އެންމެނަށް އަހަރެން ފެންނާނީ އަބަދުވެސް އުފާވެރި މޫނަކާއިގެންވެ. އަބަދު އަހަރެން އުފާވެފާ ހުންނާތީ ސުވާލުކުރެއެވެ. އަބަދު ތިހާ ހިނިއައިއްސަ ހައިޕާ ވެފައި ތި ހުންނަނީ ކިހިނެއްހެއްޔޭ؟ މީ އާއްމުކޮށް އަހަންނަށް އޮފީހުގައި އުޅޭ އެކުވެރިން ކުރާ ސުވާލެކެވެ. އަހަރެން ހިނިގަނޑަކުން ނުވަތަ ޖޯކަކުން ޖަވާބުދީ ނިންމާލަމެވެ. އަހަރެންގެ ހިނިތުންވެފައިވާ މޫނާއި މޭކަޕްކޮށް ކުލަ ޖައްސާފައިވާ އަހަރެންގެ ދިރުމެއް ނެތް މޫނުގެ ހަޤީގަތް އެނގޭ މީހަކު ނުހުންނާއެވެ. ހަމަ ރަނގަޅަށްވެސް އަހަންކީ އެންމެން ބުނާ ފަދައިން ޑްރާމާ ކުއީނެވެ.
އަހަރެންގެ ވާހަކަ ފަށަމާ ހިނގާށެވެ. އަހަރެންނަކީ ބޮޑު އާއިލާ އަކަށް އުފަން މީހަކީމެވެ. ހަނދާން ހުންނަން ފެށީންސުރެ އަހަރެންގެ މަންމަ އާ ބައްޕަ ވަނީ ވަކިވެފައެވެ. އަހަރެން އުޅެމުން އައީ ބައްޕަ ކައިރީގައެވެ. އަތުގައި އޮންނަނީ އެންމެ ހެދުމެކެވެ. ބަނޑުހައި ވެގެން ހާންތީ އަރާ އިރުވެސް ކާ އެކިކޮޅެއް ދޭނެ މީހަކު ނުހުރެއެވެ. ސްކޫލުގައި ވެސް އަހަންނަކީ ބާކީ ވެފައި ހުންނަ ކުށަޖަކީމެވެ. އިންޓަވަލް ގަޑީގައި ހުރިހާ ކުދިން ކާއިރު އަހަރެން ހުންނަން ޖެހެނީ ބަލަންށެވެ. ސްކޫލް ނިމޭ ވަގުތު ބެލެނިވެރިއަކާއި އެއްކޮށް ނޫން ގޮތަކަށް ގެޔަށް ނުދެވެއެވެ. އަހަރެން ކިތަންމެ ގިނަ އިރަކު މަޑު ކުރިޔަސް އަހަރެން ބަލާ އެންނާނެމީހަކު ނުހުންނާނެ ކަން އިނގޭތީ މުދައްރިސަށް ވަގަށް ފިލައިގެން ދަނީއެވެ. މިގޮތުގައި ދުވަސް ގަނޑެއް ހޭދަ ކުރަނިކޮށް މަންމަ އަހަރެން ގެންދިޔައެވެ.
އަހަރެން ހީކުރީ އުފާވެރި ދުވަސްތަކެއް އަންހަނަށް ވެސް ލިބުނީއެވެ. ނަމަވެސް ކަން ދިމާވީ ހީކުރި ގޮތަކަށް ނޫނެވެ. މަންމަގެ ނުރުހުމުގެ ބަސްތައް އަހަންނަށް އަމާޒު ވާން ފެށިއެވެ. ބައްޕަ ދެކެ އަންނަ ރުޅި އަހަންނަށް ބާލަން ފެށިއެވެ. ރަނގަޅަށް ކުރެވޭ އެއްވެސް ކަމެއް ނޯވެއެވެ. ގޭން ބޭރަށް ލާފައި ހުންނަ ދުވަސްތައް ގިނަވިއެވެ. ހައި ހޫނު ކަމުގައި ކޮޓަރިން ބޭރުގައި އައްޓެއްގައި ނިދަން ޖެހޭ ރޭތަށް ގިނަވިއެވެ. ކިތަންމެ ބޯކޮށް ވާރޭ ވެހި ފިނި ވިޔަސް ގައިގާާ އަޅާލާނެ ރަޖާ ގަނޑެއް އަދި ބޯއަޅާލާނެ ބާލީހެއް އަހަންނަކަށް ނުލިބެއެވެ. އަހަރެން އަމިއްލަ ނަފްސު ދެކެ ރުޅި އަންނަން ފެށިއެވެ. ކުރާނީ ކީއްހެއެވެ. އެހީއެއް ވެދޭނެ މީހަކު ނެތެވެ. މިހެން އުޅެނިކޮށް ދޮންބައްޕަގެ ޖިންސީ ޝިކާރައަށް އަހަރެންވިއެވެ. އަހަރެން މިވާހަކަ އާއިލާ އާ ހިއްސާ ކުރުމުން މިވާހަކަ ޤަބޫލު ކުރާނެ މީހަކު ނެތެވެ. އެންމެވެސް ބުނީ އަހަރެން ގެއިން ނުކުންނަން ހެދި ދޮގެއް ކަމަށެވެ.
