9448 71

ކޮޓަރީގައި ހިފާފައިވާ ހިތްގައިމު މީރުވަމުން ޒުވާން ކޮންމެ ހިތެއްގައި ލޭކަށްކުވާލާހާވެއެވެ. ނަވީން ކުރިއަށްޖެހިލައި ލައިބާ ލުއިފަތެއްހެން ނަވީންގެ އަތްދަނޑިމައްޗަށް އުފުލާލިއެވެ. ނަވީންގެ ފައިން ޖަހާދޮރު ލައްޕާލި ވަގުތު ލައިބާ ހަށިގަނޑަށް ލިބުނު ލޮޅުމުގައި ނަވީންގެ ކަރުގައި ދެއަތް ވަށާލެވުނީ ނިކަންބާރަށެވެ. އަރާމު ގޮދަނޑީގައި ލައިބާގެ ހަށިގަނޑު ނަވީން ބާއްވާލީ އަނިޔާއެއް ނުވާނެހާ މަޑުންމަޑުން އެހާމެ ލޯބިންނެވެ.

ކޮޓަރީގެ ބޮކި ނިވާލުމުން އުއްބައްތިތަކުގެ ރަންއަލިކަން މިފަދަ ރެއެއްގައި މާބޮޑަށްވެސް ހިތްގައިމެވެ. ގަމީހުގެ ގޮށްތައް ނައްޓަމުން އައިސް ނަވީން އެނދާ ކައިރިވެލިއިރު ނަވީނަށް ބަލަހައްޓާއިގެން ލައިބާ އޮތީ ކަޅިޖަހާވެސް ނުލައެވެ. ލައިބާގެ ތޫނު ނަޒަރުން ނަވީން ލަނބުވާލާހާވެއެވެ. އެންމެ މިނެޓެއްވެސް ބޭކާރުކޮށްލުމަކީ ނަވީނަށް ކެތްވާވަރުގެ ކަމަކަށް ނުވިއެވެ. ނަވީންގެ މޫނު ލައިބާގެ މޫނާ ގާތްކޮށްލިއެވެ. ތެޅިތެޅިއޮތް ހިތަކާއި އެކު ލައިބާއަށް އިތުރަށް އެންމެ ހަރަކާތެއްވެސް ނުގެނެވުނެވެ. ހަމައެކަނި ދެލޯމަރާލެވުނީއެވެ. ލައިބާއަށް މުޅިން އާކަމަކަށް އެކަންވިޔަސް ލައިބާވެސް ނަވީނަށް އިޖާބަދިނީ ލޮލުން ބޮލުން ރުހިގެންނެވެ. އެއްވެސް ހުރަހެއްނެތި ލިބެމުންދިޔަ ހޫނު ނޭވާތަކުން ލައިބާގެ ހިތުގައި އާވިންދެއް ހޭލަށްވާލިކަހަލައެވެ. ނަވީންގެ ކަރުގައި ލައިބާގެ ދެއަތް ވަށާލިއިރު ދެމީހުންގެ ދެމެދު ވައިރޯޅިއަކަށްވެސް ނުވަދެވޭނެއެވެ. ދެހަށިގަނޑު ޖެހިފިތިފައިވާއިރު އެކަކު އަނެއްކަކަށް ބޭނުން ވެފައިވާވަރު ދުލުން ނުބުނިނަމަވެސް ކޮންމެ ހަރަކާތަކުންވެސް ހެކިދެއެވެ.

***** ***** ***** ****** ******* ******

ފެންވަރަން ފާހާނާތެރޭގައި ހުރިއިރު ކެނޑިނޭޅި ނަވީން ފޯނު ރިންގުވާ އަޑު ލައިބާއަށް އިވެއެވެ. އަވަސް އަވަސްކޮށްލައިގެން ފާހާނައިން ނިކުތްއިރު ރިންގުއަޑު ކެނޑިއްޖެއެވެ. ނަވީން އޮތީ ވަރަށް އަރާމްކޮން ނިދާލާފައެވެ. ރީތިވާ މޭޒުމަތީގައި ނަވީންގެ ފޯނު އޮތުމުން ނަވީނަށް އެހާބާރަށް ފޯނު ރިންގުވާއިރު އަޑު ނީވުނީ ގަދައަށް ނިދިފައި އޮތީމައެވެ. އިސްތަށިގަނޑުގައި އޮޅާފައި އޮތް ތުވާލި ބޮލުން ވަކިކޮށްލި ގަޑީގައި ދޮރުގައި މީހަކު ޓަކިދިނެވެ. ކުޑަކޮން ޖެހިލުންވެ ހުރެ ގޮސް ދޮރުހުޅުވާލީ ވަރަށް ކުޑަކުޑަކޮންނެވެ. ދޮރުމަތީގައި ހުރީ އައްފާންއެވެ.

“ގުޑް މޯނިން…..”

ހިނިތުންވެލަމުން ލައިބާއަށް އައްފާން ބުނެލިއެވެ.

“މޯނިން…”

ލައިބާ ކުޑަކޮން ލަދުން ހުރެ މަޑުމަޑުން ބުނެލިއެވެ.

“ކޮބާ ނަވީން؟”

ހުރި ފިޔަވަޅުމަތިން ކުޑާވެސްނުލާ ހުރެ އައްފާން ބުނެލިއެވެ.

“ނިދާފަ….”

ލައިބާ ޖަވާބުދިނީ ދޮރުން ބޭރަށް ބޯދިއްކޮށްގެން ހުރެއެވެ.

“އަދިވެސް ނިދާފަ….މިހާރު އެޔޮށް ނުވައެއްޖަހަނީ…..”

އަތުކުރީގައި އަޅާފައިވާ ގަޑިއަށް ބަލާލަމުން އައްފާން ބުނެލިއެވެ.

“އަނެއްކަ ލައިބާ ކީއް ނަވީނަށް ތިކުރީ……”

އައްފާން ލާނެތްކަމުން ލައިބާގެ މޫނުމަތި ރަތްވެގެން ދިޔައީ ލަދުންނެވެ.

“ހިހިހި….ސޮރީ….ސަމާސަކޮށްލީ….”

ލައިބާއަށް ވީގޮތް ފެނިފައި އައްފާން ބުނެލިއެވެ.

“އަފޫތަ އެއުޅެނީ…..”

މެއާ ހަމައަށް ބުލޭންކެޓުން ނިވާވެގެން އޮތް ނަވީން އައްފާންގެ އަޑަށް ގޮވާލިއެވެ. ނަވީންގެ އަޑަށް ލައިބާ އެނދާދިމާއަށް ބަލާލިއެވެ. އަދި ލައިބާ ދޮރުން އަތްދޫކޮށްލާފައި ގޮސް ރީތިވާ މޭޒުކުރިމަތީ ހުއްޓުނެވެ.

“ހޫން މަށޭ….”

ދޮރުމައްޗަށް ހުއްޓެމުން އައްފާން ބުނެލިއެވެ. އޭރު ނަވީންވެސް އެނދު ހެޑްބޯޑުގައި އޭނާގެ ބުރަކަށި ޖައްސާލަނީއެވެ. ދިމާކުރާ ފާޑަކަށް އައްފާން ހުރީ ހެވިފައެވެ.

“ކަމަކުތަ؟”

އަދިވެސް ނަވީންގެ ހަށިގަނޑުގައިވަނީ ކަންނެތްކަމާއި ލޮޑުކަމެވެ.

“އުހޫން ބަނޑުހައިވެގެން ހަމަ ބަލާލީ ނަވީނަށް ދެވޭވަރު ވެއްޖެތޯ؟”

އައްފާންގެ ކޮންމެ ބަހެއްގައި ދިމާކުރުމުގެ ގޮތް ހުއްޓެވެ.

“ލައިބާ މަންމަ ބުނެފައޭ އޮތީ އަހަރެމެން ދެން ހުރިހާ ގަޑިއެއްގަ ކާން އެގެއިން ކާން….އަފޫ ދޭ ލައިބާމެންގެއަށް”

ބަޝީރާ ކާންއަންނަ ވާހަކަ ބުނެފައި އޮތީ ނަވީންކައިރީގައެވެ. އެދެމީހުން އެރަށުގަ ތިބިހާ ދުވަހަކު ކާން އައުމަށް ބަޝީރާވަނީ ދައުވަތުދީފައެވެ.

“ނަވީންމެން ނުދާނަންތަ؟”

ރީތިވާން ހުރި ލައިބާއަށް ނަޒަރެއް އެއްލަމުން އައްފާން ބުނެލިއެވެ.

“އަހަރެމެން އަދި އިރުކޮޅެއްވާނެ…..އަފޫދޭ އަފޫ ތިހިރީ ހާންތިވެފައޭނުން….”

މާބޮޑުވިސްނުމެއްނެތި ނަވީން ބުނެލިއެވެ.

“މަށަކަށް ހިޔެއްނުވޭ އިރުކޮޅެއްތެރޭ އާދެވޭނެހެން…..”

އައްފާން ބުނި އެއްޗަކުން ލޯގަނޑުކުރިމަތީ ހުރި ލައިބާއަށްވެސް ބޭއިހްތިޔާރުގައި އައްފާނާއި ދިމާއަށް ބަލާލެވުނެވެ. އައްފާނަށް ބަލާލާފައި ލައިބާ ނަވީނަށް ބަލާލި ވަގުތަކީ ނަވީންވެސް ލައިބާއަށް ބަލާލެވުނު ވަގުތެވެ.

“ހޫން ދެން ބަނޑުމޮޔަ ނުހިފާ ތިދޮރުލައްޕާފަ ދޭބަލަ….މިދަނީއޭ ފެންވަރާއިގެން….”

ނަވީން ރުޅިއަންނަ ގޮތް ދައްކާލީ އައްފާންގެ ދިމާކުރުންތައް ހައްދުން ނެއްޓިގެންދާތީއެވެ.

“އޯކޭ ދަނީ….”

އައްފާން ދޮރުލައްޕާފައި ދިއުމުން ނަވީނަށް ފުންނޭވާއެއް ބޭރުކޮށްލެވުނެވެ. ހީވީ އެތަށްހާސް ބޮލުގަ ރިހުމަކުން މިންޖުވެވުނުހެންނެވެ. ލައިބާވެސް އެނބުރުނީ ލޯގަނޑާވީ ކޮޅަށެވެ. ލައިބާ އަވަސްވީ ގެއަށްދާން ރީތިވާށެވެ.

*** *** *** ***

ބަޝީރާ އާއި ފާތުން ތިބީ ބުލްބުލާގެ ފެންޑާތެރޭގައެވެ. ބަޝީރާ ފާތުން އެގެއަށް ގެނައީ އޭނާ ފަތްތެއްލަން އަތްގާތްކޮށްދިނުމުގެ ގޮތުންނެވެ. އުނދޯލީގައި ދެމީހުންތިބީ ބޮޑުތެއްޔެއް ދެމީހުންގެ މެދުގައި ބަހައްޓާއިގެން މުރަނގަފަތް ނިލުވާށެވެ.

“އައްސަލާމަލަޔަކުމް….”

ދޮރޯށިން އެތެރެއަށް ވަން އައްފާން ސަލާން ގޮވާލީ ނިކަން ނުކެރިހުރެފައެވެ.

“ވާލަޔަކުމުއްސަލާން….”

އުނދޯލިން ތެދުވެގެން ދޮރާއްޓާ ދިމާއަށް ބަލާލަމުން ބަޝީރާ ސަލާމަށް ޖަވާބުދިނެވެ. އޭރު ފާތުންގެ ނަޒަރުވެސް ހުއްޓިފައި ހުރީ ދޮރޯއްޓާދިމާއަށެވެ. ފާތުން ކެތްތެރިކަމެއް ނެތި އިންތިޒާރު އެކުރަނީ ލައިބާއަށެވެ. އައްފާން ފެންނަން ހުރުމުން ފާތުން އުއްމީދުކުރީ ލައިބާވެސް އޭނާއާ އެކު އަންނާނެ ކަމަށެވެ.

“އާދޭ އާދޭ….ކޮބާ ލައިބާމެން ”

އައްފާންގެ ބޮލުން ފެށިގެން ފަޔަށް ބަޝީރާ ވަރަށް ފުންނަޒަރަކުން ބަލާލިއެވެ.

“ލައިބާމެން އަދި އިރުކޮޅެއް ވާނޭ ބުނީމަ މިއައީ…..”

އައްފާން ވާހަކަދެއްކީ ލަދުން ހުރެއެވެ.

“އާދޭ ސައިބޯން…..”

ބަޝީރާގެ ފަހަތުން އައްފާން އެތެރެއަށް ވަނެވެ.

ގިނަ ބާވަތްތަކެއް ހެނދުނުގެ ނާސްތާއަށް ހަދާފައި ނެތަސް ބަޝީރާ ހަދާފައިވާ މަސްހުނިތަށި ފެނުމުން އައްފާން ކުޅުދިއާވިއެވެ. ރަހަބަލައިނުލާ މަޑުކޮށެއް ނުލެވުނެވެ. ކުޑަ ސަމުސަލަކުން ދެތިން ސަމުސާ މަސްހުނި ކާލެވުނެވެ. ރޮއްޓާނުޖަހާ ހުސްމަސްހުންޏަށެވެ. އައްފާންގެ މިއަމަލުން ބަޝީރާއަށް އުނދަގޫ އިހްސާސެއް ކުރެވުނެވެ. އައްފާން ކުރިކަންތައް ހަޑިކަމަކަށް ވެގެނެއް ނޫނެވެ. އައްފާންގެ އެއަމަލު ހުރިގޮތުންނެވެ.ނަސީރާ އެއްވެސް ތަފާތެއް ނެތެވެ. ނަސީރުވެސް ބަޝީރާމެން ރަށުގައި ހުރީރު ނަސީރު އުޅޭ ގޭ ކެއުން ކަމުނުދާތީ ނަސީރަށް ބަޝީރާ މަސްހުނި ތައްޔާރުކޮށްދެއެވެ. ބަޝީރާގެ މައިންބަފައިންނާ ސިއްރުންނެވެ. ބަޝީރާއަށް ކަޅިޖަހާނުލާ ހުރެވުނީ ބަލާށެވެ. އައްފާން ބަޝީރާއަށް ހުރިހާ ގޮތަކުންވެސް ނަސީރާ ވަރަށް ވައްތަރެވެ. ސިފަޔާއި ހިނގާހިނގުމެވެ. ހަރަކާތްތަކާއި ކުރާކަންކަންވެސް މެއެވެ.

“އަނެއްކާ…..”

ބަޝީރާ ހިތަށް އެރި އެއްޗަކުން އެތެރެހަށީގައި ހީވީ ނޭވާވެސް ތާށިވިހެންނެވެ. ދެލޯ ފެންކަޅިވެ މީހާ ތުރުތުރުލާން ފަށާފިއެވެ. ބަޝިރާއަށް އަންނަމުންދާ ބަދަލު ކެއުމައިގެން މަސްއޫލުވެފައި އިން އައްފާނަކަށް ނުފެނެއެވެ. ފޯނުގެ ސްކުރީނަށް ނަޒަރު ހުއްޓާލައިގެން އައްފާން އިންއިރު ކަމުން ގެންދިޔަ ސްޕީޑަށް އެއްވެސް ބަދަލެއް ނާދެއެވެ.

“ދައްތާ ނިކަން ހޫނު ސައިތައްޓެއް”

އައްފާންގެ އަޑަށް ބަޝީރާ ދިޔައީ ސިއްސައިގެންނެވެ. ސައިތައްޔާރު ނުކުރެވޭކަން ހަނދާންވީ އައްފާން އެހެން ބުނުމުންނެވެ. ބަޝީރާ އަވަސްވީ އައްފާނަށް ސައިތައްޔާރު ކުރާށެވެ.

“މަސްހުނި ކަ….ކަމުދޭތަ”

ވަރަށް އުނދަގުލުން ބަޝީރާ އަހާލީ އައްފާނަށް ގެނައި ސައިތަށި މޭޒުމަތީ ބަހައްޓަމުންނެވެ.

“ވަރަށް މީރު ދައްތަ ހާދަ މޮޅޭ ހުރިހާ އެއްޗެއް ތައްޔާރުކުރަންވެސް މަންމަ ހަދާ މަސްހުންޏަށް ވުރެން މާ މީރު….”

ހިނިތުންވެގެން އިނދެ އައްފާން އޭނާގެ ޝުއޫރުފާޅުކުރިއެވެ. ބަޝީރާއަށް ތައުރީފުކުރިއެވެ.

“ދެން މިރަށަށް އަންނަ ފަހަރަކުން އާދޭ މަންމަ ގޮވައިގެން އޭރުން ދައްތަ މީރުކޮން މަސްހުނި މޮޑެން ދަސްކޮށްދީފާނަން….”

ބަޝީރާގެ ވާހަކައިން އައްފާނަށް ވިސްނުނީ އޭނާގެ ކިބައިގައި އެއްވެސް ބޮޑާކަމެއް ނެތްކަމެވެ. ބަޝީރާއަށް އެނގޭ ކިތަންމެ ކުޑަކަމެއްވެސް އެހެން މީހަކަށް ދަސްކޮށްދޭން ބޭނުން ވާވަރެވެ.

“ހިހިހި…..ދައްތަ ހާދަ ރަނގަޅޭ…..މަންމަޔަކަށް ނާދެވޭނެ ބައްޕަ ބަހައްޓާފައެއް….”

އައްފާންގެ ބައްޕަ އަކީ ކާކުކަން އޮޅުން ފިލުވާ ހިތް ބަޝީރާވިއެވެ.

“ބައްޕަވެސް ގޮވައިގެންނޭ އަންނާނީ އޭރުންނޭނުން އެންމެނާ ރަޙްމަތްތެރި ވެވޭނީ…..”

“ކިހިނެތް ބައްޕަ ގޮވައިގެން އަންނާނީ…..ބައްޕައަކީ ޙާއްސައެހީއަށް ބޭނުން ވާ މީހެއް ބައްޕައަކަށް ނުވެއެއް ހިނގޭ…..”

ބަޝީރާގެ މޫނަށް ބަލާލަމުން އައްފާން އޮޅުން ފިލުވައިދިނެވެ. ބަޝީރާއަށް ބުނާނެ އެއްޗެއް ނޭގުނެވެ. އިތުރަށް އެއްޗެއް އަހާލާކަށްވެސް ނުކެރުނެވެ. އައްފާން ސައިމޭޒު ދޮށުގައި ބައިންދާފައި ފެންޑާއަށް ނިކުމެލީ އިތުރަށް އެކަމާ ވާހަކަ ނުދައްކަން ވިސްނައިގެންނެވެ. އައްފާންގެ ބައްޕައަކީ ބަޝީރާ އެ ހީކުރާ މީހާ ނޫންކަން ޔަގީންކުރެވުނެވެ. ނަސީރާއި މެދު ހިތުގައި ކިތަންމެ ނަފުރަތެއް އޮތް ނަމަވެސް ނަސީރަކީ ފުރިހަމަ ސިއްހަތުގައި ހުރި މީހެއްކަމުގައި ވުމަށް އެދި ބަޝީރާއަށް ހިތާހިތުން ދުޢާ ކުރެވުނެވެ.

**** **** **** **** ****

ކުޑަދޮރުގެ ފަރުދާތައް ފުރޭނިގެން އައިސްފައިވާ ރަންއަލި ކާގެތެރޭއަށް އޮތީ ފެތުރިފައެވެ. އެތަނުގައި ހިމޭންކަމާއި ފަޅުކަން ނޫނީ ނުވެއެވެ. އެހެންޏާ އަބަދުވެސް ހުޅުވާފައި ހުންނަ ރެޑިޔޯވެސް ހުރީ މިއަދު ނިވާލާފައެވެ. ދެއަންހެނުން ހެނދުނުގެ ނާސްތާއަށް ތައްޔާރު ކުރުމުގައި އުޅުމުގެ ތެރޭގައި މިއަދު ޖޫލީވެސް އިހްތިޔާރުކޮށްގެން ހުރީ ހިމޭންކަމެވެ. ޖޫލީގެ ހަރަކާތްތަކުގައިވީ ކަންނެތްކަމެވެ.

“މިއަދު ކިހިނެތްވެފައި ހުރި ދުވަހެއް.؟”

ޖޫލީ ބަސްމަދުވެފައި ހުރުމުން ޒީނިޔާއަށް އުނދަގޫވިއެވެ. ޖޫލީ ދޫކޮށްލީ ފުންނޭވާއެކެވެ. ޒީނިޔާގެ މޫނަށް ބަލާލިއިރު ޖޫލީގެ މޫނުމަތިން ހެކިދެނި ގޮތް ހުސްވެފައިވާކަމެވެ. ކަންބޮޑުވުމުގެ އަސަރުތަކެވެ.

” ގޯސް ހުވަފެނެއް ފެނުނީ…..”

ޖޫލީގެ ދެލޯ ފެންކަޅިވިއެވެ. އެހުވަފެނެއް ފެނިގެން ޖޫލީއަށް ހޭލެވުނުފަހުން ރޭ އެންމެ ލޮލު ފިޔައެއްވެސް ނުޖެހުނެވެ. ނަވީނަށް ގުޅުން ވަރެއްގެ އަދަދުވެސް ނޭގުނެވެ.

“ކިޔާ ދީބަލަ….”

ޒީނިޔާ ޖޫލީގެ ކޮނޑުގައި އަތްޖައްސާލަމުން އާދޭސްކުރާފަދަ ރާގަކަށް ބުނެލިއެވެ.

“ނަވީން…….”

ޖޫލީއަށް ކުރިއަށް ގެންދަން އުނދަގޫވިއެވެ.

” ނަވީނަށް ކިހިނެތް ވީތަ؟”

ދެލޯ ހަނިކޮށްލާފައި ޒީނިޔާ އަހާލިއެވެ.

” އަހަންނަށް ހުވަފެނުގައި ފެނުނީ ނަވީން އެހެން އަންހެންކުއްޖެއް އަތުގައި ހިފައިގެން ދުވާތީ އަހަރެން ދުވިން އެމީހުންގެ ފަހަތުން އެކަމަކު އަހަންނަކަށް އަތެއް ނުވި…….ނަވީންގެ އަތުގައި ހިފައިގެން އެއަންހެންކުއްޖާ ދުވަނީ ނިކަން ބާރަށް…. އެންމެ ފަހުން ދުވަނިކޮން އެއްޗެއްގަ އަޅާއިގަނެފަ އަހަރެން ވެއްޓުނީ……….ނަވީން އަހަންނާ ދިމާއަށް އަންނަން ހުއްޓުނު އެކަމަކު އެއަންހެނާ ނަވީނަށް ގޮވާލުމުން ނަވީންވެސް ފަސްއެނބުރި ބަލާލައި ނަވީން ދުއްވައިގަތީ އެއަންހެނާއާ އެކު އެއަންހެނާ ބަނޑުވެސް ބޮޑު އަހަރެން ގޮވާގޮވާވެސް ނަވީން އަހަރެން ނަގާކަށް ނައި……..”

ޖޫލީގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ޒީނިޔާ ފޮހެލަދިނެވެ.

“އަހަރެން ހިތަށް އަރަނީ އެކޮން އަންހެނެއްބާއޭ…..ކީއްވެ ބާއޭ އޭނަ ނަވީންގެ އަތުގައި ހިފައިގެން ދުވަންވީ …..”

ގޯސް ހުވަފެނެއް ފެނުމަކީވެސް ބައެއް ފަހަރު މީހާގެ މޫޑު ގޯސްކޮށްލާ އެއްޗެކެވެ. މިއަދު ޖޫލީއަށްވެސް ވީ އެހެންނެވެ. ފެނުނު ސުންޕާ ހުވަފެނެއްގެ ސަބަބުން މާބޮޑަށް އެކަމާ ވިސްނެނީއެވެ.

“އެ ހުވަފެނެއްނު ….އެކަމާ ނުވިސްނަބަލަ….”

ޒީނިޔާގެ ފުށުން ފެނުނީ އަބަދުވެސް ފެންނަ ގާތްކަމާއި އޯގާތެރިކަމުގެ ސިފައެވެ.

“ޖޫލީ ދޭބަލަ ނިޒާރުބެއަށް ގޮވާލަން ހިޔެއް ނުވޭ ފަތިސްނަމާދަށް މިސްކިތަށް ދިޔަހެނެއް….އަނެއްކަ ބަލީކަންނޭގެ….”

ޓިސޫއަކުން މޫނު ފޮހެލައިގެން ޖޫލީ ހިނގައިގަތީ ނިޒާރުގެ ކޮޓަރިއާ ދިމާލަށެވެ.

**** **** **** *****

ހެނދުނުގެ ސަޔަށްފަހު ލައިބާ މަޑުކުރީ މެންދުރަށް ކައްކާށެވެ. މަންމަވެސް ފަތްތެއްލަން އުޅޭތީ އާ އެކުއެވެ. ނަވީނާއި އައްފާން ނިކުމެލީ ފިނިބުރެއް ޖަހާލާށެވެ. ރޭ ފޯނު ސައިލެންޓަށްލީ ގޮތަށް ނަވީންގެ ފޯނު އަދިވެސް އޮތީ ސައިލެންޓުގައެވެ. ހެއްލާ ޖޯލިތަކުގައި ތިއްބާ އައްފާންގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ޒީނިޔާއެވެ. އައްފާން ހިތުގެ ރާނީއެވެ. ނަވީން ކައިރީގައި އިނުމުން އެކޯލަށް ޖަވާބުދޭން އައްފާނަށް އުނދަގޫވިއެވެ.

“ފޯނު ނަގާބަލަ…..ކާކުތަ އެގުޅަނީ…..” ފޯނުގެ ސްކުރީނަށް ބަލަހައްޓާއިގެން އިން އައްފާނާއި ދިމާއަށް ނަވީން އެހެން ބުނެލީ ނަވީން ފޯނުނަގަން ނޫޅުމުންނެވެ.

“ހަލޯ……”

ހަމަ ޖެހޭގޮތް ދައްކަމުން އައްފާން ފޯނުނަގާ ކަންފަތުގައި ޖެހިއެވެ.

“ކޮބާ ނަވީން ކޮންކަހަލަ މީހެއްތަ އެ……”

ޒީނިޔާގެ އަޑުގައިވީ ރުޅިވެރިކަމެވެ. އައްފާން ޖެހިލުންވިއެވެ. އެވަގުތު ބުނާނެ އެއްޗެއް ދުލާ ހަމައަށް ނައެވެ.

“ކޮބާހޭ ނަވީން….”

އަނެއްކާވެސް އިވުނީ ޒީނިޔާގެ އަޑެވެ.

“ކި….ކި….ކިހިނެތްވީތަ…”

އައްފާނަށް ވާހަކަ ދައްކަންވެސް އުނދަގުވިއެވެ.

“ކިހިނެތްވީހޯ…..ނަވީން ކީއްވެތަ ފޯނު ނުނަގަނީ…..”

“ނަވީން ބައްޕަ މާބޮޑަށް ހާލުދެރަވެގެން ހޮސްޕިޓަލަށް އެޑްމިޓްކޮށްފި…..”

ޒީނިޔާގެ އަޑުގައި ނުރުހުމުގެ އަސަރު ހުރި ނަމަވެސް އެންމެ ފަހު ޖުމްލަ ބުނީ މަޑުމައިތިރިކަމާއެކުއެވެ.

“ހާލު ދެރަވީއޭ…ބޮޑުބެއަށް ކިހިނެތް…..ކިހިނެތްވީ….”

އައްފާނަށް އިންތަނުން ތެދުވެވުނު އިރު ވާހަކަދެއްކުނީވެސް ނިކަން ބާރަށެވެ. ހާސްވުމާއި ކަންބޮޑުވުން އޭނާގެ ކޮންމެ ހަރަކާތެއްގައިވެސް ވިއެވެ.

އައްފާނަށް އައި ބަދަލާއި ދެއްކި ވާޙަކަ ނަވީންގެ ސަމާލުކަން ހުއްޓުނެވެ. ބޮޑުބެއަށް ނިސްބަތްކޮން އެބުނީ ނަވީންގެ ބައްޕަގެ ވާހަކަކަން އިނގޭތީ ނަވީނަށްވެސް ތެޅިގަނެވުނެވެ.

“އޭ ސަކަރާތޭ….ބޮޑުބެ މާ ބޮޑަށް ހާލުބޮޑުވެގެން…..އެޑްމިޓްކޮށްފި ”

ފޯނު ކަންފަތާ ދުރުކޮށްލި ގޮތަށް އައްފާން ބުނެލިއެވެ.

“ހިނގާ އަވަހަށް މާލެދާން…..”

ދެމީހުންގެ މޫނުމަތިންވެސް ފެނުނީ ހާސްކަމެވެ. ކަންބޮޑުވުމެވެ.

” ނަވީންދޭ ފުރަން ތައްޔާރުވާން މަމިދަނީ ހަނިމާދޫއަށްދާ ލޯންޗެއް ލިބޭތޯ ބަލަން…..”

ދެމީހުން ދެދިމާއަށް ދުއްވައިގެތެވެ. ދުރުގައި ހުއްޓާ އެފަދަ ހަބަރެއް ލިބުމުން ދެމީހުންނަށްވެސް ތިބީ ނިކަން ކަންތައް ބޮޑުވެފައެވެ.

*** *** *** ***

ބުލްބުލާގެއަށް އައްފާން އައިސްވަނީ ދުވެފައި ކަހަލަ ގޮތަކަށެވެ. ތެޅެމުން ފޮޅެމުންނެވެ. ވެފައި ހުރި ވަރުބަލި ކަމުގައި އައްފާން ހުރީ ބަހެއް ނުބުނެވި ގުނބުހިލިފައެވެ. ބަދިގެ ދޮށަށް އައިސް ހުއްޓުނު އައްފާން ފެނިފައި ލައިބާގެ ލޯ ހޯދާލީ ނަވީނެވެ.

“ކޮބާ ނަވީން…”

ނަވީން ފެންނަން ނެތުމުން ލައިބާ އަހާލިއެވެ.

“ނަވީން އެބައުޅޭ ރޫމްގަ ފުރަންދާން ރެޑީވަނީ…….”

އައްފާން އެހެން ބުނުމާއެކު ލައިބާ ފާތުންގެ މޫނަށް ބަލާލާފައި ޖަހާލީ ހިނިގަނޑެކެވެ. ލައިބާ ހީކުރީ އައްފާން ސަމާސާކުރަނީ ކަމަށެވެ.

“ނާހަމަ ތެދެއް….އަފޫ ނުދަންތަ ނަވީނާއެކު …..”

ލައިބާ ނިކަން މަޖާވެފައި ބުނެލިއެވެ. ނަވީން ލައިބާ ކައިރީ ބުނެފައިވާ ގޮތުން އޭނާ އެނބުރި މާލެދަނީ ދެތިން ހަފްތާ ފަހުންނެވެ. ފާތުންވެސް ހިނިއައިސްފައި އިނީ އައްފާން ލައިބާ ތަޅުވަން މޮޅު އެއްޗެއް ބުނެލީ ކަމަށް ހީކޮށެވެ.

“ސީރިޔަސްކޮންނޭ ނަވީންގެ ބައްޕަ މާބޮޑަށް ބަލިވެގެން މާލެދާން ޖެހުނީއޭ…..”

އައްފާންގެ މޫނުމަތިން ފެނުނީ ސީރިޔަސްކަމެވެ. އެހެނަސް ލައިބާ އާއި ފާތުން ތިބީ އައްފާން އެދައްކާ ވާހަކައަކީ އެއްވެސް ބުރަދަނެއް އަސްލެއް ހުރި ވާހަކައެއް ކަމަށް ބަލައިގެންނެއް ނޫނެވެ.

“އެހެންތަ؟ ޑުރާމާ ގުޅެން އަފޫ ވަރަށް މޮޅުވާނެހެން ހީވަނީ…..ހީކުރީތަ އަހަރެން ތަޅުވާލެވިދާނޭ….ނުވާނެ ތިކަމެއް….”

ލައިބާ ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. އެންމެ ފަހުން އައްފާނަށް ޖެހުނީ ބަޝީރާއަށް ގޮވާށެވެ. މެންދުރު ނަމާދަށް ފެންވަރަން ވަން ބަޝީރާ ގިފިލިން ނިކުތީ އައްފާން މާބާރަކަށް ގޮވާތީއެވެ.

“ކިހިނެތްވީ މާ ބާރަކަށް ތި ގޮވަނީ……”

ތުވާލިން ބޯނިވާކޮށްލައިން ނިކުންނަމުން ބަޝީރާ ވާހަކަ ދެއްކިއެވެ.

“ދައްތާ! ކުއްލިއަކަށް އަހަރެމެން ފުރަން ޖެހިއްޖެ ނަވީން ބައްޕަ ބަލިވެގެން އެޑްމިޓްކޮށްފި….”

އައްފާންގެ ވާހަކަ އިވިފައި ބަޝީރާއަށް ބޭއިޙްތިޔާރުގައި ބަލާލެވުނީ ލައިބާ އާ ދިމާއަށެވެ.

ބަޝީރާ ކައިރީގައި އައްފާން އެވާހަކަ ބުނުމުން އެއީ ތެދަކަށް ވާނެކަމަށް ލައިބާއަށް ޔަގީންވިއެވެ. އައްފާނަކަށް ލައިބާގެ މަންމަޔާ ސަމާސާކުރާކަށް ނުކެރޭނޭކަން ލައިބާއަށް ގަބޫލުކުރެވުނެވެ. ދެފަޔަށް ލެވުނުހާ ބާރެއްލައިފައި ލައިބާ ދުއްވައިގަތީ ގެސްޓްހައުސް އާ ދިމާއަށެވެ. އެހާ އަވަހަށް ވަކިވެދާނެކަމަކަށް ލައިބާ ހިތަށްވެސް ނާރައެވެ. ޝަކުވާތަކުން ލައިބާގެ ހިތް ނަވީންގެ ކުރިމަތީ ބަންޑުންކޮށްލަން ލައިބާގެ ހިތްއެދެނީއެވެ. ނަވީންގެ މޭގައި ބޯއަޅާއިލައިގެން އޮވެ ރޯލަން ބޭނުންވަނީއެވެ. ދުވަހަކުވެސް މީހަކާއި ގާތްނުވާހާ ލައިބާވަނީ ނަވީނާއި ގާތްވެވިފައެވެ. ލައިބާގެ އެންމެ އަގުބޮޑު ހަޒާނާވަނީ ނަވީނަށް ހަދިޔާކުރެވިފައެވެ. ވީއިރު އެހާއަވަހަށް ނަވީނާއި ވަކިވާން ބޭނުން ވާނެ ހެއްޔެވެ؟

ކޮޓަރީގެ ދޮރު ހުޅުވައި ކޮއްޕާލެވުނީ އަތުގައި ހުރި ބާރެއް ލައިފައެވެ. ދޮރު ފާރުގައި ޖެހުނުލެއް ބާރުކަމުން ދަބަހަށް އެއްޗެހި އަޅަން ދޮރަށް ފުރަގަސްދީގެން ހުރި ނަވީނަށްވެސް ބަލައިނުލާ ނުހުރެވުނެވެ. ކިތަންމެ ހިތްއަވަސްވެފައި ހުރި ނަމަވެސް ދޮރުމަތީގައި ހުރި ލައިބާ ފެނިފައި ނަވީންގެ ހަރަކާތްތައް މަޑުޖެހުނެވެ. ލައިބާގެ ދެލޯފެންކަޅިވެފައިވާއިރު މީހާވަނީ ދާހިތްލާ ފޯވެފައެވެ.

“ހަމަ ދަނީތަ….؟”

ބުނެލަން ކިތަންމެ ކުރު ސުވާލެއް ނަމަވެސް ލައިބާގެ އަޑުގައިވީ ހިތާމައިގެ އަސަރުން ނަވީންގެ ހިތަށްވެސް އަސަރުކުރުވިއެވެ. ނަވީންވެސް ހުރީ މިހާ އަވަހަށް ލައިބާ އާ ވަކިވާކަށް ނޫނެވެ. ލައިބާގެ ހިތަށް ކުރާނެ އަސަރު ނަވީނަށް ކިތަންމެ ރަނގަޅަކަށްވެސް އިޙްސާސްކުރެވުނެވެ. ހަމަ އެކަނި ލައިބާ ކުރި ސުވާލަށް ބޯޖަހާލުން ނޫންކަމެއް ނަވީނަކަށް ނުކުރެވުނެވެ.

“އަހަރެންވެސް ދާނަން އަހަރެން ގެންދޭ ނަވީނާއެކު”

ލައިބާ އައިގޮތަށް އައިސް ނަވީންގެ މޭތެރޭގައި މޫނުފޮރުވާލިއެވެ. ޝަކުވާކޮށްލިއެވެ. ނަވީނާއި ދުރަށްދާން ބޭނުންނުވާކަން ހާމަކޮށްދިނުމުގެ ގޮތުންނެވެ. ނަވީންގެ ދެއަތުން ލައިބާގެ ދެކޮނޑުގައި ހިފާ ގަޔާލައި ބޮނޑިކޮށްލިއެވެ.

ނުނިމޭ

ނޯޓް: މިވާހަކަ ލަސްވިކަމަށްޓަކާ އެންމެހާ ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މައާފަށް އެދެން…. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްބައި މިއަށްވުރެން ދިގުކޮށް ގެނެސްދޭން މަސައްކަތްކުރާނަން. އުއްމީދުކުރަން މިބަޔަކީވެސް ތިއެންމެހާ ކިޔުންތެރިންނަށް ކަމުދާނެ ބަޔަކަށް ވާނެކަމަށް…

  1. Avatar

    ތަންކޮޅެއް އަވަހަށް ނެކްސްޓް ޕާޓް ޕްލީޒް. ޙާދަ އިންތިޒާރެއް ކޮށްފީމޭ މި ވާހަކައަށް ?

  2. Avatar

    މަޢާފްކޮށްފިން. ކީއްވެ ނުކުރަންވި. އަންނަ އިރު ތި އަންނަނީ ރޮއްވާލާފަދަ އެޕިސޯޑަކާއި އެކު ވިއްޔަ.

    3
    1
  3. Avatar

    ނޭދެމޭ (މި ވާހަކައާ) ވަކިވުމެއް ހާދަހާ ލޯބިވޭ.

    ސޯ ޕްލީޒް ޑޯންޓް ޑިސަޕޮއިންޓް ދަ ރީޑަރސް ވާހަކަ އަޕްނުކޮށް.

  4. Avatar

    ވާހަކަ ވަރަށް ރީތި އެކަމް ވާހަކަ އަޕް ނުކޮށްދޭތީ މައްސަލައަކީ ކޮންމެ ފަހަރަކު އެސްކިޔުޒް ދޯ.ވަރަށް އެދެން ވާހަކަ މެދު ނުކަނޑަ ގެނެސްދޭން ބުނާ ދުވަހަށް ގެނެސްދޭނެކަމަށް.

  5. Avatar

    ވާހަކަ ވަރަށް ރީތި. އަނެއް ބަޔަށް އިންތިޒާރު ކުރުމުގަ ހަމަ. އަވަހަށް އަޕް ކޮށްދޭނެ ކަމަށް އުންމީދު ކުރަން.

  6. Avatar

    ވަަހަކަ ވަރަށް ރީތި ….މާލަހީ އަޕް ވާލެއް އަވަސް ކޮށްބާ……………………………؟؟؟؟؟؟؟؟؟؟؟؟؟؟؟؟

ޚިޔާލު ފޮނުއްވާ