ސީމާ އަކީ އެކަނި އުޅޭ މީހެކެވެ. އާއިލާގެ މީހުން ނިޔާވުމުގެ ސަބަބުން ސީމާ އުޅެނީ އެކަންޏެވެ. ސީމާ ގެ ފިރިމީހާ އައްފާނު ނިޔާވީތާ 16 އަހަރު ވެއްޖެއެވެ. ސީމާއަކީ އެހައި ތަނަވަސް މީހެއް ނޫނެވެ. އެހެންކަމުން ސީމާގެ ހަމައެކަނި ސީމާގެ ދަރިފުޅު ޔޫހާންއެވެ.
ޔޫހާންގެ ބައްޕަ ނިޔާވީ ޔޫހާން އުފަންވި ދުވަހުނޫން އަނެއް ދުވަހު އެކްސިޑެންޓެއް ވުމުގެ ސަބަބުންނެވެ. ޔޫހާން ބޮޑުވެގެން އައީ ބައްޕައަކާއި ނުލައެވެ. ނަމަވެސް އޭނާގެ މަންމަ އޭނާ ރަނގަޅަށް ބަލައި ބޮޑުކުރިއެވެ.
ޔޫހާން އަކީ 16 އަހަރުގެ ރީތި ޒުވާން ފިރިހެން ކުއްޖެކެވެ. އޭނާގެ ލޮލުގައި ހުންނަނީ މާމުއި ކުލައެވެ. ހަމުގެ ކުލަ ދޮން ވެފައި އޭނާގެ އިސްތަށިގަނޑުގައި ހުންނަނީ ވަރަށް ރީތި މުށިކުލައެކެވެ.
ޔޫހާން އަކީ އަބަދު ގެއަން ބޭރުގައި އުޅޭ ކުއްޖެކެވެ. ސީމާ އެވަރަޔަށް ލޯބިން ޔޫހާން ގެންގުޅުނު ނަމަވެސް އޭނާ ބޮޑުވުމުން މުޅިން ބަދަލުވިއެވެ. އޭނާ އެއްވެސް ގޮތަކަށް ކިޔަވަން ނުއުޅެވެ. އޭނާ އުޅެނީ ރަށުތެރޭގައި އުޅޭ އޭނާއަށް ވުރެ ބޮޑެތި މީހުންނާ އެކުގައެވެ. ސީމާ މި ކަމަށް ވަރަށް ދެރަވެއެވެ. މި ކަމާ ހިތާމަކުރެއެ އެވެ. ސީމާއާއި ދިމާވާ މީހުން އަބަދުވެސް ދައްކާނީ ސީމާ ދިން ލޯބީގެ ބަދަލުގައި ޔޫހާން ދެނީ ހުސް ގޮންޖެހުން ތަކެކެވެ. ސީމާ މިކަމުގެ ސަބަބުން ވަރަށް ދެރަވެ ރޯވެސް ހަދައެވެ. ނަމަވެސް ޔޫހާން އަކަށް އެކަމެއް ނޭނގެއެވެ.
މިއީ ޔޫހާން ގެ އެންމެ ފަހު އަހަރެވެ. ޖީސީ ޓެސްޓާއި ކައިރިވިއެވެ. ޔޫހާން ކިޔަވަން ފެށި އެވެ. މުޅިރެޔާއި ދުވާލު ކިޔެވުން ނޫން އެހެން ކަމަކަށް ނުވިސްނައެވެ. ސީމާ އަށް މިތަން ފެނިފައި ޙައިރާން ވިއެވެ. ސީމާ ވަރަށް އުފާވިއެވެ. ސީމާ ޔޫހާންއަށަ ކާން ހަދާފައި ވަޒީފާއަށް ދެއެވެ. ސީމާ ޔޫހާން ކިޔަވާތީ އުދަގޫ ނުކޮށް ބަލަމުން ދެއެވެ.
އޯލެވެލް އިމްތިހާނު ފެށިގެން ދިޔައެވެ. ޔޫހާން ވަރަށް ކިޔަވައި ތައްޔާރުވެގެން އޯލެވެލް އިމްތިހާނު ހެދިއެވެ. ސީމާ ދުޢާކުރަމުން ދިޔައީ ޔޫހާން އޯލެވެލް އިން ފާސްވެ ސީމާގެ އުއްމީދުގެ ހުޅުކޮޅުގެ ގޮތުގައި ދިއްލެމުން ވިދާ ބަނބުޅާނެކަމަށެވެ.
އޯލެވެލް އިމްތިހާނު ހެދުމަށް ފަހު 2 ވަނަ މަހުގައި އޯލެވެލް ނަތީޖާނުކުތެވެ. ސީމާ ހުރީ ކަންބޮޑު ވެފައެވެ. ޔޫހާން ނަތީޖާ ހިފައިގެން އައިސް ސީމާ އަށް ދެއްކިއެވެ. ޔޫހާން ކުރި މިންނެތް މަސައްކަތުގެ ރަނގަޅު ނަތީޖާއެއް ފެނުނެވެ. ޔޫހާން އޯލެވެލް އިން 1 ވަނަ ލިބި ޤައުމީ ދިހައަކުން 4ވަނަ ލިބުނެވެ. ސީމާ ވަރަށް އުފާވިއެވެ. ސީމާގެ ފޮނި އުންމީދުތައް ސީދާވުމުން ސީމާ ވަރަށް އުފާވިއެވެ.