އެމީހުން

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

އެމީހުން އަހަންނަކަށް ނުއެއް ފެނެއެވެ. ނަމަވެސް އަބަދުމެ އަހަރެންގެ ގާތުގައި ވާކަން އިހުސާސްވެއެވެ. އެމީހުން އަނގައިން އެއްޗެއް ނުބުނެއެވެ. ނަމަވެސް އެމީހުންނާއި ހެދި އަހަރެންގެ ހަށިގަނޑަށް ބައެއް ފަހަރު ގޮތް ނޭނގޭ އިހުސާސްތައް ކުރިމަތިވެއެވެ. މީހާގެ ނޭވާ ކުރުވެއެވެ. ދާހިއްލާ ފޯވެދެއެވެ. ރޭގަނޑުގެ ނިދިން މަހުރޫމު ވެދެއެވެ. އަމިއްލަ ނަފްސާއި ވާހަކަދެއްކި، މީހާއަކީ ނާކާމިޔާބު ފިނޑިއެއްކަމަށް ދެކެވެއެވެ.

އެމީހުންނާއި އަހަންނާއި ދިމާވާން ފެށީ މީގެ ދެތިން އަހަރު ކުރިންނެވެ. އަހަންނަކީ ސްކޫލްގައި އެންމެ ރަނގަޅަށް ކިޔަވައި އުޅުނު ކުދިންގެ ތެރެއިން ގުނާލެވޭ ކުއްޖެއެވެ. މަތީ ސާނަވީ ތައުލީމުގެ އެންމެ ފަހު މަރުހަލާގައި އަހަރެން އުޅުނު އިރު އަހަންނަކީ ހަރަކާތްތެރި ކުއްޖެކެވެ. ރަހުމަތްތެރިންނާއި އެކު މަޖާކޮށް ހަދާ، ކިޔެވުމާއި އިތުރު ހަރަކާތްތަކުގައި ނަން ވިދާލި ހުނަރުވެރިއެކެވެ.

ނަމަވެސް އޭލެވެލް އިމްތިހާނު ބޯމަތިވުމާއެކު މި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށްލަން ޖެހުނެވެ. އަހަރެން ބޭނުންވާ ގޮތަށް ކިޔަވަމުން ދިޔަކަމުގައިވިޔަސް އެއީ މަންމަމެންނަށް އެންމެ ކަމުދާ ފެންވަރަށް ނުވިއެވެ. އަހަރެންގެ ކުރިން އޭލެވެލް ހެދި އަހަރެންގެ ބޭބެއަކީ މަންމަމެންގެ "ފެއިލް ޕްރޮޑަކްޓް" ގެ ގޮތުގައި އޮތީ ލޭބަލްވެފައެވެ. އެހެންކަމުން މަންމަމެން ބޭނުންވީ އެމީހުން ނޫނީ އަހަރެންގެ ތެރެއިން ކޮންމެވެސް އެކަކު މޮޔަވެގެން ވިޔަސް އަހަންނަށް ރަނގަޅު ނަތީޖާއެއް ހޯދާށެވެ.

އިސާހިތަކު މަޖާކުރުން ދޫކޮށްލީމެވެ. ކްލާސްތެރޭ މަޑުމަޑުން އިންނަން ފަށައި، ފޮތްތަކުގެ ދުނިޔޭގެ އަޅަކަށް ވީމެވެ. ޓިއުޝަނަށް އަންނަ ރަހުމަތްތެރިންނާއި ފިޔަވައި އެހެންމީހުންނާއި ވާހަކަ ދެއްކުން ހުއްޓާލީމެވެ. ބްރޭކް ގަޑިއެއް ލިބުނަސް ކްލާހުގެ ހަތަރުފާރުގެ ތެރޭގައި ހައްޔަރުވީމެވެ. މަންމައަށްޓަކައެވެ. މަންމަ ބުނާގޮތުގައި މިހުރިހާ ދުވަހަކު މަންމަ ވީ ގުރުބާނީގެ ހެޔޮއަގު އަދާކޮށްދިނުމަށެވެ.

ކޮންމެ ދުވަހެއްގެ ހެނދުނު މީހާ ނިދިން ހޭލެވެނީ ހަމަރޭގެ ނިދި ނުލިބިއެވެ. ނިދަން އަވަހަށް އޮށޯތަސް، މީހާއަށް ވިސްނެނީ އިމްތިހާނުން ދަށްނަތީޖާއެއް ލިބިއްޖެނަމަ ވާނެގޮތެވެ. ނިދާ ހޭލައިގެން ސްކޫލަށް ދާމަގުމަތީ ގޭގެ ދޮރާށިން ފެށިގެން ސްކޫލް ގޭޓާއި ހަމައަށް އިވޭނީ މަންމަ އަމުނާ ގޮވެލިފައްޗެވެ. އަހަންނަކީ މޮޅު ކުއްޖެއްކަމަށާއި މަންމަ އެންމެ އުފާވަނީ އަހަރެން ކިޔަވައިގެން މޮޅު މީހަކަށްވާތަން ފެނުން ކަމުގައި ކިޔަމުންދެއެވެ. އަދި ދޮންބެ އަކީ ނުކިޔަވާނެ މީހެއް ކަމަށާއި ދޮންބެ މަގުގެއްލުނީ މަންމަ ދިން ނަސޭހަތަށް އަޑުނޭހީތީ ކަމަށް ކިޔާ ހަމަ ކޮންމެ ދުވަހަކުމެ އެ ރާގަށް އެލަވަ ކިޔާއެވެ.

އަހަރެންވެސް އެއްބަހެވެ. މަންމައެއްގެ އެންމެ މުހިންމު ވާޖިބަކީ ދަރިންނަށް ތައުލީމް ފޯރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމެވެ. ނަމަވެސް އެ ވާޖިބަކީ އަހަރެން މޮޔަކޮށްލާ ވަރުގެ ކަމަކަށް ހަދަން މަންމަ ބޭނުންވަނީ ކީއްވެހެއްޔެވެ؟ އެ ނަސޭހަތްތަކަކީ އަހަރެންގެ ކަންފަތަށް ހަރުކަށި އިންޒާރުތަކަށް ބަދަލުވަނީ ކީއްވެހެއްޔެވެ؟

ކޮންމެ ދުވަހެއް މިގޮތަށް ދިޔައީ ފާއިތުވަމުންނެވެ. އިސާހިތަކު ޓެސްޓަށް ބާކީ ތިންމަހަށް ވެއްޖެއެވެ. އޭރު އަހަރެންގެ މުޅި ދިރިއުޅުން އެއްކޮށް ބަދަލުވެފައި އޮތަސް ހަގީގީ އަހަރެންގެ ގޮތުގައި ހުރުމަށް ބާކީ އޮތް ހަމައެކަނި ވަސީލަތްކަމުގައިވާ ފޯނު ކުއްލިއަކަށް އަތުލައިފިއެވެ. އެ ފޯނަކީ އަހަރެންގެ ކިޔެވުމުގެ ދުޝްމަނަކަށް ވާނެކަމަށް މަންމަގެ ރަހުމަތްތެރިން ބުނުމުންނެވެ. އަހަރެން އެކަމަކީ ނުވާނެކަމަށް ބުނެ ކުރަމުންދިޔަ އާދޭހަށް މަންމަ ދިނީ ބީރުކަންފަތެކެވެ. މަންމައަށް ތިމާގެ ލެއަށް ވުރެ ބޭރު މީހުން ދޭ ނަސޭހަތްތައް މާ މުހިންމުވީތީއެވެ.

ފޯނު އަތުލުމަށް ފަހު އަހަންނަށް ބައްތި ފޯނެއް ދިނަސް އެފޯނު އޮތުން އަހަންނަށްވީ މަންމަ އަހަންނަށް ކުރި މަލާމާތަކަށެވެ. ދަރިއެއްގެ މައްޗަށް އެއްވެސް ބަރޯސާއެއް ނެތްކަމަށް ދައްކައިދިން ރަތް ސިގުނަލަކަށެވެ. އަހަރެން ފަދަ ސޯޝަލް މީޑިޔާގައި އެކްޓިވް މީހަކު ކުއްލިއަކަށް އެތަނުން ގެއްލެން ޖެހުމުން އަހަރެން ވަކި ހިސާބަކަށް މޮޔަވި ކަހަލައެވެ.... ނޫނީ ހަމަ އެއްކޮށްވެސް މީހާ މޮޔަވީއެވެ......

އެމީހުން އަހަރެން ގާތަށް އަންނަން ފެށީ އެހިސާބުންނެވެ. ފުރަތަމަ އައީ އެއްރޭ ދަންވަރު އަހަންނަށް ނުނިދިގެން އެނދުމަތީ ދެފަރާތަށް ފުރޮޅިލައި އޮއްވައެވެ. ފަންކާއާއި އޭސީ ބާރުމިނުގައި ޖައްސާފައި ހުއްޓަސް އަހަރެންގެ މުޅި ގައިން ދިޔައީ ދާހިއްލަމުންނެވެ.

ކުއްލިއަކަށް އަހަންނަށް ގޮތް ނޭނގޭ އިހުސާސްތަކެއް ވާން ފަށައިފިއެވެ. ހަށިގަނޑުގެ ލޭދައުރުވުން ބާރުވާން ފަށައިފިއެވެ. މީހާގެ ރުޅިގަދަވެ، އަތް މުއްކަވާ ބާރަށް ފާރުގައި ތަޅަން ފެއްޓީމެވެ. ތަޅަމުން ގިސްލަ ގިސްލާފައި ރޮވެން ފެށިއެވެ. މިނިވަން ކަމުގައިވިޔަސް އަހަރެން ހުރި އަޅުވެތިކަމާއި މެދު ވިސްނާ ފިކުރުކުރެވިއެވެ.

އަހަރެން މިހުރިހާ ކަމެއް ކުރަމުންދިޔައިރު ފަހަތުގައި ބަޔަކު ހުރިހެން ހީވެއެވެ. އެމީހުން އަހަރެން ލައްވާ އެކަން ކުރުވަމުންދިޔައީ އެމީހުންނަށް ލިބޭ އުފަލެއްގެ ގޮތުގައެވެ. އަހަރެންގެ ވޭނާއި އެމީހުން ގުޅިފައިވީއިރު އެމީހުން އަހަރެން ކުރާ ކަންކަމަށް އަތްތިލަބަޑި ޖަހައި ތަރުހީބު ދެމުންދަނީ ކީއްވެބާވެއެވެ؟ އަހަރެންގެ ވޭނުން އެމީހުންނަށް ލިބެނީ ކޮން އުފަލެއް ބާވައެވެ؟
އޭގެ ފަހުން އެމީހުން އަބަދުމެ ދިޔައީ އަހަރެންގެ ކައިރިއަށް އަންނަމުންނެވެ. އަހަރެންގެ ފަހަތުން ހިޔަނިތަކެއް އުޅޭހެން ހީވާން ފެށިއެވެ. އާންމު ދިރިއުޅުމަށް އަހަރެން އުޅުމަށް ދިނަސް، އެކަހެރިވަމުންދިޔަ ވަގުތުތަކުގައި އެމީހުންދިޔައީ އަހަންނަށް ނަފްސާނީ ގޯނާ ދެމުންނެވެ. ޖިސްމާނީ ގޮތުން އަހަރެންގެ ހަށިގަނޑަށް ބާރުފޯރުވަމުންނެވެ.

އަހަރެން ވެގެންދިޔައީ ދިރިހުއްޓަސް މަރުވެފައިވާ މީހަކަށެވެ. އުފާވެރިކަމަކީ ކޮބައިކަން ނުދަންނަ، މުޖުތަމައުއާއި މަންމަމެންގެ އުއްމީދުތަކުގެ އަޅަކަށެވެ. އެހާލުގައިވެސް އަހަރެން ކިޔެވީމެވެ. ނަތީޖާއަށްޓަކައެވެ. އެންމެން އުފާކޮށްދިނުމަށެވެ. ނަމަވެސް އެންމެ ހިނދަކުވެސް އަހަންނަށްޓަކައި އެއްނޫނެވެ. އަހަރެންނަށް ކިޔެވުމަކީ ވޭންހުރި ކަމަށް މާކުރިން ވެފައި އޮތުމުން އެކަމުން އުފަލެއް ހޯދާކަށް ނޭނގުނެވެ.

އެހާލުގައި އަހަރެން އިމްތިހާނުތަކަށް އިށީނދެ، އެ އިމްތިހާނުތައް ހެދީމެވެ. ނަމަވެސް އެމީހުން އަހަރެންގެ ގާތުން އޭރުވެސް ދުރަކަށް ނުދެއެވެ. ކިރިޔާވެސް އެމީހުން އަހަންނާއި ވަކިވަނީ ނަމާދަށް މިސްކިތަށް ދާއިރުއެވެ. ނަމަވެސް މިސްކިތުން ފައިބާއިރު އަނެއްކާވެސް އެމީހުން އަހަރެން ފަހަތު އަޅުވާލައެވެ. އެމީހުން އަބަދުމެ އަހަރެންގެ ފަހަތުން އުޅެއެވެ. އަހަރެންގެ ސިކުނޑިއަށް ނުބައި ވަސްވާސްތައް ލައިދެމުން ދިޔައެވެ. ނަމަވެސް އެމީހުން އުޅޭކަން އަހަންނަށް ބުނެދޭކަށް ނޭނގެއެވެ. އެއީ އެހާވެސް ނުރައްކާތެރި ބައެކެވެ. އަމުދުން އެމީހުން އުޅޭކަން އަހަރެންގެ ލޯބިވާ މަންމަމެންނަށް އެނގިއްޖެނަމަ އެމީހުން ފައްސާލަން ކުރާ މަސައްކަތުގައި އަހަރެން އިތުރަށް ހަލާކުވެދާނެކަން އަހަންނަށް އިނގެއެވެ.

އެމީހުން އަހަރެން ފަހަތު އަޅުވާލިތާ ތިން އަހަރު ފަހެވެ. އިމްތިހާނު ނަތީޖާ ލިބި، ރަންވަނަތަކުން އަހަރެން ފާސްވިޔަސް އެމީހުން އަހަންނާއި ދުރަކަށް ނުދެއެވެ. އަބަދުމެ އަހަރެންގެ ގާތުގައި އުޅެއެވެ. އެމީހުން ނުއެއް ފެނެއެވެ. އެކަމު އިހުސާސްވެއެވެ. އަހަރެން މުޅި ދުނިޔެ އެފުށް މިފުށަށް ޖަހާލިއެވެ. ދިރިހުއްޓަސް މަރުވެފައިވާ މީހަކަށް ހަދާލިއެވެ.

މަންމަގެ ޕްރެޝަރާއި ހެދި އަހަރެން ގާތަށް އައީ ހަގީގަތުގައި މީހުންތަކެއް ނޫނެވެ. ބުނެދޭން ދަތި އިހުސާސްތަކެވެ. ބިރުވެރިކަމެވެ. ދުނިޔެމަތިން ފޫހިވުމެވެ. ރުޅިގަދަކަމެވެ. ހާސްވުމެވެ. މި މީހުން އަހަންނަށް ކޮންމެ ދުވަހަކު ދިޔައީ އަނިޔާކުރަމުންނެވެ. އަހަރެންގެ ގާތުން މި މީހުން ދާކަށް ބޭނުންވެސް ނުވެއެވެ. އަހަރެންގެ ނަސީބުގައި އެމީހުންނާއި ގުޅުން އޮތީމައެވެ. ޑިޕްރެޝަންގެ އިހުސާސަކީ އަހަރެންގެ މަންމަ އަހަންނަށް ތަބަކަށް ލާފައި ދިން ހަދިޔާއެއް ފަދައެވެ. ނަމަވެސް އަހަރެން މަންމަ ގާތު މިވާހަކަ ދައްކަން ނެތީމެވެ. އެހީއެއް އެދި ހަޅޭއްލަވަން ނެތީމެވެ. އެއީ އެމީހުން އަހަރެންގެ އަނގަމަތި ބަންދުކޮށްފައިވީތީއެވެ. މި މުޖުތަމައު އަހަރެންގެ ހަތަރެސްފައި އުންމީދުތަކުން ބަނދެފައިވާތީއެވެ.

Please log in or register to bookmark.
9k

12 ޚިޔާލު

  1. މީހަމަ ހަގީގަތުގަ ވެސް ކަންތައް ވާގޮތް... ހަމަ މަށަށް ވެސްމިހެންވީ... އެންމެފަހުން ޖެހުނީ އެތައް ހަރަދެއްކޮއްގެން ބަލިން ސަލާމަތްވާން... ވަރަށް ދެރަވެއްޖެ މި ވާހަކަކިޔާފަ. މާޒީ ވަރަށްބޮޑަށް ހަދާން ވެއްޖެ..

    12
  2. މަމީ މި ބަލި ޖެހިފައިވާ މީހެއް އަދި ވެސް ރަނގަޅު ނޫން މަންމަ މެން ކުރާ މަސައްކަތް ތައް ބޭކާރުވީ. ޑިޕްރެށަން. ކަހަލަ އެތއް ބަލިތަކާ ހަނގުރާމަ ކުރަމުންދާ ކުއްޖެއް

ޚިޔާލު

Your email address will not be published. Required fields are marked *