kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.comSupertotobetSahabetTarafbetMatadorbetTipobet365Deneme BonusuBetvoleMariobethack forumxumabetgiris.com

އުއްމީދު - 25

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

ބާބު 25

އޮގަސްޓު މަހެވެ. ހޫނު މޫސުމުގެ ދުވަސްތައް ގުނަމުންދާ ކިޔޯޓޯގެ އެ ސަރަޙައްދުގެ މަގުމަތި ފެންނަނީ ފުދޭވަރަކަށް އަމާންކޮށެވެ. މައި ސިޓީއެއް ކަމުގައި ނުވާތީ ކަމުގައިވެދާނެއެވެ. ދުއްވާ އުޅަނދުތައް ވަރަށްވެސް މަދެވެ. އެހެނަސް ދޭތެރެއަކުން ބައިސްކަލެއްގައި ދާ މީހަކު ނުވަތަ ޒުވާންފުރައިގެ ކުދިން ފެނިދާނެއެވެ. އެނޫންނަމަ ގިނައިން ފެންނަނީ ހަމަ ހިނގައިފަ ދާ މީހުންނެވެ.

ގަދަ އަޅިކުލައިގައި އޮތް ތާރުއެޅި މަގުގެ ދެފަރާތުން ފެންނަމުންދިޔަ ގެތަކުގެ އުސްމިން އެންމެ މައްޗަށްވެސް ހުންނަނީ ބެލެވޭ ގޮތުގައި ތިން ބުރިއަށެވެ. އެއަށްވުރެ އުސްކޮށް ހުރި ގެއެއް އެހިސާބުން މަދުން ނޫނީ ފެންނާކަށް ނެތެވެ. މަތިން އެކި ކޭބަލްތައް އަޅާފައި ހުރި އިރު ޖަޕާނުގެ ދުވަސްވީ ސަޤާފަތް ރަމްޒުކޮށްދޭފަދަ މުށިން ނުވަތަ އީޓުން ހަދާފައިވާ ކިރިޒްމާ އަދި އިރިމޯޔާ ފަދަ ފުރާޅުތަކުން ހިޔާކޮށްފައިވާ ގެތަށްވެސް ވަކި މަދެއްނޫނެވެ. ކުދި ކުދި ކެފޭތަކާއި ރެސްޓޯރަންޓްތަކުގެ އިތުރުން ކުދިކުދި ފިހާރަތަށް އެކި ހިސާބުތަކުން ފެންނަމުން ދިޔައެވެ. ރީތިކޮށް ކޮށާ އެއްވަރުކޮށްފައިވާ ގަސްތަކާއި ބައެއް ގޭގޭގެ ކުރިމަތީގައި ހައްދާފައިވާ ގަސްތަށް އެކި ކުލަ ކުލައިގެ މާތަކުން ބަރާވެފައިވާގޮތް ވަރަށްވެސް ޗާލެވެ.
ދުވަހުގެ މެންދުރުގެ އެ ހޫނުގަދަ ވަގުތު ކަމުން އެންމެންވެސް ބަލަނީ މަގުމައްޗަށް ނުނިކުމެ ވޭތޯއެވެ. ހޫނު މޫސުމަކީ އެންމެނަށްވެސް ނިކަން ވޭންހުރި މޫސުމަކަށް ވާތީއެވެ.

މަގުގެ މެދާކަށް ހަމައިގައި ހުރި ކުޑަކުޑަ ކޮފީޝޮޕް ޒީނަތްތެރިކުރަން މައިގަނޑުގޮތެއްގައި ބޭނުންކޮށްފައިވަނީ ވަކަރެވެ. އިހުގެ ގޮތްގަނޑު ދައްކުވައިދެމުން ދިޔަ ކޮފީޝޮޕްގެ މައިދޮރުގެ ދެފަރާތުގައި މާގަސްތައް ހައްދާލައިފައިވާގޮތް ޗާލެވެ. ތަނުގެ އެތެރޭގައި މާ ގިނަ ކަސްޓަމަރުންނެއް އެވަގުތު ނެތެވެ.

ކައުންޓަރ ކުރިމަތީގައި ހުއްޓިހުރި ކަސްޓަމަރަށް ފުޅާ ހިނިތުންވުމެއް ދީގެން މުޢާމަލާތް ކުރަމުންދިޔަ އަންހެން ކުއްޖާ ހުރީ މުށިކުލައިގެ ޝޯލްއަކާއި ހުދުކުލައިގެ ގަޔަށް ނުހަނު ދޫ ގަމީހެއްގެ އިތުރުން ކްރީމް ކުލައިގެ ފަޔަށް ދޫކޮށް ހުރި ޕޭންޓްސްގައެވެ. އެ އަންހެންކުއްޖާގެ އެންމެ ލޮލުގައި އަޅައިގަންނަ ސިފައަކަށް ވެފައިވަނީ އޭނާގެ ތަފާތު ކަޅިއެވެ. އަޅިކުލައާއި މަޑު ދަނބުކުލަ ނުވަތަ މަޑު ނޫކުލަ އެއްވުމުން ހުންނާނެ ކަހަލަ ކުލައެކެވެ.

"ހޭވް އެ ގުޑް ޑޭ މޭމް!" މުށިކުލައިގެ ކަރުދާސްކޮތަޅު ކަސްޓަމަރާ ހަވާލުކޮށްލަމުން އުފާވެރިކަމާއި އެކީ ކަސްޓަމަރާއި ވާހަކަ ދެއްކީ ޝާޔަން ނޫން ދެވަނަ މީހެއް ނޫނެވެ. ފާއިތުވެ ދިޔަ ދެ އަހަރު ތެރޭގައި އެތަށް ކަމެއް ބަދަލުވެފައިވާއިރު ޝާޔަންއަށްވެސް އެތަކެއް ބަދަލުތަކެއް އައިސްފައިވެއެވެ. ވިހި އަހަރުގެ ޝާޔަންގެ މޫނުމަތި އިހުނަށްވުރެ މިއަދު އުޖާލާވެފައިވެއެވެ.

ކަސްޓަމަރު ކޮފީޝޮޕުން ނިކުމެގެން ދިޔުމާއި އެކީ ޝާޔަން އޭނާގެ އަތުގައި އޮތް އަތުކުރީ ގަޑިއަށް ނަޒަރެއް ދިނެވެ. އެއަށްފަހު ހިނިތުންވެލައިފައި އަޅައިގެން ހުރި ގަދަ މުށިކުލައިގެ އޭޕްރޮން ހަށިގަނޑުން ވަކިކޮށްލުމަށްފަހު އޭތި ފަރިތަކަމާއި އެކީ ފަތްޖަހާލަމުން ބަދިގެއާއިވީފަޅިއަށް އެނބުރިލިއެވެ. "އިޒުމީ، އަހަރެން ދަނީ! ޝިފްޓް ނިމިއްޖެ." އޭނާއާއި އެކުގައި އެތާނގައި މަސައްކަތް ކުރަމުންދާ އަނެއް އަންހެންކުއްޖާއާއި މުޚާތަބުކޮށް ޝާޔަން އިއްވާލިއެވެ. "އާން އޯކޭ!" އޭނާ ޝާޔަންއަށް ފެންނާނެހެން ބޯދިއްކޮށްލުމަށްފަހު ޖަވާބު ދިން އިރު ހުދުކުލައިގެ އަންގި ލައްވާލާއިފައިވާ އަތުގައި ޓްރާންސްޕޭރެންޓް ތަށްޓެއް އޮތެވެ. އެ ތަށްޓަށް ކެރެމަލް ސިރަޕް އަޅައިފައި ހުއްޓެވެ. ކޮންމެވެސް ފަރާތެއްގެ އޯޑަރ އޭނާ ތައްޔާރުކުރަނީއެވެ.

އިޒުމީގެ ޖަވާބު އައުމާއި އެކީ ކައުންޓަރގެ ވަތްގަނޑަކަށް އޭނާގެ އޭޕްރަން ލުމަށްފަހު އޭނާގެ ކްރޮސްބޮޑީ ބޭގް ނަގައި ކޮނޑު ހުރަސްކޮށް އަޅުވާލިއެވެ. އެއަށްފަހު ކައުންޓަރމަތީގައި ބަންދުކޮށްފައި އިން ހަތަރެސްކަން ކުޑަ ފޮށީގެ އަތްގަނޑުގައި ހިފައިގެން ޝާޔަން ކޮފީޝޮޕުން ނިކުތެވެ.

މައި މަގަށް ނިކުތުމަށްފަހު އެންމެ އަވަހަށް އަތުޖެހުނު ޓެކްސީއަށް އަރައި ދާންވީ މަންޒިލްގެ ނަން ޝާޔަން ބުނެލިއެވެ. ޓެކްސީ ގޮސް މަޑުކޮށްލީ އެއް އުސްމިނެއްގައި ހުރި ބިޔަ އިމާރާތްތަކެއްގެ ކުރިމައްޗަށެވެ. ޕޭވްމެންޓުން ފައިބައިގެން އެތަނުން އިމާރާތަކަށް ވަދެވޭނީވެސް އިރުކޮޅަކު ހިނގައިގެން ކަންނޭނގެއެވެ. ކޮންމެ އިމާރާތެއްވެސް ފަސް ބުރިއަށް ނަގައިފައި ވާއިރު އެ ކޮންމެ އިމާރާތެއް ޖާގައިގެ ގޮތުން އެހާވެސް ތަނަވަހެވެ. ތަނުގެ ގޯތިތެރޭގައި ފެހި ގަސްތަށް އެކި ހިސާބުގައި ހައްދާލައިފައިވާއިރު އެތަނުގެ ގޯތިތެރޭގެ މެދުގައި ވަށްބުރަކަށްވާހެން ކާޕެޓުވިނަހައްދާފައިވާ ތަންކޮޅެއް ވިއެވެ. އެތާނގައި ބަހައްޓާލައިފައި އިން ރީތިގޮތަކަށް ފަރުމާކުރެވިފައިވާ ގާގަނޑުގައި ރިހިކުލައިގެ އަކުރުތަކުން ލިޔެފައި އިނީ 'ކިޔޯޓޯ ސެންޓްރަލް ހޮސްޕިޓަލް' އެވެ.

ޝާޔަން ފަރިތަކަމާއި އެކީ އެތާތެރެއަށް ވަދެގެން ދިޔައީ އަބަދު އައިސް އުޅޭ ތަނެއް ފަދައިންނެވެ. ލިފްޓަށް އެރުމަށްފަހު ތިނަކަށް ފިތާލައިގެން އޭނާ ހުރީ ކެފޭއިން ގެނައި ފޮށީގެ އަތްގަނޑުގައި ދެއަތުން ހިފަހައްޓާލައިގެންނެވެ. ކަމެއް ހަނދާންވީ ފަދައަކުން އަތް ދަބަސްތެރެއިން ފާހެއް ނަގައި ކަރުގައި އަޅުވާލިއެވެ. އޭނާއާއި އެކީ ބައެއް ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އާންމު ދެމީހަކުވެސް ލިފްޓް ތެރޭގައި އެވަގުތު ތިއްބެވެ. ކޮންމެ މީހެއްވެސް އެމީހެއްގެ އަމިއްލަ މަސައްކަތެއްގައި މަސްއޫލުވެގެންނެވެ.

ތިނަކަށް ލިފްޓު ހުއްޓި ދޮރު ދެފަރާތަށް ކެހިލުމާއި އެކީ ޝާޔަން އަވަހަށް ލިފްޓު ތެރެއިން ދެމިގަތެވެ. ބަލައިލި ކޮންމެ ދިމާލަކުން ހުދު ކުލަ ފެންނަމުންދިޔަ ހޯލްވޭ ތެރެއިން ލައިފައި ޝާޔަން ދިޔައިރު މަޑު ނޫކުލައިގެ ދޮރުތައް ފެންނަމުން ދިޔައެވެ. އެތަނުން ދޮރަކާއި އަރާ ހަމަވުމުން ލުއި ހިނިތުންވުމެއް ވެރިކޮށްލައިފައި ޝާޔަން އެ ދޮރު އެތެރެއަށް ކޮށްޕާލިއެވެ.

އެ ވަރޑު ތެރޭގައި މުޅީންވެސް ތިބީ ކުޑަކުދިންނެވެ. ހަތަރު އަހަރާއި އަށް އަހަރާއި ދެމެދުގެ ހަ ކުދިން އެތާ ތެރޭގައި އެކި އެނދު ތަކުގައި ތިއްބެވެ. ޝާޔަންގެ މިސްރާބު ހުރީ އެ ވަރޑުގެ އެންމެ ބިއްދަށަށް ހުރި އެނދާއި ދިމާއަށެވެ. އެ އެނދަށްފަހު ދެން ހުރީ ކުޑަދޮރު ކަމަށްވެފައި ވަރަށް ފުރިހަމައަށް ދުވާލުގެ އަލިކަން އެތާ ތެރެއަށް ވެރިވެފައި އޮތެވެ. ޝާޔަން މިސްރާބު ޖެހީ އެނދުގައި ޝާޔަންއަށް ފުރަގަސްދީގެން އިށީނދެ އިން ފަސްވަރަކަށް އަހަރުގެ ފިރިހެން ކުއްޖާއާއި ދިމާއަށެވެ. ހުދުކުލައާއި މަޑު ނޫކުލައިގެ ޑިޒައިނެއް އެކުލެވޭ ހޮސްޕިޓަލް ގައުންގައި އެކުއްޖާ އިން އިރު ލޮލުގައި އެންމެ ބޮޑަށް އަޅައިގަންނަނީ ގަދަ މުށިކުލައާއި ކަޅުކުލައާއި ދެމެދުގެ ކުލައެއްގައި ހުރި އެކުއްޖާގެ ކުރު އެހެނަސް ފަން ފަން އިސްތަށިކޮޅެވެ.

"ހާއި ރިކޫ!" ޝާޔަން ފުޅާ ހިނިތުންވުމަކާއި އެކީ އެކުއްޖާ ކުރިމައްޗަށް އައީ ކުޑަކޮށް ދުވެލައިފައެވެ. އެކުއްޖާގެ ކުރިމަތީގައި ކުރުފައިމައްޗަށް އިށީނދެލަމުން މިއޮތީ ކޮން އެއްޗެއްހެއްޔޭ ކިޔައި އޭނާގެ އަތުގައި އޮތް ހަދިޔާ ދައްކާލިއެވެ. އެކުއްޖާގެ ދެލޯ ނުހަނު ހަނިވެގެން ދިޔައިރު އަންނާރު އޮށްތަކެއްފަދަ ކުދި ކުދި ހުދުކުލައިގެ ދަތްތަށް ހާމަވެގެން ދިޔައީ ރިކޫގެ ހުނުމުގެ އަޑާއި އެކުއެވެ. ހަދިޔާއަށްވެސް ބެލުމެއްނެތި ފުރަތަމަ އޭނާ ދެއަތް ދިއްކޮށްލީ ޝާޔަންގެ ގައިގައި ބައްދާލުމަށެވެ. ރިކޫގެ މައުސޫމުކަމާއި ލޯބިކަމުން ތުން ފިއްތާލުމަށްފަހު ޝާޔަން އޭނާ ގެނެސްދިން ހަދިޔާ އެނދުމަތީގައި ބަހައްޓާލުމަށްފަހު ހަށިގަނޑު ތެދުކޮށްލަމުން ރިކޫ ގައިގައި ބައްދާލިއެވެ.

"ދައްތަގެ ވޮރިއާގެ ހާލު ކިހިނެއް؟" ރިކޫއާއި ދުރުވެލުމަށްފަހު އޭނާގެ ބޮލުގެ އިސްތަށިގަނޑު ކުޑަކޮށް ހާވާލަމުން ޝާޔަން ރިކޫއާއި ސުވާލު ކޮށްލިއެވެ. ދެއަތުގެ ބޮޑުވާއިނގިލި ދައްކާލަމުން ރިކޫ އޭނާގެ ޙާލަތު ޝާޔަންއަށް ބުނެދިނެވެ. އަދި ޝާޔަންއަށް ކުރި ދިގު އިންތިޒާރުގެ ވާހަކަ ކިޔައިދިނީ ޝަކުވާބޮނޑި ބަނދެލަމުންނެވެ. އެއާއިއެކީ ޝާޔަންއަށް ހީލެވުނެވެ.

ޝާޔަން އޭނާ ގެނެސްދިން ހަދިޔާ ކަނޑަން ރިކޫއަށް އެހީވެދިނީ ރިކޫގެ އެދުމުގެ މަތިންނެވެ. އެ ކުޑަ ފޮށި ހުޅުވާލުމާއި އެކީ ހާމަވެގެން ދިޔައީ ހުދުކުލައިގެ އައިސިންގް ޖަހާފައި އޮތް ކުޑަކުޑަ ވެނީލާ ކޭކެކެވެ. "ރިކޫގެ ފޭވަރިޓް!" ރިކޫ ޖަޕާނު ބަހުން ޝާޔަންއާއި ވާހަކަ ދައްކަމުން ދިޔައީ އުފާވެރިކަމާއި އެކުއެވެ. އެވަގުތު ނަރުސް ޔުނީފޯމުގައި ހުރި ރިކޫގެ މަންމަ އެތަނަށް އައެވެ. އޭނާވެސް ހިނިތުންވުމުގައި ހުރެ ޝާޔަންއާއި ވާހަކަ ދެއްކުމަށްފަހު ރިކޫގެ ބޭސް ކާ ވަގުތު ޖެހިއްޖެކަން އަންގައިދިނެވެ.

ޝާޔަން އޭނާއަށް ލިބޭ ހުސްވަގުތު ތަކުގައި މަސައްކަތްކުރަނީ އެ ހޮސްޕިޓަލުގައި ވޮލަންޓިއަރެއްގެ ޙައިސިއްޔަތުންނެވެ. އެގޮތުން ރިކޫއަކީ ފާއިތުވީ މަސްތެރޭގައި އޭނާއާއި ދިމާވި ކުއްޖެކެވެ. ޝާޔަންއާއި ނުހަނު އަވަހަށް އެކުވެރިވި ރިކޫ ދެކެނީ ޝާޔަންއަކީ އޭނާގެ ދައްތައެއް ފަދައިންނެވެ. އެ ކުޑަ ކުއްޖާ އެހާ ތުއްތު އުމުރުއްސުރެ ދުވަސްތައް ހޭދަކުރަމުންދަނީ ހިތުގެ ބައްޔެއްގެ ވޭނުގައި ކަމަށް ވާތީ ޝާޔަން އޭނާއާއި މެދު ނުހަނު ހަމްދަރުދީވެވެއެވެ. ހަމަ އެހެންމެ އެކުއްޖާގެ ހިތްވަރުގަދަ ކަމުގެ ސަބަބުން ރިކޫއާއި އެކީ ހޭދަކުރާ ކޮންމެ ދުވަހަކު ޝާޔަންއަށް އާ ކަންތައްތައް ދަސްވާތީ އޭނާ އެކަމަށް ޙަމްދުކުރެއެވެ.

"ދައްތާ ހިނގާބަލަ ރިކޫ ގޮވައިގެން ޓެރެސްއަށް." އެ ހޮސްޕިޓަލްގެ ޓެރެސް ހުންނަނީ ބަލި މީހުން އެމީހުންގެ އެހީތެރިންނާއި އެކު ގޮސް ހިތްހަމަޖައްސާލާ އުފާކޮށްލެވޭ ފަދައިން ފަރުމާކޮށްފައެވެ. ޝާޔަން ރިކޫ ގޮވައިގެން އާންމުގޮތެއްގައި އެތަނަށް ދަނީ އެހެންވެއެވެ. ޝާޔަންގެ އަތުގައި ހިފާލަމުން ރިކޫ މިއަދުވެސް އެކަމަށް އެދުނީތީ ޝާޔަން ފުރަތަމަ އޭނާއާއި ގާތުގައި ހުރި ރިކޫގެ މަންމައަށް ނަޒަރެއް ދިނެވެ. "ގެންދޭ. އަހަރެން އެހެން ނޫނަސް އެހެން ޕޭޝެންޓަކަށް މިވަގުތު އެޓެންޑްވާން އެބަޖެހޭ. ރިކޫ ދަރިފުޅު އެހާ ގަދައަށް ނޫޅެއްޗޭ." ރިކޫގެ މޫނުގައި އަތްތިލަ ޖައްސާލަމުން އޭނާގެ މަންމަ ނަސޭޙަތްތެރިވިއެވެ. އެއަށްފަހު ބޮލުގައި ފިރުމާލުމަށްފަހު އަވަސް ފިޔަވަޅުތަކެއްގައި ވަރޑުން ނިކުމެގެން ދިޔައެވެ.

"ކޭކް ހިފައިގެން ދޯ ދާނީ؟" ރިކޫ އެ ކޭކު ކާނީ ޓެރެސްގައި ކަމަށް ޝާޔަންއަށް އަންގާލަމުން ބުނެލިއެވެ. ޝާޔަން އެކަމަށް ދެކޮޅު ހެދުމެއްނެތި ރިކޫގެ ފުރޮޅުލީ ގޮނޑި ގެނެސް ރިކޫ އޭގައި ބައިންދަ ދިނެވެ. "ކޭކު ވައްޓާނުލައި ވަރަށް ބާރަށް ހިފަހައްޓައްޗެ- އަނހަ ކޭކު ހަލާކުވާ ވަރަކަށް ނޫން ރިކޫ." ޝާޔަން ހުނުމުގެ ތެރެއިން ބުނެލީ ރިކޫ އެ ކޭކުގައި މާ ބާރަށް ހިފެހެއްޓުމުގެ ސަބަބުން އެ ލައިފައި އިން ކަރުދާސް ފޮށީގެ ތެރޭގައި ކޭކު ކުޑަކޮށް ޗަސްވާން ފެށުމުންނެވެ.
ރިކޫގެ ގޮނޑީގެ ފަހަތު އަތްގަނޑުގައި ހިފައިގެން އެކުއްޖާއާއި ދެމެދު އެކި ވާހަކަ ދައްކަމުން ޝާޔަން ލިފްޓާއި ދިމާއަށް ދިޔައިރު އޭނާގެ ބޮލަށް ލުޔެއް ލިބިފައިވެއެވެ. އެފަދައިން ބަލިމީހުންނަށް އެހީތެރިވެދީ އެމީހުންނާއި ވާހަކަ ދައްކާލެވުމަކީ އޭނާގެ ސިކުނޑި ތާޒާވާކަމެކެވެ. ސަބަބެއް ޚުދު އޭނާއަށްވެސް މާ ޔަޤީންކަމާއި އެކީ ބުނެދޭކަށް ނޭނގެއެވެ.

ޓެރަހަށް އެރުމާއި އެކީ ފިނި ފިނި ވައިރޯޅިތަށް ޝާޔަންއާއި ރިކޫއަށް މަރުޙަބާ ކިއެވެ. މެންދުރުން އަނބުރާ ހަވީރު އަތަށް އަޅައިފައިވާތީ އަވިވެސް ވަނީ މަޑުވެފައެވެ. އެކި ބެންޗުތަކުގައި އެކި ބަލިމީހުން އިށީނދެ ތިބި އިރު އަނެއް ބަޔަކު އެތާނގައި ހޭލަމޭލަވެ އުޅެއެވެ. ރިކޫގެ މޫނުމަތީގައިވި ހިނިތުންވުން އިހުނަށްވުރެ ފުޅާވެފައިވާއިރު އެންމެ ހިނދުކޮޅަކަށްވެސް ޝާޔަންއާއި ވާހަކަދެއްކުން ހުއްޓާނުލައެވެ. ގަހެއްގެ ވަށައިގެން ފިލައިން ހަދައިފައިވާ ބުރެއްގައި ޝާޔަން އިށީނުމަށްފަހު އޭނާގެ ކުރިމައްޗަށް ވާނެހެން ރިކޫގެ ގޮނޑި ބެހެއްޓިއެވެ. "ރިކޫ މިތާނގަތަ އިށީންނަން ބޭނުންވަނީ ނޫނީ ގޮނޑީގަތަ އިންނާނީ؟" ރިކޫ އަތުން ކޭކު ނަގަމުން ޝާޔަން ބުނެލުމާއި އެކީ ގޮނޑީގައޭ ރިކޫ ބުނެލީވެސް ކޭކަށް ބަލަހައްޓާއިގެން އިނދެއެވެ. އެކަން ފާހަގަވީ ޝާޔަންއަށް ހިނި އާދެވުނީ ބޭއިޚްތިޔާރުގައެވެ.

ރިކޫ އަތްފޯރާނެ ހިސާބުގައި ޝާޔަން ކޭކު ހިފަހައްޓައިގެން އިނދެ ރިކޫގެ އަތަށް އުލެއް ލައިދިނުމުން އެންމެ ހިނދުކޮޅެއްވެސް ލަސްކޮށްނުލައި ރިކޫ ކޭކު ކާން ފެށިއެވެ. "ވަރަށް މީރު! ޝާޔަން ދައްތަ ތަ ކޭކު ހެދީ؟" ރިކޫ ދެލޯ ބޮޑުކޮށްލުމަށްފަހު ޝާޔަންއާއި ސުވާލުކޮށްލުމުން ޝާޔަން ދެފަރާތަށް ބޯ ހޫރުވާލިއެވެ. އަދި ކެފޭގައި އުޅޭ އެހެން ދައްތައެކޭ ބުނެލިއެވެ.

އޭގެ އިރުގަނޑެއް ފަހުން ކޭކު ފޮށި ޑަސްބިނަށް ލައިފައި ވެޓް ޓިޝޫއަކުން ރިކޫގެ އަނގަމައްޗާއި އަތް ސާފުކޮށްލަދިނުމަށްފަހު ޝާޔަން ދިޔައީ ރިކޫ ގޮވައިގެން އެތާނގައި ހިނގާލާށެވެ. އޭނާ ރިކޫގެ ގޮނޑި ދުއްވަމުން ދިޔައިރު ރިކޫ ގޮނޑީގައި އިނދެގެން އާދައިގެ މަތިން އެތަށް ވާހަކައެއް ދައްކަމުން ދިޔައެވެ. ދޭތެރެއަކުން އެތަނުން ދިމާވާ ބަލިމީހަކާއިވެސް ވާހަކަ ދައްކާލަފާނެއެވެ.

"ދައްތަ ކީއްވެ މި ހޮސްޕިޓަލްއަށް އައީ؟" ޝާޔަންއަށް ބުމަ އުފުލާލެވުނީ ރިކޫގެ އެ ސުވާލު އައީ ކުއްލިއަކަށް ކަމުގައި ވީތީއެވެ. ރިކޫއަކީ އާންމުގޮތެއްގައިވެސް ސުވާލުގިނަ ކުއްޖެކެވެ. އެއީވެސް އެގޮތުން ކުރި ސުވާލެއްކަމުގައި ޝާޔަން ނިންމީ އެހެންވެއެވެ. "ދައްތަ މިތާ ވޮލަންޓިއަރ ކުރަން ފެށީ ކިއްވެހެއްޔޭ ދޯ..؟ ހެހެ." ޝާޔަން އޭނާގެ ލަސް ފިޔަވަޅުތަކުގައި ރިކޫގެ ގޮނޑި ދުއްވަމުން ދިޔައެވެ.

"ދައްތަގެ ފްރެންޑެއް އުޅުނު، ހަމަ ރިކޫ ކަހަލަ ވޮރިއާ އެއް. ހަމަ މަލެއްކަހަލަ، ކައިރީގަ އުޅޭ އެންމެން ހިނިތުންވާން އެހީވެދޭނެ. ގާތުގަ އުޅޭ މީހުން ދަތިކަމެއް ތަޙައްމަލް ކުރާނަމަ އެމީހުންނަށް އެހީތެރިވެދޭނެ. އެ އެކުވެރިޔާ ވަރަށް ގިނަ ދުވަސްވާންދެން ބަލިކޮށް އުޅުނީ. އައި ޖަސްޓް ވިޝްޑް އައި ވޮޒް އޭބަލް ޓު ހެލްޕް ހިމް." ޝާޔަން އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކޮށްލިއެވެ. މާޒީގެ ހަނދާންތައް އާވުމުން ހިތް ތެޅިލިއެވެ.

"އޯވް، މި ޓޯއި އެކުއްޖާއަށް ދީފަ ދައްތައަށް އެކުއްޖާ ކައިރި ބުނެލެވިދާނެތަ ރިކޫ ބުންޏޭ ތިއީ ހަމަ އަޔަން މޭން އެކޭ؟ ބައި ދަ ވޭ، ރިކޫ ވަރަށް ލޯބިވޭ އަޔަން މޭން ދެކެ." ރިކޫ އޭނާގެ ހޮސްޕިޓަލް ގައުންގެ ޖީބު ތެރެއިން އޭނާގެ އަތްތިލަ ވަރުގެ 'އަޔަން މޭން' އެއް ނަގައިފައި ޝާޔަންއަށް ދިއްކޮށްލިއެވެ. ޝާޔަން ހިނދުކޮޅަކަށް ހުއްޓުން އެރިއެވެ. އެހެނަސް ހިތި ހިނިތުންވުމެއް ވެރިކޮށްލަމުން ރިކޫގެ އަތުން ޝާޔަން އެ ކުޅޭ އެތި ނެގިއެވެ. ޝާޔަންގެ ހިތުގައި އެވަގުތު ރިއްސާލިއެވެ. ރިކޫގެ އަތުން އެ 'އަޔަން މޭން' ނެގި ނަމަވެސް އޭނާއަށް އޭތި ނަބްހާންއަށް ނުދެވޭނެކަށް އިނގޭތީވެއެވެ.
ރިކޫ ގާތު ނަބްހާން ނެތް ވާހަކަ ބުނުމުގެ ބަދަލުގައި ޝާޔަން އޭނާގެ އަތުން ރިކޫގެ އިސްތަށިގަނޑާއި ކުޅެލިއެވެ. އެއަށްފަހު ރިކޫއާއި ވާހަކަ ދައްކަމުން ކުރިއަށް ދިޔައެވެ.

ޝާޔަންއަށް ހޮސްޕިޓަލުން ގެ އިންނަ އަވަށަށް އާދެވުނު އިރު ހަވީރުވެއްޖެއެވެ. ގެއަށް ދިޔަ މަގުމަތީގައި މާ ވިއްކާ ފިހާރައެއް ފެނުމުން އޭނާ އެތަނަށް ދެމިގަތީ ދެވަނަ ވިސްނުމަކާއި ނުލައެވެ. ފަސްވަރަކަށް މިނެޓުފަހުން ފިހާރައިން ނިކުތް އިރު ޝާޔަންގެ އަތުގައި އެކި ކުލަ ކުލައިގެ މާތަކުން ބަނދެވިފައިވާ މާބޮނޑިއެއް އޮތެވެ. އޭނާ އެ މާ ބޮނޑި ގަޔާއި ކައިރިކޮށްލައިގެން ހުރެ ގެއަށް ދިޔައެވެ.

"މާމާ." ގެއަށް ވަނުމާއި އެކީ އޭނާ ގެއަށް އައިސްފިކަން އަންގާލަމުން ޝާޔަން ގޮވާލިއެވެ. އެއިރު މުޅި ގޭތެރޭގައި ކާއެއްޗެއްގެ މީރު ވަހެއް ހިފާލައިފައިވާތީ ޝާޔަންއަށް ދެލޯ މަރާލަމުން ނޭފަތް އެތެރެއަށް ދަމާލެވުނީ އަމިއްލަ އިކްތިޔާރުން ބޭރުގައެވެ. ބޫޓު ހަރުގަނޑަށް ލުމަށްފަހު ޝާޔަން އެންމެ ފުރަތަމަ ކަމަކަށްވެސް ބަދިގެއާއިވީ ފަޅިއަށް ދިޔައީ މާމަ ތައްޔާރުކުރީ ކޮން ކާއެއްޗެއްތޯ ބެލުމުގެ ގޮތުންނެވެ.

އުނދުން ކައިރި ހުރި ޝާޔަންގެ މާމައާއި ކައިރިވެލީއިރު އުނދުން މަތީ އުދާފައިވާ ތަވާގައި ހުރި ކުޅިކޮށް ތައްޔާރުކުރާ ޕޭންކޭކުތަކެއް ހުއްޓެވެ. ޝާޔަންއަށް ކޮންމެ ކޮންމެ ކަހަލަ މަހެއް ނުކެވޭތީ އެގޭގައި އާންމުކޮށް ތައްޔާރުކުރާނީވެސް މިހާރު އެފަދަ ތަރުކާރީގެ ކެއުންތަކެވެ. އެއީ ޝާޔަން މުސްލިމަކަށް ވީތީއެވެ. އޭނާގެ މާމައަކީ އަދި މުސްލިމަކަށް ނުވި ނަމަވެސް ޝާޔަންގެ ހުވަފެނަކީ މާމައަށްވެސް ކޮންމެވެސް ދުވަހަކުން އިސްލާމްދީނުގެ މަތިވެރި ހިދާޔަތުން ހިދާޔަތް ލިބުމެވެ.

ޝާޔަން ވަސް ބަލާލުމަށްފަހު ހާދަ މީރުވާނެހެން ހީވެއޭ ބުނެލީ މިހާރުވެސް ބަނޑުހައިވެފައި ހުރެއެވެ. ދިގު ދުވަހަކަށްފަހު ގެއާއި ހަމައަށް އާދެވޭއިރު ހުންނަނީ ބަނޑުން އަޑުކިޔާ ގޮތްވެފައެވެ. "ދެން ހުރި މީހާއަށްވެސް ގުޅާ. މިޔޯ؟" ޝާޔަންގެ އަތުގައި އޮތް މާބޮނޑިއަށް އިޝާރާތްކުރަމުން ޝާޔަންގެ މާމަ ސުވާލުކޮށްލިއެވެ. އެ މޫނުމައްޗަށް އަރާފައިވާ ރޫތަށް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިތުރުވަމުން ގޮސްފައިވެއެވެ. ބޮލުގެ ގިނަ އިސްތަށިތަށް ހުދުވެފައި ވާއިރު އެ އިސްތަށިގަނޑުގައި ވަނީ ދޫދޫކޮށް ހުޅިއެއް ޖަހާލައިފައެވެ. ރުމާލެއް ބޮލުގައި އައްސާލައިފައިވާއިރު އޭޕްރޮންއެއްވެސް ހަށިގަނޑުގައި އަޅުވާލައިފައިވިއެވެ.
"މާދަން އަންނާނެ. އޭނަ ބަހައްޓަބަލަ މާމާ. އަޅެ މި ފެނުނީމަ ހިތްހަމަ ނުޖެހޭތަ؟ މިއީ މާމައަށް ގެނެސްދިން ހަދިޔާއެކޭ."

ޝާޔަން އޭނާގެ މާމައަށް އެ މާތަކުގެ ވަސްދައްކާލަމުން ކާމޭޒާއި ދިމާއަށް ހިނގައިގަތެވެ. "ހޫމް ރީތި. ތީތި ދޮވެލާފަ ސާފުކޮށްލާތި ފުރަތަމަ." ޝާޔަންގެ އަމާޒު ހުރީ މޭޒުމަތީގައިވި ވާސްއަށް ކަން އެނގިގެން އޭނާގެ މާމަ އިއްވާލިއެވެ. މާމަގެ އިރުޝާދުގެ ދަށުން ޢަމަލުކުރުމަށްފަހު ޝާޔަން މާބޮނޑި ނިއުޅުވާލިއެވެ. އަދި ވާސް ތެރެއަށް ދާ މަލުގެ ތަނޑީގެ ބައިގައި ހުރި ފަތްތައް ނައްޓުވާލުމަށްފަހު އޭނާ ހިތްހަމަޖެހޭ ގޮތަކަށް މާތަށް އޭގެ ތެރެއަށް ޖަހާލީ ބަލައިލަން ރީތި ގޮތަކަށެވެ. ހިތްހަމަ ޖެހޭ ވަރުވުމުން ފާރާއި އިންވެގެން ހުރި އެ މޭޒުގައި ފާރާއި އެންމެ ގާތުން އެއް އަރިމަތީގައި އެ ވާސް ބެހެއްޓިއެވެ. އަދި އެ ވާސް ކައިރީގައި މިއަދު ރިކޫ އޭނާ އަތަށް ލައިދިން ކުޑަ ކުޑަ އަޔަން މޭންވެސް ބެހެއްޓިއެވެ. އެ ފާރުގެ ތަންކޮޅެއް މަތީގައި ރީއްޗަށް ފެންނާނެހެން ކެންވަސްއެއް ހަރުކޮށްފައި އިނެވެ. އައިރިސް މާތަކުގެ ކުރެހުމެކެވެ. ނަބްހާންގެ ކުރެހުމެވެ.
***
ފެހިކުލައިގެ ގަސްތަކުން ފުރިފައިވި އޭނާގެ 'ގްރީންހައުސް'ގެ ތެރޭގައި ސަރާ އިނީ އޭނާ އާންމުގޮތެއްގައިވެސް އިންނަ އަރާމު ގޮނޑިއަށް ލެނގިލައިގެންނެވެ. ގޮނޑީގެ އަތްގަނޑުގައި ވާއަތް އަޅުވާލައިފައިވި އިރު އޭނާގެ އެއްފައިވަނީ އަނެއްފައިމަތިން ހުރަސްކޮށްލެވިފައެވެ. ސަރާ އިނީ އެތާ ތެރެއަށް ދުވާލުގެ އަލި ވަންނަމުން ދިޔަ ދިމާއަށް މޫނުލައިގެންނެވެ. އޭނާގެ ކަނާއަތް އުފުލާލައިފައިވާއިރު އެ އަތުގައި އޮތީ ރީތިގޮތަކަށް ގަތާފައިވާ ބްރޭސްލެޓެކެވެ. ގްރީންހައުސްގެ ތެރެއަށް ވަންނަމުން ދިޔަ އަލި އެ އަތުގައި އަޅާ އެތީގައި ހަރުކޮށްފައިވާ އެސްކޮޅަށް އެޅުމުން ކުޑަކޮށް ދިއްލެމުން ދިޔައެވެ.

ސަރާގެ ދެލޯތެރޭގައި ވިދަމުންދިޔަ ކުދި ކުދި ޖަވާހިރުތަކެއް ފަދައިން ކަރުނައިގެ ފަށަލައެއް ވިއެވެ. މިއޮށްހާދުވަހު ފަސްއަޅާ ފޮރުވައިގެން އުޅުނު އިޙްސާސްތަށް ބަންޑުންވަނީހެން އޭނާއަށް ހީވިއެވެ. ސަރާ ގޮނޑިތެރެއަށް އިތުރަށް ލެނގިލަމުން އޭގައި ބޯ ޖައްސާލައިފައި ދެލޯ މަރާލި ވަގުތު ސަރާގެ ދިގު އެސްފިޔަތަށް ފޫދުއްވާލައިފައި ކަރުނައިގެ ރޮނގެއް އޭނާގެ ކޯތާފަތްމަތީން ފިރުކިލަމުން ފޭބިއެވެ. އޭނާ ދެތުންފަތް ޖައްސާލުމާއި އެކީ ކަތުރުކަށިގަނޑަށް ވާންކޮށްލައިގެން އޮތީ އަޑެއް ބޭރުނުކުރުމަށެވެ. ސަރާ އޭނާގެ އަތުގެ ނުފުށުން މޫނުމަތި ފޮރުވާލި ނަމަވެސް އޭނާ އަޑެއް ނުއީއްވާ ހިތާއިހިތުން އެ ރޯ ރުއިމަކަށް ބަދަލެއް ނުގެނެވުނެވެ.

މަސައްކަތްކޮށްކޮށްވެސް އޭނާގެ ހިތުގައި ރިހެމުންދާ ވޭނީ ރިހުމަށް ބަދަލެއް ނައުމުން ސަރާ އޭނާގެ ރުއިން ހުއްޓޭތޯ ކުރި މަސައްކަތުންވެސް ދެއަތް އުރާލީއެވެ. ނޭފަތް ދަމާލަ ދަމާލާ އިރުކޮޅަކު އެގޮތުގައި ސަރާ އޮތެވެ. "މަންމައަށް މަޢާފްކުރޭ.." އޭނާގެ ދުލުކުރިން ހަމައެކަނި ބޭރުވީ ވައި އަޑަކުން އެ ލަފްޒުތަކެވެ. އެތަށް އަހަރެއް ފަހުން އޭނާގެ ކުށަށް އަމިއްލައަށް ސަރާ އެ އިޢުތިރާފްވީ އަލަށެވެ. އަމިއްލަ ނަފްސަށް ދޮގު ހަދާ ހަދާ ވަރުބަލިވީއެވެ. ޤަބޫލުކުރަން ބޭނުންނުވި ޙަޤީގަތް އަބަދު އެގޮތުގައި ނޯންނާނެކަމަށް ސަރާގެ ޒަމީރު މީގެ އަހަރުތަކެއް ކުރީއްސުރެ އޭނާގާތު ބުނަމުން ދިޔަ ނަމަވެސް ސަރާ އެކަން ޤަބޫލުކުރަން އެއިރު ބޭނުން ނުވީއެވެ. އެހެނަސް މިއަދު ހުރިހާ ކަމެއްވެސް ބަދަލުވެއްޖެއެވެ. ވާވަރަށް އޭނާއަށް ގަދަ ދެއްކިއްޖެއެވެ. އަމިއްލަ ނަފްސާއި ހަނގުރާމަކޮށް ބަލިވެއްޖެއެވެ.
***
ޖެހިގެން އައި ދުވަހެވެ. މުޅި ކިޔޯޓޯއަށްވެސް އާ ދިރުމެއް ލިބިފައިވާފަދައެވެ. ކޮންމެ މީހެއްވެސް ދުވަސް ހޭދަކުރަމުން ދިޔައީ އާ ލަނޑުދަނޑިތަކަކާއި އެކީ އެ އަމާޒުތަކަށް ވާސިލްވުމަށް އަތުކުރި އޮޅާލައިގެންނެވެ. ދުވަހަކީ ހަފްތާ ބަންދުގެ ފުރަތަމަ ދުވަހަށް ވެފައި ގިނަ މީހުން އަމިއްލަ ނަފްސަށްޓަކައި ކޮންމެވެސް ކަމެއް ކުރަން އެދުވަހު އޮންނަނީ ރާވައިފައެވެ. ހެނދުނު ހޭލިގޮތަށް ސައިބޯލައިގެން ޝާޔަންވެސް އުޅުނީ ކޮންމެވެސް ތާކަށް ދާން ތައްޔާރުވުމުގައެވެ. މާމަ ގާތުގައިވެސް އެވާހަކަ އޭނާ ވަނީ ކުރިޔާލައި ޙިއްސާކޮށްފައެވެ.

މަޑުނޫކުލައިގެ ފަޔަށް ދޫ ޖީންސްއާއި ފައިގެ ފަލަމަސްގަނޑާއި ހަމައަށް އޮތް ހުދުކުލައިގެ ގަޔަށްދޫ ގަމީހުގައި ހުރި ޝާޔަން ފެންނަލެއް ސާދާއެވެ. ހޫނު މޫސުމުގައި އޭނާ ހުދުކުލަ ވީހާވެސް ގިނައެއްކޮށް ބޭނުންކުރަނީ އެ ކުލައަކީ ހޫނު މަޑު ކުލައަކަށް ވާތީއެވެ. މޭމަތި ފޮރުވޭވަރަށް އަޅާލައިފައިވާ ކްރީމްކުލައިގެ ޝޯލްއާއި އެކީ ހަށިގަނޑުގެ ބައްޓަން އެއްވެސް ވަރަކަށް ހާމަނުވާ އެ 'އައުޓްފިޓް'ގައި ޝާޔަން ނުހަނު ފުރިހަމައެވެ.

ދެތިން އަންނައުނާއި ރީތިވާ ބައެއް ސާމާނުގެ އިތުރުންވެސް ދަތުރަކަށް ބޭނުންވާނެ އެންމެހާ ތަކެތި އޭނާގެ ބެކްޕެކަށް އަޅާލުމަށްފަހު ޝާޔަން އެއްކޮނޑުގައި ބެކްޕެކް އަޅުވާލައިގެން އޭނާގެ މުށިކުލައިގެ ވާގަނޑު ދިގުކޮށް އޮތް ކްރޮސް ބޮޑީ ބޭގް އަތުން ހިފަހައްޓާލައިގެން ހުރެ ކޮޓަރިން ނިކުމެ މިސްރާބު ޖެހީ ބަދިގެ ފަރާތަށެވެ. ބެކްޕެކާއި އަތްދަބަސް ކާ މޭޒުމަތީގައި ބައްވާލުމަށްފަހު ޝާޔަން ކަބަޑުތަށް ހާވަމުން ގޮސް ފަތް ޖަހާލައިފައި އޮތް މަޑު މުށިކުލައާއި ހުދުކުލައިގެ ޕިކްނިކް މެޓް ނެގިއެވެ. އޭތި އިތުރަށް ފަތް ޖަހާލުމަށްފަހު އޭނާގެ ދަބަސް ތެރެއަށް ގަދަކަމުން ކޮށްޕާލުމަށްފަހު ދަބަސް އަޅުވާލައިގެން ޝާޔަން ހިނގައިގަތެވެ.

ޔޫކީ އައިސް ޝާޔަންގެ ފައިކައިރީ ބަނޑުޖަހާލުމާއި އެކީ ޝާޔަން އެއްފައިމައްޗަށް ތިރިވެ އޭތީގެ ގައިގައި ފިރުމާލިއެވެ. އަދި ވަރަށް އަވަހަށް އަންނާނެ ކަމަށްބުނެ ތެދުވެލިއެވެ. ގެއިން ނިކުންނަން ދިޔަ ވަގުތު ވީ އޭނާގެ މާމަވެސް ކޮޓަރިއަށް ވަދެ އުޅެފައި ނިކުތް ވަގުތަށެވެ. "މިދަނީ އިނގޭ މާމާ." ޝާޔަން އެހެން ބުނެލުމަށްފަހު އޭނާގެ ހުދުކުލައިގެ ބޫޓަށް އަރައިގެން އަވަސް އަވަހަށް ގެއިން ނިކުތެވެ.

އޭނާގެ މިސްރާބު ހުރީ އެ ސަރަޙައްދުގައި ހުންނަ ޓްރެއިން ސްޓޭޝަނަށެވެ. ހެނދުނުގެ އެ ވަގުތުގައިވެސް ހަފްތާ ބަންދުކަމުން އެ ސްޓޭޝަނުގައި ފުދޭވަރަކަށް ބާރު ބޮޑެވެ. އެކި މަންޒިލްތަކަށް ދާ މީހުންނެވެ. އޭނާ ދާންވީ މަންޒިލަށް ދެވެން އޮތް ޓްރެއިންއާއި ޖެހެންދެން އިރުކޮޅަކު މަޑުކުރަންވެސް ޝާޔަންއަށް ޖެހުނެވެ. އެހެނަސް މާ ގިނަ ގަޑިއިރުތަކެއް އެކަމުގައި ހޭދަނުކޮށް ޝާޔަންއަށް އޭނާގެ މަންޒިލާއި ހަމައަށް ވާސިލްވާން ދަތުރު ފެށުނެވެ. ޓްރެއިންގައި އިން އިރު ކުޑަދޮރުން ފެންނަމުން ދިޔަ މަންޒަރުތަކަށް އޭނާ އިނީ ގެއްލި ހުސްވެފައެވެ. ދުރުދުރުން ފެންނަމުން ދިޔަ ފަރބަދަތަކާއި އެ ފަރުބަދަތަކުގައި އެޅިފައިވާ ހުދުކުލައިގެ ވިލާތަކުގެ އިތުރުން ކޮޅާކޮޅު ނުފެންނަވަރަށް އެކި ފާޑުގެ ވިނަގަސްތައް ހެދިފައިވާގޮތް ނަލައެވެ. ރީނދޫކުލައިގެ މާބަގީޗާއަކާއި ވަކި ހިސާބަކުން ދިމާވީއިރު، އެ ދަނޑުގައި ބައެއް މީހުން ޙަރަކާތްތެރިވާތީ ފެނެއެވެ. އެ މަންޒަރާއި ގުޅިފައިވާ ސާފު ނޫ އުޑު ފެންނަމުން ދިޔަ ގޮތް ވަރަށްވެސް ފުރިހަމައެވެ. ގުދުރަތީ އެ މަންޒަރުތަށް އެތަށް ފަހަރަކު ބެލި ނަމަވެސް ފޫހިވާނެހެނެއް ހިއެއް ނުވެއެވެ. އޭނާގެ ތުންފަތްމަތީގައި އެވަގުތު ކުރެހިފައިވަނީ ޙަޤީޤީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ.

އޮކިނާވާގެ ޝާޔަން ދާން ބޭނުންވާ ހިސާބަށް ޓްރެއިން މަޑުކޮށްލުމާއި އެކީ އޭގެން ފައިބަން ޝާޔަން ތައްޔާރުވެލިއެވެ. މީހުން ތަކުގެ ތެރެއިން އެންމެފަހުން ޓްރެއިނުން ފޭބެވުމާއި އެކީ އޭނާއަށް ﷲއަށް ޙަމްދުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. ހަމަޖެހުމުގެ ނޭވާއެއްވެސް ލެވުނެވެ. މެންދުރު ނަމާދު ވަގުތު ވެފައިވުމާއި އެކީ ކައިރީގައި ހުރި ނަމާދުކޮށްލެވޭ ފަދަ ތާކުން ނަމާދުކޮށްގެން ފޭބުމަށްފަހު ޓެކްސީއެއް އަތުޖައްސައި، އެއަށް އަރައިގެން އޭނާގެ ޙަޤީޤީ މަންޒިލާއި ހަމައަށް ޝާޔަން ދަތުރު ފެށިއެވެ. އިރުގަނޑެއްގައި އެކި މަގުތަކުގައި ދުއްވުމަށްފަހު ޓެކްސީ މަޑުކޮށްލުމާއި އެކީ ޝާޔަން ފައިސާ ދެއްކުމަށްފަހު އޭނާގެ ދަބަސް ކޮނޑުގައި އަޅުވާލަމުން ޓެކްސީއިން ފޭބިއެވެ.

އޭނާގެ ކުރިމަތިން ފެންނަމުންދިޔަ މަންޒަރުގެ ސަބަބުން ޝާޔަންގެ ތުންފަތްމަތީގައި ފުރިހަމަ ހިނިތުންވުމެއް ދުވެލިއެވެ. ކިޖޯކާގެ މަޝްހުރު އައިރިސް ފީލްޑެވެ. ކޮޅާކޮޅު ނުފެންނަ ވަރަށް ފެހިކަންގަދަ ފަތްތަކުގެ އިތުރުން ދަނބުކުލައިގެ އައިރިސް މާތަށް ފޮޅިފައިހުރި ގޮތް ބަލާ ފޫހިނުވާނެއެވެ. އެތަށް ސަތޭކަ މާތަކަކުން އެތަން ފަޅުފިލުވާލައިފައި ވާއިރު ޝާޔަންއަށް އެތާ ތެރެއަށް ހިނގައިގަނެވުނީ ދަމާބާރަކުން އޭނާ ގެންދާ ފަދައަކުންނެވެ. ޝާޔަން އޭނާގެ ބޭސްބޯލް ތޮފި ބޮލުގައި އެޅީ އިރުގެ އަވީގައިވާ ހޫނު ގަދަކަމުންނެވެ. އެވަގުތު އެތާ ތެރޭގައި މާ ގިނަ މީހުން ޒިޔާރަތްކޮށްގެން އުޅޭތަން ފެންނާކަށްވެސް ނެތެވެ. މެންދުރުގެ ހޫނުގަދަ ގަޑީގައި އެފަދަ ތާކަށް އަންނާނީވެސް ކާކުހެއްޔެވެ؟

އެތާ ތެރެއަށް ހިނގައިގަތުމަށްފަހު ވަކި ހިސާބަކުން މަޑުކޮށްލީ ކަމެއް ހަނދާންވެގެން ފަދައެވެ. ކޮނޑު ހުރަސްކޮށް އެޅުވިފައިވާ އޭނާގެ އަތް ދަބަހުގެ ތެރެއިން ފޯނު ނެގުމަށްފަހު ކޮންޓެކްޓްސް ހާވާލަމުން ނަންބަރަކަށް ގުޅިއެވެ. "ކޮބާ؟ އާދެވޭ ވަރުވެއްޖެ؟" އެކޮޅުން އެމީހަކާ ވާހަކަ ދެއްކުމަށްފަހު އަވަސްކުރާށޭ ބުނެ ޝާޔަން ފޯނު ކަނޑާލުމަށްފަހު އެ ބަގީޗާތެރެއަށް ހިނގައިގަތެވެ.

އޭނާގެ ތުންފަތްމަތީގައިވި ލުއި ލުއި ހިނިތުންވުމާއި އެކީ އޭނާގެ މޫނުމަތިން ފެންނަނީ މަސްހުނިވެފައިވާ އަސަރުތަކެކެވެ. "ނަބްހާން ނުލައެއްނު އަންނަން މި ޖެހުނީ. މޭން.. އައި މިސް ޔޫ އަ ލިޓްލް، ޑަމީ." ހިތި ހިނިތުންވުމަކާއި އެކީ އަމިއްލަ ނަފްސަށް އަޑު އިވޭ ވަރަށް ޝާޔަން ބުނެލިއެވެ. އޭނާ ގާތު އެހެން މީހަކު ނެތް ނަމަވެސް އޭނާ އަމިއްލަ ނަފްސާއި ވާހަކަ ދައްކާކަށް ފަހެއް ނުޖެހުނެވެ. ނަބްހާން ނެތް ނަމަވެސް އޭނާ އެފަދައިން ވާހަކަ ދެއްކީ އެ ހިތަށް ލުޔެއް ލިބޭތީއެވެ. ނަބްހާންއަށް އަޑު ނީވޭނެކަން އޭނާ މާ ރަނގަޅަށްވެސް ދަނެއެނެވެ.

އެތަށް ދުވަހެއް ފަހުން އަނެއްކާވެސް މާޒީގެ ހަނދާންތަށް އާވާން ފެށުމުން ޝާޔަންގެ ލޮލަށް ކަރުނަ އަންނަން އުޅޭހެން ހީވިއެވެ. އެހެންކަމުން އޭނާ އުޑަށް ނަޒަރު ހުއްޓާލުމަށްފަހު ކަރުނަތައް ހިންދާލެވޭތޯ މަސައްކަތް ކުރިއެވެ. އެއަށްފަހު ލޯ ކައިރީގަ އިނގިލި ޖައްސާލުމަށްފަހު ކަރުނަތަށް ފޭބުމުގެ ކުރިން އެ ފުހެލިއެވެ. އޭގެ ދެވަނަ ސިކުންތުގައި ޝާޔަން ފުން ނޭވާއެއް ދޫކޮށްލިއެވެ. މީހާ ހަމަޖެހިލާން މަސައްކަތް ކުރާ ފަދައަކުންނެވެ.

"އޮގަސްޓް. ފުރަތަމަ ފަހަރަށް ނަބްހާންއާއި ދިމާވި މަސް. އެކަމަކު ދެ އަހަރު ފަހުން ހާދަ ކަމެއް ބަދަލުވެއްޖެއޭ ދޯ. އަހަރެން އުންމީދުކުރިން މި އައިރިސް ފީލްޑާއި އައިރިސް މަލުގެ ވާހަކަ އަހަރެން ގާތު ދައްކަން އަހަންނާއި އެކީ ނަބްހާން މިތަނަށް އަންނާނެ ކަމަށް. އެކެމަކު ނަބްހާން ބުނީ ތެދެއް. ބޭނުންނުވާ ގޮތަށް އެތަށް ކަމެއް ދުނިޔޭގަ ހިނގާ." ޝާޔަން އޭނާގެ ލަސް ހިނގުމުގައި މަޑުމަޑުން ފިޔަވަޅަކަށްފަހު ފިޔަވަޅެއް އެ ބަގީޗާ ތެރެއަށް ނަގަމުން ދިޔައެވެ. އޭނާ ކުރިޔަށް ދިޔައީ އެ ބޮޑު ބަގީޗާގައި މީހުން ހިނގުމަށް ޚާއްސަކޮށް ހެދިފައިވި މަގުން ލައިފައެވެ. އެ މަގުގެ ދެފަރާތުގައިވެސް އެތަށް ލައްކަ އައިރިސް ގަސްތަކުގައި މާފޮޅި ތާޒާކަމާއި އެކު ހުއްޓެވެ.

"އެކަމަކު.. ބަދަލުނުވާ ކަމަކީ ނަބްހާންގެ ހަނދާންތައް. ކިތަންމެ މަދު ދުވަސްކޮޅެއްވިޔަސް އެއީ އަހަރެންގެ އަށާރަ އަހަރުގެ ހަޔާތުގަ އައި އެންމެ ހަނދާނުން ފުހެލަން ބޭނުން ނުވާ ދުވަސްތައް. އުފާވެރިކަން ވިޔަސް ހިތްދަތިކަން ވިޔަސް." ޝާޔަން އޭނާގެ ފިޔަވަޅުތައް މަޑުޖައްސާލުމަށްފަހު އޭނާގެ ވާއަތް ފަރާތުގައި ހުރި ގަސްތައް ކައިރީ ހުއްޓެލިއެވެ. އޭނާގެ ކުރިމަތީގައި ފޮޅިފައިހުރި ދަނބުކުލައިގެ އައިރިސް މާތަކަށް ޝާޔަންގެ ހުރިހާ ސަމާލުކަމެއް ދޫކޮށްލެވިފައިވެއެވެ.

"ކަމަކުން އުއްމީދު ގެއްލުވާ ނުލައި ހިތްވަރާއި އެކީ ކުރިޔަށްދާން އަހަންނަށް ދަސްކޮށްދިނީ ނަބްހާން." އައިރިސް މަލެއްގެ ފިޔައިގައި އިނގިލި ޖައްސާލަމުން ޝާޔަން މަޑުމަޑުން ބުނެލިއެވެ. އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެފައިވެއެވެ. އެ ލޮލުގައި ވަނީ ބުނެދޭން ނޭނގޭ އަސަރުތަކެކެވެ. މޮޅިވެރިކަމުގެ ތެރެއިންވެސް ހިތްހަމެޖެހުން ވެއެވެ. އެތަށް ދުވަހަށްފަހު ކުރި މަސައްކަތުން ޝާޔަންއަށް އަމިއްލަ ދިރިއުޅުމައިގެން ކުރިޔަށްދާން ފިޔަވަޅެއް ނެގިއްޖެއެވެ. އެއީ އެއްގޮތަކަށްވެސް އޭނާއަށް ފަސޭހަ ރާސްތާއެއް ނޫނެވެ. އެހެނަސް ހިތްވަރުކުރީއެވެ. އުއްމީދު ގެއްލުވާ ނުލީއެވެ.

އިންސާނާގެ ޙަޔާތަކީވެސް ދުނިޔޭގެ މަދު ޤައުމުތަކެއް ތަޖުރިބާ ކުރާ ހަތަރު މޫސުން ފަދަ އެއްޗެކެވެ. ބަހާރު މޫސުމާއި ހަރީފު މޫސުމުގެ ދުވަސްތަށް ކޮންމެ މީހެއްގެ ޙަޔާތުގެ ބަގީޗާއަށްވެސް މަރުޙަބާ ކިޔައެވެ. ބަހާރު މޫސުމުގައި އެ ބަގީޗާގައިވާ އުފާވެރިކަމުގެ އެތަށް ހާސް މަލެއް ފޮޅޭއިރު ޙަރީފު މޫސުމުގައި އެ މާތަށް މޯޅިވެ ގަސްތަކުން ފަތްތައް ފައިބައެވެ. އެހެނަސް ޙަޔާތުގެ އެ ބަގީޗާގައި ބޮޑުވަމުން އެ ދާ ގަސްތަށް މަރުވެ އަނަރޫފައެއް ނުވެއެއް ނޫންހެއްޔެވެ؟ ހޫނު މޫސުން ނުވަތަ ބަހާރު މޫސުން އައުމުން އަލުން އެ ގަސްތަށް އާ ފަތްތަކާއި މާތަކުން ފުރާލާ ދިރުން އާދެއެއް ނޫންހެއްޔެވެ؟ އެ މޫސުންތަށް އަހަރެމެންގެ ޙަޔާތަށް މަރުޙަބާ ކިޔާ ދުވަސްތަކުގައި، އަހަރެމެންގެ ވަށައިގެންވާ މާޙައުލަކީ އަހަރެމެންގެ އަމިއްލަ އަތުގެ ބާރު ފޯރުވޭނެ އެއްޗެއް ނޫނެވެ. އަހަރެމެންގެ އަތުގައި އޮތީ ހަމައެކަނި އެ ކޮންމެ ޙާލަތަކަށްވެސް އަމިއްލަ ނަފްސު ތައްޔާރު ކުރުމުގެ ބާރެވެ.

ޙަޔާތަކީ ބަގީޗާއަކަށް ވާނަމަ ތިބާއަކީ އެ ބަގީޗާގައިވާ ގަސްތަކެވެ. އަދި އެ ބަގީޗާއަށް މަރުޙަބާ ކިޔާ ހަތަރު މޫސުމަކީ ތިބާގެ ޙަޔާތުގައި ކުރިމަތިލާންޖެހޭ، އެކި އިޙްސާސްތަކުން ފުރިފައިވާ ދުވަސްތަކެވެ. ކޮންމެ މޫސުމެއްގައިވެސް އެ ގަސްތަކުގެ ވަރުގަދަ މޫތަކުގެ އެހީގައި ގަސްތަށް ބިމަށް ގަދަކޮށްލައިގެން ތިބޭ ފަދައިން ތިބާވެސް ހަޔާތުގައި ކުރިމަތިލާންޖެހޭ އެކި މޫސުންތަކުގެ ތެރެއިން ހިތްވަރާއި އެކީ ކުރިއަށް ދިޔުމަށް މަސައްކަތް ކުރާށެވެ.

"މިހުރީނު. ހޯދާ ހޯދާ ނުފެނިގެން. ކިރިޔައޭ އަހަރެން މިތާ ތެރެއަށް ނުގެއްލުނީ." ޝާޔަން އެއްފަރާތަށް ނަޒަރު ހުއްޓާލީ އެދިމާލުން އައި އަޑުންނެވެ. ކަޅުކުލައިގެ ފަޔަށް ދޫކޮށް ހުރި ޕޭންޓްސްއާއި ޑަސްޓީ ޕިންކު ކުލައިގެ އަތްދިގު، ގަޔަށް ދޫ ޓީޝާޓުގައި ހުރި ރިމްޝާވެސް ހުރީ ހުދުކުލައިގެ ޝޯލްއެއް އަޅާލައިފައެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ޝަކުވާގެ ކުލަވަރުތަކެވެ. "ދާނަންތޯ އަހައިފަ އެކަނި މާ އެކަނި ތި އައީ މަ ބަހައްޓާފަ. ހާދަ ރަނގަޅޭ." ރިމްޝާ ޝާޔަންގާތަށް އައުމަށްފަހު ކުދިކިޔަން ފެށިއެވެ.

އެވަގުތު ޝާޔަން މައްޗަށް ކަޅިހިންގާލުމަށްފަހު އޭނާގެ ދަބަސް ތެރެއިން ޕިކްނިކް މެޓް ނަގައި ބިންމަތީގައި ފަތުރާލިއެވެ. "ޝާޔަންއާއި އެކީ ތާކަށް އަންނަން އުޅޭނެ ކަމެއް ނެތް. މާމައަށް ގުޅީމަ ބުނީ މިހާރު ގޮއްސިއޭ. އަދި މިކޮޅަށް އައިއްސަވެސް އަހަންނަށް ތި ގުޅީ ސީދާ މިތަނަށް އައިއްސަ. އަހަރެން މިހުރީ އަދި ސްޓޭޝަނަށް ބަލައި ދާންވެގެން ވިއްޔަ." ރިމްޝާ އަދިވެސް އޭނާގެ ޝަކުވާގެ ފަތިވަރު ދެމުން ހުއްޓައެއް ނުލައެވެ. އޭނާ ޝާޔަންއަށް 'ޝާޔަން'ގެ ނަމުން މުޚާތަބުކުރީ ޝާޔަންގެ އެދުމުގެ މަތިންނެވެ. އޭނާ ބޮޑުވަމުން އައީ މީހެއްގެ ހުރި ހަމައެކަނި ދަރިފުޅު ފަދައިން ކަމުން ކުއްލިއަކަށް އެހެން ކުއްޖަކު އޭނާއަށް 'ދޮންތަ' ކިޔަން ފެށުމަކީ އޭނާއަށް ފަސޭހަ އިޙުސާސެއް ކުރެވޭ ކަމަކަށް ނުވީތީއެވެ. އެހެނަސް އެކަކު އަނެކަކަށް މުޚާތަބު އެކުރާ ބަހަކީ އެ ދެމީހުންކުރެ އެކަކުވެސް ވަކި މާބޮޑު ސަމާލުކަމެއް ދޭ ކަމަކަށްނުވެއެވެ.

ރިމްޝާ އޭނާ އެތަނަށް އައި އިރު ގެނައި ބާސްކެޓުން އެއްޗެހިތަށް ނަގައި މެޓު މަތީގައި ފަތުރަމުން ދިޔައެވެ. ޝާޔަންވެސް އަތްގާތްކޮށްލަދެމުން ދިޔައެވެ. "ދެން ރިމްޝާ މޭކަޕް ކޮށް ސެންޓު ޖަހާ ދެތިން މިރަރ ސެލްފީ ނަގަންދެން ހުރެވޭތަ. ތިހާ ތަތް މީހުންނާ އެކީ ކިހިނެއް ތަންތަނަށް ދާނީ؟" ހުރިހާ އެއްޗެއް އަތުރާލެވުމާއި އެކީ ޑިސްޕޯސެބަލް ތަށްޓެއްގައި ބާއްވާފައި އޮތް ދެ ސޭންޑްވިޗްގެ ތެރެއިން ސޭންޑްވިޗެއް ނަގަން އުޅެމުން ޝާޔަން ބުނެލިއެވެ. އޭނާ ބަނޑުހައިވެގެން މިހާރު ދެތިން ފަހަރަކު ބަނޑުން އަޑުވެސް ކިޔައިފިއެވެ. ހެނދުނު ސައިބުއި ގޮތަށް އޭނާ އެހުރީ އަދި އެއްޗެއް ނުކައެވެ. ސޭންޑްވިޗް ނަގަނަގާ ހުއްޓާ ރިމްޝާ އޭނާގެ އަތުގައި ޖަހާލުމަށްފަހު އެ އަތުލައި، ކުރިން އޮތް ފަދައިން ތަށިތެރޭގައި ބޭއްވިއެވެ.

"މަޑުކުރޭ. ފޮޓޯއެއް ނަގަން ޖެހޭނެ." ރިމްޝާ ކުޑަކޮށް ތެދުވެލަމުން އަތުރާލެވިފައިވާ ކާއެއްޗެހީގެ ފޮޓޯ ނަގަންފެށިއެވެ.
ގަބޫލުނުކުރެވިފައިވާ ފަދައަކުން ޝާޔަން ހިންޏެއް އައެވެ. "މިހެން ވެގެންނޭ ރިމްޝާ ނުލައި އައީ." ރިމްޝާ ކިޔާނެ އެއްޗަކަށް ބެލުމެއްނެތި ކުދިކިޔާލުމަށްފަހު ޝާޔަން ސޭންޑްވިޗް ނަގައި އޭގެން އެތިކޮޅެއް ކާލިއެވެ. އެއާއި އެކީ އޭނާ ފޮޓޯނަގާ ނިމެންވީއިރަށް ޝާޔަން އޭނާގެ ފޮޓޯ ޚަރާބުކުރީތީ ރިމްޝާ ނުރުހުންތެރިކަން ފާޅުކުރިއެވެ. ދެމީހުންވެސް ކެއުމުގެ ޙަޤީޤީ ފޯރީގައި ޖެހުނީ އެއަށްފަހުއެވެ. އެދެމީހުންގެ ގުޅުން ފާއިތުވީ ދުވަސްތަކުގައި ބަދަހިވެފައިވާ ވަރު ދޭތެރެއަކުން ބަދަލުކުރެވެމުންދިޔަ ހިނިތުންވުންތަކާއި އެދެމީހުންގެ ދެމެދުގައި ގުގުމަމުންދިޔަ ހިނިގަނޑުތަކުން ދައްކުވައިދެމުން ދިޔައެވެ. ޝާޔަން ކުރިންވެސް ބުނި ފަދައިން ރިމްޝާއާއި އެންމެ ގާތް ގުޅުމެއް އުފެއްދުމަށް އޭނާއަށް ވަގުތު ބޭނުންވިއެވެ. އެހެނަސް އެ ވަގުތުތަކާއި އެކީ އެންމެފަހުން ދެމީހުންގެ ގުޅުންވެސް ވަނީ ބަދަހިވެ އެކުވެރިވެފައެވެ.

ދިރިއުޅުމަކީ ތަދާއި ވޭނުން ފުރިފައިވާ އެއްޗަކަށް ވީ ނަމަވެސް އެ ހިތާމަ ތަކުގެ ތެރެއިންވެސް އަހަރެމެންނަށް ފާހަގަ ނުވާ ކުދި ކުދި އުފާވެރި ކަންކަން ހުންނާނެއެވެ. ކުރިޔަށް ނުދެވޭނެހެން ހީވާ ވަގުތު ތަކުގައިވެސް ހިތްވަރާއި އެކީ ކުރިއަށް ދާން ވާނެއެވެ. މާނައަކީ އެހީ ބޭނުންވީ ނަމަވެސް އަމިއްލައަށް ހުރިހާ ކަމެއް ވާނޭ ހިތާ އެހީއަށް ފުރަގަސް ދިނުމެއް ނޫނެވެ. މީހެއްގެ އެހީ ބޭނުންވާނަ އެމީހަކު ދިއްކޮށްލާ އަތުގައިވެސް ހިފާށެވެ. އެހެނަސް ކުރިޔަށް އަޅާ ފިޔަވަޅުތަކަށް މަޑުޖެހުމެއް ނުގެންނާށެވެ. ވަރުބަލިވުމުން ހުއްޓިލައިފައި ދެތިން ފުން ނޭވާ ނެގުމަށްފަހު އަނެއްކާވެސް ހިނގައިގަންނާށެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް ނާންނާނެއޭ ހިތަށް އެރި ނަމަވެސް އެންމެ ހީނުކުރާ ވަގުތުގައިވެސް އެ އުސްގަނޑު ތިބާއަށް މަރުޙަބާ ކިޔައިފާނެއެވެ. އެވަގުތަކަށް އިންތިޒާރު ކުރާށެވެ. އެއްވެސް އަޅަކަށް ﷲ ދެރަގޮތެއް މެދުވެރި ނުކުރައްވާނެއެވެ. އުއްމީދު ގެއްލުވާ ނުލާށެވެ.

ޕިކްނިކަށް ގެނައި ސާމާނުތައް ޕެކްކޮށް ނިންމުމަށްފަހު އެ ހިފައިގެން ރިމްޝާއާއި އެކީ ޝާޔަން ތެދުވިއެވެ. އެއިރު ހަވީރުވެފައިވުމުން އިރުގެ ހޫނުވެސް އެތަށް ގުނައެއް ދަށްވެފައިވިއެވެ. އައިރިސް ފީލްޑްތެރެއިން ދެމީހުން ހިނގައިފައި ދިޔައިރު ޝާޔަންގެ ތުންފަތްމަތީގައި ވަނީ ހަމަޖެހުމުގެ ހިނިތުންވުމެކެވެ. މީގެ މަސްތަކެއް ކުރިން ކަމުގައިވީނަމަ އޭނާއަށް އެ މާތަކުން ލިތްބައިދިން ހަމައެކަނި އެއްޗަކީ ހިތްދަތިކަމެވެ. އެހެނަސް އުއްމީދުގެ މުހިއްމުކަން އޭނާގެ ހަނދާނަށް އަނބުރާ އައި ފަހުން ޝާޔަންގެ ވިސްނުން މަޑުމަޑުން ބަދަލުވެއްޖެއެވެ. ނަބްހާން އޭނާގެ ޙަޔާތަށް ވަދާޢީ ސަލާމް ކީ ނަމަވެސް އަމިއްލަ ނަފްސު އެ އަނދިރިގަނޑުން އަލުން ނަގައި ކުރިއަށްދާން އޭނާއަށް ދަސްވެއްޖެއެވެ.

ކޮންމެ މީހެއްގެ ޙަޔާތަކީ 'ވަންސް އަޕޯން އަ ޓައިމް' އަކުން ފަށާ 'އެންޑް ދޭ ލިވްޑް ހެޕިލީ އެވަރ އާފްޓަރ' އަކުން ނުނިމިދާނެ ވާހަކައެކެވެ. ދުނިޔެއަށް ލޯ ހުޅުވާލި ވަގުތުން ފެށިގެން މި ދުނިޔެއަށް ލާ އެންމެ ފަހު ނޭވާއާއި ހަމައަށްވެސް ކޮންމެ މީހެއްގެ ޙަޔާތުގެ ވާހަކަވެސް އަންނާނީ ލިޔެވެމުންނެވެ. ޙަޔާތުގައި ދިމާވާ ކޮންމެ އުފާވެރި ޙާދިސާއަކީ 'ހެޕިލީ އެވަރ އާފްޓަރ' އެއް ނޫނެވެ. ބަދަލުގައި އެއީވެސް ހަމަ ތިބާގެ ޙަޔާތުގެ ވާހަކައިގެ ބާބެކެވެ. ތަފާތަކީ އެއީ އުފާވެރި ބާބަކަށް ވުމެވެ.
ތިމާގެ ޙަޔާތުގެ ބަގީޗާގައިވެސް ތަފާތު އެކި މާތަށް ފޮޅޭނެއެވެ. އުއްމީދުގެ ޙާލަތުގައި އައިރިސް މަލެވެ. ދެންވެސް އެހެނިހެން މާތަކެވެ. އަދި ހިތާމައިގައި އެ އަންނަ ކޮޅިގަނޑުގައި އެ ބަގީޗާ އެކީ ފަނާވެ ކުދިކުދިވެގެން ހިނގައިދާނެއެވެ. އަލުން ކުނިތަށް ސާފުކޮށް، ބިންދައިގެން ގޮސްފައިވާ ގަސްގަނޑުތަކާއި ބިންމަތި އެ އެއްޗަކުން ފުރިފައިވާ ފަތްތައް ނަގައި ސާފުކުރުމަށްފަހު އަލުން އޮށް އިންދާ އެ އޮށްތަކުން ގަސްފަޅައި މާ އެޅަން އެތަށް މަހެއް ނަގައިފާނެއެވެ. އެހެނަސް އެ ހުރިހާ އޮށެއް އެއްފަހަރާ ގާވެ ހުރިހާ އޮށަކުން އެއްފަހަރާ ގަސް ނުފަޅާ ނުދާނެ ނޫންހެއްޔެވެ؟ އެންމެ އޮށަކުން ނަމަވެސް ގަސް ފަޅައިފާނެ ނޫންހެއްޔެވެ؟

އަހަރެމެންގެ ޙާލަތަކީވެސް ހަމަ މިފަދަ އެއްޗެކެވެ. ހިތާމައެއް ކުރިމަތިވާއިރު އަހަރެމެންގެ ހިތާއި ސިކުނޑި ފުރާލަނީ 'ނެގަޓިވް ތޯޓްސް' ނުވަތަ ނައްސި ޚިޔާލުތަކުންނެވެ. 'ހުރިހާ ދޮރެއް ބަންދުވީއެވެ.' 'ދެން އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟' 'އަހަންނަކަށް ދެން ނުވާނެއެވެ.' މިއީ އެންމެ އަވަހަށް އަހަރެމެންގެ ސިކުނޑިތަކަށް އަންނަ ޖުމުލަ ތަކެއް ނޫންހެއްޔެވެ؟ އެހެނަސް އެ ހިތުގެ ކަނަކުން 'މިއީ އަހަންނަށް އަރައިނުގަނެވޭނެ ވަރުގެ އަޑިގަނޑެއް ނޫނޭ' ބުނެލަފާނެއެވެ. އެ އަޑަށް ބީރު ކަންފަތެއް ދޭން ހެޔޮނުވާނެއެވެ. ތިމާގެ ހަށިގަނޑުން އެއްބައި އެހުރީ ތިމާ އެ ތޫފާނުގެ ތެރެއިން ނެރެދޭން ތައްޔާރަށެވެ. އެހީގެ އަތެއް ލިބުމުން އޭގައި ހިފާށެވެ. އުއްމީދުގެ ކުޑަވެސް މިންވަރެއް ހިތުގައި ބާއްވާށެވެ. އެ އުއްމީދުގެ އެހީގައި ޙަޔާތަށް އަންނަ ކޮޅިގަނޑުން ހަލާކުވާ 'އައިރިސް' ދަނޑު އަލުން އާރަސްތުކުރަން މަސައްކަތް ކުރާށެވެ. ތިމާގެ ޙަޔާތުގެ ބާރުވެރި ފަރާތަކީ ﷲ އެވެ. އެ އިލާހީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ އިލާހެވެ. ވީއިރު އެހާ އަވަހަށް އަތް އުރާލުން ބުއްދިވެރިހެއްޔެވެ؟

ޝާޔަންގެ ޙަޔާތުގައި ނަބްހާންއަކީ މަލެއްފަދައެވެ. އެ ޙަޔާތަށް އޭނާ އައިސް އެކުގައި ހޭދަވީ މަދު ދުވަސްކޮޅެކެވެ. ހަމަ މަލެއް ފޮޅި އެ މާ މިލާ މޯޅިވެގެންދާހާ އަވަހަށެވެ. އެހެނަސް އެތަށް ސަތޭކަ ރީތި ހަނދާންތަކެއް އޭނާއަށް ދޫކުރުމަށްފަހުގައެވެ.
(ނިމުނީ)
****
وَلَا تَهِنُوا۟ وَلَا تَحْزَنُوا۟ وَأَنتُمُ ٱلْأَعْلَوْنَ إِن كُنتُم مُّؤْمِنِينَ
[ތިޔަބައިމީހުން (ފިނޑިވެ) ނިކަމެތި ނުވާށެވެ! އަދި، ތިޔަބައިމީހުން ހިތާމަވެސް ނުކުރާށެވެ! މަތިވެރިވެކަން ބޮޑުވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. (އެއީ) ތިޔަބައިމީހުން މުއުމިނުން ކަމުގައި ވާނަމައެވެ.]
Qur’an 3:139

مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ
[ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަލޭގެފާނު ދޫކޮށެއް ނުލައްވަތެވެ. އަދި ނުރުހުންވެ ވޮޑިއެއް ނުގަންނަވަތެވެ.]
Qur’an 93:3
****

    Please log in or register to bookmark.
    414

    1 ޚިޔާލު

    ޚިޔާލު

    Your email address will not be published. Required fields are marked *

    Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
    Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy