kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.comSupertotobetSahabetTarafbetMatadorbetTipobet365Deneme BonusuBetvoleMariobethack forumxumabetgiris.com

އުއްމީދު - 23

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

ޝާޔަން އޭނާއަށް ޒިޔާރަތްކުރުމަށްފަހު ނިކުމެގެން ދިޔުމާއި އެކީ ނަބްހާން ހީލިއެވެ. އެހެނަސް މިފަހަރު އޭނާގެ ލޮލާއި ހަމައަށް އެ ހިނިތުންވުމެއް ނުފޯރިއެވެ. ޝާޔަންއާއި އާދައިގެ މަތިން ދައްކަން ބޭނުންވި އެތަށް ވާހަކައެއް އޭނާގެ ހުއްޓެވެ. އެހެނަސް ނުދެއްކުނީއެވެ. ދުލުކުރިއާއި ހަމައަށް އެ ބަސްތައް ނައީއެވެ. އޭނާގެ މާސްކު ހަލާކުވެގެން ވެއްޓިދާނެކަމުގެ ބިރަށްޓަކައެވެ.

ނަބްހާން ދެލޯ މަރާލައިގެން އޮށްވާ މުނީރާ އައިސް ނަބްހާން ގާތުގައި މަޑުކޮށްލިއެވެ. އޭނާ މިހާރު އެހެން އޮންނަތާ އިރުތަކެއް ވެއްޖެއެވެ. އެހެންކަމުން މުނީރާ ހީކުރީ ނަބްހާންއަށް ނިދުނީކަމަށެވެ. އޭނާ ނަބްހާންގެ ބޮލުގައި ފިރުމާލީ ލޯބިންނެވެ. އެއްވެސް ދެއްކުންތެރިކަމެއް ނުވަތަ މަޖުބޫރީއެއް އޭނާގެ އެ ޢަމަލުގައި މިއަދަކު ނެތެވެ. ނަބްހާން މަޑުމަޑުން ގުޑިވެސް ނުލައި އޮތީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ.

އެ ދުވަހަކަށް އިންތިޒާރުކޮށްކޮށް އޭނާ ބަލިވެއްޖެއެވެ. "ނަބްހާން. ދަރިފުޅު މަންމައަށް މަޢާފްކޮށްދީފާނަންތަ؟ މަންމަ މިހެން އަހާތީ ހީވެދާނެ މަންމަގެ ލަދެއްވެސް ނެތީބާވައޭ، ދޯ؟ ދަރިފުޅާއި މެދު ކަންތަށް ކުރެވުނު ގޮތް ހިތަށް އަރާފަ މަންމައަށް ދުވަހަކުވެސް އަމިއްލަ ނަފްސަކަށް މަޢާފެއް ނުކުރެވޭނެ. ކުރާކަށް ބޭނުމެއް ވެސް ނޫން." މުނީރާ އޭނާގެ ކުރަކިވެފައިވާ ވައި އަޑުން ވާހަކަދައްކަމުން ދިޔައީ ނަބްހާން 'ހޭލަފާނެތީ'ވެއެވެ.

އެހެނަސް އޭނާއަށް ނޭނގުނީ އޭނާ އެ ދައްކާ ހުރިހާ ވާހަކައެއް ނުހަނު ސާފުކޮށް ނަބްހާންއަށް އިވެމުން ދާ ކަމެވެ. "ޙަޤީގަތަކީ މާޒީގަ ވީ ހުރިހާ ކަމެއްގެ ޒިންމާ މަންމަމެން އުފުލަން ޖެހުނު ނަމަވެސް މަންމަމެންގެ ސެލްފިޝް ކަމުން އަމިއްލަ ކުށް ޤަބޫލު ކުރަން ބޭނުން ނުވުން. އޭގެ ބަދަލުގަ ދަރިފުޅަށް އެ ހުރިހާ ބުރައެއް އުފުލަން ޖެއްސުން. ހެހެ. މަންމަ މިއީ ކޮންކަހަލަ މަންމައެއް، ދޯ؟" މުނީރާ ނޭފަތް ދަމާލަމުން އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި އަވަސް އަވަހަށް ފުހެލިއެވެ. އެއަށްފަހު ގުދުވެލުމަށްފަހު ނަބްހާންގެ ނިތްމައްޗަށް ބޮސްދީފައި އޭނާ އެ ކޮޓަރީގައި ހުރި ފާޚާނާއާއި ދިމާއަށް މިސްރާބު ޖެހިއެވެ.

އެވަގުތު ނަބްހާންގެ ލޮލުގެ ކަނަކުން ކަރުނަތިއްކެއް ވެއްޓުނެވެ. މިއޮށް ހުރިހާއިރު ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަޤާމު ދޫކޮށް ފައިބަން ފެށީ މުނީރާގެ ވާހަކައިން އޭނާގެ ހިތަށް ކުރި އަސަރަކުންނެވެ. އެއީ މިއޮށްހާދުވަހު މުނީރާއާއި އަމީންގެ ފަރާތުން އިވުމަށް އެދި އޭނާ އިންތިޒާރުކުރި ބަސްތަކެއް ނޫންހެއްޔެވެ؟ އެހެން ނަމަވެސް އެ އަޑު ކަންފަތުގައި ޖެހުމުން އެހިތަށް އެހާ ތަދު އެ ވަނީ ކީއްވެހެއްޔެވެ؟ އޭނާގެ ތިރީ ތުންފަތުގައި ދަތް އަޅާލުމަށްފަހު ހުސްކޮށް އޮތް އަތް ނަބްހާން އޭނާގެ މޫނުމަތީގައި ބާއްވާލިއެވެ.

އޭނާގެ މަންމަމެންނަށް އޭނާ ފުރަތަމަ ފަހަރަށް އެހެން ނަޒަރަކުން ފެނުނީތީ ނަބްހާން ހިތާހިތުން ﷲއަށް ޙަމްދުކުރިއެވެ. އެ މަންމަމެންގެ ފަރާތުން ނުލިބިގެން އުޅުނު ލޯބި ލިބެން ފެށުމުން އޭނާގެ ހިތް ޝުކުރުވެރިކަމުން ފުރި ބަންޑުންވާން ގާތްވެފައިވެއެވެ. އެހެން ނަމަވެސް މަންމަމެންނަށް ވިސްނެންޖެހޭނެ އެއްކަމެއް އެބައޮތެވެ. އެއީ މަންމަމެންނަށް އޭނާގެ އުފާވެރި ނަފްސު ތަޢާރަފްކުރުމަށްޓަކައި އަދި ދުވަސްކޮޅެއް ނަގާނެ ކަމެވެ. މަންމަމެންގެ އެ ލޯތްބާއި އަޅާލުމާއި އެކުވެރިވާން އަދި ދުވަސްކޮޅެއް ނަގާނެ ކަމެވެ.

އޭނާގެ ހިތް މަދު ކަމަކަށް އެދުނު ނަމަވެސް އެ ހިތުގައި ހަމަ ޔަޤީނުންވެސް އުފާވެރިކަމުގެ ވިންދުވެސް މިއަދު ޖަހާލައިފިއެވެ.
އެރޭ ދަންވި ދަންވިހެން ނަބްހާންގެ ޙާލަތު ދިޔައީ ދަށްވަމުންނެވެ. އެހެނަސް ނުނިދުމުގެ ސަބަބުން އޭނާ އޮތީ ހޭލައެވެ. އެވަގުތު މުނީރާއާއި އަމީންއާއި ދެމީހުން އައިސް ނަބްހާންގެ އެނދުގެ ދެފަރާތުގައި އިށީނދެލިއެވެ. އެދެމީހުންގެ ލޮލުން އޭނާއަށްޓަކައިވީ ކުލުނާއި އޯގާތެރިކަން ނަބްހާންއަށް ފުރަތަމަ ފަހަރަށް ފެނުމުން އޭނާއަށް ހިން ދިރުވާލެވުނެވެ.

އަމީންއާއި މުނީރާއާއި ދެމީހުން އަނގަބަހުން ނަބްހާންގެ ގާތުން މަޢާފަށް އެދުނު އިރު އެދެމީހުންގެ ލޮލުން ވަނީ ކަރުނަ ފާއްދާލައިފައެވެ. އަމީން ނަބްހާންގެ އަތުގައި ހިފަހައްޓާލައިގެން އިން އިރު މުނީރާ ދިޔައީ ނަބްހާންގެ ބޮލުގައި ފިރުމަމުންނެވެ. "ބައްޕައާއި މަންމަގެ އެޕޮލޮޖީ އަޅުގަނޑު ޤަބޫލުކުރާނަން. ބޭނުމެއްނޫން ފަހުން ދެރަވާކަހަލަ ގޮތަކަށް އެއްވެސް ކަމެއް ކުރާކަށް." ނަބްހާން ދުރު ބަލައިލަމުން ބުނެލިއެވެ. ތެދަށް ބުނާނަމަ އެ ފިޔަވަޅަކީ އޭނާއަށް ނަގަން ފަސޭހަ ފިޔަވަޅެއް ނޫނެވެ. މުނީރާއާއި އަމީންގެ ސަބަބުން އެހިތުގައި ލީ ކޫރުމުގެ އަދަދު ނުގުނޭނެއެވެ.

އެހެން ނަމަވެސް 'ރިގްރެޓް' އެ ބަހަށް އޭނާ ކުރާ ނަފްރަތެއްގެ ސަބަބުން އޭނާގެ ގޮތުގައި ހުންނަން ބޭނުން ނުވީއެވެ. ހަމަ އެހެންމެ މަޢާފްދޭ މީހާގެ މާތްކަން އިސްލާމްދީނުގައި ބަޔާންކޮށްދީފައިވާލެއް ފުރިހަމަކަމުން ނަބްހާން އޭނާގެ މަންމަމެންނަށްޓަކައި ހިތް ބުރަނުކުރަން ނިންމިއެވެ. އެހެން ނޫނަސް މިއޮށްހާދުވަހު އޭނާ ބޭނުންވި ލޯތްބާއި އަޅާލުން އެންމެފަހުން މަންމަމެންގެ ފަރާތުން އެ ލިބުނީ ނޫންހެއްޔެވެ؟

އެއީ އިންސާނީ ޠަބީޢަތެވެ. ތިމާއަށް ދެރައެއް ލިބޭފަދަ ކަމެއް ދެވަނަ ފަރާތަކުން ކޮށްފި ނަމަ މަޢާފް ދިނުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. ފަހަރުގައި މަޢާފްދޭމީހާއަކީ އެހާ މާތް މީހަކަށް ވަނީ އެހެންވެގެން ކަމުގައި ވެދާނެއެވެ. އެއީ އުނދަގޫކަމެއް ނަމަވެސް ތިމާގެ އެދުންވެރިކަން ދޫކޮށްލުމަށްފަހު އަނެކާއަށް މަޢާފް ދޭތީއެވެ.

ދަންވަރު ތިނެއްޖަހާލާކަށް ހާއިރު އޭނާގެ އޮކްސިޖަން ދަށްވަމުން ދާތީ ނަބްހާންގެ އޮކްސިޖަން މާސްކު އަޅުވަން ޖެހުނެވެ. އެއިރު ހަށިގަނޑުން ވަރުދޫވަމުން ގޮސް ނަބްހާންއަށް އޮތީ ދެލޯ މެރިފައެވެ. ނަބްހާންއަށް ގުޅުވައިފައި ހުރި މެޝިނުން ތަފާތު އަޑެއް ގޮވަން ފެށުމާއި އެކީ މުނީރާއާއި އަމީންގެ ހާސްކަން އިތުރުވާން ފެށިއެވެ. އަވަސް އަވަހަށް އެ ފްލޯގެ ރިސެޕްޝަންގައި އިން ނަރުހަށް އަންގާލުމާއި އެކީ 'ކޯޑް ބްލޫ' އިޢުލާން ކޮށްލިއެވެ.

ޑޮކްޓަރުންނާއި ނަރުހުންތައް އަވަސް އަވަހަށް އައިސް ނަބްހާންގެ ކޮޓަރިތެރެއަށް ވަނެވެ. "ހީ އިޒް އިން ކާޑިއެކް އެރެސްޓް!" ނަބްހާންގެ ޕޭޝެންޓް މޮނިޓަރއިން ދައްކަމުންދާ ނަންބަރުތަކާއި އެކި ގޮތްގޮތަށްހުރި ރޮނގުތަކަށް ނަޒަރެއް ދެމުން ޑޮކްޓަރެއް އަވަސް އަވަހަށް ބުނެލިއެވެ. ނަބްހާންގެ އޮކްސިޖަން ދަނީ އިތުރަށް ދަށްވަމުންނެވެ.

ސްކްރަބްސްގައި ހުރި ޑޮކްޓަރެއް އަވަސް އަވަހަށް ނަބްހާންގެ އެނދަށް އަރާ އޭނާއަށް ސީ.ޕީ.އާރް ދޭން ފެށިއެވެ. އެއިރު އެ މެޑިކަލް ޓީމުގެ އެހެން ޑޮކްޓަރެއް ޑިފިބްރިލޭޓް ކުރަން ތައްޔާރުވަނީއެވެ. ނަބްހާންއަށް ޑިފިބްރިލޭޓަރުން ޝޮކް ދިނުމަށްފަހު އަނެއްކާވެސް އޭނާއަށް ސީޕީއާރް ދެވެން ފެށުނެވެ. "އިޓްސް ސްޓިލް ޝޯވިންގް ވީ-ފިބް." ނަރުހެއް ހާސްވެފައި ބުނެލިއެވެ. އެއާއި އެކީ އަނެއްކާވެސް ޑިފިބްރިލޭޝަން ޕްރޮސީޖަރ ކުރިއަށް ގެންދެވުނެވެ. "ވަން އެމް.އެލް އެޕިނެފްރިން، އަވަސް!" އެވަގުތު އިސްކޮށް ހުރި ޑޮކްޓަރ އިރުޝާދު ދިނުމާއި އެކީ ނަރުހެއް އެއަށް ތަބާވިއެވެ. ނަބްހާންއަށް ގުޅާފައި އޮތް އައިވީގެ ތެރެއަށް އޭތި އިންޖެކްޓް ކުރުމަށްޓަކައި އެވަގުތު އެ ނަރުސްކުއްޖާގެ ޙަރަކާތްތައް އަވަސްކޮށްލިއެވެ.
ބުރަ މަސައްކަތުގައި އުޅުނު ޑޮކްޓަރުންނަށް ނުފެނުނު ނަމަވެސް އެވަގުތުގެ ތެރެއިން ނަބްހާންގެ ލޮލުގެ ކަނަކުން ކަރުނަތިއްކެއް ވެއްޓުނެވެ. އޭނާ ވަށައިގެން ހިނގަމުން ދިޔަ ހުރިހާ ކަމެއް އިނގި އެ ހުރިހާ އަޑެއް އޭނާއަށް އިވުނު ކަހަލައެވެ.

އެމީހުން ނަބްހާންއަށް ފަރުވާދެމުން ދިޔައިރު އަމީންއާއި މުނީރާ ދުރުގައި ތިއްބެވެ. މުނީރާ ހުރީ ހުއްޓުން އަރައިފައި އަމީންގެ ގައިގައި ލައްވެލައިގެންނެވެ. ލޯކުރިމަތިން ފެންނަމުން ދިޔަ މަންޒަރުގެ ސަބަބުން ސިހުމެއް ލިބިފައެވެ. އަމީންއަށްވެސް ހުރީ ރޮވިފައެވެ. އަވަސް އަވަހަށް އޭނާ ފޯނުގެ ފިއްތަކާ ކުޅެލުމަށްފަހު ޑރ.ފިޒާންއަށް ގުޅި އިރުވެސް އޭނާގެ ދެއަތް ތުރުތުރުލައެވެ. ޑރ.ފިޒާން ޑިއުޓީ ނިންމުމަށްފަހު އެއިރު ވަނީ ގެއަށް ގޮހެވެ. ދެންމެ އެ އައި ޓީމުންވެސް ޑރ.ފިޒާންގެ ހިލަމެއް ނުވީ އެހެންވެއެވެ.

އިރުކޮޅެއްގެ ރިންގުވުމަށްފަހު ފިޒާން ފޯނު ނަގައި ކަރުކެހިލަމުން ސަލާމް ގޮވާލިއެވެ. އޭނާ އެ ހޭލީ ދެންމެއަކުކަން ފިޒާންގެ އަޑު ހުރި ގޮތުން އަމީންއަށް އެނގުންވިއެވެ. އަމީންވެސް ހިން ދިރުވާލުމަށްފަހު ސަލާމް ބަލައިގަތީ ކުރަކިވެފައިވާ އަޑަކުންނެވެ. މަދު ޖުމުލަތަކެއްގެ އެހީގައި ވެގެން އުޅޭ ގޮތް އެންގުމަށްފަހު އަމީން ފޯނު ކަނޑާލިއެވެ. މި އަންނަނީ ކަމަށްބުނި އިރު ޑރ.ފިޒާންގެ ޖުމުލަތަށްވެސް އަވަސްވެފައި ވެއެވެ.

ޑރ.ފިޒާންއަށް އާދެވުނު ވަގުތު ނަބްހާންގެ ޕޭޝެންޓް މޮނިޓަރގައި އިން ރޮނގު އެކީ އެކަށް ހުރަސްވިއެވެ. އޭނާގެ ހިތުގެ ހިނގުން ހުއްޓި އޭގެން ގޮވި އަޑުވެސް އެއް ރާގަކަށް ބަދަލުވިއެވެ. ޑރ.ފިޒާންއަށް ހުރި ފިޔަވަޅުމަތީ މަޑުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާ މައިނޭވާ ލަމުން ދިޔައިރު މޫނުމަތިން ދާތިކިތަށް ފާޅުވެފައި ހުއްޓެވެ. މުނީރާގެ ދެފައިން ވަރު ދޫވާން އުޅުމުން އަމީން ގައިގައި ހިފަހައްޓާލެވުނު އިރު އަމީންއަށްވެސް ހުރީ ހުއްޓުން އަރައިފައެވެ. އޭނާގެ ދެލޮލުން ކަރުނައިގެ ރޮނގެއް ފާއްދާލިއެވެ.

ޑޮކްޓަރުންނާއި ނަރުހުން ނަބްހާންގެ އެނދާއި އެއްފިޔަވަޅު ދުރަށް ޖެހިލި އިރު ސީ.ޕީ.އާރ ދިން ޑޮކްޓަރަށް މައިނޭވާ ލެވެއެވެ. ޑރ.ފިޒާންއަށް ހިންދިރުވާލެވުނީ އޭނާގެ ހިތަށްވެސް ކުރި އަސަރަކުންނެވެ. ނަބްހާންއަށް އޭނާ ފަރުވާދޭތާ އެތަށް އަހަރެއް ވެފައިވުމުން އެދެމެދުގައި އުފެދިފައިވާ ޚާއްސަ ގުޅުމަކީ އެ ހޮސްޕިޓަލުގެ ކާޑިއޮލޮޖީ ޑިޕާޓްމެންޓްގެ ގިނަ ސްޓާފުންނަން އިނގޭ މައުލޫމާތެކެވެ. ޑރ.ފިޒާންއަށް ނަބްހާންއަކީ އޭނާގެ އަމިއްލަ ކޮއްކޮއެއް ފަދައެވެ. އެހެނަސް އޭނާގެ ލޯކުރިމަތީ ނަބްހާންގެ ފުރާނަ ގެއްލިގެން އެދިޔައީ އެންމެ ފަހު ވަގުތު އޭނާއަށް އެއްވެސް އެހީއެއް ނުވެވިގެން އުޅެނިކޮށެވެ. ހާދަ ހިތްދައްޗެވެ. ޑރ.ފިޒާންއަށް އިސްދަށަށް ޖަހާލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާގެ ސިކުނޑި އެކި ޚިޔާލުތައް އައިސް ކިލަނބުކޮށްލި އިރު ފިޒާންގެ ހިތް ގެނބިގެން ދިޔައެވެ.

ހުރިހާ ނަރުހުންނާއި ޑޮކްޓަރުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ މާޔޫސްކަމެވެ. އެއްބައިމީހުންގެ ލޯ ފެންކަޅިވެފައި ވެއެވެ. އެމީހުންނަށްވެސް ނަބްހާން އިނގެއެވެ. ނަބްހާންއާއި އެތަށް ފަހަރަކު ބައްދަލުވެފައި ވެއެވެ. ނަބްހާންގެ ހިތްހެޔޮ ހިނިތުންވުން އަބަދުގެ އަބަދަށް ދެން އެ ގެއްލުނީކަން އިޙްސާސް ވުމުން ކޮންމެ މީހެއްގެ މޫނުމަތިންވެސް މާޔޫސްކަން ފާޅުވެއެވެ.

އާދުވަހަކަށް އެރި އިރާއި އެކީ ޝާޔަން އާދައިގެ މަތިން ގޭގައި އުޅުނެވެ. އެހެނަސް ހިތުގެ ކަނެއްގައި ނަބްހާންގެ ޙާލަތަކީ ކޮބައިތޯ އުފެދޭ ސުވާލު އިނދެއެވެ. ސްކޫލަށް ދިޔުމުގެ ކުރިން ފިލާވަޅުތަކެއް ހުރިތޯ ބެލުމަށްޓަކައި ފޮތްތައް ބެލުމަށްފަހު ޝާޔަން ބަދިގެބަޔަށް މިސްރާބު ޖެހީ ސްކޫލަށް ދިޔުމުގެ ކުރިން ނާސްތާ ކުރުމަށެވެ. ލުއި ކެއުމެއް ތައްޔާރުކޮށްލައިގެން އައިސް އޭނާ ޓީވީ ހުޅުވާލިއެވެ. އެކި ޗެނަލްތައް ބަދަލުކުރަމުން ދަނިކޮށް ދިވެހި ޗެނަލަކުން ކުއްލި ޚަބަރޭ އަރައިފައި އިނުމުން ޝާޔަން ރިމޯޓު ތިރިކޮށްލުމަށްފަހު އޭގައި ލިޔެފައި ހުރި އެއްޗެއް ކިޔާލިއެވެ.

ޝާޔަންގެ އަތުން އޭނާ އަތުގައި އޮތް ތަށި ދޫނުވީ ކިރިއާއެވެ. "ނައިބު ރައީސް އިސްމާޢީލް އަމީންގެ ދަރިފުޅު ނަބްހާން އަމީން މިއަދުގެ ފަތިހުގެ ވަގުތެއްގައި ނިޔާވެއްޖެ." އެ ޗެނަލަށް އަރަމުން ދިޔައެވެ. ޝާޔަންގެ ދެ އަތުގައި މަޑު ތުރުތުރުލުމެއް އުފެދިގެން ދިޔައިރު އޭނާ އަތުން ރިމޯޓު ދޫވިއެވެ. އަތުގައި ހުރި ތަށި ލަސްލަހުން ކޮފީޓޭބަލް މަތީގައި ޝާޔަން ބޭންދީ އޭނާއަތުން އެވެސް ދޫވެދާނެތީއެވެ.

އޭނާއަށް ސޯފާގައި އިށީނދެވުނެވެ. އެސްފިޔަ ޖަހާލަންވެސް ހަނދާން ނެތިފައިވާ ފަދައިން ޝާޔަން ޓީވީ ސްކްރީނަށް ބަލަހައްޓައިގެން ހުރި އިރު ސިކުނޑި ފުރިބާރުވަމުން ދިޔައީ އެކި ޚިޔާލުތަކުންނެވެ. އިޙްސާސްތައް އޭނާއަށް ހަނާއަޅާލީ އޭގެ އިރުތަކެއް ފަހުންނެވެ. ލަސްލަހުން ހިންދިރުވަމުން ދިޔައިރު ޝާޔަންގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އެހިތުގައި އަޅަންފެށި ވޭން ބަޔާންކޮށްދޭން ދައްޗެވެ. އޭނާ ބިރުން ހުރި ކަންތައް ވެ ނިމުނީއެވެ. އޭނާއާއި ގާތް ތިން ވަނަ ފަރާތްވެސް މި ދުނިޔެއަށް އަލްވަދާއު ކީއެވެ.

"ނޫން.. އެހެންނެއް ނުވާނެ." ޝާޔަން މަޑުމަޑުން އޭނާގެ ނަފްސަށް ކިޔަމުން ދިޔަ ގޮތުން ހީވަނީ އަމިއްލަ ނަފްސަށް އެ ޙަޤީގަތް ވިސްނަދޭން އުޅޭހެންނެވެ. އެ ދެލޮލަށް ލަސްލަހުން ކަރުނަ ޖަމާވަމުން ދިޔައެވެ. އޭގެ ހިނދުކޮޅެއް ފަހުން ފޯނަށް މާ ގިނަ ނޮޓިފިކޭޝަންތައް އަންނަމުން ދިޔައީތީ ކަރުނައިގެ ތެރެއިން ޝާޔަން ފޯނު އަންލޮކް ކޮށްލިއެވެ. އެއާއި އެކީ އެމީހުންގެ ކްލާސް ގްރޫޕަށް އައިސްފައިވާ މެސެޖުތައް ހާމަވެގެން ދިޔައެވެ. އޭގައިވެސް ކުދިން މުޅިންހެން ދައްކައިފައިހުރީ ނަބްހާންގެ ވާހަކައެވެ.

ޝާޔަންއަށް ދެންވެސް ޤަބޫލުކުރަން ދަތިވެގެން އެކިއެކި އޮންލައިން ނޫސްތައް ބަލަން ފެށީ އެނޫން އެހެން ޚަބަރެއް އޮތްތޯއެވެ. ނަބްހާން ދިރި ހުރި ކަމުގެ ކުޑަވެސް ޚަބަރެއް ލިބޭތޯއެވެ. އެހެނަސް އެކަން ވީ ފޫނެއް ފަޔަށް ފެން ފުރުން ފަދަ ކަމަކަށެވެ. ކޮންމެ އެއްޗެއްގައިވެސް އޮތީ އެއް ޚަބަރެކެވެ. އެހާ ހިސާބުން ޝާޔަންއަށް ރޮވެން ފެށިއެވެ.

ޝާޔަންގެ ދެތުންފަތް ދޭތެރެއިން ވޭނީ އާހެއް ދޫވި އިރު އޭނާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައީ އެއްވެސް ރަޙުމެއް ނެތިއެވެ. އޭނާގެ ރުއިމުގެ އަޑު ހިނދެއް ހިނދަކަށް ގަދަވަމުން ދިޔައީ، އެހިތަށް ވެރިވެފައިވާ ހިތާމަ އެ ގަދަ ރުއިމުގެ އަޑާއި އެކީ ބޭރުކޮށްލަން އުޅޭ ފަދައަކުންނެވެ. ޝާޔަން މޫނުގައި ދެއަތް އަޅާލައިގެން ރޮއެލަ ރޮއެލާ އިނީ ހިތްފަޅައިގެން ގޮސްފައިވާ ޙާލުއެވެ. އަނެއްކާވެސް އޭނާ އެކަނިވެރިވީ ހެއްޔެވެ؟ އަނެއްކާވެސް އޭނަގެ ގާތް ފަރާތެއް އޭނާއަށް އަލްވަދާއު ކީހެއްޔެވެ؟ އޭނާއަކީ ހަމަ އެހާވެސް ބަދުނަސީބު މީހަކީހެއްޔެވެ؟

އެވަގުތު ﷲ ސުބްޙާނަހޫ ވަތަޢާލާ މަތިން ހަނދުމަ ކުރަމުން އޭނާގެ ރުއިން ހުއްޓާލެވޭތޯ ޝާޔަން މަސައްކަތް ކުރިއެވެ. އެހެނަސް އެ ރުއިން ހުއްޓޭނެކަމަށް އުއްމީދުކުރެވުނަތީވެސް އެކަމާ ޝާޔަން މޮޔަހީވިއެވެ. އެއަށްވުރެ 'ހެލްޕްލެސްނެސް' އިޙްސާސް ކުރެވުނު ވަގުތެއް ޙަޔާތުގައި މިނޫނީ ނާދެއެވެ.

ނަބްހާން އިއްޔެވެސް އޭނާ ގާތު ދެއްކި ވާހަކަތަކުގެ އަޑު އޭނާގެ ކަންފަތް ދޮށުގައި އެވަގުތު ގުގުމަންފެށި ގޮތުން ޝާޔަންގެ ހިތް ތޮރުފިގެންދާ ކަހަލަ އިހްސާސެއް ކުރެވުނެވެ. އޭނާ ހީކުރީ ޙަޔާތުގައި އެތަށް އަޑިގުޑަނަކާއި ކުރިމަތިލުމަށްފަހު އޭނާ ނުހަނު ހިތްވަރު ގަދަވެއްޖެ ކަމަށެވެ. އެހެނަސް މިވީ ކިހިނެއް ހެއްޔެވެ؟ އެތަށް އަހަރެއްގެ ބުރަމަސައްކަތުން އާރާސްތުކުރި
ހިތްވަރުގެ ފާރު ވީރާނާވެ ފުނޑުފުނޑުވެގެން އެ ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ.

ޝާޔަންއަށް އެނގުމެއް ނުވީ ހިތްވަރުގަދަ މީހުންވެސް ބަލިކަށިވާ ވަގުތު އަންނަ ކަމެވެ. ޚުދު އޭނާއަކީ ވެސް ނުހަނު ހިތްވަރުގަދަ ކުއްޖެއް ކަމެވެ. އަދި އެއްވެސް އިންސާނަކު އަބަދު ހިތްވަރުގަދަވެފައި ނުހުންނާނެ ކަމެވެ. ހިތާމައަކީ އިންސާނީ ޠަބީޢަތުގައި ލައްވަވާފައިވާ ކަމެކެވެ. ރުއިމަކީ އިންސާނާ ބަލިކަށިކުރުވާ ކަމެއް ނޫނެވެ. އަދި އެކަން ހާމަކޮށްދޭ ކަމެއްވެސް ނުމެނޫންމެއެވެ.

އިރުގަނޑެއް ފަހުން މޫނު ފުހެލުމަށްފަހު، އިން ތަނުން ތެދުވެގެން ގޮސް ޝާޔަން ވަނީ އޭނާގެ ކޮޓަރިއަށެވެ. އެއަށްފަހު ކުޑަކޮށް ތައްޔާރުވެލުމަށްފަހު ބޮލުގައި ބޭސްބޯލް ކެޕެއް އަޅުވާލައިގެން ޝާޔަން ނިކުތީ އޭނާގެ މޫނުމަތީގައިވި އަސަރުތައް މުލި ދުނިޔެއަށްވެސް ފޮރުވާށެވެ. އިސްތަށިގަނޑު ފަހަތަށް އައްސާލައިފައި ހުރި އިރު ކަންފަތް ކައިރިން ދެފަރާތުން އިސްތަށިކޮޅެއް ވެއްޓިފައި ހުއްޓެވެ.

ޝާޔަން ހޮސްޕިޓަލަށް ވަދެގެން ދިޔައިރު އެތާ ތެރޭގައި އެތަށް ނޫސްވެރިންނެއް ޙަރަކާތްތެރިވަމުން ދިޔައެވެ. އެކި މީޑިއާ ތަކާއި ޓީވީ ސްޓޭޝަންތަކުން އެ ޚަބަރު ގެނެސްދިނުމަށްޓަކައި ޙަރަކާތްތެރިވާ މީހުންނެވެ. އެހެނަސް އެމީހުންނަށް މާބޮޑު އަޅާލުމެއް ނުދީ ޝާޔަން އެދިޔަ ގޮތަށް އެތެރެއަށް ވަދެގެން ދިޔައެވެ. އޭނާގެ ފިޔަވަޅުތައް ވަނީ އަވަސް ވެފައެވެ. ތިރީ ތުންފަތުގައި ދަތް އަޅާލައިގެން ހުރެ ޝާޔަން ގޮސް ލިފްޓަށް އެރި އިރު އެއްވެސް މީހެއް އޭގައި ނެތުމުން އޭނާއަށް ހިތާއިހިތުން ޝުކުރުވެރިވެވުނެވެ.

ލިފްޓު ފަންގިފިލާއަކަށްފަހު ފަންގިފިލާއެއް ދޫކޮށް އޭގެ ބާރު ދުވެލީގައި މައްޗަށް އަރަމުން ދިޔައިރު ޝާޔަންގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ނަބްހާންގެ ކޮޓަރިއަށް ވަދެވުމުން އޭނާއަށް ވާނީ ކިހިނެއް ބާވައެވެ؟ ނަބްހާންގެ މައިންބަފައިން މިހާރު ކޮބައިބާވައެވެ؟ އެމީހުން ތިބޭނީ ދެރަވެފަ ބާވައެވެ؟ އެމީހުނަށް އޭނާ ފެނުމުން އަނެއްކާ އޭނާދެކެ ރުޅި ނާންނާނެ ބާވައެވެ؟ ޝާޔަންގެ ހިތް ނުބައި ޚިޔާލުތަކުން ފުރި ބާރުވަމުން ދިޔައިރު އޭނާގެ ނޭވާ އަވަސްވެފައިވެއެވެ. ދެއަތުގައި ތެތްކަމެއް އެކުލެވިގެންވީ އިރު އިރުކޮޅަކާ އޭނާ ޙަރަކާތް ބަދަލުކޮށްލައެވެ.

ކުރިއެކޭ އެއްފަދައިން ބޮޑީގާޑުން އެއިރުވެސް ނަބްހާންގެ ކޮޓަރީގެ ދޮރުމަތީގައި ތިއްބެވެ. ޝާޔަން އެތެރެއަށް ވަންނަން އުޅުމުން އެމީހުން އޭނާއަށް ހުރަސް އެޅިއެވެ. އެތާ އެވަގުތު ތިބީ އިއްޔެގައި ތިބި ބޮޑީގާޑުން ނޫން ކަމުން އިއްޔެ އޭނާ އައި ވާހަކަ ބުނުމުންވެސް އެމީހުން ކަހާތަން ހިރުވާވެސް ނުލިއެވެ. އޭނާއަކީ ނަބްހާންގެ އެކުވެރިއެއް ކަމަށް ބުނުމުންވެސް ހުއްދަ ނުދިނެވެ. އެމީހުންގެ ނަޒަރުން ވިސްނާލުމުން އެ ޙާލަތު ޝާޔަންއަށް ނަގައިގަނެވުނަސް އޭނާ އެވަގުތު އެކަން ޤަބޫލުކުރަން ބޭނުން ނުވާ ފަދައެވެ.

ޝާޔަން އެތާ ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓާ އެ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އަމީން ނިކުތެވެ. އޭނާ އެތެރެއަށް ވަނަސް މައްސަލައެއް ނެތްތޯ ޝާޔަން ސުވާލު ކޮށްލީ އަމީންގެ ރުޅިގަދަ ސިފަތައް އޭނާއަށް މީގެ ކުރިން ފެނިފައިވާތީއެވެ. އެހެން ނަމަވެސް އޭނާ ހީކުރި ގޮތާއި ޚިލާފަށް އަމީން ނިކަން ފަސޭހައިން އެއްބަސް ވެލިއެވެ. އޭނާގެ މޫނުމަތިން ފާޅުވޭވޭ ހުރީ މޮޅިވެރިކަމެވެ.

ޝާޔަން ފެނުމާއި އެކީ އަމީންއަށް އެކުއްޖާއަށް ޝުކުރުވެރިވެވުނެވެ. ނަބްހާންގެ ހުރިހާވެސް އެކުވެރިއަކީ ރަނގަޅަށް ވިއްޔާ ޝާޔަންއެވެ. އޭނާއާއި ހެދި ނަބްހާންއަށް އެކުވެރިން ހޯދާނެ ފުރުސަތެއްވެސް މީގެ ކުރިން ނުލިބެއެވެ. އެކަންކަން އިޙްސާސްވުމުން އަމީންއަށް އަނެއްކާވެސް އަމިއްލަ ނަފްސު ކުށްވެރި ކުރެވެން ފެށުނެވެ. އަމީންގެ ހުއްދަ ދިނުމާއި އެކީ ބޮޑީގާޑުން އެ ކޮޓަރީގެ ދޮރު ހުޅުވާލަދިނެވެ. އެއާއި އެކީ ދިގު ފިޔަވަޅުތަކެއްގައި ޝާޔަން އެތެރެއަށް ދެމިގަތެވެ.
އެތެރެއަށް އަޅާލީ ފުރަތަމަ ފިޔަވަޅާއި އެކީ މުނިރާގެ ވޭނީ ރުއިމުގެ އަޑު ޝާޔަންގެ ކަންފަތުގައި ޖެހުމުން އޭނާއަށް ހުރި ފިޔަވަޅު މަތީގައި މަޑުކޮށްލެވުނެވެ. އޭނާގެ ރުއިން ހުއްޓާލެވޭތޯ މުނީރާ މަސައްކަތް ކުރާހެން ހީވީ ކީއްވެކަމެއް ޝާޔަންއަކަށް ނޭނގުނެވެ. ގިސްލަ ގިސްލައިފައި މުނީރާ ރޮނީއެވެ.

ހުރިހާ މެޝިންތަކެއް ނިއްވާލައިފައިވާއިރު މުނީރާގެ އަޑު ނޫން އެއްވެސް އަޑެއް އެތަނުން ނީވެއެވެ. ނުދަންނަ ފާޑެއްގެ އިހްސާސެއް އައިސް އެވަގުތު ޝާޔަން ވަށާލިއެވެ. ޕޭޝެންޓް މޮނިޓަރ އެކީ އެކަށްހެން މަސައްކަތް ކުރުން ހުއްޓިފައިވާއިރު ޝާޔަންއަށް އެހެން ކަހަލަ ގޮތެއް ވިއެވެ. އޭނާގެ ލޯކުރިމަތިން ހިނދުކޮޅަކަށް މީގެ އަހަރުތަކެއް ކުރީގެ މަންޒަރުތަކެއް ކުލަވެގެން ދިޔައެވެ.

އޭނާގެ ބައްޕަ ނިޔާވި ދުވަހެވެ. އެދުވަހުވެސް އޭނާއަށް ކުރެވުނީ އެފަދަ އިހްސާސްތަކެކެވެ. ހުރިހާ މެޝިނެއް އެކީހެން ނިތްވާލައިފައިވާއިރު އެތާ ތެރޭގައިވީ އޭނާގެ މަންމައާއި މާމަގެ ރުއިމުގެ އަޑުގެ އިތުރުން ނޭފަތް ދަމާލާ އަޑެވެ. އޭނާއަށް އެދުވަހުވެސް ހުރީ ރޯން ނޭނގިފައެވެ. އިޙްސާސްތައް މުޅިން އެކީހެން ކެނޑިފައިވާ މީހެއް ފަދައިންނެވެ.
ދޮރު ކައިރީ މަޑުކޮށްލައިގެން ހުރި ޝާޔަން ފެނުމާއި އެކީ މުނީރާ އިސްދަށަށް ޖަހާލިއެވެ. އެއަށްފަހު އަނެއްކާވެސް އޭނާއަށް ރޮވުނެވެ. އޭނާގެ އިހްސާސްތަކުގެ މައްޗަށް މިއަދު މުޅިން އެކީހެން ކޮންޓްރޯލް ދޫވެފައިވެއެވެ. ރުއިން ހުއްޓަން މަސައްކަތް ކުރި ވަރަކަށް އޭނައަށް ރޮވޭލެއް ވަނީ ގިނައެވެ.

ޝާޔަން ލަސް ފިޔަވަޅުތަކެއްގައި މަޑުމަޑުން ހިނގަމުން އައީ ނަބްހާން އޮތް އެނދާއި ގާތަށެވެ. އޭނާގެ ދެލޮލުން ކަރުނަ ހިކިފައިވާއިރު ޝާޔަން ހީވަނީ އެސްފިޔަ ޖަހާލަންވެސް ހަނދާން ނެތިފައި ހުރިހެންނެވެ. އޭނާ ކުރިއަށް ނެގި ކޮންމެ ފިޔަވަޅަކާއި އެކީ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. ނަބްހާން ފެންނަ ހިސާބުގައި މަޑުކޮށްލެވުނު ވަގުތު ޝާޔަންއަށް ފަހަތަށް ފިޔަވަޅެއް ނެގުނީ ބޭއިޚްތިޔާރުގައެވެ. އޭނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަތުގައި މަޑު ތުރުތުރެއް އުފެދުނެވެ.

ނަބްހާންގެ ދެލޯ މެރި، އޭނާގެ ހުރިހާ ހަރަކާތެއް ވަނީ ހުއްޓިފައެވެ. އެއްވެސް ޙަރަކާތެއްނެތި އޮށޯވެލައިގެން އޮތް އިރު ނަބްހާންގެ މޫނުމަތިން ހަމަޖެހުމުގެ ކުލަވަރު ފެނުނުހެން ޝާޔަންއަށް ހީވިއެވެ. ނަބްހާން ދެން ދުވަހަކުވެސް އެތަނުން ތެދުވެގެން ނާންނާނެކަން އެނގުން ވުމާއިއެކު ޝާޔަންގެ ހިތް ނުބައިގޮތަކަށް ތެޅިލިއެވެ. ދުވަހަކުވެސް ނަބްހާން އޭނާއާއި ދެން އަނގައިން ނުބުނާނެކަން އިޙްސާސް ވުމާއި އެކީ ޝާޔަންގެ ލޮލުން ކަރުނަތިއްކެއް ވެއްޓުނެވެ. އެހެނަސް އޭނާ އެވަރުންވެސް އެސްފިޔަ ޖަހާލަން ހަނދާންވިހެނެއް ހިއެއް ނުވެއެވެ.

މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ނަބްހާން އޭނާގާތު ދައްކައިފައިވާ ވާހަކަތަށް، އޯޑިއޯ ކްލިޕެއްހެން އޭނާއަށް އިވެމުން ދިޔައީ އެ އަޑު އޭނާގެ ހަނދާނުން ނަބްހާންގެ އަޑު ފިލައިގެން ގޮސްދާނެތީ އޭނާގެ ސިކުނޑި ބިރުން އުޅޭ ފަދައަކުންނެވެ. އެ މަންޒަރުތަށް ރޯލްޕްލޭއެއް ފަދައިން ލޯކުރިމަތިން ސިފަވަމުން ދިޔަ ދިޔަހެން ޝާޔަންގެ ހިތް ދިޔައީ ހިނދެއް ހިނދަކަށް ގެނބެމުންނެވެ. އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައިވެސް އެހާ ބައިވަރު ހަނދާންތައް އެބަވެއެވެ. އެހެން މީހުންނާއި ގާތްގުޅުމެއް އުފައްދަން އޭނާ ބިރުގަންނަނީ މިހެންވެއެވެ. ދެން އެ ހަނދާންތަކާއި އެކީ އެކަނިމާއެކަނި އުޅެން ޖެހޭނީ އޭނާއެވެ. ޝާޔަން އިސްދަށަށް ޖަހާލަމުން ތިރީ ތުންފަތުގައި ދަތް އަޅާލިއެވެ. އޭނާ ހީކުރީ އޭނައަށް ރޮވެން އުޅޭ ކަމަށެވެ.

އެހެނަސް ހީވާގޮތުން އޭނާގެ ދެލޮލުން ކަރުނަ ހުސްވީ ކަންނޭނގެއެވެ. ނުއެއް ރޮވުނެވެ. އެހެންކަމުން ހިތަށް ލިބުނު ވޭން ދެގުނަވިއެވެ. ދުވަހަކުވެސް އެ އިޙްސާސް ކުރެވުނު ހެއްޔެވެ؟ ރޯން ބޭނުންވި ނަމަވެސް ނުރޮވި ހުރި ހެއްޔެވެ؟ އެއީ ކިހާ ވޭން ހުރި އިޙްސާސެއްކަން އިނގޭނީ އެކަން އަމިއްލައަށް ތަޖުރިބާ ކުރެވޭ ފަރާތްތަކަށެވެ.

ކަރުނަތައް ފުހެމުން މުނީރާ މަޑުމަޑުން ޝާޔަންއަށް ގޮވާލިއެވެ. އެ އަޑުގައި ވަނީ ވަރުބަލިކަމާއި މޮޅިވެރިކަމެވެ. ހިތާމައެވެ. ހިތްދަތިކަމެވެ. ޝާޔަންއަކަށް އަނގައަކުން ނުބުނެވުނެވެ. އޭނާގެ އަނގައިން އުޅެ އުޅެ އަޑު ބޭރެއް ނުވިއެވެ. ދެތުންފަތްވެސް ޙަރަކާތެއް ނުކުރިއެވެ. ކީއްވެ ހެއްޔެވެ؟

މުނީރާ ނުހަނު މަޑުމަޑުން ޝާޔަންއަށް ގޮވާލި ނަމަވެސް އެ އަޑު މަޑު ކޮޓަރިތެރޭގައި ދަތުރުކުރި އަޑު ޝާޔަންގެ ކަންފަތާއި ހަމައަށް ނުހަނު ފަސޭހައިން ފޯރިއެވެ. ލަސްލަހުން އޭނާ މުނީރާއާއި ދިމާއަށް އެނބުރިލީ ފަސްޖެހުމަކާއި އެކުއެވެ. އޭނާ އިށީނދެ އިން ސޯފާގައި، އޭނާގެ ކައިރީގައި ހުރި ހުސްޖާގައިގައި އަތުން މަޑުމަޑުން ޖަހާލުމާއި އެކީ ޝާޔަންއަށް އެ އިޝާރާތް ނަގައިގަނެވުނެވެ. އިސްދަށަށް ޖަހާލައިގެން ހުރެވެސް ބަރު ފިޔަވަޅުތަކެއްގައި ޝާޔަން ގޮސް މުނީރާގާތުގައި އިށީނެވެ. އެވަގުތު ކަކޫމަތީގައި ބާއްވާލައިފައި އޮތް ޝާޔަންގެ އަތް މަތީ މުނީރާގެ އަތް ބާއްވާލިއެވެ. ޝާޔަން އެވަގުތު ހިތްދަތި ބެލުމަކުން މުނީރާއަށް ބަލައިލަމުން އޭނާގެ އަނެއް އަތް މުނީރާގެ އަތް މަތީގައި ބާއްވާލީ އިސްދަށަށް ޖަހާލަމުންނެވެ.

"ޝާޔަންއަށްވެސް އެނގިފަ ކަންނޭނގެ އޮންނާނީ ނަބްހާންގެ ފަރާތުން. ދައްތަމެންނަށް ނަބްހާންއާއި މެދު ކަންތައްކުރެވުނީ ވަރަށް ގޯސްކޮށް." ވާހަކަދެއްކުމުގައި އުނދަގޫކަމެއްވިނަމަވެސް ހިންދިރުވާލަމުން އޭނާ ބުނަން ބޭނުންވި ލަފްޒުތައް ދުލުކުރިން ބޭރުކޮށްލެވޭތޯ މުނީރާ ބެލިއެވެ. "އެކުއްޖާ ފަކީރު ދިރިއުޅެމުން ދިޔައީ ޗާބީދީފަ އިންނަ ބުދެއްހެން. ހުރިހާ ކަމެއް އަހަރެމެންގެ ޙަރުކަށި އުސޫލުތަކާއި އެއްގޮތަށް. އޭނައަށް ނޭވައެއް ލާންވެސް އަހަރެމެންނަށް ފުރުސަތެއް ނުދެވުނު. އެކަމަކު ޝާޔަން ނަބްހާންގެ ރަނގަޅު އެކުވެރިޔަކަށް ވީތީ ވަރަށް ބޮޑަށް ޝުކުރުވެރިވަން." ޝާޔަންއާއި ހަތަރުކަޅި ހަމަކޮށްލަމުން ކަރުނަވީ ދެލޮލާއި އެކީ މުނީރާ ބުނެލިއެވެ.

އެވާހަކަތައް މިއަދު ދެއްކުމުގެ ބޭނުމެއްވެސް ނެތެވެ. ވަގުތު މާބޮޑަށްވެސް ފާއިތުވީއެވެ. އޭނާ އެވާހަކަތައް އެ ދައްކަނީވެސް ކޮންމެހެން ޝާޔަންގެ ހަމްދަރުދީ ހޯދުމުގެ ނިޔަތުގައެއް ނޫނެވެ. ޝާޔަން ފާއިތުވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ނަބްހާންއާއި އެކީ ރަނގަޅު އެކުވެރިއެއް ގޮތުގައި ހުރެދިނުން އެއީ އޭނާ ކިހާ ޝުކުރުވެރިވާ ކަމެއް ކަން ޝާޔަންއަށް އިޙްސާސްކޮށްދޭން މުނީރާ ބޭނުންވީއެވެ.

އެއީ އިންސާނީ ޠަބީޢަތެވެ. ތިމާއަށް ގޯސްކޮށް ކަމެއް ކުރެވޭއިރު މިކުރެވެނީ ކިހާ ވަރެއްގެ ކަމެއް ކަމެއް އަމިއްލަ ނަފްސަށް އިޙްސާސްވިޔަސް އެ އިހްސާސްގައި ފައިން ޖަހާނެއެވެ. ނުބައި މަގަކަށް އަޅާލުމުގެ ކުރިން ވިސްނައެއް ނުލާނެވެ. އެ ނުބައި ފިޔަވަޅުގެ ސަބަބުން ނިކުމެދާނެ ނަތީއްޖާއަކާއިމެދު ކުޑަކޮށްވެސް ވިސްނައެއް ނުލާނެއެވެ. އޭގެ އަސަރު އަމިއްލައަށް އިހްސާސްކުރެވޭނީ އޭގެ ނަތީއްޖާ ނިކުންނަ ދުވަހުއެވެ. ވަޤުތު ފާއިތުވާ ފަހުންނެވެ. ދެން އެވާހަކަތައް ދެއްކުމުގެ ބޭނުން ކެނޑޭ ހިސާބުންނެވެ. އިންސާނުންނަކީ ބުއްދި ދެއްވައި މާތްކުރައްވާފައިވާ މަޚްލޫޤުންނަށް ވާއިރުވެސް ގިނަ ފަހަރުތަކުގައި އިންސާނުންނަކީ މޮޔައިންހެން ހީވަނީ ސަބަބެއް ނެތިއެއް ނޫނެއް ނޫންހެއްޔެވެ؟

ޝާޔަން އިސްދަށަށް ޖަހާލިއެވެ. އޭނާއަށް މިގަޑީގައި ވާހަކައެއް ނުދެއްކޭނެއެވެ. ސިކުނޑިން ހުރިހާ ބަހެއް ހީވަނީ އެއްފަހަރާ ހުސްވީހެންނެވެ. އެންމެ ލަފްޒެއްވެސް ބޮލަކަށް ނާދެއެވެ.

"އާނ އަދި. އެހުރީ ނަބްހާން އިއްޔެގަ ބުނި އެއްޗެހިތައް. ރޭގަ ކޮންމެ ގޮތެއް ހަދައިފަވެސް އަމީން ލައްވާ އެ އެއްޗެހިތަށް ނަބްހާން ގެނައި. ހީވަނީ ހަމަ އޭނާ މިއަދު އަހަރެމެން ދޫކޮށްފަ ދާން އުޅޭކަން އިނގިގެން އުޅޭހެން." މުނީރާ ނޭފަތް ދަމާލަމުން ބުނެލި އިރު އޭނާގެ އަޑު އެންމެ ފަހު ލަފްޒަށްފަހު ކެނޑުނެވެ. ހީވަނީ ލަގޮނޑީގައި ހިފާ މީހަކު ދަމާހެންނެވެ. އެ ހިތަށް ކުރަނީ ހާދަ ބޮޑު އަސަރެކެވެ. މުޅި ހަށީގައި އަޅަމުންދާ ވޭން ބުނެދޭންވެސް ދައްޗެވެ.

މުނީރާ އިޝާރާތްކުރި ދިމާއަށް ޝާޔަން ލަސްލަހުން ނަޒަރެއް ދިނެވެ. އެމީހުން އިށީނދެ ތިބި ސޯފާތަކުގެ މެދަށްވާގޮތަށް ބަހައްޓާފައި އިން ކޮފީ ޓޭބަލްމަތީގައި އިނީ ބަލާބެލުމަށް އާދައިގެ ކޮތަޅަށްވުރެ ހަރުކަން އެކުލެވޭ ކަނޑުނޫކުލައިގެ ކަރުދާސް ކޮތަޅެކެވެ. ދެވިސްނުމެއްގައި އިނުމަށްފަހު ޝާޔަން ސޯފާއިން ތެދުވެގެން ގޮސް އޭތި ކައިރީގަ ހުއްޓުނެވެ. އެއަށްފަހު، އެއްފަހަރު އެއަށް އަދި ދެވަނަ ފަހަރު ނަބްހާންއަށް ނަޒަރެއް ދިނެވެ. އެއާއި އެކީ ޝާޔަންގެ ލޮލަށް ކަރުނަތައް ބޮނޑިވެގަނެ އޭނާގެ ލޮލުން އަނެއްކާވެސް ކަރުނަތައް ފައިބަން ފެށިއެވެ. ޝާޔަން އަވަސް އަވަހަށް އޭނާގެ ކަނާއަތުން ކޯތާފަތުގައި އަތް ކާއްތާލުމަށްފަހު ވާއަތުގެ ނުފުށުން އަނގަމަތީގައި އަތް އެޅީ އޭނާއަށް ރޮވޭ އަޑު ވަންހަނާކުރުމަށްޓަކައެވެ.

އިރުކޮޅަކު އެހެން ހުރުމަށްފަހު ޝާޔަން އެ ކޮތަޅުގެ އެތެރެއަށް ނަޒަރެއް ދިނެވެ. ދަނބުކުލައިގެ ކަރުދާހަކުން ބަންދުކޮށްފަ އޮތް ކޮންމެވެސް އެއްޗަކާއި ބިއްލޫރި ފުޅިއަކާއި ފޮތެއް އެ ކޮތަޅުގެ ތެރޭގައި އޮތެވެ. ޝާޔަންގެ ދެލޯ ފުސްވުމުން އޭނާއަށް އެތަކެތި ސާފުކޮށް ނުވެސް ފެނުނެވެ.

ޝާޔަން ލަސްލަހުން ކޮފީޓޭބަލް ކައިރިއަށް ތިރިވުމަށްފަހު ދެކަކޫ ބިންމަތީގަ ޖައްސާލަމުން އެ ބިއްލޫރި މޭޒުގަ ދެއަތުން ބާރަށް ހިފަހައްޓާލިއެވެ. ދެންމެ ދެންމެ ބާރަށް ރޮވިދާނެހެން ހީވާތީ އޭނާގެ ހިތް ވަނީ ނުތަނަވަސްވެފައެވެ. ކެތްތެރިވާން އޭނާ އެހާ މަސައްކަތްކުރަމުން ދިޔައީ އެހެންވެއެވެ.

އޭގެ އިރުތަކެއް ފަހެވެ. ހޮސްޕިޓަލުގެ ބަގީޗާތެރޭގެ ބެންޗެއްގައި ޝާޔަން އެކަނިމާއެކަނި އިނީ ޚިޔާލުތަކަކަށް ގެއްލިފައެވެ. ދެލޯ ރަތްވެ ލޯކައިރީގައި ކޮންމެވެސް ވަރެއްގެ ދުޅަކަމެއް ވީއިރު އޭނާގެ ނޭފަތްވެސް ވަނީ ރަތްވެފައެވެ. ދެތުންފަތް ހިކިގެންގޮސް ހަން ނެއްޓެން ކައިރިވެފައިވާކަމުގެ އަސަރުތައް ފެންނާން ހުއްޓެވެ. މޫނުމަތީގެ ދެފަރާތުން އޭނާގެ ބޭންގްސް ގެ އިތުރަށް އިސްތަށިތައް ފައިބައިފައި ހުއްތެވެ. އޭނާގެ ގާތުގައި ނަބްހާން އޭނާއަށް ހަދިޔާކުރި އެންމެ ފަހުގެ ހަދިޔާ ބައިންދާފައި އިނެވެ.

ކުރިމަތިން ފެންނަންހުރި ފެހިކަންގަދަ ފަތްތަކުން ފަޅުފިލުވާލައިފައިވާ ގަސްތަކަށް ނަޒަރު ހުއްޓާލައިގެން އިން އިރު ޝާޔަންގެ ސިކުނޑީގައި ގުގުމަމުން ދިޔައީ ނަބްހާންގެ ޖުމްލަތަކެވެ. ނަބްހާންގެ މާނަފުން ބަސްތެކެވެ. ޔޫޓިއުބް ޕްލޭލިސްޓެއްހެން ވާހަކައަކަށްފަހު ވާހަކައެއް އޭނާގެ ސިކުނޑީގައި ނަބްހާންގެ އަޑާއި އެކީ ގުގުމަމުން ދިޔަ ގޮތުން އެ ހިތް އިތުރަށް ކުދިކުދިވުން ނޫން ކަމެއް ނުވިއެވެ. ނަބްހާންގެ ސޫރަ ލޮލަށް ސިފަވިގޮތުން ޝާޔަންއަށް އިސްދަށަށް ޖަހާލެވުނު އިރު ނުރޯން މަސައްކަތް ކުރަމުން އޭނާ ތުންފަތުގައި ދަތް އަޅާލިއެވެ. ޝާޔަންގެ ލޮލުން ވެއްޓުނު ކަރުނަތިއްކެއް އެވަގުތު ގޮސް އޭނާ ލައިގެން ހުރި ޖީންސް ތެރެއަށް ފޭދިގެން ދިޔައެވެ.

އޭގެ ދެވަނަ ސިކުންތުގައި އަމީން އައިސް އެ ބެންޗުގައި ޝާޔަން އިން ކޮޅު ނޫން އަނެއްކޮޅުގައި އިށީނެވެ. ޝާޔަން ކަރުނަ ފުހެލުމަށްފަހު އިސް އުފުލާލުމެއްނެތި އެ އިންގޮތަށް އަޑެއްވެސް ލައްވާނުލައި އިނެވެ. މީހަކާއި އިސްވެ ވާހަކަދައްކާނެހާ ހިތްވަރެއް އެވަގުތު އޭނާގެ ނެތެވެ.

"ޝާޔަން އަކީ ދޯ ނަބްހާންގެ ހަމައެކަނި އެކުވެރިޔަކީ؟" އަމީންގެ އަޑުގައިވާ ތަފާތުކަން ޝާޔަންއަށް ފާހަގަވިއެވެ. ކުރަކިވެ، އެ އަޑުގައި އެއްވެސް ދިރުމެއް ނުވާ ފަދައެވެ. މާޔޫސްކަމާއި މޮޅިވެރިކަން ފުރާ ފުރިހަމަވެފައިވާ ބޮޑު ފިރިހެނެއްގެ އަޑުން އިވުމުން ޝާޔަންއަށް ބީރައްޓެހި އިޙްސާސެއް ކުރެވުނީ އެހެންވެއެވެ. އަދި އަމުދުން އަމީންގެ ފަރާތުން އެއީ މިއިން ދުވަހަކު ފެނިފައިނުވާ ޢަމަލެއް ކަމުން ހައިރާންވެފައިވާޙާލު ޝާޔަން މަޑުމަޑުން ބޯ ޖަހާލީ އަމީންގެ ސުވާލަށް ޖަވާބުދިނުމުގެ ގޮތުންނެވެ.

"ނޭނގެ ޝާޔަންއަށް ޝުކުރުވެރިވާނެ ގޮތެއް. އެއް ދަރިއެއް ގެއްލުމުން އޭގެ ޒިންމާ އަހަރެންނަށް އެޅުވުނީ ދެން ހުރި ދަރިފުޅުގެ ބޮލުގަ. އެއަށްފަހު އެ ދަރިފުޅުވެސް އެންމެފަހުން ގެއްލިގެން އެ ދިޔައީ. ލަދުވެސް ގަނޭ. އަލުން މާޒީ ހަނދާންކުރުމުގެ ބޭނުމެއް ނެތް. އަނެއްކާވެސް އެއިރުގެ ވާހަކަ ދެއްކުމުން ހައްތަހާ ސެލްފިޝް މީހަކަށް ކަންނޭނގެ ވާނީ. އެހެންވީމަ އެވާހަކަ ދައްކާކަށް ނެތިން." ވާހަކަ ދައްކަން އުނދަގޫވުމުން އަމީން މަޑުކޮށްލިއެވެ. އެއަށްފަހު އިރުކޮޅެއް ވާންދެން ބަހަކުން ބަހެއް ނުބުނެ އިނދެފައި ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި އޭނާގެ އަތުތެރޭގައި އޮތް މިނެރަލް ވޯޓަރ ފުޅީގެ މަތިގަނޑު އަނބުރާލުމަށްފަހު އޭގެ މަތި ނަގައި، އޭގެން ފެން ކޯވަރެއް ބޯލަމުން މީހާ ހަމައަކަށް އެޅެން މަސައްކަތް ކުރިއެވެ.

"ޝާޔަންއަކީވެސް އިރާދަކުރެއްވިއްޔާ މުސްތަޤްބަލެއް އޮތް ކުއްޖެއް. އަހަންނަކީ ނަސޭޙަތް ދޭން އެންމެ އެކަށީގެންވާ މީހާ ކަމަކަށް އަހަރެން ނުދެކެން. އެކަމަކު އަހަރެން ބޭނުން ޝާޔަންގާތު އެއް ވާހަކަ ބުނެލަން. ޙަޔާތުގަ ޝާޔަން ރިގްރެޓް ކުރާނެ އެއްވެސް ފިޔަވަޅެއް ނުނަގާތި. ކޮންމެ ޑިސިޝަން އެއް ނެގުމުގެ ކުރިންވެސް ރަނގަޅަށް އެ މައްސަލައެއް އިވެލުއޭޓް ކޮށްފަ ދެކޮޅަށް ވިސްނާފަ އެއިން ނިކުމެދާނެ ނަތީއްޖާއަކާމެދު ވިސްނާލުމަށްފަހުގަ ނޫނީ އެއްވެސް ފިޔަވަޅެއް ނުނަގާތި. ފަހުން ހިތާމަ ކުރަން ޖެހޭނެހެން ހީވާ ކަމެއް ވެއްޖިއްޔާމު އެކަމެއް އެއްގޮތަކަށްވެސް ނުކުރާތި. ވަގުތީ އަމިއްލަ އެދުން ކިތަންމެ ބޮޑަސް." އަމީން ލަސްލަހުން އޭނާއާއި ޝާޔަންއަށް އިވޭނެހާ މަޑު އަޑަކުން ބުނެލިއެވެ.

" 'ބައްޕައާއި މަންމަގެ އެޕޮލޮޖީ އަޅުގަނޑު ޤަބޫލުކުރާނަން. ބޭނުމެއްނޫން ފަހުން ދެރަވާކަހަލަ ގޮތަކަށް އެއްވެސް ކަމެއް ކުރާކަށް.' އެއީ ނަބްހާން އަހަރެމެން ގާތު އެންމެ ފަހަށް ބުނި ވާހަކަ. ސާޅީހުން މަތިވެފައިވާ އޭނާގެ ބައްޕައަށްވުރެ އަހަރެންގެ ފުރާވަރުގެ ދަރިފުޅުގެ މާ ޙިކުމަތްތެރި ވިސްނުން ހުރި." އޭނާގެ އަޑަށް ވެރިވެފައިވާ ވަރުބަލިކަން ޝާޔަންއަކަށްވެސް ސިއްރެއް ނުވިއެވެ.

އެތަށް ޒަމާނަކަށްފަހު ފުރަތަމަ ފަހަރަށް އަމީންގެ އަޑަށް ރުޅީގެ ބަދަލުގައި އެހެން އަސަރެއް ވެރިވެފައި ވެއެވެ. "'ރިގްރެޓް' އެއީ ވަރަށް ބަރު ބަހެއް. ދުވަހަކުވެސް އެ އެއްޗެއްގެ ކިބައިން ސަލާމަތް ނުވެވޭނެ އެއްޗެއް." އެންމެ ފަހު ކަމަކަށް ބުނަމުން އަމީން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އެތާ ހައްދާފައި ހުރި ފެހިކަންގަދަ ގަސްތަކަށް ފެންކަޅިވެފައިވާ ދެލޮލުން ބަލައިލިއެވެ. އޭނާގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް ކިރިޔާ އޮހިގެން ނުފައިބާ ކަމެކެވެ.
(ނުނިމޭ)

  Please log in or register to bookmark.
  1k

  1 ޚިޔާލު

  1. އަޅޭ މިބައި ކިޔާފަ ހަމަ ރޮވިއްޖެ 😭😭😭😭😭💔

  ޚިޔާލު

  Your email address will not be published. Required fields are marked *

  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy