ލުތުފީ

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

ނޯޓް: މި ލިޔުމުގައި ހިމެނިފައިވާ މައުލޫމާތުތައް ނެގިފައިވަނީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރެނު "ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ" މި ފޮތް، އަދި މިއުދުވާނުގެ ތަހުގީގީ ރިޕޯޓުން ހާމަވެފައިވާ މައުލޫމާތު ތަކެއްގެ މައްޗަށް ބިނާކޮށެވެ

މާލޭގެ ނަންހިނގާ އާއިލާއަކަށް އުފަންވުމަކީ ގިނަ މީހުން ދެކޭ ގޮތުގައި ބޮޑު އުފަލެކެވެ. ޒަމާނުންސުރެ އެވިސްނުން އޮންނަނީ އެގޮތަށެވެ. އާރާއި ބާރު ލިބެން މެދުވެރިވާ ސަބަބެކެވެ. ނަމަވެސް ފިތުރަތުގެ އުސޫލު އޮންނަ ގޮތުން އިންސާނާ އަބަދުވެސް ލިބޭ އެއްޗަކަށްވުރެ ބޮޑަށް އެއްޗެހި ހޯދުމަށް އެދޭނެއެވެ.

ހެންވޭރު ހާޖަރާގެ ލުތުފީއަށްވެސް ދިމާވީ މިފަދައިންނެވެ. ޢިލްމުވެރި ބައްޕައަކާއި ސާލިހު މަންމައަކަށް ލިބުނު ދޮށީ ފިރިހެން ދަރިފުޅު ވެގެން ދިޔައީ ކުޑައިރުއްސުރެ ސިޔާސަ ކުއްޖަކަށެވެ. ބޮޑުވަމުންދިޔަ ވަރަކަށް، މާލާއި ބާރުގެ ދަހިވެތިކަމުގައި މީހާ ކަސިޔާރު މަގުތަކުން ހިނގެން ފެށިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ މައިންބަފައިންގެ ގާތުން ވަކިވެ، އެކަނި އުޅެން ފެށުމެވެ.

މިގޮތުގައި އުޅެމުންދިޔަ ޒުވާން ލުތުފީގެ ލޮލުގައި އަޅައިގަތީ މުޅިން އާދަޔާ ޚިލާފު ކަމެކެވެ. ބޭނުންގޮތަކަށް އުޅެން އުޅުމުގެ ލައިސަންސްއެއް ލިބެން އޮތް މަގެއްކަމުގައި އެމަގު ފެނިގެންދިއައެވެ. އެއީ ކުރަން ހުރި ކަސިޔާރު ކަންކަމުން މިންޖުވާނެ މަގެކެވެ. ގާނޫނަށްވުރެ މީހާ ވަރުގަދަކޮށްދޭނެ ބިންގާއެކެވެ. އާދެ، ދިވެހިރާއްޖޭގެ ސަރުކާރެވެ. މިގައުމުގެ ވެރިކަމެވެ.

ލުތުފީ ދިވެހިރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރުތަކާއި ތޮޅެން ފެށީ އޭނާގެ ހިތުގައި، އެސަރުކާރުތަކަށް އޮތް ނަފުރަތެއްގެ ބޮޑުކަމުންނެވެ. އެ ނަފްރަތަކީ އޭނާ ކުރަމުންދިޔަ ނުރަނގަޅު ވިޔަފާރިތަކުންނާއި ވެރިކަމާއި ދެކޮޅަށް ތޮޅެން އުޅެން ފެށުމުން ދިން އަދަބުތަކާއި އަނިޔާގެ ލަކުނުތަކުން ހިތުގައި އުފެދުނު ނަފްރަތެކެވެ. އެއީ އޭނާގެ ހިތުގައި އޮތް ބަދަލު ހިފުމުގެ ރޫހުގެ ނަތީޖާއެވެ.

އެއީ މީލާދީ ސަނަތުން 1986 ވަނަ އަހަރެވެ. ވިޔަފާރި ކުރުމުގައި ރާއްޖެއިން ބޭރުކުރުން މަނާ ކަނޑުގެ ދިރުންތަކެއް އެކްސްޕޯޓް ކުރުމުގެ ކުށުގައި ލުތުފީ ހުރީ ގޭބަންދުގައެވެ. އެދުވަސްވަރު، ދިވެހިރާއްޖޭގެ ސަރުކާރާއި މެދު އޭނާގެ ހިތުގައި އޮތް ނަފްރަތުގެ އަލިފާން ދިޔައީ ވަރަށް ބޮޑުވަމުންނެވެ. އަދި އެސަރުކާރު ވައްޓާލަން ބޭނުންވާކަމަށް ބުނެ އޭރުވެސް އޭނާ ދިޔައީ މީހުން ގާތުގައި ވާހަކަދައްކަމުންނެވެ.

ހުކުމުގެ މުއްދަތު ހަމަވެ، ލުތުފީ ގޭގެ ބަންދުން މިނިވަން ވެއްޖެއެވެ. އޭރު އޭނާއަށް ދިވެހިރާއްޖޭގެ މާހައުލުން "މިނިވަންކަމުގެ" އިހުސާސް ކުރެވޭކަށް ނެތެވެ. މިނިވަން ވި ކަމުގައިވިޔަސް ލުތުފީ ބޭނުންވި "މިނިވަން" ކަމެއް ލުތުފީ ބޭނުންވެއެވެ. އެއީ އޭނާ ބޭނުންވާ ގޮތަކަށް އުޅެން ދޫކޮށްލުމުގެ "މިނިވަން"ކަމެވެ. ހިތުހުރި ކަމެއް ފެނުނު ގޮތަކަށް އުޅުމުގެ މިނިވަންކަމެވެ. ހަލާލެއް ހަރާމެއް ބެލުމެއް ނެތި ހަރާން ހަލާލު ކަނޑައެޅުމުގެ މިނިވަންކަމެވެ. މާތް ވެގެންވާ އިސްލާމްދީނާއި ދިވެހި ގާނޫނު ހިނގާ ހިނދަކު ލުތުފީއަށް، އޭނާގެ މިނިވަންކަމުގެ ޝަރާބުގައި މަސްތު ނުވެވޭނެކަން ޔަގީންވުމުން ލުތުފީ ނިންމީ އޭނާގެ ދިރިއުޅުން ރާއްޖެއިން ބޭރަށް ބަދަލުކުރާށެވެ. މިގޮތުން 29 އޮކްޓޯބަރ 1986 ގައި ލުތުފީގެ އަންހެނުންނާއި ދަރިފުޅު ގޮވައިގެން ލަންކާއަށް އެއްކޮށް ބަދަލުވިއެވެ. ވިޔަފާރީގެ އިތުރުން، އޭނާ އެބޭނުންވާ މިނިވަންކަން އޭނާއަށް ލިބޭނީ ލަންކާގައި ކަމަށް ވިސްނިފައި އޮތުމުންނެވެ.

އެކޮޅަށް ގޮސް އެތަނުގައި ސިލޯނު މީހަކާ ގުޅިގެން އަސްދޫނި ގެންގުޅުމާއި ހިކި ކަނޑުމަސް ތައްޔާރުކުރުމުގެ މަސައްކަތެއް ލުތުފީ ފެށިއެވެ.

މިހެން އުޅުމުގެ ތެރޭގައި އޭނާ ބަންބްލަޕިޓިޔާ ކޯވިލް ކައިރީގައި ހުންނަ ހޮޓަލަކަށް ސައިބޯން ދާން ފެށިއެވެ. މިތަނުން ލުތުފީއާއި ރުޑުލާ ކިޔާ ތަމަޅައަކާއި ރައްޓެހިވެއްޖެއެވެ. ރުޑުލާއަކީވެސް ލުތުފީ ފަދައިން "ދީނަކީ" ވިޔަފާރިކަމަށް ދެކިގެން އުޅުނު މީހަކަށް ވުމުން ދެމީހުން އިސާހިތަކު ނިކަން އަވަހަށް ރަހުމަތްތެރި ވެވުނެވެ. މި ރަހުމަތްތެރިކަމުގައި ލުތުފީއަކީ އޭރު ރާއްޖޭގައި އޮތް ސަރުކާރާއި މެދު ހިތްހަމަ ނުޖެހޭ، އެވެރިކަން ފުރޮޅާލަން އެހީއަށް ބޭނުންވެފައިވާ މީހެއްކަމަށް ރުޑުލާ ގާތުގައި ބުންޏެވެ.

"ދިވެހި ސަރުކާރު އެބަޖެހޭ ބަދަލުކުރަން. ނުލިބި ހުރި އެތައް މިނިވަން ކަމެއް އެބަޖެހޭ ގެންނަން."

އާދައިގެ މަތިން އެއްދުވަހަކު ލުތުފީއާއި ރުޑުލާ އާއި މި ހޮޓަލުން ބައްދަލުވެއްޖެއެވެ. ހޫނު ސައިތަށިން ކޯވަރު ދަމަމުން، އިއްސޯ ވަޑޭގެ ރަހައިން އަނގަ މީރު ކުރަމުން ދެމީހުން ދިޔައީ ދެމީހުންވެސް މިދުނިޔެއާއި މެދު މާޔޫސްވެ، ހިތްހަމަނުޖެހިފައިވާ ކަންތައްތައް ސައިމޭޒުމައްޗަށް އޮއްސަމުންނެވެ. ކުއްލިއަކަށް ރުޑުލާ އިނދެފައި ޕްލޮޓްގެ ލީޑަރ ލުތުފީއާ ބައްދަލުކުރަން ބޭނުންވާ ވާހަކަ ލުތުފީ ގާތު ބުންޏެވެ. ޕްލޯޓްއަކީ އޭރު ލަންކާގައި ވަކިވެގަތުމަށް ހަނގުރާމަކުރަމުންދިޔަ ތަމަޅަ ޓައިގަރު ޖަމާއަތްތަކުގެ ތެރެއިން އާރާއި ބާރު ހުރި ޖަމާއަތެއްކަމުން މި ބައްދަލުވުމަށް ލުތުފީ އެއްވެސް ޝަރުތަކާއި ނުލާ އެއްބަސްވިއެވެ. ބައްދަލުވުމަށް ދިއުމަށް ގަޑިކިއުމަށް ފަހު ދެ އެކުވެރިން ސައި މޭޒުން ވަކިވީ އެދުވަހުގެ އިރުއޮއްސުނު ފަހުންނެވެ.

އަނެއްދުވަހު ލުތުފީ، ބަމްބްލަޕިޓިޔާގައި ހުންނަ ޕްލޯޓް ޖަމާއަތުގެ އޮފީހަށް ދިޔައެވެ. އޮފީހެކޭ ބުންޏަސް އެއީ ބާ ހަނޑޫ ގުދަނެކެވެ. ބަހުން ފައިބައިގެން ދެމީހުން ހަނި ގޯޅިތަކުން ހިނގަމުންގޮސް އެ އޮފީހަށް އާދެވުނު އިރު އެތަނުގައި ލުތުފީގެ އިންތިޒާރުގައި ޕްލޯޓުގެ ކޮމާންޑަރު ކަމަށްވާ ވަސަންތީއާއި ކުރިން އޭނާއާއި އެއްކޮށް ސައި މޭޒުތަކުން ދިމާވި ރުޑުލާ ހުއްޓެވެ. ވަސަންތީ ލުތުފީއާއި ވާހަކަ ދައްކާލުމަށްފަހު އެޖަމާއަތުގެ ލީޑަރު، އުމާ މަހޭޝްވަރަމްއާއި ފަހުން ދިމާވާނެކަމަށް ބުނެ، ލުތުފީއާއި ބައްދަލުވުން ކުރުކޮށްލިއެވެ.

ބައްދަލުވުން ނިންމާލުމަށްފަހު ގެއަށް ދިޔަމަގުމަތީގައި ޝައިތާނާ ދިޔައީ ލުތުފީގެ ސިކުނޑިއަށް މަޑުމަޑުން ސަވާރުވަމުންނެވެ. ކޮންމެ ހާލެއްގައިވެސް އޭނާއަށް ގައުމުގެ ވެރިކަން ލިބެން ޖެހޭނެކަމަށާއި މިހާރު ރާއްޖޭގައި އޮތް ސަރުކާރުން ރައްޔިތުންނަށް ގޯނާކުރަމުންދާކަމަށް އޭނާގެ ސިކުނޑިއަށް ދިޔައީ ވިސްނެމުންނެވެ. ނަމަވެސް ހަގީގަތަކީ އެއީ ލުތުފީއަށް ކުރެވެމުންދިޔަ އަސާސެއް ނެތް ވަހުމްތަކެއް ކަމުގައެވެ.

1987ވަނަ އަހަރުގެ ފަހުކޮޅެވެ. ޕްލޯޓް ޖަމާއަތުން ލަންކާގެ އެކި ސަރަހައްދުތަކުގައި އަނިޔާވެރި ހަމަލާތައް ދެމުންދިޔައިރު، ލުތުފީ ދިޔައީ މިމީހުންނަކީ އޭނާގެ އަމާޒަށް ވާސިލްކޮށްދޭނެ އެކުވެރިން ކަމުގައި ދެކި ގުޅުން ބަދަހިކުރަމުންނެވެ.

އެއްދުވަހަކު ވަސަންތީ ފޯނުކޮށްފައި ލުތުފީ މަހޭޝްވަރަމްއާ ބައްދަލުކުރުމަށް އެމީހުން ތިބޭ ހޮޓަލަށް އައިސް ދިނުމަށް އެދުނެވެ. މިފޯނު އައުމާއެކު ލުތުފީއަށް ހީވީ އީދެއް އައިހެންނެވެ. އަމިއްލަ ގައުމުގެ އިސްލާމީ ވަހުދަތާއި މިނިވަންކަން އެއްފަރާތުގައި ބާއްވާފައި ނަމަވެސް، ތިމާގެ އަމިއްލަ ޖާނާއި މާލު ބޮޑުކުރުން ހިތު އަޒުމަކަށް ހެދިއެވެ.

ލުތުފީއާއި އުމާ މަހޭޝްވަރަމް ދިމާވީ މައުންޓް ލެވިނިޔަ ސަރަހައްދުގައި ހުރި ހޮޓަލަކުންނެވެ. މި ބައްދަލުމުގައި މައިގަނޑުގޮތެއްގައި ދެކެވުނީ ރާއްޖޭގެ ރީތި ކަމުގެ ވާހަކައާއި ރާއްޖޭގައި ކުރެވިދާނެ ތަފާތު މަސައްކަތްތަކުގެ ވާހަކައެވެ.

މިވާހަކަތައް ދައްކަމުން ގޮސް މިސްރާބު ޖެހީ މުޅިން އެހެން ދިޔާއަކަށެވެ.

"ޕްލޯޓުން ގެންނަން މިއުޅޭ ހަތިޔާ ކޮންޓެއިނަރެއް ރާއްޖެ މަގުން ގެނެވިދާނެތަ؟" އޯ އުމާ މަހޭޝްވަރަމް ސުވާލުކޮށްލިއެވެ.

ޕްލޯޓުން ބޭނުންވަނީ ހަތިޔާރު ރާއްޖެ މަގުން އެތެރެކުރާށެވެ. ލުތުފީ ބޭނުންވަނީ ވެރިކަމެވެ. މި ދެކަންތައް އެކުއެކީ ދާއިމީކޮށް ހައްލު ކުރެވިދާނެ ބުއްދިއެއް ލުތުފީ ވަގުތުގެ ބޭނުންކޮށް ހުށައެޅިއެވެ.

"ރާއްޖޭގައި އޮތް ސަރުކާރަކީ ސިލޯނުގެ މައި ސަރުކާރާއި ބަދަހި ގުޅުމެއް އޮންނަ ސަރުކާރެއް. އެހެންވީ ތިޔައީ ނުވާނެ ކަމެއް." ލުތުފީ އުމާ މަހޭޝްވަރަމް ގާތު ބުންޏެވެ.

"އެކަމަކު އަހަރެން ވެރިކަމުގެ ހުރެއްޖެނަމަ އެއީ ފުއްޓައްކެއް ޖެހުން ފަދަ ފަސޭހަ ކަމެއް." އޭނާގެ ބޭނުން ވައްބަހުން ކަހަލަ ގޮތަކަށް ޕްލޯޓްގެ އިސްވެރިޔާއަށް ފޯރުކޮށްދިނެވެ.

ލުތުފީ ވައްބަހުން ކުރި އިޝާރާތް އުމާ މަހޭޝްވަރަމްއަށް ރަނގަޅަށްވެސް ސިފަވިކަން އޭނާގެ މޫނުމަތިން އެނގުނެވެ.

އުމާ މަހޭޝްވަރަމް އާއި ބައްދަލުވުމަށްފަހު ދެކެވެނު ވާހަކަތަކުން ރާއްޖެއާއި މެދު އެމީހުންގެ ޝައުގުވެރިކަން ހުރިކަން އެނގުމުން ލުތުފީ ޕްލޮޓްގެ އެހީގައި ވެރިކަން ލިބިދާނެކަން ލުތުފީއަށް ޔަގީންވިއެވެ. އެހެންކަމުން ލުތުފީ ދިޔައީ ވެރިކަމާއި ހަވާލުވާން ތައްޔާރުވަމުންނެވެ.

ދެވަނަ ފަހަރަށް ލުތުފީ އާއި މަހޭޝްވަރަމް ބައްދަލުވެއްޖެއެވެ.

އެއީ 1988 ވަނަ އަހަރުގެ ފެބްރުއަރީ ހާނތާގައެވެ. މި ހިސާބުން ދެ މީހުންގެ ބޭނުން އެއްބޭނުމަކަށް ހަދަން ނިންމިއެވެ. ދެމީހުން އަވަލާފައިވާ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި، ދިވެހިރާއްޖޭގެ ވެރިކަން ބަދަލުކޮށްލުމުގެ މަޝްވަރާތައް ރަސްމީކުރުމަށް ނިންމިއެވެ. ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރު ވައްޓާލައި ލުތުފީގެ އަތްމައްޗަށް ވެރިކަން އަނބުރާ ލެވިއްޖެނަމަ އެކަމުގެ ހަދިޔާ އެއްގެ ގޮތުން ތަމަޅައިންނަށް ތިންކަމެއް ކޮށްދޭނެކަމަށް ލުތުފީ އުމާ މަހޭޝްވަރަމް ގާތު ބުންޏެވެ.

"ޕްލޯޓް ގެ މީހުން ތަމްރީނު ކުރަން ދިވެހިރާއްޖޭގެ ފަޅުރަށެއް ދޭނަން. ޕްލޯޓް ޖަމާއަތަށް ހަތިޔާރު ހޯދައި ދިނުމަށާއި އެ ތަކެތި އެތެރެ ކޮށްދިނުމަށް ލުތުފީގެ ސަރުކާރުން އެހީވެދޭނަން. މީގެ އިތުރުން ޕްލޯޓް ޖަމާއަތުގެ ޚަޒާނާ މުއްސަނދި ކުރުމަށްޓަކައި ރާއްޖޭގެ ރިސޯޓެއް ލިބޭނެ ގޮތް ހަމަޖައްސައިދޭނަން" ލުތުފީގެ ވެރިކަމަށް ގެންނަން އެހީވެދޭނަމަ ކޮށްދޭނެ ކަންކަމުގެ ކުރު ލިސްޓެއް ހުށައެޅިއެވެ.

ޕްލޯޓް ޖަމާއަތުގެ އިސްވެރިންނަށް މިވާހަކަތައް ވެގެންދިޔައީ ރަނަށެވެ. ޒާތީ ތައައްސުބުން ތެމިފޯވެފައިވާ ލުތުފީގެ އެހީގައި މިނިވަން ތަމަޅަ ދައުލަތް ގާއިމްކޮށް، ދިވެހިރާއްޖެވެސް އެމީހުންގެ އަތްފޯރާ ފަށަށް ގެނައުމަށް އެއްބަސްވެ، އަޒުމް ކަނޑައެޅިއެވެ.

ނަމަވެސް މި ބައްދަލުވުމުގައި އުމާ މަހޭޝްވަރަމްއާއި ވަސަންތީގެ ސިކުނޑިއަށް އައި މުހިންމު ސުވާލެއް ލުތުފީއަށް އަމާޒުކުރިއެވެ.

"ދިވެހި ވިޔަފާރިވެރިއަކު މިކަމަށް ޚަރަދުކުރިޔަސް، ރާއްޖޭގައި ތިބި މީހުންގެ ފަރާތުން އެހީ ލިބިގެން ނޫނީ މިމަގްސަދު ހާސިލްނުވާނެ" އުމާ މަހޭޝްވަރަމް ބުންޏެވެ.

ޖަވާބުގައި ލުތުފީ ބުނާނެ މާ މުހިންމު ވާހަކައެއް ނެތެވެ. އެކަމަކު ލުތުފީ އަކީވެސް ރާއްޖޭގައި ބާރުގަދަ މީހެއްކަން އަންގާނުލެވޭނަމަ ވެރިކަން ބަދަލު ކުރުމުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނޯންނާނެތީ ޖަވާބު ދޭންޖެހުނެވެ.

"ރާއްޖޭގައި އެހީވާނެ ބާރުގަދަ ބަޔަކު އެބަތިބި. ހާއްސަކޮށް ސިފައިންގޭގެ ތެރެއިން އެހީވާނެ މީހަކު އެބަހުރި. ޕްލޭނިންގްއާއި މެދު ހާސްވާނެކަމެއް ނެތް. އަވަހަށް ތާއްޔާރީތައް ފަށަންވީ." ލުތުފީ އުމާ މަހޭޝްވަރަމް ގާތު ބުނެލިއެވެ.

އުމާ މަހޭޝްވަރަމްއަކީ އިންޑިޔާ ސަރުކާރުގެ ރިސާރޗް އެންޑް އެނަލައިސިސް ވިންގް( ރޯ) އިން ހަނގުރާމައިގެ ތަމްރީނުތައް ލިބިފައިވާ މީހަކަށް ވުމުން، އޭނާ ދިޔައީ ވަރަށް ފޯރީގައި މާލެއަށް ހަމަލާ ދިނުމަށް ރާވަމުންނެވެ. އެގޮތުން މި މިޝަންގެ ކޮމާންޑަރަކަށް ވަސަންތީ ހަމަޖައްސާ، މާލެއިން ޖާސޫސީ މައުލޫމާތު އެއްކުރުމަށް، 1988 ވަނަ އަހަރުގެ މާޗްމަހުގެ ތެރޭގައި މީހަކު މާލެ ފޮނުވިއެވެ. އެމީހާއަށް ހަވާލުކުރި މަސައްކަތަކީ މާލޭގެ ތަންތަނުގެ ފޮޓޯތައް ނެގުމެވެ.

އެއަށް ފަހުން ހަމަ އެއަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަސަންތީވެސް މާލެއައެވެ. އޭނާގެ މަސައްކަތަކީ ދިވެހި ސިފައިން ގެންގުޅޭ އެކިއެކި ހަތިޔާރުތައް ދެނެގަތުމެވެ. އޭރު ލުތުފީއާއި، ރާއްޖެއަށް ނިސްބަތްވާ އޭނާގެ އެކުވެރިންކޮޅެއް ދިޔައީ ތަމަޅައިންގެ ބާރުގެ ދަށުގައި އޮތް މުއްލިކުލަމް ސަރަހައްދުގައި، ހަނގުރާމައިގެ ތަމްރީންތައް ހަދަމުންނެވެ.

ލުތުފީމެންގެ ވިސްނުމުގައި ހުރީ 1988 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހު މާލެ އެރުމެވެ. އެހެން ނަމަވެސް ރާއްޖޭއައުމަށް ބޭނުންވާ ބޯޓެއް ނުލިބުމުން އެކަން ނާކާމިޔާބު ވިއެވެ. އެހެންކަމުން ނިންމީ އެއަހަރުގެ ނޮވެމްބަރު މަހު އޭރުގެ ރައީސް އިތުރު ދައުރަކަށް ހުވާކުރުމުގެ ކުރިން ވެރިކަން ފުރޮޅާލާށެވެ.

މިގޮތުން ރޭވުނު ގޮތަށް 29 އޮކްޓޯބަރ 1988 ގައި މަހޭޝްވަރަމް އާއި ލުތުފީއާއި ވަސަންތީގެ އިތުރުން ދެންވެސް މާލެ އަންނަ ހަމަޖެހިފައިވާ ގުރޫޕް ތަކުގެ ލީޑަރުން ހިމެނޭ ގޮތަށް ބައްދަލުވުމެއް ޖަންގަލީގެ ތެރޭގައި ބޭއްވިއެވެ. ހަނގުރާމައިގެ އެންމެ ފަހުގެ ބައްދަލުވުމުގެ ގޮތުގައެވެ. މިބައްދަލުވުމުގައި މާލޭގެ ޗާޓާއި ސިފައިންގޭގެ ޗާޓުގެ އިތުރުން އެހެންވެސް ފޮޓޯ ފަދަ ތަކެތި ލުތުފީއާއި ވަސަންތީ، ހަނގުރާމައިގެ ބައިވެރިންނަށް ދެއްކިއެވެ.

މި ބައްދަލުވުމުގައި އެންމެންގެ މެދުގައި ސައްލާކުރެވިގެން ނިންމީ މާލެ ދާ ގްރޫޕްގެ ލީޑަރަކަށް ތަޖުރިބާހުރި ވަސަންތީ ހަމަޖެއްސުމަށެވެ. މީގެ އިތުރުން މާލެ ގެންނަން ބޭނުންވާ ހަތިޔާރުތައްވެސް މި ބައްދަލުވުމުގައި ކަނޑައެޅުނެވެ. އެއީ އޭރު ތަމަޅައިންނަށް ލިބެން ހުރި އެންމެ މޮޅު އަދި އަގުބޮޑު ހަތިޔާރުތަކެވެ.

އޭގެ ތެރޭގައި އޭ.ކޭ 47 ގެ ރައިފަލް، ޖީ3ގެ ރައިފަލް، ޓީ 56 ގެ ރައިފަލް، އާރ.ޕީ.ޖީ 7 މޯޓާރޒް، ޑައިނަމައިޓް، އެލް.އެމް.ޖީ މެޝިން ބަޑި އަދި ފިސްތޯލަ އާއި ވަޅިފަދަ ނުރައްކާތެރި ހަތިޔާރުތައް ހިމެނުނެވެ. މިފަދަ ހަތިޔާރުތައް ފެނި، ލުތުފީގެ ބައިވެރިންގެ މެދުގައި ކުޑަ ހާސްކަމެއް އުފެދުނަސް، ލުތުފީ ހުރީ ހަމަޖެހިފައެވެ.

"ދިވެހި ސިފައިންނަކީ ފިނޑި ނުކެރޭ ބައެއް. ގައުމަށްޓަކައި އެންމެ ފަހު ލޭގެ ތިއްކަށް ދާންދެންވެސް ޖިހާދު ނުކުރާނެ ފައިސާގެ އަޅުންތަކެއް. މާލެ އަރާ ތަނުން ސިފައިން އަމާންދީ ރައްކާވާނެ" ލުތުފީގެ ވިސްނުން ހުރީ މިހެންނެވެ.

29 އޮކްޓޯބަރގެ އިރު ސިލޯނުގެ ޖައްވުގެ މަތިން ގެއްލި، ހަނދުގެ އަލިކަން އުޑުމަތި ދިއްލާލައިފިއެވެ. މުއްލިކުލަމް ބަނދަރާއި ހިސާބަށް ތަމަޅައިން އެއްވެ، ރާއްޖެއަށް ދިމާލަށް މިސްރާބު ޖެހުމަށް އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެއެވެ. ހަނގުރާމައިގެ ހަތިޔާރުތައް އެސަރަހައްދަށް ޖަމާކޮށް ބޯގުނައިފިއެވެ. އޭރު ލުތުފީގެ މޫނުމަތިން ފެންނަމުންދިޔައީ އުފާވެރިކަމުގެ ކުލަވަރުތަކެވެ. ދެތިން ދުވަސް ފަހުން ތިމަންނާއަކީ ދިވެހިރާއްޖޭގެ ރައީސްކަމުގެ ހުވާކުރާނެ މީހަކަށް ވާނެކަމުގެ ނަނާ ހުވަފެން އޭނާ ދެކެމުންދިޔައިރު އޭނާގެ އެކުވެރި ސަގަރު ނާސިރު ވެސް ދިޔައީ ވެރިކަމުގެ އާރާއި ބާރުގެ މަންފާ ހާސިލްކުރުމަށް ފެންބޮވައިގަނެފައެވެ. އޭރު ލުތުފީމެން ވަނީ ކޮޅުނބުގައި ތިބި އޭނާގެ "ގްރައުންޑް ޓީމަށް" އިތުރަށް ކުރަން ޖެހޭނެ ޚާއްސަ ކަންކަން ކިޔައިދީފައެވެ.

ބޯގުނާ ނިމުމުން ޕްލޯޓްގެ ޝިއާރުތައް އަޑުހަރުކޮށް އެންމެން ކިޔުމަށްފަހު މާލެ ދާން ހަމަޖެއްސި ދެ މަސްބޯޓު ކަމުގައިވާ ޓީ52 އާއި ސައުތްވެސްޓް 37 އަށް އެރިއެވެ. މި ހަމަލާގައި ބައިވެރިވުމަށް ރޭވީ އެ ޖަމާއަތުގެ ރަހުމްކުޑަ 80 ހަނގުރާމަވެރިންނެވެ. ބާރު ދުވެލީގައި މުއްލިކުލަމް ބަނދަރުން ނިކުމެ މާކަނޑާއި ދިމާލަށް މާގިނައިރެއް ނުވެ ދެ ބޯޓު މިސްރާބު ޖަހައިފިއެވެ. ޖެހިގެން އައި 30 ވަނަ ދުވަހު ކަނޑުމަތިން ލަންކާގެ މަސްބޯޓެއް އެމީހުން އަތުލައިގަތެވެ. އެއްބޯޓުގެ ޖާގަ ކުޑަވުމުގެ ސަބަބުންނެވެ. ދަތުރު ކުރަމުންދިޔަ ބޯޓުތަކުގެ ހުންގާނުގައި ހަނގުރާމަވެރިން ތިބިއިރު، އެ ބޯޓުތަކުގެ އިންޖީނިއަރަކަށް ހުރީ ސަގަރު ނާސިރެވެ.

އެދުވަހުގެ 10.30 ހާއިރު ދޯނީގެ މިސްރާބު ރާއްޖެއާއި ދިމާލަށް އަނބުރާލިއެވެ. ހަނގުރާމައިގެ ތައްޔާރީތައް، ހިތުގެ ތެރެއިން ދޯނި މަތީ ތިބި އެންމެން ދިޔައީ އާކުރަމުންނެވެ. ކުރިއަށް އޮތް ހަނގުރާމައިގެ ބިރެއް، ކަލާނގެ ކޯފާގެ ބިރެއް މިއިން މީހެއްގެ މޫނުން ފެންނާކަށް ނެތެވެ. ބޯޓު ތެރޭގައި ދޭތެރެއިން ތަމަޅަ ލަވަތައް ކިޔަމުންދިޔައިރު، ލުތުފީ މެންވެސް ދިޔައީ މިލަވަތަކުގައި ބައިވެރިވެ، ސަކަރާތްޖަހަމުންނެވެ. އަމިއްލަ ގައުމުގެ އިސްލާމީ ވަހުދަތާއި ގައުމިއްޔަތު ވެއްޔާއި މޮޑެލުމަކީ ކިހާ ގޯސް އަމަލެއްކަން ހިތާއި ސިކުނޑީގެ އެއްވެސް ނާރަކަށް ފަހުމްވެފައި ނުވާތީއެވެ.

އެދުވަހު އިރުއޮއްސުނު އިރު ދެކުނު އިންޑިޔާގެ ސޫތުކުޅިއާ ހަމައަށް އާދެވިއްޖެއެވެ. މުއްލިކުލަމުން ފެށިގެން މިމީހުން ދަތުރުކުރަމުން ގެންދިޔައީ މަހޭޝްވަރަމް ކުރަހާފަ އޮތް ޗާޓެއް ބަލައިގެންނެވެ. މަހޭޝްވަރަމްގެ ޗާޓަކީ ނިޔަމިކަން ކުރަން މުޅިން ގޯސް ޗާޓެއް ކަން ވިސްނުނީ ޖެހިގެން އައި ދުވަހުއެވެ. ދަތުރުކުރެވޭ ގޮތް ލަސްކަމުން ސަގަރު ނާސިރާއި ލުތުފީ ވިސްނާލިއިރު ކަމަކުދާކަށް ނެތެވެ. ދަތުރުކޮށްފައި ދެވެނީ މުޅިން ނުބައި ދިމާއަކަށެވެ. މިހުރިހާ އިރަކު އެމީހުން ގައިން ލީ ހަކަތައާއި ދޯންޏަށް އެޅި ތެޔޮ ވެގެންދިޔައީ މުޅީން ބޭކާރަށެވެ.

ދެން އެރޭ މެންދަމު 11 ޖަހާ އެހާއިރު މިސްރާބު އަލުން ރަނގަޅު ކޮށް ކުރިއަށް ދުއްވަން ފެށިއެވެ. މިފަހަރު ސަގަރު ނާސިރުގެ ނިޔަމިކަމުގެ ދަށުގައެވެ.

ދަތުރުކުރަމުން އައިސް 2 ނޮވެމްބަރު ވީ ބުދަދުވަހު ބަލާލިއިރު ބިސްކޯދު ކޮޅެއް ފިޔަވައި ކާނެ އިތުރު އެއްޗެއް ބޯޓަކު ނެތެވެ. ބޯ ފެންވެސް ހުސްވެއްޖެއެވެ. މިކަމާއި ލުތުފީމެން އިސާހިތަކު ކަންބޮޑުވެއްޖެއެވެ. އެއީ މިހާލުގައި ތަމަޅައިންނަށް ގޮތެއްވެއްޖެނަމަ އޭގެ ޒިންމާ އޭނާގެ ބޮލުގައި އެޅޭނެތީއެވެ. ބޯޓުގައި ތިބި ބައެއް ތަމަޅައިން ބޭނުންވީ ވީހާވެސް އަވަހަށް އެއްޗެއް ކައި، ކުޑަކޮށް އަރާމުކުރުމަށެވެ.

ކޮންމެއަކަސް އެރެއަށް އިރު އޮއްސުނުއިރު ހދ އަތޮޅުގެ އިރުމަތީ ބިތުގެ ރަށްތައް ފެންނަ ހިސާބަށް އާދެވިއްޖެއެވެ. އޭރުބައެއް މީހުން ވަނީ ވަރުދެރަވެފައެވެ. ފަޅުރަށަކަށް ފައިބާ ކުރުނބާ އަޅެމުގެ ހިޔާލު ހަނގުރާމަވެރިންގެ ތެރޭގައި ދެކެވެން ފަށައިފިއެވެ. ނަމަވެސް ވަސަންތީއާއި ލުތުފީއަށް ފެނުނީ ފަޅުރަށަކަށް ކުރުނބާ އަޅަން ދިއުމަކީވެސް އެހާ ރައްކާތެރިކަމަކަށް ނުވާނެކަމަށެވެ.

ރާއްޖޭގެ ރަށްތަކުގެ ފެހި މަލަމަތި ފެންނަން ފަށައިފިއެވެ. ލުތުފީގެ މޫނުމަތިން އޭރު ފެންނަމުންދިޔައީ އާދަޔާ ޚިލާފު އުފާވެރިކަމެކެވެ. ދެތިން ދުވަސް ފަހުން މިހުރިހާ ރަށްތަކަކީ ތިމަންނާގެ ހަރު މުދަލޭ، ހިތާއި ހިތުން ކިޔަން ފަށައިފިއެވެ.

މިހާ ހިސާބުން ދެ ބޯޓުގެ ފަލްކާ ތެރޭގައި ހުރި ހަތިޔާރުތައް ނަގަން ފެށިއެވެ. އަދި މާލެ ފޭބުމަށް ފަހު ގުރޫޕްތައް ދާންވީ ތަންތަނާއި ހަދަންވީ ގޮތްތައް އެގުރޫޕް ތަކުގެ ލީޑަރުން ކިޔާދޭން ފެށިއެވެ. ހަނގުރާމައިގެ ކުރިން އެންމެ ފަހު ފަހަރަށެވެ.

3 ނޮވެމްބަރު 1988 ވީ ދުވަހުގެ ރޭ މެންދަމުން އަލިވެ އެކެއް ދޭއް ޖެހިއިރު މާލޭގެ އަލި މި ވެރިންނަށް ފެންނަން ފަށައިފިއެވެ. އޭރު ޕްލޯޓް ޖަމާއަތުގެ އެންމެންނަށް ތިބީ ޔުނީފޯމް ލައްވާފައެވެ. އެއީ ކަޅުފެހި ކުލައިގެ ގޮޅިޖެހި ގަމީހާއި ނޫކުލައިގެ ޖީންސްއެވެ. އޭރު އެންމެންގެ އަތަށް ހަތިޔާރުދީ ބޯޓުގެ އަރިމަތީގައި އަތުރާފައި ބޭތިއްބިއެވެ. ގާދޫކޮލުން އެންމެ ފުރަތަމަ ވަނީ ލުތުފީގެ ކައްޕިކަމުގައި އައި ޓީ52 ބޯޓެވެ. 3.30 ހާއިރު އެބޯޓު މާލޭ ފަޅަށް ވަނެވެ. އޭރު އެ ދޯނީގެ ދިރުނބާ ކޮޅުގައި މީހަކު ހުއްޓެވެ. ދެއަތް ފުޅާކޮށް އުފަލާއި ދަހިވެތިކަމާއި އެކު އެމީހަކު މާލެއާއި ދިމާލަށް ބަލަމުންދިޔައިރު އޭނާއަށް އިހުސާސްކުރެވެމުންދިޔައީ ޖަވާހިރެއް އަތުގެ މުށަށް ލެވޭ ހެންނެވެ. ގައުމުގެ އިސްތިގްލާލާއި ގައުމިއްޔަތު އޭނާގެ އަތްމުށަށް ލެވޭކަމަށް އިހުސާސްވަމުންދިޔައިރު، މަޑުމަޑުން އޭނާ ދިޔައީ ހެމުންނެވެ.

"ލުތްފީ ވީއަރ ރެޑީ"، ބޯޓުގައި ހުރި މީހަކު ގޮވާލިއެވެ.

"ލެޓްސް ޑޫ ދިސް" ޖަވާބުގައި ލުތުފީ ބުންޏެވެ.

އެހެނަސް "ލުތުފީ ރެޑީ" ވިޔަސް، "ލެޓްސް ޑޫ ދިސް"އޭ ކިޔާ ރާއްޖެ ހިފުމަށް ރާއްޖެ އެރިޔަސް، ބާޣީން ގެ ރޭވުންތައް ނާކާމިޔާބުވެ ދިވެހި ވަތަން ސަލާމަތްވީ ޝަހީދުވި ދަރިންނާއި ދިރިތިބި ބަތަލުން ކުރެއްވި މަތިވެރި ޖިހާދުގެ ސަބަބުންނެވެ.

އޭގެ ފަހުން ހިނގައިދިޔަ ކަންކަމަކީ ދިވެހި ތާރީހުގެ ކަޅު ސަފްހާތަކުގައި ރަތްލެއިން ފެވޭނެ ހާދިސާތަކެވެ. އެހަނދާންތައް ދިވެހިންގެ ހިތްތަކުން ފިލާނުދާނެފަދަ އަސަރުގަދަ ވޭންތަކެކެވެ.

ޅެންވެރިޔާ ވިދާޅުވާފަދައިންނެވެ.

"އެއައި ކަޅު އަނދިރިރޭ ނޮވެމްބަރު ތިނެއްގައި
އެއައި ހިނދު އެ ބާޣީން އަދުއްވުން އެކީގައި
ލެޔާއި ކުޅެލުމުން ދިވެހި ލޮބުވެތި މި ބިމުގައި
ޝަހީދުވި ދަރިން ދެއްކެވި އެމާތް ނަމޫނާ،"

Please log in or register to bookmark.
63k

30 ޚިޔާލު

  1. އޭ ވަރަށް ފައްކާ މީތިވެސް. ވާޙަކަ.ކޮމް އިން ގެނެސްދޭ މިކަހަލަ ހަގީގީ ވާޙަކަތައް ވަރަށް ކަމުދޭ.

    63
    7
  2. ޑޫޑް! އައި ލަވްދިސް. މިއީ އެއްގޮތަކަށްވެސް ދިވެހި ވާހަކަ ކިޔާ މީހެއްނޫން. ބަޓް ދިސް އިޒް ޖެނުއިންލީ ގުޑް. ނިމުނު ގޮތްވެސް ވަރަށް ސަޅި. ނިމިގެންއައިއިރު މި ހިތައް އަރަނީ އިތުރަށް އަދި ބޭނުމޭ.

    މީގެ އަނެއްބައި ލިޔެދީބަލަ. އެމީހުން މާލޭގައި އުޅުނު ގޮތް.

    92
    4
  3. އެންމެ ކިޔާހިތުން އިން ބައި ތިޔަކު ނެތެންނު...
    މާލެ އަރާ ދެންވީގޮތް ކިޔަާލަން ބެނުމީ.

    53
    5
  4. ލުތުފީ ސަރުކަާރާއި ތޮޅުނީ ޔާމިނު ގޮތައް ވިޔަފާރިވެރިން ފުނޑާލަން މަސައްކަތް ކުރަތީ، ލިޔުންތެރިޔާ ލިޔުން ބައްޓަން ކުރުމުގައި، މިސަރުކަަރުން ކަމުގެ ހަގީގައި އޮޅުވާލާ ރައްޔިތުންނަށް ނުބައި މެސެޖެއް ދިނުމަށް

    29
    54
    • ވިޔަފާރި ދުވަސް ދުއްވާލީ ކަނޑުގެ ދިރުންތައް ބޭރުކުރީތީ. ދެން އެކަމުވެސް ކަމޯން އެއީ ވެރިކަމާ ތޮޅޭ ވަރުކަމެއް؟ ޙާދަ ކުޑައޭ ގައުމިއްޔަތުކަން

      35
      2
  5. އަޅެފަހެ މިވާހަކައިގެ ދެންހުރިބައިތައްވެސް ހިމަނާލަދޭންވީނުން ، ހާއްސަކޮށް ހަގުރާމަ ހިނގައި ދިޔަގޮތުގެ ތަފްސީލުުތައް

    30
    1
  6. މި ލިޔުމުގައި ވާ ގޮތުން 3 ނޮވެމްބަރ 1988 ވަނަ ދުވަހުގެ ރޭ ބާޤީން މާލެ ލެފީ ކަމުގައި ވާނަމަ ، އެ ވާނީ 4 ނޮވެމްބަރ 1988 އަށް ދޯ، ރިފަރެންސް ނަގާގެންވެސް ތާރީޚް އޮޅުވާލެވޭތޯ ، ތިޔަ އުޅުއްވަނީ ދޮއްތޯ؟

    19
    23
    • މޭން. މެންދަމު ބާރަ ޖަހާއިރަށް ދުވަސް ބަދަލުވާކަމެއް ނޭނގޭތަ؟ 3 ނޮވެމްބަރު 1988 ވީ ދުވަހުގެ ރޭ މެންދަމުން އަލިވެ އެކެއް ދޭއް ޖެހިއިރު އޭ އެޔޮތީ ރަނގަޅަށް. ހަހަހަހަހަހަހަ. ސްޓޫޕިޑް ޕީޕަލް

      33
      1
    • ހަހަހަހ ޟާހީ ހާ މޮޔައެއް މިކީހެނެއް ހިތެއް ނުވޭ. 3 ނޮވެމްބަރ ވާނީ 2 ނޮވެމްބަރު ވަނަ ދުވަހުގެ ދަންވަރު 12 އަށް ފަހު. ޔައުނީ މީގައި މިއޮތީ ރަނގަޅަށޭ.

      35
      3
  7. ފައްކާ ވާހަކަ އެއް، މި ފޮތް ޕްރިންޓް ކޮށްގެން ނެރެން ފެނޭ، ވަރަށް ސަޅިވާނެ.

    38
    2
  8. ސަޅި، އަހަރެން ހީކުރީ ވަރަށް މަދު މީހުން ކަމައް އަހަރެން އިނގެނީ

ޚިޔާލު

Your email address will not be published. Required fields are marked *