ގިރިޓީ ލޯބި – 3

“ނިޔާޒްއަށް ގުޅާފަ ބުނެބަލަ މިތަނަށް އައިސްބަލާށޭ. ޔޫ ޓޫ ވިލް މޭކް އަ ގްރޭޓް ޓީމް.” ގޮނޑީގައި ލެނގިލައިގެން އިނދެ ނައީމް ވާހަކަ ދެއްކިއެވެ. ޒިދާން ފޯނު ނަގާ ނިޔާޒްއަށް ގުޅާފައި ކެބިންއަށް އައުމަށް އެދުނެވެ. އޭރުވެސް ޒިދާން ވިސްނަމުންދިޔައީ އެކަމާއިމެދު ނަޝްވާ ބުނާނެ އެއްޗަކާ ދޭތެރޭގައެވެ.

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ޖެހެމުންދިޔަ މަޑު ވައިރޯޅިތައް ގައިގައި ފިރުމަމުންދިޔައިރު ޒިދާންއާއި ނަޝްވާ ތިބީ ވިލިނގިލީ އަތިރިމަތީގައެވެ. ރާޅުޖަހާ އަޑުން މުޅި މާހައުލު ފަޅުފިލުވަމުން ދިޔައެވެ. ޒިދާން އޭނާ ގެނައި ކުނާ ވެލިގަނޑުމަތީގައި ފަތުރާލިއެވެ. އަދި އޭގެ މަތީގައި އުއްޑުން އޮށޯވެލާ ނަޝްވާއާއި ދިމާލަށް ދެއަތް ދިއްކޮށްލިއެވެ. އެދެއަތުގައި ނަޝްވާ ހިފުމާއިއެކު ޒިދާން ނަޝްވާގެ އަތުގައި ހިފާ ދަމައިގަތެވެ. ނުވިސްނާ ހުރުމުން ނަޝްވާ ގޮސް ޒިދާންގެ ގައި މައްޗަށް ވެއްޓުނެވެ. ޒިދާން ބޭނުންވީ ދިއްލީއަށް ދިޔުމުގެ ކުރިން ނަޝްވާއާއިއެކު ހިތްގައިމު ވަގުތުތަކެއް ހޭދަކޮށްލާށެވެ. އެގޮތުގައި އިރުކޮޅެއް އޮތުމަށްފަހު ޒިދާން ދައްކަން އައި ވާހަކަ ފެށިއެވެ.

"ދެން އެކަމު ނަޝް ހާދަ އެކަނި ވާނެއޭ.." ހަފްތާއަކަށް ދުރަށް ދާން ޖެހުމުން ނަޝްވާ ދެރަވެފައި ހުރި ވަރު އެނގުމުން ޒިދާންދެކެ ނަޝްވާ ލޯބި ވާވަރު އޭނާއަށް އިހުސާސް ވިއެވެ.

"އައި ނޯ ބޭބީ.. އެންޑް އައި ލަވް ޔޫ ސޯ މަޗް." ޒިދާން ނަޝްވާގެ މަޑު ތުންފަތުގައި ބޮސްދިނެވެ. ނަޝްވާވެސް އެކަމުގައި ބައިވެރިވެ ޒިދާންގެ ފަން އިސްތަށިގަނޑުގެ ތެރެއަށް އޭނާގެ އިނގިލިތައް މަހާލިއެވެ. ޒިދާންގެ ދެއަތުން ނަޝްވާ ގައިގައި ފިރުމަމުން ދިޔައެވެ. އެނޫން އެހެން މީހެއްގެ ލޯބި ޒިދާން ބޭނުމެއް ނޫނެވެ.

"ދެން ބުނެ ބަލަ.. ގޮސް އަންނަ އިރު ނަޝްއަށް ކޮންއެއްޗެއް ގެނަސް ދޭންވީ؟" ނަޝްވާ ގަޔާ ދުރުކޮށްލަމުން ޒިދާން އަހާލިއެވެ. އެއާއެކު ނަޝްވާގެ މޫނުމަތިން އުފާވެރިކަން ފާޅުވެގެންދިޔައެވެ.

"ނަޝް ބޭނުން އާ ހެނދުންކޮޅެއް. ވަރަށް ރީތި ހެނދުން ހުންނާނެ ދޯ؟ އަދި ބޫޓުވެސް.." ނަޝްވާ ބުނި ކޮންމެ އެއްޗެއް ޒިދާން ގެނެސްދޭނެކަން އޭނާއަށް އެނގެއެވެ.

"ހޫމ.. ދެން އަޑު އަހާބަލަ..." އަނެއްކާވެސް ނަޝްވާ ގަޔާ ކައިރިކޮށްލަމުން ޒިދާން ވާހަަކަ ދެއްކިއެވެ.

"ޒިދް ގިނަ ވަގުތު އުލޭނީ ބިޒީކޮށް. ނަޝް ގުޅާ ކޮންމެ ފަހަރަކު ފޯނު ނުނެގިދާނެ.. އެހެންވީމަ އެކަމަށް މިހާރުންސުރެ ސޮރީ." ޒިދާން ހީނލިއެވެ. "ނަޝް ޖެހޭނެ ވަރަށް އަންޑަސްޓޭންޑިންގ ވާން، އިނގޭ.." ނަޝްވާ ބޯޖަހާލުމުން ޒިދާން ހިތްހަމަ ޖެހުމުގެ ނޭވާއެއްލިއެވެ. ދެމީހުން ލޯބީގެ އުފާވެރި ވަގުތު ތަކެއް ހޭދަކުރުމަށްފަހު މާލެ އައީ ޒިދާންގެ ހިތާއި ދެކޮޅަށެވެ. މާދަމާގެ ވަގުތެއްގައި ފުރަން ޖެހޭތީ އޭނާ ހުރީ ނަޝްވާ ދޫކޮށްލާފައި ދާ ހިތް ނުވެފައެވެ. އާދައިގެ މަތިން ނަޝްވާ ގެއަށް ލައި ދިނުމަށްފަހު ޒިދާންވެސް ގެއަށް ދިޔައެވެ.

ޒިދާން އައިސް ގެއަށް ވަނުމުން ނައީމް އޭނާގެ އަތުގައި އޮތް އެމިރޭޓްސް އެއާލައިނުގެ ބިޒްނަސް ކްލާސް ޓިކެޓާއި އާކޮށްފައި އޮތް ޒިދާންގެ ޕާސްޕޯޓު ދިއްކޮށްލިއެވެ. އަދި ނިޔާޒްއަށްވެސް ޓިކެޓު ހަވާލުކުރި ވާހަކަ ބުނެލިއެވެ. ޒިދާންމެން ފުރަން ހަމަޖެހިފައި އޮތީ މާދަމާ މެންދުރު ފަހުއެވެ.

އަނެއް ދުވަހުގެ ހެނދުނު ޒިދާން ނަޝްވާއާއި ބައްދަލުކުރިއެވެ. ދިޔުމުގެ ކުރިން އެންމެ ފަހު ފަހަރު ނަޝްވާ ދެކިލުމަށެވެ. އެރީތި މޫނާއި ފަން އިސްތަށިގަނޑު މަތިން ޒިދާން ވަރަށް ހަނދާންވާނެއެވެ. އެކި ވާހަކަތައް ދައްކަމުން ދަނިކޮށް ޒިދާންއަށް ފޯނެއް އައެވެ.

"ކޮބާ ދަރިފުޅު ކޮންތާކު؟ ޗެކިން ފަށާ ގަޑި ޖެހެނީ ނު." ފޯނު ނަގާ ކަންފަތުގައި ޖައްސާލުމުން ނައީމް ވާހަކަ ދެއްކިއެވެ. ޒިދާން ގަޑި ބަލާލިއިރު މެންދުރު ބާރަ ޖަހާ ބޮޑުވެއްޖެއެވެ. ނަޝްވާއާއިއެކު ހުރުމުން ވަގުތު ދިޔަ ގޮތްވެސް އޭޏާއަކަށް ނޭނގުނެވެ.

"މިދަނީ ގެއަށް. ޕެކްވެސް ކޮށްފަ ހުންނާނި." ޒިދާން އެހެން ބުނެ ފޯނު ކަނޑާލަމުން ނަޝްވާގެ ނިއްކުރިއަށް ބޮސްދީފައި ގެއަށް ދިޔައެވެ. ނިޔާޒްއާއި ނައީމް އަދި ޒިދާން ހުޅުލެއަށް ދިޔައީ ނައީމްގެ ލޯންޗުގައެވެ. ޒިދާންގެ ފްލައިޓު ނައްޓާލަންދެން ނައީމް ހުޅުލޭގައި މަޑު ކުރިއެވެ. ޒިދާން އެކޮޅަށް ގޮސް ގުޅާނެ އިރަކަށް އިންތިޒާރުކުރަމުން ނައީމް ގެއަށް ގޮސް އޭނާގެ ކޮޓަރީގައި ހަމަޖެހެލިއެވެ.

~~~~~~~~~~~~~~~~~~~~~~~~~~~~~~
ރޭގަނޑުގެ ވަގުތެވެ. މަޑު މިޔުޒިކެއް އަޑުއިވެމުން ދިޔައިރު ނަޝްވާއާއި އޭނާގެ ދެއެކުވެރިން ތިބީ މާލޭގެ ނަން މަޝްހޫރު ރެސްޓޯރެންޓެއްގައެވެ.

"ނަޝޫ.. ޔޫގެ ޒިދްވެސް އެދިޔައީ ދޯ." ޝައުފާ ބުނެލިއެވެ.

"އާއެކޭ.. މަ ހާދަ ފޫއްސެއްވާނެއޭ. ޓައިމް ޕާސް ކޮށްލަން މީހަކު ނުވެސް ހުންނާނެ." ނަޝްވާ އަނގައަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ.

"ޓައިމް ޕާސްއޭ؟" އަޒްލިފާ ހައިރާންވެ އިނދެ އަހާލިއެވެ.

"އާނ.. އަޒޫ ހީކުރީ މަ އަސްލުވެސް އޭން ދެކެ ލޯބިވަނީ ކަމަށްތަ؟" ނަޝްވާ އާއި ޝައުފާ އެއްފަހަރާ ހޭންފެށިއެވެ.

"ސިލީ ގާރލް. އަހަރެން އޭނައާ ރައްޓެހިވެގެން މިއުޅެނީ މިހާ ސަޅިކޮށް އުޅެލެވޭތީ... މަ ބުނާ ކަމެއް، ބުނާ އެއްޗެއް ހޯދައިދޭތީ. އޭނައަށް ވުރެ މުއްސަނދި މީހަކު ފެނިއްޖެއްޔާ މިހާރުވެސް ރައްޓެހި ވާންވީ. ޒިދްވެސް އެއުޅެނީ އޭނަގެ ބައްޕަގެ ފައިސާއިން. އެވެސް އޭނަގެ އަމިއްލަ އެއްޗެއް ނަމަ ރަނގަޅު." ނަޝްވާ ޖޫސްތަށިން އެތިފޮދެއް ބޯލަމުން ވާހަކަ ދެއްކިއެވެ. އަޒްލިފާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ތަނަވަސް އާއިލާއަކަށް އުފަންވީ ކަމުގައިވިޔަސް އަޒްލިފާގެ ކިބައިގައި އެއްވެސް ބޮޑާ ކަމެއް ނެތެވެ.

"އެކަމަކު ޒިދްއަށް އެހެން ހަދާކަށް ނުވާނެއެއްނު. އޭނަ ނަޝްއަށް ކިހާ ރަނގަޅު." އަޒްލިފާ ނަޝްވާއަށް ވިސްނަދެވޭތޯ މަސައްކަތް ކުރިއެވެ.

"އެވަރު ކަމެއް ނޫނޭ އެއީކީ. ހަމަ އެހެން މީހުންވެސް މީހުންނާ ރައްޓެހިވެފަ ރުޅިވޭދޯ.." އަޒްލިފާގެ ނަސޭހަތް އަޑުއަހާކަށް ނަޝްވާ ބޭނުމެއް ނުވިއެވެ.

"އެހެންވީއްޔާ މަ ދައްކަންތަ ރަނގަޅު މީހަކު؟ ޒިދް އަންނަންދެން ޓައިމް ޕާސްކޮށްލަން. ކުޑަކޮށް މުސްކުޅިވާނެ. އެކަމަކު ވަރަށް ހެންސަމް، ވަރަށް ހޮޓް.." ޝައުފާ ފޭސްބުކު ހުޅުވާލުމަށްފަހު ނަޝްވާއަށް ޕްރޮފައިލްއެއް ދައްކާލިއެވެ.

"އަބްދުއްﷲ ނައީމް..." ޝައުފާގެ ފޯނުގެ ސްކްރީމަށް ބަލާލަމުން އޭގައި ޖަހާފައި އިން ނަން ކިޔާލިއެވެ.

"އިޒިންޓް ހީ ހޮޓް؟ ނަޝްއަށް ކެރޭނެތަ؟" ހެވިފައި އިނދެ ޝައުފާ އަހާލިއެވެ.

"ހީ އިޒް ޓޫ ހޮޓް... މަށަށް ނުކެރިއެއް ނުހުންނާނެ. މި ފޮނުވަނީ ރިކުއެސްޓް.." ނަޝްވާއަށް ކެރޭކަން އޭނާގެ ދެއެކުވެރިންނަށް އޭނާ ދައްކާލިއެވެ.

"ތީ ޓުރިޒަމް ވިޔަފާރި ކުރާ މީހެކޯ.. ރާއްޖޭގަ އޭނަގެ ހަތަރު ރިސޯޓު އޮވެޔޯ.. އަދި ރަށްރަށުގަވެސް ގިނަ ގެސްޓްހައުސްތަކެއް ހިންގާ މީހެކޯ ތީ. ވަރަށް ލާރި އޮންނާނެ ތިމީހާ އަތުގަ." ޝައުފާއަށް އެނގޭ މިންވަރަކުން އޭނާ ކިޔާދެމުން ދިޔައެވެ.

"ހުވާތަ؟ އެހެންވިއްޔާ މީ ދޫކޮށްލާ ވަރުގެ މީހެއް ނޫނެއްނު." ހީނލަމުން ނަޝްވާ ބުނެލިއެވެ.

"އޯ އެމް ޖީ.. ރިކުއެސްޓް އެކްސެޕްޓް ކޮށްފި." ވީ އުފަލުން ތޫލި އަޑަކުން ނަޝްވާ ހަޅޭއްލަވައިގަތެވެ.

(ނުނިމޭ)

    Please log in or register to bookmark.
    2k

    1 ޚިޔާލު

    ޚިޔާލު

    Your email address will not be published.