kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.comSupertotobetSahabetTarafbetMatadorbetTipobet365Deneme BonusuBetvoleMariobethack forumxumabetgiris.com

މައިދައިތަ

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

******

މައިދަތައިންގެ އުޅެނީ ހަތަރު ވައްތަރެކެވެ.

  1. ހިތުން ވެސް ހެޔޮ، ބޭރުފުށުންވެސް ހެޔޮ މައިދައިތައިން
  2. ހިތުން ހެޔޮ ވެފަ، ބޭރުފުށުން މާ ބޮޑު ކަމެއް ނުދައްކާ މައިދައިތައިން
  3. ހިތުން ގޯސް، ބޭރު ފުށުން ހެޔޮ މައިދައިތައިން
  4. ހިތުން ގޯސް، ބޭރު ފުށުން އަދި އެއަށްވުރެ ގޯސް މައިދައިތައިން

އަހަރެންނާ ދިމާވީ މި ހަތަރު ވައްތަރު ތެރެއިން އެންމެ ފަހު ވައްތަރާއެވެ. ކައިވެނި ކުރުމުގެ ކުރިން ހީވަނީ ދުނިޔެ ރަން ވެގެން އުޅުނު މީހެއް ހެންނެވެ. އަހަރެން ފެނުނަސް ދަތް ޕިލަ ބަންދު ނުވެއެވެ. ރަށު މީހުން ކައިރީ އަހަރެންގެ ހެޔޮ ވާހަކަ ދައްކަމުން ދުވީ ދެ އިރު ދެ ދަޅައަށް ކިޔާ ތަސްބީހައެއް ހެންނެވެ. އެކަމަކު ކައިވެނި ކޮށްގެން ގެއަށް ވެއްދުމަށްފަހު މުޅި އުދަރެސް ބަދަލުކޮށްލައިފިއެވެ. މި ވާހަކައަކީ އަހަރެންގެ މައިދައިތަގެ ކުޅިވަރު ބަދަލު ވެގެން ދިޔަ ގޮތުގެ ވާހަކައެވެ. އަލަށް ކައިވެނި ކުރަން އުޅޭ ކުދިންނަށް އަހަރެންގެ ފަރާތުން ދޭ ނަސޭހަތެކެވެ. ނޫނީ ހާލަތުގެ ގޮތުން އިންޒާރެކެވެ.

******

އަހަރެންގެ މައިދައިތަ އަސްމާ އަކީ ހިންދީ ސިލްސިލާތައް ބަލާ އެއިން އެތަކެއް އުކުޅެއް ދަސްކޮށްގެން ހުރި ފިސާރި އަންހެނެކެވެ. ހުރި ހަމައެކަނި ފިރިހެން ދަރި ރަސްކަލެއް ހެން ބަލާ، ބޮޑުކޮށް އެ ސޮރު ކައިވެނިކޮށްގެން ގެނައި ކުއްޖާ ހެދީ ގޭގެ ބާނދީ އަކަށެވެ. މައިދައިތައިންނަކީ ނިކަން ދެއްކުން ތެރި ބައެކެވެ. ކައިވެނީގެ ކުރިން އަހަރެންގެ ފިރިމީހާ އުޑުން ތަރި ބާލާ ހެދި އިރު އޭނާގެ މަންމަ ދަރެއް ތަން ދުލެއް ނުކުރެއެވެ. އަހަރެން އެގެއަށް ދާ ކޮންމެ ފަހަރަކު ހީވަނީ ރަތް ދޫލަ އަޅާފައިވާ ގަނޑުވަރަކަށް ގެންދާހެންނެވެ. ސުފުރާ މަތިން ނުފެންނަ ބާވަތެއް ނުހުންނާނެއެވެ. އަމިއްލަ މަންމަ އަހަރެންނާ ދޭތެރޭ ނުހިތާހާ ގާތްކޮށް ހިތިއެވެ. ލޮލުގައި އަނދުން އަޅުވައި ދެއްކުނު ހާ ދަޅައެއް ދައްކައި ކައިވެނިކޮށްގެން ގެނައި ދުވަސް ނޫން ޖެހިގެން އައި ދުވަހުގެ އިރު އެރި އިރު ކުޅިގަނޑު އޮތީ ބަދަލު ވެފައެވެ.

ހެނދުނު އިރު ނާރަނީސް ދޮރުގައި ތަޅަން ފަށައިފިއެވެ. އެއް ލޯ އުނގުޅަމުން އަހަރެން ގަޔަށް ދޫ ހެދުމެއް މަހާލުމަށްފަހު ދޮރު ހުޅުވާލީމެވެ. އެވަގުތު މައިދައިތަ ގެ މޫނުގެ ކުލަވަރު ހުރި ގޮތުން ވެސް ކަމެއް ގޯސް ވެއްޖެކަން އަހަރެންނަށް އެނގުނެވެ. ފުރަތަމަ ވެސް ކޮށްލީ އަމުރެކެވެ. ތިމަންނަގެ ދަރި އެހާ ލަސްވަންދެން ސައި ނުބޮއެއް ނުހުންނާނެޔޯލައެވެ. އަހަރެން އަވަސް އަަވަހަށް ފާޚާނާއަށް ވަދެ ތާޒާ ވެލައިގެން ބަދިގެ އާ ވީ ފަރާތަށް ދިޔައީމެވެ. ދުވަހުގެ ހެނދުނުގެ ނާސްތާ ތައްޔާރުކޮށް ނިމުމުން އަތުވެއްޖެއެވެ. ހުރިހާ ތައްޓެއް ގެ މަތި ހިއްލާ ބަލަމުން ދިޔައީ މަސްތުވާ ތަކެއްޗަށް ފާސްކުރާ ފުލުހެއް ހެންނެވެ.

އަހަރެން ހުރީ ވާއެއް ނުވާއެއް ނޭނގިފައެވެ. މައިދައިތަގެ މި ސިފަތަކެއް އަހަރެންނަށް ދުވަހަކުވެސް ފެނިފައެއް ނުވެއެވެ. އަހަރެންގެ މަންމަ ބުނެ އުޅުނެވެ. ދޮން އައިސަ ގޯތި އަސްމާ އަކީ ނިކަން ޒީލަ ގަދަ އަންހެނެކެވެ. މުޅި ރަށުތެރޭ މީހުންގެ ވާހަކަ ދައްކަމުން ދުވަމުންދާ މީހެކެވެ. އަހަރެން ޤަބޫލެެއް ނުކުރީމެވެ. އަހަރެންނަކީ ބަޔަކު ދައްކާހާ ވާހަކައެއް ހެއްކަކާ ނުލާ ޤަބޫލު ކުރާ މީހެއް ނޫނެވެ. މިއަދު މިއޮތީ ކަނޑޫގަނޑުގެ ހިތި ފިލުވަން ޖެހިފައެވެ.

މުޅި ދުވަސް ހޭދަވީ މައިދައިތަގެ ނުރުހުމުގެ ބަސްތަކާ ހަނގުރާމަ ކުރުމުގައެވެ. އަހަރެންގެ ފިރިމީހާ ގާތުގައިވެސް މި ވާހަކަ ހިއްސާ ކުރީމެވެ. މައިދައިތައަށް ވެގެން އުޅޭ ގޮތަކާ މެދު އަހަރެން ހުރީ ވަރަށް ކަންބޮޑު ވެފައެވެ. ފިރިމީހާގެ ޖަވާބު އަހަރެންގެ ހިތް ނުތަނަވަސް ކަން އިތުރުކުރުވިއެވެ. އަހަރެންގެ ފަރާތުން މަންމަ ހިތް ހަމަ ނުޖެހޭ ކަމެއް ފެންނަނީ ކަންނޭނގެއެވެ. އެހެން ވާނީ ވަކި ކިހިނެތް ހެއްޔެވެ؟ ކައިވެނިކޮށްގެން އަދި އެއް ދުވަސް ނުވެއެވެ.

ދުވަސްތައް ފާއިތު ވަމުން ދިޔަ ވަރަކަށް މައިދައިތަގެ އަސްލު ކުލަވަރު ދިޔައީ ދައްކަމުންނެވެ. އަަހަރެންގެ ފިރިމީހާ އަކީ ކައިރި ރިސޯޓެއްގައި މަސައްކަތް ކުރާ މީހެއް ކަމުން ރަށަށް އަންނަނީ ހަފްތާއަކު ދެ ދުވަހުއެވެ. އެހެންކަމުން ގޭގައި އުޅެނީ އަހަރެންނާ، މައިދައިތަ އެކަންޏެވެ. ދަނޑިވަޅުގެ ބޭނުން މައިދައިތަ ހިފަމުން ދިޔައީ އަހަރެން ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. މައިދައިތަގެ އެކުވެރި އެފުރާ އަންހެނުން ގުޑުގުޑާ ދަމަން އަންނަ މައިޒާނަކަށް ގޭގެ ފެންޑާ ހަަދައިފިއެވެ. މޫޑުގެ ގޮތުން އަހަރެން ބައެއްފަހަރު ވެއިޓަރެއް ހެން މަސައްކަތް ކުރަން ޖައްސައެވެ. އަނެއްބައި ފަހަރު އަންނަ މެހެމާނުން މުނިފޫހި ފިލުވަން ބަހައްޓާފައި ހުންނަ ޖޯކަރަކަށް ހަދައެވެެ. ނުނިކުންނަން ކޮޓަރީގައި އޮތަސް ދޮރު ވެއްޓޭ ވަރަށް ތަޅައެވެ. ބޮލަށް ނުކުޅަދާނަ ވެގެން ނިކުންނަނީއެވެ. މައިދައިތަ ދެކެ އަންނަން ފެށި ރުޅި ފިރިމީހާއަށް ބޭލެން ފަށައިފިއެވެ. މުޅި ދުވާލު މަސައްކަތް ކޮށް އަހަރެންނާ ވާހަކަ ދައްކާލަން ގުޅާ ކޮންމެ ފަހަރަކު އިވެން ފެށީ އަހަރެންގެ ޝަކުވާ ތަކެވެ. މިކަމަކާ ހުރެ ގުޅުން ވެސް މަދު ކޮށްފިއެވެ. އަހަރެމެން ދެމަފިރިންގެ ގުޅުމަކަށް އަސަރު ކުރަމުން ދާ ދިޔުން އަހަރެންނަށް ކަމަކު ނުދިޔައެވެ. އެހެންކަމުން މައިދައިތަގެ ޖެއްސުންތަކަށް ހަނު ނުހުރުމަށް އަޒުމް ކަނޑައެޅީމެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު އަހަރެންގެ ފިރިމީހާ ގެއަށް އައުމުން ދިމާވެގެން އުޅޭ ކަންތައްގަނޑުގެ ވާހަކަ ކިޔައިދިނީމެވެ. ވާހަަކައެއް ބުނަން ހެއްޔެވެ؟ ދަރި ދޮންފުތު ވެގެން އުޅެނީ މައިން އެކަންޏެއް ނޫނެވެ. ފިރިހެން ދަރިންނަށްވެސް އެވެރިންގެ މައިން ވަކި ރަނިންނަށް ވުރެ ދެރައެއް ނުވާނެއެވެ. މައިންގެ ފަރާތުން ގޯހެއް ނުފެންނާނެއެވެ. ގޯސް ވާނީ އަންހެން ކުއްޖާއެވެ. މިކަން އެ ދުވަހު އަހަރެންނަށް ވަރަށް ރަނގަޅަށްވެސް އެނގިއްޖެއެވެ. އެހެންކަމުން ފިރިމީހާގެ ފަރާތުން މިކަމަށް ހައްލެއް ހޯދަން ކުރި މަސައްކަތް ހުއްޓާލީމެވެ. ފޫ ނެތް ފަޔަކަށް ފެންފުރަން ބޭނުން ނުވާތީއެވެ.

އެރޭ ހަތަރުދަމު ވަރަށް ވިސްނުމަށްފަހު ގޮތެއް ނިންމީމެވެ. އަމަލުން އަހަރެންގެ ފިރިމީހާއަށް މައިދައިތަގެ އަސްލު ކުލަވަރު ދައްކާށެވެ. އެ ނޫން ގޮތަކަށް އަހަރެންގެ ބަހެއް މަޔަކާ ދެކޮޅަށް ޤަބޫލެއް ނުކުރާނެއެވެ. ތި ހިންދީ ސިލްސިލާތަށް ބަލާ އުޅެނީ މައިދައިތަ އެކަންޏެއް ނޫނެވެ. އަހަރެންވެސް ތިޔަ ކުމްކުމް އާ ކަސޯޓީ ހިތު ދަހެވެ. ބަހެއް ނުބުނެ ހުންނާތީ މީ ދެރަ މީހެކޭ ހީ ނުކުރާށެވެ. އަހަރެންގެ ހިތުގައި އަނދަމުން ދިޔަ އަލިފާނުގެ ހޫނުން ޖެހިގެން އޮތް ކޮޓަރީގައި އޮތް މައިދައިތަގެ ހިލަ ހިތް ވިރޭނެނަމައެވެ.

ފަތިހުގެ އިރާއެކު އަހަރެން ހުރީ ބަދިގޭގައެވެ. ހެނދުނުގެ ނާސްތާ ތައްޔާރު ކުރީ ދުވަހަކުވެސް ނުކުރާހާ ފުރިމައަށެވެ. މައިދައިތަ މިހާރު އޮންނާނީ ފަތިސް ނަމާދުކުރުމަށްފަހު ނިދަން އޮތް ގޮތަށް ނުހޭލައެވެ. ދަނޑިވަޅުގެ ބޭނުން ހިފާ އާންމުކޮށް މައިދައިތަ ކުރާ ހުރިހާ ކަމެއް ކޮށް ނިންމާލީމެވެ. މައިދައިތަ ތެދުވަންނަ ގަޑިއާ ދިމާކޮށް ފިިރިމީހާއަށް ގޮވާ ތެދުކުރުވީމެވެ. ހެނދުނު ސައިބޮއިގެން ތުނޑިއާވީ ކޮޅަށް ދާށޭ ކިޔާފައެވެ. އަހަރެންގެ އަސްލު މަޤްސަދަކީ އެއީ އެއް ނޫނެވެ.

އެހެން ދުވަސްތަކޭ އެއްގޮތަށް ދޮރުގައި ތަޅާ އަޑު ގޭތެރެއިން އިވިގެން ދާނެއެވެ. ތަފާތަކީ މިއަދު ދޮރުގައި ތަޅަން ހުރީ އަހަރެން ކަމެވެ. ފުސް މޫނާއެކު ނިކުތީ މައިދައިތައެވ.ެ ސައި ތައްޔާރޭ ކިޔާ މާގިނަ ވާހަކަތަކެއް ނުދައްކަ އަހަރެން ހިނގައިގަތީމެވެ. ސިހިފަައި ހުރި މައިދައިތަގެ މޫނުގެ ކުލަވަރުން އަހަރެން ގާތަށް ހިނި ވެސް އައެވެ. އަހަރެންގެ ޕްލޭން ފެށިގެން މިދަޔައީ ހީކުރި ވަރަށް ވުރެ ރަނގަޅަށެވެ.

ސުފުރާ މަތީ މައިދައިތަގެ ވާހަކަ މަދެވެ. އަހަރެންގެ ފިރިމީހާ އެއްޗެކޭ ބުނެފިއްޔާ ނޫނީ ޖަވާބެއް ނުދެއެވެ. ވައްކަޅިން އަހަރެންނާ ދިމާލަށް ބަލަމުން ދިޔަ ކަން އަހަންނަށް މާ ރަނގަޅަަށް ވެސް އެނގެއެވެ. އެއާ ޚިލާފަށް އަހަރެންގެ މޫނުމަތިން މައިދައިތަ އަށް ދައްކަމުންދިޔައީ ހިތްހެޔޮ ހިނިތުންވުން ތަކެވެ. ކައި ނިމުމުން އެންމެ ފުރަތަމަވެސް ބަދިގެއިން ނިކުތީ މައިދައިތައެވެ. އަހަރެންގެ ޕްލޭން އާ ދެކޮޅަށް ކަމެއް ރާވަން ކަން އަހަންނަށް ޔަޤީނެވެ. ނަމަވެސް މިއަދަކު އަހަރެން ފަހެއް ނުޖެހޭނަމެވެ. ފިރިމީހާއަށް އޭނާގެ މައިމީހާގެ ކުލަވަރު ދައްކާފައި ނޫނީ ދުލެއް ނުކުރާނަމެވެ. ލައްކަ ކެތް ކުރެވިއްޖެތާއެވެ. އިނދެގެން އަހަރެންވެސް އައީ ކިހާ ފޮނި ހުވަފެންތަކަކާއެކު ހެއްޔެވެ؟ މައިދައިތަ ދެކެ އަހަރެންވީ އަމިއްލަ މައިމީހާ ދެކެ ވާ ލޯތްބެވެ. މިއަދާ ހަމައަށްވެސް ކުރިމަތީ ޗުއްޕުވެސް ނުބުނަމެވެ. ބުނި ކޮންމެ ކަމެއް ކޮށްދިނީމެވެ. އަހަރެންނަށް މަލާމާތް ކޮށް އަމިއްލަ އެކުވެރިން ކައިރީ ކީ ބައިތުތައް ހަނދާނުން ނުފިލައެވެ. ދެން މިކަން ކުރިއަށް ގެންދެވޭ ކަށް ނެތެވެ. އަހަރެންނަށް މުހިންމީ މައިދައިތަގެ ތަމްސީލުތަކަށް ވުރެ އަހަރެންގެ ކައިވެނީގެ ގުޅުމެވެ. އެ ގުޅުން ހީނަރު ކުރުވާ ކޮންމެ ކަމެއް ހުއްޓުވަން އަހަރެން މި ހުރީ ތައްޔާރަށެވެ. އެއީ މައިދައިތައެއް ކަމަކު ހެވެވެ.

މައިދައިތަގެ މޮޅު ޕްލޭނަށް ވީ އަހަރެންނާ ބެހޭގޮތުން ދޮގުތަކެއް ހަދާ ފިރިމީހާ ގާތު ކުޓުވުމެވެ. އަހަރެންގެ ކަންނެތް ވާހަކައެވެ. މަންމަ އަށް އަޅާނުލާ ވާހަކައެވެ. މަންމަގެ ރަހުމަތްތެރިން ކުރިމަތީ ކަމޭނުހިތާ ވާހަކައެވެ. ހެނދުނު ހޭލަނީ މެންދުރު ވީމަޔޯލައެވެ. އަބަދު ފެންނަނީ ފޯނުގެ އަވާގައި ޖެހި އިންނަ ތަނެވެ. މިހެން ގޮސް އަހަރެންގެ ފަރާތުން ނުފެންނަހާ ކަމެއްގެ ވާހަަކަ ފައްޗަކަށް އަމުނާލައިފިއެވެ.

މައިދައިތގެ ދަރިއަށް ލިބިފައި ހުރީ އެ ސޮރުގެ ބައްޕަގެ އުޅުން ކަމާމެދު އަހަރެން ޝައްކެއް ނުކުރަމެވެ. ރުންކުރު މީހަކާ އަަހަރެން ކަހަލަ ބޯހަރު މީހަކު ކައިވެނި ކުރާނެހެއްޔެވެ؟ މައިދައިތަ ހީކުރީ އޭނާގެ ދަރިފުޅު އަހަރެންނަށް އަހަރެންގެ ހައިސިއްޔަތު ކިޔައިދޭނެކަމަށެވެ. ނަމަވެސް ކަންތައްވީ އެހެންނެއް ނޫނެވެ. ފިރިމީހާގެ އަމިއްލަ ޕްލޭނެއް އޮތީއެވެ. އެއީ އަހަރެންނަށް ވެސް ނޭނގޭ، މައިދައިތަ އަށް ވެސް ނޭނގޭ ޕްލޭނެކެވެ. ބޭރަށް ޖެހިލާށޭ ކިޔާ އޭނާ ނިކުތެވެ. އޭރު މައިދައިތަ އާ އަހަރެން އިނީ ފެންޑާގައެވެ. ދެމީހުންނަށެ ވެސް ނޭނގި އަހަރެންގެ ފިރިމީހާ ގޭގެ އަނެއް ފަރާތުން އައިސް ހުރީ ކަނެއްގައި އަހަރެމެންގެ ވާހަކަ އަޑުއަހާށެވެ.

މައިދައިތަ ގެ މައިތިރި ވެފައިހުރި އަނގަ އަލިފާން ފަރުބަދައެއްހެން ގޮވައިގެން ދިޔައެވެ. ހޫނު ކަނިތަކެއް ފަދަ ބަސްތައް އަހަރެންނާ ދިމާލަށް އަމާޒުވަމުން ދިޔައިރު އަހަރެން ހުރީ ހަނެވެ. ވަރަށް ގަދަ ހަދާލާފައި މަޑުން ނުހުންނާނަމޭ ބުންޏަސް މައިދައިތައަށް އަހަރެން ޤަދަރު ކުރަމެވެ. ކުރިމަތީ އެއްޗެކޭ ކިޔާކަށް އަހަރެންގެ ޒަމީރު ތަނެއް ނުދެއެވެ. އެދުވަހު އެނގިގެން ދިޔައީ އަދި ކުރިން ދުވަހަކުވެސް އެނގިފައި ނުވާ ކަންތަކެކެވެ.

ހުރި ހަމައެކަނި ދަރިފުޅު ކައިވެނިކޮށްގެން ގެނައީ ބޭނުންވާ އާއިލާއެއްގެ ބޭނުންވާ ކުއްޖަކާއެއް ނޫނެވެ. މައިދައިތަ ބޭނުންވީ އެންމެ ގާތް ރަހުމަތްތެރިޔާ ޚަދީޖާ ގެ ހަގު ދަރި ޝުރުފާ އާ އަހަރެންގެ ފިރިމީހާ ކައިވެނި ކުރާށެވެ. ނަމަވެސް ދަރިފުޅު އަމިއްލައަށް ހޮވައިގެން ގެނައި ކުއްޖާއާ މެދު ރުޅިވެރިކަން ދައްކައިފިއްޔާ ދަރީގެ ނުރުހުމާ ކުރިމަތިލާން ޖެހިދާނެތީ އަޅާނުލީއެވެ. ކައިވެނި ކޮށްގެން އައިސް ހުންނާނީ މައިދައިތަގެ ތައްޕާހުގައި ތާއެވެ. ބޭނުން ގޮތެއް ހަދާލެވޭނެއެވެ. މަންމަ ދަނބިދަރިއަށް ރަނގަޅު ވަރު ވަނީ ކުރިން ދަރިފުޅަށް ދައްކާފައެވެ. ދެން އެ މަންޖެ އެއްޗެކޭ ބުންޏެއް ކަމަކު ދަރިއެއް ޤަބޫލެއް ނުކުރާނެއެވެ. ދުވަސް ގަނޑަކަށް ފަހު ނުކުޅަދާނަ ވެގެން އަމިއްލައަށް ވަރިވެގެން ގޮސްދާނެއެވެ. ދަރިފުޅު ދެރަ ވާނެއެވެ. ނަމަވެސް ޝުރުފާ އައިސް ޒަޚަމްތަކުގައި މަލަން އަޅައި ދޭނެއެވެ. އެންމެ ފަހުން ކައިވެނި ކުރެވޭނީ މައިދައިތަ ބޭނުންވާ ކުއްޖާއާއެވެ. އޭރުން މި ސަކަރާތުގެ ބޭނުމެއް ނޯންނާނެއެވެ. އޭރުން ހިތާ އެއްވަރަށް ބޭރު ފުށް ވެސް ހެޔޮ ވާނެއެވެ. ގޯހީ ޖެހުނު ދަނބި ދަރިއެއްްގެ ޒާތުންނެވެ.

މައިދަައިތަގެ ޕްލޭން ވަރަށް ވެސް ފުރިހަމައެވެ. އަހަރެން ހުރީ ބުނާނެ އެއްޗެއްް ނޭނގިފައެވެ. އަނގަ ހުޅުވާ ލައްޕަމުން ދިޔައީ އަރު ތެރޭން އަޑު ނައިސްގެންނެވެ. ހުޅުވާލި އަނގައިން އިވިގެން ދިޔައީ އަހަރެންގެ އަޑެއް ނޫނެވެ. އަހަރެންގެ ފިރިމީހާގެ އަޑެވެ. ގޭތެރެއަށް ވަދެގެން އައި އިރު މޫނުމަތިން ފެންނަމުން ދިޔަ އިހުސާސް ތައް ބައިވަރެވެ. ފިރިމީހާ މާ ގިނަ ވާހަކައެއް ދައްކާކަށް ނުހަދައެވެ. އެންގީ ދެމީހުން ގެއިން ނިކުމެގެން ދާ ވާހަކައެވެ. މަންމަ ކައިރީ އުޅެވެން ނެތް ވާހަކައެވެ. މިހުރިހާ ކަމަކަށްފަހު ވެސް މަންމައާ މެދު ހިތުގައި އެއްވެސް ނުރުހުންތެރިކަމެއް ނެތްވާހަކައެވެ. މަންމަގެ އުޅުން ބަދަލުވާނެކަމުގެ ހެކި ދެއްކި ދުވަހަކުން ގެއަށް އަނބުރާ އަންނާނެ ވާހަކައެވެ. އެނޫން ގޮތަކަށް އަނބިމީހާއަށް މިފަދަ އަނިޔާއެއް ދޭން ބޭނުން ނުވާ ވާހަކަ ބުނެލިއެވެ. އަނބިމީހާގެ މައްޗަށް ވެސް ވާޖިބުތަކެއް ވާކަމާއި އެކަންތަކަށް ފުރަގަސް ދެވެން ނެތް ވާހަކަ އެންގިއެވެ.

ފިރިމީހާގެ ނިންމުމަށް ދެކޮޅު ހެދީ އަހަރެންނެވެ. މައިދައިތަގެ ލޮލުން ވެއްޓުނު ކަރުނައިގެ ސަބަބުންނެވެ. ދިރިއުޅުމުގެ ބޮޑު ބައެއް ހޭދަކުރީ ހުރި ހަމައެކަނި ދަރިފުޅުގެ ހައްގުގައެވެ. ބޭނުންހާ އެއްޗެއް ދީ ދެވުނުހާ ލޯތްބެއް ދީގެން ބަލާ ބޮޑުކުރިއެވެ. އަމިއްލައަށް ލޯބިވެރިއަކު ހޯދާ ކައިވެނީގެ ގޮތުން ގުޅެން ނިންމި ނިންމުމަށް ދެކޮޅު ނުހެދީ ދަރިފުޅުގެ އުފަލަށްޓަކައެވެ. މައިދައިތަގެ އުޅުން އަހަރެންނާ ދޭތެރޭ ކިތަންމެ ގޯސް ވިޔަސް އެކަނި މާ އެކަނި އުޅެން އެ މައިމީހާ ދޫކޮށްލާ ގޮސް އަހަރެންނަަކަށް އުފަލަކު ނޫޅެވޭނެއެވެ. އަހަރެންގެ ފިރިމީހާ އަށް އަދި އަމުދުން ނޫޅެވޭނެއެވެ.

މައިދައިތަ ބޭނުންވި ކުއްޖާއަށް ނުވީތީ އަހަރެން މައާފަށް އެދުނީމެވެ. އެއީ އަހަރެން މައާފަށް އެދެން ޖެހޭ ވަރު ކަމަކަށް ނުވިނަމަސް ކޮންމެވެސް ހިސާބަކުން މައިދައިތަ އާ ދެކޮޅަށް ހިތުގައި އުފެދެން ފެށި ނަފްރަތާމެދު އަހަރެން ލަދުވެތި ވަމެވެ. މައިދަތަގެ އުޅުމަށް އެ ނަފްރަތު ކިތަންމެ ޖާއިޒުވިޔަސް އެއީ އަހަރެންގެ ދެވަނަ މަންމަ ކަމުގައި ހަނދާން ނެތުނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ މަންމަ ދިން އިންޒާރުތައް ހަނދާން ނެތުނީ ކިހިނެއްޔެވެ؟ ކައިވެންޏަށް ފަހު ފިރިމީހާގެ އާއިލާ އަކީ ތިމާގެވެސް އަމިއްލަ އާއިލާއެވެ. ފިރިމީހާގެ މަންމަ އަކީ ތިމާގެ ވެސް މަންމަ އެވެ. އަމިއްލަ ލެޔަށް ކުރާ ޤަދަރު އެމީހުންނަށް ހައްްގެވެ.

މައިދައިތަ އަހަރެންގެ ކިބައިން މައާފަށް އެދުނެވެ. އަހަރެން މަޢާފް ކުރީމެވެ. އަހަރެންނާ މެދު ކަންތައް ކުރެވުނު ގޮތާމެދު ލަދުވެތިވާ ވާހަކަ ބުންޏެވެ. އެހެން ކަންތައް ކުރީ އެންމެ ގާތް އެކުވެރިޔާގެ ބާރުން ކަމުގައިވެސް ބުންޏެވެ. އަހަރެންގެ ފިރިމީހާ އޭނާގެ މަންމަ އަށް މައާފް ކުރިއެވެ. އަދި ދެން އެފަދަ އަމަލެއް ނުފެންނާނެ ކަމަށް އުއްމީދުކުރާ ވާހަކަ ބުނެ މައްސަލަ ނިންމާލިއެވެ.

އަހަރެންގެ ދިރިއުޅުމަށް ދެން އައީ ބަހާރު މޫސުމެކެވެ. މައިދައިތަ އާ އެއްބައިވުމުން ލިބޭ އުފާވެރިކަމަކީ ބަޔާންކުރަން ދަތި އުފަލެކެވެ. ކޮންމެ ކަމެއްގައި އެހީވެއެވެ. އަހަރެންގެ ވާހަކަތައް ހިއްސާ ކުރެވެއެވެ. ގެއަށް ގެނައި ރަހުމަތް ތެރިން މިހާރަކު ނުގެނެއެވެ. ދިރިއުޅުމުގައި ދިމާވެފައި ހުރި މަޖާ ވާހަކަތައް އަހަރެންނަށް ކިޔައިދީ އެ ސަކަރާތުގައި އަހަރެން ބައިވެރި ކުރުވައެވެ. މައިދައިތަގެ މުޅި އުޅުން ބަދަލުވެއްޖެއެވެ. ބަދަލު ނުވަނީ އެންމެ ކަމެކެވެ.

ހެނދުނު ހެނދުނާ ދޮރުގައި ތެޅުމެވެ.

(ނިމުނީ)

    Please log in or register to bookmark.
    45k

    39 ޚިޔާލު

    1. ހީވަނީ ހަމަ ހިންދީ ޑްރާމާއެއްހެން. އެކަމަކުވެސް ވާހަކަ ވަރަށް ރީތި އިނގޭ! ކީޕް އަޕް ދަ ގުޑް ވާރކް.

      68
      2
    2. ގެނެސްދީފަ އިން ގޮތް ވަރަށް ސަޅި. މަފަކީރު 18 އަހަރު މިވަނީ ތިސަކަރާތެއްގަ އުޅޭތާ

      81
      4
    3. ހެނދުނު ނިދަން އޮވެވޭނެ ވަކިން ދިރިއުޅޭ ނަމަ، ފިރިމީހާ ބޮލަށް ޗިޕް ޖަހާފައި.

      50
      5
    4. މިސައިޓުން ފެންނަ ގިނަ ވާހަކަތަކާ ތަފާތު، މަޖާ ރަހައެއް ހުރި ވާހަކައެއް. ވަރަށް ކަމުދިޔަ! ލިޔުންތެރިޔާ އަފުރާއަށް ޝުކުރާއި މުބާރިކުބާދީ! އަފުރާއަށް

      24
      2
    5. ތިފަދަ ހާލަތަކައް ގޮސް ބައެއް މައިދައިތަ މެން ރަގަޅު ވެދޭ ނަމަވެސް މައިދައިތަގެ އަންހެއް ދަރިޔަކު ގޭތެރޭގަ އުޅޭނަމަ އަދި ވަކިން ނުފޫޒު ބޮޑުވާނެ .ކުރިން މުސްކުޅިން ބުނެ އުޅޭ ދޮންމަންމަ ދޮން ނިޔަދުރޭ .އެކަމަކު މިހާރު ދޮންމަންމަ ދޮން ނިޔަދުރޭ ބުނާ އުސޫލުން މައިދައިތަ މެންނަކީ ޙަބަރަށް ވުރެ ހިތި އެއްޗެއް .މަވެސް ތަޖުރިބާކުރަމުން މިގެންދަނީ ތިކަން.

      19
      1
    6. އަހަރުމެން ނަށް ކޮއްދެވޭ ރަގަޅު އެއްވެސް ކަމެއް ނޯވޭ ހަމަ ހުވާ މިބުނީ. އަދި މީހުންގެ ގާތުގަވެސް މުޅިންވެސް އަހަރުމެންގެ ކުއް ދައްކާނީ އެވާހަކަ ތައް އަޑުއިވުނީމަ ހުންނަނީ ބޯގޮވާފަ .އަދި ފިރިހެން ކުއްޖާ އާއި އިނދެގެން ކުއްޖަކު ނުލިބި އަހަރެއް ހާ ދުވަސް ވެއްޖެއްޔާ ދެން ކިޔަން ފައްޓާނީ އޭނަޔަކީ ކުދިން ނުލިބޭ މީހެކޭ އޭނަ އިނީ ހލާކު ވެފައޭ . އޭނަޔަކައް ކުދިންނެއް ނުލިބޭނޭ .މިފަދަ ހަޑިހުތުރު ބަސްތަކަކުން މުޅިދުވަަަސްް ދަނީ އާޙިރުގަ ގޮސް ޑޮކްޓަރަކައް ދައްކާ ދެމީހުން ޓެސްޓު ހައްދާ އިރު މައްސަލަ މިހުންނަނީ އެމީހުންގެ ދަރިފުޅުގެ ގައިގަ .އެންމެ ފަހުން އެމީހުން އަންހެން ކުއްޖާ ދިމާލައް ކިޔުނު ހުރިހާ އެއްޗެއް ރައްދުވަނީ އެމީހުންނައް .އެމީހުން ނަކައް ނޭގެ ކުދިންލިބުމަކީ ވަކި ފަރާތެއްގެ ބާރުގެ ދަށުގަ ވާކަމެއްކަމައް އެފަރާތުގެ ގަޑި ޖެހުމާ އެކު އެކަމެއް ވާނެކަން.

      28
      2
    7. Hadhadha molhey ....magey hitah araa....maves mihiree nikan rangalha madatha eh ge viha Karu budu laafa....adhi ey dhon maadha tha eh...kiha asaugadha vaane....adhives Karui budun Raha nukerey.......

      14
    8. Thee Aharen ge Dhonthe ah ves vegen ulheynu gotheh eyna ge bodaaveri maidhaitha akah nyge hehdhevi faraatheh vaakameh mikahala haalathuga baeh meehun ragalhu anehbaeh meehun ge vaahaak nuvaane dhahkaakaves

      13
      1
    9. މިހާރު އަހަރެން މިހުރީ އަހަންނަށް މުސްތަގުބަލުގައި ލިބޭނީ ކޮން ކަހަލަ މައިދައިތައެއް ބާއޭ ހިތަށް އަރާފަ. މި ވާހަކަ މަޖާ ، ރީތި އަދި އިބުރައިއްތެރި. 😍

      16
    10. ވަރަށް އަދަބީ ގޮތުން ވަރަށް ރަނގަޅު "ފަރިފަރި ނަޔާ" ވާހަކައެއް!!

    11. ވަރަށް އަދަބީ ގޮތުން ރަނގަޅު "ފަރިފަރި ނަޔާ" ވާހަކައެއް!!

    12. ވަރަށް ރީތި މި ވާހަކައެއް ❤️.. އަހަރެން އެބަ ހިތަށް އަރާ އަހަންނަށް މުސްތަގުބަލުގަ ލިބޭނީ ކޮން ކަހަލަ މައިދާތައެއް ކަން... އިންޝާ ﷲ... އަހަރެންނައް ލިބޭނީ ރަނގަޅު މަންމަ އެއް..

      13
      1
    13. ނިއިންނާނަން މީހަކާ. ސިންގަލްކޮށް ހުންނަން ބޭނުމީ

      5
      2
    14. ޢަސްލު ކޮންމެ ކޮންމެ މައިދައިތަ އަކު ގޯހެއްނުވާނެ. ޑޯންޓް ޢަންޑަރެސްޓިމޭޓް ދަ ޕަވާ އޮފް މައިދައިތަ💜ސަމް އޮފް ދެމް އާ ގުޑް އެންޑް ސަމް އޮފް ދެމް އާ ބޭޑް ނޮޓް އެވްރިވަން 💜
      ނޯވަން އިޒް ޕާފެކްޓް🥺

      6
      1
    15. ވ ރީތި ވާހަކަ އެއް 💖💖💖💖💖💖💖💖

    16. ނައިސް⁦❤️⁩⁦❤️⁩ އައި ވަންޑާރ، އަހަންނަށް ލިބޭނީ ކޮންކަހަލަ މައިދައިތަ އެއްތޯ 😆😆 ހޯޕް އިޓްސް ދަ ފަސްޓް😂😂 އެންޑް ހޯޕް އޯލް ގެޓް ރަނގަޅު މައިދައިތައިން 😊😊 އެން އިފް އެނީވަން ގެޓް 2 ، 3 އޯރ 4 ހޯޕް ދަ މައިދައިތަ ވިލް ލާރން އަ ލެސަން ފްރޮމް ޔޫ 😘😘

    17. އަހަރެން ހުންނަނީ ފަހު ވައްތަރުގެ މައިދައިތައެއް

    18. މަގެއައް 18 ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެއް .ުުެެެުުެެުުެެެުުެުުެެެުުުެެެުުެެުުެެެުުެުުެ ނުވޭ އަދި

    19. ޙަޤީގަތުގައި ފުރަތަަމަ ކޮންމެ މީހެއްގެ ހަގީގަތް ހޯދަން ޖެހޭ

    ޚިޔާލު

    Your email address will not be published. Required fields are marked *

    Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
    Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy