kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.comSupertotobetSahabetTarafbetMatadorbetTipobet365Deneme BonusuBetvoleMariobethack forumxumabetgiris.com

އުއްމީދު - 21

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

ބާބު 21
ދުވަސްތައް ފާއިތުވަމުންގޮސް މޮކް އިމްތިހާނުގެ ދުވަސްތައް ކަޅު ވިލާގަނޑެއްހެން އައިސް ޝާޔަންމެންގެ މަދަރުސާގެ ގްރޭޑު ބާރައިގައި ތަޢުލީމް ޙާސިލްކުރަމުންދާ ދަރިވަރުންގެ ބޯމަތި އަނދިރިކޮށްލައިފިއެވެ. ގިނަ ދަރިވަރުންގެ ވަގުތުތަށް ކިޔެވުމަށް ހުސްކޮށްލައިފައިވަނީ ފައިނަލް އިމްތިޙާނަށްޓަކައި މި އިމްތިޙާނުގެ މުހިއްމުކަން ވިސްނިގެންނެވެ. މި އިމްތިޙާނުން ދަށް ނަތީއްޖާއެއް ލިބިއްޖެނަމަ އިތުރަށް ކިޔަވާ ހިތް ކެނޑިގެން ގޮސް ފާސްނުވެދާނެ ކަމުގެ ބިރަށްޓަކައި ޝާޔަންވެސް ކިޔެވުމައިގެން އުޅެން ފެށިއެވެ. ހަމަ އެފަދައިން އެކަމުގައި ބިޒީވެފައިވި ކުދިންގެ ތެރޭގައި ނަބްހާންވެސް ހިމެނުނެވެ.

އާންމުކޮށް އޭނާ ކިޔަވާ ވަރަށްވުރެ ބުރަކޮށް ނަބްހާން މަސައްކަތްކުރަން ފެށީ އޭނާގެ ނަތީއްޖާ އެއްވަރެއްގައި ހިފަހައްޓައި ނަތީއްޖާ ދަށްވިޔަ ނުދިނުމަށެވެ. އެގާރައިގެ އިމްތިހާނުން އަދި ހުރިހާ މާއްދާއަކުން އޭ ލިބުނު ނަމަވެސް ފައިނަލް ނަތީއްޖާ ބިނާވާނީ މި އަހަރު ހަދާ ބާރައިގެ އިމްތިހާނުން ލިބޭ އެއްޗަކަށް ވިއްޔާއެވެ. އެހެންކަމުން ނަތީއްޖާ ރަނގަޅުވާނެކަމަށް ހީކޮށް މަސައްކަތް ނުކޮށް ދެއަތް އުރާލައިގެން ހުއްޓަކަސް އެއްކަމެއްވެސް ނުވާނެކަން ނަބްހާން ޤަބޫލުކުރެއެވެ.

ނަބްހާން އެފަދައިން ބުރަކޮށް މަސައްކަތް ކުރަމުން ދިޔައިރު އަމީންއަށާއި މުނީރާގެ އުޅުމަށްވެސް މަޑުމަޑުން ބަދަލު އަންނަން ފަށައިފިއެވެ. އަމީން ނަބްހާންއާއި ދިމާއަށް އެއްޗެހިކިޔުން މަދުވެފައި ވާއިރު މުނީރާ އެއްގޮތަކަށްވެސް ނަބްހާންއާއި މެދު ހިތްހަމަނުޖެހުން ފާޅުނުކުރެއޭ ބުންޏަސް ދޮގުކުރާނެ މީހަކު ނެތެވެ. އެ ދެމީހުންނަށް ވެސް އެމީހުންގެ އަމިއްލަ ކުށް އިޙްސާސް ކުރެވެން ފެށީއެވެ. އެހެން ނަމަވެސް ކިޔެވުމަށް އެކީހެން އޭނާގެ ހުރިހާ ވަގުތެއް ހުސްކޮށްލައިފައިވާ ނަބްހާންއަށް އެކަންކަން ފާހަގަ ނުވީ ސީދާ ސީދަލަށް އެމީހުންގެ ލޯބި އޭނާއަށް ފާޅުނުކުރާތީއެވެ. އަދި ހަމަ އެހެންމެ އެކަންކަމަށް އޭނާ ދޭ ސަމާލުކަންވެސް މިދުވަސްކޮޅު ކުޑަވެފައިވާތިއެވެ.

އެކަން ނޭނގި ހުރެ ނަބްހާން އޭނާގެ ހުރިއްޔާ ހުރި ހިތްވަރެއް ނެރެގެން މަސައްކަތް ކުރަމުން ދިޔައީ މަންމައާއި ބައްޕަ ލަދުގަންނަ ވަރުގެ ނަތީއްޖާއެއް މިފަހަރު ނުގެނެވޭތޯއެވެ. ކުރީފަހަރުވެސް އިމްތިޙާން ކަރުދާސްތައް ލިބުމުން އަމީންގެ ފަރާތުން ފެނުނު އަސަރުތައް އޭނާ ހަނދާންނެތޭހާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ.

އޭގެ ނަތީއްހާއަކަށް ވެގެންދިޔައީ އެއްވެސް ވަރަކަށް ނުނިދާ މަސައްކަތް ކުރަމުން ދިޔަ ރޭރޭވެސް ގިނަވާން ފެށުމެވެ. ނަބްހާން އެފަދައިން ކަންތައް ކުރަމުން ދިޔައީ އަމިއްލަ ސިއްޙަތު މަތިން ހަނދާން ނައްތާލުމަށްފަހުއެވެ. އަމިއްލަ ނަފްސަށް މި ދެވެނީ ކިހާ ބޮޑު އަނިޔާއެއްކަން އަމިއްލައަށް އިޙްސާސްނުވާ ހާލުއެވެ. އޭނާއަށް މި ފަހަކަށް އައިސް އެއްވެސް ވަރަކަށް ނިދި ނުވެސް އަންނަނީއެވެ. ތިނެއް ޖެހުމުން އެއްބައި ރޭރޭ ނިދަން އޮށޯތް ނަމަވެސް ސިކުނޑީގައި އޮންނަނީ އެދުވަހު މުޠާލިޢާ ކުރި ފިލާވަޅުތަކެވެ. އަމިއްލަ ނަފްސާ އެ މައުލޫތަކުން ސުވާލުކޮށްލުމުން ޖަވާބުދޭން ނޭނގިއްޖެއްޔާ ކުރެވުނު މަސައްކަތާމެދު ހިތްހަމަނުޖެހިގެން އަނެއްކާ ގޮސް މޭޒުދޮށުގައި އިށީނދެފާނެއެވެ. އެ ފިލާވަޅެއް ދަސްވި އިރަކުން ނޫނީ އޭނާ މޭޒުދޮށުން ނުތެދުވެއެވެ.

އެއީވެސް އެފަދައިން ރެއެކެވެ. ޖެހިޖެހިގެން އޭނާ ހޭލާ ހުންނަތާ މިހާރު އެއީ ދެވަނަ ރެއެވެ. ހަށިގަނޑަށް އިންތިހާ ދަރަޖައިގެ ވަރުބަލިކަމެއް ވެރިވެފައިވީނަމަވެސް ނަބްހާން އެކަމަކަށް ފަރުވާލެއް ނުބެހެއްޓިއެވެ. ކުޑަކޮށް އަތްފައި ދަމާލައި ކުޑަވަރެއްގެ ކަސްރަތެއް ކޮށްލުމަށްފަހު އަނެއްކާވެސް މޭޒުދޮށުގައި އިށީނީއެވެ.

އޭނާ އެގަޑީގައި މުޠާލިޢާ ކުރަމުން ދިޔައީ ހިސާބު މާއްދާއެވެ. ކޮންމެވެސް ނަންބަރެއްގެ ޖަވާބު ނައިސްގެން މިހާރު އޭނާ އުޅޭތާ ބައިގަޑިއިރަށްވުރެ ގިނައިރު ވަނީއެވެ. ކޮންމެ ފަހަރަކު އެ ނަންބަރު ހެދުމަށްފަހު މާކިން ސްކީމް ބަލައިލާއިރު ޖަވާބު ނުބައެވެ. އެހެން ކަމުން ނުބައިކޮށް ހެދިފައި އިނީ ކިހާ ހިސާބަކުންތޯ ނަބްހާން ބަލަން ފެށިއެވެ.

ފޯމިއުލާވެސް ރަނގަޅެވެ. ނަންބަރުތައްވެސް އެންޓަރ ކުރެވިފައި ހުރީ ރަނގަޅު ތަންތަނަށެވެ. ވީއިރު ފައިނަލް އާންސަރ މި ނުބައި ވަނީ ކީއްވެގެން ބާވައެވެ؟ އޭނާ އުޅެ އުޅެވެސް އޭގެ ޖަވާބު ނައުމުން އޭނާ ބޭނުންކުރާ ޚާއްސަ ވެބްސައިޓަކަށްވަދެ އެ ސުވާލު ސަރޗް ބަރގައި ޖަހާލުމުން އެ ސުވާލު ހައްލުކުރެވެން ހުރި ގޮތްތައް އައެވެ. އޭގެ ތެރެއިން އޭނާ އެ ސުވާލުގެ ޖަވާބު ހޯދަމުން ދިޔަ ގޮތުގެ ސްޓެޕްތައް ވަކި ވަކިން ބަލަނިކޮށް ނަބްހާންއަށް ނުބައިކޮށް ހެދިފައި އިން ހިސާބު ފެނުމުން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ ލިޔަމުން ދިޔަ ކުލަ ނޫން އެހެން ކުލައެއްގެ ގަލަމަކުން އެތާ ބޮޅެއް އެޅިއެވެ. އަދި ދެން ފަހަރަކުން އޭގެ ސުވާލެއް ހަދާއިރު އެފަދައިން ހެދުމުގެ ބަދަލުގައި އެތަން ހަދާނެ ރަނގަޅުގޮތް ހަނދާނަށް ގެންނަން 'މެންޓަލް ނޯޓެއް' ސިކުނޑީގައި ހެދިއެވެ.

އެގޮތުގައި ނަބްހާން އެ ޕޭޕަރު ނިންމަން އުޅެނިކޮށް ފަތިސް ނަމާދުގެ ބަންގީގެ އަޑު އިވުމާއި އެކީ އިން ތަނުން ތެދުވެގެންގޮސް ފާޚާނާއަށް މިސްރާބު ޖެހީ ނަމާދު ކޮށްލައިގެން އައިސް ޕޭޕަރުގެ ބާކީ ބައި ހެދުމަށެވެ.

ފަތިސް ނަމާދުކޮށް ނިމުމުން އިމްތިޙާނުގައި އޭނާއަށް ރަނގަޅު ނަތީއްޖާއެއް ލިބުމަށްއެދި ނަބްހާން ދުޢާ ކުރިއެވެ. އަދި މިރޭ ހެދުނު ފަދަ ކޫސަނި 'މިސްޓޭކް' ތައް ޕޭޕަރުގައި ނުހެދޭ ވަރަށް އޭނާއަށް އެ ފިލާވަޅުތައް ދަސްކުރުމުގެ ތައުފީޤު ދެއްވުން އެދިވެސް މެއެވެ. އޭނާގެ ދުޢާ ފެށީ އޭނާއަށް މިހާރުވެސް ޙަޔާތުގައި ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވެ ﷲއަށް ޙަމްދުކުރަމުންނެވެ. އަދި އެކަލާނގެ ހުސްޠާހިރުވަންތަކަންވެސް ހަނދާނުގައި ބަހައްޓައިގެންނެވެ. އެންމެ ފަހުކަމަކަށް އޭނާގެ ޢާއިލާއަށާއި އެކުވެރިންނާއި ދޮންބެއަށްޓަކައި ހެޔޮދުޢާ ކޮށްލަމުން ނަބްހާން އޭނާގެ ދުޢާ ކުރުކޮށްލިއެވެ.

ފަތިސް ނަމާދަށްފަހު ހިތަށް ލިބިފައިވާ ހިތްހަމަ ޖެހުމާއި އެކީ ނަބްހާން އަނެއްކާވެސް އައިސް އޭނާގެ މޭޒުދޮށުގައި އިށީނދެލިއެވެ. ބައެއްފަހަރު އޭނާގެ އެ 'ތަކުރާރު ރޫޓީން' ގެ ސަބަބުން ފޫހިވެ ދެރަވެސް ވެއެވެ. އަމިއްލަ ނަފްސަށްޓަކައި ހަމްދަރުދީ ވެއެވެ. އެހެނަސް އޭނާ އެކަން ކުރަނީ ކީއްވެކަން ހަނދާން ވާއިރަށް އެފަދަ ޚިޔާލުތަށް އަނދިރީގެ ތެރެއަށް ފޮޅުވާލާ މަސައްކަތަށް އެނބުރިގަންނަނީއެވެ.

ޕޭޕަރުގެ ބާކީ އޮތް ބައިގައި ހުރި ސުވާލުތައް ނަބްހާން ހަދަން ފެށި އިރު ހަށިގަނޑަށް އިހުނަށްވުރެ ބޮޑު ވަރުބަލިކަމެއް ވެރިވެފައި ވެއެވެ. އޭނާގެ ދެލޯ މެރެން އުޅޭ ފަހަރުވެސް ދޭތެރެއަކުން އައި ނަމަވެސް އަވަސް އަވަހަށް ދެފަރާތަށް މޫނު އަނބުރާލައިފައި ކަރުކެހިލަމުން އަނެއްކާވެސް ނަންބަރުތައް ހަދަން ފަށައެވެ.

އޭނާ ކަލްކިއުލޭޓަރުގެ ފިތްތަކަށް ފިތަ ފިތާ އިންދާ ހުދުކުލައިގެ ފޮތަށް ރަތްކުލައިގެ ތިއްކެއް ވެއްޓިގެން ދިޔުމުން ނަބްހާން އޭނާ ގެންގުޅުނު ކަލްކިއުލޭޓަރާއި ގަލަން ބާއްވައިފައި ނޭފަތުގައި އަތުގެ ނުފުށުން ޖައްސާލިއެވެ. އެއަށްފަހު އަތް ތިރިކޮށްލަމުން އަތަށް ބަލައިލި އިރު އަތުގައި ވެސް ލޭ ހޭކިފައި ހުއްޓެވެ. އެއިރު އޭނާގެ ނޭވާވެސް އިހުނަށްވުރެ ކުރުވެފައި ވެއެވެ. އެހެނަސް ނަބްހާން އެކަމަށް މާބޮޑަށް އަޅާނުލައި ފާޚާނާއަށް ގޮސް އަތާއި ނޭފަތް ދޮވެލައިގެން އައިސް މޭޒުދޮށުގައި އިށީނެވެ. މާ ބޮޑަށް ސްޓްރެސް ވުމުން ނޯޒްބްލީޑްވީ ކަމުގައި ވެދާނެއެވެ. އެއީ އެހާބޮޑަށް ހާސްވަންވީ ކަމެއް ނޫނެއް ނޫންހެއްޔެވެ؟

އެހެނަސް ދެން އައިސް އޭނާއަށް އިމްތިހާނަށް މުޠާލިޢާ ކުރުމައިގެން ކުރިއަށް ދެވޭގޮތެއް ނުވިއެވެ. ހަށިގަނޑަށް އުނދަގޫތަކެއް ވާން ފެށުމުންނެވެ. މުޅި މީހާ ވަރުބަލިވެފައި ނޭވާ ލެވުންވެސް ލަސްވެފައި ވެއެވެ. އަދި އެ ނޭވާތަށް ކުރުވެފައި ވާއިރު ބޮލުގައި ތޫނު ރިހުމެއް އުފެދިފައި ވެއެވެ. މެޔަށްވެސް ބާރުވެފައި ވާހެން ނަބްހާންއަށް އިޙްސާސް ކުރެވެމުން ދިޔައެވެ. މުޅި ހަށިގަނޑު ހީވަނީ އިހުނަށްވުރެ ބަރުވެފައި ވާހެންނެވެ.

އަނެއްކާވެސް ހިތްވަރު ކޮށްލުމަށްފަހު ގަލަން ނަގައި ކުރިއަށް ދެވޭތޯ އޭނާ ބެލިއެވެ. އެހެން ނަމަވެސް އޭނާއަށް ލިޔެވުނީ ތަންކޮޅަކަށެވެ. އަތުން ގަލަން ދޫވީއެވެ. ދެލޮލަށް ބަރުވާން ފެށީއެވެ. ނަބްހާންއަށް އެއީ އާދައިގެ ކަމެއް ނޫންކަން ފަހުމްވާން ފެށީ އެހާ ހިސާބުންނެވެ. އޭނާ އަމިއްލަ ހިތް ހަމައަކަށް އަޅުވާލާ މީހާ ހަމަޖެހެވޭތޯ ބެލީ އެއީ ދެރޭ ނުނިދާ ހުރުމުން ދިމާވާ ކަންކަން ކަމަށް އަމިއްލަ ނަފްސަށް ވިސްނައިދެމުންނެވެ.

ނަބްހާން އިށީނދެ އިން ގޮނޑި މޭޒާއި ދުރުކޮށްލުމަށްފަހު އިންތަނުން ތެދުވެގެން އެނދާ ދިމާއަށް މިސްރާބު ޖެހިއެވެ. އެހެނަސް އެނދާ ކައިރިއަށް އޭނާއަށް ކިރިޔާ ދެވުނު ކަމެވެ. މެއަށް އެރި ތޫނު ތަދާއި އެކީ އޭނާ އެނދަށް ވެއްޓިގަނެވުނެވެ.

މުނީރާ ފަތިސް ނަމާދަށް ތެދުވުމަށްފަހު ފުރަތަމަ ފަހަރަށް ނަބްހާން ނަމާދުކުރިތޯ ބަލައިލުމަށްޓަކައި އެކޮޓަރި ކައިރިއަށް ދިޔައެވެ. ދޮރު ދަށުން ބޮކީގެ އަލި ފޭދިފައި ނެތުމުން ނަބްހާން ނުހޭލަނީއޭ ހިތާ އޭނާ ދޮރުގައި ޓަކި ޖަހަން އުޅުނެވެ. ފަސްޖެހުނު ނަމަވެސް އޭނަ ދޮރުގައި ތަކި ޖަހާލީ މަންމައެއްގެ ޒިންމާ މިހާރުން ފެށިގެން ނަބްހާންއަށްޓަކައި އަދާކޮށްދޭން އޭނާ ހިތާހިތުން ޢަޒުމް ކަނޑަ އަޅައިފައިވާތީއެވެ. ނަބްހާންގެ ޙަޤީޤީ އިޙްސާސްތަށް އެނގުނު ދުވަހު ކުށްވެރިކަން އިހްސާސްވެ އޭނާ ކިތަންމެވަރަކަށްވެސް ހިތާމަ ކުރިއެވެ.

މުނީރާ އެ ވިސްނުމުގައި ހުރެ ދެތިން ފަހަރަކު ޓަކި ޖެހުމުން ނަބްހާން ދޮރެއް ނުހުޅުވިއެވެ. ހަމަ ބިމަށް އައިސް އަނެއްކާވެސް މުނީރާ ދެތިން ފަހަރަކު ތަކި ޖަހާލުމުން ނަބްހާން ދޮރު ނުހުޅުވުމުން މާ ބޮޑު އެއްޗެކޭ ހިތަށް ނާރުވާ އޭނާ އިރުކޮޅެއް ވާނދެން ދޮރު ކައިރީ ހުރެ ޓަކި ޖެހިއެވެ. އެހެނަސް ފަސް މިނެޓު ވެގެން ދިޔައިރުވެސް ނަބްހާން ދޮރު ނުހުޅުވުމުން މުނީރާގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ.

އޭނާ ޙަރަކާތްތައް އަވަސް ކޮށްލަމުން ގޮސް އަމީން ގާތު އެވާހަކަ ބުނުމާއި އެކީ އަމީންވެސް އަލަމާރިން ނަބްހާންގެ ކޮޓަރީގެ ޑަބަލް ކީ ހިފައިގެން ދިގު ފިޔަވަޅު ތަކެއްގައި އައެވެ. ތަޅުވަޅަށް ތަޅުދަނޑި ލައްވާލި އިރު އެހެން ދުވަސްތަކެކޭ ޚިލާފަށް އަމީންގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ނަބްހާންއަށް ކަމެއް ވީބާވައޭ ހިތަށް އެރި ވަގުތު އޭނާގެ ސިކުނޑި ނުބައި ޚިޔާލުތަކުން އައިސް ފުރި ބާރުވިއެވެ.

ދޮރު ހުޅުވާލުމާއި އެކީ ސްޓަޑީ ޓޭބަލް މަތީގައި އިން ލޭމްޕުގެ އަލިކަން ފިޔަވާ އިތުރު އަލިކަމެއް ނެތް ނަބްހާންގެ އަނދިރި ކޮޓަރި އެ ދެމީހުންނަށް މަރުޙަބާ ކިއެވެ. އަމީން އާއި އެކީ މުނީރާވެސް އަވަސް އަވަހަށް އެކޮޓަރިތެރެއަށް ވަތް ވަގުތު އަމީން އެކޮޓަރީގެ ބޮކި ދިއްލާލުމުން އެނދުމަތީގައި އޮތް ނަބްހާން ފެނުނެވެ.

އެނދުގެ ބޭރަށްވާގޮތަށް ދެފައި ލައިގެން ބަނޑުވަތަށް އޮތް ނަބްހާން ފެނުމުން އެއީ ހެޔޮފާލެއް ނޫންކަން އަމީންއަށާއި މުނީރާއަށްވެސް އެނގުންވިއެވެ. މުނީރާ ނަބްހާންގެ ނަމުން ހާސްވެފައި ހުރެ ގޮވާލަމުން އެދިމާއަށް ފާޑަކަށް ދުއްވައިގަތެވެ. އަމީން ވެސް އައިސް ނަބްހާން އުއްޑުން ބޭއްވުމާއި އެކީ ގޮދަޑީގައި އަޅައިފައި އޮތް ބެޑްޝީޓުގައި ހޭކިފައި ހުރި ލޭގެ އަސަރާއި ނަބްހާންގެ ނޭފަތް ކައިރީ ހޭކިފައި ހުރި ކަޅުރަތް ކުލައިގެ ލޭ ފެނި މުނީރާއާއި އަމީންއަށް ކުއްލި ސިހުމެއް ލިބުނެވެ. އެދެމީހުންގެ މޫނުމަތީގައިވެސް ބާރު އެއްޗަކުން މީހަކު ޖެހިކަހަލަ އިހްސާސެއް ކުރެވުނެވެ.

މުނީރާއަށް ވަގުތުން ރޮވުނެވެ. ނަބްހާންގެ ބޯ އޭނާގެ އުނގަށް ލައިގެން އޮވެ ނަބްހާންގެ ކޮލުގައި މަޑުމަޑުން ޖަހާލަމުން ނަބްހާންއަށް ގޮވަން ފެށީ އެ ރުއިމުގެ ތެރެއިންނެވެ. އެހެން ނަމަވެސް އެއިރު ޚަބަރު ހުސްވެފައި އޮތް ނަބްހާންގެ ފަރާތުން ޖަވާބެއް ލިބޭނީ ކިހިނެއް ހެއްޔެވެ؟

އަމީން ހާސްވެފައި ހުރެ އަވަސް އަވަހަށް ޑޮކްޓަރ ފިޒާންއަށް ގުޅިއެވެ. އެއަށްފަހު ޑޮކްޓަރގެ ލަފާގެ މަތިން އޭނާގެ އަމިއްލަ ކާރުގައި ނަބްހާން ގެންދަން ނިންމީ އެންބިއުލާންސް އަންނަންވެސް ވަގުތު ނަގާނެތީއެވެ. ރޮވިފައި ހުރި މުނީރާއާއި އަމީން ވެގެން ނަބްހާން ފަހަތު ސީޓަށް ލިއެވެ. އެއަށްފަހު މޫނީރާވެސް ފަހަތު ސީޓަށް އެރުމުން އަމީން އޭނާއަށް ދުއްވުނުހާ ބާރަކަށް ކާރު ދުއްވާލިއެވެ. ފަތިހުގެ އެ ވަގުތުގައި ދުއްވާ އެއްޗެހިވެސް މަދުވުމުން ބާރު ސްޕީޑުގައި ދުއްވައިފައި ދާކަށް އުނދަގުލެއް ނުވިއެވެ. އަމީންގެ ހިތް މިއިން ދުވަހަކު ނުތެޅޭހާ ބާރަށް އެވަގުތު ތެޅެމުން ދިޔައެވެ.

އަބާން އޭނާގެ ލޯކުރިމަތިން ގެއްލިގެން ދިޔަ ދުވަހުގެ މަންޒަރުތައް ލޮލަށް ސިފަވާން ފެށުމާއި އެކީ އޭނާގެ ދެލޯ ފެންކަޅިވިއެވެ. "ނޫން. ނަބްހާންއެއް ނޫން." އަމީންއަށް ވައި އަޑުން ބުނެލެވުނެވެ. ބާރު ސްޕީޑުގައި ދިޔަ ކަޅު ކާރު ގޮސް އެސްޕޮއާ ޔުނިވާސިޓީ ހޮސްޕިޓަލްގެ މައިގޭޓު ހުރަސްކުރުމަށްފަހު އެތެރެއަށް ވަދެގެން ދިޔައެވެ. އެއިރު އެމީހުންގެ އިސްތިޤްބާލުގައި ނަބްހާންގެ މެޑިކަލް ޓީމް އިމަރޖެންސީ ދޮރު ކައިރީގައި ތިއްބެވެ.

ނަބްހާން އައުމާއި އެކީ މަޑު ނޫކުލައިގެ ޔުނީފޯމުގައި ތިބި ހޮސްޕިޓަލްގެ މެޑިކަލް ސްޓާފުން އައިސް ނަބްހާން ސްޓްރެޗަރއަކަށް ލުމުގެ މަސައްކަތް ފެށިއެވެ. އެވަގުތު ނަރުހެއް އައިސް ނަބްހާން ހޭނެތުނު އިރު އޭނާގެ ޙާލަތާއި އެނޫންވެސް ނަބްހާންއާއި ގުޅޭ މައުލޫމާތު މުނީރާއާއި އަމީންގެ ފަރާތުން އޮޅުން ފިލުވިއެވެ. އޭގެ ހިނދުކޮޅެއް ފަހުން މެޑިކަލް ޓީމުން ނަބްހާން ގޮވައިގެން އިމަރެންސީ ދޮރުން ލައިފައި ދިޔައެވެ. އޭނާ ވަށައިގެން ނަރުހުންވެސް ތިބި އިރު އެމީހުން ދުވެފައި ގޮސް ވަނީ އިމަރޖެންސީ ރޫމު ތެރެއަށެވެ. އެ ޓީމުގެ އިސް ބޭފުޅަކީ ޑޮކްޓަރ ފިޒާން ނަމަވެސް ޑޮކްޓަރ ފިޒާން އައީ އިރުކޮޅެއް ފަހުންނެވެ.

ނަބްހާން އިމަރޖެންސީ ރޫމަށް ގެންދެވުމާއި އެކީ އަމީންއާއި މުނީރާ އެތާ ދޮރުމަތީގައި މަޑުކޮށްލިއެވެ. މުނީރާއަށް ރޮވެމުން ދިޔަ ވަރުން އޭނާގެ ލޮލުން ހުއްޓުމެއްނެތި ފެން ފައިބަމުން ދިޔައެވެ. އަމީންގެ މޫނުމަތީގައިވެސް ދާފެންތިކިތައް ވިދަ ވިދާ ހުރި އިރު އޭނާގެ ދެލޯ ފެންކަޅިވެފައި ވެއެވެ. ހިތާއިހިތުން އެއިރުވެސް ނަބްހާން ގާތު މަޢާފަށް އެދެވެމުން ދިޔައީ ނަބްހާން މުޅި އުމުރަށް އޭނާއަށް ގެއްލިދާނެކަމުގެ ބިރު ބޮޑުވާން ފެށުމުންނެވެ.

އިމަރޖެންސީ ރޫމު ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންގެ ޙަރަކާތްތައް އަވަސްވެފައި ވެއެވެ. "ބްރިންގް އެން އޭ.އީ.ޑީ! ކުއިކް!" ޑރ.ފިޒާންގެ އަޑު ގަދަވެފައިވެއެވެ. އެންމެންގެ ހިތުގެ ތެޅުންވެސް އެވަގުތު ވަނީ އަވަސްވެފައެވެ. ކުރިމަތީގައި އޮތް ޕޭޝެންޓުގެ ހާލު ދަށްވެފައިވާތީއެވެ.

"ޑރ.ލާމިރް. ޗެސްޓް ކޮމްޕްރެޝަންސް!" ޑރ. ފިޒާން އިސް ޑޮކްޓަރުގެ ޙައިސިއްޔަތުން އޭނާގެ މަސައްކަތުގައި އުޅެމުންވެސް އެހެން މީހުންނަށް 'ކޮމާންޑް'ތައް ދެމުން ދިޔައެވެ. ޑޮކްޓަރ ފިޒާންގެ އިރުޝާދުގެ ދަށުން ޑރ.ލާމިރު ހަމަ އެހިނދު ނަބްހާންއަށް ސީ.ޕީ.އާރ ދޭން ފެށުމައިގެން އަވަސްވެގަތެވެ.

ނަބްހާންއަށް ސީ.ޕީ.އާރ ދެވެމުން ދިޔައިރު އެކި ޑޮކްޓަރުންނަށް އެކި މީހުންނަށް އެކި މަސައްކަތްތައް ވަނީ ހަވާލު ކުރެވިފައިކަމުން އެންމެންގެ ހަރަކާތްތައްވެސް ވަނީ އަވަސްވެފައެވެ.

ޑރ. ލާމިރު ނަބްހާން އަށް ދެމުން ދިޔަ ސީ.ޕީ.އާރ އަށް ބުރޫ ނާރާނެހެން ޑރ.ފިޒާން އޭ.އީ.ޑީގެ މަސައްކަތް ފެށިއެވެ. އޭގެން ނެގި ކަޅުކުލައިގެ ވާގަނޑަކާއި ގުޅުވައިފައި އިން ޑިފިބްރިލޭޓަރ ޕެޑް އަވަސް އަވަހަށް ހާމައަށް އޮތް ނަބްހާންގެ ކަނާތްފަރާތުގެ މޭމަތީގައާއި ވާތް ފަރާތުގެ ބަނޑާއި ދިމާލުން އަރިމަތީގައި ތަތްކޮށްލިއެވެ. އެއަށްފަހު ޑރ.ފިޒާންގެ އަމުރަށް ތަބާވަމުން ޑރ.ލާމިރު ސީ.ޕީއާރ ދިނުން ހުއްޓާލިއެވެ. އަދި ނަބްހާންގެ އެނދުން ފައިބައި ދުރަށް ޖެހިލިއެވެ. އެހެން ނަރުހުންނާއި ޑޮކްޓަރުންވެސް އެފަދައިން ކަންތައްކުރިއެވެ. އަލުން އަނބުރާ ޗެސްޓް ކޮމްޕްރެޝަން ދިނުމަށްޓަކައި ނަބްހާން އޮތް އެނދަށް ޑރ.ލާމިރު އެރީ ޑރ.ފިޒާންގެ އެންގެވުމަށެވެ.

އިމަރޖެންސީ ރޫމުގައި ފަރުވާ ދިނުމަށްފަހު ނަބްހާން ކެތް ލެބަށް ބަދަލުކުރެވުނެވެ. ޑރ.ފިޒާންއާއި ކާޑިއެކް ފިޒިއޮލޮޖިސްޓެއްގެ އިތުރުން ރޭޑިއޯގްރާފަރަކާއި ނަރުހެއް އެތާ ތެރޭގައި ޙަރަކާތްތެރިވިއެވެ. އެންމެންވެސް ސަރޖިކަލް ގައުންގައި ތިބި އިރު ކެތްތެރިކަމާއި އެކީ މަސައްކަތް ކުރަމުން ދިޔައެވެ.

އެއްވެސް ބޮލޮކޭޖެއް ނުވަތަ އެނޫންވެސް ނުރައްކާތެރި ޙާލަތެއް މެދުވެރިވެފައި ވޭތޯ ޑޮކްޓަރުންގެ އެ ޓީމުން ބަލަމުން ދިޔައެވެ. "ޑޮކްޓަރ، ހިއަރ އިޒް ދަ ވެސްލް ވިތް ބްލޮކޭޖް." މޮނިޓަރުން ފެންނަން ހުރި ނަބްހާންގެ ހިތުގެ މަންޒަރަށް ބަލައި، އެހެން ޑޮކްޓަރެއް ވިދާޅުވުމާއި އެކީ ޑރ.ފިޒާންވެސް އެކަމާއި އެއްބަސްވިއެވެ. އެއާއި އެކީ ދެން ކަންތަށް ކުރަންވީ ގޮތުގެ އިރުޝާދު ދެމުން ރޭވުންތެރިކަމާއި އެކީ ނަބްހާންއަށް ފަރުވާދޭން ފެށިއެވެ.

"އޯލްރައިޓް. އަހަރެމެން ދެން ޕަފޯމް ކުރާނީ އޭންޖިއޯޕްލާސްޓީ ޕްރޮސީޖަރ. އަރ ވީ އޯލް ކްލިއަރ؟" ޑރ.ފިޒާން އިއްވާލުމާއި އެކީ އެ މަސައްކަތް ފެށިގެން ދިޔައެވެ.

ދެގަޑިއިރު ވަރު ފަހުން މުނީރާއާއި އަމީންގެ އިންތިޒާރަށް ނިމުން ގެނައީ ސްކްރަބްސްގައިހުރެ ނިކުތް ޑރ.ފިޒާންއެވެ. އޭނާ އެމީހުންނާ ކުރިމަތިލައި، އަޅާފައި އޮތް ސަރޖިކަލް މާސްކް ނަގަމުން ވާހަކަ ދައްކަން ފެށިއެވެ. "މިވަގުތަށް ނަބްހާންގެ ޙާލަތު ރަނގަޅު، ހުރިހާ ޙަމްދާއި ޝުކުރެއް ﷲއަށް. ނަބްހާން އެއިރު އެ ހޭނެތުނީ ހާރޓް އެޓޭކެއް ޖެހުމަށްފަހު. ބްލޮކް ވެފަ އިން އަރޓެރީއެއްގެ ސަބަބުން މިކަން ނަބްހާން އަށް މި ދިމާވީ، އެހެން ނަމަވެސް ٱلْحَمْدُ لِلَّٰهِ، އަޅުގަނޑުމެންގެ ޓީމުން ކުރި މަސައްކަތަށްފަހު ލޭ ދައުރުވުން ނޯމަލްކަމަށް މިހާރު އަޅުގަނޑުމެންނަށް ފެންނަނީ. ހަރޓްބީޓްވެސް މިހާރު ނޯމަލް. އެހެން ނަމަވެސް ނަބްހާންގެ ޙާލަތު މޮނިޓަރ ކުރުމަށްޓަކައި ނަބްހާން އޮބްޒަރވޭޝަންއަށް ބޭއްވޭނެ، އިނގޭތޯ؟" ޑރ.ފިޒާން އަދަބުވެރިކަމާއި އެކީ ނަބްހާންގެ ޙާލަތާއި ދެން ކުރިއަށް އެމީހުން ކަންތައް ކުރާނެ ގޮތުގެ ކުރު ޚުލާސާއެއް އަމީންއާއި މުނީރާއަށް ދެވުނެވެ. އެދެމީހުންނަށްވެސް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އެތަށް ދުވަހަކަށްފަހު ﷲއަށް ޙަމްދުކުރަން އެ ދެހިތްވެސް ހަނދާންވިއެވެ.

އަނބުރާ އެމީހުން ކުރިން ތިބި ވެއިޓިންގް ރޫމުގެ ގޮނޑީގައި އިށީނދެލި ވަގުތު އަމީންގެ ސިކުނޑި މީގެ އިރުތަކެއް ކުރިން އޭނާ ހުރި ނަބްހާންގެ ކޮޓަރިއަށް ގެންދިޔައެވެ. އޭނާއަށް އިރުކޮޅެއް ވާންދެން އެއިރު ހުއްޓުން އަރައިފައި ހުރެވުނީ ނަބްހާންގެ ސްޓަޑީ ޓޭބަލް ފެނިފައެވެ.

އެއިރުވެސް ހުޅުވައިފައި އޮތް ފޮތުގެ ތެރޭގައި ނަބްހާންގެ ނޭފަތުން ފައިބައިފައި ހުރި ލޭ ހުރި ގޮތުން ވަރަށް ފަހަކާއި ޖެހެންދެން ނަބްހާން ކިޔަވަން އިންކަން އޭނާއަށް އެނގުންވިއެވެ. ދެން އޭނާގެ އަވަސް ނަޒަރު ދަތުރުކުރީ ތަތްކޮށްފައި ހުރި ސްޓިކީ ނޯޓަށެވެ. "އެހެން ހުރިހާ ކަމަކަށްވުރެ ނަބްހާންގެ ގްރޭޑްސް މުހިއްމު. ހުއްޓާނުލާތި. ކީޕް ގޮއިންގް!" ނަބްހާން އިނގިރޭސި ބަހުން އޭގައި ލިޔެފައި ހުއްޓެވެ.

"ބީ ލައިކް ދޮންބެ. ބަހަނާ ނުދައްކާތި." މުޅިންވެސް ހުރީ އެކަހަލަ ލިޔުންކޮޅުތަކެވެ. އެއީ އޭނާ ނަބްހާންއާއި މުޚާތަބުކުރާ ގޮތާއި ހާދަ ވައްތަރު ޢިބާރާތްތަކެއްކަން އިޙްސާސްވީ ހިނދު އަމީންގެ ހިތް ފިތިގެންދިޔަކަހަލަ އިޙްސާސެއް ކުރެވުނެވެ. އޭނާއަށް އިސްތަށިގަނޑުގައި އަތް ހިންގާލެވުނު އިރު މޫނުމަތީގައިވެސް އަތް ކާއްތާލެވުނެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވެން ފެށީ ދުވަހަކުވެސް ނުކުރާ ވަރަށެވެ.

"އަމީން. އަވަސް ކޮށްބަލަ. އަހަރެމެން ގެންދަންޏާ ހިނގާ، ނޫނީ އެންބިއުލާންސުން ގެންދަންޏާ އެމީހުނަށްވެސް ގުޅާބަލަ. މަގޭ ދަރި!" އަމީންއަށް އެވަގުތު ހަމަހޭވެރިކަން ވީ މުނީރާ ރޮއެގަތުމުންނެވެ.

އެ ހަނދާންތައް އާވުމާއި އެކީ އަމީންއަށް ދެލޯ މަރާލެވުނެވެ. މިއިން ދުވަހަކު އޭނާގެ އަމިއްލަ ނަފްސަށް މަޢާފް ދެވޭނެކަމެއް އަމީން އަކަށް ނޭނގެއެވެ. އޭނާ ދެލޯ ހުޅުވާލީ އޭނާގެ އަތްތިލަ މަތީގައި މުނީރާގެ އަތް ބާއްވާލުމުންނެވެ. މުނީރާ ހިތި ހިނިތުންވުމެއް ހަދިޔާކޮށްލި ގޮތުން އޭނާ އަމީންއަށް ހިތްވަރު ދެނީކަން އަމީންއަށް ދެނެގަނެވުނެވެ.
އެހެނަސް އަމިއްލަ އެދުމަށްޓަކައި މިއޮށް ހުރިހާ ދުވަހު އޭނާގެ ބަލި ދަރިފުޅަށް ދެވުނީ އަނިޔާކަން އަމީންއަށް އެ އިޙްސާސްވީ މާ ލަހުންނެވެ. އޭނާއަށް އަމިއްލަ ނަފްސު ކުށްވެރިކުރުން މުޅި އުމުރުދުވަހަށްވެސް ދެން ހުއްޓުވޭނެކަމެއް ނޭނގެއެވެ.

ފަތިހު ހޭލައިގެން އުޅުނު ޝާޔަންއަށް އޭނާގެ އެޕާޓްމެންޓްގެ ހަތަރުފަރާތުން ބޭރުގައި ހިނގާދިޔަ އެއްވެސް ކަމެއް ރޭކައެއް ނުލިއެވެ. ފަތިސް ނަމާދުކޮށްލައިގެން ހެނދުނުގެ ޒިކުރުތައް ކިޔަން އޭނާ އިނީ އަރަމުން އަންނަ އިރުގެ އަލިކަން އެހެން އިމާރާތްތަކަށް އެޅޭ މަންޒަރަށް ބަލަހައްޓައިގެން އާ އުއްމީދުތަކަކާއި ހުވަފެންތަކަކަށް ހިތް އެދި ގޮވާ ޙާލުގައެވެ.
ސްކޫލަށް ދިޔުމުގެ ކުރިން ގޭތެރޭގައި ކުރަންޖެހޭ މަސައްކަތްތަށް ކޮށްލާ، ފިލާވަޅުތަށް މުޠާލިޢާ ކުރުމުގައި ޝާޔަން މަސްއޫލުވިއެވެ. އެއަށްފަހު ސްކޫލަށް ދާ ގަޑި ކައިރިވުމުން ޔުނީފޯމު އިސްތިރިކޮށްލުމަށްފަހު އޭނާ ތައްޔާރުވާން ދިޔައެވެ.

އެދުވަހު ސްކޫލަށް ދިޔައިރުވެސް ޝާޔަންއަކަށް ކަމެއް ވެގެން އުޅޭހެންވެސް ހީނުވެއެވެ. އޭނާ އާދައިގެ މަތިން ހަމަޖެހިލައިފައި ގޮސް ކްލާހަން ވަނުމާއި އެކީ ކުދިންތައް ބަލަންފެށުމުން ޝާޔަންއަށް އުނދަގޫވިއެވެ. މީގެ ކުރިންވެސް އެމީހުން ދޭތެރެއަކުން އެހެން ކަންތައް ކޮށްފައިވާތީ އެއީވެސް ކޮންމެވެސް ވާހަކައެއް އަޑުއިވިގެން ބަލާ ބެލުމެކޭ ޝާޔަންގެ ހިތަށް އެރުމުން އޭނާގެ ހިތް ވަރުބަލިވިއެވެ. އޭނާއާއި ގުޅިގެން މިހެން އުފެދޭ ދޮގު ވާހަކަތަކާއި ހަނގުރާމަކުރަން ޖެހޭނީ ކިހާ ދުވަހެއް ވާންދެން ބާވައޭ ޝާޔަންގެ ހިތް ސުވާލުކޮށްލިއެވެ.

އެންމެ ފަހުން ނީންދެވިގެން ޝާޔަން ސުވާލުކޮށްލިއެވެ. "ކަމެއް ވީތަ؟ މުދައްރިސަކު އަހަރެން ބޭނުންވެގެން އައިސް ހޯދީތަ؟" ޝާޔަން ރީތިކޮށް އެކުދިންދާ ސުވާލުކޮށްލީ އެމީހުންގެ މޫނުމަތިން ފާޅުވޭވޭ ހުރި އަސަރުތަކުންނެވެ. އެކުދިންގެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމުގެ އަސަރުތައްހެން ހީވާތީއެވެ.

"ޝާޔަންއަށް ނޭނގޭތަ ނަބްހާން ހޮސްޕިޓަލްއަށް ގެންދިޔަކަން؟" ކުއްޖަކު ޢާންމުކޮށްލި ޚަބަރާއިއެކީ ޝާޔަންއަށް ވަގުތުން ހުއްޓުން އެރިއެވެ. ނަބްހާން ހޮސްޕިޓަލަށް ގެންދިޔައީހެއްޔެވެ؟ އެއީ ކީއްވެގެން ހެއްޔެވެ؟ ނަބްހާންއަށް އަނެއްކާ ވަރަށް ބޮޑުކަމެއްވީހެއްޔެވެ؟ ޖެހިގެން އުޅޭ ގޭގަ ދެމީހުން އުޅުނަސް އެއްވެސް ކަމެއް އޭނާއަށް ނޭންގުމުން ޝާޔަންގެ ހިތް ދެރަވިއެވެ. އެކުވެރިޔާގެ ޙާލަތު އޭނާއަށް ނޭނގޭތީ އޭނާގެ ހިތް ހިތާމަކުރިއެވެ.

"މުޅި ޚަބަރުގަ އެބައޮތް އެ ވާހަކަ. ނައިބު ރައީސްގެ ދަރިކަލުން ނަބްހާން އަމީންގެ ހާލުކޮޅު ދެރަވެގެން ހޮސްޕިޓަލްގަ އެބަ ފަރުވާ ދެޔޯ." ފޯނަށް ބަލަމުން ކުއްޖަކު ބާރަށް އެބުނާ ޚަބަރެއްގެ ސުރުޚީ ކިޔާލިއެވެ. އެއާއި އެކީ އޭނާގެ ހިތް ބާރުބާރަށް ތެޅެންފެށީ ބިރެއް ފެނިގެން މީހަކު ހާސްވުމުން ހިތުގެ ތެޅުން އަވަސްވާ ފަދައިންނެވެ. އޭނާ ނަބްހާންއަށްޓަކައި ކަންބޮޑުވެވުނީ އިންތިހާއަށެވެ. އެކުވެރިޔާއަށް ދެރަގޮތެއް ވާކަށް އޭނާ ކުޑަކޮށްވެސް ބޭނުމެއް ނޫނެވެ. ޝާޔަން އޭނާގެ ގޮނޑީގައި އިށީނދެލައިގެން އިނީ ކޮންމެހެން އިންނަ ހިތަކުން ނޫނެވެ. ދެންމެ ދެންމެ ދުއްވައިގަނެގެން ދާންވެސް އޭނާގެ ހިތަށް ދޭތެރެއަކުން އަރައެވެ. އެހެނަސް ސްކޫލުގެ ގަވައިދު އޭނާގެ އެ ޚިޔާލަށް ހުރަސް އަޅާނެކަން ކިތަންމެ ރަނގަޅަކަށްވެސް ޝާޔަންއަށް އިނގުނެވެ.

ހޮސްޕިޓަލަށް ގޮސްގެން އޭނާއަށް ކުރެވޭނެ ވަކި ކަމެއްވެސް ނޯންނާނެކަން ޝާޔަންގެ ހިތް އޭނާއަށް ހަނދާންކޮށްދިނުމުން އޭނާ މަޑުން އިނެވެ. ސެޝަން ނިމެންދެން އެހާލެއްގައި އޭނާ އިނީ ކެތްތެރިކަން ކިރިޔާ ކޮޅުން ނުލައެވެ.

ނަބްހާން ޖަވާބެއް ނުދޭނެކަން އެނގި ހުރެވެސް ހުސްވަގުތެއް ލިބުމުން ނަބްހާންގެ ފޯނަށް ޝާޔަން މެސެޖެއް ކޮށްލިއެވެ. އޭނާގެ ހިތް ސުވާލުތަކުން ފުރި ބާރުވެފައި ވަނީ އެތަށް ޒަމާނެއް ވާންދެން ފެންފޮދެއް ނުލިބޭ މީހަކު ފެނަށް ކަރުހިއްކައިގަނެފައިވާ ފަދައިންނެވެ. އިރުއިރުކޮޅާ އޭނާއަށް ފޯނު ބެލެމުން ދިޔައީ ޖަވާބެއް އައިސް އިންތޯ ބެލުމަށެވެ. އެހެނަސް އެކަން ވީ ފޫނެއްފަޔަށް ފެން ފުރުން ކަހަލަ ކަމަކަށެވެ.

އެންމެފަހުން އެދުވަހު ހަވީރު ސެޝަން ނިންމުމަށްފަހު ގެއަށް އަންނަން ދަބަސް ކޮނޑުގަ އަޅުވާލަމުން ފޯނު ހުޅުވާލި ވަގުތު ނަބްހާންގެ ނަންބަރުން މެސެޖެއް އައިސް އިންތަން ޝާޔަންއަށް ފެނުނެވެ. އޭނާގެ ދެލޯ ބޮޑުވެގެން ދިޔައިރު ގޮނޑީގައި އިށީނދެވުނީ ބޭއިޚްތިޔާރުގައެވެ. ދެއަތް ތުރުތުރު އަޅާ ޙާލު ބާރުބާރަށް ތެޅިތެޅި އޮތް ހިތަކާއި އެކީ ޝާޔަން އެ މެސެޖު ހުޅުވާލިއެވެ. ބިރުވެރި ޚަބަރަކަށް އެ މެސެޖު ނުވުން އެދި ހިތާއިހިތުން ދުޢާ ކުރާ ޙާލުއެވެ.

    Please log in or register to bookmark.
    926

    ޚިޔާލު

    Your email address will not be published. Required fields are marked *

    Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
    Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy