ފިލި ކުއްޖާ

ނޫސްތަކުން އަބަދުވެސް ފެންނަނީ ފުރާވަރުގެ އަންހެންކުއްޖެއް ފިލައިގެން އުޅޭ ވާހަކައެވެ. ފުލުހުން އެކަން އާންމުންގެ ސަމާލުކަމަށް ގެނަައިމާ އެންމެން ދެން ހޭވައްޓާލާފައި ދައްކާނީ އެވާހަކައެވެ. މިއީ މިމަހު އާއިލާއަށް ފިލައިގެން އުޅޭކަމަށް ބުނެ ފުލުހުން އިއުލާންކުރި ފުރާވަރުގެ އަންހެން ކުއްޖެއްގެ ވާހަކައެވެ. އޭނާގެ އުމުރުން 17 އަހަރެވެ. "ފިލައިގެން" އުޅޭ ހުރިހާ ކުދިންނެކޭ އެއްފަދައިން އޭނާގެ އާއިލާއަށް ފެނިއްޖެއެވެ. އެކަމަކު އެހެން ހުރިހާ ކުދިންނެކޭ ޚިލާފަށް އޭނާ، އޭނާގެ ވާހަކަ އެންމެނަށް ކިޔައިދީފިއެވެ.

*******

އަހަރެންގެ އުމުރުން ފަސް އަހަރުގައި އަހަރެންގެ މަންމަ ނިޔާވިއެވެ. އެއަށް ފަހު ދިރިއުޅެމުން އައީ ބައްޕަ އާއި ދޮންމަންމަ އާއި އެކު އެވެ. އެންމެ ކުޑައިރުއްސުރެ ކޮންމެ ދުވަހަކު އަހަރެމެންގެ ގެއަށް ފުލުހުން އާދެއެވެ. އެއީ އަހަރެންގެ ބެލެނިވެރިންނާއި އެމީހުންގެ އާއިލާގެ މެދުގައި ހިނގާ ތަޅާފޮޅުން ހުއްޓުވުމަށެވެ. އަހަރެން ބޮޑުވަމުން އައީ ހަމަނުޖެހުން ބޮޑު އާއިލާއެއްގެ ތެރޭގައެވެ. އަހަރެން ގްރޭޑް 1 އިން ފެށިގެން 10 އާއި ހަމައަށް ކިޔެވީ އަހަރެންގެ ދޮންމަންމަ ކައިރީ ހުރެއެވެ. ދޮން މަންމަވެސް އުޅެން ޖެހުނީ ވަރަށް ދަތިހާލުގައެވެ. އަހަރެންގެ ހަޔާތުގައި އައި ކޮންމެ ދުވަހަކީ އަހަރެންނާއި ދިމާއަށް ކިޔާ އެއްޗެއްސާއި ކުރިމަތީގައި ހިނގަމުން ދިޔަ އަނިޔާވެރި އަމަލުތަކުގެ ސަބަބުން އަހަރެންނަށް އައި ވަރަށް ހިތާމަވެރި ދުވަސްތަކެކެވެ.

މީގެ ދެއަހަރު ކުރިން ބައްޕަ އިތުރު މީހަކާއި ކައިވެނި ކުރަން ދޮންމަންމަ ވަރި ކުރި ފަހުން އަހަރެންގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދިޔައީ ބައްޕަ އެވެ. އޭރު އަހަރެން އުޅުނީ ގްރޭޑް ދިހައެއްގައެވެ. ކިޔެވުމަށް އެންމެ މުހިންމު އަހަރުވެސް ކޮންމެ ދުވަހަކީ އެ ބައްޕަގެ ތަފާތު އަނިޔާތަކާއި ކުރިމަތިލާން ޖެހުނު އަހަރަކަށް ވިއެެވެ. އަހަރެން އުޅެންޖެހުނީ އަނިޔާއާއި، ހަޅޭއްލެވުމާއި، މާރާމާރީއާއި، ފޮށުމާއި އަދި އާއިލާ ތެރޭގެ ތަޅާފޮޅުމުގައެވެ. ބައްޕަ އާއިލާގެ މީހެއްގެ ދަރިއެއްގަޔަށް ވަޅިހެރީ އަހަރެންގެ ކުރިމަތީގައެވެ. އަނެއްކާވެސް ފުލުހުންގެ ވެހިކަލް ގެއަށް އައުންވީ އާންމުކަމަކަށެވެ. އެ ދެ އަހަރު އަހަރެން ދިޔައީ އެތެރެއިން މަރުވަމުންނެވެ. މަންމަ އެއް ހުރި ނަމަ ހާދަ ރަނގަޅޭ އަހަރެންގެ ހިތައް ކޮންމެ ދުވަހަކު ވެސް އަރައެވެ. ހަމަގައިމުވެސް މަންމަ ހުރިނަމަ މިކަމުން އަހަރެން ސަލާމަތް ވާނެއޭ ހިތަށްއަރައެވެ.

އާދައިގެމަތިން ގޭތެރޭގައި ހިނގާދިޔަ މާރާމާރީއަކަށް ފަހު އެކަމުން ސަލާމަތްވާން ވެގެން ފުލުހުންގެ މަރުކަޒަށް ދިޔައީ އަހަރެން އެކަންޏެވެ. ފުލުހުންގެ އެފްސީޕީޑީ (ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް) އަށް ގޮސް ގޭތެރޭގައި ވަމުން އައިކަންތައްތައް ފުލުހުންނަށް އަހަރެން ކިޔައިދިނީމވެ. އެފްސީޕީޑީގެ ފުލުހުން އަހަރެންގެ ބައްޕަ އާއި ވާހަކަދައްކައިގެން މައްސަލަ ހައްލު ކުރަން މަސައްކަތް ކުރިއެވެ. ނަމަވެސް އެއްވެސް ކަމެއް ނުވިއެވެ. ބައްޕަ ހުރީ ބައްޕަގެ ގޮތުގައެވެ. އޭނާގެ ދެކޭގޮތުގައި އެއީ އެންމެ ރަނގަޅު މީހާއެވެ. އެއްވެސް ކުށެއް ނުކުރެވޭ މީހެކެވެ. ފުލުހުން އަހަރެން ހަވާލު ކުރީ ޖެންޑާ މިނިސްޓްރީ އާއި އެވެ. މިނިސްޓްރީ އިން އަނެއްކާވެސް އަހަރެން ގެއަށް ގެންދިޔައެވެ. ގެއަށް ދިޔުމާއެކު އަހަރެންނާއި ކުރިމަތިވަމުން ދިޔަ އަނިޔާ ކުރިޔަށްވުރެ އިތުރުވިއެވެ. ކޮންމެ ދުވަހަކު ކޮންމެ ދުވަހަކު އެ ހަޅޭއްލެވުމާއި އަނިޔާއާއި އަދި އެވަރުން ނުވެގެން އެހެން މީހުންގެ ކުރިމަތީގައި އަހަރެން ބޭޒާރުކުރުންވީ ބައްޕަގެ އާދައަކަށެވެ. އެއީ އަހަރެންގެ ބައްޕައެވެ. ކަން ކޮންމެ ގޮތަކަށް ހުރިކަމުގައި ވިޔަސް ބައްޕަދެކެ އަހަރެން ލޯބިވަމެވެ.

އެއަށް ފަހު ވެސް އަހަރެންނާއި ކުރިމަތިވަމުން ދިޔަ ކަންތައްތަކަށް ހައްލެއް ނައުމުން އަނެއްކާވެސް ފުލުހުނަށް ގުޅާ އަހަރެން އަމިއްލަ އަށް މަރުވާނެ ކަމަށް ބުނީމެވެ. އެމީހުން ކައިރި އަހަރެން ސަލާމަތްކޮށްދިނުމަށް އެދި އާދޭސް ކުރީމެވެ. ނަމަވެސް މިކަން ހައްލުކޮށްދެން އެމީހުނެއް ނައެވެ. އާއިލާގެ އެކަކުވެސް އަހަރެންނަށް އެހީއެއް ނުވިއެވެ. އެންމެން ތިބެނީ ބައްޕަދެކެ ބިރުންނެވެ. އޭގެ ދުވަސްތަކެއް ފަހުން ފުލުހުން އަހަރެން ގެންދިޔައީ ކުޑަކުދިންގެ ހިޔާއަށެވެ. އައިލާގައި އަހަރެންނަށް އަޅާލާނެ އެކަކުވެސް ނެތީއެވެ. އެހެން ނޫންނަމަ ކުދިން ބަލަހައްޓާތަނަކަށް އަހަރެން ގެންދަން ޖެހޭނެ ދުވަހެއް ނާންނާނެއެވެ. އެދުވަހު މަންމަ މަތިން ވަރަށް ހަނދާންވިއެވެ. ވަރަށް ދެރަވެ ރުއީމެވެ. ކުޑަކުދިންގެ ހިޔާގައި ހަފްތާއަކު ބެހެއްޓުމަށް ފަހު އަހަރެން ސަލާމަތްކުރީ އަހަރެންގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ. އެއީ އަހަރެންނަށް އެހީތެރިކަމެއް ފޯރުކޮށްދިނުން އެދި ރޮއެ އާދޭސް ކުރަން ފެށުމުންނެވެ. ބޭބެ ފުލުހަށް ގޮސް އަހަރެންނަށް ބޯހިޔާވަހިކަންދީ އަހަރެންގެ ބެލެނިވެރިޔަކަށް ވާނެކަމަށް ބުންޏެވެ. އަދި ރަސްމީކޮށް އަހަރެންގެ ބެލެނިވެރިއަކީ ބޭބެ ކަމުގައި ހަމަޖެހި އަހަރެންނަށް އިތުރަށް މިކަމުގައި ތަހައްމަލް ކުރަން ނުޖެހޭނެކަމަށް ބޭބެ އަހަރެން ގާތުގައި ވަޢުދުވިއެވެ.

މިއީ އަހަރެންގެ ލޯބިވާ ބައްޕައަށް ހަޖަމުނުވި ހިސާބެވެ. އެ ބައްޕަގެ އަނިޔާވެރި ވަކިތަކުން އަހަރެން ސަލާމަތްވެ އަހަރެންނަށް ހިމާޔަތެއް ލިބުން އެއީ އޭނާއަށް ކެތް ނުވިކަމެކެވެ. އަހަރެން އާއިލާއަށް ފިލައިގެން އުޅޭކަމަށް ފުލުހުންނަށް ރިޕޯޓްކޮށް އަހަރެންގެ ފޮޓޯ އާންމު ކުރީ ބައްޕައެވެ. އެއީ ބޭބެ އަހަރެން ބެލެހެއްޓުމާއި ހަވާލުވުމުން އަަހަރެންގެ އަގު ވައްޓާލުމުގެ ގޮތުން ބައްޕަ ކުރި ކަމެއްކަން އަހަރެންނަށް އެނގެއެވެ. އަދި އަހަރެންގެ އެތައް ވާހަކަތަކެއް ދޮގުހަދައިގެންވެސް ބައްޕަ ދިޔައީ ދައްކަމުންނެވެ.

ދެން ދިމާވީ މުޖުތަމައުގެ ގަނާއެވެ. އެންމެނަށް އަހަރެންގެ ފޮޓޯ ފެނުނެވެ. ހުރިހާ ނޫހެއްގައި އެވާހަކަ ޖެހުނެވެ. އެހުރިހާ ޚަބަރުތަކެއް ގޭގައި އޮވެ ރޮމުން އަހަރެން ކީމެވެ. ބޭރަށް ނިކުންނަން ބިރުގަތެވެ. މީހުންގެ މަލާމާތާއި ކޮމެންޓްތައް ކިޔުނެވެ. އެންމެ ދެރަވީ އެކަކަށްވެސް އަހަރެންގެ ވާހަަކަ ނޭނގޭތީއެވެ.

ފުލުހުންނާއި ޖެންޑާ އިން މިހާރު ވަނީ އަހަރެންގެ ބޭބެ އާއި ހަވާލު ކޮށްފައެވެ. އެންމެ ފަހު ވަގުތު ވެސް ފުލުހުން އަހަރެންގެ ބައްޕަ އާއި ހަވާލު ކުރަން މަސައްކަތް ކުރިއެވެ. ނަމަވެސް ބައްޕަ ވަނީ އަހަރެންނާއި ހަވާލުވާން ޝަރުތުތަކެއް ކަނޑައަޅާފައެވެ. އެޝަރުތުތަކުގެ ތެރޭގައި ފޯނު ގެންގުޅުމާއި ގެއިން ބޭރަށް ދިއުމާއި އިތުރަށް ކިޔެވުން މަނާކުރުނާނެކަމަށް ބައްޕަބުނެއެވެ. އެހެންކަމުން ބައްޕަ އާއި ހަވާލުނުކޮށް ބޭބެ އާއި ހަވާލު ކުރަން ނިންމީއެވެ.

މިހުރިހާ ދުވަސް ވީއިރު ވެސް އަހަރެންގެ އާއިލާ އަށް ފިލާފައި ނުވާނެއެވެ. އަބަދުވެސް ކަންތައް ކޮށްފައި އޮންނާނީ އޮންނަ އުސޫލުގެ ދަށުން ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ގުޅައިގެންނެވެ. އަހަރެން މިހާރު ބޭނުންވަނީ މިފަދައިން ހާލުގައި އުޅޭ ކުޑަކުދިންނަށް އެހީވާށެވެ. ކުޑަކުދިންގެ ހިޔާއިން ފެނުނު ކުދިންގެ އިހުސާސްތައް އެކަކަށްވެސް ނޭނގޭނެއެވެ. މިފަދަ އެތައް ކުދިންނެއް އެތަނުގައި ވެއެވެ. އަހަރެން ކިޔެވެން އޮތް ވަރަކަށް ކިޔަވައިގެންވެސް އެފަދަ ކުދިންނަށް އެހީވާން ބޭނުމެވެ.

(ނިމުނީ)

ނޯޓް: މިއީ 2017 ވަނަ އަހަރު ނޮވެމްބަރު މަހު އާއިލާއަށް ފިލައިގެން އުޅޭކަމަށް ބުނެ ފުލުހުން ހޯދަން އިއުލާންކުރި ކުއްޖެއް އޭނާގެ ފޭސްބުކްގައި ލިޔެފައިވާ ލިޔުމަކަށް އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ.

Please log in or register to bookmark.
8k

10 ޚިޔާލު

  1. ތިވެދާނެ ތެދަކަށް ވެސްް ހަމައެފަދައިން ތިވެދާނެ ދޮގަކަށް ވެސް. ރަގަޅަށް ތަހްޤީޤް ކުރުމުން ހަޤީޤަތް އެނގޭނީ!!!!

    15
    5
  2. މިފަދަވަރަށް ގިނަ ކުދިން މި މުޖުތަމަޢުގަ އެބަ އުޅޭ މީ ވަރަށް ހިތާމަ ހުރި ކަމެއް އަހަރެންވެސް މީ ޅަ އުމުރުގަ ވަރަށް ގިނަ ކަންކަން ގޯތްރޫކޮށްފަ ހުރިމީހެއްވީމަ އެކުދިންގެ އިޙްސާސްތައް ވަރަށްރަނގަޅަށް އެނގޭ އަހަރެންވެސް ކެތްނުވެގެން ފިލައިގެން އައީ މިއަދު މިފަދަ ހިތްދަތި ކަން ތަހަންމަލު ކުރަމުންދާކުދިންގެ ވާހަކަތައް އަޑުއިވުނީމަ ވ.ދެރަވޭ އަމިއްލަޔަށް މަރުވުމަކީ ހައްލެއްނޫން މުސްތަޤްބަލު އުޖާލާ ކުރުމަށް ގަދައަޅާ މަސައްކަތްކުރޭ!އުފާވެރި ދުވަސްތައް އައްނާނެ

    21
  3. ދެރަވެއްޖައިން، އެކަމަކު ނަހުލާއާއި ފައްތާޙުއަށް ބުނެލަން އޮތީ މިއީއޭ ރިއަލިޓީއަކީ، އަވަހަށް ފިލްމެއް ހަދަންއުޅޭށޭ، މުޖްތަމަޢުގެ މިފަދަ މައްސަލަތަކަށް އެޑްރެސްކުރުމަކީވެސް ޕްރޮޑިއުސަރުންގެ ވާޖިބެކޭ، މިސާލަކަށް: އިންޑިޔާގެ ފިލްމު އިންޑަސްޓީއިން ނެރޭ ގިނަފިލްމުތަކުގައި އެހުނަނީ އެމީހުންގެ ކަލްޗަރ، ގޭންގުތަކާއި، މާރާމާރީއާއި، އަދި ރަނގަޅުކަންތައްތައްވެސް، އެހެންވީމާ އަހަރެމެންގެ މުޖްތަމަޢުގައި އުފެދޭ މިފަދަ މައްސަލަތަކަށް އެޑްރެސްކުރައްވާށޭ، ތިޔައީއޭ މިކަން ކުރެވޭނެ ދެމީހުންނަކީ.

    20
    2
  4. ތިކަމުގައި ފުލުހުން ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަން ފާހަގަ ކުރެވޭ "އަހަރެން އެންމެ ކުޑައިރުއްސުރެ ކޮންމެ ދުވަހަކު އަހަރެމެންގެ ގެއަށް ފުލުހުން އާދެއެވެ. އެއީ އަހަރެންގެ ބެލެނިވެރިންނާއި އެމީހުންގެ އާއިލާގެ މެދުގައި ހިނގާ ތަޅާފޮޅުން ހުއްޓުވުމަށެވެ. އަހަރެން ބޮޑުވަމުން އައީ ހަމަނުޖެހުން ބޮޑު އާއިލާއެއްގެ ތެރޭގައެވެ." ގެވެށި އަނިޔާގެ މާހައުލަކުން ކުޖާ ސަލާމަތް ކުރުމުގެ ބަދަލުގައި ކުޖާ އަނިޔާލިބެން ދޫކޮއްފައި ބެހެއްޓުމަކީ ބޮޑު އަނިޔާއެއް ކަން ޔަގީން

    24
    1
  5. ހަމަ ޙަގީގަތުގައިވެސް ވަރަށް ދެރަވެއްޖެ ހިތަށްއަރަނީ މިއޮއްހުރިހާދުވަހު އެކުއްޖާގެ އެއްބަނޑު އެއްބަފާ ބޭބެ އުޅުނީ ކޮންތާކުބާއޭ؟ އަހަރެންގެ ނަޒަރުގަ ދޮންމަންމަ އަށްވުރެވެސް ބައްޕަ ގޯސް

    25
  6. ތީކުއްޖާގެ ބައެއްވާހަކަ ތެދު ނަމަވެސް ގިނަ

    ވާހަކަތަކަކީ ދޮގުވާހަކަ.. އެކުއްޖާ ބޭނުންވާ ވިޔާނުދާ ގޮތައް އުޅެން ދޫނުކުރާތީ ކުއްޖާ ރުޅިއައްނަނީ..އަދި އެކުއްޖާ ބައްޕަ އެންމެ ފުރަތަމަ ހޯދި ދޮންމަންމަ އަކީ އެކުއްޖާ ވަރަށް ލޯބިން ގެންގޅުނު މައެއް.. ދޮންމަންމަޔަށް ނަފްރަތު ކުރަން ފެށީ ފިރިހެނާކާ އެކުއްޖާ ހިތާވެގެން އެކަންމަނާ ކުރި ހިސާބުން.. އެކުއްޖާގެ ބައްޕައަކީ އެކަމު ވަރަށް ވިޔާ ނުދާމީހެއް.. އެކުއްޖާޔާ އެކުއްޖާ ބައްޕަޔާ ދެމީހުން ތަޅާފޮޅާވެސް.. އެއްފަހަރު އެކުއްޖާ އެކުއްޖާ ބައްޕަގެ ފަޔައް ކަތުރެއްވެސް ހަރާލާ ޒަހަމް ކޮއްލި.. ވަރަށް ވިޔާނުދާ ކުއްޖެށް..އެއާއިލާގެ ގިނަ މީހުންނަކީ ވަރަށް ވިޔާ ނުދާ ބައެއް.. މީހުންގެ ރަނގަޅަށް ތިބޭ ދަރިންވެސް ހަލާކު ކުރާބައެއް.. އަދި އެގޭ އެއް އަންހެނެއްގެ ފިރިމީހަޔަކީ އެގޭ ބައެއް ކުޑަ އަންހެން ކުދިންނަށް ޖިންސީ ގޯނާވެސް ކޮއްފަ ތިބިބަޔެއް..ވިޔަނުދާ ބައެއް އެއީ..

    23
    11
  7. ފަތިފުއް:18 އަހަރު ނުވާ ކުޑަ ކުއްޖެއް ތިޔަ ބުނާ ފަދައިން" ވިޔާނުދާ" ވާންވީ ކީއްވެބާ؟ އެކުއްޖާ ވިޔާ ނުދަނީ ބާ ނޫނީ އެކުއްޖާގެ ބެލެނިވެރިން އެކުއްޖާ ނުބަލަނީބާ؟ އަބަދުވެސް ވިކްޓިމް ބްލޭމް ކުރަނީ ކީއްވެބާ؟ މީވެސް ވަރައް ވާހަކަ.
    އައި އެމް ޕްރައުޑް އޮފް ހާ. ޝީ އިޒް އަ ވެރީ ސްޓުރޯންގް ގާލް.

    20

ޚިޔާލު

Your email address will not be published.