ސާރާ – 4

މި ވާހަކައަކީ ހިނގާފައިވާކަމަށް ބަލައިގެން ލިޔެފައިވާ ވާހައެކެވެ. މިވާހަކައިގައި ބޭނުން ކޮށްފައިވާ ނަންތަކާއި ރަށަކީ އަސްލެއް ނޭނެވެ.

"އަހަރެން މީކާކު ކަން އެނގޭތަ؟ ނޭނގުނަސް އަހަރެންނަކީ ފަރީނާއަށް ހެޔޮއެދޭ މީހެއް…އަހަރެެން މިއައީ އުޙްތާގާތު ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން އަހަރެން މި ވަގުތަކަށް އިންތިިޒާރުކުރާތާ ވަރަށް ގިނައިރު ވެއްޖެ..ނަމާދަށް އިންދާވެސް ހިތަށްއެރި ބައްދަލުކުރަން އެކަމަކު ނަމާދު ކޮށް ނިމެންދެން ކެތްކުރީ. .އޭ އުޙްތާ ތިބާގެ ހަށިގަނޑުގައި ސިހުރުވާ ފަދައިން ތިބާގެ ހަށިގަނޑުގައި އެހެން އެއްޗެއް ވާކަން ތިބާއަށް އެނގޭތަ؟ ތިބާގެ ވަށައިގެންވަނީ ދުޝްމަނުންގެ ބައިގަނޑެއް..އެމީހުން ތިބާ ދޫކޮށެއް ނުދާނެ.. އެމީހުންގެ ޖަމާޢަތް ވަރަށް ބޮޑު..” މިހެން ބުނެ އެ އަންހެން މީހާ އޭނާގެ ވާތްފަރާތަށް އިޝާރާތްކޮށްލިއެވެ.

"އެތިބީ އެމީހުން…އެމީހުންގެ އަދަދު ވަރަށް ގިނަ.. ނަމަވެސް ތިބާ ﷲ އަށް ދުޢާކުރުމުގައި ދެމިހުރޭ.. އޭރުން މި އަދުއްވުންގެ ކިބައިން މިންޖުވާނެ.." އެ މީހާ އެހެން ބުނިތަނާ ފަރީނާއަށް ފެނުނީ ބޮޑުގަހެއްގެ ދަށުން ދުންގަނޑަކާއެކު ފާޅުވި ވަރަށް ބޮޑު ޖަމާޢަތެކެވެ. އެޖަމާޢަތުގެ ތެރެއިން އިސްމީހަކު ކުރީގައި ހުއްޓެވެ. ނަމަވެސް އަނދިިރިކަމުން އެމީހާގެ ސިފަވަކިވާވަރެއް ނުވިއެވެ. އެމީހާގެ އަތުގައި ވާބުރިތަކަކާއި ދަނޑިގަނޑެއް އޮތެވެ.

އިރުކޮޅެއްގެ ފަހުން އެމީހުންގެ ތެރެއިން ބަޔަކު އައިސް ފަރީނާގެ ބޯމަތީގައި އުދުހެން ފަށައިފިއެވެ. އެމީހުންގެ ސިފަ ވާލާއި އޫރުތަކެއް ފަދައެވެ. ބައެއްފަހަރު އެމީހުން އެކި އެއްޗެއްސަށް ބަދަލުވެއެވެ. ހަރުފަޔާއި ނަގުލަނދާއްޓާއި ބުޅަލަށެވެ. އަދި އަނެއްބަޔަކު ކަކުންޏާއި މީދަލާއި ކުރެފިފަދަ އެއްޗެއްސަށެވެ. އެމީހުން ފަރީނާގެ ގާތަށް އައިސް ވައްތަރު ޖައްސާ މަލާމާތުގެ ރާގުރާގަށް ހީނ ސަކަރާތްޖަހާ ފަރީނާއަށް ބިރުދައްކަމުން ދިޔައެވެ.

ކުއްލިއަކަށް ފަރީނާގެ ލޯހުޅުވާލެވުނީ ކަޅު އަނދިރިކަމެއްގެ ތެރެއަށެވެ. އެއްވެސް ތަނެއް ފެންނަން ނެތުމުން ފަރީނާގެ ލޮލުގައި އަތްލާ ދެލޯއުނގުޅާލިއެވެ. ނަމަވެސް އެއްވެސްތަނެއް ފަރީނާއަކަށް ނުފެނުނެވެ. އެހެން ކަމުން ފަރީނާގެ ބޯ ފަރާތްފަރާތަށް ހޫރާހެދުމުންވެސް އެއްވެސްތަނެއް ފެންނަ ގޮތެއް ނުވިއެވެ.

އިރުގަނޑެއްގެ ފަހުން ފަރީނާގެ ލޮލަށް ކުޑަކޮށް އަލިކަމެއް ވެއްޖެއެެވެ. ތަންތަން ފެންނަވަރުވާން ފަށައިފިއެވެ.

ފަރީނާގެ ލޮލަށް ފެންނަވަރުވުމުން ފުރަތަމަވެސް ހޯދާލީ އަދުހަމްއާއި އަޒްލީފާއެެވެ. ނަމަވެސް އެދެކުދިން މަޢުސޫމް ގޮތަކަށް ނިދާލާފައި ތިއްބެވެ. އެވަގުތު ފަރީނާ ކޮޓަރިތެރެއަށް ނަޒަރު ހިންގާ ބަލާލިއެވެ. ދާއޫދޫ ފެނޭތޯއެވެ. ނަމަވެސް ދާއޫދު ކޮޓަރިއެއްގައި ނެތެވެ. އިސާ ނަމާދަށް ގޮސް އަދި ނާންނަނީކަމަށް ފަރީނާ ހިތާހިތުން ގަބޫލުކޮއްލިއެވެ.

ފަރީނާވަނީ ހާސްކަމާއި ބިރުވެރިކަމުން ފުރިފައެވެ. މުޅިމީހާ ވަނީ ދާހިއްލާ ފޯވެފައެވެ. ނޭވާކުރުވެ ވަރުބަލިވެފައެވެ. ފެނުނު މަންޒަރުތަކާއި އިވުނު ވާހަކަތަކުން ބިރުގަނެ ކަންބޮޑުވެފައެވެ. ނަމަވެސް އެހާލުގައިވެސް ފަރީނާއަކަށް އިންނާކަށް ނުކެރުނެވެ. އެހެންކަމުން ދާއޫދު ގެއަށް އަންނަންވާއިރަށް ކާންހެދުމަށްޓަކާ ފަރީނާ ކޮޓަރިން ނިކުތެވެ.

މުޅި ގޭތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. އެއްވެސް އަޑެއް ބަޑެއް ނީވެއެވެ. މަޑު އޮރެންޖް ކުލައިގެ ބޮތްކަކުން ފެންޑާތެރެ ދިއްލާފައިއޮތެވެ. ފެންޑާތެރޭގައި ހާރޫނާއި ސިއްތި ތިބިތޯ ފަރީނާ ވަގުވަގަށް ބަލާލިއެވެ. ނަމަވެސް އެއްވެސް މީހަކު ފެންނަން ނެތުމުން ބޮޑު އަށްްޓާދިމާގައި ހުރި ގަޑި ބަލާލިއެވެ.

އެވަގުތު ފަރީނާގެ ހިތް ބިރުގަނެއްޖެއެވެ. ދެފަހަރަަކަށް ޔަގީންނުވެގެން ގަޑި ބަލައިލިއެވެ. ގަޑިން މެންދަމުން އަލިވެ 3:30 ވަނީއެވެ.

ކިހިނެތްތަ މިވީ…މިހާއިރުވެގެންދިޔައިރުވެސް…ސުބްޙާނަﷲ އެއީ ކާކުބާ؟ އެކަމަކު އޭނަ ދެއްކީ ކޮންކަހަލަ ވާހަކަތަކެއްތަ؟ އަހަރެން ކިހިނެތް ގަބޫލުކުރާނީ! ދާއޫދު މިހާ ލަސްވީއިރުވެސް ނާންނަނީ ކީއްވެތަ؟ އަވަސް އަވަހަށް ފުން ނޭވާތަކެއް ލަމުން ފަރީނާގެ ހިތާހިތާ ސުވާލުތައް ކުރަމުން ދިޔައެވެ.

ކުއްލިއަކަށް ފަރީނާގެ ކަންފަތުގައި ޖެހުނީ ދުވަހަކު އެއަޑެއް އަހަން ބޭނުންނުވާ ހާރޫނުގެ އަޑެވެ. ބަލިގޮތަކަށް ހާރޫނު ކެއްސާލިއަޑެވެ. ފަރީނާގެ މެއަށް ހީވީ ފެންއެއްޗެއް އަޅާލިހެންނެވެ. އެވަގުތު ފަރީނާ ދުވެފައިގޮސް ކޮޓަރިއަށްވަދެ ދޮރު ލައްޕާ ތަންޑުއެޅުވިއެވެ. އަދި އެނދުގައި އިށީނދެލުމަށްފަހު އެއަޑަށް ސާމާލުކަންދީގެން އިނެވެ. ނަމަވެސް ހާރޫނު ފެންޑާއަށް ނުނިކުންނަކަން ފަރީނާއަށް ޔަގީންވުމުން ފުން ނޭވާއެއް ލުމަށްފަހު ފަރީނާ އަނެއްކާވެސް އެފެނުނު މަންޒަރުތަކާމެދު ފިކުރުކުރަން ފެށިއެވެ.

އަހަރެންގެ ގައިގައި ސިހުރުހުރިވާހަކަޔާ އިތުރު…އިތުރު ކޯޗެއްބާ؟ އަހަރެން..” މިހެން ބުނެ ފަރީނާގެ ހަށިގަނޑަށް ބަލައި ނަޒަރު ހިންގާލިއެވެ.

ބިރުވެރިކަމުން ފުރިފައިވާ އެ ކިއްލާގައި ހޭލާހުރީ ފަރީނާ އެކަންޏެވެ. ފަރީނާގެ ފިރިމީހާ ދާއޫދު ގެއަށްނައިސް އެހާލަސްވާތީ ފަރީނާގެ ފިކުރު އިތުރަށް ބޮޑުވެގެން ދިޔައެވެ. ދާއޫދު ލަހުން ގެއަށް އައިނަމަވެސް މިހާލަސްވި ރެއެއް އަދި ނާންނާތީވެ، ފަރީނާގެ ހިތުގައި ވަރަށް ސުވާލުތައް އުފެދުނެވެ. ހިތްބިރުގަނެފަ ހުރިވަރުން ފަރީނާއަށް ވިސްނެނީ އެންމެ ގޯސްކޮންނެވެ. ދާއޫދަށް ކަމެއް ވީބާއޭ ހިތާހިތާ ހިތާ ސުވާލުކޮށްލަ ކޮށްލަ އިނެވެ.

ރޭގަނޑުގެ ފަހުދަން ނިމި ފަތިސްވަގުތު ވެއްޖެއެވެ. ފަތިސް ނަމާދަށް ބަންގިގޮވުމަށް ވަރަށް ކައިރިވެއްޖެއެވެ. މުޅި ރަށުތެރޭގައިވަނީ ފަތިހުގެ ހިތްގައިމު އަޑެވެ. ކޮވެއްޔާއި ހާލާއި އެކިއެކި ދޫނިތައް އެސޮރުމެންގެ މަސައްކަތަށް ނުކުންނަން އުޅޭއަޑެވެ. އެސޮރުމެންގެ ދަރިންނާއި އާއިލާތަކުން މަސައްކަތަށް ނިކުންނަ ދޫނިތަކަށް ރީތި ރާގުރާގަށް ލަވަކިޔައިދޭ އަޑެވެ. މަސައްކަތް ނިންމާލުމަށްފަހު ދަރިންނަށް ކާންދިނުމަށް އެސޮރުމެން އަންނާނެކަމަށް ބުނާ އަޑުތަކެވެ.

ނަމަވެސް ފަރީނާއާ އެދެކުދިން މި ނާމާންކަމުން ފުރިފައިވާ ކިއްލާއަށް ދޫކޮށް ދާއޫދު ދިޔަ ތަނެއްވެސް ފަރީނާއަކަށް ނޭނގުނެވެ. ފަރީނާއަކަށް ހަދާނެ ހަމައެއްވެސް ގޮތެއް ނޭނގުނެވެ. ފަތިސް ނަމާދަށް ބަންގިގޮވީމަ ނޫނީ ބޭރަށް ނިކުންނަންވެސް ނުކެރޭނޭތީ ފަރީނާ ދެކުދިންގާތުގައި އޮށޯވެ ބޮލުގައި އަތް ވިއްދައިގެން އޮތެވެ.

މާލަސްތަކެއްނުވެ ފަތިސް ނަމާދަށް ބަންގިގޮވައިފިއެވެ. ބަންގިގޮވާއަޑު އިވުމުން ހަމަޖެހުމުގެ ނޭވާއެއްލުމަށްފަހު ފަރީނާ އަވަސްވެ ގަތީ ވުޟޫކުރަން ގިފިއްޔަށް ދިއުމަށެވެ. ރޭގައި ކަންވީގޮތުން ވަލުފަރާތު ދޮރުހުޅުވަން ނުކެރި ދޮރުކައިރީގައި ފަރީނާ ހުއްޓުނެވެ. ނަމަވެސް ﷲ ށް ވަކީލުކޮށް ދުޢާކިއުމަށްފަހު ދޮރުހުޅުވާލީ ބިރުން ތުރުތުރުއަޅާ ހާލުގައެވެ.

ދޮރުހުޅުވާލުމާއެކު ފަރީނާ ބޭރަށް ނަޒަރު ހިންގާލިއެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން ފަރީނާ ބޭރަށް ނިކުތެވެ. އަދި ގިފިއްޔަށްވަދެ ވުޟޫކޮށްލައިގެން ގެއަށް ވަންނަން ބާރުބާރަށް ހިނގާފައި ދިޔައެވެ. ވަކި ހިސާބަކަށް ދިޔަތަނާ ފަރީނާގެ ދެފައި ބިމުގައި ހަރުވެއްޖެއެވެ.

(ނުނިމޭ)

ނޯޓް: މި ސިލްސިލާ ވާހަކަ ގެނެސްދެވޭނީ ކޮންމެ ހުކުރު ދުވަހަކު އެވެ.

Please log in or register to bookmark.
5k

5 ޚިޔާލު

  1. ހަމަ އެކަނި ހުކުރު ދުވަހު ގެންނައިރު ހާދަ ކުރޭ ވާހަކަ ގެނެސްދޭލެއް. ތަންކޮޅެއް ދިގުކޮށްލަދީ. ވާހަކަ ވަރަށް އިންޓެރެސްޓިންގ.

    10
  2. އޯއެމްޖީ. އެންޑް ދިސްއިޒް އަ ރިއަލް ވަން؟ ބިރުގަނެއްޖެ. ނޯ ސާކަޒަމް އެޕްލައިޑް ހިޔާ

ޚިޔާލު

Your email address will not be published.