ހުވަފެނެއްބާ؟ ހަޤީގަތަކަށްވެއްޖެނަމަ

އެރެއަކީވެސް އަހަރެންނަށް އިތުރު ބިރުވެރިކަމެއް ލިބިގެން ދިޔަރެއެކެވެ. ޖެހިޖެހިގެން އެހުވަފެން ފެންނަތާ ދެމަސްވަރުވެދާނެއެވެ. ހިތް ބިރުގަންނަނީ ކީއްވެ ކަމެއް ހުދު އަހަރެންނަށް ވެސް ގަބޫލެއް ނުކުރެވުނެވެ. އެހުވަފެން ފެންނަ ކޮންމެ ރެއަކު އަހަރެންނަށް ސިހިފައި ހޭލެވޭއިރު އަހަރެންގެ ފަލަމަސްގަނޑުގައި ވަކި އެޅިފައި ހުރެއެވެ. ނަގާ ދިލައިން ކެތް ކުރެވޭ ވަރުވެސް ނުވެއެވެ. މުޅި މީހާ ހުންނަނީ އުދާސްވެ މާނޭވާ ލެވޭވަރުވެފައެވެ. ވަކި އެޅިފައި ހުންނަތަން އަހަރެން ވަރަށް ރަނގަޅަށް ބަލަމެވެ. އަހަރެން ހިތަން އަރަނީ އެއީ އަހަރެންގެ ނިޔަފަތީގެ ނިޝާނެއް ކަމުގައެވެ. ނަމަވެސް އަހަރެންގެ އިނގިލީގެ ނިޝާނަށް ވުރެ އެތަނުގައި އެޅިފައި ހުންނަ ނިޝާން ބޮޑުވެފައި ތަފާތު ގޮތެއް ހުރެއެވެ. ގައިން ފާޑެއްގެ ދިލައެއްވެސް ނަގާފައި ހުރެއެވެ.

އެކަމާއި އަހަރެން ވަރަށް އަޖައިބުވިއެވެ. ހިތަން އަރަނީ ފަންޑިތަވެރިކަމެއްގެ ގޮތުގައެވެ. އެކަމަކު އެއީ އެކަހަލަ ކަމެއް ނޫނެވެ. ކޮންމެވެސް ބޮޑު ސިއްރެ ފޮރުވިފައިވާ ކަމެކެވެ. އެކަމުގެ ހަގީގަތް ހޯދަން އަހަރެން ބޭނުންވިއެވެ

މިރޭވެސް އަހަރެން ނިދީ ވަރަށް ހަމަޖެހިލައިގެންނެވެ. ހިތުގައި އެއްވެސް ކަހަލަ ވަސްވާހެއް ނެތިއެވެ. ގަޑިން އެކެއް ޖެހިތަނާހެން އަހަރެންނަށް ނިދުނެވެ. ކުއްލިއަކަށް ހޭލެވުނީ އަހަރެންނަށް މީހަކު ވަރަށް ހެވިފައި އަހަރެންނަށް ގޮވާލިއަޑަށެވެ. އަހަރެން ފުރޮޅިލާފައި ދޮރާއި ދިމާއަށް ބެލީމެވެ. އޭރު ދޮރުމަތީގައި ކޮންމެވެސް މީހަކު ހުއްޓެވެ.

އަހަރެންނަށް އެއީ ކާކުކަމެއް ނޭންގުނެވެ. ފަޑުއަލިކަމެއް ކޮޓަރިއަށް ވެރިވެފައި ވުމުގެ ސަބަބުންނެވެ.

އަހަރެން އެނދުމަތިން ތެދުވެގެން ގޮސް ކޮޓަރީގެ ބޮކި ނިއްވާލުމަށްފަހު ހޮޅިބުރި ދިއްލީމެވެ. އުފަލުން އަހަރެންނަށް ރޮވުނީއެވެ. އެއީ އަހަރެންގެ އެންމެ ލޯބިވާ ބައިވެރިޔާ ދުވަސްގަޑަކަށްފަހު ލޮލަށް ފެނުމުންނެވެ. އަހަރެންގޮސް އަހަރެންގެ ލޯބިވެރިޔާގައިގަ ބައްދައިގަތީމެވެ. އުފަލުންގޮސް ލޮލުން ކަރުނަ ހިލުނެވެ. އަހަރެންގެ ލޯބިވެރިޔާ އަށްވެސްވީ ހަމަ އަހަރެންނަށް ވީފަދަ ގޮތެކެވެ.

އަހަރެމެން ދެމީހުން އެއް ހަށިގަޑެއްފަދައިން ތިބެވުނީ ކިހާ އިރަކުކަމެއްވެސް ނޭންގުނެވެ.

ކުއްލިއަކަށް އަހަރެންގެ ނޭވާ ހާސްވާން ފެށިއެވެ. އަހަރެންގެ ލޯބިވާ ބައިވެރިޔާ އަހަރެންނަށް ގޮތެއްވާހެން ހީވުމުން އަހަރެންގެ ހަށިގަނޑު ކުޑަކޮށް ދުރުކޮށްލިއެވެ.

އެވަގުތު އޭނައަށް ފެނުނީ އަހަރެންގެ ދެލޯކުޑަވަމުން ދިޔަ މަންޒަރެވެ. އަހަރެން ހެވިލާފައި އަހަރެންގެ ލޯބިވާގެ މޫނަށް ބަލައިލީމެވެ. ނަމަވެސް އޭނަގެ މޫނުމަތީގެ ކުލަވަރު ގެއްލެމުން ދިޔައެވެ. ލޮލުގައި ކަސްތޮޅުއެޅިފައިވާ ކަރުނަތައް ކޯތާފަތަށް ފެންކޯވަރެއްފަދައިން އޮހިގަތެވެ.

އަހަރެން މަޑުމަޑުން އޭނަގެ އަތްމައްޗަށް ތިރިވަމުން ދިޔައެވެ. އެވަގުތު އަހަރެންގެ ލޯބިވެރިޔާ އަހަރެންގެ ނަމުން ގޮވާލީ އޭނަ ކިޔާގޮތަށް ވަރަށް އޯގާތެރިކަމާއެކުގައެވެ. އަހަރެންގެ ކުޑަވަމުންދިޔަ ދެލޮލުން އަހަރެން އޭނަގެ މޫނަށް ވަރަށް ލޯބިން ބަލައިލީމެވެ.

ބައިވެރިޔާއެވެ. ދެރަނުވާށެވެ. މިރޭ އަހަރެން މިދަނީ އަހަރެން އެންމެ ލޯބިވާ ބައިވެރިޔާގެ އުނގުގައި އޮވެގެންނެވެ. މިދުވަސް އަންނާނެކަން އެންމެނަށްވެސް އެނގޭނެއެވެ. އެކަމަކު އަހަރެން ނިމިގެން މިދަނީ ތިހެޔޮއެދޭ ބައިވެރިޔާގެ ކުރިމަތީގައެވެ. އަހަރެންގެ ދެދުނިޔޭގެ ލޯބިވި ބައިވެރިޔާގެ މަތިން ކައްވަޅުގައިވެސް ހަނދާންކުރާނަމެވެ. އެވަގުތު އަހަރެންގެ ލޯބިވާ ބައިވެރިޔާ އަޑުން އަޑުނަގައި ރޮމުން ދިޔައެވެ.

ލޯބިވާ ބައިވެރިޔާ ރޮމުން ދިޔަވަރަކަށް އަހަރެންގެ ހިތުގެ ވިންދު ޖެހުން ލަސްވަމުން ދިޔައެވެ. އަހަރެން އަނެއްކާވެސް ވާހަކަ ދެއްކޭތޯ މަސައްކަތްކުރީމެވެ. އޭނަގެ ހިތްހަމަޖައްސައިދިނުމުގެ މަގުސަދުގައެވެ. އަހަރެންގެ ލޯބިވާ ބައިވެރިޔާ އެވެ. ކުރިންވެސް އަހަރެން ބުނިހެން އަހަރެން މަރުވެގެން މިދަނީ ހިތުގައި ޖެހުމުގެ ސަބަބުން އެހިތްށް ފުން އަސަރުތަކެއްކުރުމުގެ ސަބަބުންނެވެ. ނަމަވެސް ތި ހެޔޮ އެދޭ ލޯބިވާ އަހަރެންގެ ހަޔާތަށް ގެނެސްދިނީ އުޖާލާކަމެވެ. އުފާވެރިކަމެވެ. ނުރޯށެވެ. އަހަރެންނަށް ކުށެއް ކުރެވިފައިވާ ނަމަ މައާފުކޮށްދޭށެވެ.

އަހަރެންގެ ލޯބިވާއަށް އަށް އިތުރަށް ރޮވުނީއެވެ. އެއީ އަހަރެންގެ އެންމެ ފަހުނޭވާވެސް އޭނަގެ ހަށިގަނޑުގައި ބީހިލިވަގުތުގައެވެ. ދެން ވީގޮތެއް އަހަރެންނަށް އެނގުނީ ހުވަފެނަކަށް ވީތީއެވެ. އޭނަ މަޑުމަޑުން އަހަރެންގެ ފުރާނަނެތް މަސްގަނޑުގައި ބައްދައިގެން ރޮމުން ދިޔައެވެ. އޭނަގެ ކަރު ހީވަނީ ބެދިފައިވާހެންނެވެ. ރޮމުން ރޮމުން ގޮސް އޭނައަށް ބުނެލެވުނީ އެންމެ ލަފުޒެކެވެ.

"މައާފުކޮށްފީމެވެ.. ލޯބިވެސް ވީމެވެ”

އަހަރެންނަށް ހޭލެވުނީ ކުރިންވެސް ވާހެން ވެގެންނެވެ. ނަމަވެސް މިފަހަރު އަހަރެންނަށް އެއްކަމެއް ގަބޫލުކުރެވުނެވެ. އަހަރެންގައިގައި އެޅިފައިވާ ނިޔަފަތީގެ ނިޝާނަކީ އަހަރެންގެ އަތުން އެޅިފައިވާ ނިޝާނެއްކަމެވެ. ލޯބިވެރިޔާގެ ހަނދާން ވުމުން އަހަރެންނަށް ވަރަށް އަސަރުކުރިއެވެ. އަހަރެންގެ ހިތަން އަރަމުން ދިޔައެވެ.

" މިހުވަފެން އަނެއްކާ ހަގީގަތަކަށް ވަނީބާއެވެ. ހަގީގަތަކަށް ވެއްޖެނަމަ......"

(ނިމުނީ)

    Please log in or register to bookmark.
    3k

    2 ޚިޔާލު

    ޚިޔާލު

    Your email address will not be published.