kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.comSupertotobetSahabetTarafbetMatadorbetTipobet365Deneme BonusuBetvoleMariobetbeylikdüzü korsan taksi

ވޭދަނަ

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

ނޯޓް: ”ވޭދަނަ“ އަކީ ދިވެހިބަހަށް އަލަށް ތަޢާރަފް ކުރެވިފައިވާ ލަފުޒެކެވެ. އިނގިރޭސި ލަފުޒަކީ ”ކޭސް“ އެވެ.

ބުނަން ވާހަކައެއް ބުރާންޗާ. ކަލޭ މާ ފަ* ބޮ*** އުޅެންޏާ މާ ރީއްޗެއް ނުވާނެ. ބޮނޑިއެއް ލިބުނީމަ ކަލޭ ކަހަލަ ހޭބަލި ވެގެންތެޅޭ އާތުން މައިތިރިވާނި“

ކޯލުގެ އަނެއް ފަރާތުން ވާހަކަ ދެއްކި މީހާ މިހެން ބުނެ ފޯނު ކަނޑާލައިފިއެވެ.

”ކާކު؟“

ސާމިޔާ ސުވާލުކޮށްލީ އޭނާގެ ދަރިފުޅުގެ ދެ ބުމަ ގޮށްޖެހިފައި އިނީމައެވެ. ވެގެން އުޅޭ ގޮތެއް ސާމިޔާ އެނގެން ބޭނުމެވެ. ފަހަކަށް އައިސް ދަރިފުޅަށް ފާރަލަމުން އަންނަ މީހުންތައް ގިނަވެއްޖެކަން ސާމިޔާއަށް އެނގެއެވެ. މަގުމަތިން ދާއިރު އިންޒާރު ދޭ މީހުން ވެސް މަދެއް ނޫނެވެ. ފިނިފެންމާ ޕާޓީގެ ކެމްޕޭން މެނޭޖަރަކަށް އޭނާގެ ދަރިފުޅު އައްފާން ހޮވުނު ފަހުން އިދިކޮޅު ފަރާތްތަކުގެ މީހުންގެ ހަސަދަ އާއި ފުރައްސާރައާ ކުރިމަތިލާން ޖެހިފައިވަނީ ހަމައެކަނި އައްފާން އެއް ނޫނެވެ. މުޅި އާއިލާއެވެ.

”މީހެއް ނޫން. ރައްޓެއްސެއް. ކޮންމެވެސް ފައިލް އެއް ނުފެނިގެން އެ ގުޅީ“

އައްފާން ޖަވާބު ދިނީ ހިނިތުން ވުމަކާއެކުއެވެ. މާރާ މާރީ ބޮޑު މި ޤައުމުގައި އެފަދަ އިންޒާރުތައް ގިނަވެއްޖެ ނަމަ ކޮންމެވެސް ގޯހެއް ވާނެ ކަން އައްފާންއަށް މާ ރަނގަޅަށް ވެސް އެނގެއެވެ. ނަމަވެސް ލޯބިވާ މަންމަގެ ހިތް ނުތަނަވަސް ކުރުވަން ބޭނުން ނުވާތީ ތެދަށް ބުނަން ޖެހިލުންވިއެވެ.

ބޯން އިން ސައި ތަށި ހުސްކޮށްލުމަށްފަހު އައްފާން ތެދުވިއެވެ. ޓައީ އަތަށް ލައި ހިނގައިގަތީ އޮފީހާ ދިމާލަށެވެ. ދާ މަގުމަތީގައި ޕޮލިސް ސްޓޭޝަނަށް ވަދެ މިއަދު މި ލިބުނު އިންޒާރުގެ ވާހަކަވެސް ދައްކާނަމޭ ހިތާއެވެ. ފަހަކަށް އައިސް އައްފާން ގެ މޫނަކީ ގަލޮޅު ޕޮލިސް ސްޓޭޝަނަށް އާ މޫނެއް ނޫނެވެ. ދުވާލަކު ދެތިން ފަހަރު އޭނާއަށް އެކި އެކި މީހުންގެ ފަރާތުން ލިބޭ އިންޒާރު ތަކުގެ ވާހަކަ ދައްކަން ޕޮލިސް ސްޓޭޝަން އަށް ދާތީއެވެ. ފުލުހުންގެ ފަރާތުން އައްފާނަށް އެއްބާރުލުން ލިބެއެވެ. ދުވަސް ކޮޅެއް ތެރޭ ޕޮލިސް ޕްރޮޓެކްޝަން ލިބޭނެ ވާހަކަ ވެސް އޭނާ އަށް ވަނީ އަންގާފައެވެ.

އޮފީހަށް ވަނުމާ އެކު އެކި މީސް މީހުން އައްފާން އަށް ސަލާމް ގޮވަން ފެށިއެވެ. އުމުރުން ހަގަސް އޭނާ އަކީ މީހުން ގަދަރު ކުރާ ޒުވާނެކެވެ. ރާއްޖޭގައި ހިނގާ ކޮރަޕްޓް ކަންކަމާ ދެކޮޅަށް އަޑު އުފުލާ، އިންސާނުންގެ ހައްގުތަށް ހޯދުމަށް އަބަދާ އަބަދު ވަކާލާތް ކުރާ ފަހުލަވާނެކެވެ. އިދިކޮޅު މީހުންގެ ނަފްރަތާ ހަސަދަވެރިކަން އޭނާއަށް އަމާޒު ވެފައި ވަނީ އެހެން ވެއެވެ.

އެހެން ދުވަސް ތަކޭ އެއްފަދައިން މިއަދުވެސް ކުރަންހުރި މަސައްކަތްތައް ވަނީ ފުނި ޖެހިފައެވެ. މޭޒުމައްޗަށް ގިނަ ވެފައިވާ ކަރުދާސްތައް ތަރުތީބު ކޮށްލުމަށްފަހު ފޯނު ނަގާ ނަމްބަރަކަށް ފިތާލިއެވެ. އެއީ އައްފާންގެ ލޯބިވެރިޔާ ގިސްމާ ގެ ނަމްބަރެވެ. ރޭ ހަބަރެއް ނުވާތީ ވީނުވީ އެއް ބަލާލަން ގުޅީއެވެ. ގިސްމާ އަކީވެސް ބުރަކޮށް މަސައްކަތް ކުރާ ކުއްޖެއް ކަމުން އޭނާ ބޭނުންވާ ވަގުތުތައް އައްފާން އޭނާ އަށް ދެއެވެ. ފޯނު ނުނަގައިފިއްޔާ ގުޅާ އުނދަގޫކޮށް ނަހަދައެވެ. ރައްޓެހިވެގެން އުޅެވޭނީ ދެމީހުންނަށް ބޭނުން ވާ ވަރަށް ސްޕޭސް ލިބިގެން ކަމުގައި އައްފާން ގަބޫލުކުރެއެވެ. މިސް ކޯލެއް އިނިއްޔާ ގިސްމާ ގުޅާނެއެވެ. ކުރިންވެސް މިފަދައިން ކަންތައް ދިމާވާތީ އައްފާން އެކަމާ އެހާ ހާހެއް ނުވެއެވެ. ނަމަވެސް ރޭ އެއްވެސް ވަރަކަށް ގިސްމާ ގެ ހަބަރެއް ނުވެއެވެ. އާންމުކޮށް ރޭގަނޑު ނިދުމުގެ ކުރިން ގުޅާނެއެވެ. ނޫނީ ހެނދުނު ތެދުވެ ސްނެޕް އެއް ކޮށްލާނެއެވެ. މިއަދު ސްޓްރީކް ހަމަވާން ކައިރި ވި އިރުވެސް ގިސްމާ ގެ ހަބަރެއް ނުވެއެވެ.

ދެތިން ފަހަރު ގުޅުމުންވެސް ފޯނު ނުނެގުމުން އައްފާން ހާސް ވިއެވެ. އޭނާ އާ ގިސްމާ ގެ ގުޅުން މީސް މީޑިއާގައިވެސް އެހާ ފާޅުނުކޮށް އުޅުނީ ބައެއްގެ ނަފްރަތުގެ އަމާޒަކަށް ގިސްމާ ވެދާނެތީއެވެ. ފުރާނައަށް ވުރެ ބޮޑަށް އައްފާން ގިސްމާ ދެކެ ލޯބިވެއެވެ.

އޮފީހުގެ އެއްވެސް މަސައްކަތަކަށް ޝައުގުވެރިކަމެއް ނުދެވެއެވެ. އައްފާން އަކީ އޮފީހުގައި ކުރާ ކަންކަމުގެ ތެރެއަށް ޒާތީ ދިރިއުޅުން ވައްދާ މީހެއް ނޫނެވެ. ނަމަވެސް މިއަދު އެއްވެސް މަސައްކަތެއް ރަނގަޅަކަށް ނުކުރެވެއެވެ. ވިސްނުން ހުރީ މުޅިން އެހެން ދިމާލެއްގައެވެ. ހިތް ބާރު ބާރަށް ތެޅެނީއެވެ. ކަމެއް ގޯސް ވެގެން އުޅޭހެން ހީވަނީއެވެ. ގޮތް ހުސް ވެގެން އަނެއްކާ ފޯނު ނަގާ ނަމްބަރަކަށް ގުޅައިފިއެވެ. ގިސްމާގެ އެޕާޓްމަންޓްގައި އުޅޭ އޭނާގެ ރައްޓެހި އިފާގާ އަށެވެ.

”ހަލޯ، އިފާ. ގިސްމާ އެބަ އުޅޭތަ؟“

އައްފާން ދިޔައީ ސީދާ ޕޮއިންޓަށެވެ. ބޭކާރު އަނގަ ތަޅާނެ ވަގުތު ނެތީމައެވެ. އެހެން ހާލެއްގައި ނަމަ އިފާގެ ހާލު އަހުވާލު އަހާލީހެވެ. ނަމަވެސް އައްފާން ހުރީ ހާސްވެފައެވެ. އެއީ އޭނާ ދަންނަ އިހުސާސެއް ނޫނެވެ.

”ހޭ އައްފާން. ނޫނޭ، ރޭ ނާދޭ ކަންނޭނގެ ގެއަކަށް. އައި ޑޯން ނޯ އިނގޭ. އިފާ ވަރަށް ބޮލަށް ތަދުވާތީ ތަންކޮޅެއް އަވަހަށް ނިދައިފިން. ބްރެކްފާސްޓަށް ގޮވަން ދިޔައިރު ޝީ ވޮޒެންޓ ދެއާ. އިފާ ހީކުރީ ތަންކޮޅެއް ހެނދުނާ އޮފީހަށް ދިޔައީ ކަމަށް. ހުރިހާ ކަމެއް އޯކޭތަ؟“

އިފާގާ ގެ އަޑުގައި ވެސް ހުރީ ހާސްކަމެވެ.

”އާނ، ހަވީރު ގުޅިފަހުން ހަބަރެއް ނުވޭ. ވަރަށް ގުޅައިފިން ފޯނެއް ނުނަގާ. މަށަކަށް ނޭނގޭ ވެގެން އުޅޭ ގޮތެއް ވެސް. އަނެއްކާ މިއަދު ހެނދުނު ކޮންމެސް މީހެއް ގުޅާފަ އިންޒާރު ވެސް ދީފި..“

އައްފާން ގެ އަޑު ކަނޑައިގެން ދިޔައެވެ. ކުރިން ހިތް ތެޅެމުން އައި ވަރަށް ވުރެ ދެގުނަ ބާރު ވެއްޖެއެވެ. އެކި ކަހަލަ ބިރުވެރި ޚިޔާލުތައް ދިޔައީ އޭނާގެ ހަމަ ވިސްނުން ބަނަކުރަމުންނެވެ.

”އައްފާން. ޔޫ އޯކޭ؟ މިއަދު ކާކު ގުޅީ؟“

ކޮޓަރީގައި ހިނގަ ހިނގާ ހުރި އިފާގާގެ ހާލަކީވެސް ހަމަ އެއީއެވެ. ގިސްމާ އަކީ އަމިއްލަ އެއްބަނޑު މީހެއް ފަދައިން އޭނާ ދެކޭ ކުއްޖެކެވެ. އެއީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. އައްފާންގެ ސިޔާސީ ހަރަކާތްތަކާ މީސް މީޑިއާތަކުގައި އޭނާގެ ބާރުވެރި ކަމުން، ގިސްމާ އާ އައްފާން ގެ ގުޅުން އިނގޭ މީހުން އޭނާއަށް އިންޒާރު ދެމުން ދިޔަ ވާހަކަ ގިސްމާ ވަނީ ކުރިންވެސް އިފާގާ ގާތުގައި ދައްކާފައެވެ. އެތަކެއް ފަހަރެއްގެ މަތިން އައްފާން އާ މިވާހަކަތައް ހިއްސާކުރުމަށް އިފާގާ ވަނީ ނަސޭހަތް ދީފައެވެ. ނަމަވެސް ގިސްމާ އަކީ ބޯހަރު ކުއްޖެކެވެ. އައްފާން އިތުރަށް ހާސް ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ.

”އައްފާން. ޖަވާބު ދީބަލަ. ކާކު ހޭ ގުޅީ؟“

އިފާގާ ކަންބޮޑުވިއެވެ. އައްފާން ގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބޭތީ އޭނާ ރުޅިވެސް ގަދަވިއެވެ.

”ނޭނގެ. ފަހަކަށް އައިސް ބައިވަރު ނުދަންނަ ނަމްބަރު ތަކުން އެކި މީސްމީހުން ގުޅާ އިންޒާރު ދީ ހަދާ. މިއަދު ހެނދުނު ވެސް ކޮންމެސް މީހަކު ގުޅި. ބުނީ ތިހެން އުޅެންޏާ ރަނގަޅު ބޮނޑިއެއް ދޭނަމޯ. ފަހަކަށް އައިސް އެންމެންވެސް ކިޔަނީ އެހެން. މާވަރަކަށް އަޅައެއް ނުލަން. ޕޮލިހަށް ގޮސް މައްސަލަ ޖައްސާފަ އޮފީހަށް އައީ. އޯ މައި ގޯޑް ގިސް އަށް މީހަކު ގޮތެއް ހެދީބާ؟“

ކޯލުގެ އަނެއް ފަރާތުގައި ހުރި އިފާގާ ދެ ލޯ ބޮޑުވިއެވެ.

”އައި ހޭވް ޓު ޓެލް ޔޫ ސަމްތިން“

އަވަސް އަވަހަށް އޭނާ އައްފާން އަށް ކިޔައިދޭން ފެއްޓިއެވެ. ފަހަކަށް އައިސް ގިސްމާ އަށް މީހުންގެ ފަރާތުން ލިބެމުން އައި އިންޒާރު ތަކުގެ ވާހަކައެވެ. ބައެއް ފަހަރު އޭނާ ފަހަތުން ފާރަލަމުން މީހުން ހިނގާ ހެން ވެސް ގިސްމާ އަށް ހީވެފައިވާ ވާހަކަވެސް އަައްފާން ގާތުގައި ބުންޏެވެ. ފާއިތުވެ ދިޔަ ހަފްތާގައި ގިސްމާއަށް ލިބެމުންދިޔަ މެސެޖް ތަކުގެ ވާހަކަވެސް ކިޔައިދިނެވެ.

އައްފާން ގެ އަތް މުއްކަރުވާލީ ބޭ އިޚްތިޔާރުގައެވެ. ދެ ބުމަ ޖެހި ދަތް ކުނޑި ވިކާލެވުނެވެ. އޭނާއަށް ބޭނުން ގޮތެއް ހެދިޔަސް ހެވެވެ. ނަމަވެސް ގިސްމާގެ އެންމެ އިސްތަށްޓެއްގައި ހިފާލިޔަސް އޭނާއަށްވުރެ ނުބައި މީހަކު ނުހުންނާނެޔޭ ހިތާހިތުން ބުނެލެވުނެވެ.

ކަންތައް ކުރަންވީ ގޮތް އައްފާން އިފާގާ އަށް ކިޔައިދިނެވެ. އިފާގާ އާ ހަވާލުކުރީ ފުލުހުންނާ ހަމައަށް މައްސަލަ ގެންދާށެވެ. ގިސްމާ އަށް ލިބެމުންދިޔަ އިންޒާރުތަކުގެ ވާހަކަ ކިޔައިދީ އިއްޔެ ހަވީރުން ފެށިގެން އޭނާގެ ހަބަރެއް ނުވާވާހަކަ މައްސަލައެއްގެ ގޮތުގައި ފުލުހުންނަށް ހުށައަޅާށެވެ. އައްފާންގެ އަމިއްލަ ޕްލޭންގެ ވާހަކަ އިފާގާ ކައިރިއަކު ނުކިޔައިދެއެވެ. ކިޔައިދިން ނަމަ އިފާގާ އޭނާ ހުއްޓުވީހެވެ. މީގެ ތިން ވަރަކަށް ގަޑި އިރު ފަހުން ވާން އުޅޭ ކަންތައް ހުއްޓުވުނީހެވެ.

*** *** ***

އިރު އޮއްސިއްޖެއެވެ. ދުނިޔެ މައްޗަށް ވެރިވެފައިވަނީ ނާމާން އަނދިރިކަމެކެވެ. ހުޅުމާލޭގެ މީހުން ނޫޅޭ ސަރަހައްދެއްގައި ހުރި އަނދިރި ގެއެއްގެ ކުރިމަތީ އައްފާން ހުއްޓި ހުރީ ފޯނުގެ ސްކްރީނުން ފެންނަން ހުރި މެސެޖަށް ބަލާށެވެ. މެސްޖްގައި އިން ގެއަކީ މިއީއެވެ. ލައިގެން ހުރި ޖިންސުގެ ޖީބަށް ޖަހާފައި ހުރި ވަޅި ކައިރި ކޮށްލުމަށް ފަހު ހިނގައިގަތެވެ. މަޑު ފިޔަވަޅުތަކެއް އަޅަމުން ދިޔަ އައްފާންގެ އަތް އަވަސް އަވަހަށް ހަރަކާތް ތެރިވަމުން ދިޔައީ އިފާގާ އަށް ލިޔަމުން ދިޔަ މެސެޖް ފޮނުވާށެވެ. މެސެޖް ދިޔަ ކަމުގެ ނޮޓިފިކޭޝަން ލިބުމާއެކު އަވަހަށް ޑިލީޓް ކޮށްލިއެވެ. އެތެރޭގައި ތިބި ބަޔަކު އޭނާގެ ފޯނު ބެލިޔަސް އެއްވެސް ޝައްކު ވާނޭ ފަދަ އަމަލެއް އޭނާގެ ކިބައިން ނުދައްކާށެވެ.

އިފާގާ ހުރީ ނުވަގުތެއްގައި އައި އޭނާގެ މަންމައަށް ސައި ތައްޔާރު ކުރާށެވެ. މަންމަ އުޅެނީ ވިލިނގިލީގައި ކަމުން މާލެ އާދެވެނީ ޑޮކްޓަރަށް ދައްކާލަން އަންނަ މަދު ފަހަރެއްގައެވެ. އިފާގާ ގެ މަންމަ އަކީ ބަލި މީހެކެވެ. ވިލިނގިއްޔަށް ނުދެވޭތާ ދުވަސްކޮޅެއް ވެފައިވާތީ އިފާގާ ބޭނުންވީ މަންމަ އަށް ކުޑަ ވަރެއްގެ ސަޔެއް ތައްޔާރުކޮށްލާށެވެ. ފުލުހުންނަށް ގިސްމާގެ މައުލޫމާތު ދީފައި ގެއަށް އައިތާ ގަޑި އެއްހާ އިރުވިޔަސް އޭނާގެ ހިތުގައި އުފެދިފައިވާ ނުތަނަވަސް ކަމަކަށް ބަދަލެއް ނާދެއެވެ. އެފަހުން އައްފާން ގެ ހަބަރެއް ވެސް ނުވެއެވެ. އިފާގާ ޕޮލިސް ސްޓޭޝަންއިން ނިކުމެ އައްފާން އަށް ގުޅަން ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް ޖަވާބުގައި އިވެނީ ގުޅޭ ސަރަހައްދުން ބޭރުގައި އުޅޭ ވާހަކައެވެ. އެހެންކަމުން އިތުރަށް ގުޅަން މަސައްކަތެއް ނުކުރެއެވެ. ސައި ހަދަން ހުރިއިރުވެސް މަންމަ ގާތުގައި ވެސް އޭނައަށް ދެއްކެނީ ހުސް ގިސްމާ ގެ ވާހަކައެވެ. އޭރު އޭނާގެ ފޯނު އޮތީ ކޮޓަރީގައި ޗާޖަރަށް ޖަހާފައެވެ. އެހެންކަމުން އެ ވަގުތު އައްފާން އޭނާއަށް މެސެޖެއް ކުރިކަމެއް އޭނާއަކަށް ނޭނގެއެވެ.

ހުޅުމާލޭގެ މި އަނދިރި ހިސާބުގައި ހުރި އެކަހެރި ގޭގެ ތެރެއަށް އައްފާންއަށް ވަދެވިއްޖެއެވެ. އެއްވެސް ބޮތްކެއް ދިއްލާފައި ހުރި ގެއެއް ނޫން ކަމުން ތަނެއް ދޮރެއް ނުފެނެއެވެ. ފޯނުން އަލިކޮށްލުމުން ފުރަތަމަ ވެސް ފެނުނީ ނިވާކަން ކުޑަ ހާލެއްގައި އައްސާފައި އޮތް ގިސްމާއެވެ.

ކުއްލިއަކަށް މުޅި ގޭތެރެ އަލި ވެއްޖެއެވެ. ލޮލަށް ބޮޑު ލައިޓެއް ދިއްލިހެން ހީވުމުން އަތުގައި އޮތް ފޯނު ވެސް ބިންމައްޗަށް ވެއްޓިއްޖެއެވެ. އައްފާން ގެ ދެއަތުގައި އިސާހިތަކު ދެފަރާތުން ބަޔަކު އައިސް ބާރު ބާރަށް ހިފާ، ހައްޔަރު ކޮށްލައިފިއެވެ. ބާރަކަށް ދެލޯ މަރާލުމަށްފަހު އައްފާން ލޯ ހުޅުވާލީ ތަނެއް ދޮރެއް ސާފު ނުވާތީއެވެ. ގިސްމާ ފެނުމުން ބޭ އިޚްތިޔާރުގައި ހަޅޭލަވައިގަނެވުނެވެ.

ބިންމަތީގައި އޮތް ގިސްމާގެ ލޯ ހުޅުވުނެވެ. މުޅި ދުނިޔޭން ވެެސް އޭނާ އެންމެ ލޯބިވާ އައްފާން އެ ހުރީ އޭނާ ސަލާމަތް ކުރަން އައިހެވެ. މީގެ ދެތިން ގަޑި އިރު ކުރިން އެތާ ތިބި ހައިވާނުން ތަކެއް ފަދަ ބަަަޔަކު ފޯނުން އައްފާން އާ ވާހަކަ ދައްކަމުން ދިޔަ އަޑު އޭނާއަށް ވަނީ އިވިފައެވެ. އެމީހުން ބޭނުން ވަނީ އައްފާން އެމީހުންގެ ކިއްލާގެ ތެރެއަށް ގެންނާށެވެ. ހަމައެކަނި އިންޒާރުގެ މެސެޖެއް ރައްދުކުރާށެވެ. މޫނު ނިވާކޮށްގެން ތިބި ބަޔެއް ކަމުން އެތަނުން އެއްވެސް މީހަކު ގިސްމާއަކަށް ނުފެނެއެވެ. އެމީހުންގެ ޕްލޭނަކީ އިންޒާރު ދީފައި ފިލުމެވެ. ގިސްމާއަށް އެއްވެސް ގެއްލުމެއް ދީގެންނުވާނޭ ކަމާއި އައްފާން އަށް އަމުދުން އެއްވެސް އަނިޔާއެއް ކޮށްގެން ނުވާނެ ކަމުގައި އެމީހުންގެ ތެރެއިން ބޮޑަކަށް ހުރި މީހާ ވަނީ އަމުރުކޮށްފައެވެ. އޭނާ މިހާރު މިތާކު ނެތެވެ. އެ ވާނީ ކޮންމެވެސް ސިޔާސީ ބޮޑު މީހަކަށެވެ.

ގިސްމާގެ ހަށިގަނޑު ހާމައަށް ބަރަހަނާ ހާލުގައި އޮތަސް އެތަނުން އެއްވެސް މީހަކު އޭނާއާ ބެހިފައެއް ނުވެއެވެ. ގިސްމާ އެހާލުގައި ބާއްވާފައި އޮތީ އައްފާންއަށް ބިރުދެއްކުމަށެވެ. ވަރުގަދަ މެސެޖެއް ރައްދުކުރުމަށެވެ. އައްފާން އައުމުގެ ކުރިން އެއްވެސް މީހަަަކަށް އޭނާ އަންނަ ތަނެއް އަންގައިގެން ނުވާނޭ ކަމާ އެފަދަ އެއްވެސް ކަމެއް ހިނގިކަން އެނގިއްޖެ ހާލެއްގައި ގިސްމާގެ ފުރާނައަށް ގެއްލުން ވާ ފަދަ އަމަލެއް ހިންގާނެކަމުގައި އެމީހުންވަނީ އިންޒާރު ދީފައެވެ. އެތަނުން ގިނަ ކުދިންނަކީ އަށާރަ، ވިހި އަހަރުގެ ކުޑަކުދިންނެވެ. އެއީ ރުފިޔާއަށް މިކަންތައް ކުރާ ބައެކެވެ. ތިބީ މަސްތުގެ ހާލުގައެވެ. ސިޔާސީ ބޮޑުން މިފަދަ ކުދިންގެ ބޭނުން ހިފަމުންދަނީ މިކަހަލަ ނަހަމަ ގޮތްގޮތަށެވެ.

އަނގަ މަތީ އައްސާފައިވާ ފޮތި ގަނޑު ނެއްޓޭތޯ ދަތުން ހަފަމުން ގިސްމާ މަސައްކަތް ކުރަމުން ދިޔައެވެ. ބަލަން ހުރި އައްފާން ގެ ދެލޯ ވަނީ ކަރުނުން ފުސް ވެފައެވެ. އެއީ އޭނާ ބަަލަން ބޭނުންވާ މަންޒަރެއް ނޫނެވެ. އޭނާ ހުރީ އެންމެ ލޯބިވާ ކުއްޖާއަށް އެފަދަ ހާލެއް ޖެއްސި މީހުންގެ ދުވަސް ދުއްވާލާށެވެ. ގިސްމާގެ ލޮލުން އޭނާއާ ދައްކަމުން ދިޔަ ވާހަކަތައް ނުފެންނަ ކަހަލައެވެ.

މާލޭގައި ހުރި އިފާގާ މަންމައަށް ސައި ތައްޔާރުކުރުމަށްފަހު ކޮޓަރިއަށް ވަނީ އަނެއްކާވެސް އައްފާން ގެ ހަބަރެއް ވޭތޯ ބަލާށެވެ. ޗާޖަރުން ފޯނު ނައްޓާލުމަށްފަހު ސްކްރީނަށް ބަލާލުމުން ފުރަތަމަވެސް ފެނުނީ އައްފާން ފޮނުވަައިފައިވާ މެސެޖް އެކެވެ. އަވަސް އަވަހަށް މެސެޖް ހުޅުވާ ކިޔާލިއެވެ. އިފާގާގެ ދެލޯ ބޮޑުވިއެވެ.

”އިފާ ލިސެން. ޕެނިކް ނުވައްޗެ. އަހަރެން މިދަނީ ގިސްމާ ކިޑްނެޕް ކޮށްގެން އުޅޭ ބައެއްގެ ގާތަށް. ހުޅުމާލެއަށް. ލޮކޭޝަން އިންނާނެ ވަޓްސް އެޕް އިން ޝެއާރ ކޮށްފަ. އެއީ ވަރަށް ނުރައްކާތެރި ބައެއް. މަ ބޭނުމެއް ނޫން ގިސްމާއަށް އެއްވެސް ގޮތެއް ވާކަށް ސޯ މި މެސެޖަށް ރިޕްލައި ނުކުރައްޗެ. އިމީޑިއަޓްލީ ކޯލް ދަ ޕޮލިސް. ލޮކޭޝަން އެމީހުންނަށް ފޮނުވާ. ގެޓް މީ ބެކް އަޕް. އެތެރޭގަ ވާނެ ގޮތެއް ނޭނގޭ. އަވަސް ކުރައްޗޭ. ނުގުޅާތި، ރިޕްލައި ނުކުރާތި. ޑޫ އޭޒް އައި ސޭ. އަވަސް.“

ތުރު ތުރު އަޅާ ހާލުގައި އިފާގާ ފުލުހުންނަށް ގުޅިއެވެ. ވެގެން އުޅޭ ގޮތް ކިޔައިދީ ވަޓްސް އެޕް އިން އައްފާން ފޮނުވައިފައި އިން ލޮކޭޝަން އެމީހުންނާ ހިއްސާ ކުރިއެވެ. އަޑު ތުރު ތުރު އަޅާވަރުން ބަސްތައް ބޭރު ކުރެވުނީވެސް ކިރިޔާއެވެ. އޭނާގެ މަންމަ އައިސް ކައިރީގައި ހުއްޓުމުން ކަރުނަތައް ހޯސްލާފައި ފައިބަން ފެށިއެވެ. ގަނެފައި ހުރި ބިރަކުންނެވެ. ރުއިން މައިތިރި ކުރުމަށްފަހު މަންމަ އޭނާގެ ބޭބެއާ ހަވާލުކޮށް އިފާގާ ދިޔައީ ހުޅުމާލެއަށް ދިޔުމަށް ގަމަތައަށެވެ.

އައްފާން ގެ ގަޔަށް ވަޅި ހަރާލީ ގިސްމާގެ ދެ ލޯ ކުރިމަތީގައެވެ. ހަޅޭލަވަމުން ގޮސް އެފަކީރުގެ އަޑު ގޮއްސިއެވެ. ދެތިން ފަހަރު ހަމަ ކޮއްޕާލި ތަނަށް ވަޅި ހަރަމުން ދިޔައީއެވެ. ގިސްމާގެ ހަޅޭކަަށް އަޅާލުމެއް ނެތިއެވެ. ދެލޯ ފުސްވަނީއެވެ. ގިސްމާއަކަށް ތަނެއް ނުފެނެއެވެ. އޭނާގެ ހޭވެރިކަން ނެތުނު އިރު ފަހު މަންޒަރަކަށް ފެނުނީ ޒަހަމްވެފައިވާ އައްފާންގެ ހަށިގަނޑުން ހޯސްލާފައި ބިއްމައްޗަށް ވެރެމުން ދިޔަ ލޭތަކެވެ. ފަހު އަޑަކަށް އިވުނީ ފުލުހުން ގެ ސައިރަންގެ އަޑެވެ.

***

ވަރަށް މަސައްކަތުންވެސް އައްފާން ގެ ފުރާނަ ސަލާމަތެއް ނުކުރެވުނެވެ. އައްފާންގެ ފުރާނަނެތް ހަށިގަނޑު ތަހުގީގަށް ބާއްވާފައި އޮތް ހޮސްޕިޓަލުގައި ގިސްމާއަށް ފަރުވާ ދެމުން ދަނީއެވެ. ބޭރުފުށުން އޭނާއަށް އެއްވެސް ކަަހަލަ ގެއްލުމެއް ލިބިފައެއް ނުވެއެވެ. ލިބުނު ގެއްލުމެއް ލިބުނީ ސިކުނޑިއަށެވެ. ޝޮކް ގެ ސަބަބުންނެވެ. ނަފްސާނީ ގޮތުން އޭނާވަނީ ބަލިކަށިވެފައެވެ.

ގިސްމާ ހޭ އެރުމަށް ފަހު ހަަމައަކަށް އެޅެންދެން އައްފާން ގެ މަރުގެ ވޭދަނައާ ހަވާލުވެ ހުރި ކޯޕްރަލް ޝަމްއާން ހަމީދު ކޮޓަރީގެ ބޭރުގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. އެތެރޭގައި ގިސްމާގެ ހާލަތު ބަލަމުން ދިޔަ ޑޮކްޓަރުގެ އިޝާރާތަކަށް ކެތްތެރިކަމާއެކު އޭނާ ހުރީ އިންތިޒާރު ކޮށްގެނެވެ. ޑޮކްޓަރު ނިކުުމު، ވާހަކަ ދެއްކިޔަސް އޯކޭ އޭ ބުނުމުން އަވަސް އަވަހަށް ޝަމްޢާން ކޮޓަރިއަށް ވަނެވެ.

ގިސްމާ އިނީ ގަބުވެފައެވެ. ދެލޯ ކައިރި ދުޅަވެ މުޅި ލޯ ވަނީ ރަތް ވެފައެވެ. އޭނާގެ ހާލަތު ފެނި ދައްކަން އުޅޭ ވާހަކަ ފަސްކޮށްލާނަމޭ ވެސް ޝަމްއާން ހިތަށް އެރިއެވެ. ނަމަވެސް މިއީ އޭނާގެ މަސައްކަތެވެ. މި ފަދަ ހާލަތެއްގައި ފަސް ޖެހެވޭކަށް ނެތެވެ. މީޑިއާ ތަކުން މިހާރުވެސް އިރު އިރުކޮޅާ އައްފާންގެ މަރުގެ އަޕްޑޭޓަކަށް އެދެމުން ދަނީއެވެ. އާންމު މީހުންގެ ނަފްރަތު ފުލުހުންނަށް ވަނީ އަމާޒު ވެފައެވެ. މިފަދަ ހާދިސާއެއް ހިނގައިފިނަމަ އަބަދުވެސް ކުށްވެރިންނަށް ވުރެ ކުއްވެރިވަނީ ފުލުހުންނެވެ.

”ގިސްމާ. އަޅުގަނޑަކީ ޝަމްއާން ހަމީދު. އައްފާންގެ ކޭސް ބަލަމުންދަނީ އަޅުގަނޑު.“

ޝަމްއާން ފެއްޓީ މަޑުމައިތިރި ކަމާއެކުއެވެ. ގިސްމާގެ ފަރާތުން އެއްވެސް ހަރަކާތެއް ނުފެނުނެވެ.

”އައްފާން މަރާލުމުގައި ބައިވެރި މީހުންގެ ތެރެއިން ދެ މީހަކު ވަނީ އަތުލައިގަނެފަ. އެކަކީ އަށާރަ އަހަރު ނުފުރޭ ކުޑަ ކުއްޖެއް. ދެން ހުރި މީހާއަކީ ތޭވީސް އަހަރުގެ މީހެއް. މިދެމީހުންގެ ކިބައިންވެސް އިތުރު އެއްވެސް ބައެއްގެ މައުލޫމާތު ލިބިފައެއް ނުވޭ. އެމީހުން ބުނާ ގޮތުގައި މިއީ ކުރިން ދިމާވެފައިވާ ބައެއް ވެސް ނޫން. މޫނު ނިވާކޮށްގެން ހުރި މީހަކު ރުފިޔާ ދީގެން ކުރުވިކަމެއް މީ. މިކަމުގައި ބައިވެރިވި އެންމެން ވެސް ތިބީ މޫނު ނިވާ ކޮށްގެން ކަމުގައި މައުލޫމާތު ލިބިފައިވަނީ. ގިސްމާ އަކީ މި ހާދިސާ ހިނގި އިރުގައި އެތާ ހުރި މީހެއް. އެހެންކަމުން ދެން މިކަމުގައި ބައިވެރިވި މީހުން ހޯދުމުގައި ގިސްމާގެ އެހީތެރިކަން އަޅުގަނޑުމެންނަށް ލިބޭނެ ކަމުގައި އުއްމީދު ކުރަން"

ހުރިހާ ވާހަކައެއް ދައްކާ ނިމުނު އިރުވެސް ގިސްމާ އިނީ ކަޅިވެސް ޖަހާ ނުލާ ފާރާ ދިމާލަށް ބަލަހައްޓައިގެންނެވެ. އެއްވެސް ހަރަކާތެއް ނުދައްކައެވެ. ހީވަނީ ގަބުކައިފައި އިން ބުދެއް ހެންނެވެ.

”އައްފާން ގެ އޮޓޯޕްސީ މިރޭ ފަށާނެ.“

ޝަމްއާން މިހެން ބުނެލީ ގިސްމާގެ ފަރާތުން ރިއެކްޝަން އެއް ހޯދާށެވެ. ނަމަވެސް ގިސްމާ އިނީ ހަނެވެ. މީގެ އިތުރުންވެސް ކަމާ ނުގުޅޭ ވާހަަކަތައްވެސް ޝަމްއާން ދެއްކިއެވެ. ގިސްމާ ވާހަކަ ދައްކާތޯއެވެ. އެންމެ ފަހުން ބަހެއް ނުކިޔުމުން ހިތްވަރު އެލުވާލާފައި ޝަމްއާން ހިނގައިގަތީ ގިސްމާއަށް ވަގުތުކޮޅެެއް ދިނުމަށެވެ. އޭނާ އެ އިނީ އަދިވެސް ޝޮކްގައި ކަމުގައި ނިންމައިގެންނެވެ.

”އަހަރެން ކުރިމަތީ... އަހަރެން ވަރަށް ހަޅޭލެވިން. އަހަރެންގެ ލޯބީ. އަހަރެންގެ ދޫނި. އެކަމަކު... އިޓް ވޮޒަންޓް ދެ އާ ޕްލޭން އެނގޭތަ؟... އެމީހުން ކައިރީ އެމީހާ ބުނީ އެހެން ހަދާށޭ އެއް ނޫން.. އެ އެ..“

ގިސްމާ ވާހަކަ ދައްކަން ފެއްޓީ ޝަމްއާން ދޮރާ ހަމަވި ފަހުންނެވެ. އަނބުރާލާފައި އައިސް ގިސްމާ ކައިރީ ޝަމްއާން އިށީނދެލިއެވެ. މަޑުމައިތިރި ކަމާއެކު ވާހަކަ ކިޔައިދިނުމަށް ހިތްވަރު ދިނެވެ.

”އައްފާން ހީކުރީ އެމީހުން އަހަރެން ރޭޕް ކުރީ ކަމަށް..“

ވާހަކަ ދައްކަމުން ދިޔައިރުވެސް ގިސްމާ ގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. ނަމަވެސް އޭނާގެ ލޯ ހުރީ ކުރިމަތީ ހުރި ފާރަށް އަމާޒު ވެފައެވެ. ވާހަކަ ދައްކަމުން ދިޔައީ ރޮބަޓެއް ހެންނެވެ. އިރު އިރު ކޮޅާ އަޑު ކަނޑައިގެން ދެއެވެ. ހަޅޭލެވުމުގެ ސަބަބުން އޭނާގެ އަޑު ވަނީ މުޅިންހެން ހަލާކުވެފައެވެ. ބަހެއް ބުނެވެނީ ކަރު ބުޑުން ލާ ލޭ ރަހައާ އެކުއެވެ.

”އައްފާން ހޭޑް އަ ނައިފް. އެތަނުން އެކަކު ކޮށްޕާލާ އަނެއްމީހާގެ މޫނާ ދިމާލަށް ވަޅި ހޫރާލީ.. ހުރިހާކަމެއް.. އިޓް އޯލް ހެޕަންޑް ސޯ ފާސްޓް. ހަމަ އެވަގުތު އިތުރު ދެމީހުން އައިސް އަނެއްކާ އައްފާން ހިފަހައްޓައިފި..“

ގިސްމާގެ ހާލު ފެނި ޝަމްއާން ގެ ހިތަށް އަސަރު ކުރިއެވެ. ބޭނުމިއްޔާ ހުއްޓާލެވިދާނޭ ކަމާއި އެހެން އިރަކުން ވެސް މި ވާހަކަ ދެއްކިދާނޭ ކަމުގައި ޝަމްއާން ބުންޏެވެ. ނަމަވެސް ގިސްމާ ހުއްޓާކަށް ބޭނުމެއް ނުވިއެެވެ. އޭނާ ބޭނުމީ ހިތުގައި ބަންދުކޮށްފައި ހުރި ހުރިހާ ވާހަކަތަކެއް ބަންޑުން ކޮށްލާށެވެ. އެކީ އެކައްޗަކަށް އަމުނާލާށެވެ. ކަންތައް ވި ގޮތް ހާމަ ކުރާށެވެ. ވީހާވެސް އަަވަހަކަށް މައްސަލަ ބަލާ ކުށްވެރިން އަތުލައިގަންނާށެވެ.

އެހެންކަމުން ދެން އޭނާ ވާހަކަ ފެށުމުން ޝަމްއާން ނުހުއްޓުވައެވެ. ހުރިހާ ވާހަކައެއް ކިޔައިދެން ދެން އަޑު އަހައިގެން އިނެވެ. އަތުގައި އޮތް ރިކޯޑަރު ވަނީ ޖައްސާފައެވެ. ސުވާލެއް އޮތަސް ފަހުން ކުރެވިދާނެތާއެވެ.

”އެމީހުން ކައިރީ ބުނެފަ އޮތީ އައްފާން އަށް ގޮތެއް ހަދައިގެން ނުވާނޭ... އެކަމަކު އައްފާން ހޫރާލި ވަޅިން... އެކެއްގެ މޫނުމަތީ އަޅާފައި އޮތް މާސްކް ކަނޑައިގެން ގޮއްސި. އެންޑް ފޭސް ރިވީލް ވީމަ އެމީހުން ޕެނިކް ވީ... އެކްސްޕޯޒް ވި ކުއްޖާ ފުރަތަމަ ވަޅިން ހަމަލާދިނީ. ދެން ތިބި މީހުން މަސައްކަތް ކުރި ހުއްޓުވަން ފުރަތަަމަ. ބޮސް ރުޅިއަންނާނެއޭ ކިޔާ... އެކަމު ފަހުން އެމީހުންވެސް ބައިވެރިވީ... އައި ސްކްރީމްޑް. އައި ސްވެއަރ ޓު ގޯޑް އައި ހޭވް ނެވާ ސްކްރީމްޑް ސޯ ހާޑް. އެކަމް އެމީހުންނަށް އަަހަރެން ހުރިކަންވެސް ނޭނގުނު ކަންނޭނގެ... އެމީހުން ނުހުއްޓި... އަހަރެންގެ ލޯބީގެ މުޅި ގަޔަށް ވަޅި ހަރަމުންދިޔައީ... ސަން އޮފް ބި***، އައިލް ކިލް ދެމް. އައި ވިލް ކިލް ދެމް އޯލް...“

ގިސްމާގެ ހާލަތު ގޯސްވާން ފެށިއެވެ. އަޑުގެ ނެތް ކޮޅަށް ހަޅޭލަވަން ފެށިއެވެ. ޑޮކްޓަރުންނާ ނަރުހުން ފުލުފުލުން ކޮޓަރިތެރެއަށް ވަންނަން ފަށައިފިއެވެ.

”ޕޭޝަންޓ އިޒް ގޮއިން އިން ޓު ޝޮކް. ޕްލީސް ސްޓޭ އައުޓް ސައިޑް“

މިހެން ބުނެ ނަރުހުންތައް ޝަމްއާން ބޭރަށް ފޮނުވާލިއެވެ. އިވުނު ވާހަކަތަކާ ފެނުނު މަންޒަރުތަކުން ޝަމްއާންއަށް ވެސް ވަނީ ވަރަށް އަަސަރުކޮށްފައެވެ. ލިބުނު މައުލޫމާތުތައް ހިފައިގެން ވޭދަނައިގެ ރިޕޯޯޓެއް ތައްޔާރުކުރުމަށް އަވަހަށް އޮފީހާ ދިމާލަށް މިސްރާބު ޖެހިއެވެ.

***

އައްފާން ގެ މަރަށް މަހެއް ވެއްޖެއެވެ. ނޫސް ތަކުން އަދިވެސް ދައްކަނީ އައްފާންގެ ވާހަކައެވެ. ހަފްތާ އަކު އެއްފަހަރު ކަހަލަ ގޮތަކަށް ތަފާތު ހިނގުން ތަކާއި އިވެންޓް ތައް އޭނާއަށް އިންސާފް ހޯދައިދިނުމަށް އެދި ބާއްވައެވެ. މައްސަލާގައި އެތައް ބަޔަކު ހައްޔަރުކޮށްފިއެވެ. ނަމަވެސް ކަމުގައި ބައިވެރިވި އެއްވެސް ސިޔާސީ ފަރާތެއްގެ ނަމެއް ހާމައެއް ނުކުރެއެވެ. ހާމަކުރަނީ ގޭންގުތަކުގެ މީހުންގެ ނަންނަމެވެ. ނަމަވެސް އެފަދަ ކަމެއް ހިންގޭނީ ބަޔަކު އޭގަ އަޑީގައި ތިބެގެންނޫން ހެއްޔެވެ؟ އެމީހުން ކޮބައި ހެއްޔެވެ؟

އައްފާން ގެ މަރާއެކު ބަދަލުވެގެން ދިޔައީ އެތަކެއް ދިރިއުޅުންތަކެކެވެ. މަންމަ ސާމިޔާ ގެ ނަފްސާނީ ހާލަތު ވަނީ އެހާ ދަށަށް ގޮއްސައެވެ. އިންސޮމްނިއާ އަށް ބޭސްކުރަމުން ދަނީ މެލޭޝިޔާގައެވެ.

އައްފާން މަރުވީ އިފާގާގެ ކުށުން ކަމުގައި އިފާގާ ދަނީ ދެކެމުންނެވެ. ކުރިން ފޯނު ބެލުނު ނަމައޭ ހިތަށް އަރައެވެ. މިފަދަ ޚިޔާލުތަކާ ހުރެ އޭނާގެ ދިރިއުޅުމުގެ ރޫޓީން އަށް ވެސް ވަނީ އަސަރު ކޮށްފައެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ހާލަތު ފެންނަ ކޮންމެ ފަހަރަކު ހިތަށް އެތަކެއް އަަސަރެއް ކުރެއެވެ.

އައްފާންގެ ވޭދަނަ އާ ހަވާލުވެގެން ހުރި ކޯޕްރަލް ޝަމްއާން ވަނީ ވަޒީފާއިން ވަކިވެފައެވެ. ސަރުކާރުންނާ ކަމާ ބެހޭ ފަރާތްތަކުން މިކަމަށް ދޭންޖެހޭ އެއްބާރުލުން ނުދޭތީ އޭނާ ހިތްހަމައެއް ނުޖެހެއެވެ. ފުލުހުން ވަނީ މި މީހުންގެ ޕަޕަޓުންނަށް ވެފައެވެ. މައުލޫމާތު މީޑިއާ ތަކާ ހިއްސާ ކުރަން ޖެހެނީ މި މީހުން ބުނާ ގޮތަކަށެވެ. ސިޔާސީ ބައެއްގެ އަތެއް މިކަމުގައި ވާކަން ތަހުގީގުން ވަނީ ހާމަވެފައެވެ. ނަމަވެސް ވަކި މީހެއް ހާމަވުމުގެ ކުރިން އޭނާގެ އަތުން ވޭދަނަ ނަގާ އެހެން މީހަކާ ހަވާލުކޮށްފިއެވެ. އައްފާން އަށް އިންސާފު ހޯދައިދޭން ޝަމްއާން ބޭނުން ވެއެވެ. އަދި ކިތައް ފުރާނަ ދުއްވާލާނެ ހެއްޔެެވެ؟ އަދި ކިތައް ބައެއްގެ މަރުގެ ހަގީގަތް މި މީހުން ފޮރުވަން އުޅޭނެ ހެއްޔެވެ؟ އެހެން ކަމުން އަމިއްލަ އަށް މި ވޭދަނަ ތަހުގީގުކުރަން ޝަމްއާން ނިންމިއެވެ. ފުލުހެއްގެ ޔުނީފޯމެއްގައި ހުރެ އެއް ނޫނެވެ. އަމިއްލަ ފަރުދީ ޒިންމާއެއްގެ ގޮތުގައެވެ.

ގިސްމާ އަކީ މިހާރު ޑިޕްރެޝަން އަށް ބޭސްކަމުންދާ ނަފްސާނީ އެތައް ބައްޔަކާ ހަނގުރާމަ ކުރަމުންދާ ކުއްޖެކެވެ. އައްފާން ގެ މަރުން އެންމެ ބޮޑު އަސަރެއް ކުރުވީ ގިސްމާއަށެވެ. މަރާލި މަންޒަރު ހެކިވީ އޭނާއެވެ. އެ މަންޒަރުތައް އޭނާ ގެ ލޮލުގެ ކުރިމަތީގައި ރިޕީޓަށް ލާފައިވާ ވީޑިއޯ އެއް ހެން ދަނީ އަބަދު ދައުރުވަމުންނެވެ. ނުނިދޭތާ މަސްދުވަސް ވެއްޖެއެވެ. ލޯ ހުޅުވައިގެން ހުންނަ އިރުވެސް ކުރިމަތިން ފެންނަނީ މަރުވެފައި އޮތް އައްފާންގެ ލެއިން ތަތްތެޅިފައިވާ ހަށިގަނޑެވެ. މިފަދަ ޚިޔާލުތަކާއެކު އިންސާނަކު ދިރިއުޅޭނީ ކިހިނެއްހެއްޔެވެ؟

ރާއްޖޭގެ ހާލަތަކީ މިއީއެވެ. އަޑު އުފުލައިފިނަމަ ގަދަ ވާނީ އެ އަޑެވެ. ބީރު ކަންފަތް ދީގެން ނުފެންނަ ކަމަށް ހަދައިގެން މަންޒަރުތަކަށް ކަނު އެތަށް ބަޔަކު ތިބޭނެއެވެ. ގައުމުގައި ހިނގާ ކޮންމެ ކަމަކަށް ސިޔާސީ ފަރާތްތަކުން ބާރު ފޯރުވަން ވެއްޖެއްޔާ ވާނީ އެހެންނެވެ. ވަކި ވެގެން ގޮސްފައިވާ ފުރާނަތަކަށް ހޯދަން ބުނި ހައްގު އިންސާފުގެ މަތިން ދުވަސް ތައް ދައުރުވަމުންދާ ވަރަކަށް ހަނދާން ނެތޭނެއެވެ. އެއް މަސް ދެ މަސް ވަންދެން އެ ކަންކަމުގެ ވާހަކަ ދައްކާނެއެވެ. ދެން މަޑުމަޑުން އެ އަޑުތައް މަޑުވާނެއެވެ. އެންމެ ފަހުން ވައިރޯޅިއެއްހާ މަޑުވެ، ”އިންސާފް“ މި ބަސް ވެސް ނީވޭނެއެވެ.

(ނިމުނީ)

    Please log in or register to bookmark.
    7k

    6 ޚިޔާލު

    1. މިވާހަކަ ކީމަ އެނގޭ މުޖުތަމައުގެ ހާލަތު. ބިރުވެރި. މާދަމާ ނޫންކަމެއް ނެނގެ މަށަށް "އޮޅިގެން" ހަމަލާ ދޭނީ

      21
    2. މީ ރާއްޖޭގެ ހާލަތު މިހާރު. އެއްޗެއް ބުނާ މީހާ ގޯސް ވާނީ. ބިރުގަނޭ މަގުމަތީ ހިގަން ވެސް.

      25
    3. ވަރަށް ފުރިހަމަ. ތި ގަލަމުން ލިޔެފައިވާ މިކަހަލަ ދިގު ވާހަކައެއް ކިޔާ ލާން ލިބޭނެ ނަމަ

    4. ވަޅި ހިފައިގެން ދިޔައީމަ މަ ހީކުރީ ވަރަށް ގަޓުވާނެ ކަމަށް!! އެކަމަކު ކަންތައް ދިޔައީ ހަމަ މުކޮހުން!! ވަރަށް ވަނދު ވާހަކައެއް!!

      1
      1
    5. މީގެ ފޮޓޯގަނޑު ފެނުނީމާ ވެސް އޯކާ ދެމޭ.......
      ވވވވވވވވވވވ.ރީތި

    ޚިޔާލު

    Your email address will not be published.

    Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
    Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy