ރެޑް – 5

"ސަރ.. ހަމަ ކޮންމެހެން ޖެހޭތަ ޕާރޓީއަށް ދާން؟” ވީރާ ފަހަތުން އައިސް އަކުރަމްއާ ހަމަކުރިއެވެ.

“ޔެސް. މިއޮފީހުގަ މަސައްކަތް ކުރަންޏާ ޖެހޭނެ ދާން.” އަކުރަމް އެހެން ބުނެލުމުން ވީރާ އައިކޮޅަށް ހިނގައިގަތީ އިތުރަށް ބުނެވޭނެ އެއްޗެއް ނެތީމައެވެ. އަކުރަމް ހިނިގަނޑު މަތަކުރުމަށް އަނގަމަތީގައި އަތް އަޅަމުން އޭނާގެ ކެބިންއަށް ވަނެވެ.

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

އަނެއް ދުވަހުގެ މެންދުރު ވަގުތު ޖެހުމުން އަކުމަލް ވީރާ ކޮބައިތޯ ބަލާލުމަށް އޭނާގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލިއެވެ. ބޭބެގެ އެދުމުގެ މަތިން އަކުމަލް އެއުޅެނީ ވީރާ ގޮވައިގެން ޕޫލް ޕާޓީއަށް ދާށެވެ. ވީރާއާއިއެކު ވަގުތު ހޭދަކުރުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އަކުމަލް ކުރާނެއެވެ. ވީރާއާއި ގާތުގައި ވުމަކީ އަކުމަލް ނުހަނު ބޭނުންވާ ކަމެކެވެ. ދެތިން ފަހަރަކު ދޮރުގައި ޓަކި ޖަހާލުމުން ދޮރު ހުޅުވިގެން ދިޔައެވެ. ލޯ އުނގުޅާލަމުން ވީރާ ދޮރުން ބޯ ދިއްކޮށްލިއެވެ. ބަންދު ދުވަހެއްކަމުން ވީރާއަށް މިއަދު މާ ގަދައަށް ނިދުނީއެވެ.

"ގަޑިން ކިހާއިރެއްތަ؟" އޭނާގެ ހޭވިފައި އޮތް ފަށުވި އިސްތަށިގަނޑު އެއްކޮށްލާ ހުޅިއެއް ޖަހާލަމުން ވީރާ އަހާލިއެވެ. ވީރާގެ އަޑުގައި ނިދީގެ އަސަރު ހުރުމުން އެއަޑު އަކުމަލްގެ ހިއްސުތައް ހޭލައްވާލިއެވެ.

"ބާރަ ޖެހީ.. ވީރާ ނުތެދުވިމަ މިގޮވީ.." އަކުމަލް ބުނެލިއެވެ. އޭނާ ވީރާއާއި ދިމާލަށް މަސްތީ ނަޒަރަކުން ބަލާތީ ވީރާ ކެއްސާލިއެވެ. ބަންދު ދުވަހެއް ވީމާ އަވަހަށް ނުތެދުވީކަމަށް ވީރާ ބުނެލިއެވެ. ހަގީގަތަކީ ވީރާ އަކުމަލްއާއިއެކު ވަގުތު ހޭދަކުރަން ފަށައިފި ނަމަ އޭނާގެ ހިތްވެސް އަކުމަލްއަށް ލެނބިދާނެކަމަށް ވީރާއަަށް ބިރުހީވުމެވެ. ފުރަތަމަ ދުވަހުން ފެށިގެންވެސް ވީރާއަށް އަކުމަލް ކަމުގޮސްފައިވާއިރު އޭނާއާއި އެކު ގިނަ ވަގުތު ހޭދަ ކުރުމުން ވީރާގެ ހިތުގައި ވާ ޖަޒުބާތުތައް ބަންޑުންވެދާނެތީ ވީރާ ޖެހިލުންވެއެވެ.

"ޕާޓީއަށް ނުދަނީތަ؟" ހަމަ ހިމޭންކަން ފޫއަޅުވާލަމުން އަކުމަލް ވާހަކަ ދެއްކިއެވެ.

"އޯހ ނޯ.. ޕާޓީ މަތިން ހަނދާނެއްވެސް ނެތް. ކޮން ކަހަލަ ހެދުމެއްތަ ލާން ޖެހެނީ؟ އައި ހެވް ނެވާ ބީން ޓު އަ ޕޫލް ޕާރޓީ.." ވީރާ ދުވަހަކުވެސް ޕޫލް ޕާޓީއަކަށް ނުދާ ވާހަކަ ބުނުމުން އަކުމަލް ހީނލިއެވެ. އަދި ވީރާ ގާތު މަޑުކޮށްލުމަށް ބުނެ އަކުމަލް އޭނާގެ ކޮޓަރިއަށް ވަނެވެ. ކުޑައިރުކޮޅެއް ތެރޭގައި އޭނާ ނިކުތްއިރު އަތުގައި ކޮތަޅެއް އޮތެވެ.

"ދިސް އިޒް ފޯ ޔޫ." އެކޮތަޅު ވީރާއަށް ދިއްކޮށްލަމުން އަކުމަލް ބުނެލިއެވެ. ވީރާ ޝައުގުވެރިކަމާއެކު އެ ކޮތަޅުގެ އެތެރެ ބަލާލި އިރު އޭގައި އޮތީ މަޑު ރީނދޫ ކުލައިގެ ކުރު ހެދުމަކާއި އެއާއި ގުޅޭ ތިރި ފައިވާނެކެވެ. ވީރާ ހިނިތުންވެލަމުން ޝުކުރު އަދާކުރުމުން އަކުމަލް ހިތްހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށްލިއެވެ.

"ގެޓް ރެޑީ. އަހަރެންވެސް މި ނިކުންނަނީ ރެޑީ ވެލައިގެން.." އަކުމަލް އޭނާގެ ކޮޓަރިއަށް ވަނުމުން ވީރާވެސް ދޮރު ލައްޕާލުމަށްފަހު ފާހާނާއަށްވަނެވެ. ވީރާ ތައްޔާރުވެގެން ނިކުތްއިރު އަކުމަލް ހުރީ ސިޓިންގ ރޫމުގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ވީރާ އަންނަތަން ފެނުމުން އަކުމަލް ހުއްޓުނެވެ. ކޮންމެ ފަހަރަކުވެސް ވީރާ ފެނުމުން އޭނާއަށް ވަނީ އެހެންނެވެ. އެރީތިކަމަށް ތައުރީފު ނުކުރާ ވަރެއް ނޫނެވެ. ކަކުލާއި ހަމައަށް އަންނަ ހެދުން ލައިގެން ހުރި އިރު ވީރާ ހުރީ ލުއި މޭކަޕެއް ކޮށްފައެވެ. ބޮލުގައި ރީތި ގޮތަކަށް ހުޅިއެއް ޖަހާފައިވާއިރު ކުރު އިސްތަށިތައް މޫނުގެ ދެފަރާތުން ދޫކޮށްލެވިފައި ހުއްޓެވެ. ވީރާ ކައިރިއަށް އައި ވަރަކަށް އަކުމަލްގެ ނޭވާ އަވަސް ވަމުންދިޔައެވެ.

"ހިނގާ ދާން." ވީރާ އަވަސް އަރުވާލާފައި ހުރިތަން ފެނުމުން އަކުމަލް ބޯ ކަހާލަމުން އޭނާގެ ފަހަތުން ދިޔައެވެ.

ވީރާއާއި އަކުމަލް ޓެރަހަށް އެރީ އެކުއެކީގައެވެ. އެތަނުގައި ފުދޭވަރަކަށް ބޮޑު ސުވިމިން ޕޫލެއް އޮތެވެ. އަދި ގިނަ އަދަދަކަށް ސަން ބެޑުވެސް ހުއްޓެވެ. އެއްފަރާތުގައި ބަހައްޓާފައި ހުރި މޭޒު މަތީގައި ތަފާތު ވައްތަރުގެ ބުއިންތަކާއި ލުއި ކާނާ ބަހައްޓާފައި ހުއްޓެވެ. އޭރުވެސް ބައެއް މީހުން ތިބީ ޕޫލަށް އެރިގެންނެވެ. އަކުމަލްމެން އައިތަން ފެނުމުން އަކުރަމް އެމީހުންގެ ގާތަށް ދިޔައެވެ. ހަމަ އެވަގުތު އެމާ ވީރާއަށް ގޮވާލުމުން އޭނާ އެދިމާލަށް ދިޔައެވެ.

"މޭން. ވީރާ އެކުއްޖާއާ ހާދަ ވައްތަރޭ... އެކަމަކު ހަމަ އަހާލާއިރަށް އެބަ ބުނޭ ނޫނެކޯ.. ދިމައެއް ނުވެޔޯ. އެރޭގެ ފަހުން އެކުއްޖާ މަށަށް ފެނޭތޯ އެކުލަބަށްވެސް ކޮންމެ ރެޔަކު ދިޔައިން. ޕްރައިވެޓް އިންވެސްޓިގޭޓާރއެއްވެސް ހޯދިން." އަކުރަމް އޭނާގެ ކޮއްކޮއާއި ވާހަކަ ދެއްކިއެވެ.

"މަށަކަށް ހިޔެއްނުވެ ވީރާ އެއީ ތިބުނާ ކުއްޖާ ހެނެއް. ބިކޯޒް.. އެއީ އެކުއްޖާ ނަމަ ދޮންބެ ކުރިމަތީގަ އެހާ ނޯމަލްކޮށް ބިހޭވް ނުކުރެވޭނެ." ވިސްނާލަމުން އަކުމަލް ބުނެލިއެވެ.

"އައި ތިންކް ޔޫ އާރ ރައިޓް. ދެން އެކަމާ ނުވިސްނަ ޕާރޓީ އެންޖޯއި ކުރަމާ." އަކުރަމް ލައިގެން ހުރި ގަމީސް ބޭލިއެވެ. އަދި ދުވެފައި ގޮސް ޕޫލަށް ފުންމާލިއެވެ. އެއާއިއެކު އެތަނުގައި ތިބި އަންހެން ކުދިންގެ އަޑު ގަދަވެގެންދިޔައެވެ. ފީނާލުމަށްފަހު އަކުރަމް ތެދުވިތަން ވީރާ ބަލަން ހުރީ ޖެހި ބުދެއް ފަދައިންނެވެ. އެއީ އަކުރަމްގެ ކަނދުރާއަށްވުރެ ތަންކޮޅެއް ތިރީގައިވާ ޓެޓޫ ވީރާއަށް ފެނުމުންނެވެ. ލޯ ކުޑަކޮށްލުމަށްފަހު ވީރާ އަކުރަމްގެ ބުރަކަށީގައިވާ ޓެޓޫއަށް ބަލާލީ ގަބޫލުކުރަން ދަތިވެފައި ހުރެގެންނެވެ. އަކުރަމްގެ ބުރަކަށީގައި އެވަނީ މީގެ ހަތަރު އަހަރު ކުރިން ވީރާއަށް ފެނުނު ނަގިލި ޓެޓޫއެވެ.

"ޔޫ އޯކޭ، ސްވިޓީ؟" ވީރާ ޖޫސްތަށި ހިފަހައްޓައިގެން ހުރި އަތް ތުރުތުރުލާން ފެށުމުން އެމާ އޭނާގެ ކޮނޑުގައި ހިފާލިއެވެ. ބޯޖަހާލަމުން ވީރާ އެތަނުން ދުރަށް ހިނގައިގަތީ އެމީހުންނާ އެކަހެރި ވެލުމަށެވެ. ސިކުނޑިއަށް ބަރުވެފައި ވުމުން ވީރާ އޭނާގެ ނިތްކުރީގައި ފިރުމާލިއެވެ. ހަތަރު އަހަރުވީ މާޒީ މިފަދަ ގޮތަކަށް އޭނާއާއިި ކުރިމަތި ލާފާނެކަމަށް އޭނާ އުންމީދެއް ނުކުރެއެވެ.

(ނުނިމޭ)

Please log in or register to bookmark.
3k

2 ޚިޔާލު

ޚިޔާލު

Your email address will not be published.