ބޭއިންސާފު (ސ2) - 1

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

ބިންމަތީގައި ފައި ޖެހުމާއެކު، ހިތުގެ ތެޅުން އިހުނަށްވުރެވެސް ބާރުވެލިއެވެ. ޖަހަންފެށީ ތަފާތު ވިންދެކެވެ. ޚިޔާލުގައި ދައުރުވާންފެށީ މާޒީގެ ހަނދާންތަކެވެ. މި ފަސްގަނޑާ ގުޅިފައިވާ ނިމުމެއްނެތް ހަނދާންތަކެވެ. ދެތިން ފިޔަވަޅު ކުރިއަށް އެޅުމަށްފަހު އިތުރަށް ކުރިއަށް ދާން ނުކުޅެދިފައި ހުރީމެވެ.

"ޑޭޑް! ކީއްވެތަ ނުދަނީ؟ ހިނގާބަ ދާން!" މާޒީގެ މަންޒަރުތައް ޚިޔާލުން ފުހެލަން މަޖުބޫރުކުރުވީ، އުރުގައި އިން އަހަރެންގެ ތުއްތު ދަރިފުޅުގެ ޝަކުވާގެ އަޑެވެ. ލުއި ހިނިތުންވުމެއް ދިނުމަށްފަހު ދާންވީ ކަމުގައި ބުނީމެވެ. އަދި އަހަރެންގެ ފަހަތުން ފޭބި އެލީނާގެ އަތާ، އަތް ޖޯޑުކޮށްލުމަށްފަހު، ދާން ހިނގައިގަތީމެވެ.

އެއަރޕޯޓުން ނުކުތްއިރު، ތައްޔާރުގައި ކާރު އޮތެވެ. ޑްރައިވަރު، އަހަރެމެންގެ އިންތިޒާރުގައި، ހުއްޓެވެ. މަޑުނުކޮށް، ހަލުވި ފިޔަވަޅުތަކެއް އަޅަމުން، އަހަރެމެން ގޮސް ކާރަށް އެރީމެވެ. ބަޔަކަށް އަހަރެމެން އެނބުރި އައިކަން އެނގެން ބޭނުންނުވާތީއެވެ. ކާރު ދުއްވާލުމުން، އަހަރެން ހަމަޖެހިލަން މަސައްކަތް ކުރީމެވެ. އެކިދިމަދިމާލުން ބޮލަށް ވަންނަމުން ދިޔަ ޚިޔާލުތައް ނެރެ އެއްލައިލެވޭތޯ މަސައްކަތް ކުރީމެވެ. ކުރީގެ ދިރިއުޅުމުގެ ހަނދާންތަކެވެ. މާއިޒްގެ ހަނދާންތަކެވެ. ބައްޕަގެ ހަނދާންތަކެވެ. މަންމަގެ ހަނދާންތައްވެސް މެއެވެ.

ނިދިޖެހެމުން ދިޔަ އައިވަންގެ މޫނަށް ބަލަން އިނީމެވެ. ކުޑަކުޑަ އައިވަންގެ އުމުރުން ދެ އަހަރާ ބައިވީއެވެ. ޢުމުރުގައި ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް އާދެވުނީތީ އުފާވެފައި ހުރި ވަރު އެ މޫނުމަތިން، ނުހަނު ސާފުކޮށް ފެންނަން ހުއްޓެވެ. އެ ހިނިތުންވުމަށްޓަކައި ނޫންނަމަ، މިއަދު މި ފަސްގަނޑުގައި ފައިޖައްސާލާނެހާ ހިއްވަރެއް އަހަރެންނަކަށް ނުލިބުނީހެވެ. ކާރުތެރޭވި ހަމަ ހިމޭންކަމުގައި، ޚިޔާލުތަކު ތެރޭ ގައިދުވާކަށް ގިނަ އިރެއް ނުނެގިއެވެ.

މަންމައާއި އެކުވެރިން ދޫކޮށް އަހަރެން ކެނެޑާއަށް ފުރައިގެން ދިޔައީ މީގެ ބާރަ އަހަރު ކުރިންނެވެ. އޭރު ދިރިއުޅުމުގައި ތިބި އެކުވެރިން ބީވިޔަ ނުދީ ހިފޭއްޓޭތޯ އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. ވަކިން ހާއްސަކޮށް އީންއެވެ. ފަސް އަހަރު އެކުވެރިންގެ ގޮތުގައި ތިބުމަށް ފަހު ހިތުގައި އުފެދިފައިވި ޝުއޫރުތައް ހާމަކުރީމެވެ. ކައިވެންޏަކާއި ހަމައަށް އާދެވުނީ އޭގެ ދެ އަހަރު ފަހުންނެވެ.

އެއިރު ދިރިއުޅުމުގައިވީ އުފާވެރިކަމެވެ. ނިމުމެއްނެތް އުފާވެރިކަމެވެ. ވިޔަފާރީގެ ކަންކަން ކުރިއަށް ދަމުން ދިޔައީ ކާމިޔާބުކަމާއެކު ހަލުވި ދުވެއްޔެއްގައެވެ. ކުރިން ހަމައެކަނި އޭޝިޔާގެ ކުޑަ ސަރަހެއްދެއްގައި ފެތުރިފައި އޮތް ވިޔަފާރި، ދުނިޔޭގެ ބިތްތަކާ ހަމައަށް ފަތުރާލެވުނެވެ. އީން އަހަރެމެންގެ އަލަތު ދަރިފުޅަށް ބަލިވެ އިނީ ކައިވެންޏަށް ތިން އަހަރުވާން ގާތްވެފައި ވަނިކޮށެވެ. އެ އަހަރު އަހަރެމެން ރާއްޖެއަށް އައީ އެ އުފާޥެރި ޚަބަރު ޢާއިލާއަށް ދިނުމަށެވެ. އެހެނަސް އެ ދަތުރުގައި ދިރިއުޅުން، މުޅިން އެ ފުށް މިފުށަށް ޖެހުނެވެ.

އަހަރެމެން ދިޔައިރުވެސް، މަންމަ އުޅުނީ ފުދޭވަރަކަށް ބަލިކޮށެވެ. މަންމައާ އެންމެ ގާތުގައި މިޝްކާ ހުރި ނަމަވެސް، އަހަރެން ގަސްތުކޮށްގެން ހުރީ، އެނބުރި ކެނެޑާއަށް ދާއިރު މަންމަ ގޮވައިގެން ދިޔުމަށެވެ. އެހެނަސް އެ ދުވަހާއި ބައްދަލުވުމުގެ ކުރިން، މަންމަ މި ފަނާކުރުވަނިވި ދުނިޔެއަށް ޢުމުރަށް އަލްވަދާއު ކީއެވެ. ފުރަތަމަ މާމަ ދަރިފުޅާއި ބައްދަލުވުމުގެ ނަސީބުވެސް ނުލިބިއެވެ.

މާއިޒާއި ބައްޕައަށްފަހު މަންމަވެސް ވަކިވެދިޔުމުން، އިހުސާސްކުރަން ޖެހުނީ ބަރުދާސްތުކުރަން ދަތި ވޭންތަކެކެވެ. އެނބުރި އަހަރެމެން ކެނެޑާއަށް ފުރައިގެން ދިޔައީ އެނބުރި އައުމުގެ ހިއްވަރުވެސް ފަސްދާނުލާފައެވެ. މިޝްކާގެ ކައިވެންޏާ ދިމާކޮށް އެނބުރި މި އައީ ތިން އަހަރު ފަހުންނެވެ.

"ޒިން..." ހުޅުމާލެ ފަހަނައަޅާ މާލެއާއި ދިމާލަށް ދަނިކޮށް މަޑު އަޑަކުން އީން ގޮވާލިއެވެ. ޚިޔާލުތައް އެއްފަރާތް ކޮށްލުމަށް ފަހު އެ މޫނަށް ބަލައިލީމެވެ. ދެބުމަ ކައިރިކޮށްލައިގެން އިން އިރު، މޫނުމަތިން ކަންބޮޑުވުމުގެ އަސަރުވެސް ފެންނަންވިއެވެ. ބުނަން އެ އުޅެނީ، މާޒީއާމެދު ނުވިސްނާށޭއެވެ. ބަދަލެއްގެ ގޮތުން ލުއި ހިނިތުންވުމެއް ދިނީމެވެ. އީންވެސް ހިނިތުންވެލިއެވެ. ދިރިއުޅުމައިގެން ކުރިއަށް ދާން އަހަރެންނަށް ލިބޭ ހިއްވަރަކީ އެއީއެވެ.

ގޭ ދޮށަށް ކާރު މަޑުކޮށްލުމުން، ނިދިފައި އޮތް އައިވަން އުރާލައިގެން ފޭބީމެވެ. ފުން ނަޒަރަކުން، ފެންނަން ހުރި އިމާރާތަށް ބަލައިލީމެވެ. އެންމެ ޅައިރުގެ ހަނދާންތަކާމެ ގުޅިފައިވި، އުޅެބޮޑުވި ގެއެވެ. ފަހަތުން އައިސް، އީން އަހަރެން ގާތުގައި މަޑުކޮށްލިއެވެ.

"މިޝް ދައްތިއަށް ސަޕްރައިސްދޭން އެވަރަށް ރާވާފަ އައިވް ނިދީ ދޯ .." އައިވަންގެ ބޮލުގައި ފިރުމާލަމުން، މަޑު ހުނުމަކާއި އެކު އީން ބުނެލިއެވެ. އަހަރެމެން އަންނަން ހަމަޖެހިފައި އޮތީ، ކައިވެނީގެ ހަފްތާއެއް ކުރިންނެވެ. އެހެނަސް އެ ހަފްތާ އައުމަށް އަދި ތިން ހަފްތާ އެބަ އޮތެވެ. ނޭނގި މިގޮތަށް އައުމުން މިޝްކާ މާ އުފާވާނެކަން އެނގޭތީ ކުރިން އަންނަން އަހަރެމެން ގަސްތުކުރީއެވެ. ދަތުރު ރޭވީއްސުރެ އައިވަން އިންތިޒާރު ކުރަމުން ދިޔައީ ސިއްރުން އައިސް މިޝްކާ ސިއްސުވާލާނެ ވަގުތަށެވެ.

"އަހަރެމެން ވަރަށް ކުށްވެރިކޮށްލާނެ އިނގޭ، ހޭލެވުނީމަ..." އަހަރެން މަޑުމަޑުން ބުނެލީމެވެ. އަދި އެކަކު އަނެކަކު އަނެކަކަށް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު، ގެއަށް ވަންނަން ދާން ހިނގައިގަތީމެވެ.
އަހަރެން ދޮރު ހުޅުވީ ވީހާވެސް މަޑުމަޑުންނެވެ. ގޭތެރޭގައިވި ހަމަހިމޭންކަމުން ކޮންމެވެސް ވަރަކަށް ހައިރާންވެސް ވިއެވެ. ގޭތެރޭގައި އަލިކަމެއްވެސް ނެތެވެ. މިޝްކާ ގޭގައި ނޫޅެނީ ހެއްޔެވެ؟ ގަޑިން ރޭގަނޑު އެގާރަ ޖަހާ ފަނަރަ ހިނގީއެވެ. އަދި މިޝްކާ ނުނިދާނެކަން އަހަރެންނަށް ޔަޤީނެވެ.

ބޮކިތައް ދިއްލާލުމަށް ފަހު، އަހަރެން މިސްރާބު ޖެހީ އަހަރެންގެ ކޮޓަރިއާއި ދިމާލަށެވެ. ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނީމެވެ. އަހަރެން އެދުނު ފަދައިން ކޮޓަރި އޮތީ، މީގެ ތިން އަހަރު ކުރިން އަހަރެން އެތަން ދޫކޮށް ދިޔަ ފަދައިން ބަދަލެއް ނުގެނެސް ބާއްވާފައެވެ. ފަހަތުން އީން އައިސް، ބާލީސްތައް ހަމަޖައްސާލައި، އައިވަން ބޭއްވުމަށް އެނދު ތައްޔާރުކޮށްލިއެވެ. މަޑުމަޑުން، އެނދުގައި، އައިވަން ބޭއްވީމެވެ. ފުން ނިންޖެއްގައި އޮތް އިރު އެ މޫނުމަތީގައިވީ އުޖާލާކަމެވެ. އުމުރުން އަދި ކިތަންމެ ހަގަސް، ސިފަ ވައްތަރީ ކާކާކަން، ފެންނަ އެއްވެސް މީހަކު ޝައްކެއް ނުކުރާނެއެވެ. މާއިޒް ހުރިގޮތަށް ކުޑަކޮށްލާފައި ހުރި ކަހަލައެވެ. އެ މޫނަށް ބަލަން އިރުކޮޅަކު ހުރީމެވެ. އީން، އަހަރެންގެ ގާތު ހުއްޓިލުމަށްފަހު ދާން ހިނގާށޭ ބުނަން ދެނެވެ.

"މިޝް ގޭގަ ނޫޅެނީތަ؟ ޔަޤީނޭ، އާރިކާ އެއްކޮށް ކަޓަށް ގޮސް ވާނީ..." ކޮޓަރީން ނުކުތުމަށްފަހު އެލީނާ ލާނެތް ރާގަކަށް ބުނެލިއެވެ.

"އީން އަޅެ ގުޅާބަލަ! މަ ގުޅިޔަސް، ގުޅާތަން ފެންނަ ކަމަށްވެސް ނުހަދާނެ. " އަހަރެން ރައްދުގައި ބުނެލީމެވެ. އަދި މިޝްކާގެ ކޮޓަރި ކައިރީ ހުއްޓިލީމެވެ. މަޑުމަޑުން ދޮރުގައި ޓަކި ޖަހާލި އަޑުވީ، އެތެރެއިން މިޝްކާގެ ފޯނު ރިންގުވާން ފެށި އަޑު އިވުނު ވަގުތަށެވެ. އީން، ފޯނު ސްކްރީން އަހަރެންނަށް ދައްކާލިއެވެ. ރިންގުވަމުން އެދަނީ އެލީނާގެ ކޯލަކަށްކަން އެންގުމަށެވެ. ގިނަ އިރު މަޑުނުކޮށް އީން ފޯނު ކަނޑާލިއެވެ. އަހަރެން އަނެއްކާވެސް ދޮރުގައި ޓަކި ޖަހާލީމެވެ. އެތެރެއިން ޚަބަރެއް ނުވިއެވެ.

"މިޝް!" އަހަރެން ގޮވާލީމެވެ. އީން، ދޮރުގައި ކަންފަތް ޖަހާލިއެވެ. ދެބުމަ ގޮށްޖަހާލި ގޮތުން ކަމެއް ގޯސްވެއްޖެކަން ނަގައިގަނެވުނެވެ. ސުވާލުކުރުމުގެ ބަދަލުގައި އަހަރެންވެސް ދޮރުގައި ކަންފަތް ޖަހާލީމެވެ. ކިތަންމެ މަޑުން ނަމަވެސް އިވެމުން ދިޔައީ ގިސްލުމެއްގެ އަޑެވެ. އެއްޗެކޭ ބުނާނެ ފުރުސަތެއްވެސް އީން އަހަރެންނަކަށް ނުދިނެވެ. ތަޅުނުލައި ހުރި ދޮރު ހުޅުވާލުމަށްފަހު، އެތެރެއަށް ދެމިގަތެވެ.

ކޮޓަރީގައި އަލިކަމެއް ނެތްނަމަވެސް، ބޭރުން އެޅިފައި ހުރި އަލިން، އެނދުގައި ބުރަކަށި ޖައްސާލައިގެން، ބިންމަތީގައި އިން މިޝްކާ ފެނެއެވެ. އީން ދުވެފައި ކަހަލަ ގޮތަކަށް ގޮސް، މިޝްކާ ގާތު އިށީނެވެ. ބޮކިތައް ދިއްލާލުމަށް ފަހު އަހަރެންވެސް ގޮސް މިޝްކާގާތު މަޑުކޮށްލީމެވެ. ހިތުގައި ސުވާލުތައް ގިނަވަމުން ދާ ޙާލުގައެވެ.

"މިޝްކާ!" އަހަރެންވެސް މަޑުމަޑުން ގޮވާލީމެވެ. އީން، މިޝްކާގެ އަތުގައި ހިފާލިއެވެ. ވީ ކިހިނެއްތޯ ސުވާލުކުރަންފެށިއެވެ. ބޯ ހިތްލައިލާ މިޝްކާ ބަލައިލީ، ދެނެވެ.

"އެލީން؟!" ކުރެހިފައިވި އަޑަކުން، މަޑުމަޑުން މިޝްކާ ގޮވާލިއެވެ. އެ ދެލޯ ވަނީ ގިނައިރު ރުއިމުގެ ސަބަބުން ރަތްވެފައެވެ. މޫނުމަތީގައިވީ މާޔޫސްކަމެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން ޔަޤީންކުރެވުނެވެ. ސުވާލުކުރީމެވެ. އެހެނަސް ޖަވާބެއް ނުލިބުނެވެ. އީންގެ ކޮނޑުގައި ބޯ އަޅާލިގޮތަކަށް ދެން ބޯ ހިތްލައިވެސް ނުލިއެވެ.

ބޭރު ދޮރުގައި ބެލްޖަހާ އަޑު އިވުނީ ކުރާނެ ކަމެއް، ހަދާނެ ގޮތެއް ނޭނގި އަތް އުރާލައިގެން ތިއްބައެވެ. ބެލް ޖެހި މީހަކު، ތިން ހަތަރު ފަހަރު ބެލް ޖަހާލުމަށްފަހު ދެން އިވުނީ ދޮރުގައި ތަޅައިގަތްއަޑެވެ. އަހަރެންނާއި އީންއަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. އެލީނާގެ މޫނުމަތީގައިވެސް ވީ ހާސްކަމެވެ. ބެލް ޖެހި މީހަކު އަނެއްކާވެސް ބެލް ޖަހާލި އަޑަށް އަހަރެން ތެދުވީމެވެ. ރޭގަނޑުގެ އެވަގުތު މިޝްކާގެ މެހެމާނަކަށް ވާނީ ކާކުތޯ ހިތާއި ހިތުން ސުވާލުކުރަމުން ގޮސް ދޮރު ހުޅުވާލީމެވެ. ދެންވެސް ލިބުނީ ހައިރާންކަމެވެ.

ދޮރު ކުރިމަތީ ހުއްޓިލައިގެން ތިބީ، އަޔާޒާއި އެލީޒާއެވެ. އެ ދެމަފިރިންގެ މޫނުމަތީގައިވެސް ވީ ހާސްކަމާއި ކަންބޮޑުވުމެވެ. އެލީޒާގެ ދެލޯ ވީ ރަތްވެފައެވެ. އެމްއައިއޭ ޔުނީފޯމުގައި ހުރި އިރު އަޔާޒްވެސް ހުރީ ދާ ހިތްލާ ފޯވެފައެވެ.

"މާޒިން؟!" ހައިރާންކަމާއި އެކު އަޔާޒް އަހަރެންގެ ނަމުން ގޮވާލިއެވެ. ވާނުވާ ނޭނގި އަހަރެންނަށް ހުރެވުނީއެވެ.

"މިޝް.. މިޝް ކޮބާ؟" އުނދަގޫ ގޮތަކަށް އެލީޒާ ސުވާލުކޮށްލިއެވެ.

"ކޮޓަރީގަ.." އަހަރެންނަށް ކިރިޔާ ޖަވާބު ދެވުނީއެވެ. އެލީޒާ އެތެރެއަށް ދެމިގަނެ، މިޝްކާގެ ކޮޓަރިއާއި ދިމާލަށް ދިޔައެވެ.

"މިޝް އޯކޭތަ؟" އަހަރެން އަނެއްކާވެސް އަޔާޒަށް ބަލައިލުމުން އަޔާޒު ސުވާލުކޮށްލިއެވެ. ހިތުގެ ފިނިކަން އެއިރު މުޅިން ނިގުޅިގެން ހިނގައްޖެއެވެ. ސުވާލުތައް ތޮއްޖެހިފައެވެ. ޖަވާބަކަށް ހިތް ރޮނީއެވެ.
"ނޫން.. ކިހިނެއްތަ ވެގެން މި އުޅެނީ؟" ސުވާލުކޮށްލީމެވެ.

"ނޭނގޭތަ؟" އަހަރެންނާއިވެސް ކުރިމަތިވީ ސުވާލެކެވެ. ޖަވާބެއް ދިނުމުގެ ބަދަލުގައި އަހަރެން އަޔާޒަށް ބަލަހައްޓައިގެން ހުރީއެވެ. އަހަރެންނަށް އެނގެންވީ ކޮންކަމެއް ހެއްޔެވެ؟ "ހަމަ ދެންމެ އަހަރެމެން މި އައީ... އައި އިރު މިޝް ރޮނީ... ކިހިނެއް ވީ؟؟" ހިތް އަވަސްވެ ހުރެ އަނެއްކާވެސް ސުވާލު ކުރީމެވެ.

"އާރިކް..." އަޔާޒް އެ ނަން ކިޔާލުމަށްފަހު މަޑުކޮށްލިއެވެ. ދެބުމަ ގޮށްޖަހާލެވުނީ އިޙްތިޔާރެއް ނެތިއެވެ. އާރިކަކީ އަހަރެންގެ ވާންއުޅޭ ޅިޔަނެވެ. އާރިކް ކީއްކުރީ ހެއްޔެވެ؟ ވެދާނެ އެތައް ގޮތެއް އެހިނދުވެސް އަންދާޒާ ކޮށްލެވުނެވެ. ކައިވެންޏަށް މަސްދުވަހަށް ވެފައި ވަނިކޮށް، އާރިކް، ނިންމުން ބަދަލުކުރީ ބާވައެވެ؟ ނޫނީ ބޭވަފާތެރިވީހެއްޔެވެ؟

"އާރިކު ކީއްކުރީ؟" ސުވާލުކޮށްލެވުނީ ހާސްކަމާއި އެކުމެ ރުޅިވެރި އަޑަކުންނެވެ.

"އާރިކް.. އާރިކް.. ބަޔަކު އޭނަ ގަޔަށް ވަޅިޖަހާފަ.... ހޮސްޕިޓަލަށް ގެންދިޔައިރުވެސް..." މި ފަހަރުވެސް ޖުމުލަ ފުރިހަމަނުކޮށް އަޔާޒު މަޑުކޮށްލީއެވެ. އެހެނަސް އެވަރުން އަހަރެންނަށް މާބޮޑަށްވެސް ފުދުނެވެ. ހިންދިރުވާލެވުނެވެ. އަވަސްެފައިވި ހިތުވިންދާއި އެކު، އަޑުއިވުނީ ރަނގަޅަށްތޯ ސުވާލުކޮށްލެވުނީ ގަސްތަކާއި ނުލައެވެ. އަޔާޒް ދިނީ ޔަޤީންކަމެވެ. އިސްތަށިގަނޑުތެރެއަށް އަތް މަހާލަމުން، ފާރަށް ލެނގިލެވުނެވެ. މިވީ ކިހިނެއް ހެއްޔެވެ؟

"ކި ކީއްވެ؟ ކާކު؟ ކޮން އިރަކު؟" ފުލުފުލުގައި ހިތަށް އަންނަމުން ދިޔަ ސުވާލުތައް ދުލާހަމައަށް ގެނައީމެވެ. އަޔާޒްގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އެހެނަސް މި ވަގުތު މިޝްކާ އަހަރެންނަށް ބޭނުންވާނެ ވަރު ހަނދާންކޮށްދިނެވެ.

އަހަރެމެން މިޝްކާގެ ކޮޓަރިއަށް ވަން އިރުވެސް، މިޝްކާ އީންގެ ކޮނޑުގައި ބޯ އަޅައިލައިގެން އޮތެވެ. އަނގައަކުން ނުބުނެއެވެ. އެއިރު ގިސްލުމުގެ އަޑު ވީ މަޑުވެފައެވެ. ރޯނެ ވަރަކަށް ރޮއި ހަމަޖެހިލާން ފުރުސަތު ދޭން ވެގެން އަހަރެމެން ދުރުގައި ތިބީމެވެ. އެހެނަސް ނިދެންދެންވެސް އީންގެ ކޮނޑުގައި ބޯ އަޅާލައިގެން މިޝްކާ އޮތީއެވެ.

މިޝްކާއަށް ނިދުމުން، އެނދުގައި މިޝްކާ ބޭއްވުމަށްފަހު، އަހަރެމެން ބޭރަށް ނުކުތީމެވެ. އެއިރު އަދި ވާނުވާ ނޭނގިފައި ހުރި އީން، ސުކުންތެއްވެސް ބޭކާރުނުކޮށް ސުވާލުކޮށްލިއެވެ. ކުރު ގޮތަކަށް ވީ ގޮތް ބުނެދިނީމެވެ. އެ ދެލޯވެސް ފެންކަޅިވެގެން ދިޔައެވެ. ވެއްޓެން ދިޔަ ކަރުނަތިކި ފުހެލަދޭން ހިތްއެދުނެވެ. އެހަނަސް، ދެބެން އެކުގައި ވަގުތު ހޭދަކޮށްލުމަށް ފުރުސަތު ދީފައި އަހަރެމެން ބެލްކަންޏަށް ނުކުތީއެވެ. ތެދުތެދަށް ބުނާނަމަ، އަޔާޒް، އަހަރެން ދަމާފައި ގެންދިޔައީއެވެ.

ދަބަހުން އޭނާގެ ޓެބްލެޓް ނަގާ، ފޮޓޯތައް ދައްކާލިއެވެ. ދީފައިވާތަން ފެންނަނީ އެންމެ ހަމަލާއެކެެވެ. މަގުމައްޗަށް ދެމިފައި އޮތް އިރުވެސް މޫނުމަތިން ފެންނަން ވީ ވޭނެވެ. މާ ގިނައިރު އެ ފޮޓޯއަށް ބަލަން ހުންނާކަށް އަހަރެންނަކަށް ނުކެރުނެވެ. އަހަރުތަކެއް ކުރިން، މިޝްކާ، އެކުވެރިއެއްގެ ގޮތުގައި، އާއިލާއަށް އާރިކް ތަޢާރަފު ކުރި ހިސާބުންފެށިގެން އެއީ އަހަރެންގެވެސް އެކުވެރިއެވެ. މިޝްކާ އެދެމެދުގައިވި ގުޅުމުގެ ނަން ބަދަލުކޮށްލި ހިނދުން، އަހަރެމެންގެ ދެމެދުގައިވި ގުޅުންވެސް ވީ ބަދަހިވެފައެވެ. އެކުވެރިޔާ އެފަދަ ގޮތަކަށް އޮތްތަން ފެނުމުން، ބޮލަށް ބަރުވެލިއެވެ.

"ހަމަލާ ދިނީ ހުޅުމާލެ މަގުމަތިން. މަންޒަރު ދުށް އެކަކުވެސް ނެތް. ކެމެރާއަކަށްވެސް އަރާފައެއް ނެތް." އަޔާޒު، މަޑުމަޑުން ކިޔައިދޭން ފެށިއެވެ. ހަމަލާދިން ކަމަށް ލަފާ ކުރެވޭ ޒާތުގެ ވަޅިއެއްގެ ފޮޓޯވެސް އަޔާޒް ދައްކާލިއެވެ.

"ކާކުކުރި ކަމެއްކަން ކިހާ އަވަހަކަށް ހޯދޭނެ؟" ހިތާމައިގެ މައްޗަށް ވެރިވާންފެށި ރުޅިވެރިކަން މަތަކުރަން މަސައްކަތް ކުރަމުން ސުވާލުކޮށްލީމެވެ. ކުރެވެން އޮތްހާ މަސައްކަތެއް ކުރާ ކަމާއި ކުރާނެ ކަމުގެ ޔަޤީންކަން އަޔާޒު ދިނެވެ.

.......................

މިޝްކާގެ ޙާލު ރަނގަޅުވުމުގެ ބަދަލުގައި ދުވަހެއް ދުވަހަކަށް ވީ ގޯހެވެ. އީން ނޫން އިތުރު މީހަކާ އަނގައިންވެސް ބުނެ ނުލައެވެ. އާރިކްގެ ހަށިގަނޑު ދިރާސާކުރާނެ ވަރަކަށް ދިރާސާކޮށްފައި، ވަޅުލެވޭ ވަރުވީ މަރަށް ދިހަ ދުވަސް ވީ ފަހުންނެވެ. އެދުވަހު މިޝްކާގެ ޙާލު ވަކިން ގޯސްވިއެވެ. އާރިކްގެ އާއިލާއާއި ދިމާވުމުން، އެމީހުން ކަންތައް ކުރި ގޮތުންނެވެ.

އެމީހުންވެސް ތިބޭނީ ވަރަށް ދެރަވެފައިކަން އަހަރެން ޤަބޫލުކުރަމެވެ. ރުޅި އައުން ޙައްޤުކަންވެސް ޤަބޫލުކުރަމެވެ. އެހެނަސް އައިސް ތިބި ރުޅި، މިޝްކާއަށް ބާލައިލި ކަމީ އެމީހުން ހެދި ގޯހެކެވެ. އެ އާއިލާއިން ކުށްވެރި ކުރަނީ މިޝްކާކަން އެނގުމުން އާދެވުނު ރުޅިއެކޭ އެއްވަރަށް ދެރަވެސްވިއެވެ. އާއިލާއިން ބުނާގޮތުންނަމަ، އާރިކް މަރާލި މީހަކު އާރިކް މަރާލީ، މިޝްކާއާއި ކައިވެނި ކުރަން އުޅޭތީއެވެ. ދިމާލަށް އެހެން ބުނުމުން، މިޝްކާ ދެރަވާނެ ވަރު އެމީހުން ނުދަތެވެ. ހަލާކުވެފައި އޮތް މިޝްކާގެ ހިތް، އެމީހުން އިތުރަށް ފުނޑުކޮށްލީއެވެ.

އެހިސާބުން އަހަރެންނަށްވެސް އިތުރަށް ވިސްނަން މަޖުބޫރުވިއެވެ. އެ މަރުގެ ފަހަތުގައިވި ސަބަބަކާ މެދުއެވެ. އަހަރެންނަށް އެނގިފަ އޮތް ގޮތުން، އަދި އަޔާޒް ކަށަވަރުކޮށްދިން ގޮތުންވެސް، އާރިކްގެ ދުޝްމިނެއް ނެތެވެ. ނުވަތަ މީހަކު އާރިކްގެ ފުރާނަ ދުއްވާލަން ބޭނުންވެދާނެ ފަދަ ކަމެއް ކޮށްފައެއްވެސް ނެތެވެ. އެއީ އާދައިގެ ދިރިއުޅުމެއް އުޅުނު ހިތްހެޔޮ ޒުވާނެކެވެ. މި ވަރުގެ އަނިޔާއެއް މީހަކަށް ދޭން މީހަކު ބޭނުންވި ސަބަބެއް ވިސްނާ ވިސްނާވެސް ބޮލަކަށް ނުވަނެވެ.

…………………

ޖަނާޒާއަށްފަހު ހަފްތާއެއް ވޭތުވީ ނުހަނު އަވަހަށެވެ. އެއިރު އާދައަކަށް ވެފައި އޮތް ގޮތަށް އެދުވަހުވެސް އަހަރެމެން ތިބީ އަހަރެންގެ ގޭގައެވެ. ކިޔެވުމަށް ޚާއްސަކޮށްފައި ހުރި ކޮޓަރީގައި އައިވަން، އެލީޒާގެ ދަރިފުޅު އާލިޔާއާ އެކު ކުޅެން އުޅެއެވެ. އެކުދިން ގާތު އިށީންދެލައިގެން އެލީޒާ އިނެވެ. އަހަރެންނާއި އަޔާޒް ވާހަކަ ދައްކަން ތިބީ، ބޮޑުކޮޓަރީގައި ހުރި ސޯފާގައެވެ. މިޝްކާއާއި އީންވެސް ތިބީ އެކޮޓަރީގައެވެ. މިޝްކާ ހަމައަކަށް އެޅިފައިވިތަން ފެނުމުން، އަހަރެންގެ ހިތަށްވެސްވީ ހަމަޖެހުމެއް ލިބިފައެވެ.

ބެލްޖަހާލި އަޑަށް ދޮރުހުޅުވަން ދިޔައީމެވެ. ކާކުތޯ ބަލައިނުލައި، ދޮރުހުޅުވީ، އީންގެ މަންމަ ކަމަށް ޔަޤީންކޮށްފައެވެ. ހިތަށް އައި ގޮތާއި ޙަޤީގަތް ސީދަލެއް ނުވިއެވެ. އެހެނަސް، ދޮރުމަތީ ހުއްޓިލައިގެން ތބި ދެމީހުން ފެނިފައި ހިނިތުންވެލެވުނެވެ. ލުވެއިޒާއި އަޔާޒަށްފަހު އަހަރެންގެ ތިބި އެންމެ ގާތް ދެ އެކުވެރިން، ޒަމާންތަކަކަށްފަހު އެކުގައި ފެނުމުން، އުފާވެރި އިހުސާސެއް ކުރެވުނެވެ.

"މާޒިން! ކިހިނެއްތަ؟ މިޝް ކޮބާ؟" އެތެރެއަށް ވަންނަން ތަން ދެއްކުމުން، ރިފާޝާ ވާހަކަ ދައްކަން ފެށިއެވެ. ވޭތުވެ ދިޔަ ތިން އަހަރުވެސް ރިފާޝާއަށް މާ ބޮޑު ބަދަލެއް އައިސްފައިވިކަން ފާހަގައެއް ނުވެއެވެ.
"ކައެ ރަނގަޅުތަ؟" ސުވާލުކޮށްލަމުން، ޝައިލް އައި ގޮތަށް އައިސް، އަހަރެންގެ ބުރަކަށީގައި އެތިފަހަރެއް އަޅާލިއެވެ. ވަރަށް ހައިރާންވިއެވެ. އެއީ ކުރިން އަހަރެން ދަންނަ ޝައިލް އުޅުނު ގޮތެއް ނޫނެވެ. ކުރިން ޗުއްޓީއަށް ރާއްޖެ އައި ހުރިހާ ފަހަރެއްގައިވެސް ރިފާޝާއާ ދިމާވިއެވެ. އެހެނަސް ޝައިލް މި ފެނުނީ އަށް އަހަރަށް ފަހުއެވެ. ބަދަލު ނާންނަ އެންމެ ސިފައެއްވެސް އޭނާގެ ކިބަޔަކު ނެތެވެ. އިސްކޮޅުން ކުރިއަށްވުރެވެސް ދެމިލާފައި ހުރިއިރު، ހަށިގަނޑު ވަރުގަދަކަމަށް ދައްކައެވެ.

ވަކި ޖަވާބެއް ނުދީ އަހަރެން ގޮސް އިށީނީއެވެ. އެކުއެކީހެން އެދެމީހުންވެސް އައިސް، އިށީނެވެ. ވޭތުވެދިޔަ ދުވަސްތަކުގައި އެދެމީހުންގެ ގުޅުން ވަރަށް ވަރުގަދަވެފައިކަން އުޅުމުން ފެންނަމުން ދިޔައެވެ. މަޑުމަޑުން ހިނިތުންވެލެވުނެވެ. އަހަރެމެން އެންމެން ދިމާވި ގޮތާއި، އެކުގައި ކުރި ކަންކަން ހަނދާނަށް އައުމުންނެވެ.

ޙާލު އަހުވާލު އޮޅުން ފިލުވުމަށްފަހު ދެން ވާހަކަދެކެވުނީ ދިރިއުޅުމުގެ ޙާލަތާއި ބެހޭގޮތުންނެވެ. އަޔާޒާއި ރިފާޝާ ކުރިއެކޭވެސް އެއްގޮތަށް މިހާރުވެސް މަސައްކަތް ކުރަމުން ދަނީ އެމްއައިއޭގައެވެ. އަޔާޒަށް އޮތް މަސައްކަތަކީ، އެމީހުން ކުރާ ތަޙުޤީގުތައް، ދާ ގޮތް އެންމެ ކައިރިން ބެލުމެވެ. މައްސަލައެއް ނޫޅޭކަން ޔަޤީން ކުރުމެވެ. ރިފާޝާއަކީ، އެމްއައިއޭގައި މިހާރު އޮތް ފަނަރަ ގޮފިން އެއްގޮފީގެ ހިންގުންތެރިޔާއެވެ. ދޭތެރެ ދޭތެރެއިން އިންޓަވިއުތައްދީ ނޫސްވެރިންނާ ބައްދަލުކުރަން ޖެހޭތީ ވަރަށް ފޫހިވާ ކަމަށްބުނެ ވަރަށް ޝަކުވާކުރިއެވެ. އެމްއައިއޭ، ސިއްރެއްގެ ގޮތުގައި އޮތް އޮތުން، ނިމުމަކަށް ގެނައީ އަހަރެން ފުރައިގެން ދިޔަތާ، އަހަރެއްވެސް ނުވަނީހެވެ. އެހިސާބުން، އެމްއައިއޭއިން ވަކިވާން ބޭނުންވާ އެންމެންނަށް އެ ފުރުސަތު ދިނެވެ. އަހަރެން އެ ފުރުސަތުގެ ބޭނުން ހިފީ އަމިއްލައަށް އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ފެނިގެންނެވެ. މުސްތަގުބަލުގައި އެ ވަޒީފާ އަދާނުކުރެވޭނެކަން އެނގޭތީއެވެ. އެ ނިންމުން ނިންމުނީތީ މިހާރު ހިތްހަމަ ޖެހެއެވެ.

ޝައިލް ވަޒީފާ އަދާކުރަނީ، ޓީވީ ޗެނަލެއްގެ އައިޓީ ޑިޕާރޓްމެންޓުގައެވެ. ރިފާޝާގެ އާދޭހަށް، އެމްއައިއޭއިން، ޝައިލް ހޯދުމަށް ތިން ހަތަރު ފަހަރު ހުށަހެޅުމުންވެސް، އެ މީހުންނާ ގުޅޭކަށް ޝައިލް އެއްބަހެއް ނުވިއެވެ. ސަބަބުވާނީ އެ ބޮޑު ބޯ ތެރޭ ފޮރުވާފައެވެ.

ރިފާޝާގެ ފޯނު ރިންގުވާންފެށީ، ވާހަކައިގައި ޖެހި، ހިނގަމުންދިޔަ ވަގުތުމަތިންވެސް ހަނދާންނެތިފައި ތިއްބައެވެ. އެއިރު ގަޑިން ރޭގަނޑު ދިހައެއް ޖަހަން ގާތްވެދާނެއެވެ.

"ލޫތު މަށަށް އެ ގުޅަނީ!" ފޯނަށް ބަލައިލަމުން ރިފާޝާ ބުނެލިއެވެ. އެ ދައްކަނީ ލޫތު ސަރގެ ވާހަކަކަން އަހަރެންނަށް ދެނެގަނެވުނެވެ. އަދިވެސް ރިފާޝާގެ މަތިން އިރުޝާދުދޭން ހުރި މީހަކީ އެއީއެވެ.

ފޯނުނެގުމަށްފަހު ރިފާޝާ، ކަންފަތުގައި ފޯނު ޖަހާލައިގެން އިންތަން ބަލަން އަހަރެމެން ތިބީމެވެ. އެ މޫނުމަތީ ކުޅެލަ ކުޅެލާ ހުރި ހިނިތުންވުން ފިލައިގެން ދިޔައީ ހަމަ ކުއްލިއަކަށެވެ.

"ކީކޭ؟!" ކަންބޮޑުވުން އެކުލެވިގެންވި އަޑަކުން ރިފާޝާ ސުވާލުކޮށްލިއެވެ. އެކޮޅުން މާގިނަ ވާހަކަތަކެއް ނުދައްކާ ފޯނު ކަނޑާލިއެވެ. ފޯނު ކަންފަތާ ދުރުކޮށްލިއިރު ރިފާޝާގެ މޫނުމަތީގައިވީ ކިޔަން ނޭނގޭ އަސަރުތަކެކެވެ.

"ކިހިނެއްވީ؟" ފުރަތަމަވެސް ސުވާލުކޮށްލީ އަޔާޒެވެ. ރިފާޝާ، އަހަރެމެން ތިން މީހުންގެ މޫނަށް، ވަކިވަކިން ބަލައިލިއެވެ.

"ހިމްޔާނު.." ނަން ކިޔާލުމަށްފަހު ރިފާޝާ މަޑުކޮށްލިއެވެ. ހިތުގައި ސުވާލު އުފެދުނެވެ. ކޯމާގައި އޮންނަތާ ބާރަ އަހަރުވީއެވެ. ޙާލަށް ބަދަލެއް އައި ޚަބަރެއް އަހަރެންނަކަށް ނުލިބެއެވެ. ހިމްޔާނަށް ވީގޮތެއް އެނގުމަށް ކެތްމަދުވެފައި އިނީމެވެ. މަރުވީ ބާވައެވެ؟ ޑޮކްޓަރުން، އުންމީދު ކަނޑާލީބާވައެވެ؟ ހިތުގައި ނަފުރަތު ވިޔަސް، ރިފާޝާ ދެރަވާނެކަން ޔަޤީނެވެ.

"ހިމްޔާނު ތެދުވެއްޖެޔޯ!" ރިފާޝާ ޖުމުލަފުރިހަމަ ކޮށްލިއެވެ. އަހަރެމެން ތިން މީހުނަށްވެސް ހިފާއްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނީ އެކުއެކީއެވެ.

"ދެން އޭނައަށް ވާނީ ކިހިނެއް؟" އިސްނަގާ ސުވާލުކޮށްލީ ޝައިލެވެ.

"ނޭނގެ. ޖަލަށްދޯ ލެވޭނީ! ޙާލު ރަނގަޅުވީހާ އަވަހަކަށް ގެންނާނެ ކަންނޭނގެ މި ކޮޅަށް. ނޫނީ ބޭރު ޖަލެއްގަވެސް ބަހައްޓަފާނެ. މަ ހިތަށް އަރަނީ..." ރިފާޝާ ވާހަކަ މެދުކަނޑާލީ އަނެއްކާވެސް ފޯނު ރިންގުވާންފެށި އަޑަށެވެ. ސްކްރީނުން ފެންނަނީ ލޫތު ސަރގެ ނަމެވެ. ކުރިން ގުޅުމަށްފަހު ފޯނު ކަނޑާލިތާ އެއިރު ވާނީ ގިނަވެގެން ފަސް މިނިޓެވެ. ދެބުމަ ގާތް ކޮށްލައިގެން އިނދެ ރިފާޝާ، ފޯނު ކޯލަށް ޖަވާބު ދިނެވެ.

މި ފަހަރު ރިފާޝާގެ މޫނަށް ވެރިވީ ހާސްކަމުގެ ކުލަތަކެވެ. ދެލޯ ބޮޑުކޮށްލި ގޮތުން ކަމެއް ގޯސްވެއްޖެކަން ދެނެގަނެވުނެވެ. ފޯނު ކަންފަތާ ދުރުކޮށްލިއިރު ރިފާޝާގެ އަތް ރޫރޫ އަޅައެވެ.

"ހިމްޔާނު... ފިލައިފި!" އުނދަގުލުން ނަމަވެސް ރިފާޝާ އެ ޚަބަރު ދުލާއި ހަމައަށް ގެނައެވެ.

********
ލާޝީންގެ ނަޒަރުން
********

އަތުގައި ހުރި ފޮޓޯގަނޑުތައް ބޮނޑިކުރަމުން ރޯކޮށްފައިހުރި އަލިފާންގަނޑަށް އުކަމުން ދިޔައީމެވެ. މާލޭ މަގުމަތިން ނަގާފައިވި މާޒިން ޒިހާނުގެ ފޮޓޯތަކެކެވެ. ހިތުގައި އުފެދި އުތުރިއަރަމުން ދިޔައީ ރުޅިވެރިކަމެވެ. އިހުސާސްވަމުން ދިޔައީ، ބޭކާރުގޮތުގައި މީހަކު މަރާލެވިއްޖެކަމެވެ. މާ ވަރަކުން ކުއްޖަކު ފޮނުވައިގެން، މިޝްކާ އިންނަން އުޅުު ސޮރަށް ހަމަލާ ދޭން ޖެހުނީވެސް މާޒިން މިތަނަށް ނާންނާނެ ގޮތެއް ވޭތޯއެވެ. އެހެނަސް އެކަންވެސް ވާ ގޮތް ނުވީތާއެވެ. އައިސް މިހާރު އެ ހުރީ މި ރާއްޖޭގައެވެ. ދިވެހިރާއްޖޭން މަސްތުވާތަކެތީގެ ވިޔަފާރި ފުހެލަން މާޒިން ޒިހާނު ނުކުރާނެ ކަމެއް ނޯންނާނެކަން ވޭތުވެ ދިޔަ ބާރަ އަހަރު އޭނާ ޔަޤީން ކޮށްދީފިއެވެ. އަހަރެންނަށް ހުރި ބިރަކީ، އަދި ދުޝްމިނަކީވެސް އެއީއެވެ.

ފޮޓޯތަކުން ފަހުގަނޑަށް ފަރުވާތެރިކަމާއި އެކު ބަލައިލީމެވެ. މާޒިންގެ ގޭ ދޮރުމަތިން ނަގާފައިވާ އެ ފޮޓޯގައި މާޒިން ގާތު މަޑުކޮށްލައިގެން އެލީނާ ފަޔާޒު ހުރިއިރު، އުރުގައި އެމީހުންގެ ދަރިފުޅުވެސް އިނެވެ. ރަނގަޅަށް އެ ކުއްޖާއަށް ބަލައިލީމެވެ. އެ ދަރިފުޅު ބީވެ ގޮސްފިނަމަ، އަލުން މިތަނަށް ވައި އެޅިލާނެހާ ހިއްވަރު މާޒިނަށް ލިބޭނެބާވައެވެ؟ މިވަގުތު އެ ސުވާލަށް ޖަވާބު ލިބޭނެ ގޮތެއް ނެތެވެ. އެހެނަސް ޔަޤީންވާ ކަމެއް އެބައޮތެވެ. އަހަރެންގެ މަގުސަދަށް ހުރަހެއް ވާ ނަމަ އެ ހުރަހެއް ނައްތާލަން އަހަރެން ނުފުރޮޅާނެ ގަލެއް ނޯންނާނެއެވެ. ކުށެއް ނެތް މައުސޫމު ފުރާނައެއް އަހަރެންގެ މަގުން އެއް ފަރާތް ކުރަން ޖެހުނަސް ވެހެވެ.

"އިޔާޝް! އަދިވެސް ހައިލާއެއް ނާދޭތަ؟" ދުރުގައި، އަހަރެންނާއި ދިމާލަށް ބަލަން ހުރި އިޔާޝަށް ގޮވާލުމަށްފަހު ސުވާލުކޮށްލީމެވެ. މާޒިން ޒިހާނަށްވުރެ އަހަރެންނަށް މިވަގުތު މުހިންމީ، ހައިލާގާތު ކުރަން ބުނި ކަންތަކެވެ. އޭނާ މާލެއަށް ފޮނުވީ އަހަރެންގެ އަމިއްލަ ފުރާނެއެކޭ އެއްވަރަށް އަހަރެންނަށް މުހިންމު ޑީލެއް ހަދާށެވެ. ޑެލްއާއި އެއްކޮށެވެ. ހިތުގެ ތެޅުން މިހާ އަވަސް މި ވަނީ އެހެންކަމުންނެވެ. މާޒީގައި ހިނގާފައިވި ހުރިހާކަމަކަށްފަހު، ޑެލް އަހަރެންނަށް އެހީވާން އެއްބަސްވެދާނެ ކަމާއިމެދު ޝައްކުކުރެވެނީއެވެ.

ހިމްޔާނު ތެދުވިފަހުން، ޙަޤީގަތުގައި މިހާރު މަސްދުވަސްވާން ގާތްވަނީއެވެ. ރަނގަޅު އަގެއް ކިޔުމުން، ޑޮކްޓަރުން، އެކަން ދުނިޔެއަށް ސިއްރުކޮށްފައި ބާއްވައިދިނީއެވެ. ހިމްޔާނުގެ ޙާލު ރަނގަޅުވަމުންދިޔަލެއް އަވަސްކަމީ އަހަރެމެންގެ ނަސީބެވެ. އެޖެންސީއަށް ހިމްޔާނު ތެދުވެއްޖެކަން އެނގުނީ، އަހަރެމެންގެ ގަޑިން ރޭގަނޑު ހަތެއް ޖެހިތަނާއެވެ. އެއިރު ހިމްޔާނު ހޮސްޕިޓަލުން ގެންދިޔުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެ ނިމިއްޖެއެވެ. ހޮސްޕިޓަލުން ނެރެ، ދުރުގައި އޮތް އަވަށެއްގައިހުރި ކްލިނިކަކަށް ހިމްޔާނު ބަދަލުކުރެވުނީ، މާ ބޮޑު ހުރަހަކާ ދިމާނުވެއެވެ. އެ ކްލިނިކު ހޯދަން ބަޔަކަށް ފަސޭހައެއް ނުވާނެއެވެ. އެހެނަސް މާ ގިނަ ދުވަހު އެކޮޅުގައި މަޑުކުރުމަކީވެސް ބުއްދިވެރިގޮތެއް ނޫނެވެ. އަހަރެންނާއި އިޔާޝް އަދި ޚުދު ހިމްޔާނުވެސް ބޭނުންވަނީ، ވީހާވެސް އަވަހަކަށްް އޭނާ މިކޮޅަށް ގެންނާށެވެ. ޒަމާންވީ ދުޝްމިނާގާތު އެހީއަށް އެދެން ޖެހުނީ އެކަން ކުރުމަށެވެ.

ހިމްޔާނު އަތުލައިގަނެގެން އުޅެނީ އާދައިގެ ބައެއް ނޫނެވެ. އެމީހުންގެ ނުފޫޒު މުޅި ދުނިޔޭގައިވެސް ނުހަނު ގަދައެވެ. ރައްކާތެރިކަމާއި އެކު ހިމްޔާނު ރާއްޖެއަށް އެތެރެކޮށްދޭނެ، އެވަރުގެ ކުޅަދާނަކަން ހުރި އެކުވެރިއަކު އަދު އަހަރެމެންގެ ނެތެވެ. ޔަޤީންކަން އޮތް މީހަކަށް ހުރީ ހަމައެކަނި ޑެލްއެވެ. އަހަރެމެންގެ ދެމެދުގައި އޮތް ރުޅިވެރިކަމުގެ ފާރު ކިތަންމު އުހަސް، ޑެލްއަކީ ނުގަނެވޭނެހާ ސާބިތު ހިތެއްގެ ވެރިއެއް ނޫނެވެ. ޖެހޭނީ ރަނގަޅު އަގެއް ކިޔާށެވެ.

"ހައިލާ ލަފައިފި! މިތަނަށް އެ އަންނަނީ!" އަހަރެންގެ ކޮނޑުގައި ޖަހާލަމުން އިޔާޝް ޚަބަރު ދިނެވެ. އަހަރެން މަޑުމަޑުން ބޯ ތަޅުވާލީމެވެ. އެއިރު ހިތުގެ ތެޅުން އިހުނަށްވުރެވެސް އަވަސްވެއްޖެއެވެ.

އަހަރެން ހުރި ކޮޓަރިއަށް ވަދެގެން އައި އިރު ހައިލާގެ މޫނުމަތީގައިވީ ހިނިތުންވުމެކެވެ. އޭގެ މާނަ އެނގުނު ނަމަވެސް ޔަޤީންކުރުމަށް ސުވާލުކޮށްލީމެވެ.

"އެ އަގަށް ނުހެއްލޭނެ މީހަކު އުޅޭނެތަ؟ އަހަރެމެން ހީކުރިވަރަށް ދެކޮޅުހަދާކަށްވެސް ނޫޅުން. ޕްލޭނެއް ހަދާފަ ގުޅާނަމޭ ބުނީ. އެންމެ ލަސްވެގެންވެސް މާދަމާ ރޭ. ގިނަވެގެންވެސް ހަތްދިހަދެ ގަޑިއިރު ތެރޭ ހިމްޔާނު ހުންނާނީ އަހަރެމެން ކައިރީ!" ހައިލާ ކިޔައިދިނެވެ. ހިތަށް ލިބުނު ހަމަޖެހުމުން ހިނިތުންވެލީމެވެ. އިތުރު ޚަބަރެއް ވެއްޖެނަމަ އަންގަން އެދިފައި ހައިލާ ފޮނުވާލީމެވެ.

"އިޔާޝް! ފުރަތަމަ ޕެކޭޖު ތައްޔާރުވެއްޖެތަ؟" ދުރުގައި މަޑުކޮށްލައިގެން ހުރި އިޔާޝާ ސުވާލުކޮށްލީމެވެ.

"އާނ! މިރޭ ފޮނުވާލެވޭނެ!" ޔަޤީންކަމާއި އެކު އިޔާޝް ޖަވާބު ދިނެވެ. ހިތަށް ލިބުނު ހަމަޖެހުމާއި އެކު މަޑުމަޑުން ހިނިތުންވެލީމެވެ.

އިޔާޝްވެސް ދިޔުމުން އަހަރެން ދެން ނުކުތީ ކޮޓަރީގައި ހުރި ބެލްކަންޏަށެވެ. ކުރިމަތިން ފެންނަން އޮތީ، ދިވެހި ރާއްޖޭގެ ގުދުރަތީ ރީތިކަމެވެ. ކުދިކުދި ރާޅުތައްއައިސް ބޮސްދެމުން ދިޔަ ދޮންވެލިގަނޑެވެ. ނޫކަންގަދަ ފުން ކަނޑާއި ދުރުން ފެންނަމުން ދިޔަ ކުދިކުދި ރަށްތަކުގެ މަލަމައްޗެވެ. އަހަރުތަކެއް ވަންދެން ކުރަމުން ދިޔަ އިންތިޒާރީ އަދު ނިމުމަކަށް އަންނަނީއެވެ. އަދި ކެތް ކޮށްލާށެވެ. ކުޑަ ވަގުތުކޮޅެއް އަހަރެންނަށް ދޭށެވެ. ތިބާއާއި ތިބާގެ މުޅިދިރިއުޅުންވެސް އަހަރެން ހަލާކުކޮށްލާނަމެވެ. ކުރިއަށް އޮތީ އެ ދުވަހެވެ. ދެލޯ މަރާލައިގެން ހުރެ އިންތިޒާރު ކުރާށެވެ.
(ނުނިމޭ)

    Please log in or register to bookmark.
    4k

    18 ޚިޔާލު

    1. ދެވަނަބައި ކޮން އިރަކުން؟؟؟😭😭😭😭

    2. ވާހަކަ ހަމަ 💯......އަދި މިޔައް ވުރެން ދިގުކޮން ބޭނުން😁

    3. ފައިނަލީ ހާދަ ދުވަހެއް ފަހުންނޭ.. ނަސީބަކުން އަޅުގަނޑު އިހަކަށް ދުވަހު ރިފޭ މެން ސީރީޒް އިން ފެށިގެން ކިޔާ ނިންމާލީ. ވަރަށް އުފާވެއްޖެ ސީޒަން 2 ކިޔާލަން ލިބޭތީ. މޮންސްޓާ އަށް ވަރަށް ސަލާމް އިނގޭ. ދެން އޮތް ބަޔަށް އިންތިޒާރުކުރަން.. ވ.ވ.ވ ރީތި 🧡

      17
      1
    4. އަޅެ މޮންސްޓާ ހާދަ އިންތިޒާރު ކުރިވާހަކައެކޭ މީ🥺🥺🥺
      ފައިނަލީ ކިޔާލަން ލިބިއްޖެ 🥰🥰🥰🥰
      ޓެންކްސް ވަރަށް ބޮޑަށް🥳🥳🥳🥳

    5. ސިސް.. މިސްޑް ޔޫ ސޯ މަޗް 🥺 އިންސްޓާ ގަ ސިސް ހަބަރެއް ވެސް ނުވެ 😭 ފައިނަލީ ފުރަތަމަ ބައި ކިޔާލަން ލިބިއްޖެ ☺️🙌🏻💖

    6. Konmes kujjeh Business aa gulhey story eh liyela dheefaanan tha🥺 varah poor teen boy eh varah gina struggles thakaai face koh ekujja ending gah entrepreneur aka vaagothah kujje liyela dheeba🥺❤️kon kudhinne miss india movie belee. e movie ga vaakahala gothaka konmes kujje varah interesting story eh liyela dheeba❤️please!!🥺 I'd love to read that story❤️🥰

    7. Heiiii monsta!!!🥰❤️ I love this story sooo much inge... I'm a big fan of u... I've been reading ur stories since ur fisrt story!!!🥰 nd I love all of ur stories❤️ specially FARUDHAA✨❤️ That story is sooo interesting... I'm also a 19 yr/o boy like shail.. I've faced many obstacles in my life..😞 Last year my mom died..I grew up with out a dad..My dad passed away a couple of months before I was born..😥😞 Now I'm living alone with some few friends..They are the only family I have❤️💔 FARUDHAA, this story remainds me of my family, my mom💔😞 This story motivated me to face all the obstacls in my life..this story gave me hope. All thanks to you, monsta🥰❤️✨ u r the best❤️ Keep it up bro👏❤️

    8. އެސްފިޔަ އަށް ލާންވީނުން މިތަނުން ހާދަ ލަހޭ

    9. ދެވަނަބައި ކޮން އިރަކުން؟؟ ހާދަ އިންތިޒާރެއް އެބަ ކުރަމޭ..😫

    ޚިޔާލު

    Your email address will not be published. Required fields are marked *