ސްކޫލުގެ މައި ދޮރާށިން ނިކުމެގެން އައި ނަހަރް އާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ ނޫރާން ދައްކަމުން ދިޔައީ އެރަށުގެ އުތުރުގައި އޮންނަ ތުނޑިއަށް ދިޔުމުގެ ވާހަކައެވެ. އެދެކުދިންގެ މުނުމަތިން ފެންނަމުން ދިޔައީ ހިނިތުންވުމާއި އުފާވެރިކަމުގެ ކުލަވަރެވެ.
" އަހަރުމެން ދަތުރަކު ނުދާތާ ކިހާ ދުވަހެއް. އެންމެ ފަހުންވެސް ދަތުރަކު ދެވުނީ ކުރީ އަހަރު ސްކޫލްގެ ފަރާތުން. ނަސީބެއް މަންމަމެން ދަތުރުދާން އެއްބަސްވިކަން" ނޫރާން ބުންޏެވެ." ދެން ދަނީ" ނަހަރްގެ މަންމަ ނަހަރް ބަލާ އައިސް ހުރުމުން އަވަހަށް މަންމަ އާއެކު ދިޔައެވެ. ނޫރާންވެސް ބަލާ އައިސް ހުރުމުން ގެއަށް ދާން ހިނގައިގަތެވެ.
ނަހަރް އަށް ގެޔާއި ހަމަޔަށް އާދެވުނުއިރު މެންދުރު ގަޑިން ބާރަގަޑި ބައި ވަނީއެވެ. ގެއަށް އައި އިރު ބަނޑުހައި ވެފަ ހުރި ވަރުން ފެންވަރައިގެން އައިސް ކާކޮޓަރިއަށް ވަނެވެ. ކާން ހަދާފައި ހުރީ ރޮށްޓާއި ރިހައާއި ކަމުން މާގިނައިން ކާކަށް ނަހަދައެވެ. ކައި ނިމިގެން ނަހަރްގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދަތުރުދާން ދަބަސް ތައްޔާރު ކުރަން ފެށިއެވެ. ދަބަސް ތައްޔާރުކުރުމުގެ ތެރޭގައި ދަބަހުގެ އަރިމަތީގައި އޮށް ކަރުދާސް ގަނޑު ނަގައި ގުޅަކޮށް ކުޑަދޮރުން ބޭރަށް އުކާލިއެވެ. އުކާލި ކަރުދާސް ކޮޅު ގޮސް ޖެހުނީ ގަހެއްގެ ގޮފީގައި އަޅާފައި ހުރި ރަތް މަލެއްގައެވެ. އެއާއެކު ބޭރުން އިވިގެން ދިޔައީ އަންހެނެއްގެ ހަޅޭކުގެ އަޑެވެ. ހަޅޭކުގެ އަޑައް ލިބުނު ސިހުމަށް ނަހަރު ބޭއިޙްތިޔާރުގައި ކުޑަ ދޮރުން ބޭރު ބަލާލެވުނެވެ. ބޭރުގައި މީހަކު ފެންނަން ނެތުމުން އެނދުގައި އިށީންދެ ފޯނުނަގައި ނޫރާންއަށް ގުޅާލިއެވެ.
ރިންގް…ރިންގް … "ހަލޯ" ފޯނު ނެގުމަށްފަހު ނޫރާން ވާހަކަ ދެއްކި އެވެ."މަ މިހުރީ ތައްޔާރަށް.ހައު އެބައުޓް ޔޫ؟"ނަހަރް ބުންޔެވެ."މަވެސް ތައްޔާރު.ޔޫ މިގެއަށް އަވަހަށް އާދޭ.މަގޭ ބޭބެ ވެސް ހުރީ ތާއްޔާރަށް". ނޫރާން ކެއްމަދު ވެފައި ހުރެ ބުންޏެވެ. " އާ މިދަނީ ، މަގޭ ދައްތަވެސް ގޮވައިގެން އެބަ އަންނަން" މިހެން ކިޔާ ފޯނު ބާއްވާލިއެވެ. ކުއްލިއަކަށް ނަހަރުގެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖަހާލިއެވެ.އްލިއަކަށް ނަހަރްގެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހާލިއެވެ…
ނަހަރް މަޑުމަޑު ހިނގުމެއްގައި ގޮސް ދޮރު ހުޅުވާ ބޭރަށް ބޯ ދިއްކޮއްލިއެވެ. އެކަކުވެސް ފެއްނާކަށް ނެތެވެ. އެހެންކަމުން ދޮރު ލައްޕަން ދޮރުގައި ހިފައިލިއެވެ. އެވަގުތު ނަހަރްގެ ދައްތަ ސަހަރް ދޮރުން އެތެރެއަށް ބޯ ކޮއްޕާލިއެވެ. " ހޭ ސިސް ހިނގާ ދާން" ސަހަރް އުފަލުން ބުނެލިއެވެ. "އޯކޭ، މަ ރެޑީ ހިނގާ ދާން ނޫރާން ހުއްނާނެ ލަސްވެގެން" ނަހަރް ދަބަސް ނަގައިގެން ގެއިން ބޭރަށް ހިނގައިގަތެވެ.
ދެކުދިންއަށް ނޫރާން މެންގެ ގެއަށް ދެވުނު އިރު ގަޑިން އެއްގަޑި ސާޅީސް ދޭ ވީއެވެ. " ހޭ ޔޫ ގާއިސް ލެޓްސް ގޯ " ސަހަރް ގޮވާލާފައި ބުނެލިއެވެ. ނޫރާން އާއި އޭނާގެ ބޭބެ ޖޯލީގައި ތިބެ ސަހަރް ގޮވާލުމުން ދަބަސް ނަގައިގެން އެކުދިންނާ އެކު ތުނޑިއަށް ދާން ހިނގައިގަތެވެ. " އޭ އިނގޭތަ މަށަށް ވަރަށް އާދަޔާޙިލާފު ކަމެއް ވެއްޖެ. މީގެ ވިއްސަކަށް މިނެޓް ކުރިން މަ ދަބަސް ތައްޔާރު ކުރަން ހުރެ ދަބަހުގެ އަރިމަތީގައި އޮތް ކަރުދާސް ގަނޑު އުކާލުމާއެކު އަންހެނެއްގެ ހަޅޭކުގެ އަޑު އިވުނު ،މަ ދިޔައީ ސިއްސައިގެން، ވަރަށް ބިރު ގަތް " ނަހަރް ކަންތައް ވީގޮތް ވަރަށް ރަނގަޅަށް ނޫރާން އާއި މައިސާން އާއި ސަހަރް އަށް ކިޔައިދިނެވެ. " ހެހެ، އަނެއްކާ ޖިންނިއެއް ގައިގަ ޖެހީތަ؟ " މޫނަށް ގޮތެއް ހަދައިލަމުން ސަމާސާގެ ރާގަކަށް ނޫރާން ބުނެލިއެވެ. " އެއީ ތެދެއް " ނޫރާން އާއި އެއްބައިވުމުގެ ގޮތުން މައިސާން އާއި ސަހަރް ބިރުވެރި ގޮތަކަށް ބުންޏެވެ. " ކަލޭމެންވެސް ދޯ، މަ ބިރު ގަނުވަންވެގެން، މިރޭ ބިރުގަނެއްޖެއްޔާ މަ ނޫރާންގެ ގައިގަ އޮޅިލައިގެން ނޫނީ ނުނިދާނަން " ކުޑަ ކޮށް ބިރު ހީވާތީ ނަހަރް ބުނެލިއެވެ.
" އޭ މިދެވުނީ، އަވަހަށް ޓެންޓުތައް ޖަހަން އުޅޭ، މަށާއި ނަހަރް އެއް ޓެންޓެއްގައި، ދެން ބޭބެ އާއި ދައްތަ ވަކި ޓެންޓް ގެނައެއްނު،ބޭބެ ނޫ ޓެންޓްގައި އޮވޭ ދައްތަ ރަތް ޓެންޓްގައި އޮވޭ، މަށާއި ނަހަރް ފިޔާތޮށި ޓެންޓްގައި ނިދާނަން" ނޫރާން އިސްނަގައިގެން ޓެންޓްތައް ބަހައިލިއެވެ. " އެންމެ ރަނގަޅު ، އަވަހަށް ފަށަމާ " ނޫރާން އާއި އެއްބައިވެލަމުން މައިސާން ބުނެލިއެވެ.
ޓެންޓްތައް ޖަހައި ދަރު ހޮވައި ގެނައި ތަކެތި ތަރުތީބުކޮށް ކައި ނިމުނު އިރު ގަޑިން ހަތަރު ގަޑި ފަންސާސް ވަނީ އެވެ. " މިގަޑީގައި ދެން މޫދަށް އެރުނަސް އެންމެ ރަނގަޅު ހަޔެއް ޖަހަންވާ އިރަށް މޫދުން ފައިބަންވާނެ" ސައި ތަތްޓެއް ބޯން ހުރެފައި ސަހަރް ބުނެލިއެވެ.
މޫދުގެ ތެރޭގައި ސަކަރާތް ޖަހާ މަޖާ ކުރަނ ތިބި ނަހަރް އާއި ނޫރާން އާއި މައިސާން އަށް ގަޑި ހިނގާ ވަރެއް ވެސް ނޭނގެއެވެ. މިހެން ކުޅެ މަޖާ ކުރަން ތިއްބާ ނަހަރް ގެބެން ފެށިއެވެ. އޭނަ އަށް ހީވަނީ މީހަކު އޭނަގެ ފައި ގައި ހިފައި އަޑިއަށް ގެންދަނީހެންއެވެ. އޭނައަށް ވާނުވާ ނޭނގެއެވެ. ކުއްލިއަކަށް ނަހަރް ކަންފަތުގައި އަޑެއް ޖެހުނެވެ. އެ އަޑު ބުނީ " އަހަރެން ކަލޭގެ ފަރާތުން ބަދަލު ހިފާނަން " މިހެނެވެ.
ނިމުނީ!
ކީކޭތަ މި ކިޔެނީ....
ހަހަހާ މި ކޯއްޗެއް ތަ އަޅެ!🤣ވާހަކަ ލިޔަން ދަސް ކުރޭ ފުރަތަމަ
ވާހަކާ ގެ ނަމާ ހާދިސާ އާ ގުޅުމެއް ނެއް ،🤣
މިއީ އަޅުގަނޑު ލިޔުނު ވާހަކަ އެއް ދެޓްސް ނޮޓް ފެއާރ. ވަރަށް ބުރަ މަސައްކަތުން ލިޔުނު ވާހަކައެއް. ޔޫ ކާންޓް ޖަސްޓް ކޮޕީ އިޓް ދޯ. އެއީ މަނާ ކަމެއް އަދި އަޅުގަނޑު ކައިރިން ހުއްދައެއް ވެސް ނުހޯދަމެއްނު.އަސްލުވެސް ވަރަށް ދެރަ ވެއްޖެ 😔
މިއީ ކޮންކަހަލަ ވާހަކައެއް 😂😂😂
ޙާދަ ކުރޭ ވާހަކަ، ތަންކޮޅެއް ދިގުނަމަ ރީތިވާނެ !!!