kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.comSupertotobetSahabetTarafbetMatadorbetTipobet365Deneme BonusuBetvoleMariobethack forumxumabetgiris.com

ރިވެލި

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

ދުއްވަމުން ދިޔަ ބޮއްކުރާގެ ދުވެއްޔަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ބައެއްފަހަރު ތަޅުވާލައެވެ. އަނެއްބައިފަހަރު އަރިއަޅާލަން އުޅޭހެންވެސް ހީވެއެވެ. ނަމަވެސް ދުވެއްޔަށް އެއްވެސް ބަދަލެއް ނާދެއެވެ. ވަށައިގެންވާ ފަރުބަދަތައް އަހަރެންނާ ދިމާލަށް ބަލަމުން ދިޔައީ އިންޒާރުދޭ ކަހަލަ ގޮތަކަށެވެ. ކަނޑު މަޑެވެ. އާދަޔާ ޚިލާފަށް މަޑެވެ. އަހަރެންނަށް އަހަރެންގެ މޫނެއް ނުފެނެއެވެ. ފެންނަނީ ރަން ކުލައިގެ ރާޅު ބާނީ އިސްތަށިގަނޑެކެވެ. ހަމުގެ ކުލަ އައްޔެވެ. ހިމަތޮޅި އިނގިލިތަކެކެވެ. އެއީ ހަމަ އަހަރެންގެ އަތެވެ. މޫނު ނުފެނުނަސް، އަހަރެންގެ ހަށިގަނޑެވެ. އަހަރެން އިނީ ފަލީގައި ވަރަށް ބާރަށް ހިފަހައްޓައިގެންނެވެ. އަހަރެންނަށް ފާރަލަމުންދާ ނުރައްކަލެއް ކައިރީގައި އުޅޭ ކަހަލައެވެ. ހިތް ތެޅެމުންދިޔައީ އާދައިގެ ވަރަކަށް ނަމަވެސް އަހަރެންނަށް ބިރުވެރިކަން އިހުސާސް ކުރެވެއެވެ. ގޮތް ނޭނގޭ ހިސާބެއްގައި އެކަނި މާ އެކަނި ބޯއްޓެއްގައި އިނީމައެއް ނޫނެވެ. ދާންވީ މަންޒިލް ނޭނގޭތީއެވެ. މިސްރާބެއް ނެތި ދަތުރެއް ފެށޭހެއްޔެވެ؟

ފިޔާތޮށި ކުލައާއި ނޫކުލަ އެކުވެފައިވާ އުޑަށް އަހަރެން ނަޒަރު ހިންގާލީމެވެ. މިހެން ފަލިޖަހާތާ އިރުގަނޑެއްވިޔަސް އުޑުގެ ކުލައަށް ބަދަލެއް ނާދެއެވެ. އިރު އޮއްްސެނީ ކަމެއް އަރަނީ ކަމެއް އަހަރެންނަކަށް ނޭނގެއެވެ. ގަޑީގެ ކަށި ހުއްޓިފައި ހުރި ކަހަލައެވެ. މިހެން އިންދާ ހިތަށް އެރި އެއްޗަކުން ހިތުގެ ތެޅުން އަވަސްކޮށްލައިފިއެވެ.

އަހަރެން މި ދުއްވާ ބޮއްކުރާ މިއޮތީ އޮތް ތަނުގަ ނޫން ހެއްޔެވެ؟ ކުރިއަށް އެބަ ދޭ ހެއްޔެވެ؟ ދާ ނަމަ ހިކިފަސް މަންޒިލަކަށް މިހާރު ފޯރާ ހާ އިރު ވެއްޖެއެވެ. ވަގުތާ އެއްގޮތަށް މުޅި މާހައުލު ވެސް ހުއްޓިފައި ހުރި ކަހަލައެވެ. އަހަރެން ދިޔައީ ފަލި ޖަހަމުންނެވެ. ނަމަވެސް ހިތަށް އަރަމުންދިޔަ ސުވާލުތައް އަހަރެންގެ ވިސްނުން ބަނަކުރަން ފަށައިފިއެވެ. ހިތް ބުނާ ކަހަލައެވެ. ފަލި ޖެހުން ހުއްޓާ ނުލާށެވެ. ފަރުބަދަތަކަށް ނުބަލާށެވެ. އެއެއްޗެހީގެ މަގުސަދަކީ އަހަރެންގެ ދަތުރަށް ހުރަސް އެޅުމެވެ. ނަމަވެސް އަހަރެންގެ ވިސްނުން ހިތާ ދެކޮޅެވެ. ކޯޅެނީއެވެ. އެކަތި އަނެކައްޗާ ޒުވާބު ކުރަނީއެވެ. އަހަރެން ވަކި އެއްބައި ވާނީ ކޮން ބަޔަކާ ހެއްޔެވެ؟ ހިތް ބުނާ އެއްޗެއް ގަބޫލުކޮށްގެން މިހެން މުޅި އުމުރު ފަލި ޖަހަ ޖަހާ އިނދެވޭހެއްޔެވެ؟ ސިކުނޑި ކިތަންމެ ވަރަކަށް ވިސްނައިދިނަސް ވާނޭ ގޮތެއް ނޭނގެނީސް ފަލިން ދޫކޮށްލާނީ ކިހިނެތްހެއްޔެވެ؟

ކޮންމެއަކަސް އަހަރެން ގޮތެއް ނިންމައިފީމެވެ. ފަލި ދޫނުކޮށްލިއަސް ބޮއްކުރާގެ ދުވެއްޔަށް ބެލިދާނެ ނޫން ހެއްޔެވެ؟ އަހަރެން ބޯ ދިއްކޮށްލީ ކަނޑާ ދިމާލަށެވެ. ކަނޑުގެ ބިއްލޫރިހާ ސާފު ފެންގަނޑުން އަހަރެންގެ އަމިއްލަ ރިވެލި ފެނިގެންދިޔައެވެ. ބޭއިޚްތިޔާރުގައި އަތުން ފަލި ދޫވެގެން ގޮއްސިއެވެ. ފަލި އަތުން ދޫވުމާއެކު ކަނޑު ގަދަ ވެއްޖެއެވެ. އިސާހިތަކު މުޅި މަންޒަރު ބަދަލުވެގެން ގޮއްސިއެވެ.

ކުރިން ފެނުނު މަޑު ފިޔާތޮށި ކުލައާއި އެކުވެފައިވާ ނޫ އުޑު މިހާރު ފެނިގެންދަނީ ރުޅި ގަދަ ކަޅުކުލައިގެ ހިޔަންޏެއްގެ ސިފައިގައެވެ. ވައިބާރުވެ، އެހެރަ އުސް ފަރުބަދަތައް ގުޑުވަން ފަށައިފިއެވެ. ކަނޑުމަތި ހަލަބޮލިވެ ރާޅު ބާނީތައް ކެކި އުތުރި އަރަނީއެވެ. އަހަރެންގެ ހިތް ބާރުބާރަށް ތެޅެންފަށައިފިއެވެ. ހަމަހިމޭންކަން ގެއްލި ބިރުވެރިކަން މާހައުލަށް ވެރިވުމުންނެއް ނޫނެވެ. އަހަރެންގެ ރިވެލި، ފެންގަނޑުން ފެނުނުމުންނެވެ. މިއޮށް ހުރިހާ އިރު އަހަރެން ހިތުން ބޮއްކުރާ ދުއްވަމުން މިދަނީ އަހަރެންނެވެ. ނަމަވެސް މިހާރު އެއީ ކާކުކަން ވެސް ނޭނގޭ ކަހަލައެވެ. ފެންގަނޑުން ފެނުނު ސޫރައިން އަހަރެންގެ އަތް ފައި ފިނި ކުރުވައިފިއެވެ. އެއީ ހަމަ އަހަރެން ހެއްޔެވެ؟ ގައިމުވެސް އަހަރެންގެ އަތެވެ. އަހަރެންގެ ރާޅުބާނީ އިސްތަށިގަނޑެވެ. ނަމަވެސް މޫނުގައި އިތުރު އެއްވެސް ގުނަވަނެއް ނެތެވެ. އަހަރެންގެ މަޑު މުށި ކުލައިގެ ލޯ ފެންނާކަށް ނެތެވެ. ތުނި ތުންފަތުގެ ބަދަލުގައި ފެނިގެންދަނީ ދޮން ހަންގަނޑު އެކަންޏެވެ. ބުމައެއް ނެތްތާނގައި ނޭފަތެއް ވެސް ނެތެވެ. ފެންނަނީ ފަޅު މޫނެކެވެ.

ނޭވާ ހާސްވާން ފެށީ ދެނެވެ. އަހަރެންނަށް މުޅި މާހައުލު ފެނެއެވެ. މި ބަލަނީ ދެން ކޮން ގުނަވަނަކުން ހެއްޔެވެ؟ ވައިގެ ތެރޭގައި އެނބުރެމުންދާ ތެތް ހުވަނދުވަސް އަހަރެންނަށް ދުވަމުން ދިޔައެވެ. ނަމަވެސް ނޭފަތެއް ނެތް އިރު އަހަރެންގެ ހިއްސުތައް މަސައްކަތްް މި ކުރަނީ ކިހިނެތް ހެއްޔެވެ؟ އަހަރެންގެ ބޯ ފަޅައިގެން ދާ ވަރަށް ސުވާލުތައް އުފެދެން ފަށައިފިއެވެ. މިއިން އެއްވެސް ސުވާލަކަށް ދޭނެ ޖަވާބެއް އަހަރެންގެ އަތުގައެއް ނެތެވެ.

ކުއްލިއަކަށް އިވިގެން ދިޔަ ބާރު އަޑުފަށް ގަނޑާއެކު ބޮއްކުރާ އަރި އަޅާލިއެވެ. އަހަރެންނަށް ހޭވެރިކަން ވީ ދެނެވެ. މުޅި ދުނިޔޭގެ ކުލަވަރު ބަދަލު ވެއްޖެއެވެ. ހަތަރު އުދަރެސް ފެނުޖެހެނީއެވެ. ނޫނެކެވެ، ހަމަ ހަތަރު އުދަރެސް ތިރިވެ ކަނޑާ ހަމަވަނީއެވެ. އަހަރެން ހިފަހައްޓައިގެން އިން ވަކަރުގަނޑުން އަތް ދޫވެ މޫދާ ދިމާލަށް ފުރޮޅާލިއެވެ. ހިފާލާނެ އެއްޗެއް އަތުޖެހޭތޯ އެއްލި އަތް ދިޔައީ ހުސް ވައިގެ ތެރެއަށެވެ. ވެއްޓެނީއެވެ. ނަގޫ ރޯޅިއެއް ހެން އެނބުރެމުންދިޔަ ކަނޑުގެ އޮލަ ބާނި ތަކުގެ ތެރެއަށް އަހަރެން ވެއްޓެނީއެވެ.

ފިނިކަން ގަދަ އެ ކަނޑުގެ ލޮނު ގަނޑުގައި ހަށިގަނޑު ޖެހުމާއެކު އަހަރެންނަށް ހޭލެވިއްޖެއެވެ. އެންމެ ފުރަތަމަ ވެސް އަހަރެން އެނބުރުނީ އަނެއް ފަރާތުގައި އިން އަލަމާރީގެ ލޯގަނޑާ ދިމާލަށެވެ. ބޭ އިޚްތިޔާރުގައި އަހަރެންގެ ދަލުން ތެތް ތެޅިފައިވާ މޫނުގައި އަތް ކާއްތާ ލެވުނެވެ. ލޯގަނޑުން ފެންނަނީ ބިރުވެރިކަން އޭގެ އިންތިހާ އަށް ފެތުރިފައިވާ ކުޑަ ކުޑަ ދެލޮލެކެވެ. މުށި ކުލައިގެ ކަޅީގެ ވަށައިގެންވާ ރަތް ނާރުތައް ނުކުމެފައި ހުރި ކަހަލައެވެ. އެސްފިޔަތައް އެކަތި އަނެކައްޗާ ތަތް ވެފައި ހުރީ އޮހޮރެމުން ދިޔަ ތާޒާ ކަރުނައިންނެވެ. އަހަރެންގެ ޖަންބު ކުލައިގެ ތުނި ތުންފަތް ދިޔައީ ތުރުތުރު އަޅަމުންނެވެ. ބޮލުގެ އިސްތަށިގަނޑު ވަނީ މުޅިން ހޭވިފައެވެ. އިރުކޮޅެއް ވަންދެން އަމިއްލަ ސޫރައަށް ބަލަން އިނުމަށްފަހު އަހަރެން އެނދުން ތެދުވީމެވެ.

މަޑު ހިނގުމެއްގައި ގޮސް ފެންވަރާލުމަށް އަހަރެން ވަނީ ފާޚާނާއަށެވެ. އަދިވެސް މުޅި ގައިން ވަނީ ހީބިހި ނަގާ ފައެވެ. ހުވަފެނުން އަހަރެން ވެއްޓުނު ކަނޑުގެ ލޮނުގަނޑުގެ އަސަރު ހަށިގަނޑުން ފިލައިގެން ނުދާ ކަހަލައެވެ. ފެންވަރަިއގެން ތާޒާ ވެލީމެވެ. މިއަދަކީ ސުކޫލު ދުވަހެއް ނޫނަސް އިތުރު ގަޑިތަކެއް އޮންނަ ދުވަހެއް ކަމުން އަހަރެން ކުލާހަށް ދާން ތައްޔާރުވެލީމެވެ. އާދަޔާ ޚިލާފަށް ކަންނެތް ކޮށް ހުރެއެވެ.

------------------------------------------------------------------------------------------------------

އިތުރު ގަޑިއެއްގެ ގޮތުގައި މިއަދު އޮތީ އިސްލާމް ގަޑިއެވެ. އަހަރެން އެންމެ ކިޔަވާ ހިތްވާ، އަހަރެންނަށް އެންމެ ޚާއްސަ މާއްދާއެވެ. އަހަރެންނަކީ ދީން ދެކެ އިންތިހާ އަށް ލޯބިވާ ކުއްޖެކެވެ. ސަޙާބީންގެ ވާހަކަތަކާއި، ކީރިތ ރަސޫލާގެ ސިޔަަރަތަކީ އަހަރެން އަޑުއަހާ ފޫހިނުވާ ވާހަކަތަކަކެވެ. ކިރިޔާ ފުރުސަތެއް ލިބުނަސް އަހަރެން ސުވާލު ކުރަމެވެ. ހުސް ވަގުތު ތަކުގައި އިންޓަނެޓުން ދީނީ ވާހަކަތައް ހޯދާ ތަފާތު ވީޑިއޯތައް ބަލާ، އަހަރެންގެ މައުލޫމާތުގެ ޚަޒާނާ މުއްސަނދި ކުރެވޭތޯ ވަރަށް މަސައްކަތް ކުރަމެވެ. ނަމަވެސް އަހަރެންގެ ރައްޓެހިންގެ ކިބައިގައި ދީނަށްޓަކައި މާ ބޮޑު ލޯތްބެއް އުފެދިފައެއް ނުހުރެއެވެ. މިކަމާ އަހަރެން ކިތަންމެ ހިތާމައެއް ކުރިއަސް އެމީހުންނަށް ފަރުވާލެއް ނެތެވެ. އަހަރެންނަށް ފާހަގަކުރެވުނު ގޮތުގައި، ޒުވާން ކުއްޖަކު ދީނާ މެދު މާ ޝައުގުވެރިވަންޏާ އެހެން މީހުންނަށް އެކަން ވަނީ ވަރަށް ބޮޑު ޖޯކަކަށެވެ. އަހަރެންގެ ކުލާސް ކުދިންނަށް އަހަރެންމީ ހަމަ އެކަހަލަ ޖޯކެކެވެ. އަހަރެން އަޅާ ބޮޑު ބުރުގަލާ، އެހެން އަންހެން ކުދިންނާ ޚިލާފަށް އަހަރެން ލާ ދިގު ސްކާޓާ، އަހަރެންގެ މަޑު މައިތިރި ކަމަކީ ކޮންމެ ކޮންމެ ބަޔަކަށް ހަޖަމް ވާ ކަންތަކެއް ނޫނެވެ. ކިތަންމެ މަލާމާތެއް ކުރިއަސް އެކަމާ އަހަރެން އަޅައެއް ނުލަމެވެ. ކެތްތެރިކަން ކޮޅުން ލިޔަސް އަޑު އުފުލާ ޖަދަލެއް ނުކުރަމެވެ.

އަހަރެންނަށް އަބަދާއި އަބަދު ހިތްވަރުދޭ މީހަކު ވާތީއެވެ.

އެއީ އަހަރެންގެ އިސްލާމް މުދައްރިސެވެ. ނަމަކީ ހުސައިން ޝާކިިރެވެ. ބައްޕައެއް ފަދައިން ދެކޭ، އަހަރެން އެންމެ މާތް ކޮށް ހިތާ އެއް އިންސާނެވެ. އަހަރެންގެ އުމުރުން ތޭރަ އަހަރުގައި، ކަނޑުމަތީގައި ހިނގާދިޔަ އެކްސިޑެންޓެއްގައި މަންމަ އާއި ބައްޕަ ވަނީ މި ދުނިޔެއާ އަލްވަދާޢު ކިޔާފައެވެ. އެކްސިޑެންޓް ހިނގާ ދިޔައިރު އަހަރެން އިނީ އެދެމީހުން އިން ލޯންޗުގައެވެ. ނަަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ އަހަރެންނަށް ސަލާމަތް ނުވެވޭވަރުގެ ގެއްލުމެއް އެ އެކްސިޑެންޓުން ލިބިފައެއް ނުވެއެވެ. ސަލާމަތް ނުވެވުނީ ހަމައެކަނި އެންމެ ކަމަކުންނެވެ. ދުނިޔޭގެ ހަގީގަތާއެވެ. މައިންބަފައިން ވަކި ވުމުގެ ހަގީގަތެވެ. އާއިލާގައި އަހަރެންނަށް އަޅާލާނެ މީހެއް ނެތް ކަމުގެ އިހުސާސްތަކެކެވެ. އެކަނި ވެރި ޚަޔާތެެއް ވޭތަކުރަން ޖެހުމުގެ ސަަބަބުން ލިބުނު ހިތްދަތިކަމެވެ.

އެއްވެސް އިޝާރާތަކާ ނުލާ އަހަރެން ވެއްޓިގެން ދިޔައީ ޑިޕްރެޝަން ގެ އަނިޔާވެރި ވަކިތަކުގެ ތެރެއަށެވެ. ހިތަށް އަރާ ކޮންމެ ނުބައި ޚިޔާލެއްގެ ފަރާތުން ސަލާމަތް ކަން ހޯދީ އަތުގައި އަޅެމުން ދިޔަ ތޫނު ޅިޔަ ތަކުންނެވެ. ބޮލުގެ އިސްތަށިގަނޑުގައި ތަފާތު ކުލަތައް ޖައްސާ، ރައްޓެހި ވިޔާނުދާ ކުދިންގެ ފަރާތުން ލިބޭ ތަފާތު ބޭސްތައް ބޭނުންކޮށް ހެދީމެވެ. ކުޑަ ވަގުތުކޮޅެއްގެ ހިތްހަމަޖެހުމަށެވެ. ހަނދާން ނައްތާލާށެވެ. ދިރިއުޅުމުގެ ވޭނާ ދުރަށް ދާށެވެ. ފެންނަމުން ދިޔަ ކެތްކުރަން ދަތި ހުވަފެންތަކުން އަވަސް ޝިފާއެއް ހޯދާށެވެ. ފުރާަނަ ހަށިގަނޑުން ދާ ހިސާަބަށް ކަންތައް ގޯސް ވެގެން ދިޔައެވެ. އެންމެފަހުން ސަލާމަތުގެ އައްސޭރިއަށް އަހަރެން ގެނެސްދިނީ އަހަރެންގެ އިސްލާމް މުދައްރިސެވެ.

އިސްލާމް ގަޑީގައި އަހަރެން މަތަ ކުރަން އުނދަގޫ ވުމުން ކޮންމެ ދުވަހަކު ކުލާސް ނިންމާ ނަސޭހަތް ދިނުމަށް އަހަރެން މަޑުކުރުވައެވެ. މިހެން މަޑުކުރުވާ ކޮންމެ ފަހަރަކު އަހަރެން ދިޔައީ އަހަރެންގެ ސިކުނޑިއަށް ވެރިވަމުން ދިޔަ ނުބައި ޚިޔާލުތަކުގެ ވާހަކައާއި، ފެންނަމުން ދިޔަ ބިރުވެރި ހުވަފެންތަކުގެ ވާހަކަ ކިޔައިދެމުންނެވެ. ފުރަތަމަ އަަހަރެން ފަސްޖެހުނީމެވެ. މުދައްރިސަކަށް މިފަދަ ޒާތީ ވާހަކަތައް ކިޔައިދިނުން ބުއްދިވެރި ހެއްޔެވެ؟ އަަހަރެންނަށް މާ އަޅާލާ ރައްޓެއްސެއް، ގާތް ތިމާގެ މީހެއް ނުހުރެއެވެ. އަހަރެންގެ ހިތާަމަތައް ހިއްސާ ކުރެވޭނޭ މިތުރެއް ނެތްތާނގައި ހަތުރެއް ވެސް ނެތެވެ. އޮޅުމަކުން އެކްސިޑެންޓްގެ ވާހަކައިން ފެށުނު އަހަރެންގެ ތެރަޕީ ސެޝަން މުޅި އަހަރު ދުވަހަށް ދިގު ދެމިގެން ގޮސްފިއެވެ. މާ ޚާއްސަ ޑޮކްޓަރަކާ އެކު އެއް ނޫނެވެ. އަހަރެންގެ އިސްލާމް މުދައްރިސްގެ ނަސޭހަތްތަކާ އެކުއެވެ.

ޝާކިރަކީ އުުމުރުން ތިރީހަކަށް ދާ ޒުވާން ފިރިހެނެކެވެ. އޭނާގެ އަންހެނުން ނަފީސާ އަކީ އަހަރެން ދެވަނަ މަންމަ އެއްގެ ގޮތުގައި ދެކޭ، ހިތްހެޔޮ މިޒާޖެއްގެ ރީތި އަންހެނެކެވެ. ދިގު ހެދުންލައި، ބޮޑު ބުރުގާ އަޅަން އަހަރެން އެންމެ ފުރަަތަމަ ޝައުގުވެރިވީ އޭނާ ފެނުމުންނެވެ. ޝާކިރުގެ ދެމަފިރިންނަށް ދަރިންނެއް ނުލިބެއެވެ. އެހެންކަމުން އަހަރެންނާ މެދު އެ ދެމަފިރިން ދެކެމުން އައީ ދަރިއަކާ ދޭތެރޭ ދެކެމުން އައި ގޮތަށެވެ. މަންމަ އަކު އަންހެން ދަރިއަކަށް ދޭން ޖެހޭ ނަސޭހަތްތައް ނަފީސާ އަހަރެންނަށް ދެމުން ދިޔައެވެ. ޝާކިރު އަހަރެންނަށް އެހީތެރިވަމުންދިޔައީ ދީނުގެ އެހެން އަޅުކަންތަކުގައި ފައިތިލަ ސާބިތު ކުރުމަށެވެ. އަހަރެންގެ ޑިޕްރެޝަން އާ ދުރުކޮށްދޭން އޭނާ ކުރި މަސައްކަތް ކާމިޔާބުވީ އަހަރެއްހާ ދުވަސް ފަހުންނެވެ.

ނަމަވެސް ދީނުގެ އަޅުކަންތަަކާ އަނެއްކާވެސް އަހަރެންނަށް ދުރުވެވެން ފަށައިފިއެވެ. ނަމާދަކަށް ނާރާތާ ދެތިން ދުވަސް ވެއްޖެއެވެ. ވަރުބަލި ވަނީއެވެ. ޤުރުއާން ކިޔަވަން ހަތިމް ނަގަން ވެސް ބޭނުން ވެއެވެ. ނަމަވެސް ހިތަށް ވެރިވެފައި ހުންނަ ބަރުކަމަކުންނާ، ހަށިގަނޑަށް ވެރިވެފައިވާ ކަންނެތް ކަމުން އެކަން ވެސް ނުވަނީއެވެ. ފަތިން ނަމާދަށް ބަންގި ގޮވާ އިރު ގިނަ ރޭ ރޭ އޮންނަނީ ހޭލާއެވެ. ފެނުނު ބިރުވެރި ހުވަފެނަކުން ހޭލާއެވެ. ނަމަވެސް ނަމާދަށް އަރާނެހާ ހިތްވަރެއް ނުހުރެއެވެ. ވަސްވާސްތަކުގެ މަޅީގައި ޖެހި އަނެއްކާ ދެލޯ މެރެނީއެވެ. ދެން ވެއްޓެނީ ފުން ކަނޑަކަށެވެ. މިހެންވާތާ ދުވަސް ގަނޑެއް ވެއްޖެއެވެ.

އަހަރެންގެ ޚިޔާލީ ދުނިޔެ ފުނޑު ފުނޑުކޮށްލީ ޖެހިގެން ދިޔަ ބެލް ގެ ތޫރި އަޑުންނެވެ. ސިއްސައިގެން ގޮސް ވަށައިގެން ހޯދާލީމެވެ. ކުދިންތައް ދަބަސް ކޮނޑުގައި އަޅުވައިގެން ނިކުންނަން ފަށައިިފިއެވެ. އަހަރެންވެސް ނިކުންނަން ހިނގައިގަތީމެވެ. ނަމަވެސް މުދައްރިސްގެ އަޑު ކަންފަތުގައި ޖެހުމާއެކު ހުރި ތަަނަށް މަޑު ޖެހުނީއެވެ. އަހަރެންނާ ވާހަކަ ދައްކާލަން ބޭނުންވާ ވާހަކަ ބުނުމުން އަހަރެން މަޑު މަޑުން ބޯ ޖަހާލީމެވެ. ހިނގައިފައި ގޮސް އަހަރެން އިށީނދެލީ މުދައްރިސް ގެ މޭޒާ މާ ކައިރި ނޫން ހިސާބެއްގައި ހުރި ގޮނޑިއެއް ގައެވެ.

ސުވާލަަކަށް ފަހު ސުވާލެއް މުދައްރިސް އަހަރެންނާ ކުރަމުން ދިޔައެވެ. ހާލުއަހުވާލު ކިހިނެއް ހެއްޔެވެ؟ މިހާރު ކުލާހުގައި މާ މަޑުމޮޅި ޒާތަކަށް އިންނާތީ ފާހަގަ ކުރެވޭ ވާހަކަ ބުނެލިއެވެ. ނަމާދު ކުރަންތޯ ސުވާލު ކުރިއެވެ. އަހަރެން އިނީ ހަނެވެ. ބުނާނެ އެއްޗެއް ނޭނގެއެވެ. ދޭނީ ވަކި ކޮން ޖަވާބެއް ހެއްޔެވެ؟ އަހަރެންނަށް ކިހާ ނަސޭހަތެއް ދިން ހެއްޔެވެ؟ ނަމަވެސް އަަހަރެންނަށް އެ ނަސޭހަތުގައި ހިފައިގެން އުޅެވުނު ހެއްޔެވެ؟

ބޭއިޚްތިޔާރުގައި އަހަރެންގެ ލޮލުން ވެއްޓިިގެން ދިޔައީ ކަރުނަތިއްކެކެވެ. މި މަންޒަރު ބަލަން އިން މުދައްރިސް އެއްވެސް ބަހެއް ނުބުނެ އިނީ އަހަރެންގެ ފަރާތުން ކޮންމެވެސް ޖަވާބުތަކެއް ލިބޭނޭ ކަމުގެ އުއްމީދުގައެވެ. މަޑު މަޑުން ކަރު ކެހިލާފައި އަހަރެން ދެލޯ ފުހެލީމެވެ. އަދި ވަރަށް ކެތްތެރި ކަމާއެކު ފަހަކަށް އައިސް އަހަރެންނަށް ވެގެން އުޅޭ ގޮތުގެ ވާހަކަ ކިޔައިދޭން ފެށީމެވެ. އަހަރެންގެ ވާހަކަތައް ނިމެންދެން މުދައްރިސް ކަނުލައި އަޑު އަހަން އިނެވެ. މިއަދު ހެނދުނު ފެނުުނު އާދަޔާ ޚިލާފް ހުވަފެނާ ހަމައަށް ކިޔައިދީ ނިމުމުން އަހަރެން އިސް ދަށަށް ޖަހާލީމެވެ. މުދައްރިސް ވާހަކަ ދެއްކުމަށް ތަން ދިނުމުގެ ގޮތުންނެވެ.

އެއްވެސް އިންސާނެއް ފުރިހަމަ އެއް ނުވާނެއެވެ. ކުށް ކުރެވުމުން ކުރެވުނު ކުށަށް ތައުބާވެ ދެވަނަ ފަހަރަށް އެކުށަށް އަރައި ނުގަތުމަށް ދީން ވަނީ އަަހަރެމެންނަށް ގޮވާލާފައި ނޫން ހެއްޔެވެ؟ ދިރިއުޅުން ރަނގަޅު ކުރުމުގެ ފުރުޞަތު ކޮންމެ މީހަކަށް ވެސް ލިބިގެން ވެއެވެ. އަހަރެންނަށް ވެސް އެ ފުރުޞަތު އަދިވެސް އޮތް ވާހަކަ މުދައްރިސް ބުނަމުން ދިޔައެވެ. އަހަރެން އެންމެ ހައިރާންވީ އަަހަރެންނަށް ފެނުނު ހުވަފެނުގެ މާނަ މުދައްރިސްއަށް ހީވާ ގޮތަށް ކިޔައިދިނުމުންނެވެ.

ބޮއްކުރާ އަކީ އަހަރެންގެ ދިރިއުޅުމެވެ. އަހަރެން ހިފަހައްޓައިގެން އިން ފައްޔަކީ ދީނެވެ. އަޅުކަންތަކެވެ. ވަށައިގެން ފެންނަމުން ދިޔަ ފަރުބަދަތަކާއި މާހައުލަކީ ދުނިޔެއާއި އަހަރެންގެ އެކުވެރިންނެވެ. ބޮއްކުރާ ދުއްވަމުން ދިޔަ ކަނޑަކީ އަހަރެންގެ ޑިޕްރެޝަންއެވެ. ހުވަފެނުގައި ފެނުނު އަހަރެންގެ މޫނަކީ ހަވާ ނަފްސެވެ. މާއްދިއްޔަތެވެ. އަހަރެން ފަލީގައި ހިފަހައްޓައިގެން އިން އިރު ކަނޑު މަޑެވެ. ފަރުބަދަތަކަށް އަހަރެންގެ އަޅާލުމެއް ނެތެވެ. ނަމަވެސް ހަވާނަފްސުގެ އެދުންތަކަށް ތަބާވެ އަހަރެންގެ މޫނު، ފެންގަނޑުން ފާޅުވި ރިވެލިން ފެނުމާއެކު މާއްދިއްޔަތަށް ތަބާވެވި އަތުން ފަލި ދޫވެގަތީއެވެ. އަޅުކަންކަމާ އަހަރެންނަށް ދުރުވެވުނީއެވެ. އިސާހިތަކު ދިރިއުޅުމުގެ އުދަބާނިތަކުން އަހަރެން މާޔޫސް ކޮށްފިއެވެ. މަޑުމަޑުން އޮތް ކަނޑު؛ އަހަރެންގެ ޑިޕްރެޝަންއަށް ދިރުން ލިބިގެން ދިޔަ ކަހަަލައެވެ. އެންމެ ފަހުން ސަލާމަތް ނުވެވި އުޅެނިކޮށް މާޔޫސްކަމުގެ ކަނޑަށް އަހަރެން ވެއްޓުނީއެވެ.

ބުނާނެ އެއްޗެއް ނޭނގިފައި އަހަރެންނަށް އިނދެވުނު އިރެއްވެސް ނޭނގެއެވެ. މިހެން އިންދާ މުދައްރިސްގެ އަޑު ކަންފަތުގައި ޖެހުނެވެ. ހުވަފެނަކީ ބިލާހެކޭ ބުނާ އަޑު އަހަމު ހެއްޔެވެ؟ އަހަރެމެންނަކީ އާދައިގެ އިންސާނުންނެވެ. ހުވަފެން ތަދުބީރުކޮށް، ކުރިމަގުގައި ވާނޭ ކަންކަމާ ނުވާނޭ ކަންކަން އަހަރެމެންނަކަށް ނޭނގޭނެއެވެ. ނަމަވެސް ކޮންމެ ކަމެއްވެސް ވާނީ ﷲ ގެ އިރާދަފުޅާ އެއްގޮތަށެވެ. ތިފެނުނު ހުވަފެނަކީ ޝައިތާނާގެ ވަސްވާހަކަށް ވެސް ވެދާނެއެވެ. ނުވަތަ ދިރިއުޅުން ރަނގަޅުކުރުމަށް ލިބުނު އިންޒާރަކަށް ވެސް ވެދާނެއެވެ. އޮންނާނީ އެމީހަކު ދެކޭ ގޮތެވެ.

އަހަރެންނަށް ހަމަ އަސްލަށް ވެސް ރޮވެން ފަށައިފިއެވެ. އިންސާނުންނަށް މިފަދަ ކިތައް ފުރުޞަތެއް ދެއްވާ ހެއްޔެވެ؟ ނަމަވެސް އެއިން އެއްވެސް ކަމަކަށް އަޅާލުމެއް ނެތި، އެއްވެސް ބިރުވެރިކަމެއް ނެތި ދުނިޔޭގައި އުޅޭ މީހުން މަދެއް ނޫނެވެ. އަޅުކަންކުރުމުގައި އަހަރެން ޝައުގުވެރިކަމާ އެކު އުޅުނު ދުވަސް ވަރު މާޔޫސް ކަމުގެ އެއްވެސް ޚިޔާލެއް ހިތު ތެރެއަށް ނުވަންނަ ކަހަލައެވެ. ޑިޕްރެޝަން އަށް ކާންޖެހޭ ބޭސްތައް އަހަރެން ބަރާބަރަށް ކަމެވެ. މާއްދީ ގޮތުން މިކަމަށް ހޯދަން ޖެހޭ ފަރުވާލެއް ވިއްޔާ އަހަރެން ދިޔައީ ހޯދަމުންނެވެ. ނަމަވެސް މިކަމުގައި އަހަރެންގެ އެންމެ ގާތް އެހީތެރިއަކަށް ވީ އަހަރެންގެ އީމާންތެރިކަމެވެ. އެކަން އަހަރެންގެ ހަނދާނުން ކައްސާލީ ކިހިނެއް ހެއްޔެވެ؟

އެދުވަހު ގެއަށް ދިޔުމާއެކު އަހަރެން ފެންވަރާ ވުޟޫ ކޮށްގެން އެރީ ނަމާދަށެވެ. އަހަރެންގެ އީމާންތެރިކަން މިގޮތުގައި ދެމެހެއްޓުމަށް އެތަކެއް ދުޢާ އެއް ކުރީމެވެ. ނަމާދަށް ތެދުވުމަށް އެތަކެއް އެލާމް އެއް ހަމަޖެއްސީމެވެ. އަހަރެންގެ ވިސްނުން ކިތަންމެ ބަނަކުރަމުން ދިޔަޔަސް، ހަރު ހިތަކާއެކު ޙަތިމް ނަގާ ކޮންމެ ދުވަހަކު އެ މާތް ފޮތުން ސޫރަތެއް ކިޔެވީމެވެ. ކަންނެތްކަމާ، މަޑުމޮޅިކަމާ ކުރަން ޖެހުނު ހަނގުރާމަ ހީކުރި ވަރަށް ވުރެވެސް އުނދަގުލެވެ. ނަމަވެސް މިއީ އަހަރެންނަށް ކުރިމަތި ކުރުވާ އިމްތިޚާނެކެވެ. މި އިމްތިޚާންއިން ފާސް ވުމަށް ކުރެވެން އޮތް ކަމެއް ކުރާނަމެވެ.

*****

ނޯޓު: ޑިޕްރެޝަން އަކީ ފަހަކަށް އައިސް ވަރަށް ގިނަ ދިވެހިންގެ ތެރޭގައި ނާޒުކު މައުޟޫއަކަށް ވެފައި އޮތް މައުޟޫއެކެވެ. ދީނީ ކަންކަމަށް ޝައުގުވެރިކަން ދިން ވަރަކުން މާޔޫސްކަމާ ދުރުވެވޭނެޔޭ ބުނާ މީހުންނާ ދެކޮޅު ހަދާ އެތައް ބަޔަކު ވާނެއެވެ. ބޭސް ފަރުވާ ކުރަން ޖެހޭނެ ކަމަށް ޤަބޫލުކުރަމެވެ. ނަމަވެސް ކިތަންމެ ބޭސްފަރުވާ އެއް ކުރިއަސް ދީނާ ތިމާގެ ހިތް ދުުރު ނަމަ، ދީނީ ކަންކަމަށް އިހުމާލު ވެވޭނަަމަ، މާޔޫސް ކަމަކުން އެއްވެސް ހާލެއްގައި ދުރެއްނުވެވޭނެއެވެ. ހަމައެހެންމެ، ދީނީ ކަންކަމަށް ސަމާލުކަން ދިނުމާއެކު، ތިމާގެ ހުރި ނަފްސާނީ ބައްޔަކަށް އެކަށީގެންވާ ފަރުވާއެއް ލިބޭތޯ މަސައްކަތް ކުރަން ވާނެއެވެ. ބޭސް ކާން ޖެހޭނަމަ އެ ބޭހެއް ފަރުވާތެރި ކަމާއެކު ކާން ޖެހޭނެއެވެ. މި ދެ ކަންތައް ބެލެންސް ކޮށްގެން އުޅެން ފެށުމުން އިރާދަކުރެއްވިއްޔާ ދިރިއުޅުމަށް ހަމަޖެހުން ލިބިގެންދާނެއެވެ. މިއީ އަމިއްލައަށް ކޮށްފައިވާ ތަޖުރިބާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

- ނިމުނީ -

    Please log in or register to bookmark.
    71k

    9 ޚިޔާލު

    1. ވަރަށް ސަޅި. ނޯޓް ގަ ބުނެފާ އޭނީ ހަމަ ތެދެއް.. މަވެސް އުޅުނިން ހާލެއްގަ. އެކަމް ދެކަންތައް ބެެލެންސް ކޮށްލެވުނީމަ މިހާރު އޯކޭ..

      18
    2. މާޝަ ﷲ.. އެއްވަނައިގެ ވާހަކައެއް.. މިކަހަލަ ވާހަކަ ގިނަ ކޮށްދީބަލަ މަރްޔަމް ދޫންޔާ

      17
    3. މާޝާ ﷲ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ރީތި ވާހަކައެއް.... ޝުކުރިއްޔާ ވ ވ ވ ވ ބޮޑަށް..

      12
    4. ސޯ ސޯ ސޯ ނައިސް.. ވަން އޮފް މައި ފޭވް ސްޓޯރީ 😍😍😍😍😍😍😍😍

    ޚިޔާލު

    Your email address will not be published. Required fields are marked *

    Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
    Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy