kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.comSupertotobetSahabetTarafbetMatadorbetTipobet365Deneme BonusuBetvoleMariobethack forumxumabetgiris.com

ނައިރާ

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

ފަތިހިހުގެ ފިނިކަމުގެ ތެރެއަށް ހޫނުކަން ގެނުވީ އިރު އުދަރެހުން މައްޗަށް އެރުމުންނެވެ. އިސާހިތަކު އުޑުމަތީގައި އޮރެންޖުކުލަ ޖައްސުވާލީ މޮޅު ކުރުހުންތެރިއަކަށްވެސް ނުވާނެހާ ހިތްގައިމުކޮށެވެ. އެރީތި މަންޒަރުން ހިތްހަމަޖެހުން ހޯދަމުން ނައިރާ ހުރީ ގޭގެ ޓެރަސް މަތީގައެވެ. ކައިރީގައި ބަހައްޓާފައި ހުރި ކޮފީ ޖޯޑު އިރުއިރުކޮޅުން ތުނބުގައި ޖައްސާލަމުން އޭނާގެ ކެމެރާއިން އެމަންޒަރުތައް ފޮޓޯ ނަގަމުން ދިޔައެވެ.

"ނައިރާ... ދަރިފުޅާ..." މަލީހާގެ އަޑު ގޭތެރެއިން ގުގުމާލުމުން އެދިމާލަށް ނައިރާ ބަލާލިއެވެ.

"ލައްބަ މަންމާ!" މަލީހާއަށް އަޑުއިވޭނެހެން ނައިރާވެސް ގޮވާލިއެވެ. އެއާއެކު މަލީހާ ޓެރަސްއަށް އައިސް ނައިރާ ކައިރީގައި މަޑުކޮށްލިއެވެ.

"ފުރާގަޑި ޖެހެނީނު އެއޮއް. ދަބަހަށް އެއްޗެހި އަޅައިފިންތަ؟ ހަމީދުބެ ބުނި ނައިރާ ބަލާ އަންނާނަމޭ..." މަލީހާ އޭނާގެ ދަރިފުޅު ބުރަކަށީގައި ފިރުމަމުން ވާހަކަ ދެއްކީ ނުހަނު ލޮއެއްބާއެކުއެވެ.

"ރޭގަ ދަބަހަށް އެއްޗެހި އަޅާފަ ހުންނާނި. ފުުރުން އޮތީ ހަތްގަޑި ބައިގަ... ހަމީދުބެ ބުނި ހަތްގަޑި ފަނަރައަށް ތައްޔާރުވެގެން ހުންނާށޭ." ނައިރާވެސް އޭނާގެ މަންމަގެ ކޮނޑުގައި ހިފާލަމުން ބުނެލިއެވެ.

"އެހެންތަ! ކިތަންމެ ކުޑަ ދުވަސްކޮޅަކަށް ވިޔަސް، ދަރިފުޅަށް ތިދެވެނީ މަންމައާއި ދުރަށް. މަންމަ ދަރިފުޅަށް ދިން ތަރުބިއްޔަތު ހަނދާން ނައްތާ ނުލާތި. ބަސްއަހައިގެން އުޅޭތި. ނަމާދުކުރާތި. ފިރިހެން ކުދިންނާ އެކުންބޮޑަށް ވާހަކަ ނުދައްކާތި. ކޮންމެ ދުވަހަކުވެސް މަންމައަށް ގުޅާތި. އިނގޭ." ދަރިއަކު ދުރުތާކަށް ފޮނުވުމަކީ ކޮންމެ މަޔަކުވެސް ޖެހިލުންވާ، ކުރަން އުނދަގޫ ކަމެކެވެ. މަލީހާގެ ލޮލުގައި ޖަމާވެފައިވާ ކަރުނަތައް އެކަމަށް ހެކިދެއެވެ.

"އެއްކަލަ މަންމަ.... މިދަނީ އެންމެ ހަފްތާއަކަށޭ. ހަމަ ގޮސްލާފަ އަންނާށޭ މިދަނީ. މުޅި އުމުރަށް ވަކިވެގެން ދަނީކީ ނޫނެއްނު. މަންމަ ތިގޮތަށް ރޮންޏާ އަޅުގަނޑު ކިހިނެއް ދާނީ..." ނައިރާ އޭނާގެ މަންމަ ގަޔާ ކައިރިކޮށްލަމުން ވާހަކަދެއްކިއެވެ.

"ދަރިފުޅު ހަމީދުބެ ބުނާ ބަސް އަހާތި. ބައްޕަ ނިޔާވުމުން އަހަރެމެންގެ ހުރިހާކަމެއް އެބަލަހައްޓަނީ ހަމީދުބެ. ހަމީދުބެގެ އޮފީހުން ދަރިފުޅަށް ވަޒީފާވެސް އެހޯދަދިނީ އެއްވެސް ޝަރުތަކާނުލާ. އެކަހަލަ ބޮޑުބޭބެއެއް ލިބުނީތީ ދަރިފުޅު ޝުކުރުވެރިވާތި." މަލީހާގެ ބަސްތައް އަޑުއަހަމުން ނައިރާ ބޯޖަހާލީ ކިޔަމަންތެރިކަމާއެކުއެވެ. އެއަށްފަހު ހެނދުނުގެ ނާސްތާ ކުރުމަށް ކާގެއަށް ދެމައިން ހިނގައިގަތެވެ.

ގަޑިން ހަތްގަޑި ފަނަރަ ވީއިރު ނައިރާ ހުރީ ގޭދޮރުމަތީގައި ހުއްޓިލައިގެންނެވެ. ދެކޮނޑުގައި ބޮޑު ދަބަހެއް އަޅުވާފައިވާއިރު އިތުރު އަތްދަބަހެއްވެސް އޭނާ އަތުގައި އޮތެވެ. އެހެން ހުރިއިރު ގިނަ ފިރިހެނުންތަކެއްގެ ލޯ ނައިރާއަށް އަމާޒުވިއެވެ. އޭނާއަށް ލިބިފައިވާ ރީތި ސޫރައާއި ވަނާތަކަށް އެތަށް ބައެއް ކޮންމެ ދުވަހަކު ކަޅިއަޅައެވެ. އެގޮތަށް މާގިނަ ވަގުތު ހުންނާކަށް ނުޖެހުނެވެ. ހަމީދުބެ ސައިކަލުގައި އައިސް ނައިރާމެން ކައިރިއަށް މަޑުކޮށްލިއެވެ.

"ދަރިފުޅާ. ކޮންމެ ދުވަހަކު މަންމައަށް ގުޅާތި." ނައިރާ ގައިގައި އޮޅުލައިގަންނަމުން މަލީހާ ބުނެލިއެވެ. އޭނާގެ ހިތަށް ނޭނގޭ ބިރުވެރިކަމެއް ވެރިވެފައިވާތީ މަލީހާ ހުރީ ނައިރާ ދޫކޮށްލަން ބޭނުންނުވެފައެވެ. ދިރިއުޅުމަށް އަންނަން އުޅޭ ހުސްކަން މިހާރުންސުރެ އޭނާއަށް އިހުސާސްވާ ކަހަލައެވެ.

"ދައްތަ ހާސް ނުވެ ބަލަ. އަހަރެން މިހުރީނު. އަހަރެން އެމަންޖެ ރަނގަޅަށް ބަލާނަމޭ." ސައިކަލުގައި އިދެފައި ހަމީދު ބުނެލިއެވެ. އެއާއެކު މަލީހާ ނައިރާ ގައިން ދޫކޮށްލިއެވެ. މަލީހާ އޭނާގެ ކޮއްކޮއަށް ވަރަށް އިތުބާރުކުރެއެވެ. ސައިކަލަށް އަރާ ނައިރާ ހަމަޖެހިލުމަށްފަހު އެންމެ ފަހު ފަހަރަށް އޭނާގެ ލޯބިވާ މަންމައަށް ބަލާލާ ހިނިތުންވެލިއެވެ. ސައިކަލު ގޮސް އަޅާލި ގޯޅިއަކާއެކު މަލީހާގެ ލޯމަތިން އޭނާގެ ދަރިފުޅު ގެއްލުނެވެ.

*********

ކަނޑުގެ ލޮނުގަނޑު ކަފަމުން ނައިރާމެން ގޮވައިގެން ލޯންޗު ދުއްވަމުން ދިޔައީ ރ.އަތޮޅު މަޑުއްވަރީއަށެވެ. ގާތްގަނޑަކަށް ހަތަރު ގަޑިއިރުގެ ދަތުރެކެވެ. ކައްޕިއާއި ފަޅުވެރިއެއްގެ އިތުރަށް އެލޯންޗުގައި ތިބީ ނައިރާއާއި ހަމީދެވެ. ހުސް ފިރިހެނުންތަކެއްގެ ތެރޭގައި އިންނަންވުމުން ނައިރާ އިނީ ހިސާބަކަށް ނުތަނަވަސްވެފައެވެ. ނަމަވެސް ހަމީދު އިނުމުން އޭނާ ހިތަހަމަ ޖައްސާލިއެވެ. އެދަތުރަކީ ހަމީދުގެ ގާތް ރަހުމަތްތެރިއަކާއި ގުޅިގެން އެރަށުގައި ވިޔަފާރިއެއް ފެށުމަށްޓަކައި ހަދަންޖެހޭ ރިސާޗްތަކެއް ހެދުމަށް ކުރާ ދަތުރެކަމަށް ހަމީދު ވަނީ ނައިރާ ގާތު ބުނެފައެވެ.

ގަޑިއެއްހާއިރު ދުއްވުމަށްފަހު ލޯންޗަށް މާކަނޑަށް ނިކުމެވުނެވެ. ކައިރި ހިސާބަކުން އެއްވެސް އުޅަނދެއްވެސް ފެންނާކަށް ނެތެވެ. ލޯންޗު ކުއްލިއަކަށް ހުއްޓުނީ ހަމީދު ލޮލުން ކައްޕިއަށް ކޮށްލި އިޝާރާތަކާއިއެކުގައެވެ. ނައިރާއަށް އެމަންޒަރު ނުފެނުނަސް ހާސްވާގޮތްވީ ކުއްލިއަކަށް ލޯންޗުގެ ދުވެލި ހުއްޓުމުންނެވެ.

"ކިހިނެތް މިވީ؟ އިންޖީނު ހުއްޓުނީތަ؟" ހަމީދުއަށް ބަލާލަމުން ކަންބޮޑުވެފައި އިނދެ ނައިރާ އަހާލިއެވެ. "ކޯސްޓް ގާޑަށް ގުޅަންވީނު؟" ހަމީދުގެ ފަރާތުން ޖަވާބެއް ނުލިބުމުން އަނެއްކާވެސް ނައިރާ ވާހަކަ ދެއްކިއެވެ. ތިން ފިރިހެނުން ނައިރާއަށް ބަލަން ތިބިގޮތުން އޭނާއަށް އުނދަގޫވާން ފެށިއެވެ. އެހެންކަމުން ފޯނު ނަގާ ހުޅުވާލީ ކޯސްޓް ގާޑަށް ގުޅާ އެހީއަށް އެދުމަށެވެ. ހަމައެވަގުތު ހަމީދު އައިސް ނައިރާގެ ފޯނު ޖަހައިގަތީ ޖަނަވާރެއް އޭގެ ޝިކާރަ ޖަހައިގަންނަފަދައިންނެވެ. ހަމަ އެބާރުމިނުގައި ލޯންޗުން ބޭރަށް އެފޯނު ހޫރާލިއެވެ. ލިބުނު ސިހުމާއެކު ނައިރާ ހަޅޭލަވައިގަތެވެ.

"ޝްޝްޝްޝް. ކިތަންމެ ބާރަކަށް ހަޅޭލެވިޔަސް މިތާނގަ ކަލޭގެ އަޑު އަހާނެ މީހަކު ނެތް." ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން ހަމީދު ބުނެލިއެވެ. އެވަގުތު އެ ލޯންޗުގެ ކައްޕިއާއި ފަޅުވެރިމީހާގެ ތުންފަތްމަތީ ކުޅެލީ އާދަޔާ ހިލާފު ލާނެއް ހިނިތުންވުމެކެވެ. އެމަންޒަރު ނައިރާއަށް ފެނުމުން ހިތުގައި ބިރުވެރިކަން އުފެދިގެން ދިޔައީ އިންތިހާއަށެވެ.

"ކަލޭމެން ކީއްކުރާނަމޭ ހިތާ ތިއުޅެނި؟ އެއްވެސް މީހަކު އަހަރެން ކައިރިއަށް އައިސްގެން......" ނައިރާއަށް ބުނެވުނީ އެހިސާބަށެވެ. ހަމީދު އައިސް ނައިރާގެ ނޭފަތާއި އަނގައާއި އެއްކޮށް އަތް އެޅިއެވެ. ރޯމަހެއް މަރަށް ތެޅޭހެން އޭނާ ތެޅެންފެށީ ނޭވާ ނުލެވިގެންނެވެ. ނަމަވެސް އެކަމަށް ހަމީދު ފަރުވާލެއް ނުބަހައްޓައެވެ.

"މާ ވަރުގަދަވެލައިގެން ނޫޅެއްޗެ!" ހަމީދުގެ ބަރު އަޑު ލޯންޗުތެރެގައި ގުގުމާލިއެވެ. ނައިރާގެ އަނގަމަތިން އޭނާ އަތް ނެގިއިރު ނައިރާގެ ދެލޯ ވަނީ ރަތްވެފައެވެ.

"ހާދަ ދިގު އިންތިޒާރެކޭ އަހަރެން ކުރީ..... ތިމަލުން ފޮނި ބޯލާ ހިތުން.." ނައިރާގެ މޫނާއި މޫނު ކައިރިކޮށްލަމުން ހަމީދު އެއްއަތުން ނައިރާގެ ކޮލުގައި ހިފާ ފިއްތާލިއެވެ. ވީތަދުން ނައިރާގެ ލޮލުން ކަރުން ހިލުނެވެ. އެއަށްވުރެބޮޑަށް އެބަސްތަކުން އޭނާގެ ހިތަށް ތަދުވިއެވެ. މިހާދުވަހު ހެޔޮއެދިގެން ހަމީދު އެއުޅުނީ މިފަދަ މުޑުދާރު ނިޔަތެއްގައިކަން އޭނާއަށް ނޭނގުނެވެ. މަލީހާގެ ދެމައިންގެ ލޮލުގައި ހަމީދު އަނދުން އަޅުވާލީ އެހާވެސް މޮޅަށެވެ.

ހަމީދުގެ ދެއަތުން ނައިރާގެ މުޅި ހަށިގަނޑުގައި އަތް ކާއްތަމުންދިޔައެވެ. ކުއްލިއަކަށް އޭނާ ގެނައި ހަރަކާތަކުން ނައިރާ ލައިގެން ހުރި ޖިންސު އޭނާގެ ހަށިގަނޑުން ވަކިކޮށްލިއެވެ. އަދި ނައިރާގެ ފައިގެ ފަލަމަސްގަނޑުގައި އަތް ހިންގާލިއެވެ. ނައިރާއަށް އެބީހުން އިހުސާސްވީ ގައިގައި ތޫނު ވަކިތަކެއް އެޅުނުފަދައިންނެވެ. ލޮލުން އޮހޮރެމުންދިޔަ ކަރުނައާއިއެކުވެސް ނައިރާ އެވަކިތަކުން ސަލާމަތްވުމަށް ތެޅެމުންދިޔައެވެ.

"މަ ބުނެފީމެއްނު މާ ގަދަ ނުދައްކާށޭ! މައިތިރިވެގެން އޮވެވޭތޯ ބަލާ!" ނައިރާގެ ކޯމަތީގައި ހަމީދު ބާރަށް ޖެހިއެވެ. ހަމީދުގެ ލޮލުގައިވާ ރުޅިވެރިކަން ފެނި ނައިރާ ހިނދުކޮޅަކަށް ހުއްޓުން އެރިއެވެ. އެވަގުތުގެ ބޭނުންހިފާ ނައިރާ ލައިގެންހުރި މަތިކޮޅުވެސް ހަމީދު ބޭލިއެވެ. ބޭއިހުތިޔާރުގައި ނައިރާއަށް އޭނާގެ މޭމަތީގައި ދެއަތް ހުރަސްކޮށްލެވުނެވެ. އޭނާގެ އިއްފަތްތެރިކަން ނަގާލަން ބަޔަކު އުޅޭއިރު މަޑުން އޮންނާނީ ކިހިނެތް ހެއްޔެވެ؟

"ކަލޭމެން ކޯއްޗެއްތަ ތި ބަލަނީ! އައިސް މިމަންޖެ ހިފަހައްޓަބަލަ!" ނައިރާ އަނެއްކާވެސް ގަދަ ދައްކާލުމުން ހަމީދު ކައްޕިމެންނަށް އަމުރުކުރިއެވެ. އެއާއެކު އެދެމީހުން އައިސް ނައިރާގެ ދެއަތުގަ ހިފެހެއްޓިއެވެ. ނައިރާގެ ގައިން ހުރިހާ އަންނައުނެއް ވަކިވިއިރު އެމީހުން އެތުނި ހަށިގަނޑަށް ބަލަންތިބީ ބަނޑުހައިވެފައިވާ ސިންގާތަކެއް ފަދައިންނެވެ. ސަލާމަތްވުމަށް ތެޅިތެޅި ނައިރާ ވަނީ ވަރުބަލިވެފައެވެ. އެ މާސިންގާ ކަނޑުގެ މެދުގައި އޭނާއަށް އެހާލުގައި އޮތުން ނޫން ގޮތެއް ނެތެވެ.

ހަމީދު ދުރަށް ޖެހިލާ އޭނާގެ ފަޓުލޫނުގެ ކަމަރު ނައްޓާލިއެވެ. އަދި ފަޓުލޫނު ތިރިކޮށްލުމަށްފަހު ނައިރާކައިރިއަށް ޖެހެލިއެވެ. ނައިރާ އޭނާގެ ދެލޯ މަރާ ފިއްތާލީ އެމަންޒަރު ބަލަން ބޭނުންނުވާތީއެވެ. އޭރުވެސްކައްޕިއާއި ފަޅުވެރިމީހާ ތިބީ ނައިރާ ގައިގައި ބާރަށް ހިފަހައްޓައިގެންނެވެ. ކައިރިކޮށް ފިއްތާލާފައިވާ ނައިރާގެ ދެފައި ހަމީދުގެ ބާރުގަދަ ދެއަތުން ދުރުކޮށްލިއެވެ. އިސާހިތަކު ނައިރާގެ ވޭނީ ރުއިމުގެ އަޑު މުޅި ސަރަހައްދުގައި ގުގުމަލިއެވެ. ނަމަވެސް އެއަޑު އިވޭ ހިސާބުގައި އިންސާނެއްގެ ހިލަމެއް ނެތެވެ.

އަޅަމުން ދިޔަ ވޭނަށް ކެތް ނުކުރެވިގެން ނައިރާ ބާރަށް ރޮނީއެވެ. އެމީހުންގެ އަތްދަށުން ސަލާމަތްވުމަށް ތެޅި ފޮޅެނީއެވެ. އެކަމަކު އެމީހުންގެ އަނިޔާ އިތުރުވުން ނޫން ގޮތެއް ނުވެއެވެ. ނައިރާގެ އަތުގައިވާ އެންމެ އަގުބޮޑު މުދާ އެތިންމީހުންގެ މެދުގައި ބަހާ ހުސްކުރިއިރު ނައިރާއަށް އޮތީ ހިރިލެވޭވަރުވެސް ނުވެފައެވެ. ގައިގެ އެތަން މިތަނުން ދިލަ ނަގަމުން ދިޔައިރު ދައްބަނޑުގައި އަޅާ ވޭން ކުޑައެއްނޫނެވެ. ލޯންޗުގެ ގޮނޑިމަތީގައި ނައިރާ އޮތީ ކުރުގެޅިގެންނެވެ.

"އަން. މި އެއްޗެހި ލާ!" ނައިރާއާއި ދިމާލަށް އޭނާގެ އަންނައުނުތައް އެއްލަމުން ހަމީދު ބުނެލިއެވެ. "އަދި ބުނަން. މިއިން އެއްވެސް ވާހަކައެއް އެއްވެސް މީހެއް ކައިރީ ބުނެގެން ނުވާނެ! ބުނެފިއްޔާ ދެން ފަހަރަކުން މާތަދުވާނެ!"

"ބުނާނަން! ޕޮލިހުންނަށް ރިޕޯޓުވެސް ކުރާނަން..." ހިތްވަރުކޮށްފައި ނައިރާ ބޯހިއްލާލަމުން ބުނެލިއެވެ. އެބަސްތަކުގައި މަޑު ތުރުތުރެއް އެކުވެފައިވިއެވެ.

"ހަޔާތްކުޑަ އަންހެނާ! މަގޭ ކުރިމަތީގަ ބަސް ބުނާއިރު ކަލޭ އޮތް ހާލު ދެކިބަލަ ފުރަތަމަ! މަގޭ ބޭނުމިއްޔާ ކަލޭ މަރާވެސް ލެވިދާނެ!" ނައިރާގެ އަޑު ކަންފަތުގައި ޖެހުމުން ހަމީދުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާ ރުޅިއައިސްފައިވާވަރު އެދެލޮލުން ހާމަވިއެވެ. ހަމީދު ދިޔަގޮތަށް ގޮސް ނައިރާގެ ކަރުގައި ދެއަތުން ހިފާ ބާރުކޮށްލިއެވެ. ރުޅި އައިސްފައި ހުރުމުން ހަމީދުގެ ހަށިގަނޑަށް އިތުރު ބާރެއް ލިބިފައިވާކަހަލައެވެ.

ނޭވާހޮޅި ފިތެމުން ދާކަމުގެ އިހުސާސް ނައިރާއަށް ކުރެވެން ފެށިއެވެ. ހަމީދުގެ ދެއަތުގައި ހިފާ އެދެއަތް ކަރުން ނެއްޓޭތޯ ނައިރާ މަސަތްކަތް ކުރަމުން ދިޔައެވެ. ނޭވާލުމަށް ކެނޑިނޭޅި މަސަކަތްކުރަމުންދިޔަ ނައިރާގެ ދެލޯވަނީ ބޮޑުވެފައެވެ. އޭނާގެ ފައިން އެތައްފަހަރަކު ހަމީދު ކޮއްޕާލެވޭތޯ އުޅުނެވެ. އެހެނަސް ހަމީދު ނައިރާގެ ކަރުން ދުލެއް ނުކުރިއެވެ. ހިފަހައްޓާފައި ހުރި ބާރު މިނަކަށް ބަދަލެއްވެސް ނާދެއެވެ. ހިނދުކޮޅެއްގެ ތެރޭގައި ނައިރާގެ ހަރަކާތް މުޅިން ހުއްޓި މައިތިރިވިއެވެ.

"އޭރުވެސް ބުނީމެއްނު މާ ގަދަވެގެން ނޫޅެއްޗޭ...." ހަމީދު ދެއަތް ފޮޅާލަމުން ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އެތަން ބަލަން ހުރި ލޯންޗުގެ ދެމީހުންވެސް ތިބީ ހިސާބަކަށް ޖެހިލުންވެފައެވެ. ތިން ފިރިހެނުންވެގެން ނައިރާ ހެނދުން ލެއްވިއެވެ.

"ދެން ކިހިނެއް ހަދާނީ؟" ލޯންޗު ކައްޕި ހުރީ ހިތް ނުތަނަވަސްވެފައެވެ.

"ކަނޑަށް އެއްލާލާ!" ހަމީދުގެ އަޑުގައި އެއްވެސް ހާސްކަމާއި ހަމްދަރުދީގެ އަސަރެއް ނެތެވެ.

"އޭރުން....؟" ދެންވެސް ސުވާލު ކުރީ ކައްޕިއެވެ.

"ޕޮލިހަށް ގުޅާފަ އަންގާ ދުއްވާފަ ދަނިކޮށް ނައިރާ ވެއްޓުނީއޭ. ހޯދާ ހޯދާ ނުފެނުނޭ. އެނިމުނީނު!" މާކުރިންވެސް ހަމީދު ވަނީ ހުރިހާ ކަމެއް އޭނާގެ ސިކުނޑީގައި ރާވާފައެވެ.

"ހަލޯ ޕޮލިސް..." ކައްޕި ޕޮލިހަށް ގުޅާފައި ހަމީދު ބުނި ގޮތަށް ބުންޏެވެ. އޭގެ ބައި ގަޑިއިރެއްހާއިރު ފަހުން ފުލުހުންގެ ލޯންޗެއް އެސަރަހައްދަށް އައެވެ.

"ވީގޮތް ރަނގަޅަށް ކިޔާދީބަލަ." ލޯންޗަށް އެރި ހަތަރު ފުލުހުންގެ ތެރެއިން އެކަކު ސުވާލުކުރިއެވެ.

"ވީ ގޮތަކީ... އަޅުގަނޑުމެން ތިބީ ވާހަކައިގަ. ނައިރާ އިނީ އެންމެ ފަހަތު ސީޓުގަ. އޭނަ އިނީ ފޯނާ ކުޅެން. އިރުކޮޅަކުން އިވުނީ އޭނަ ހަޅޭ ލަވައިގެން އަޑު. ބެލިއިރު ނައިރާއެއް ނެތް. ފޯނުވެސް ނެތް...." ހަމީދު ދެރަވެފައި ހުރިގޮތް ދައްކަމުން ވާހަކަ ދެއްކިއެވެ.

"ހޫމް. ހިނގާ މާލެ ދާން. މި ލޯންޗުން ދެން ދަތުރެއް ކުރެވޭނީ ޕޮލިހުން ހުއްދަ ނިނީމަ. އެއްވެސް މީހަކު މާލެއިން ބޭރުވެގެންވެސް ނުވާނެ." އެހެން ބުނެ ހަމީދުމެން ފުލުސް ލޯންޗަށް އެރުމަށް ފުލުސް މީހާ ބުންޏެވެ.

*********

"މަގޭ ދަރި....!" މަލީހާ ބާރަށް ރޮއެގެންފައި ހުރި ތަނަށް ތިރިވިއެވެ. ހަމީދުއާއި ފުލުސް މީހަކު މަލީހާ ނަގައިގަނެގެން ގޮސް ސޯފާގައި ބޭއްވިއެވެ. ނައިރާ ގެއްލުނު ހަބަރު ލިބުމުން މަލީހާއަށް ފުން އަސަރެއް ކުރުވައިފިކަން ޔަގީނެވެ. ވާނީވެސް އެހެންނެވެ. ހުރި އެންމެ ދަރިއެކެވެ. ބައްޕައަކާ ނުލާ ބޮޑުކުރި އެދަރިފުޅަށް އެފަދަ ގޮތެއް ދިމާވުމުން މަލީހާއަށް ކެތްނުވީއެވެ. މަލީހާގެ މޫނަށް ދެތިންފަހަރަކު ފެންފޮދެއް ބުރުވާލުމުން އޭނާ ލޯހުޅުވާލިއެވެ.

"ކޮބާ މަގޭ ނައިރާ؟ ހަމީދު.... ހެޔޮނުވާނެ. މަގޭ ނައިރާ ގެނަސްދީ.." ހޭވެރިކަންވުމާއެކު މަލީހާ އާދޭހާއެކު ބުނެލިއެވެ. އެއްބަނޑު ދައްތައަށް ކޮށްފައިވާ އަސަރުން ހަމީދުގެ ހިތަށް ކޮންމެވެސް ވަރަކަށް އުނދަގޫވިއެވެ.

"އަޅުގަނޑުމެން މިދަނީ ނައިރާ ހޯދުމަށް މަސައްކަތްކުރަމުން. އިރާދަކުރެއްވިއްޔާ ފެންނާނެ." ޕޮލިސް މީހާ އެހެން ބުނެ އެގެއިން ނިކުތެވެ.

***********

އޭގެ އަނެއް ދުވަހު މެންދުރު ވަގުތު މަލީހާއަށް ފޯނެއް އައެވެ. ނޭނގޭ ނަންބަރަކުން ގުޅާތީ އަވަސް އަވަހަށް މަލީހާ ފޯނު ނަގާ ކަންފަތުގައި ޖަހާލީ އުންމީދުން ފުރިގެންވާ ގޮތަކަށެވެ.

"ހަލޯ... ލައްބަ.. ލައްބަ މި ދަނީ." އަވަސް އަވަހަށް މަލީހާ ކޮޓަރިއަށް ވަދެ އަތްދަބަސް ހިފައިގެން ބޭރަށް ނިކުތެވެ. މަގުމަތިން ޓެކްސީއަކަށް އެރުމަށްފަހު އައި.ޖީ.އެމް.އެޗް އޭ ބުނެލީ ތެޅިތެޅި އޮތް ހިތަކާއި އެކުގައެވެ. ހޮސްޕިޓަލަށް އާދެވުމާއިއެކު ވަންނަ ދޮރު ކައިރީގައި ހަމީދު ހުރިތަން ފެނުނެވެ.

"ހަމީދު. ކިހިނެތް ވީ؟ ނައިރާ ފެނުނީތަ؟" ހަމީދު އެއްޗެކޭ ނުބުނެ ހޮސްޕިޓަލުގެ މައުޗަރީއާއި ދިމާލަށް މަލީހާ ގޮވައިގެން މިސްރާބު ޖެހިއެވެ. އެތަނަށް ދެވުނުއިރު ފުލުހުންގެ ޓީމެއްވެސް ދޮރު ކައިރީގައި ތިއްބެވެ.

"ދައްތާ. ހިތްވަރު ކުރަންވާނެ. ކޮންމެ މީހަކުވެސް ވަގުތު އައުމުން މަރުވާނެ. އެއިކީ އަޅުގަނޑުމެންނަށް ހުއްޓުވޭނެ ކަމެއް ނޫން. ދައްތަގެ ދަރިފުޅު ފެނުނު އިރު އޮތީ މަރުވެފަ. ގައިގަ ކޮންމެވެސް ވަރަކަށް ޒަހަމްތަކެއް ހުރި. ލައިގެން ހުރި މަތިކޮޅުންވެސް ތަންކޮޅެއް ވީދިފަ އޮތީ...." ޕޮލިސް މީހާގެ ވާހަކަ އެހިސާބަށް ދިޔައިރު ހަމީދުގެ ނިއްކުރިމަތިން ދާތިކިތައް ފާޅުވާންފެށިއެވެ.

"އެހެންވީމަ ދައްތަ އަޅުގަނޑުމެންނަށް ހުއްދަ ދެއްވާ ނައިރާގެ އޮޓޮޕްސީއެއް ހައްދަން. އޭރުން ނައިރާގެ މަރުގެ ހަގީގަތް ދެނެގަނެވޭނީ..." މަލީހާ ހުރީ ގަބުވެފައެވެ.

"ކީއްކުރާ އޮޓޮޕްސީއެއް. އަހަރެމެންގެ ނައިރާ އެހާލުގަވެސް އޮތަ ނުދޭންތަ ކަލޭމެން ތިއުޅެނީ؟" ހަމީދު ހުރީ ހާސްވެފައެވެ. ކޮންމެގޮތެއްވިޔަސް އެކަމުގައި ބެދޭކަށް އޭނާ ބޭނުމެއްނުވެއެވެ.

"އަޅުގަނޑު ބޭނުން ނައިރާގެ އޮޓޮޕްސީ ހައްދަން." މަލީހާގެ އަޑު ކަންފަތުގައި ޖެހުމުން ހަމީދަށް ތެޅެގަނެވުނެވެ. އޭނާގެ މޫނުގެ ކުލަވަރު ބަދަލުވެގެންދިޔަކަން އެތަނުގައި ތިބި ފުލުހުންނަށް ފާހަގަވިއެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ ދައްތާ!" ޕޮލިހުން މަލީހާއަށް ޝުކުރު އަދާކުރިއެވެ. "ހަމީދު.. ހަމީދުވެސް މިދަތުރުގައި ބައިވެރިވެފައިވާތީ އަޅުގަނޑުމެންނަށް އެބަ ޖެހޭ ހަމީދު ބަންދުކުރަން. މިއޮތީ ކޯޓު އަމުރު." ހަމީދު ދެލޯބޮޑުވިއެވެ.

"ބަލަ އަޅުގަނޑަކީ ނައިރާގެ ބޮޑުބޭބެއޭ. ތިގޮތަށް އަޅުގަނޑު ހައްޔަރެއް ނުކުރެވޭނެ!" ހަމީދު ނުރުހުމާއެކު ބުނެލިއެވެ.

"ހަމީދުގެ އަތެއް މިކަމުގައި ނުވާނަމަ ތިހާ ޖެހިލުން ތިވަނީ ކީއްވެތޯ؟" ފުލުސްމީހާ ކޮށްލި ސުވާލުން ހަމީދުގެ އަނގަ ބަންދުވިއެވެ. އޭނާ އެތަނުން ގެންދިޔައިރުވެސް މަލީހާ ހުރީ ޖެހި ބުދެއްހެން ހުއްޓުން އަރާފައެވެ. ޑޮކްޓަރު މަލީހާގެ އަތުގައި ހިފާ އެތެރެއަށް ވައްދާ ނައިރާގެ މޫނު ދެއްކިއެވެ. ލޯބިވާ ދަރިފުޅުގެ ހުދުވެފައިވާ މޫނު ފެނުމުން މަލީހާއަށް ހުރެވުނުތަންވެސް ނޭނގުނެވެ. އެދަރިފުޅުގެ ފުރާނަ ނެތް މަސްގަނޑުގައި ބައްދައިގަނެ މަލީހާ ބާރަށް ރޯންފެށިއެވެ. މަލީހާ އެތަނުން ނެރެން ޖެހުނީ ގަދަކަމުންނެވެ.

***********

"ނައިރާއަށް ވަނީ ގަދަކަމުން ޖިންސީ ގޯނާ ކޮށްފަ. ނައިރާ މަރުވީ ނޭވާހޮޅި ބިންދައިގެންގޮސްގެން. ނޭވާހޮޅިއަށް އެވަރުވާނީ ވަރަށް ބާރަށް ކަރަަށް ފިތާލުމުން. ހަށިގަނޑުން ދެން ފެންނަން ހުރި ނިޝާންތަކަކީ ނިޔަފަތިން ވަކި އަޅުވާ، ދަތްއަޅާފައި ހުރި ނިޝާންތަކެއް...." އެހިސާބަށް ކިޔައިދެވުނުއިރު ޑޮކަޓަރަށްވެސް ރޮވިއްޖެއެވެ. މަލީހާ އިނީ އަނގަމަތީ އަތްއަޅައިގެންނެވެ. އެދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައެވެ.

"އަހަރެންގެ ދަރިފުޅަށް އިންސާފު ހޯދަދީ. އަހަރެންގެ ދަރިފުޅު މަރާލި ގާތިލުންނަށް ހައްގު އަދަބުދީ.." މަލީހާ ރޮމުން އެތަނުގައި ހުރި ފުލުސްމީހާއާއި ވާހަކަ ދެއްކިއެވެ.

"ދައްތާ.. ހިތްވަރުކުރޭ. އިރާދަކުރެއްވިއްޔާ ހެކި އެބަހުރި. މިކަން ކުރި މީހުންނަށް އަދަބު ދެވޭނެ. އެކަމަކު މައްސަލައަކީ އެމީހުން މިކަމަށް އިއުތިރާފު ނުވާތީ." މަލީހާގެ ކޮނޑުގައި ހިފާލަމުން އެމީހާ ވާހަކަދެއްކިއެވެ.

***********

ޖަލުގޮޅީގައި ހަމީދު ހުންނަތާ ހަފްތާއެއްވީއެވެ. ނައިރާގެ ރިޕޯޓު ލިބުމުން ވަކިގޮތަކަށް ނިންމާނެ ވާހަކަ ފުލުހުން ވަނީ ބުނެފައެވެ. މިއަދަކީ އެރިޕޯޓުތައް ލިބުނު ދުވަސް ކަމުން އޭގައި އޮތް އެއްޗެއް ނޭނގޭތީ ހަމީދު ހުރީ ކަންބޮޑުވެފައެވެ. ލޯންޗުގެ ކައްޕިއާއި ފަޅުވެރިމީހާވެސް ތިބީ ބަންދުކޮށްފައެވެ. އެމީހުންގެ ހާލަކީވެސް އެއީއެވެ.

އެރޭ ދަންވީފަހުންވެސް ހަމީދުއަށް ނިދޭގޮތެއް ނުވިއެވެ. ކުއްލިއަކަށް ހަމީދު ގަޔަށް ފިނި ރޯލިއެއް އިހުސާސްވިއެވެ. ތެދުވެ ބަލާލިއިރު ޖަލުގޮޅީގެ ކަނުގައި އިށީންދެލައިގެން އިން އަންހެން ކުއްޖަކު ފެނުނެވެ. އެކުއްޖާގެ ހަންގަނޑު ވަނީ ހުދުވެފައެވެ. ދެކަކޫ މެއާލާ ބޮނޑިކޮށްލައިގެން، ކަކޫމަތީގައި ބޯ ބާއްވާލައިގެން އިންއިރު އެކުއްޖާގެ މޫނެއް ނުފެނެއެވެ. އިސްތަށިގަނޑުން ބޮޑު ބައެއް ވަނީ މޫނުމައްޗަށް އެޅިފައެވެ. ކުއްލިއަކަށް އެކުއްޖާ މޫނު ހިއްލާލިއެވެ. އެމޫނުގައިވާ ލޯވަނީ ވަޅުވަދެފައެވެ. ލޯކައިރި ކަޅުވެފައިވާއިރު ކަޅިވެސް ހުރީ ހުދުކޮށެވެ. މޫނުގެ އެތަން މިތަނުގައި ކުދި ޒަހަމްތައް ހުއްޓެވެ.

"ނައިރާ...." ހަމީދުއަށް މަޑުމަޑުން ބުނެލެވުނެވެ. އެކުއްޖާ މަޑުމަޑުން ތެދުވެ ހަމީދުއާ ދިމާލަށް އަންނަން ފެށިއެވެ.

"ނައިރާ... ބޭބެއަށް މައާފުކުރޭ. ނައިރާ ޕްލީޒް. މައާފުކުރޭ." ހަމީދު ރޮއެގަނެވުނެވެ.

"އެވަރު ކަމެއް ކުރާއިރު ނޭނގޭތަ މިހެން ވެދާނެކަމެއް. ކުށަށް އިއުތިރާފުވޭ... އެހެންނޫނީ....." ނައިރާގެ އަޑު ހަމީދުގެ ކަންފަތުގައި ގުގުމާލިއެވެ. އެއާއެކު އޭނާ ބާރަށް ހަޅޭލަވަން ފެށިއެވެ.

"ނޫން.. ނޫން.. އަހަރެން ސަލާމަތްކުރޭ!" ހަމީދުގެ ހަޅޭކުގެ އަޑަށް އެތަނަށް ޖަލު ބަލަހައްޓާ ސިފައިންގެ މީހުންތަކެއް އައެވެ. އެމީހުން އައިއިރު ހަމީދު އަޑުން އަޑުނަގާ ރޮނީއެވެ. މައާފަށް އެދެނީއެވެ.

"ކީއްވެ މާ އަޑުގަދަ ކުރަނީތި؟" އެތަނަށް އައި ސިފައިންގެ މީހުންގެ ތެރެއިން އެކަކު އަހާލިއެވެ.

"މިހުރީނު... މި... ނައި.. ނައިރާ... ނައިރާ މިހުރީ ބަދަލު ހިފަން އައިސް." ބިރުން ކިޔޭ ނުކިޔޭވެސް ނޭނގެއެވެ. އެކުއްޖާގެ މޫނުމަތިން ރުޅިވެރިކަން ފެންނަން ހުއްޓެވެ.

"ކާކު؟ ކޮންތާކު ކާކު ހުރީ؟" ހަމީދު އިނގިލި ދިއްކުރާ ދިމާލަށް ބަލާލަމުން އެމީހާ ބުނެލިއެވެ. އެތަނުގައި އެއްވެސް އިތުރު މީހަކު ނެތެވެ.

"އެހުރީނު. ނުފެނޭތަ. އެއީ ހަމަ ނައިިރާ. އަހަރެން އޭނައާ ބެހުނީ ގަދަކަމުން. އޭނަ ޕޮލިހުންނަށް ރިޕޯޓު ކުރާނަމޭ ބުނީމަ އޭނަ މަރާލީވެސް އަހަރެން. ކަރުގަ ހިފާފަ މަރާލީ." ހަމީދު އަމިއްލަ ކަރުގައި ދެއަތުން ހިފަހައްޓާލިއެވެ. ހީވަނީ މޮޔަވެފައި ހުރި ހެންނެވެ. އޭނާ ބަލަބަލާ ހުއްޓާ އެތަނުގައި ހުރި ކުއްޖާ ދުންކޮޅަކާއިއެކު ގެއްލުނެވެ.

"ހެލޯ، ސަރ. ހަމީދު އިއުތިރާފުވެއްޖެ. ރޭޕްކުރިކަމަށްވެސް. މަރާލިކަމަށްވެސް." ޖަލު ބަލަހައްޓާ މީހުންގެ ތެރެއިން އިސްކޮށް ހުރި މީހާ ކޮންމެވެސް މީހަކަށް ގުޅާ ހަބަރު ދިނެވެ. އެއަޑު އިވުމުން ހަމީދު ބޮލުގެ އިސްތަށިގަނޑުގައި ހިފާ ބާރުކޮށްލީ ސަލާމަތް ނުވާނެކަން ޔަގީންވުމުންނެވެ.

އެމައްސަލައިގައި ހަމީދު އުމުރަށް ޖަލަށް ލެވުނެވެ. ދެން ތިބި ދެމީހުންނަށްވެސް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުނެވެ. ނައިރާގެ ގާތިލުންނަށް ހައްގު އަދަބު ދެވުނީއެވެ. އިންސާފު ލިބުނީއެވެ. އެކަމާ މަލީހާ ކިތަންމެ ހިތްހަމަ ޖެހުނަސް އެމަންމަގެ ލޮލުން އަދިވެސް ކަރުނަ ނުހިކެއެވެ. ހަޔާތަށް ލިބުނު ހުސްކަމާއި އެކަނިވެރިކަމަށް ކެތްކުރުން ނޫން ގޮތެއް ނެތެވެ. ﷲގެ އިރާދަފުޅުން އެދަރިފުޅާއި ޖަންނަތުން ބައްދަލުވެވޭތޯ މަލީހާ އަބަދާއި އަބަދު އެހުންނަނީ ދުއާ ކޮށްލަ ކޮށްލައެވެ.

    Please log in or register to bookmark.
    7k

    15 ޚިޔާލު

    1. ވާހަކަ.ކޮމް އިން ކިޔާލެވުނު އެންމެ ފުރިހަމަ އެންމެ ރީތި ވާހަކަ. ވަރަށް ފުރިހަމަ. ނަމަވެސް ފުރަތަހަމަ ޕެރެގްރާފްގައި ކުލަ ސިފަ ކޮއްދިނުމުގައި "އޮރެންޖް" ގެ ބަދަލުގައި "ރަތް" ބޭނުން ކުރިނަމަ މާ ފުރިހަމަ ވާނެހެން ހީވަނީ. މީ އަޅުގަނގެ ޚިޔާލު. އަޅުގަނޑު ވާހަކަ ކިޔަމުންދިޔައިރު ހީވީ ލޯންޗް ތެރޭގައި އަޅުގަނޑަށް އިނދެވުނުހެން.

      14
      1

    ޚިޔާލު

    Your email address will not be published. Required fields are marked *

    Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
    Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy