Views: 12163 131

"ވަރަށް ބޮޑު ބޭނުމަކު........"

"ދަރިއަކު ބޭނުން ވެގެން..............." ނަވީންގެ ދުލުން އިވުނީ ލައިބާ އިވިދާނެކަމަށް ފަހަރެއްގައިވެސް ހިތަށްވެސް އަރުވާފައި ނުވާ ޖަވާބެކެވެ. ލައިބާގެ އަނގަހުޅުވުނު ގޮތަށް ލައްޕާލަންވެސް ނޭގިފައި ހުރެވުނީ ލިބުނު ހައިރާން ކަމުންނެވެ.

"ވަރަށް ހައިރާންވެއްޖެދޯ......" އެއްބުމަ އަރުވާލަމުން ލައިބާގެ މޫނުން ނަޒަރު ވަކިކޮއްނުލާ ނަވީން ބުނެލިއެވެ.

"އަހަންނާ...ޖޫލީގެ ކައިވެންޏަށް ހަތްއަހަރުވެއްޖެ............ދަރިއަކު ލިބުމުގެ ނަސީބެއް ޖޫލީގެ ނެތް......." ލައިބާއަށް އަނގަމަތީގައި އަތްއަޅާލެވުނީ ނަވީންމެންގެ ހާލާއިމެދު ހަމްދަރުދީވާ ހާލުއެވެ. ނަވީން އަވަސްއަވަހަށް އެސްފިޔަތައް ޖަހާލަމުން ލައިބާއަށް ފުރަގަސްދެމުން ކުޑަދޮރުކައިރީ ހުއްޓުނެވެ.

"ޖޫލީއަކަށް ނޭގޭނެ ކުދިން ނުލިބެނީ އޭނަޔަށް ކަމެއް...........އަހަރެން ޖޫލީ ކައިރީ ބުނެފަވާނީ އަހަންނަށް ކުދިން ނުލިބޭ ވާހަކަ ......" އެއްވެސް އިހްތިޔާރަކާއިނުލާ ނަވީންގެ ދެލޮލުން ކަރުނަތައް ބަންޑުންވިއެވެ. ކެތްތެރިކަން ކޮޅުންލީއެވެ. އެހެން މީހުން ކުރިމަތީ ދެރަވާކަމަށް ނުދެއްކިޔަސް ނަވީންވެސް މިހާރު އިންތިހާއަށް ދަރިއަކު ބޭނުމެވެ. ލައިބާގެ ގައިން ހީބިހި ނަގާއިގެންދިޔައެވެ. އެހާ ލޯބިވާ އިންސާނަކު އޭނާއަށް ހަޤީގީ ދިރިއުޅުމުގައި މިފެނުނީ މުޅިން އަލަށެވެ. ނަވީނަކީ އޭނާ ކިޔާ ވާޙަކަތަކުގައި އުޅޭފަދަ ހީރޯއެކެވެ. ލައިބާ ބަލާ ފިލްމުތަކުގައި އުޅޭފަދަ ބަތޮލެކެވެ.

"ލައިބާ އާ ކައިވެނިކުރީ ގޯސްނިޔަތެއްގަނޫން......ލައިބާއަށް ދެރައެއްދޭކަށެއްވެސް ނޫން.......ލައިބާ އާ އެކު އަހަރެން އުއްމީދު މިކުރާފަދަ ދިރިއުޅުމެއް އުޅެވިދާނޭ ހިތާ........." ކުށްވެރިޔަކު ފަދައިން ލައިބާގެ ހިތް މަޑުކަފަކޮޅެއް ފަދައިންވިއެވެ. ރުޅިއިސްކުރެވުނީތީ ދެރަވިއެވެ. އެހާ ލަދުވެސްގަތެވެ.

"އަހަރެންވެސް ބައްޕާއޭ ކިޔާ ގޮވާލާނެ ދަރިއަކު ބޭނުން........" ނަވީންގެ އަޑުގައިވީ ރިހުން ލައިބާގެ ހިތަށް އައިސްހެރުނީ ރުވާފައި ފޮނުވާލި ތޫނު ދުނިދަނޑިޔެއްހެންނެވެ. ތޫނުކަމުން ލައިބާގެ ހިތްވެސް ޒަހަމްކޮށްލިއެވެ. ނަވީންގެ މަޖްބޫރީ ހާލަތަށް ލައިބާގެ ހިތްރޮއްވާލީ އެތަށްއެތަށް ހާސް ފުންއަސަރުތަކާއެކުއެވެ. ލައިބާގެ ގިސްލުމުގެ އަޑު ނަވީންގެ ކަންފަތާއިހަމައަށް ފޯރަން ސިކުންތެއްވެސް ނުނެގިއެވެ. ނަވީން އަވަސްއަވަހަށް ގަމީހުގެ ކޮނޑުމަތިން ދެލޯފޮހިލިއެވެ. ނިކަން ހިތްވަރުކޮއްފައި ލައިބާ އާ ދިމާއަށް އެނބުރުނެވެ.

"ސްސްސް......ސޮ.......ރީ.." ލައިބާގެ އަޑުބެދުނީ ގިސްލުމުގެ އަޑާއިއެކުވެގެންނެވެ. އޭރު ލައިބާ ގިސްލަމުން ގޮސް މަޑުތުރުތުރެއް އަޅައެވެ. ނަވީނަށް އެމަންޒަރު ބަލާކަށް ކެތެއްނުވިއެވެ. ދެއަތް ފުޅާކޮށްލެވުނީ ލައިބާއަށް ހުރިހާ ގޮތަކުން ހިމާޔަތާއި ލޯބިދޭން އިންތިހާއަށް ބޭނުންވެފައި ހުރިވަރުންނެވެ.

ލައިބާވެސް ހީވީ އުދުހިފައި ދިޔަހެންނެވެ. ނަވީންގެ ގައިގާ އޮޅުލައިގަތުމަށްފަހު އަޑުން އަޑުނަގާ ރޯންފެށިއެވެ. ނަވީންވެސް އޭނާގެ ކަސްރަތީ ރީތިދެއަތުން ލައިބާގެ ގައިގާ ބައްދާލީ ނިކަންބާރަށެވެ.
"ސޮރީ........ސޮރީ......"ހޫނުކަރުނަތިކިތަކުން ނަވީންގެ ގަމީސްފޯވަމުން ދިޔައިރު ލައިބާއަށް އެކަމުގެ އިޙްސާސްވާހެންނެއް ހިޔެއްނުވެއެވެ.

"އައިއޭމް ރިއަލީ ސޮރީ............." ލައިބާގެ ދެކޮނޑުގައި ހިފާ ތެދުކޮށްލަމުން ނަވީން މައާފަށްއެދުނެވެ. ނަވީން ދެކޭގޮތުގައި މައާފަށް އެދުން ޖެހޭނީ އޭނާއަށެވެ.

"އަހަންނަށް މައާފެއް ނުކުރާނަންތަ؟" ލައިބާގެ ދެލޯފޮހެދެމުން ނަވީން ތަކުރާރްކޮށް ސުވާލުކުރިއެވެ. އަދި ލައިބާ އިސްޖަހައިގެން ހުރުމުން ދަތްދޮޅީގައި ހިފާ އުފުލާލިއެވެ.

"އޭން.......އަނގައިން ބުނެބަލަ........މަށަށް މާފްނުކުރަންތަ ތިހިރީ........" ލައިބާގެ ތުންފަތްމަތީ ދުވެލީ ފަނޑުފަނޑު ހިނިތުންވުމެކެވެ. އަދި ދެފަރާތަށް ބޯހޫރާލިއެވެ. ހަމަ އެހިނދު ނަވީންގެ ތުންފަތްމަތިންވެސް ހިނިތުންވުން ފެނިގެން ދިޔައެވެ.

"އަސްލުވެސް މާފްކުރީތަ؟" ލައިބާގެ މޫނާއި ދިމާލަށް ޝަހާދަތް އިނގިލި ދިމާކޮއްލަމުން ނަވީން ބުނެލިއެވެ.

"ހޫހޫ............މް" ނަވީންގެ ޝަހާދަތް އިނގިލީގައި ހިފާލަމުން ލައިބާ ރަކިހިނިގަނޑަކާއި އެކު އިސްޖަހާލިއެވެ. ނަވީންގެ ތޫނު ނަޒަރުން ސަލާމަތްވުމަށެވެ. ނަވީން ބިންމައްޗަށްވެއްޓިފައި އޮތް ރަތްފިނިފެންމާ ނަގާ ލައިބާއަށް ދިއްކޮށްލިއެވެ. ލަދުން ހުރެފައި މަލުގައި ލައިބާ ހިފީވެސް އެގޮތަށް އިސްޖަހާލައިގެން ހުރެއެވެ.

"ޔޭސް....."ނަވީންގެ ދުލުން އެބަސްނިކުތީ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. ހީވީ ހުރިހާ ގޮތަކުންވެސް އޭނާގެ މަގްސަދު ހާސިލްކުރަން ކޮށަންޖެހޭ މަގުތައް ކޮށުނީހެންނެވެ.

"އެބައަންނަން ފުރެޝްވެލައިގެން............" ލައިބާގެ ކަންފަތްދޮށުގައި ނަވީން ބުނެލިއެވެ. ލައިބާގެ ހުރިހާ ހިއްސެއް ހޭލަށްވާލިފަދައެވެ. ލިބުނު ސިހުމުގައި ލައިބާގެ އަނގައިން މަޑުއާހެއް ބޭރުވިއެވެ.

" ވަރަށް ބަނޑުހައިވެފަ މިހިރީ ............ހިނގާ ރެސްޓޯރެންޓަށް އެއްޗެއް ކާލަންދަމާ ދޯ......" ލައިބާއަށް ދޯ ދެމުން ނަވީން ދަބަހުން ތުވާލި ނަގައިގެންވަނީ ފާހާނާއަށެވެ. އޭރު އޭނާ ހާންތިވެގެން ހީވަނީ ރޫޅިދާނެހެންނެވެ.

********

އަތުގައި އޮތް ފޯނުގެ ސްކުރީނުން ކެނޑިނޭޅި ދެކޮޅުން ބަދަލުކުރަމުން ދިޔަ މެސެޖްތަކުން ،އައްފާންގެ ތުންފަތްމަތިން ހިނިތުންވުން ފިލާ ނުދެއެވެ. ދޭތެރެއަކުން އަނގައިން ބޭރުވާ އުފާވެރިކަމުގެ ޝުއޫރުން އޭނާ ގުޅުން ބަދަހިކުރަމުން އެދަނީ އާދައިގެ މީހަކާ ނޫންކަން އެނގޭހާވެއެވެ. އައްފާން ހީކުރީ ނިޒާރަށް އަދިވެސް އޮތީ ނިދިފައި ކަމަށެވެ. އައްފާންގެ މޫނުމަތިން އެފެންނަ އުފާވެރިކަމުން ނިޒާރުވެސް އޮތީ ނުހަނު ހިތްހަމަޖެހިފައެވެ.

" އައްފާން.......!" ނިޒާރުގެ އަޑަށް އައްފާންގެ އިނގިލިތަކުން ކުރަމުން ގެންދިޔަ ހަރަކާތަށް ނިމުމެއް އައެވެ.

"ކީ......ކީކޭ ބޮޑުބޭ....." ފޯނުގެ ސްކުރީނުން ނަޒަރު ވަކިކޮށްލަމުން އައްފާން ނިޒާރާ ކުރިމަތިލީ އާދައިގެ ގޮތެއް ދައްކަމުންނެވެ.

"އާދެބަލަ މިތާ އިށިއިންނަން............" ނިޒާރު އޮތް އެނދުގައި އަތް ޖައްސާލަމުން އޭނާ ބުންޏެވެ.

"ކިހިނެތް ވީ ބޮޑުބޭ.........." އައްފާން އެނދު ކައިރިއަށް ހުއްޓެމުން ފޯނު ލައިގެންހުރި ޖީންސްގެ ޖީބަށް ކޮއްޕާލިއެވެ.

"އިހަށް އިށިއިނދެބަލަ....." ނިޒާރުގެ އާދޭހަށް އައްފާން އިށިއިނީ އެނދުކައިރީގައި ހުރި ގޮނޑީގައެވެ. ނިޒާރު އޮތީ ހިނިއައިސްފައެވެ.

"ހާދަ މޫނުމަތި އަލިހެން ހީވެޔޭ.........." އެއްވަރުގެ ކުއްޖަކާ ސަމާސާކުރާފަދައިން ނިޒާރު އައްފާނާ ދިމާކޮއްލިއެވެ.

"ހިހިހި......ބޮޑުބެ ދައްކާވާހަކަ މިހާ ކަޅު ފިރިހެނެއްގެ މޫނު ވަކިން އަލިވާނީ ކިހިނެތް؟" އައްފާންވެސް ނިޒާރު އެދައްކާ ވާހަކަ އެނގުނުކަމަކަށް ނުހަދައެވެ.

"ބޮޑުބެ މިދައްކަނީ އައްފާން މޫނުމަތިން އުފާވެރިކަމާ..... ހިތްހަމަޖެހުން ފެންނަ ވާހަކައޭ..........." ނިޒާރުގެ މޫނަށް ބަލަން އިން އައްފާން ވަގުތުން ރަކިވިއެވެ. ހަށިފުރާ ބޭރުކޮއްލި ނޭވާޔާ އެކު ތުންފަތްމަތިން ފެނުނީ ހިނިތުންވުމެވެ. އެއިޙްސާސްތައް ލޯބިވާ ބޮޑުބެގެ ކުރިމަތީ ސިއްރުކުރުންވީ އައްފާނަށް އުނދަގޫކަމަކަށެވެ.

"މީމީ......މީ..............." ދެއަތް ދެއަތާ މޮޑެންފެށީ ދައްކާނެ ވާހަކައެއް ނޭނގިގެންނެވެ.

"ކޮން....މީމީއޭ ކިޔާކަށް އަދިވެސް ތިއުޅެނީ ބޮޑުބެއާ ސިއްރުކުރާނަމޭ ހިތާދޯ.........ތިހުރިހާ ކަމެއް ނިމިގެން ދިޔައީ މިކޮޓަރިތެރޭގައޭނުން........" އައްފާންގެ މޫނުމަތީގައި ހީވީ ގަދަފަދަ އަތަކުން މީހަކު ހޫނު ހަމަލާއެއްދިންހެނެވެ. ޒީނިޔާ އާ އެވާހަކަ ދެއްކިއިރު ބޮޑުބެ އޮތީ ހޭލައިގެން ހެއްޔެވެ. ލަދުވެތިކަމުގެ ފަރުދާތައް އައްފާން ހަފަރާތުން ކަސްދޮޅު އެޅިގެން ދިޔައެވެ.

"ބޮޑުބެއަށް އެންމެ ރަނގަޅު....ބޮޑުބެގެ އެއްވެސް މައްސަލައެއްނެތް....." އައްފާން އެންމެ ބޭނުންވާ އެކެއްގެ ފަރާތުން އާބަސް ލިބުމުން އޭނާއަށް ލިބުނީ ބަޔާންކުރަންދަތި ހިތްހަމަޖެހުމެކެވެ.

"ނަވީން ކީއްވެތަ ކުއްލިއަކަށް އަނެއްކާ އެރަށަށް އެދިޔައީ..........؟" އައްފާނަށް އިސްއުފުލާލެވުނީ ނިޒާރުކޮއްލި ސުވާލުން ކަންބޮޑުވެ ހުރެއެވެ.

"ނަވީން ނުބުނޭތަ ބޮޑުބެ ކައިރީ.......؟" އައްފާނަށް ދެވޭ ޖަވާބަކާއި ނަވީން ނިޒާރަށް ބުނެދީފައިވާ ގޮތް ފުށުއަރާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭރުން ޖެހޭނީ އިތުރު މައްސަލަތަކެކެވެ.

"ނޫނޭ....އެރަށުގަ ފިހާރައެއް ހުޅުވާހިތުންނޭ ނުން އެއުޅެނީ......." ނިޒާރު ހީލިއެވެ.

"ދެން ރަނގަޅުތާ ނަވީންވެސް ވިޔަފާރީގައި ކުރިއަށް ދެވޭތޯ އެބައުޅޭ ވިއްޔާ......."ނިޒާރު އޮތީ ހިތްހަމަޖެހިފައެވެ. ގާޑިޔަލުގެ ވިޔަފާރިން ނިޒާރު ފަށައިގަތް އެމަސައްކަތް މިހާރު އެދަނީ މާބޮޑަށްވެސް ކުރިއަރަމުންނެވެ. ގިނަފިހާރަތަކެއް ހުޅުވި މީހުންގެ އިތުބާރު ލިބެމުންނެވެ. ނަވީނާއި ނިޒާރުގެ ބުރަމަސައްކަތުން ނިޒާރު ދެކެމުން އައި ހުވަފެންތަކުގައި ހަގީގީކުލަޖެހެންވަނީ ފަށާފައެވެ.

*****

ދިހައެއްޖަހަން ދާދި ގާތްވެފައި ހުއްޓާ ސަޖާ ގޮސްވަނީ ސައިކޮޓަރިއަށެވެ. އޭރު އެންމެންހެން ސައިބޮއެ ނިމިގެން އެނބުރި އެމީހަކާ ހަވާލުވެފައިވާ މަސައްކަތާ ހަވާލުވެއްޖެއެވެ. ގެއިންވެސް ސައިބޯހިތް ނެތުމުން ސަޖާ އޮފީހަށް އައީ ސައިނުބޮއެވެ. ހެނދުނު ސައިބޮއެ، ކޮފީ ބުއިމުގެ އިންތިޒާމް އޮފީހުގެ ސައިކޮޓަރީގައި ހަމަޖެހިފައި ހުރެއެވެ. ކިރުކޮފީއެއް ގިރައިގެން އައިސް ސަޖާ އިށިއިނީ މޭޒުކައިރީގައެވެ. ސަޖާ ނިތްކުރިމަތީގައި އެއްއަތުން ހިފަހައްޓާލިއެވެ. ސަޖާ ނިދައިން ހޭލިންސުރެން ބޮލަށް ހުންނަނީ ބަރުވެފައެވެ. ވަރުބަލިކަމުން ބޭނުންވެފައި ހުރީ ތަނެއްގައި ޖައްސާލާށެވެ.
"އަހަރެން ހާދަ ވަރަކަށް ހޯދައިފީމޭ.........." ސަޖާ ހޯދަމުން އައިސް ހަނާ ސައިކޮޓަރިއަށްވަނެވެ. ޖަވާބެއްނުދީ ހަމައެކަނި ސަޖާ ބަލަހައްޓައިގެން އިންއިރު އޭނާގެ ދެލޮލުންވެސް ހެކިދެނީ ވަރުބަލިކާމާއި ލޮޑުކަމެވެ.

"ސަޔަށް އަންނަމުން ގޮވައިވެސް ނުލާ ވިއްޔާ........" ހަނާ އަވަސްވީ ބިސްގަނޑެއް އަޅާށެވެ. ސަޖާ އެތާގައި އިނުމުން އޭނާޔާ އެކު ސައިގައި ބައިވެރިވެ އަނގަތަޅާލަން ހަނާ ހުރީ ނިކަން ބޭނުންވެފައެވެ.
"ކިހިނެތްވެފައި ތީނި.............." ސަޖާ އަނގައިން ނުބުނެ އިންނަން ފެށުމުން ހަނާ ސުވާލުކުރިއެވެ.

"ނޭގެ މާބޮޑަށް ޓަޔާރޑްވަނީ......." އެއިން ގޮތަށް އިނދެ ސަޖާ ޖަވާބުދިނެވެ. ސަޖާ އެކޭ ބައިންދާފައި އިން ބުދެކޭ އެއްވެސް ތަފާތެއްނެތެވެ. އެއްވެސް ހަރަކާތެއް ނުގެނެސް ސަޖާ އިނީ ހަރަކާތެއް ގެންނަ ވަރަށްވުރެން އޭނާގެ ހަށިގަނޑަށް އިހްސާސްވަމުންދިޔަ އިންތިހާ ވަރުބަލިކަމުގައެވެ.

ބިސްގަނޑު އަޅާތަވާ ހޫނު ކޮށްލާފައި ހަނާ ބިސްތަޅާލީ ބިސްގަނޑު އެޅުމަށްޓަކާއެވެ. މުޅި ސައިކޮޓަރިތެރޭގައި ހިފާލީ ބިސްވަހެވެ. ބަނޑުހައިވެފައި ހުރި ހަނާއަށް އެވަސްވީ އޭނާ ކުޅުދިޔާވާފަދަ ވަހަކަށެވެ. އެހެނަސް ސަޖާއަށް ހީވީ ކުނިބިސްވަސް ދުވިހެންނެވެ. ނޭފަތާއި އަނގައިގާ އަތްއަޅާއިގެން އަޅާ އިތިކޮށް ސަޖާ ދުއްވައިގަތީ ފާހާނާ އާ ދިމާއަށެވެ. ހަނާވެސް އުނދުން ނިއްވާލާފައި ފާހާނާ ދޮރުމައްޗަށް އެރިއިރު ސަޖާ އޯކަށްދެމެނީއެވެ.

"ކިހިނެތް ތިހެދީ.........." ސަޖާ ބުރަކަށީގައި އަތްޖައްސާލަމުން ހަނާ ސުވާލުކުރީ ކަންބޮޑުވެފައި ހުރެއެވެ.

"ދީބަލަ ފެންފޮދެއް....."ނޭފަތް ފޮޅާލަމުން ސަޖާ އެދުނީ ފެންފޮދަކަށެވެ. މާލަހެއް ނުވެ ސަޖާއަށް ފެންތަށި ހިފައިގެން އާއިރުވެސް ސަޖާ އަނެއްކާވެސް އޯކަށްދެމެނީއެވެ.

"ފީބިހެއްގަތަ ބިސްގަނޑު ތިއެޅީ........." އަނގައަށް ގޮތެއް ހަދާލަމުން ސަޖާ ސުވާލުކުރިއެވެ.

"އުހޫން.......ހަމަ ތާޒާ ބިހެއް؟" ސަޖާ އަތަށް ފެންތަށިދެމުން ހަނާ އޮޅުން ފިލުވައިދިނެވެ.

"ޕިސްޕސް.....ހަމަ ފީބިސްވަސް މަށަށް ދުވީ.......ޗީޗީޗީ....." ސަޖާ ގަބޫލެއް ނުކުރިއެވެ. އަދިވެސް އޭނާ ނޭފަތު ހިނދުރީގައި އެވަސްވަނީ ހަރުލާފައެވެ. ވަރުބަލިކަމުން ހީވަނީ ވެއްޓިދާނެހެންނެވެ.
"މަށަށް ހީވަނީ ސަޖާ ގެއަށްދާންވީހެން ރެސްޓްކޮއްލަން........" ހަނާއަށް ސަޖާގެ ހާލު ރަނގަޅުނޫންކަން އޭނާގެ ކޮންމެ ހަރަކާތަކުން ފެންނަމުން ދިޔައެވެ. ސަޖާވެސް ބޯޖަހާލީ އެއީ އޭނާވެސް މިވަގުތު އިންތިޙާއަށް ބޭނުންވެފައި ހުރި ކަމަކަށްވީމައެވެ.

"މަށަށް ފެންނަނީ ސަޖާ ޑޮކްޓަރަކަށް ދައްކަން......މިހާރު ދުވަސްކޮޅެއް ވެއްޖޭނުން ތި ބޮލެއްގައި ރިއްސާތީ އުޅޭތާ........"

"އަނެއްކާ....ސަޖާ.....ސަޖާ ބަނޑުބޮޑީތަ.....؟" ހަނާގެ ސުވާލުން ސަޖާއަށް ލިބުނީ ސިހުމެވެ.

"ނޭގެ......." ކޮނޑު އަރުވާލަމުން ސަޖާ ބުނެލީ އެއްވެސް މާނައެއް ނެތް ގޮތަކަށެވެ.

ހަނާ އެބުނި ބުނުން ކަށަވަރުކުރަން ސަޖާ ބޭނުންވިއެވެ. ލޭގެޓެސްޓެއް ހެދުމަށްޓަކާ ޓެކްސީއެއްގައި ސަޖާ މިސްރާބުޖެހީ ' އާޝާ ކުލިނިކާ' ދިމާލަށެވެ. ހޮސްޕިޓަލަށް ވުރެން އެކުލިނިކްގެ ހިދުމަތް ރަނގަޅުކަމަށް މީހުން ބުނާތީވެސްމެއެވެ. ޓެކްސީން ފައިބައިގެން ކުލިނިކްގެ އެތެރެއަށް ވަންނަން ސަޖާ ހިނގައިގަތެވެ. ގޭޓުން އިމާރާތާއި ހަމައަށް ދާން އޮންނަ މަގުގެ ދެފަރާތުގައި ހައްދާފައިވާ އޯކިޑްގަސްތައް ފެނި ސަޖާގެ ހިތަށް އުފާވެރިކަން ގެނުވިއެވެ. އެރީތި ބަގީޗާގައި ފޮޅިފައިވާ ހުދު އޯކިޑްމާތަކުން ސަޖާއަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއްލިބުނެވެ. އެހިތްހަމަ ޖެހުމުގައި ސަޖާ ގޮސް ހުއްޓުނީ ރިސެޕްޝަންގައި އިން އަންހެންކުއްޖާ ކައިރިއަށެވެ.

*****

ކޮރިޑޯގެ ދެފަރާތުގައި ހުރި ކޮޓަރިތަކުގެ ދޮރުގައި ޖަހާފައިވާ ނަންބޯޑުތަކަށް ބަލަމުން ޖޫލީ ކުރިއަށް ހިނގަމުންދިޔައެވެ. މީހާގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ދުވެފައި އައުމުގެ ސަބަބުން މާނޭވާ ލެވެމުންދެއެވެ. ސަތޭކަ ހަތަރު ނަންބަރ ކޮޓަރި ފެނުމުން އަތުގައި އޮތް ތަޅުދަނޑިއަށް ބަލާލިއެވެ. އެތަޅުދަނޑީގައި ލައިފައިވާ ޓެގްގައިވެސް ހިސާބު އަކުރުން ކޮޓަރީގައި ޖަހާފައިވާ ނަންބަރު ވެއެވެ.
ތަޅުވަޅަށް ތަޅުދަނޑި ޖަހާލުމަށްފަހު ތަޅުދަނޑި އަނބުރާލިއެވެ. އަދި ގައިގަ ހުރި ބާރެއް ލާފައި ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ފެނުނު މަންޒަރުން ޖޫލީގެ ދެލޯބޮޑުވިއެވެ. ނަވީން އަތުތެރޭގައި އެހެން އަންހެނަކު އޮއްވާ ފެނުމުން ޖޫލީގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގެންހެންނެވެ. ރުޅިވެރިކަމުން ޖޫލީގެ ހަށިގަނޑު ރޫރޫ އަޅާއިގެން ދިޔައެވެ.

"ނަވީން............." އަޑުގެ ނެތްކޮޅަށް ޖޫލީ ހަޅޭލަވައިގަތްއިރު މުޅި އިމާރާތްވެސް ގުޑައިގެންދާހާ ވެއެވެ.

~ ނުނިމޭ ~

 1. Avatar

  ވަރަށް ރީތި ވާހަކައެއް. ތަންކޮޅެއް އަވަހަށް އަޕް ކޮށްދީބަލަ. ވަރަށް އިންތިޒާރު ކުރެވޭ މިވާހަކައަށް

  12
  1
 2. Avatar

  ފަހު ޕެރެގްރާފް ވަރަށް އޮޅުން ބޮޅުން އަރާފަ ހުރީ… އަސްލު ސަޖާގެ ވާހަކަ ކަންނޭގެ އެތަނަށް އަންނަން ޖެހޭނީ؟

  3
  2
 3. Avatar

  ކޮބާ ކޮބާ ބުނިދުވަސް ފަހަނައަޅާ ގޮއްސި…އަނެއްކާވެސް ބެކް ޓު ނޯރމަލްއަށް ވެއްޓުނީ ދޯވް!

  49
  1
 4. Avatar

  ޒޫ، ފަހު ޕެރެގްރާފްގައި އެއީ ޖޫލީއަށް ފެންނަ ހުވަފެނެއް … ޒޫ އަށް އޮޅުންފިލައިފިތަ؟

  45
  1
 5. Avatar

  ދެއް ކޮއްދުވަހަކުންތަ އަޕްޑޭޓްވަނީ<<<<<ކިޔުންތެރި ތިހާވަރަށް ނުތަޅޫވަފާނަށްތަ އާދޭސް ކޮއްފަ މިބުނީ…………

  19
  2
 6. Avatar

  މަރިޔަމް ހުސޭނަށް،
  ވެދުން ސަލާމް.
  މި ވާހަކައަށް ކިހާ ވިއުސްއެއް ލިބުމުންތޯވް ވާަކަ އަޕްކުރާނީ؟ މިހެން ބުނެލަންމި ޖެހުނީ މީގެ ކުރންވެސް ވާހަކަ އަޕްނުވެ ގިނަދުވަސް ނަގާއިރު މަދުވެގެން 3900 ވިއުސްއަށް ވުރެ ގިނަވުމުން ނޫނީ ތިބޭފުޅާ ވާހަކަa އަޕްކޮށެއް ނުދޭ! އަދި ތިބޭފުޅާގެ ބިޒީ ޝެޑިއުލަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން މި ވާހަކަ އަޅުގަނޑުމެން ބޭނުންވާ ގޮތަށް އަމިއްލަ އަމިއްލަ އަށް ނިންމާ އިތުރަށް މި ވާހަކަ ތިބޭފުޅާ އަޕްކުރެއްވިޔަސް ވާހަކަ ނުކިޔާނޭކަމުގެ ޔަގީންކަން އަރުވަން.
  އިޙްތިރާމް

  26
  2
 7. Avatar

  ވާހަކަ އަޕް ނުކުރެވެންޏާ ނުލިޔެވޭނެއޭ ބުނެލަންވީނު؟ ނޫނީ މިހިސާބުން ނިމުނީއޭ މިކަން ނުކުކުރެވޭނެޔޭ ބުނެލީމަދޯ އަހަރުމެނަށް އަމިއްލައިން ކޮންކްލޫޑްކޮށްލަން އިނގޭނީ. ތިދެން ތަންކޮޅެއްބޮޑުވަރު. މީހަކު މިވަރަށް ބިޒީވާނެހެނެއް ހިޔެއްނުވޭ.!

  24
  2
 8. Avatar

  ތި ލިޔުންތެރިޔާދެކެ ވވވވވވވ ބޮޑަށް ފޫހިވެއްޖެ. މި ސައިޓުގައިވެސް ނެތް ތިހާ ލަހުން ވާހަކަ އަޕްޑޭޓްކުރާ ލިޔުންތެރިއެއް. ވާހަކަ ލިޔުމުގައި ކުޅަދާނަ ފަންނާނަކަށް ވާފަދައިން ކިޔުންތެރިން ފޫހިކުރުވުމުގައި އަދި މާ ކުޅަދާނަ.

  24
  3
 9. Avatar

  އެކަމު ދެން ފުުުުުުުުުުުުކެއްް ބޮޑު ވަަަަަަަަަަަަރު .. ހާދަަ ފޫހިވެއްްްޖެެެެެެއޭ… އަޕް ނުކުރެވެެެެެެެެެެެެންްްޏާ ނުލިޔަންވީނު…

  28
 10. Avatar

  ބަރާބަރު 2 ހަފްތާވީ ވާހަކަ އަޕްނުވާތާ. މަރިޔަނބާ އެކަމު ދެން މިވަރު ތަންކޮޅެއް ބޮޑު ދޯވް.. ނުވަންޏާ ނުވާނޭ ވާހަކަވެސް ބުނެލަބަ. އޭރަކަށް އަހަރުން މިހެން އެއްޗެހި ކިޔަކިޔައެއް ނުތިބޭނަން.

  19
  2
 11. Avatar

  އަޕްކޮށްދޭނަންތަ.. ނޫނީ ޖެއްސުމަށް ނުކުރަންތަ ތިހުންނަނީ… ކުޑަމިނުން ރިޕްލައިއަށް ކޮމެންޓެއްވެސް ކޮށްލަނީކީ ނޫން… މިކަމުން އިސްތިއުފާދީ

  14
  1. މަރިޔަމް ހުސައިން

   ދިމާވިއެކިއެކި ކަންކަމާހެދި ވާހަކަ ލަސްވަމުންދާތީ އެންމެހާ ކިިޔުންތެރިންގެ އަރިހުން ނިހާޔަތަށް މައާފަށްއެދެން……..
   އިރާދަކުރެއްވިއްޔާ ވާހަކަ އެއްކޮން ނިންމާފަ އެޕްރީލްމަސްތެރޭ އަޕްކުރަން ފަށާނަން…..

   13
   22
 12. Avatar

  އޭޕްރީލް މަހު ފަށާނަމޯ…..އަދި މާޗް މަސް ދެބައިވެސް ނުވެ….ކިޔުންތެރިންނަށް ކެތްވާނެބާ؟؟?

  25
  1
 13. Avatar

  ވަރަށް ފޫހި ކިޔަން ވާހަކަ ގަވާއިދުން ނުގެނެސް ދޭތީ…. ނުލިޔެވެންޔާ ވާހަކަ ލިޔަން ނުފެށިނަމަ….

  13
  1
 14. Avatar

  މި ވާހަކަ ތަންކޮޅެއް އަވަހަށް އަޕްލޯޑް ކޮއްލަދީބަލަ! ޕްލީޒް. މަސްދުވަސް ވަނީ މިހާރު އަޕްޑޭޓް ނުވާތާ ):

  10
  1. Avatar

   އެއޮތީނު ލިޔުންތެރިޔާ ކޮމެންޓް ކޮށްފަ… އޭޕްރީލް މަސްތެރޭ ވާހަކަ އަޕްކުރަން ފަށާނޭ ކަމަށް… އެހެންވީމަ އަހަރުން ފަހު ފުރުސަތު ދީފަ މަޑުކޮށްލަމާ އޭޕްރީލް 30 އަންނަން ދެން… ވާހަކައިގެ 27 ވަނަ ބައި އަޕްވޭތޯވް…

 15. Avatar

  އޭޕްރީލް މަހުގެ ފުރަތަމަ އަންގާރަ ދުވަސް ފާއިތުވެ ހިގައްޖެއެވެ. އެކަމަކު ވާހަކައިގެ އާ ބައެއް އަޕް އެއް ނުވިއެވެ.
  ވަރަށް ސަލާމް!

  1
  2
 16. Avatar

  ކިޔުންތެރިން މުނިފޫހިފިލުވަން ލިޔުންތެރިންގެ ވަގުތު ހުސްކޮށްގެން އެ ލިޔަނީ. އެމީހުންގެ ލައިފްގައި ހަމައެކަނި ބޭނުމަކީ ކިޔާ މީހުންނަށް ލިޔުން ގެނެސްދިނުމެއް ނޫން. ބިޒީވެސް ވާނެ. ބިޒީ ވީމަ އެކަން އަންގާލީ ހޭޓް ކޮމެންޓުކޮށް ލިޔާ ކުއްޖާވެސް ފޫހި ކުރުވުމަކީ ވަރަށް ދެރަކަމެއް! އަދި ނޭރުވިފައެއް ނެތްދޯއެކުއްޖާއަކަށްވެސް!

  7
  1
  1. Avatar

   މީހުން ބިޒީ ވެސް ވާނެ… އެކަމަކު ދޮޅު މަސްވާއިރު އެންމެ ބައެއް އަޕްކޮށްނުލެވެންޏާ ދެން އެއަށް ކިޔަނީ ބޮޑުވަރު… އަނެއްކާ ކޮންމެ ފަހަރަކު ދެތިން ޕާރޓް އަޕްކޮށްލާފަ 15-20 ދެމެދަށް ދުވަސް ނަގާ އާބައެއް އަޕްވާން… މިހެންވީމަ ނެގެޓިވް ކޮމެންޓްވެސް ގިނަވާނެ

   11
 17. Avatar

  އޭޕްރިލް މަސް ތެރޭގަވެސް މިވާހަކަ ގެނެސްދެވޭނެބާ…. ގަވާއިދުން ނުލިޔެވެންޔާ ލިޔުން ހުއްޓާލަންވީނު…..

 18. Avatar

  އަދިވެސް ހަމަ އެހާ ބިޒީތަ… އެހާ ބިޒީވެއްޖެއްޔާ ކިހިނެތް ވާހަކަ ނިންމާނީ މިއޮއް ކުޑަދުވަސްކޮޅު ތެރޭ… މިކަން ހުއްޓާލަންވީނުން ދޯވް އަހަރުމެން ނުތަޅުވާ…

 19. Avatar

  ހިޔެއް ނުވޭ ދެން މިވާހަކަ އަޕްކުރާނެހެނެއް. އުއްމީދު ކަނޑާލައިފިން އިތުރަށް އަޕްކުރާނޭ ކަމާއި މެދު.

 20. Avatar

  މި ވާހަކައިގެ އަނެއްބައި ވަރަށް އަވަހަށް ކިޔާލަން ލިބޭނެ ކަމަށް އުންމީދު ކުރަން .. ކޮންމެ ދުވަހަކުހެން ވާހަކަ އަޕްލޯރޑް ކުރިތޯ ޗެކްކުރެވޭ.

 21. Avatar

  ކޮބާ،،، ބަަރާބަރު ދެމަސްވީ ދޯވް ވާހަކަ އަޕްނުވާތާ… ބާކީ އެންމެ ހަފްތާއެއް… ދެން މިހެން ބުނީމަ އޭޕްރީލް 30 ވަނަ ދުވަހު ކުޑަތަންކޮޅެއް އަޕްކޮށްލާފަ އަނެއް 2 މަސްދުވަސް ކަންނޭގެ 28 ވަނަ ބައި އަޕްވާން ދޯވް….

  1. Avatar

   ލިޔުންތެރިޔާއަށް ވަރަށް ސަލާމް!
   ކިހާ ދެރަކަމެއް އިންތިޒާރު ކޮށްކޮށް މަރުވެއްޖެ!!!
   މިމަސްވެސް ނިމުނީ މިވާހަކަ ދެންލިޔާނެބާ؟؟؟

ޚިޔާލު ފޮނުއްވާ