ބޭއިންސާފު (ސ2) - 2

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

"ހިމްޔާނު... ފިލައިފި!" އުނދަގުލުން ނަމަވެސް ރިފާޝާ އެ ޚަބަރު ދުލާ ހަމައަށް ގެނައެވެ.
********
ރިފާޝާގެ ނަޒަރުން
********
ހިމްޔާނު ފިލި ޚަބަރު ލިބުމާއެކު، އަޔާޒު ގޮވައިގެން އެމްއައިއޭއަށް ދާން އަހަރެން އަވަސްވެގަތީމެވެ. ބައި ގަޑިއިރުގެ ދަތުރަކަށްފަހު އެމްއައިއޭގެ އަހަރެމެންގެ ގޮފީގެ މައި އިދާރާއާ ހަމައަށް ފޯރިއިރު، ލޫތު ސަރ ހުރީ ބައްދަލުވުމަކަށް ތައްޔާރުވެގެންނެވެ. ސިކުންތެއްވެސް ބޭކާރުކޮށްނުލާ އަހަރެމެން، ތިން މީހުން އަހަރެމެންގެ ބައްދަލުވުންތަކަށް ޚާއްސަ ކޮޓަރިއަށް ދިޔައީމެވެ.
"ކިހިނެއް ވީ ކަމެއް މީ؟" ފުރަތަމަވެސް އަޔާޒު ސުވާލުކޮށްލިއެވެ.
"މީހަކަށް ހަމަ ކޯމާއަކުން ތެދުވާގޮތަށް ފިލޭނެތަ؟" އަހަރެންވެސް ކަންބޮޑުވުމާއެކު ސުވާލުކޮށްލީމެވެ. ވެގެން މި އުޅެނީ، އަހަރެންނަށް ޤަބޫލު ކުރެވޭ ފެންވަރުގެ ކަމެއް ނޫނެވެ. އެހެނަސް ފިލިގޮތަކާމެދު ވިސްނޭ ވިސްނުމަށްވުރެ ބޮޑަށް ޚިޔާލުގައިވީ، ހިމްޔާނު ދެން އަޅާފާނެ ފިޔަވަޅަކާ މެދު ކުރެވޭ ފިކުރެވެ. އޭނާ މީހެއްގެ ކިބައިން ބަދަލު ހިފަން ބޭނުންވާނަމަ، އޭނާގެ ޝިކާރަޔަކަށް ވާން އަހަރެންނަށްވުރެ ގާތް މީހަކު ނުހުންނާނެކަން ޔަޤީނެވެ.
"ހަމަ އެއްގޮތަކަށްވެސް މިވީ ގޮތެއް ނޭނގެ. އޭނަ ތެދުވި ޚަބަރު އަދި އިތުރު ބަޔަކަށް ނުވެސް އަންގަމޭ!" ބޮލުގައި އަތް އަޅާލައިގެން އިނދެ، ލޫތު ސަރ ބުނެލިއެވެ.
"ދެން ޕްލޭނަކީ ކޮބާ؟" އިރުކޮޅެއްގެ ހަމަ ހިމޭންކަމަކަށްފަހު އަޔާޒު ސުވާލުކޮށްލިއެވެ.
"އޭނަ ވީ ތަނެއް ހޯދުމެއްނު؟" ރައްދުގައި އަހަރެން ބުނެލީމެވެ.
"ތީކީ ޕްލޭނެއް ނޫނެއްނު؟. ރަނގަޅު ރޭވުމެއް ރާވައިގެން ވީހާވެސް އަވަހަކަށް އޭނަ ހޯދަން ޖެހޭނެ!" ލޫތުސަރ ބުނެލިއެވެ. އަދި އިންތަނުން ތެދުވެ، އެ ކޮޓަރީގައި ހުރި މޭޒާ ދިމާލަށް ދިޔައެވެ.
"މި ހުރީ ކުރިން ހިމްޔާނާ ބެހޭ ގޮތުން ހޯދާފައި ހުރި ހުރިހާ މައުލޫމާތު! މި ކޭސް އެއްކޮށް މި ދޫކޮށްލަނީ ރިފާޝާގެ އަތްމައްޗަށް!" މޭޒުމަތީ ބަރިއަކަށް ޖަހާފައި ހުރި ފައިލްތަކަށް އިށާރާތްކޮށްލަމުން ލޫތުސަރ ބުނެލިއެވެ. މާ ކުރިންވެސް މި ކޭސް އަހަރެން ނޫން އެހެން މީހަކަށް ނުދޭނެކަން އަހަރެންނަށް އެނގެއެވެ. އެހެނަސް ލޫތުސަރ އެ ޖުމުލަ ބުނި އަޑު އިވުމުން ހިތަށް ކުޑަވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.
"ތިބުނީ މަށަށް މަ ބޭނުން މީހަކު މިކަމުގަ ބައިވެރިކުރެވޭނެޔޭތަ؟" ވިސްނާލުމަށްފަހު އަހަރެން ސުވާލުކޮށްލީމެވެ. މިހާރު ޤަވާއިދު އޮންނަ ގޮތުން ކޭސްއަކާ ހަވާލުވެގެން ހުންނަ މީހާ ބޭނުންނަމަ، އެމްއައިއޭއާ ގުޅުމެއް ނެތް ބަޔަކުވެސް އެ ބަޔަކު ބޭނުންނަމަ، ބައިވެރިކުރެވިދާނެއެވެ. އަހަރެން ކޮންމެހެންވެސް ޝައިލްގެ އެހީ ބޭނުމެވެ.
"ސަރ އަށް އިނގޭ، ނުބުނާށޭ ބުންޏަސް ތި ރިފާޝާއަށް އެ މާޒިން ޒިހާނާ ޝައިލް ޝަހީމު ކައިރީ ނުބުނެ ނުހެރެވޭނެކަން. އެކަމަކު ވާ ހުރިހާކަމެއްގެ ޒިންމާ ނަގަން ޖެހޭނެކަން ހަނދާންކުރާތި!" ފައިލަކުން ނެގި ކަރުދާސްގަނޑެއްގައި ސޮއިކޮށްލުމަށްފަހު ލޫތުސަރ ޖަވާބު ދިނެވެ. އަހަރެން އެންމެ ރަނގަޅޭ ބުނެލުމުން، އެ ގަނޑު އަހަރެންނަށް ދިއްކޮށްލުމަށްފަހު ދާން ހިނގައިގަތެވެ. އެ ކަރުދާސްގަނޑަށް ބަލައިލީމެވެ. ކޭސް އަހަރެންނާއި މަތިވެއްޖެ ކަމުގެ ލިޔުމެވެ.
މޭޒުމަތީގައި ހުރި ހުރިހާ ފައިލްތަކެއް ހިފައިގެން އަހަރެންނާއި އަޔާޒު ދިޔައީ އަހަރެމެންގެ ކޮޓަރިއަށެވެ.
"އެހެންވީމަ ޒިންއާ ޝައިލް، ބައިވެރިކުރަންތަ ތި ވިސްނަނީ؟" އަޔާޒު ސުވާލުކޮށްލިއެވެ.
"ޒިން… އޭނަ ތަށީގަ މިހާރުވެސް ވާވަރަށް އެބަހުއްޓެއްނު؟ ވިޔަފާރި ކަންތަކާ އުޅެމުން، މިޝްކާވެސް ބަލަން ޖެހޭނެއްނު؟ އޭނަ އަމިއްލައަށް އަންނަން ބޭނުމިއްޔާ އަންނަންވީ. އަސްލު އޭނަ ހުރިއްޔާ ވަރަށް ފަސޭހަވާނެ. އެކަމަކު މަ ބުނާކަށް ނެތިން އަންނާށެކޭ.." އަހަރެން ބުނެލީމެވެ. އެއްބަސްވުމުގެ ގޮތުން، އަޔާޒު ބޯ ޖަހާލިއެވެ.
"ދެން ޕްލޭނަކީ ކޮބާހޭ؟" އަޔާޒު އަނެއްކާވެސް އެ ސުވާލުކޮށްލިއެވެ.
"ފުރަތަމަ މި ފައިލްތައް ކުޑަކޮށް ބަލައިލާނީ. ބާރަ އަހަރު މިވީ، ހުރިހާކަމެއް ހަނދާނަކު ނުހުންނާނެއްނު. އެކަމަކު ކުދިކުދި ތަފްސީލުތައްވެސް އެނގެން ޖެހޭނެ. މަށަށް ޔަޤީންވަނީ ބަޔަކު އެހީނުވެ ހިމްޔާނަށް އެކަނި ނުފިލޭނެކަން. އެހެންވީމަ، ހިމްޔާނު ތެދުވި ޚަބަރު ކޮންމެވެސް ގޮތަކުން ބަޔަކަށް އެނގިފަތާ މި އޮތީ. އެކަން ވީގޮތެއް ހޯދަން އެހެން ބަޔަކާ ހަވާލުކޮށްދޭށޭ ލޫތު ސަރ ކައިރީ މި ބުނަނީ.." ފޯނު ނަގަމުން، ޚިޔާލުގައި އެވަގުތަށް ރޭވިފައި ހުރި ކަންކަން ކިޔައިދިނީމެވެ. އަޔާޒު މިފަހަރުވެސް އަހަރެންގެ ޚިޔާލާ އެއްބަސްވިއެވެ.
ލޫތު ސަރއަށް މެސެޖުކުރުމަށްފަހު، ދެ މީހުން، ފައިލްތައް ބަހާލައިގެން، އެ ފައިލްތައް ދިރާސާކުރުމުގެ މަސައްކަތް ފެށީމެވެ. އެކަން ކޮށްނިންމާލެވުނީ، މެންދަމުން އަލިވެ ތިނެއް ޖަހަން އުޅެނިކޮށެވެ. މުހިންމު ނުކުތާތައް އުސްއަލިކޮށް، ފަސޭހައިން ފެންނާހެން ތައްޔާރުކޮށްލެވުނު އިރު، އާދުވަހަކަށް ދުނިޔެމަތި އަލިވަނީއެވެ. ދެމީހުން ދެ މަސައްކަތަކާ ހަވާލުވުމަށްފަހު، އަހަރެމެން އެ ބައްދަލުވުން ނިންމާލީ، ވަރުބަލިފިލުވާލުމަށް ގެއަށް ދިޔުމުގެ ނިޔަތުގައެވެ. އަޔާޒާ ހަވާލުކުރީ، ޓީމެއް އެކުލަވާލުމަށް، ރަނގަޅު އެޖެންޓުންކޮޅެއް ހޯދުމެވެ. އަހަރެންނަށް އޮތް މަސައްކަތަކީ ޝައިލް އެއްބައިކުރުމެވެ. ރޭގަނޑުގެ ވަގުތެއްގައި އަލުން ބައްދަލުވާން އެއްބަސްވެފައި ދެމީހުން އެކުގައި، އެނބުރި މާލެއަށް ދާން ދަތުރުފެށީމެވެ.
................
ނިދިގޮތަށް އަހަރެންނަށް ހޭލެވުނީ، ހަވީރުވާން ގާތްވެފައި ވަނިކޮށެވެ. ހައިކަން ފިލުވާލުމަށްފަހު އަހަރެން ޝައިލްގާތަށް ދާން ނުކުތީ ފަޒާގައިވި ހޫނުކަން މަޑުވެލާ، ހަވީރުގެ ފިނިރޯޅިތައް ދައުރުވާންފެށުމުންނެވެ. ނުދަންނަ ނަންބަރަކުން އައި ފޯނުކޯލަކަށް އަހަރެންގެ ފޯނު ރިންގުވާންފެށީ، ޝައިލް އުޅޭ ގޭދޮށުގައި ސައިކަލު ޕާކުކޮށްލި ވަގުތުއެވެ. ނަގަން ނުނަގަން ހުރެފައިވެސް އެ ފޯނުކޯލަށް ޖަވާބު ދިނީމެވެ. އަދި ކަންފަތުގައި ފޯނު ޖަހާލުމަށްފަހު ގެއަށްވަންނަން ދާން ހިނގައިގަތީމެވެ.
"ހެލޯ.." އަހަރެން އެއްޗެކޭ ނުބުނުމުން، ކުޑަވަގުތު ކޮޅެއްގެ ހަމަހިމޭންކަމަކަށްފަހު އެކޮޅުން ވާހަކަދެއްކިއެވެ. މުޅި ގައިން ހީބިހި ނަގައިގެންދިޔައެވެ. އެ އަޑުގައިވި ބަރުކަމާއި ފުންކަމަކުން ނޫނެވެ. ދަންނަ އަޑެއްކަމުންނެވެ.
"ކާކު؟" ޚިޔާލުތައް އެއްފަރާތް ކޮށްލާފައި މަޑުމަޑުން ސުވާލުކޮށްލީމެވެ. ހީވިހީވުން ތެދުނުވުމަށް ނޭދެވުނުވަރެކޭ އެއްވަރަށް އެދެވެމުންވެސް ދިޔައެވެ.
"ރިފޭ... މީ މަށޭ! މިހާރު މަގޭ އަޑުވެސް ހަނދާންނައްތާލީތަ؟" ނުހަނު ލޯބިން އަހަރެންގެ ނަމުން ގޮވާލުމަށްފަހު އެކޮޅުން ބުނެލި އަޑު އިވުނެވެ. ނޫނެކެވެ. އެއީ އަހަރެންގެ ހިތުން ފިލާނެ އަޑެއް ނޫނެވެ. ދުވަހަކުވެސް ހަނދާނުން ފުހެވިގެން ނުދާނެކަން ޔަޤީނެވެ.
"ނޫން ނޫން، ތީ ހިމްޔާނެއް ނޫން!" ލިފްޓުގައި ހުއްޓިލި ވަގުތު އަހަރެންނަށް ބުނެވުނީ ދުލުން ބޭރުވަމުން ދިޔަ ލަފްޒުތަކުގެ މައްޗަށް އަމިއްލަ އިހްތިޔާރެއްވެސް ނެތިއެވެ.
"ދެން މަ ކާކަށް ވާންވީ؟" މަޑު ހުނުމަކާއި އެކު ހިމްޔާނު ސުވާލުކޮށްލިއެވެ.
"އަސްލު ވަރަށް ދެރަވެފަ އިނގޭ މިހުރީ. މަ ހިއެއް ނުކުރަން ރިފޭ އެގޮތަށް މަ ވިއްކާލަފާނެކަމަކަށް! މަ ހާދަ އިތުބާރެއް ކުރީމޭ!" އަހަރެން ޖަވާބެއް ނުދިނުމުން ހިމްޔާނު އިތުރުކޮށްލިއެވެ. ކުރީގެ ހަނދާންތައް އާކޮށްދެމުންނެވެ. ދެމީހުން ދިމާވި ގޮތެވެ. އެކުގައި ހޭދަކުރުވުނުހާ ވަގުތެވެ. ދެމީހުން އެކުގައި އަރައިގަތް ކުށްތަކާއި އެޅިހާ ކަރުނަވެސްމެއެވެ.
ހަވަނަ ހިއްސު މަސައްކަތްކުރަންފެށީ އެވަގުތެވެ. ނަސީބު ރަނގަޅުކަމުން މި ހުރެވުނީ، ޝައިލް އަތްފޯރާ ހިސާބުގައެވެ. ހިމްޔާނު ހޯދުމަށް މިއަށްވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެއެވެ. ޝައިލް އުޅޭ ފަންގިފިލަޔަށް ލިފްޓު ހުއްޓުމުން، ލިފްޓުން ފޭބުމަށްފަހު ފުރަތަމަ ކަމަކަށް ފޯނުން އަހަރެން ދައްކާ ވާހަކަ ހިމްޔާނަށް ނީވޭނެހެން ހަދާލީމެވެ.
ހިތްއަވަސްވެފައި ހުރެ ތިން ހަތަރު ފަހަރު، ބެލް ޖަހާލީމެވެ. މާ ލަސްނުވެ، އެތެރެއިން ދޮރު ހުޅުވިއެވެ. އާދައިގެ މަތިން ވާރިޝެވެ. ކިޔަވާ ނިންމުމަށްފަހުވެސް އުފެދިފައިވި ވަރުގަދަ އެކުވެރިކަމުގެ ސަބަބުން އެދެމީހުން އުޅެމުން އަންނަނީ އެއް ގެއެއްގައެވެ. އަހަރެން ފެނުމުން، ހިނިތުންވެލުމަށްފަހު، އެތެރެއަށް ވަނުމަށް ތަންދެއްކިއެވެ. ހިނިތުންވުމެއް ބަދަލުކޮށްލާކަށްވެސް އަހަރެންގެ ހަނދާނަކު ނުވިއެވެ. ދިޔަގޮތަށް ގޮސް، ކާ މޭޒު ކައިރީ ލެޕްޓޮޕް ހިފައިގެން އިން ޝައިލް ގާތު މަޑުކޮށްލީމެވެ. ފޯނު ސްޕީކަރަށްލުމަށްފަހު މޭޒުމަތީގައި ބާއްވާލީމެވެ. ސުވާލުން ފުރިގެންވި ބެލުމަކުން ބަލަން ޝައިލް އިނެވެ.
"ތިހެން ނީނދެ މި ޓްރޭސްކޮށްބަލަ!" ހިތްއަވަސްވެފައި ހުރި ވަރުން އަހަރެންނަށް ވާހަކަދެއްކުނީވެސް ފުދޭވަރަކަށް އުނދަގުލުންނެވެ.
"ކާކު؟" ފޯނާއި ލެޕްޓޮޕް ގުޅާލަމުން، ޝައިލް ސުވާލުކޮށްލިއެވެ. ވަގުތު ވީ އެކޮޅުން ހިމްޔާނު އަހަރެންގެ ނަމުން ގޮވާލި އަޑަށެވެ. ހާސްވެގެން އަހަރެން ދާހިތްލަނީއެވެ. ޖަވާބެއްގެ އިންތިޒާރުގައި ޝައިލް އިނެވެ.
"ވާހަކައެއްވެސް ނުދައްކާނަންތަ؟" އަނެއްކާވެސް ހިމްޔާނު ސުވާލެއް ކޮށްލިއެވެ. ޝައިލްގެ ސުވާލަށް ޖަވާބު ދިނުމެއް ނެތި އަހަރެން ފޯނު، ހިމްޔާނަށް އަޑުފޯރާނެހެން ހަދާލީމެވެ. އެހެނަސް ބުނާނެ އެއްޗެއް ދުލާ ހަމައަކަށް ނައެވެ.
"މިހާ ދުވަހަށްފަހު ގުޅީމަ ތިހެން ހެދީމަ ވަރަށް ދެރަވެއްޖެ. ލާއްޓެ ބުނި، މައެ އެހެން އޮންނަތާ، ބާރަ އަހަރުވެއްޖެޔޭ!" ހިމްޔާނު ބުނެލިއެވެ. އެ އަޑު އިވިފައި ޝައިލް ދެލޯ ބޮޑުކޮށްލިއެވެ. ކާކުކަން އޭނާއަށްވެސް ފަހުމު ވީއެވެ. އަޑު ނުނެރެ، ހިމްޔާނުގެ ނަން ކިޔުމަށް ތުންފަތް ހަރަކާތްކޮށްލިއެވެ. އެ ކޮށްލީ ސުވާލެއްކަން އެނގި މަޑުމަޑުން ބޯ ޖަހާލީމެވެ. އިތުރަށް ލަސްކުރަން ނޫޅެ، ޝައިލް މަސައްކަތް ފެށިއެވެ.
"ހިހިމްޔާނު!" އަހަރެން މަޑުމަޑުންގޮވާލީމެވެ. އަޑު ނުކުތީވެސް ކިރިޔަ ކިރިޔާއެވެ.
ހިމްޔާނު ގުޅައިގެން ހުރީ، އޭނާ ހުރިތަން، އާދައިގެ މީހަކަށް ނުހޯދޭނެހެން ހަދާފައިވާ ފޯނަކުންކަން، ޝައިލް އަހަރެންނަށް އެންގިއެވެ. ޝައިލް އާދައިގެ މީހަކަށް ނުވިކަން އެއީ އަހަރެންގެ ނަސީބެވެ. ކިތަންމެ އުނދަގުލުންވިޔަސް، އޭނާ ހިމްޔާނު ހުރިތަނެއް ހޯދާނެއެވެ.
"ކޮންކަމަކާ ހާދަ ހާސްވެފަ ތި ހުރީ؟ ރިފް މަ ވިއްކާލިޔަސް، މަ ރިފްއަށް ދެރަގޮތެއް ނުހަދާނަމޭ." ޝައިލަށް ވަގުތު ހޯދައިދެމުން، ހިމްޔާނު ވާހަކަ ދައްކަމުން ދިޔައެވެ. ޝައިލްގެ މޫނުމަތީގައިވި ކުލަތަކުން މާ ގިނައިރު ނުވާނެކަން ޔަޤީންކުރެވުނެވެ.
"އަސްލު މަ ވަރަށް ދެރަވި އިނގޭ. ރިފޭ ނޫން އެހެންމީހެއް ނަމަ، މިހާ ފަސޭހައިން މަޢާފެއްވެސް ނުކުރެވޭނެ ކަންނޭނގެ!" ހިމްޔާނު އިތުރުކޮށްލިއެވެ. މާޒީގެ ސަފުޙާތައް އިހުތިޔާރެއްނެތިމެ، ފަހަތަށް އުކާލަން މަޖުބޫރުކުރަވަމުންނެވެ.
...
"މަ ވެސް ވަރަށް ހަނދާންވެޔޭ ރިފޭ މަތިން! އާދެބަލަމަށާ އެއްކޮށް! ދާން! ކީއްވެތަ ނާދެވެންވީ؟ ރިފޭ މިހާރު އުޅެނީ އެއްވެސް ގޭންގަކުވެސް ނޫނެއްނު؟ މަ ރިފޭއަށް ދެރަގޮތެއް ވިޔަކަ ނުދޭނަމޭ!" ހިމްޔާނު ހޭވެރިކަމުގައި ހުއްޓާ ހަމަލޮލުން ފެނުނު ފަހު ފަހަރު، ލޯތްބާއިއެކު ބުނި ބަސްތައް، ކަންފަތުގައި ގުގުމައިގަތްފަދައެވެ. ނަފުސު އަމިއްލަ ބާރުގެ ދަށަށް ގެންނަން މަސައްކަތްކުރީމެވެ. އެހެނަސް ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ވަމުން ދިޔައީ ގިނައެވެ. ދެންމެ ދެންމެ އޭގެ މަގާމު ދޫކޮށްފާނެފަދައެވެ.
ޚިޔާލަށް ގެއްލިފައި ހުއްޓާ، ޝައިލް އަހަރެންގެ ކޮނޑުގައި ޖަހާލިއެވެ. ބަލައިލި އިރު ޝައިލް އިށާރާތް ކުރަމުން ދިޔައީ ލެޕްޓޮޕް ސްކްރީނަށެވެ. ޝައިލްގެ މޫނުމަތީގައި ވީ ހާސްކަމެވެ. ސްކްރީނަށް ބަލައިލީމެވެ. ފެންނަނީ ދުނިޔޭގެ ޗާޓެވެ. އެ ފޯނު ކޯލު އައި ތަނުގެ ގޮތުގައި ރަތްކުލައިން ފާހަގަކޮށްފައިވަނީ ދިވެހިރާއްޖެއެވެ. މާނައަކީ، ހިމްޔާނު އެ ހުރީ ދިވެހިރާއްޖޭގައޭއެވެ. އެހެނަސް އެހެން ވާނީ ކިހިނެއް ހެއްޔެވެ؟ ޤަބޫލެއް ނުކުރެވުނެވެ. އެހެނަސް ހިތުގެ ތެޅުން ބާރުވެލިއެވެ.
"ހިހިމްޔާނު.. ކިހިހިނެއް؟ ރާއްޖޭގަ؟!" ހާސްވެފައި ހުރިވަރުން އަހަރެންނަށް އަޑު ނެރެ ސުވާލުވެސް ކޮށްލެވުނީއެވެ. ހިމްޔާނު ސުވާލެއް ކޮށްލާކަށްވެސް ވަގުތު ބޭކާރެއް ނުކުރިއެވެ. ވަގުތުން ފޯނު ކަނޑާލިއެވެ. ކުރެވުނު ކަންތަކުގެ މޮޔަކަން އިހުސާސްވީ އެހިނދުއެވެ. އައި ރުޅިން ޝައިލް ގޮށްމުށްކަވާފައި މޭޒުގައި ތަޅައިވެސް ގަތެވެ.
"ކީއްތަ ތިކުރީ؟ ދެން ކިހިނެއް އޭނަ ހުރީ ރާއްޖޭގެ ކޮންރަށެއްގެ ކޮންތާކު ކަމެއް ހޯދާނީ؟!" އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން ޝައިލް ބުނެލިއެވެ.
"ޔަޤީންތަ ހަމަ އޭނަ އެ ހުރީ ރާއްޖޭގަ ކަން؟" ޝައިލަށް އިތުބާރު ކުރިއެއް ކަމަކު އެ ސުވާލުކޮށްލެވުނެވެ. ހިމްޔާނު ހޭ އެރިތާ އަދި ސައުވީސްގަޑިއިރުވެސް ނުވެއެވެ. އެހާ ކުޑަވަގުތުކޮޅެއްގެ ތެރޭ ހޮސްޕިޓަލުން ފިލާ، ބަޔަކަށް ނޭނގި ރާއްޖެއަށް އެތެރެ ވާނީ ކިހިނެއްހެއްޔެވެ؟
"މަ ދުވަހަކުވެސް މިކަހަލަ ކަމަކު ރިފޭއަށް ދޮގެއް ހެދިންތަ؟ މަގޭ ހޯދުންތައް ދޮގެއް ނުވާނެ!" ޔަޤީންކަމާއި އެކު ޝައިލް ޖަވާބުދިނެވެ.
"ދެން.. ނުހޯދޭނެތަ؟" އަހަރެން މަޑުމަޑުން ސުވާލުކޮށްލީމެވެ. އުންމީދާ އެކުއެވެ. ޝައިލް އެއިރުވެސް ދިޔައީ ލެޕްޓޮޕުން މަސައްކަތްތަކުން ކުރަމުންނެވެ.
"މީ މަށެއްނު؟ ނުހޯދައެއް ނުބަހައްޓާނަން. އެކަމަކު ވަގުތު ނަގާނެ! އެއިރަށް ވާއިރަށް އޭނަ ފިލާނެ. އެކަމަކުވެސް މި ހޯދަނީ. އަޔާޒް މެނަށް ގުޅަންވީނު؟" ޝައިލް، ލެޕްޓޮޕުން ނަޒަރު ވަކިކޮށްނުލާ ބުނެލިއެވެ. އޭނާގެ ޚިޔާލު ޤަބޫލުކޮށް އަހަރެން އަޔާޒަށް ގުޅަން އަވަސްވެގަތީމެވެ.
އަހަރެން ގުޅި އިރު އަޔާޒު ކިރިޔާ ނިދާ ހޭލީއެވެ. އެހެނަސް، ވަރަށް އަވަހަށް އައިސްދޭށޭ ބުނުމުން މިދަނީ ކަމުގައި ބުންޏެވެ. ފޯނުން ނުބުނަންވެގެން އަންނަން ބުނި ސަބަބު، އަހަރެން ގަސްތުކުރީ ސިއްރުކުރާށެވެ.
އަޔާޒު ފޯނު ބޭއްވުމުން ދެ ޚިޔާލެއްގައި އަހަރެން ހުރީމެވެ. މާޒިނަށް ގުޅަންވީބާވައެވެ. ކުރިން ހިމްޔާނު ހޯދި އިރު މާޒިން އަހަރެންނާ އެންމެ ގާތުގައި ހުއްޓެވެ. އޭނާގެ ފަރާތުން ނޫންނަމަ، އަހަރެންގެ އެކުވެރިޔަކަށް ޝައިލްވެސް ނުވީސްކަން ޔަޤީނެވެ. ގިނަ އިރު ވިސްނަން ނުހުރެ މާޒިނަށްވެސް ގުޅާލީމެވެ. އަތް ދިޔައީ އެއިރުވެސް ތުރުތުރު އަޅަމުންނެވެ. ހިމްޔާނުގެ ޚިޔާލުތަކުގެ ސަބަބުންނެވެ. ފޯނު ސްޕީކަރަށް ލާފައި ކުރިންވެސް އޮތް ތަނުގައި ބޭއްވީމެވެ.
"ބިޒީ ގަޑިއެއްތަ؟" ތިން ހަތަރު ރިންގަށްފަހު ފޯނު ނެގުމުން އަހަރެން ސުވާލުކޮށްލީމެވެ.
"ނޫން. އަނެއްހެން ބިޒީއެއް ނޫން. އައިވްގޮވައިގެން މިތާ ރަސްފަންނަށް އައިސްފަ، މިހާރު މިދަނީ ގެއަށް" މާޒިން ޖަވާބު ދިނެވެ.
"ވަރަށް ކަޑަ ކަމެއް ވެގެން. އައިސްދެވިދާނެތަ؟ ޝައިލް ގެއަށް.." އަހަރެން އެދުނީމެވެ.
"އީންއާ އައިވްއާ ގެއަށް ލާފަ މި ދަނީ!" ދެކޮޅުހެދުމެއް ނެތި މާޒިން ވަގުތުން އެއްބަސްވިއެވެ.
"ނޫނެކޭ އެހާ ވަގުތެއް ނެތޭ. އެމީހުން ގޮވައިގެން އާދެބަލަ! ތިތާ ކައިރިއޭ މީ!" އަހަރެން އެންމެ ރަނގަޅޭ ބުނެބުނެ ހުއްޓާ ޝައިލް ގޮވައިގަތެވެ. މާޒިން ދެންވެސް ދެކޮޅެއް ނުހެދިއެވެ. ވީހާވެސް އަވަހަކަށް އަންނާނެ ކަމަށް ބުނެ ފޯނު ކަނޑާލިއެވެ.
އަހަރެމެންނަށް އިންތިޒާރުކުރަން ޖެހުނީ ހައެއްކަ މިނިޓެވެ. އަޔާޒާއި މާޒިން އައީވެސް އެކުއެކީގައެވެ. އަހަރެމެންނަށް ވާހަކަ ދައްކަން ޖާގަ ދީފައި، އައިވަން ގޮވައިގެން އެލީނާގޮސް، ވާރިޝް ގާތު ސޯފާގައި އިށީނެވެ. އެއިރުވެސް، ޝައިލް މަސައްކަތް ހުއްޓާނުލައެވެ.
"ކިހިނެއްވީ؟" އަހަރެމެން ދެ މީހުނަށް ބަލަމުން މާޒިން ސުވާލުކޮށްލިއެވެ.
"ތެދެކޭ! ކިހިނެކޭ ވެގެން މި އުޅެނީ؟" އަޔާޒުވެސް އިތުރުކޮށްލިއެވެ. ފުން ނޭވާއެއް ދޫކޮށްލީމެވެ. އަދި ޝައިލްގެ އެހީއާއިވެސް އެކު، ވީ ގޮތް ކިޔައިދޭންފެށީމެވެ.
"ރާއްޖޭގައޭ؟!" ވާހަކަ ނިންމާލި ހިނދު، އަޑަށް ބާރުލާފައި އަޔާޒު ސުވާލުކޮށްލިއެވެ. ލެޕްޓޮޕުން ނަޒަރު ވަކިކޮށްލުމަށްފަހު، ހާސްކަން އެކުލެވިގެންވި ނަޒަރަކުން، ޝައިލް އަހަރެމެންނަށް ބަލައިލީ އެހިނދުއެވެ.
"ހުޅުމާލޭގަ.." ޝައިލް މަޑުމަޑުން ބުނެލިއެވެ.
"ކީކޭ؟!" ޤަބޫލުކުރަން ބޭނުންނުވާފަދަ ގޮތަކަށް އަޔާޒު ސުވާލުކޮށްލިއެވެ. ޝައިލް ދެންވެސް، ބުނީ ހިމްޔާނު ހުރީ ހުޅުމާލޭގައި ކަމަށެވެ. އަހަރެން، ތަންކޮޅެއް ވިސްނާލައިގެން އުޅުނުނަމަ އަތުވެސް ޖެހުނީސްކަން ޔަޤީނެވެ.
"އަދި ކޯލު ކަނޑާލިފަހުން ބައިގަޑިއިރުވެސް ނުވާނެއްނު؟ އަދި މާ ދުރަށް ދެވޭނެ ހެނެއް މަށަކަށް ހިއެއް ނުވޭ! އެތަން ބަލައިލަން ދާންވީނު!" މާޒިން ބުނެލިއެވެ. އަހަރެންނަށްވެސް އެ ޚިޔާލަށް ތާޢީދުކުރެވުނެވެ. ހިމްޔާނު ނުފެނުނަސް، އެ ތަނަށް ދެވުމުންވެސް ހިތަށް ހަމަޖެހުމެއް ލިބިދާނެއެވެ.
"އާނ! ވަގުތުބޭކާރު ކުރާނެކަމެއް ނެތް! އަޔާޒް، ކައެ އެކޮޅަށް ގުޅާފަ، ޓީމެއް ފޮނުވާށޭ ބުނޭ! އަހަރެމެން ތިން މީހުން ހަމަ މިހާރު ދަތުރު ފަށަންވީ!" އަހަރެން ބުނީމެވެ. އަޔާޒު އެންމެ ރަނގަޅޭ ބުނެލިއެވެ. މާޒިން ބަލައިލީ ދުރުގައި އިން އެލީނާއަށެވެ. އަހަރެން އަނގަހުޅުވާލީ މާޒިން ނަޔަސް އެންމެ ރަނގަޅޭ ބުނުމަށެވެ. އެހެނަސް އެއްޗެކޭ ބުނެވުމުގެ ކުރިން ތިމަންނަ އެކަނި ގެއަށް ގޮސްފާނަމޭ އެލީނާ ބުނެލިއެވެ.
އިތުރަށް ވަގުތު ބޭކާރު ކުރާކަށް ނުހަދަމެވެ. ޝައިލް ފޯރުކޮށްދިން، ޗާޓު ބަލައިގެން ދަތުރު ފެށީމެވެ.
ދުއްވުނު ބާރު ދުވެލީގައި، އަހަރެމެންނަށް މާ ގިނަ ވަގުތުތަކެއް މަގުމަތީ ހޭދަކުރަން ނުޖެހި ޝައިލްގެ ޗާޓުގައި ފާހަގަކޮށްފައިވި ހިސާބަށް ފޯރިއެވެ. މުޅިން ޢިމާރާތްކޮށް ނުނިމި ހުރި ތަނެކެވެ. މާބޮޑު އުންމީދެއް ނެތަސް، ހިމްޔާނު ހޯދަން އެތަން އަތްފުނާ އަޅަން ފެށީމެވެ. މުޅިތަން ބަލާ ފާސްކޮށް ނިންމާލެވުނު އިރުވެސް ހިމްޔާނުގެ ހިލަމެއް ނުވިއެވެ. އެތަނުގައި މީހަކަށް ފިލޭނެ ކަހަލަ ޖާގައެއްވެސް ނެތުމުން، އެތަނުގައި ހިމްޔާނު ނެތީކަމަށް ނިންމީމެވެ. އެމްއައިއޭއަށް ގުޅުމަށްފަހު، ފޮނުވަން ބުނި ޓީމު ނުފޮނުވާން ބުނީމެވެ. އަޔާޒަށް ފޯނު ކޯލެއް އައީ، ވާހަކަ ދައްކާލުމަށް މަޑުކޮށްލި ވަގުތުއެވެ. ވާރިޝްގެ ކޯލެކޭ ބުނެ އަޔާޒު، ފޯނު ސްޕީކަރަށް ލިޔެވެ.
"އަޔާޒު!" ވާރިޝް ގޮވާލިއެވެ.
"ކިހިނެއްވީ؟ ކޮބާ ޝައިލް؟" މަޑުމަޑު ހޫމްއަކުން ޖަވާބު ދިނުމަށްފަހު އަޔާޒު ސުވާލުކޮށްލިއެވެ.
"އާނ އޭނަ.. ޝައިލް.. އޭނަ ގޮއްސި. ރަހާ ގުޅީ.. ލާޝީން ކައިރިއަށް." އަޅައަޅައިގަންނަމުން ވާރިޝް ބުނެލިއެވެ.
"ކީކޭ؟!" އަހަރެމެން އެންމެނަށް ސުވާލުކޮށްލެވުނީ އެކުއެކީއެވެ. އަވަސްވެފައިވި ހިތުވިންދަކާއެކު އަނެއްކާވެސް އެ ސުވާލުކޮށްލެވުނެވެ.
"އާނ.. ދެން އޭނަ ފަހަތުން މާޒިން އަންހެނުންވެސް ގޮއްސި. އެތަނުގަ ޑެލްވެސް އެބަހުރި ކަންނޭނގެ!" އަހަރެމެންނަށް އެއްވެސް އެއްޗެއް ދޭހައެއް ނުވިއެވެ. ރަހާ ކައިރީގައި، ޑެލްއާއި ލާޝީން ހުރީ ބާވައެވެ؟ ވެދާނެ ގޮތެކެވެ. އިތުރު ތަފްސީލެއް ދޭކަށް ވާރިޝަކަށް ނޭނގުނެވެ. ވަގުތުން ރަހާ އުޅޭ ތަނަކަށް ދާން މާޒިން ނިންމިއެވެ. އަޔާޒުވެސް ބޭނުންވީ އެގޮތެވެ. ދެމީހުން ދާތީ، އަހަރެން އަދި ހިމްޔާނު ފެނޭތޯ މަޑުކޮށްލާނީ ކަމުގައި ބުނީމެވެ. ޙަޤީގަތުގައި އަހަރެން އެކަނި ވަގުތުކޮޅެއް ބޭނުންވީއެވެ.
އެމީހުން ދިޔުމުން އަހަރެން ދުވާރުމަތީ، ގޭގެ ފާރަށް ލެނގިލައިގެން މަޑުކޮށްލީމެވެ. ދިރުމެއްގެ ހިލަމެއްވެސް އެ ހިސާބަކުން ނުވެއެވެ. އިރު ދިޔައީ އޮއްސޭށެވެ. އަނދިރިކަން ވަށާލަނީއެވެ. އުޑުމަތީވި ރަތް ވިލާތަކަށް ނަޒަރު ހުއްޓާލީމެވެ.
"ރިފޭ!" އަހަރެންގެ ނަމުން މީހަކު ގޮވާލި އަޑު އިވުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ނޫނެކެވެ. ސިހުން ގެނުވީ އެ އަޑެއް ނޫނެވެ. އެ އަޑުގެ ވެރިޔާއެވެ.
"ހިހިމް ޔާނު؟" އަޑު ބޭރުކުރެވުނީ އެކަމަށް އެތައް މަސައްކަތެއް ކުރެވުނު ފަހުންނެވެ. ހައިރާންކަމާއި ހިތަށް ވަން ބިރުވެރިކަމާއި އެކު ވަށައިގެން ބަލައިލެވުނެވެ. ފަހަތުން އައިސް ގާތުގައި ހުއްޓިލި ފިރިހެން މީހަކު ފެނުނެވެ. އެހެނަސް، އޭނާ އަހަރެންގެ އަތަށް ޖަހާލި އިންޖެކްޝަނުން ސަލާމަތްވުމަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ޙަރަކާތެއް ގެނެވޭ ވަރަށްވުރެ އަތްފައި ފިނިވެފައި ވީއެވެ.
އެ ޖެހި އެއްޗެއްގެ އަސަރު ކުރަންފެށީ ނުހަނު އަވަހަށެވެ. އެއީ ހަމަ ޔަޤީނުންވެސް އަހަރެމެން އެމްއައިއޭގައި ބޭނުންކުރާ ވަރަށްވުރެ ދެގުނަ ބާރު އެއްޗެކެވެ. ހަނދާނުގައި ހުރި ފަހު ކަމަކީ، ހިމްޔާނާ ދިމާލަށް ދެވަނަ ފަހަރަށް ބަލައިލެވުނުކަމެވެ.
********
ލާޝީންގެ ނަޒަރުން
(ވަގުތުކޮޅެއް ކުރި)
********
އަހަރެން އުންމީދު ކުރިވަރަށް ވުރެވެސް ޑެލްގެ މަސައްކަތް ފުރިހަމައެވެ. އެކިއެކި ގޮތްގޮތަށް ދަތުރުކުރުވުމަށްފަހު އެންމެފަހުން ޑިންގީގަނޑެއްގައި ގެނެސް، ހިމްޔާނު ހުޅުމާލެއަށް ބަނދަރުކޮށްދިނީ މެންދުރުގެ ހޫނުކަންވެސް މުޅިން ނުކެނޑެނީހެވެ. ޒަމާންތަކަކަށްފަހު ޒަމާންވީ އެކުވެރިޔާ ފެނުމުން، ހިތުގައިވިހާ ނުތަނަވަސްކަމެއް ފިލައިގެންދިޔަފަދަ އިހުސާސެއް ކުރެވުނެވެ.
ބަޔަކަށް ފެނިދާނެ ކަމުގެ ބިރު އޮތުމާއިއެކު، އަހަރެމެން ބެލީ ވީހާވެސް އަވަހަކަށް އެތަނުން ދެވޭތޯއެވެ. ކުރިންވެސް ރާވާފައި އޮތް ގޮތަށް ޢަމަލުކުރުމަށް އަވަސްވެގަތީމެވެ. ހިމްޔާނުގެ ރޭވުމެކެވެ. އޭނާ ބޭނުންވަނީ ފުރަތަމަވެސް ރިފާޝާ އަތުޖައްސާށެވެ. ބޭވަފާތެރިވެ، ދިރިއުޅުމުން ބާރަ އަހަރު ގެއްލުނު ސަބަބަކަށް ވުމުންވެސް ހިމްޔާނު ރިފާޝާއަށް ކުރާ އިތުބާރު ގެއްލިގެން ނުދިޔައީއެވެ.
އަހަރެމެން ރޭވީ ތިންމީހުން އެކުގައި، ގޮސް، ރިފާޝާއަށް ގުޅުމަށެވެ. އެހެނަސް، ޑެލް، އަހަރެން ދިޔަކަ ނުދިނެވެ. އިޔާޝާއި އެކު ހިމްޔާނު ފޮނުވާލާފައި، ޑެލްއާ ވާހަކަދައްކާލަން މަޑުކޮށްލީމެވެ.
"ކޮބާ، މަސައްކަތް ނިންމީމަ ދޭން ބުނި ފައިސާ؟" އިތުރު ވާހަކައެއް ނުދައްކާ ޑެލް ސީދާ މައުޟޫއަށް ދިޔައެވެ.
"މިރޭ ހައިލާ ފޮނުވާނަން!" ފިނިގޮތަކަށް ބުނެލީމެވެ.
"އުނހުނ، މިހާރު ބޭނުމީ! ކަލޭ ތީ އިތުބާރު ކުރެވޭކަހަލަ މީހެއްނޫން!" ޑެލް ވަގުތުން ދެކޮޅު ހެދިއެވެ. ހިތުގެ ހަމަޖެހުން އަނެއްކާވެސް ގެއްލުނެވެ. ބޮލަށް ސަވާރުވީ ރުޅިވެރިކަމެވެ. ފުލުހުން އަތަށް ޑެލް ޖަހާފައި އެތިކޮޅު ހިފައިގެން ފިލީ އަހަރެންނެއް ނޫނެވެ. އަހަރެން ބެދެން ދޫކޮށްލާފައި ދިޔައީ ޑެލްއެވެ.
"އިތުބާރު ނުކުރަންޏާ ކީއްކުރަން ފުރަތަމަވެސް ޑީލާ އެއްބަސްވީ؟" ކުޑަ ޖެއްސުމެއް ކޮށްލާނީއޭ ހިތާ ބުނެލީމެވެ. ސީދާ އެވަގުތުވެސް އަހަރެންނަށް އެ ފައިސާ ފޯރުކޮށްދެވިދާނެއެވެ. އެހެނަސް ޑެލް އެފަދައިން އަހަރެންނާ މުޚާތަބުކުރުމުން، ދެން އޭނާ ޖެހޭނީ ހަމަ ކެތްތެރިވެގެން ހުންނާށެވެ.
"ލާޝީން!" ރުޅިވެރި އަޑަކުން ޑެލް ގޮވާލިއެވެ.
"ފަހުން ދޭނަމޭ!" ލާނެތް ހިނިތުންވުމެއް ވެދުންކޮށްލަމުން އަހަރެން ބުނެލީމެވެ. ޑެލްއަށް އިތުރު އެއްޗެކޭ ބުނާނެ ފުރުސަތެއް އަހަރެން ނުދެމެވެ. މާ ދުރުނޫން ހިސާބެއްގައި އޮތް ކާރަށް އަރާ ދުއްވާލީމެވެ. ހިނގައިގަނެވުނުލެއް ކުޑަކޮށް ލަސްވިނަމަވެސް ޑެލް އައިސް އަހަރެން ގަޔަށްބޮލަށްވެސް އަރައިގަތީހެވެ.
ކާރުގައި އަހަރެން މިސްރާބު ޖެހީ، ހިމްޔާނާއި އިޔާޝް ގާތަށް ދިޔުމަށެވެ. ދިޔަ މަގުމަތީ އަހަރެން ހައިލާއަށް ގުޅާލީމެވެ. އަދި ޑެލްއަށްވީ ފައިސާ ތައްޔާރުކުރަން އެންގީމެވެ.
އަހަރެންނަށް ހިމްޔާނުމެން ތިބި ހަދަން ފަށާފައިވާ ޢިމާރާތަށް ދެވުނު އިރު، ހުރިހާ ކަމެއްމެ ވީ ގޯސްވާނެ އެންމެ ބޮޑަކަށް ގޯސްވެފައެވެ. އެމީހުން ރިފާޝާއަށް ގުޅީ، ފޯނެއް، ނުހޯދޭނެހެން ތައްޔާރުކުރުމަށްފަހުއެވެ. އިޔާޝްގެ، ދޮޅުމަސްދުވަހުގެ މަސައްކަތެވެ. އެ މަސައްކަތް ފެނަށްދުއްވާލަން، ފަނަރަ މިނިޓުވެސް، ރިފާޝާ ނުނެގިއެވެ.
އަހަރެމެން ހޯދަން ރިފާޝާ އަންނާނެކަމަށް ޔަޤީންކޮށްފައި ޖެހިގެންހުރި ގެއަށް ފިލަން ވަނީމެވެ. ނުދަންނަ ނަންބަރަކުން އަހަރެންގެ ފޯނަށް ފޯނުކޯލެއް އައީ ފިލާ ތިއްބައެވެ. ކޮންމެ މީހަކަށްވިޔަސް ހެޔޮކަމަށް ޖަވާބު ދިނީމެވެ. ހީކުރީ ޑެލްކަމަށެވެ. އެހެނަސް ބިރުން ތުރުތުރު އަޅާ އަޑަކުން އަހަރެންނަށް ގޮވާލީ އަންހެން ކުއްޖެކެވެ. އެހާ ޒަމާނަށްފަހު އިވުމުންވެސް ރަހާކަން އަހަރެންނަށް އެނގުނެވެ.
ހާސްކަމާ އެކު އަހަރެންވެސް ރަހާއަށް ގޮވާލީމެވެ. ރަހާ އަހަރެންގެ ނަންބަރު ހޯދީވެސް ކޮންތާކުން ހެއްޔެވެ؟ ގުޅަންވީވެސް ކީއްކުރަން ހެއްޔެވެ؟
ހިތުގައި އުފެދުނުހާ ސުވާލަކަށް ގިނަ އިރު ތަކެއް ނުވެ ޖަވާބު ލިބުނެވެ. ފޯނުން އިވުނު އަޑުންނެވެ. ޑެލް އަހަރެންގެ ނަމުން ގޮވާލި އަޑެވެ. ހިތަށް ބިރުވެރިކަން ވަނެވެ. ދޭން ބުނި ފައިސާ ހޯދަން ޑެލް ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަން ފަހުމުވުމުންނެވެ.
"ހަމަ މިހާރު އެ ފައިސާ ހިފައިގެން މި މަންޖެ ގެއަށް އާދޭ! އެހެން ނޫނީ ރަހާ ކަނޑުފައްތާނީތޯ ނޫނީ ދިރިހުއްޓަ ވަޅުލާނީތޯ ނިންމާނީ މަ!" ރަހާގެ ގިސްލުމުގެ އަޑާއިއެކު، އިވުނީ ޑެލްގެ އިންޒާރެވެ.
"މޮޔަ ނުވެބެ! މަ ނޫޅެމޭ އެ ފައިސާ ނުދޭކަށް!" އަހަރެން ތެދުވެރިކަމާއި އެކު ބުނީމެވެ. ޑެލް އަޑެއް ނޭހިއެވެ. ފޯނު ކަނޑާލީއެވެ. ރަހާއަށް ދެރަ ގޮތެއް ވާކަށް އަހަރެންނަކަށް ފުރުސަތެއް ނުދެވޭނެއެވެ. ވީގޮތް، ހިމްޔާނަށާ އިޔާޝަށް ކިޔައިދީފައި ވަގުތުން، މާލެއަށް ދާން މިސްރާބު ޖެހީމެވެ. ވީހާވެސް އަވަހަކަށް ފައިސާ ހިފައިގެން އައުމަށް، ހައިލާއަށް އެންގުމަށް ފަހުއެވެ. އެހެނަސް އެންމެ އަވަސްވެގެންވެސް ވިއްސަކަށް މިނިޓު ވާނެކަން އަހަރެންނަށް އެނގެއެވެ. އަހަރެންނަށް އޮތީ އެހާ އިރު ވަންދެން ޑެލް މަޑުން ހުރޭތޯ އުންމީދު ކުރުމެވެ.
ރަހާ އުޅޭ ގެއާ ހަމައަށް ދެވުނު އިރު އަހަރެންގެ އަތްފައިވެސް ފިނިވެއްޖެއެވެ. ދުވެފައިގޮސް އެގެއަށް ވަނީމެވެ. މީހަކު ބަލަން ހުރިތޯވެސް ނުބަލަމެވެ. ދެތިންފަހަރަކު ބެލް ޖަހާލިތަނާ، ޑެލް ދޮރުހުޅުވިއެވެ. އަވަހަށް އެތެރެއަށް ދެމިގަތީމެވެ. ސޯފާގައި އިށީނދެލައިގެން ރޯލަ ރޯލަ ރަހާ އިނެވެ. ހެޔޮ ޙާލުގައި އިނުމުން ހަމަ ނޭވާއެއް ދޫކޮށްލެވުނެވެ.
"ކޮބާ؟" ނުވިސްނާ ހުއްޓާ އަހަރެންގެ މޭގައި އަޅާ ކޮއްޕާލަމުން ޑެލް ސުވާލުކޮށްލިއެވެ.
"ބައްޔެއްނު؟ ހައިލާ އެބަ އާދެޔޭ އެ ހިފައިގެން!" ނުރުހުމާ އެކު ބުނެލީމެވެ. ޑެލް ކަހަލަ، އަހަރެންގެ އާއިލާ ދަންނަ މީހަކާ ބެހެވުނުކަން މިއީ ހަމަ އަހަރެންގެ މޮޔަކަމެވެ. ދެން ގޮސް ތަޅައިގަންނާނީ ޝައިލް ގައިގައި ނޫންކަމެއް ނޭނގެއެވެ. އެއްއިރެއްގެ ލޯބިވެރިޔަކަށްވީތީ ރަހާއަށް ގޮތެއް ނުހެދިޔަސް ޝައިލް ފަކީރު ކޮށާ ކުދިކޮށް ކާޅަށް ކާންދޭންވެސް ޑެލް ފަސްނުޖެހޭނެކަން އަހަރެންނަށް ޔަޤީނެވެ.
ޑެލް އަހަރެން ކޮއްޕާލީތީ އަހަރެންވެސް ދުލެއް ނުކުރަމެވެ. އަހަރެމެން ތެރެއިން މިހާރު ވަރުގަދަ ވާނީ ކާކުކަން ދައްކާލީމެވެ. ޑެލް ފާރަށް ގަންނުވާލީމެވެ. ޑެލްވެސް ދުލެއް ނުކުރިއެވެ. ދެމީހުންމެ ހަމަލާއަކަށްފަހު ހަމަލާއެއް ދެމުން ދިޔައީމެވެ. ރަހާގެ އަޑު ކަންފަތާ ހަމައަށް ފޯރަންދެނެވެ.
"ޝަޝައިލް! މިގޭގަ ލާޝީނާ ޑެލް..." އުނދަގުލުންވެސް ރަހާއަށް ބުނެވުނީ އެވަރަށެވެ. ޑެލް ދިޔަގޮތަށްގޮސް، ރަހާ އަތުން ފޯނު އަތުލާ ދުރަށް ހޫރާލިއެވެ.
"ރަހާ! މޮޔަވީތަ؟" އަޑަށް ބާރުލާފައި ޑެލް ސުވާލުކޮށްލިއެވެ. އެފަދައިން އަހަރެންގެ ކޮއްކޮއަކާ މުޚާތަބުކުރަން ޑެލްއެއީ ކާކު ހެއްޔެވެ؟ އަނެއްކާވެސް ގޮސް ޑެލް ކޮއްޕާލީމެވެ. ކުރިން ފެށި ތަޅާފޮޅުން އަނެއްކާވެސް ކުރިއަށް ގެންދަންފެށީމެވެ. ދެމީހުނަށްވެސް ދިޔައީ އަނިޔާވަމުންނެވެ. ހައިލާވެސް އަންނާކަށް ނޫޅުނެވެ. އަހަރެމެންނަށް ދެން ހޭވެރިކަމެއްވީ، ފުރުސަތުގެ ބޭނުންހިފާ، ދުވެފައި ރަހާ ބޭރަށް ނުކުތުމުންނެވެ. ދެމީހުން ދެމީހުން ގައިން ދޫކޮށްލުމަށްފަހު ދުރަށް ޖެހިލީމެވެ. އަހަރެމެން ދެމީހުންވެސް ބޭނުންވީ ރަހާ ދާތަނެއް ބަލާށެވެ. ކުރާކަމެއް އެނގޭށެވެ. ދެންމެ ވީހާ ކަމެއް ހަނދާންނައްތާލާފައި އެކުއެކީގޮސް ބެލްކަންޏަށް ނުކުތީމެވެ.
ތިރިން ފެނުނު މަންޒަރުން، ހިތަށް ހީވީ ތޫނު ހަންޖަރެއް ހަރާލި ހެންނެވެ. ހައިލާ ފިލަން ދުއްވައިގަތްތަން ދުށީމެވެ. އެހެނަސް ގަނޑުވެފައި ހުރެވުނީއެވެ. މިހާ ދުވަސްވަންދެން ގާތްކޮށްގެން ގެންގުޅުމުން ދޭން އެނގުނު އަގަކީ މިއީ ހެއްޔެވެ؟ އެހެން ސަލާމަތް ވިޔަކަ ނުދޭނަމެވެ. ފިލިޔަސް ހޯދާނަމެވެ. އަހަރެންގެ ހިތުގައި މަޢާފުކުރާކަށް ޖާގައެއް ނެތެވެ. ލޮލަށް ފެނުނު މަންޒަރު، ރަނގަޅަށް ހަޖަމުވެ ނިމުމުނުހާ އަވަހަކަށް، އޭނާ މި މުށުތެރޭ ހައްޔަރުކުރާނަމެވެ. މުޅި ޢުމުރަށެވެ.
(ނުނިމޭ)

    Please log in or register to bookmark.
    3k

    14 ޚިޔާލު

    1. ޕްލީސް މި ވާހަކަ ނިމެންދެން ގެނެސްދެއްޗޭ

    2. މި ސީރީސް ނިމޭއިރު ވާހަކައިގެ ކެރެޓާރސްގެ އުޅުން އެއްކޮށް އިސްލާހުކޮށް ތައުބާވެ ކުރެވޭ ފާފަތައް ވިސްނި ރަނގަޅު ކުރާނަމަ ވާހަކަ ފުރިހަމަވެފައި އިބުރަތްތެރިވާނެ. ބުރުގާނާޅާ މިއުޒިކުއެހުމާ މިފާފަތައްވެސް ރަނގަޅުކޮށްލާތި🤍❤️💗

    3. ހޭ މޮންސްޓާ މި ވާހަކަ ޢެސްފިޔާގަ ލިޔަންވީނުން މިތަނުން އަޕްކޮށް ދެނީ ގަރުނެއް ފަހުން

    4. އަޅޭ... ދެން އޮތް ބައި ކޮންއިރަކުން ކިޔާލަން ލިބޭނީ... މިހާރު ކިޔާހިތުން ހުރެވެނީކީނޫން...

    5. ވަރަށް ވަރަށް ރީތި...ލަވްޑް އިޓް...އަވަހަށް ނެކްސްޓް ޕާޓް ނެރެދެއްޗޭ...3>

      • ނެކްސްޓް ޕާޓް ޕްލީޒް އަވަސް ކޮށްލަބާ.......

    6. ކޮން އިރަކުން ދެން އިްނ ބައި އަޕްލޯޑް ކުރާނީ؟

    7. ކޮން އިރަކުން ދެން އޮތް ބައި އަޕްލޯޑު ކުރަނީ ؟

    ޚިޔާލު

    Your email address will not be published. Required fields are marked *