އަހަރެން އަނެއްކާވެސް ބައްޕަ ގެޔަށް ބަދަލުވީމެވެ. ބައްޕަގެ ފަރާތުން ލޯތްބެއް އޯގާތެރި ކަމެއް ނެތަސް އަހަންނަސް މި ގޮތް ރަނގަޅުވީއެވެ. އަހަރެން ބޮޑު ވަމުން މިހާލުގައެވެ. ކާނެ އެއްޗެއް ލިބޭނީ ހިތައް އެރީ އާއެވެ. ހެޔޮ ހިތުން އަނގައި ބުނާ މީހަކު ނުހުރެއެވެ. ބޭނުން ކުރާނެ ޕްޑެއް ނުލިބިގެން ސްކޫލް ފާހަނައިގެ ޑަސްބިން ހާވައިގެން އުކާލާފައި ހުންނަ ޕެޑް ބޭނުން ކުރީމެވެ. އަހަރެއް ކިޔެވީ އޯލެވެލް އާ ހަމައަށެވެ. ނަތީޖާ ނުލިބެނީސް ވަޒީފާ އަކަށް ދާން ފެށިމެވެ. ކެފޭއެއްގެ ވެއިޓްރެސް އަކަށެވެ. ކިތަންމެ ދަށް ވަޒީފާ އެއް ނަމަވެސް އަހަރެން ބޭނުންވީ އަމިއްލަ އަށް ހަރަދުކޮށްގެން އުޅޭށެވެ. އުމުރުން 15 އަހަރުން ފެށިގެން އެކި އެކި ވަޒިފާތައް އަދާ ކުރިމެވެ. މިއަދު އަހަންނަކީ ސަރުކާރު ވަޒިފާ އެއް އަދާ ކުރަމުން އަންނަ ތުއްތު ކުއްޖެއްގެ މަންމައެކެވެ. އިރާދަކުރެއްވިއްޔާ އަހަރެން ހޭދަ ކުރަން ޖެހުނު ހިއްތަދިކަމެއް އަހަރެންގެ ތުއްތު ދަރިފުޅު ހޭދަ ކުރާކަށް ނުޖެހޭނެއެވެ. މިއަދުވެސް އަހަރެންގެ މާޒީ އަހަންނަށް އުނދަގު ކުރެއެވެ. އެތަށް ރެޔަކު އަދިވެސް ރޯން އޮންނަމެވެ. ރޭވެސް ހޭދަވި އެގޮތުގައެވެ. އެކަމަކު އަހަރެންގެ މޫނަކުން އެކަމެއް އަކަކަށް ވެސް ނުފެންނާނެއެވެ. އަހަންނަކީ ޑްރާމާ ކުއީން.
(ނިމުނީ)
މިއައް ވެސް ކިއަންވީ ވާހަކަ އޭ ތަ .. ހައިރާން ހީވޭ.. މި ޕެސެޖް އެއްނޫތަ.. އައި ކިއު ގެ .. ވާހަކަ އަކައް ވަރަށް އިންތިޒާރު ކުރަން ..ހީ އިސް ދި ބެސްޓް
💜👍
ޥަރައް ރީތި
ޥަރައް ރީތި މި ވާހަކަ😘