kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.comSupertotobetSahabetTarafbetMatadorbetTipobet365Deneme BonusuBetvoleMariobethack forumxumabetgiris.com

އުއްމީދު - 22

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

ބާބު 22

"އައިމް އޯލްރައިޓް ނައު." އެއްމެ ފުރަތަމަ މެސެޖަކަށް އޮތެވެ.

"ކިހިނެތްވީ؟ ހޮސްޕިޓަލަށް އަންނަންވެގެން؟" އެއްމިޔަކަނުން ހީލައިގެން އިން އޮމޯޖީ އަކާއި އެކީ ނަބްހާން ބުނެފައި އޮތެވެ. އެހެނަސް މިއަދު އެއަކުން ޝާޔަންއަކަށް މަޖަލެއް ނުވިއެވެ. ހިންޏެއްވެސް ނައެވެ.

އެހެންކަމުން އެ މެސެޖަށް ސަމާލުކަން ދިނުމެއް ނެތި ޝާޔަން ވަގުތުން މެސެޖު ކޮށްލީ އޭނާ ދިޔަޔަސް މައްސަލައެއް އޮންނާނެތޯ އަހަމުންނެވެ. އެކުވެރިޔާގެ ޙާލެއް ބަލައިލަން ދާން އޭނާ ހުރީ ކެތްމަދުވެފައެވެ.

އޭގެ އިރުކޮޅެއް ފަހުން ނަބްހާން ނޫނެކޭ ބުނެ މެސެޖެއް ކޮށްލިއެވެ. ޝާޔަން އިންތަނުން އަވަސް އަވަހަށް ތެދުވީ ކްލާހުން ނިކުންނަން ދާށެވެ. އެހެނަސް ދެތިން ފިޔަވަޅު އެޅުނުތަނާ ހާސްވެފައި ހުރެ ރިމްޝާ އެ ކްލާހަށްވަނެވެ.

"ދޮންތާ! ނަބްހާން." ދުވަމުން ދުވަމުން އައުމުގެ ސަބަބުން ރިމްޝާ ހުރީ ނޭވާ ކުރުވެފައެވެ. ކްލާހުގެ ދޮރުކަނީގައި އަތް އަޅުވާލުމަށްފަހު އޭނާ ގުދުވެލީ ނޭވާ ހަމައަކަށް އަޅުވާށެވެ. ރިމްޝާ އެހެން ބުނެލުމާއި އެކީ އޭނާއަށް އިނގޭ ކަމުގައި ޝާޔަން ބުނެލިއެވެ. "އަހަރެން ދިޔަޔަސް މައްސަލައެއް ނެތްތަ؟" އެއުޅެނީ ހޮސްޕިޓަލަށް ދާން ކަމުގައި ޝާޔަން ބުނެލުމުން ރިމްޝާ ޝާޔަން ގާތުގައި އެދުނެވެ. ރިމްޝާއާއި އިހަށް ދުވަހު ދެއްކި ވާހަކަތަކަށްފަހު ރިމްޝާއާއި އާދައިގެ އެކުވެރިކަމުގެ ގުޅުމެއް އެންމެ ފުރިހަމައަށް އުފައްދަން އޭނާއަށް ވަގުތު ނަގާނެކަން ޝާޔަންގެ ހަނދާނުގައި ހުއްޓެވެ. އެހެނަސް އޭނާ އެ ޒިޔާރަތްކުރަނީ ބަލި މީހަކަށެވެ. ވީއިރު އޭނާއާއި އެކީ ރިމްޝާ ގެންދިޔުމުން މާ ބޮޑު މައްސަލައެއް ޝާޔަންއަކަށް ނުފެނުނެވެ.

ސްކޫލުން ނިކުމެ ރިމްޝާއާއި އެކީ ގޮސް ސްކޫލު ކައިރީގަ އިން ފިހާރައަކުން ދެތިން އެއްޗެއް ގަނެ ޝާޔަން އެ އެއްޗެހި ކުޑަކޮށް ޕެކް ކޮށްލައިގެން ނިކުތެވެ. އެއަށްފަހު މަގަށް ނިކުމެ ފެހިކުލައިން ދިއްލިފައި އިން ބޯޑެއް އިން ޓެކްސީއެއްގެ އިންތިޒާރުގައި އޭނާއާއި ރިމްޝާ، މަގުގެ އެއް އަރިމަތީގައި މަޑުކޮށްލައިގެން ތިއްބެވެ. ފަސްވަރަކަށް މިނެޓު ފަހުން ޓެކްސީއެއް އަތުވުމާއި އެކީ އެއަށް އަރައިގެން ރިމްޝާއާއި ދެމީހުން ހޮސްޕިޓަލަށް ދިޔައެވެ.

ސްކޫލު ޔުނީފޯމުގައި ހުރެ ހޮސްޕިޓަލަށް އައުމުން ބައެއް މީހުންގެ ނަޒަރު އޭނާއާއި ރިމްޝާއަށް އަމާޒުވަމުންވެސް ދިޔައެވެ. އެހެނަސް އެ ދެމީހުން އެއިން ކަމަކަށް ސަމާލުކަމެއް ދިނުމުގެ ބަދަލުގައި ލިފްޓަށް އެރިއެވެ. ޝާޔަން ނަބްހާންގެ މެސެޖު ބަލައިލުމަށްފަހު ދާންވީ ފްލޯ ބުނެލުމާއި އެކީ ރިމްޝާ އެ ފިތަށް ފިތާލިއެވެ.

ނަބްހާން މެސެޖު ކޮށްފަ އޮތް ރޫމް ނަމްބަރ ފެނުމުން އެދިމާލަށް ދިޔައިރު ޝާޔަންއާއި ރިމްޝާއާއި ދިމާވީ އެ ދޮރު ކުރިމަތީ ތިބި ދެ ބޮޑީގާޑުންނާއެވެ. އެހެން ކަމުން އެއިން އެކަކަށްވެސް ކުރިއަށް ފިޔަވަޅެއް ނަގާކަށް ނުކެރުނެވެ. އެތާ ތިބެ ޝާޔަން އޭނާގެ ފޯނުން ނަބްހާންއަށް މެސެޖެއް ކޮށްލީ އެހެންވެއެވެ.

އޭގެ އިރުކޮޅެއް ފަހުން ނަބްހާންގެ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ނިކުތީ ނަބްހަންގެ މަންމަ މުނީރާއެވެ. ޝާޔަން ޖެހިލުންވި ނަމަވެސް އެ އިޙްސާސްތަކަށް އޭނާ ވަދާޢީ ސަލާމް ކުރަން މަޖުބޫރުވީ މުނީރާގެ މޫނުމަތިން ފެނުނު ހިނިތުންވުމާއި އެކީ ފާޅުވޭވޭ ހުރި އޯގާތެރިކަމުންނެވެ. ހަމަ ގައިމުވެސް އެއީ ކުރީދުވަހު އޭނާ ދުށް މުނީރާއެއް ނޫނެވެ.
ޝާޔަން ފަސްޖެހިފައި ހުއްޓާ އަތުން އިޝާރާތް ކޮށްލުމަށްފަހު އެތެރެއަށް ވަނުމަށް މުނީރާ އެދުނެވެ.

"ދޮންތަ ދޭ. އައިލް ވެއިޓް ހިއަރ." ޝާޔަންގެ ދަބަހުގެ ފަހަތުގައި ކުޑަކޮށް ޖަހާލަމުން ރިމްޝާ ބުނެލިއެވެ. ޝާޔަން ބޯ ޖަހާލުމަށްފަހު ތިރީ ތުންފަތުގައި ދަތް އަޅާލައިފައި މުނީރާގެ ފަހަތުން އެތެރެއަށް ވަނެވެ. ހޮސްޕިޓަލަކީ އެއްގޮތަކަށްވެސް އޭނާ ގަޔާވާ ތަނެއް ނޫނެވެ. ތަފާތު އެކި ބޭސްތަކުގެ ވަހުން ފެށިގެންގޮސް ސްކްރަބްސްގައި ތިބޭ ނަރުހުން ގެންގުޅޭ އިކުއިޕްމަންޓްތަކުގެ އަޑާއި، ޑޮކްޓަރުން އަޅާފައި ތިބޭ ސްޓެތޯސްކޯޕާއި ހަމައަށް އެއީ ޝާޔަން މާ ހިތްހަމަޖެހޭ މަންޒަރުތަކެއް ނޫނެވެ. މާޒީގެ އެތަށް ހިތި ހަނދާނެއް އެތަނަކާއި ގުޅިފައިވާ ހޮސްޕިޓަލުގެ ވަސް ޖެހުނަސް އޭނާ އޯކާ ދެމޭ ގޮތް ވެއެވެ.
ނަބްހާންގެ ރޫމް ތެރޭގައި ތިބީ ހަމައެކަނި ނަބްހާންއާއި މުނީރާގެ އިތުރުން ޝާޔަންއެވެ. އަމީންގެ ހިލަމެއްވެސް އެވަގުތު ނުވެއެވެ. އޭނާ އެވަގުތު ވީ ކޮންމެވެސް ކަމެއްގައި ބޭރަށް ގޮހެވެ.

ޝާޔަން އެތެރެއަށް ވަނުމާއި އެކީ ހޮސްޕިޓަލް އެނދެއްގައި އޮތް ނަބްހާން ފެނުނެވެ. އަޅިކުލައިގެ ތިކިތަކެއް ޖަހައިފައި ހުރި ހުދުކުލައިގެ ގައުންގައި ނަބްހާން އޮތް އިރު އޭނާގެ އަތަށް އައިވީ ގުޅާފައި އޮތެވެ. ޕޭޝެންޓް މޮނިޓަރ އިން ރޮނގުތަކާއި އެކީ އެކި ނަންބަރުތައް އަރައިފައި ހުއްޓެވެ. ނަބްހާން މިވަގުތު އޮތީ އޮކްސިޖަން މާސްކު ނަގުވާފައެވެ.

ޝާޔަން ފެނުމާއި އެކީ ނަބްހާން ހިނި އައެވެ. ޝޯރޓީ އޭ ކިޔައި ކޮންމެވެސް އެއްޗެކޭ ބުނެލިއެވެ. އެވަގުތު ނަބްހާންގެ ކޮލަށް އާދައިގެ މަތިން އަޑިކޮޅެއް އެޅިފައި އިނެވެ. އޭނާގެ ދެލޮލުން ވަރުބަލިކަން ދައްކުވައިދެމުން ދިޔަ ނަމަވެސް އެ ހިނިތުންވުން އެ ހުރިހާ އަސަރެއް ފޮރުވާލި ކަހަލައެވެ. އޭނާގެ ފަން އިސްތަށިގަނޑު އޮތީ ހޭވިފައެވެ.

"މިއީތަ ނަބްހާން އެ ބުނާ ރައްޓިއްސަކީ؟" މުނީރާ ޝާޔަންއަށް ބަލައިލަމުން ލުއި ހިނިތުންވުމަކާއި އެކީ ސުވާލުކޮށްލިއެވެ. އެހިނދު ގަދަކަމުން ހިނިތުންވެލި ނަމަވެސް ޝާޔަން އަދަބުވެރިކަމާއި އެކު ލައްބައޭ ބުނެލިއެވެ. ތެދަށް ބުނާނަމަ މުނީރާގެ އެ ރައްޓެހި މިޒާޖަށް އޭނާ ހޭނެން އަދި ދުވަސްކޮޅެއް ނަގާނެއެވެ. އެހެނަސް ނަބްހާންއަށްޓަކައި ޝާޔަން އުފާކުރިއެވެ. ނަބްހާންގެ ހުވަފެން ޙަޤީގަތަކަށް ވީތީއެވެ.

"އަމް.. މިއޮތީ ހަދިޔާއެއް." އޭނާގެ އަތުގައި އޮތް ކަޅުކުލައިގެ ކަރުދާސް ކޮތަޅު މުނީރާއަށް ދިއްކޮށްލަމުން ޝާޔަން ބުނެލިއެވެ. އެއީ ނަބްހާންއަށް ގެނެސްދިން ހަދިޔާއެއް ދޯއޭ މުނީރާ ބުނެލުމުން ޝާޔަން ލަސްލަހުން ބޯޖަހާލިއެވެ. އެއާއި އެކީ އިތުރު އެއްޗެކޭ ނުބުނެ ހިތްހެޔޮކަމާއި އެކީ މުނީރާ އެ ކޮތަޅުގައި ހިފިއެވެ.

މަންމަމެންނަށް އައިސްފައި އެވާ ބަދަލު އެނދުގައި އޮތް ނަބްހާންއަށްވެސް ފާހަގަވިއެވެ. ވެދާނެއެވެ. އޭނާ މިހާ ބޮޑަށް އަދި ބަލިވެފައި ނުވާތީ މުނީރާމެން އޭނާއާއި މެދު ކަންބޮޑުވުން ފާޅުނުކުރަނީއެވެ. "ފިލާވަޅެއް ގެއްލިދާނެތީ ހާސްނުވާތި. ހުންނާނެ ނޯޓްސްއާއި ވޯކްޝީޓްތައް ނަގާދީފަ. މަޑުކޮއްލައްޗެ.." ޝާޔަން ނަބްހާން ގާތުގައި އިން ގޮނޑިއެއްގައި އިށީންނަމުން ބުނެލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނާގެ ދަބަހުގެ ޒިބު ދަމާލުމަށްފަހު ދަބަސް ތެރެއިން ބައެއް ފޮތްތައް ނަގައި ފަހަރަކު އެއްޗެއް ނަބްހާންއަށް ދައްކަމުން ކިޔައިދޭންފެށިއެވެ.

އެއަށްފަހު އޭނާގެ ފައިލުތެރެއިން ނަބްހާންއަށްވީ ވޯކްޝީޓުތައް ނަގައި އެ ދެއްކުމަށްފަހު ހަދަންވީ ގޮތް ކިޔައިދިނެވެ. "އޫ. މަ އެންމެ ދުވަހަކު އެބްސެންޓް ވިޔަތީ ޝާޔަން ނަރޑް އަކަށް އެ ވީ. ކޮންމެ ދުވަހަކު ތިހެން ކިޔަވާ ނަމަ." ނަބްހާން ޝާޔަންއާއި ދިމާކޮށްލިއެވެ. ޝާޔަން މުނީރާއަށް ބަލައިލުމަށްފަހު ބޯ ކަހާލީ އޭނާ ބޭޒާރުވިހެން ހީވުމުންނެވެ. އޭނާގެ މޫނުމައްޗަށް އެއިރު ލަދުވެތިކަން ވެރިވެފައި ވެއެވެ. އެކަން އެނގި ނަބްހާންއަށް މަޖާވެގެން ހިނި އާދެވުނެވެ. އެހެނަސް އެއާއި އެކީ ކުޑަކޮށް ކެއްސާވެސް ލިއެވެ.

"މިއަދު މާ ބޮޑު ކަމެއްވެސް ނުކުރޭ. ޓީޗަރުން ބުނި ނަބްހާންއަށް އެކްސްކިއުޒް އިންނާނޭ." ޝާޔަން ހިނި އައިސްފައި ބުނެލިއެވެ. އެވަގުތު ނަބްހާން ބުމަ އަރުވާލުމަށްފަހު ތިމަންނަ މިއީ ކްރައުން އެއް ނެތަކަސް ހަމަ ކިންގެކޭ ބުނެ ފޮނިވެލިއެވެ.

ނަބްހާން ކިތަންމެ ސަމާސާ ކޮށްކޮށްފައި މަޖާވާން އުޅުނު ނަމަވެސް އެ މޫނުމަތީގައިވި ވަރުބަލިކަން ޝާޔަންއަށް ފާހަގަވިއެވެ. އެހެންދުވަސް ދުވަހު ނަބްހާންގެ ލޮލުގައިވާ ކުޑަ ނަމަވެސް ވިދުން މިއަދު ގެއްލިފައިވެއެވެ. އެ ލޮލުގައިވާ ހުސްކަން މިއަދު އިންތިހާއަށް ފުންވެފައިވީގޮތުން ޝާޔަންގެ ހިތް ގެނބުނެވެ.

އިރުކޮޅެއް ވާންދެން ނަބްހާންގާތު އިނުމަށްފަހު އިރުއޮއްސޭކަމުގެ ނިޝާންތައް ދައްކަމުން އަނދިރިވާން ފަށައިފައިވާތީ ޝާޔަން ގެއަށްދާން ތެދުވިއެވެ. އެހެނަސް އެވަގުތު އަވަސް އަވަހަށް ނަބްހާން އެއްޗެކޭ ބުނެލިއެވެ. "ޝާޔަން. އިންނާނެ ގިފްޓެއް." ނަބްހާން އެހެން ބުނެލުމުން ޝާޔަންއަށް ބޭއިޚްތިޔާރުގަ މުނީރާއަށް ބަލައިލެވުނެވެ. އެއަށްފަހު ނަބްހާންއަށް ނަޒަރެއް ދިން އިރު އޭނާގެ މޫނުމަތީގައި ވަނީ ސީރިއަސްކަމެވެ. ކޮންމެވެސް ކަމަކާއި ލަސްވެގެން އުޅޭ ކަހަލައެވެ.

"ހޮސްޕިޓަލުން ގެއަށް ގޮއްސަވެސް ދެވިދާނެއްނު؟" ޝާޔަން ލުއި ހިނިތުންވުމަކާއެކީ ބުނެލީ ނަބްހާންގެ މޫނުމަތީގައިވި ސީރިއަސްކަން ކަނޑުވާލެވޭތޯ މަސައްކަތް ކުރަމުންނެވެ. ކީއްވެކަމެއް ނޭނގެއެވެ. ނަބްހާންގެ ވާހަކަ ދެއްކުން ހުރިގޮތުން ބުނެދޭން ނޭނގޭކަހަލަ ހިތަށް އުނދަގޫ އިހްސާސެއް އޭނާއަށް ކުރެވުނެވެ.

"ނުދެވިއްޖެ ހާލަތެއްގަ." ނަބްހާން އޭނާގެ ހިތުގެ އަޑު އިއްވާލުމާއި އެކީ މުޅި ކޮޓަރިތެރެއަށް ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ. ޝާޔަންއަށްވެސް ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނީއެވެ.

"އިންނާނެ މަޑު ބްރައުން ކުލައިން ބަންދުކޮށްފަ އިން އެއްޗަކާއި ދެން ބިއްލޫރި ފުޅިއަކާ އެއްކަލަ ބްރައުން ކަވަރ އިންނަ ފޮތް. ލައިބްރަރީއިން ދެއްކީމެއްނު؟ ޔޫ ކޭން ހޭވް ދެމް އޯލް." ނަބްހާން ފުން ނޭވާއެއް ލަމުން ހިނިތުންވެލިއެވެ. އޭނާގެ ދެލޯވެސް ކުޑަކޮށް ހަނިވެފައިވަނީ ހިނިތުންވީލެއް ބޮޑުކަމުންނެވެ.

ނަބްހާން އެފަދަ ގޮތަކަށް ވާހަކަ ދައްކާތީ ޝާޔަން ހުރީ ބަސް ހުއްޓިފައެވެ. އެކަހަލަ ވާހަކަ ނުދެއްކުމަށް އެދި ބުނަން އޭނާގެ ހިތް ހަޅޭތްލެވިއެވެ. އެހެނަސް އެއިން އެއްވެސް ޝަކުވާއެއް އޭނާގެ ދުލުކުރިއަކުން ބޭރެއް ނުވިއެވެ. "ނަބްހާން.." ޝާޔަން ނަބްހާންގެ ނަމުން ދިގުކޮށް ގޮވާލި ނަމަވެސް ނަބްހާން އެއަކަށް ސަމާލުކަމެއް ނުދިނެވެ. ޝާޔަން ބުނަން އުޅުނު ޖުމުލަ އޭނާއަށް އެނގުނު ފަދައެވެ.

"މަންމަ، އެ އެއްޗެހި ޝާޔަންއަށް ދެއްޗޭ. ހަނދާންކޮށް." ނަބްހާން ޝާޔަންއިން ނަޒަރު ވަކިކޮށްލުމަށްފަހު މުނީރާއަށް ބަލައިލަމުން އާދޭހުގެ ރާގެއްގައި ބުނެލިއެވެ. މުނީރާވެސް ޝާޔަންއާއި ހަތަރުކަޅި ހަމަކޮށްލުމަށްފަހު ނަބްހާންއަށް ބަލައިލަމުން ލަސްލަހުން ބޯ ޖަހާލީ ނަބްހާން އެދޭ ފަދައިން ކަންތައް ކުރާނަމޭ ބުނަމުންނެވެ.

އެއަށްފަހު އަނެއްކާވެސް އޭނާ ޝާޔަންގެ މޫނަށް ބަލައިލިއެވެ. އެވަގުތު ނޭނގުމުގެ ތެރެއިން ޝާޔަންއާއި ހަތަރުކަޅި ހަމަވިއެވެ. ބުނަން ނޭނގޭ އިޙުސާސެއް އެވަގުތު ޝާޔަންއަށް ކުރެވުނެވެ. އެއްޗަކުން މޭ ފިއްތާލާ ކަހަލަ އިޙުސާސެކެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ނަބްހާންގެ އެ ބަލައިލުމާއި އެންމެ ފަހުން ހަރޫ އޭނާއަށް ދިން ނަޒަރުގައި އެއްގޮތްކަމެއްވީހެން އޭނާއަށް ހީވިއެވެ.

"އޯކޭ.. ދަނީ އިނގޭ ނަބްހާން. މާދަން އަންނާނަން. ޓޭކް ގުޑް ކެއަރ އޮފް ޔުއަރސެލްފް. އޯލްރައިޓް؟" ނަބްހާންއަށް އަތުން ހަނާ އަޅާލުމަށްފަހު އެނބުރިލި ވަގުތު ޝާޔަންގެ ލޮލުން ކަރުނަތިއްކެއް ވެއްޓުނެވެ. ނަބްހާންގެ މޫނުމަތިން އެއްވެސް ވަރަކަށް ޙާލު ރަނގަޅުކަމަކަށް އޭނާއަކަށް ނުފެނުނެވެ. އެހާލުގައި ނަބްހާން އޭނާގެ އުފާވެރި ނަފްސު ޝާޔަންގެ ކުރިމަތީގައި ދައްކަން އުޅުމުން އޭނާ މާ ދެރަވިއެވެ.

ޝާޔަން އެކޮޓަރިން ނިކުތް އިރު މުނީރާ އެކުއްޖާއަށް ހަމްދަރުދީގެ ނަޒަރެއް ދީގެން ހުއްޓެވެ. އަމީންގެ ފަރާތުން އެކުއްޖާ އުޅެނީ އެކަނިމާއެކަނި ކަން އޭނާއަށް ވަނީ އެނގިފައެވެ. ހީވާގޮތުން ނަބްހާންއަކީ އޭނާގެ ހުރި ހަމައެކަނި އެކުވެރިޔާވެސް މެއެވެ. "އެއީ ބޭރު ކުއްޖެއްތަ؟" މުނީރާ ނަބްހާންއާއި ދިމާއަށް އެނބުރިލުމަށްފަހު ޝައުޤުވެރިކަން އެކުލެވިފައިވާ ރާގެއްގައި އެހިއެވެ. އެއާއި އެކީ ނަބްހާންއަށް ހިނި އާދެވުނީ އޭނާގެ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. "ދިވެހިންނެއްނު އެ ވާހަކަ ދެއްކީ." އޭނާ އޮތް ކޮޓަރީގެ ކުޑަދޮރުގެ ބޭރުން ފެންނަން ހުރި ފެހިކުލައިގެ ފަތްތަކުން ބަރާވެފައިވާ ބިޔަ ގަހަށް ނަޒަރު ހުއްޓާލައިގެން އޮވެ ނަބްހާން ބުނެލިއެވެ. އޭނާގެ ތުންފަތްމަތީގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ. އެހިނދު ސޯފާގައި އިށީނދެލަމުން ޝާޔަން ގެނައި ކޮތަޅުގައި ހިފާލި ގަޑީގައި އެއީ ވަރަށް ލޯބި ކުއްޖެކޭ މުނީރާ ބުނެލިއެވެ. އެއަށްފަހު ކުއްލިއަކަށް ހަނދާނެއް އާވި ފަދައަކުން އެއީ އެއްކަލަ ދުވަހު އައި ކުއްޖާދޯއޭ މުނީރާ ބުނެލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނާ ހަމަހިމޭންވެގެން ދިޔައީ އެބުނާ ދުވަހަކީ ނަބްހާންއަށް ކިހާ ވޭންދެނިވި ދުވަހެއްކަން ހަނދާންވުމުންނެވެ. އޭނާއަށް އިސްދަށަށް ޖަހާލެވުނީ ކުށްވެރިކަން އިޙްސާސްވާ ޙާލުއެވެ.

ނަބްހާންގެ ކޮޓަރިން ނިކުތް ޝާޔަން ހުރީ ނެގިމަޑުވެފައެވެ. ދެންމެ ނަބްހާންއާއި ދެކެވުނު ވާހަކަ އޭނާގެ ބޮލުތެރޭގައި ގުގުމަ ގުގުމާ ހުރި އިރު އެ ކޮންމެ ސިކުންތެއްގައި އޭނާގެ ހިތް ދިޔައީ އިތުރަށް ގެނބެމުންނެވެ. އޭނާ އެންމެ ދެރަވީ ނަބްހާންގެ ވާހަކަދެއްކުން ހުރިގޮތުންނެވެ. އެ ރާގު ހުރިގޮތުން ހީވީ އެއީ ނަބްހާންއާއި އޭނާއާއި ދެމެދު ދެކެވޭނެ އެންމެ ފަހު ވާހަކަ ހެންނެވެ. އެހެން ހިތަށް އެރިޔަސް އޭނާގެ ހިތަށް ތަދުވެލައެވެ.

ޝާޔަން އިސްދަށަށް ޖަހާލައިގެން ހުރެ ކުރިޔަށް ހިނގަމުން ދިޔައެވެ. އޭނާ ހުރި ގޮތް ފެނި ރިމްޝާއަކަށްވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. ނަބްހާންގެ ޙާލާއި މެދު އެތަށް ސުވާލެއް ހިތުގައި އުތުރި އަރަމުން ދިޔަ ނަމަވެސް އެވެ. ފައިމަގުގައި ހިނގާލައިފައި ގޮސް ރިމްޝާ ގެއަށް ލައިދީފައި ޝާޔަން އޭނާގެ އަމިއްލަ ގެއަށް ދިޔައެވެ. ރިމްޝާ ގެއަށް ވަންނާންދެންވެސް އެދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އިސްދަށަށް ޖަހާލައިގެން ހަށިގަނޑުގެ ދެފަރާތުން ދެއަތް ދޫކޮށްލައިގެން ހުރިގޮތަށް ޝާޔަން ދިޔައީ އަޑެއްވެސް ލައްވާނުލައެވެ.

ރިމްޝާއާއި ވަދާޢީ ސަލާމް ކުރަން ނޫނީ އޭނާ އިސްވެސް އުފުލާނުލިއެވެ. އަނބުރާ ގެއަށް ދިޔައީވެސް އެ ނެގިމަޑުވެމުގައި ހުރިގޮތަށެވެ. އެހިތް މިއަދު އާދަޔާ ޚިލާފަށް މާޔޫސްވެފައިވާ ދުވަހަކީއެވެ.

އެރޭ ނަމާދުކޮށްލައިގެން އައިސް ޝާޔަން ސިޓިންގް ރޫމުގައި ހުރި ސޯފާތަކުން ސޯފާއެއްގައި އިށީނދެލައިގެން އިނީ ދެފައި މެއާއި ކައިރިކޮށްލައިގެން ކަކުލުގައި ދެއަތް ވަށާލައިގެންނެވެ. މުޅި ސިޓިންގްރޫމުތެރެއަށް ވެރިވެފައިވާ ފަނޑު އަލިކަމުގެ ތެރޭ އަޑެއްވެސް ލައްވާނުލައި ޝާޔަން އިނީ ވިސްނުމަކަށް ގެއްލިފައެވެ.

އޭނާ އެހެން އިންދާ ޔޫކީ އައިސް ސޯފާ އަށް އަރާ އޭނާ ކައިރީ ބަނޑުޖަހާލުމުން ޝާޔަން އޭތީގެ ހަށިގަނޑުގައި ފިރުމާލުމަށްފަހު އަނެއްކާވެސް ކުރިން އިންގޮތަށް އިނީ ކުރިމައްޗަށް ނަޒަރު ހުއްޓާލައިގެން މާބޮޑު ޙަރަކާތެއް ނެތިއެވެ. އޭނާގެ ސިކުނޑި އެކި ޚިޔާލުތަކުން ފުރިގެން ބަނޑުންވާން ކައިރިވަނީއެވެ. މާޒީގެ އެކި ހަނދާންތަކެވެ. އެކި އަޑުތަކެވެ. އެކި މީހުންނެވެ.

ޝާޔަންއާއި ނަބްހާން އެއްދުވަހު ކްލާސްގަޑީގައި ކޮންމެވެސް ގޭމެއް ކުޅުނު ހަނދާން އާވެފައި އޭނާއަށް ހިތި ހިނިތުންވުމެއް ވެރިކޮށްލެވުނެވެ. "ޔޫ ލޮސްޓް، ލޫޒަރ!" އޭނާ މޮޅުވުމުން ނަބްހާން އުފާ ފާޅުކުރި އިރު ޝާޔަން އިނީ ދެއަތް އުރާލައިގެން މޫނު ކުނިކޮށްގެންނެވެ.

ހަމަ އެވަގުތު އެހެން ހަނދާނެއް އައިސް އޭނާގެ ސިކުނޑީގައި ވަކި ހިތްޕާލިއެވެ. "ޔޭ! އައި ވޮން! ދެން ފަހަރަކުން ޝާޔަން ދޯ މޮޅުވާނީ؟" ތުއްތު ތުއްތު ހަރޫގެ އަޑެވެ. އެ ދެމީހުން ތިބީ ގެ ކައިރީގައި އޮންނަ ޕްލޭ ގްރައުންޑެއްގެ ވެލިގަނޑުގައި ކުރަހައިގެން 'ޓިކް ޓެކް ޓޯ' ކުޅޭށެވެ. ހަރޫގެ އުފާވެރި އަޑު އެ ސަރަޙައްދުގައި ގުގުމާލައިފައިވާއިރު ޝާޔަން ހުރީ ތުންފިއްތާލައިގެންނެވެ. އޭނާގެ ޅަ ހިތް ވަނީ ދެރަވެފައެވެ. އެވަގުތު ހަރޫ އައިސް އޭނާގައިގައި ބައްދާލިގޮތުން މަންޒަރު ބަލަން ހުރި މީހެއްގެ ހިތް ލޯބިން ފުރިގެން އަންނަހާވެއެވެ.

އަނެއްކާވެސް އެހެން ހަނދާނެކެވެ. "ހޯހޯ، ނޯޕް. ޑޯންޓް އީވެން ތިންކް އެބައުޓް ޕްލޭއިން ބާސްކެޓްބޯލް. އަދި ބްލެކް ބެލްޓެއް އޮތަސް އެކަމެއް ނުވާނެ." ސްކޫލުގެ ކެންޓީނު ހުންނަ ސަރަޙައްދުގައި އެމީހުން އާންމުކޮށް ތިބޭ ބެންޗުގައި ޝާޔަންއާއި ނަބްހާން ތިބީ މާ ދުރުނޫން ހިސާބެއްގައި އޮތް ބާސްކެޓުބޯޅަ ދަނޑުގައި ކުޅެން ތިބި ކުދިންނަށް ބަލަހައްޓައިގެންނެވެ. "ދިގު ކޮންމެ މީހެއްވެސް ސްޕޯޓީއެއް ނުވާނެ އިނގޭ." ޝާޔަންވެސް ނަބްހާންއަކަށް ދުލެއް ނުކުރިއެވެ. އެދެމީހުން އެގޮތުގައި އެކަކު އަނެކަކަށް ދިމާކޮށްލަ ކޮށްލާ ތިއްބާ އިންޓަވަލް ބޮއެ ނުނިމެނީސް އިންޓަވަލް ގަޑި ނިމިއްޖެކަން އަންގުވައިދޭ ބެލް ޖެހުމުން ދެމީހުން އަވަސް އަވަހަށް ކާން ތިބި އެއްޗެހި ހުސްކުރަން އުޅެގަތެވެ.

"އިނގޭތަ އަހަރެންގެ މުޅި ޙަޔާތުގެވެސް ހަމައެކަނި ހުވަފެން؟" އެއްދުވަހެއްގެ ހަވީރު ސްކޫލުގައި އޮތް އިވެންޓެއް ނިންމާފައި ޝާޔަންއާއި ނަބްހާން ތިބީ ޓާފް ދަނޑުގައި އިށީނދެލައިގެންނެވެ. އާދައިގެ މަތިން ދެމީހުންގެ ދެމެދުގައި އެކަށޭނެ ދުރުމިނެއް ވިއެވެ. ނަބްހާން ފަހަތަށް ވާގޮތަށް ދެއަތް ވިއްދާލައިގެން އިން އިރު އޭނާގެ ފަހަތުގައި ފަސްވަރަކަށް ފޫޓު ދުރުގައި އިން ޝާޔަން އިނީ އެ ދަނޑުގައި އިން ގޯލްގައި ލައްވެލައިގެންނެވެ. ވަގުތަކީ އިރުއޮއްސެމުން ދިޔަ ގަޑި ކަމުން އުޑުމަތީގައި ހީވަނީ ހުޅު ރޯކޮއްލައިފައި އޮތް ހެންނެވެ. ކުދިކުދި ރަތްވިލާތަކުން މުޅި އުޑުމަތި ފުރާލައިފައިވާއިރު މީހަކު އަޖައިބުވެ އަންތަރީސްވާހާވެއެވެ.

"ޓު ބީ ގުޑް އިނަފް." ނަބްހާން އެހެން ބުނެލުމާއި އެކީ އެދެމެދަށް ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ. ޝާޔަންއަށް އެއްޗެކޭ ބުނަން ދަތިވީ އެ ބަސްކޮޅާއި އެކީ އޭނާވެސް ޚިޔާލީ ކަނޑަކަށް ޣަރަޤުވެގެން ދާން އުޅުމުންނެވެ. "ޙަޔާތުގަ އެންމެ ފަހަރަކު ނަމަވެސް." އެ އަޑުގައި އެއިރު އެކުލެވިގެންވީ ހިތިކަމާއި މޮޅިވެރިކަން އެއިރަކު ޝާޔަންއަކަށް ނަގައެއް ނުގަނެވުނެވެ.

އެކަންކަން ފަހުމްވާން އެ ފެށީ އަދި ކިރިޔާއެވެ. ސޯފާގައި އިން ޝާޔަންގެ ދެލޯ ފުސްވަމުން ދިޔައީ ލޮލަށް ގިނަވަމުން ދިޔަ ކަރުނަތަކާއި އެކުއެވެ. "ޔޫ އާރ، ޑަމީ. ޔޫ އާރ މޯރ ދޭން ގުޑް އިނަފް." ޝާޔަން ވައި އަޑުން ބުނެލި އިރު އެހިތް ކުދިކުދިވަމުން ދިޔަ ކަހަލަ އިޙްސާސްތަކެއް ކުރެވުނެވެ. ނަބްހާންއާއި ހަރޫގެ ހަނދާންތައް އޭނާގެ ހަނދާނަށް އަނބުރާ އަންނަމުން ދިޔަ ގޮތުން އޭނާގެ ހިތް ރޮއްވަން ސިކުނޑި ފައިވިއްދައިގެން ހުރި ކަހަލައެވެ. އޭނާގެ އެންމެ ގާތް ދެ އެކުވެރިންގެ ހަނދާންތައް އާވި އާވިހެން ޝާޔަންއަށް ރޮވެމުން ދިޔައެވެ.
(ނުނިމޭ)

  Please log in or register to bookmark.
  1k

  ޚިޔާލު

  Your email address will not be published. Required fields are marked *

  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy