުރަމެވެ. "އަހަންނަށް ތި ދިން ކެހި ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ! ތީގެ ބަދަލު އަދި ދޭނަން! އެކަން ހަނދާން ކުރާތި!" ސަނާވެސް ވަކި އަނގައިން ދެރައެއް ނުވިއެވެ. "އަހަރެން ބޭނުންވީ ކަލޭގެ ފައިސާ! އެކަން އަހަންނަށް ވެއްޖެ! ދެން ކަލޭގެ އެއްވެސް ބޭނުމެއް ނެތް!" އަހަރެން ރުޅިއައީ އެހިސާބުންނެވެ. ސަނާގެ ކޯމަތީގައި ހޫނު އެތިފަހަރެއް އަހަރެން އަޅުވާލީމެވެ. ސަނާ ވެއްޓުނެވެ.
ސަނާ ހަސްފަތާލަށް ގެންދެވުނެވެ. ނަމަވެސް ވަގުތު ފާއިތުވުމުން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ. ސަނާ މި ދުނިޔެއާ އަލްވަދާޢު ކިޔައިފިއެވެ. އާޚިރަތުގައި އޭނާ ކުރި ކުށުގެ ސަޒާ އޭނާއަށް ލިބޭނެއެވެ. އަހަރެން އެނބުރި ދާން ޖެހުނީ ޖަލަށެވެ. ގަސްތުގައި މީހަކު މަރާލި ކަމުގެ ތުހުމަތުގައި އުމުރު ދުވަހަށެވެ.
ނިމުނީ
ވާހަކަ ލިޔުމުގައި ރަނގަޅު ކޮއްލަންވީ ކަމެއް ވިއްޔާ ބުނެދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް
ރަނގަޅު ކުރަންޖެހޭ ހުރިހާކަމެއް ވެސް.. ފުރަތަމަ ކަމަކަށް ރަނގަޅު ޕްލޮޓެއް. އެޔަށް ފަހު ދޯ ވާހަކަ އެއް ލިޔެވޭނީ..
ވާހަކައިގަ ވާއެއް ނުވާއެއް ނޭނގެ
ވާހަކަ ސަޅި. ކުރުވާހަކަ އެކޭ ބުނީމަ މާ ބޮޑަށް ކުރުކޮއްލަން ހަދައިގެން ބައެއް ކިޔުން ތެރިންނަށް ވާނުވާ ނޭންގިގެން އެއުޅެނީ.. ތަންކޮޅެއް ތަފްސީލް ކޮއްލިނަމަ މިއަށްވުރެ ނަގައިގަންނަން ފަސޭހަ ވީސް..
ޝުކުރިއްޔާ ތި ދެއްވި އިރުޝާދު ތަކަށް. އެކަންތައްތައް ދެން ލިޔާ ވާހަކައެއްގައި ރަނގަޅު ކޮށްލެވޭތޯ މަސައްކަތް ކުރާނަން