kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.comSupertotobetSahabetTarafbetMatadorbetTipobet365Deneme BonusuBetvoleMariobetbeylikdüzü korsan taksi

ބޭނުންވަނީ ޔާރާ

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

[simplicity-likes]

މިއީ ”ވާހަކަ މަންތްލީ ޗެލެންޖް“ގެ ފެބްރުއަރީ މަހުގެ މުބާރާތުގައި ބައިވެރިކޮށްފައިވާ ވާހަކައެވެ. މި ވާހަކަ ގަދަ ފަހެއްގައި ހިމަނަން ބޭނުންވާނަމަ ލަވްރިއެކްޓް ކޮށްލުން އެދެމެވެ. ވޯޓްލުމަށް ހުޅުވާލެވިފައިވަނީ މާރޗް 03 ވަނަ ދުވަހުގެ 23:59 ގެ ނިޔަލަށެވެ.

މެންދަމުގެ ހަމަހިމޭން ކަމުގެ ތެރެއިންވެސް ބާރަށް ދުއްވާ ސައިކަލުތަކުގެ އަޑު އިވެމުންދިޔައެވެ. ނިދާ ބޮކީގެ ފަނޑު އަލިކަން ނޫނީ ގޭތެރެއަކު ނެތެވެ. މިއީ އަތުގައި އޮތް ގަޑިއަށް ބަލާލެވުނު ކިތައްވަނަ ފަހަރު ކަމެއް އަހަންނަކަށް ނޭނގެއެވެ. ގަޑިން މެންދަމު އެކެއް ޖެހީއެވެ. ތަކުރާރުކޮށް ނަސްރާގެ ފޯނަށް ގުޅުމަށް ކުރި މަސައްކަތް ދިޔައީ ބޭކާރު ވަމުންނެވެ. މިފަހަކަށް އައިސް ނަސްރާގެ އުޅުމަށް ކުއްލިއަކަށް މިއައި ބަދަލުގެ ސަބަބުން އަހަރެން އިންތިހާއަށް ކަންބޮޑުވަމެވެ. އެހެނަސް ވާ ލޮއެއްބެއްގެ ސަބަބުން އެއްޗެއް ނުބުނެ ކެތްކޮށްލަނީއެވެ. އެންމެ ފަހުންވެސް މިކަމާއި ބޭހޭގޮތުން ވާހަކަ ދެއްކި ދުވަހު ޖަވާބު ދިނުމުގެ ބަދަލުގައި ނަސްރާ އައީ ރުޅިއެވެ. އޭނާ ރުޅިއަރުވާކަށް އަހަރެން ބޭނުމެއް ނޫނެވެ.

އަހަންނާއި ނަސްރާގެ ކައިވެންޏަށް ހަތަރު އަހަރު ވެފައިވާއިރު، ގޭތެރެ ފަޅުފިލުވައިދޭނެ ދެއަހަރުގެ އަންހެން ކުއްޖަކު އެބަހުއްޓެވެ. ކައިވެނި ކުރީ ދުވަހަކުވެސް ދެގޮތެއް ނުވާން އެތަށް ވައުދަކާއި އަހުދެއް ކޮށްފައެވެ. މިކަމަށް މައިބަފައިންގެ ރުހުން ނުލިބުނު ކަމުގައިވިޔަސް، ނަސްރާ އަހަރެންގެ މީހަކަށް ވުމުން އަހަރެން ހުރީ ހިތް ހަމަޖެހިގެންނެވެ. ނުޒްރާ ލިބި އަހަރެއް ވީއިރުވެސް އަހަރެމެން އުޅުނީ ފިސާރި ލޯބިންނެވެ. ނަމަވެސް މިހާރު މަންޒަރު މުޅިން ބަދަލުވެ އަހަރެމެން ދެމީހުންގެ މެދުގައި ބޯ ފާރެއް އުފެދިފައިވާ ކަހަލައެވެ.

"މަންމީ..." ނުޒްރާގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމާއެކު ސޯފާއިން ތެދުވެ ކޮޓަރިއާއި ދިމާލަށް އަހަރެން ހިނގައިގަތީމެވެ. ކޮޓަރިއާއި އަރާ ހަމަނުވަނީސް ނުޒްރާ ދޮރު ހުޅުވާލިއެވެ.

"ޑެޑީ، ފެން ދީބަ." އެއް އަތުން ލޯ އުނގުޅަމުން އޭނާގެ މައުސޫމު އަޑުން ނުޒްރާ ބުނެލިއެވެ. ލަސްކުރުމެއް ނެތި އަހަރެން ދަރިފުޅު އުރާލީމެވެ. ނުޒްރާއަށް ފެން ފޮދެއް ދީގެން އޭނާ ގޮވައިގެން އަހަރެން ކޮޓަރިއަށް ވަނީމެވެ.

"މަންމި ކޮބާ؟" މަންމަ ނެތުމުން ނުޒްރާ ސުވާލު ކުރާނެކަން އަހަންނަށް އެނގެއެވެ.

"ޑިއުޓީގަ.." އޭނާގެ އެސުވާލަށް އަހަރެން ދިނީ އެހެންޏާވެސް ދޭ ޖަވާބެވެ. "ދެން ދަރިފުޅު ނިދާލަ. ޑެޑީ މިއޮތީނު." ނުޒްރާ ބުރަކަށީގައި ފިރުމާލަމުން އަހަރެން ބުނެލީމެވެ. އެހެން އޮއްވާ އަހަރެންގެ އެސްފިޔަތަކަށް ބަރުވެ ނިދިޖެހުނެވެ.

އަހަންނަށް ހޭލެވުނީ ކޮޓަރި ދޮރު ހުޅުވާލި އަޑަށެވެ. ނަސްރާ އައީއެވެ. އޭނާ ފެނުމުން އަހަރެން އެނދުން ތެދުވެ ލޯބިވާ އަނބިމީހާއާއި ދިމާލަށް ދެއަތް ހުޅުވާލީމެވެ. އަހަރެންގެ މޭގައި ބޯއަޅާލުމަށް ދައުވަތު ދިނީމެވެ. ލޯބި ހޯދޭނީ ލޯބި ދީގެން ކަމަށް އަހަރެން ގަބޫލުކުރަމެވެ.

"ނޯ، ޖައީ.. ނަސް މިހުރީ ވަރަށް ނިދި އައިސްފަ." އަތުގައި އޮތް އަތްދަބަސް މޭޒުމަތީގައި ބަހައްޓަމުން އޭނާ ބުނެލިއެވެ. ފާހާނާއަށް ވަދެ އައިސް ނުޒްރާ ކައިރީގައި ނިދަން އޮށޯވެ ލޯމަރާލިއެވެ. އެތަނުގައި އަހަރެން ނުވެސް ނެތް ކަހަލައެވެ.

***********

ހެނދުނުގެ ވަގުތެވެ. އާދައިގެ މަތިން ހެނދުނުގެ ސައި ތައްޔާރުކުރުމަށް ނަސްރާ ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔައެވެ. އަޅާފައި ހުރި ވަށް ބުރުގާއާއި ކަންފަތުގެ ދޭތެރެއަށް ފޯނު ޖަހައިގެން ކޮންމެވެސް މީހަކާއި ވާހަކަ ދައްކަމުން ދިޔައެވެ. އެއަޑު އަހަން އަހަރެން ބަދިގެ ދޮރު ކައިރީގައި މަޑު ކޮށްލީމެވެ. ނަސްރާ ވާހަކަ ދެއްކީ ފުދޭ ވަރަކަށް ބާރަށެވެ. ހީވަނީ މީހަކަށް އަޑު އިއްވަން އުޅޭ ހެންނެވެ.

"އޯކޭ ލޯބީ... ޖައި އޮފީހަށް ދިޔައީމަ ދާނަން އިނގޭ!" މެއަށް ހޫނު ފެން އެއްޗެއް ޖެހި ފަދައިން އަހަންނަށް ތެޅިގަނެވުނެވެ. އެއީ ހަމަ އަހަރެންގެ ނަސްރާ ބާއޭ އަހަރެން ހިތަށް އެރިއެވެ.

އެދުވަހު އޮފީހަށް ދިޔުމަށް އަހަރެން ގެއިން ނިކުތީމެވެ. އެކަމަކު އޮފީހަކަށް ނުދަމެވެ. އޮފީހަށް ގުޅާ ސަލާމް ބުނުމަށްފަހު ސައިކަލުގައި ގޮސް ގޭގެ ދޮރު ފެންނާނެހެން ދުރުގައި މަޑުކޮށްލީމެވެ. މާ ގިނައިރު މަޑުކުރާކަށް ނުޖެހުނެވެ. ނުޒްރާ ގޮވައިގެން ނަސްރާ ނިކުމެ މަގުމަތިން ޓެކްސީއެއް ނެގިިއެވެ. އެޓެކްސީގެ ފަހަތުން އަހަރެން ދިޔައީމެވެ. 'ކިންޑާގާޓެން'އަށް ދަރިފުޅު ލުމަށްފަހު ހަމަ އެޓެކްސީއަށް އޭނާ އެރިއެވެ. ޓެކްސީ ގޮސް މަޑުކޮށްލީ ގެސްޓްހައުސްއެއްގެ ކުރިމަތީގައިކަން އަހަންނަށް އެނގުނީ އެތަނުގައި އިން ނަން ބޯޑު ފެނުމުންނެވެ. ނަސްރާ އެތެރެއަށް ވަދެގެން ދަންދެން އަހަރެން މަޑުކުރީމެވެ.

"އެކްސްކިއުޒް މީ.. ދެންމެ އެއައި އަންހެން ކުއްޖާ ދިޔައީ ކޮން ރޫމަކަށް؟" އެތަނުގައި އިން ބަންގްލަދޭޝް މީހާއާއި އަހަރެން ސުވާލު ކުރީމެވެ.

"ސޮރީ.. ނުބުނެވެނީ. ބޮސް ރުޅި އަންނަނީ." އެމީހާ އެހެން ބުނުމުން އަހަރެންގެ ވޮލެޓުން ފަސްސަތޭކަ ރުފިޔާ ނަގާ އެމީހާއަށް ދިއްކޮށްލީމެވެ.

"506... ސެކަންޑް ފްލޯ." އިތުރަށް އެންމެ ސިކުންތެއްވެސް އަހަރެން މަޑެއް ނުކުރަމެވެ. ދުވެފައި ކަހަލަ ގޮތަކަށް ސިޑިން އަރާ އެކޮޓަރި ހޯދީމެވެ. ހިތް ނުތަނަވަސްވެފައި ހުރެ އެކޮޓަރި ދޮރުގައި ޓަކި ޖަހާލީމެވެ. އޭރު އަހަރެންގެ ހިތް ބާރަށް ތެޅެއެވެ. ހީވަނީ މޭފަޅާލާފައި ނިކުންނަން އުޅޭ ހެންނެވެ. ތިން ވަނަ ފަހަރަށް ދޮރުގައި ޓަކިދިނުމަށް އަތް ނެގިތަނާ ދޮރު ހުޅުވާލިއެވެ. ހުރީ ފިރިހެނެކެވެ. ބަލާބެލުމަށް އަހަންނާއި ދާދި އެއް އުމުރެއްގެ މީހެކެވެ. ހުޅުވިފައި ވާ ދޮރުން އެތެރެ އަހަރެން ބަލާލީމެވެ. ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލައެވެ. އެނދުގައި އޮށޯވެގެން އެއޮތީ އަހަރެންގެ ހިތުގެ ވިންދު ކަމުގައިވާ ނަސްރާއެވެ.

"ކާކު ތީ؟" އެ ފިރިހެން މީހާގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. އެއާއެކު އަހަރެންގެ ހަށިގަނޑުގައިވާ ލޭތައް ކެކިގެން ދިޔައެވެ. އޭނާ ހިފަހައްޓައިގެން ހުރި ދޮރުފަތުގައި ޖެހިޖެހީނުން އެއްކޮށް އެދޮރު ހުޅުވާލިމެވެ. އެވަގުތު އަހަރެންގެ ހަށިގަނޑަށް ލިބުނީ ކޮންފަދަ ބާރެއް ކަމެއްވެސް ނޭނގެއެވެ.

"ޖައި..." ނަސްރާ ފުންމައިގެން އެނދުން ތެދުވިއެވެ.

"ލަދުކުޑަ އަންހެނާ! ތި މުޑުދާރު ދުލުން އަހަރެންގެ ނަންވެސް ކިޔައިގެން ނުވާނެ! މީ ދޯ ރެޔާއި ދުވާލު ތިކުރާ ކަމަކީ!" ރުޅިއައިސްފައި ހުރިވަރުން އަހަރެން ތުރުތުރު އަޅަމުން ދިޔައެވެ. ހަރަކާތެއްވެސް ކޮށްލަން ނުކެރިފައި ނަސްރާ ހުއްޓެވެ. ކައިވެންޏަށް މިހާ ދުވަސްވީއިރުވެސް އަހަރެން މިގޮތަށް ދުވަހަކުވެސް ނަސްރާއާއި މުއާމަލާތެއް ނުކުރަމެވެ. އެކަމަކު މިއަދު މިގޮތަށް އަމަލުކުރުމަށް ނަސްރާ އަހަންނަށް މަޖުބުރުކުރުވީއެވެ.

"ޖައި އަޑުއަހާބަލަ....." ނަސްރާގެ ލޮލުން ފޭދިގެން ދިޔަ ކަރުނަތިކި އަހަރެން ދުށީމެވެ. އޭނާ އެއްޗެއް ބުނަން ބޭނުންވެފައި ހުރިކަން އަހަންނަށް އެނގުނެވެ.

"ބޭނުމެއް ނޫން އަޑު އަހާކަށް! މިއޮތީ ފެންނާކަށް ނު! ދެން ކޯއްޗެއް އަޑުއަހަން އޮތީ؟" އެވަގުތު އެއްވެސް ވާހަކައެއް އަޑުއަހާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ހިތަށް ކޮށްފައިވާ އަސަރު އެއަށްވުރެ ބޮޑެވެ. އަހަރެންގެ އަންހެނުން ހިލޭ ފިރިހެނަކާއިއެކު ވަގުތު ހޭދަކުރުމަކީ އެއްގޮތަކަށްވެސް އަހަރެން ދެކެން ބޭނުންވި މަންޒަރެއް ނޫނެވެ. އަހަރެން ނަސްރާއަށް ކުރި އިތުބާރު މިއަދު ވެއްޔާލާ މޮޑެލީ ހަމަ ނަސްރާއެވެ. އިތުބާރު ނުކުރެވޭނަމަ ގުޅިގެން އުޅުމުގެ ބޭނުމެއް ކޮބާ ހެއްޔެވެ؟

"ނަސްރާ ތިހުރީ ވަރިކޮށްފަ!" އެންމެ ފަހުބަސް އަހަރެން އިއްވީމެވެ. "ދަރިފުޅު ހުންނާނީ އަހަރެން ކައިރީގަ. ދަރިފުޅު ހޯދަން މަސައްކަތް ނުކުރިއްޔާ ރަނގަޅީ. ތިފަދަ ގޯސް އުޅުމެއް މަގޭ ދަރިފުޅު އުޅޭކަށް މަ ބޭނުމެއް ނޫން!" އަނގަމަތީގައި އަތް އަޅާ ނަސްރާ ބާރަށް ރޮއެގަތެވެ. ހުރި ތަނަށް އޭނާ ތިރިވި ވަގުތު އެތާހުރި ފިރިހެނާ ނަސްރާ ކައިރިއަށް ޖެހެލިތަން އަހަންނަށް ފެނުނެވެ. އަހަރެންގެ ހިތުގައި ރޯވެފައި ހުރި އަލިފާންގަނޑަށް އިތުރަށް ދަރު އަޅައިދިން ކަހަލައެވެ. ބާރު ހިނގުމެއްގައި އެތަނުން އަހަރެން ނިކުމެގެމެގެން ދިޔައީ އިތުރަށް މަޑުކޮށްފިނަމަ އަތުން ގޯހެއް ހެދިދާނެކަމަށްޓަކައެވެ.

ކޯޓުން ވަރި ސާބިތުކުރި ދުވަހު ނަސްރާ ފެނުނު ފަހުން އަހަރެން އޭނާ ނުދެކެމެވެ. ނުޒްރާ ދެކިލާކަށްވެސް އޭނާ ނާދެއެވެ. ނަސްރާއަކީ ހިތުގައި މައިވަންތަކަމުގެ ކުލުނުވެސް ނެތް މީހަކީތާއެވެ. އޭގެ ފަހުން ނުޒްރާގެ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ކުރެވޭތޯ އަހަރެން ބަލަމެވެ. އަހަރެން އޮފީހަށް ދާވަގުތު ނުޒްރާ ބަލަން އަންހެން ކުއްޖަކު ގެއަށް ގެނައީމެވެ. އިތުރު ހަރަދެއް ކޮނޑުއެޅުނަސް އަހަރެންގެ ފަރުވާލެއް ނެތެވެ. އޮފީހުން އައުމަށްފަހު ނުޒްރާގެ ހުރިހާކަމެއް ކުރަނީ އަހަންނެވެ.

"މަންމީ ކޮބާ؟" ކިރިޔާ ވާހަކަ ދެއްކޭ އިރުވެސް ނުޒްރާ އޭނާގެ މަންމަ މަތިން ހަނދާން ކުރާކަން ދޭހަވަނީ ދޭރެރެ ދޭތެރެއިން ކޮށްލާ އެއް ސުވާލުންނެވެ. ގިނަ ފަހަރަށް އަޑުއިވޭ ކަމަށް ނުހަދާ ވާހަކަ ބަދަލުކޮށްލަމެވެ. ނަމަވެސް އޭނާ ބޮޑުވެގެން އެސުވާލު ކުރުމުން ދޭނެ ޖަވާބަކާމެދު އަހަރެން ކަންބޮޑުވެއެވެ. އެދުވަހުން އަހަރެން ބުނާނީ ކީކޭ ހެއްޔެވެ؟

***********

އެއް އަހަރު ފަސް

އޮފީހުގެ މަސައްކަތުގައި އަހަރެން މަޝްއޫލުވެގެން އިންދާ ފޯނެއް އައެވެ. އުޅަނީ ގެއިންނެވެ. އަވަސް އަވަހަށް ފޯނުނަގާ ކަންފަތުގައި ޖައްސާލީމެވެ.

"ހަލޯ، ޖައިލަމް. ނުޒް ބޭބީ ވަރަށް ހުން ގަދަ ވެއްޖެ. ކިހިނެތް ހަދަންވީ؟ ފެންފޮތި ލާލާވެސް ހުން މަޑެއް ނުވި." ކަންބޮޑުވެފައި ރަޝްމާ ވާހަކަ ދެއްކިއެވެ. އަހަރެން އޮފީހަށް އައި އިރުވެސް ނުޒްރާ ހުރީ ހުން ވައްތަރު ވެފައެވެ. އެހެންކަމުން އަހަރެން އޮފީހަށް އައީ އޭނާގެ ހާލު ގޯސްވާނަމަ ގުޅުމަށް ބުނެފައެވެ.

"ހެނދުން ބަދަލު ކޮށްލާފަ ރެޑީ ކޮށްލަ. މަ މިދަނީ ގެއަށް." މިހެން ބުނެ ފޯނު ބޭއްވުމަށްފަހު ވަގުތުން ބޮސްއަށް ގުޅާ ގެއަށް ދާން ހުއްދަ ހޯދީމެވެ.

ގެއަށް ދިޔައިރު ރަޝްމާ އިނީ ނުޒްރާ އުނގުގައި ބާއްވާލައިގެންނެވެ. އަަހަރެން ގޮސް ނުޒްރާ އުރާލައިގެން ބޭރަށް ނިކުމެ ޓެކްސީއަކަށް އެރީމެވެ. ރަޝްމާވެސް އަހަރެމެންނާއިއެކު ދިޔައެވެ. އައި.ޖީ.އެމް.އެޗު. ގެ އެމަޖެންސީ ރޫމަށް ނުޒްރާ ގޮވައިގެން އަހަރެމެން ވަނީމެވެ. ވަގުތުން ނުޒްރާ އެޑްމިޓް ކުރެވުނެވެ. ހަމަ އެވަގުތު ވަރަށް އަވަސް އަރުވާލާފައި އެތަނަށް އިތުރު މީހަކު ވެއްދިއެވެ.

"މަރިޔަމް ނަސްރާ." ނަސްރާގެ ނަން ކީ އަޑު އިވުމުން އެއެނދާއި ކައިރިއަށް ޖެހެލީމެވެ. ފެނުނު މަންޒްރުން އަހަރެންގެ ކަކުލު ހުޅުން ވާގި ދޫވެގެން ނުވެއްޓުނީ ކިރިޔާއެވެ. އެނދުމަތީގައި އެއޮތީ އަހަރެންގެ ނަސްރާއެވެ. ހަށިގަނޑު ހިކި އަނަރޫފަވެފައިވާވަރު އަންގައިދިނީ ވަލުވަދެފައިވާ ދެލޮލެވެ. ބޮލާއި ގައިގެ އެއްވެސް ތަނަކު އެންމެ އިސްތައްޓެއްވެސް ނެތެވެ.

"ކިހިނެތްވީ މީނައަށް؟" އެތަނުގައި ހުރި ނަރުސް ކުއްޖެއް ކައިރިން އަހަރެން އަހާލީމެވެ.

"މީ ކެންސާ ޕޭޝަންޓެއް ފޯ ޕަސްޓް ޓޫ އިޔާޒް." ނަރުސް ކުއްޖާ އެބުނެލި ޖުމުލަ އަހަރެންގެ ކަންފަތުގައި ތަކުރާރުކޮށް ގުގުމާލިއެވެ. އަހަންނަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އޮކްސިޖަންގުޅާފައި އޮތް ނަސްރާ ގައިގައި އަހަރެން އޮޅުލައިގަތީމެވެ.

"ނަސް... ބޭބީ. އައިމް ސޯ ސޮރީ. ޖައި މި އައީއޭ. ދެން ތެދުވެ ބަލަ.. ނަސް.." ލޮލުން ކަރުނަ ހިލިފައިވާ ހާލު އަހަރެން ނަސްރާ ދެކޮނޑުގައި ހިފާ ތަޅުވާލީމެވެ. އަހަރެންގެ އަޑު އިވުމުން އޭނާ ލޯ ހުޅުވާލާތޯއެވެ.

"ޖައިލަމް." އަހަރެންގެ ދެކޮނޑުގައި ހިފާ ކޮންމެވެސް މީހަކު އަހަރެން އެތަނުން ދުރު ކުރިއެވެ. އެއީ ކާކުތޯ އަހަރެން ބަލާލިއިރު އެއީ އެއްކަލަ ދުވަހު ނަސްރާއާއި އެކު ފެނުނު ފިރިހެން މީހާއެވެ. އެމޫނު ފެނުމުން މީގެ އެއް އަހަރު ކުރީގެ ހަނދާންތައް އާވެގެން ދިޔައެވެ.

"މީ... މީ ކިހިނެތް....؟" އަހަރެންގެ އަޑު ބެދުމުން އަތުން ހަރަކާތް ކޮށް މީ ކިހިނެތް ވީ ކަމެއްތޯ ސުވާލުކުރީމެވެ.

"މާ ކުރިންވެސް ނަސްގެ ބޮލުގަ އިންނަ ޓިއުމަރެއް. އަބަދު ބޮލުގަ ރިއްސާތީ އުޅެއެއްނު. ދެން ފަހުން އެނގުނީ އޭތި ކެންސަރަށް ބަދަލުވިކަން. އޭރު ލަހުން ގެއަށް އަންނަ ރޭރެއަކީ އޭނަ ކީމޯތެރަޕީ ހަދާ ރޭރޭ. ދެން އެންމެ ފަހުން ރަނގަޅު ނުވާނެކަން ޔަގީންވީމަ އޭނަ ނިންމީ ޖައިލަމްއާ ދުރަށް ދާން. އެއީ ޖައިލަމް އިތުރު ދިރިއުޅުމެއް ފަށާނެ ކަމަށް..... އެކަމުގަ އަހަރެން އޭނައަށް އެހީވީ. އެއީ ނަސްއަކީ މަށަށް ވަރަށް ހެޔޮކޮށް ހިތާ ގާތް އެކުވެރިއަކަށް ވާތީ."

"އަޅެ ބުނެލި ނަމަ އެންމެ ފަހަރަކުވެސް." އެދުވަހުގެ ކަންތައް ކުރެވުނު ގޮތުން އަހަރެން އިންތިހާއަށް ދެރަވިއެވެ.

"ޖައީ... ޖައީ..." ކިރިޔާ އިވޭވަރަށް ނަސްރާ އަހަރެންގެ ނަން ކިޔާލިއެވެ. އެންމެ ސިކުންތެއްވެސް މަޑުނުކޮށް އަހަރެން އޭނާ ކައިރިއަށް ޖެހެލީމެވެ.

"ނަސް..." އަހަރެއް ވަންދެން ހިތުގެ ކަނެއްގައި ނަސްރާއަށް ފޮރުވިފައި އޮތް ލޯބި ވިންދު ޖަހާލިއެވެ. އަހަރެން ވަރަށް ލޯބިން ނަސްރާގެ އަތުގައި ހިފާލީމެވެ. މިލާ މޯޅިވެފައިވާ މޫނުގައި އެތަށް ފަހަރަކު ބޮސް ދިނީމެވެ. އެމޫނަށް ތާޒާކަމެއް ލިބޭތޯއެވެ. އަހަރެންގެ އެއަމަލުތަކުން ނަސްރާގެ ހިތް އިތުރަށް ރޮއްވާލީ ކަންނޭނގެއެވެ. އޭނާގެ ލޮލުގެ ހިމަކޮޅުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ.

"ނޯ ބޭބީ... ނުރޯނެ. ޖައި މިހުރީނު. ދެން އަވަހަށް ރަނގަޅުވޭ.." އަހަރެން ނަސްރާއަށް ހިތްވަރު ދެވޭތޯ ބެލީމެވެ. ނަސްރާ ގުނަމުން އެދަނީ މިދުނިޔޭގައި ހޭދަވާ އެންމެ ފަހު ވަގުތުކޮޅުކަން އަހަރެން ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.

"ޖައި.... ނުޒް.. ނުޒް ގެނަސްދީ.." އުނދަގުލުން ވާހަކަ ދައްކަމުން ނަސްރާ އެދުނެވެ. އައިވީ ފުޅިއާއިއެކު ނުޒްރާ އުރާލައިގެން އަހަރެން ނަސްރާ އޮތް އެނދު ކައިރިއަށް ޖެހެލީމެވެ.

"ދަރިފުޅާ...." ނޭވާކުރުވާން ފެށުމުން ނަސްރާއަށް ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. "ނުޒް ބަލާތި..." އަހަންނާއި ދިމާލަށް ނަސްރާ ބަލާލިއެވެ. ރަޝްމާ އަތަށް ނުޒްރާ ދިނުމަށްފަހު އަހަރެން ނަސްރާ ކައިރީގައި އިށީދެލީމެވެ. އޭނާގެ މޭގައި އަހަރެން ފިރުމާލީ މާގަދައަށް ކެއްސަން ފެށުމުންނެވެ. ކެއްސުމާއި އެކު ނަސްރާގެ ނޭފަތުންނާއި އަނގައިން ބައިވަރު ލޭ އަންނަން ފެށިއެވެ. ޑޮކްޓަރުންގެ ޓީމް އެތަނަށް އައިއިރު ނަސްރާގެ އެއްވެސް ހަރަކާތެއް ނެތެވެ.

"އައިމް ސޮރީ. ޝީ އިޒް ނޯ މޯ." ޑޮކްޓަރުގެ އެބަސްތައް އަހަންނަށް އިވުނީ ތޫފާނީ ރެއެއްގައި ހޮނު ގުގުރިއެއް ޖަހާލާ ފަދައިންނެވެ.

"ވަޓް؟ ނޯ..ނޯ..ނޯ.." ބޮލުގެ އިސްތަށިގަނޑުގައި ހިފާ ދެއަތަށް ބޯހޫރާލީމެވެ. އެހިތި ހަގީގަތް ގަބޫލުކުރަން އަހަރެން ބޭނުމެއް ނުވިއެވެ.

"ނަސް... ނަސް.. ބޭބީ ޕްލީޒް ތެދުވެ ބަލަ. ސޮރީއޭވެސް ބުނެފީމެއްނު. ދެން ތެދުވެ. ގެއަށް ދާން ހިނގާ..." ލޮލުގެ ތެރެއަށް ގިނަވެފައިވާ ކަރުނަތަކާއިއެކު އަހަރެން ނަސްރާގެ ހަށިގަނޑުގައި ހިފާ ތަޅުވާލީ މިފަހަރުވެސް އަހަންނަށް ގޮވާލާތޯއެވެ. އެކުގައި ހޭދަކުރި އުފާވެރި ވަގުތުތައް އަލުން އަނބުރާ ލިބޭތޯއެވެ.

  Please log in or register to bookmark.
  12k

  8 ޚިޔާލު

  ޚިޔާލު

  Your email address will not be published.

  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy