6 ޖެހުމުގެ ކުރިން ފިލާވަޅު ހަދާ ނިމުމުން ޖައްސާލީ ކުޑަކޮށް އަރާމުކޮށްލާށެވެ. ނިދޭ ގޮތް ވުމުން އަވަހަށް ތެދުވީ ގަޑިއަށް ދެވޭ ގޮތް ނުވެދާނެތީއެވެ. ތެދުވެގެން އަހަރެން ދިޔައީ އެއްޗެއް ކެއުމަށްޓަކައެވެ. ކައިގެން ކޮޓަރިއަށް ވަދެވުނު އިރު މަޣްރިބް ނަމާދަށް ބަންގި ގޮވައިގެން ގޮސްފިއެވެ. ނަމާދުކޮށްލައިގެން އާދައިގެ މަތިން ވާހަކައެއް ކިޔާލަން އިއްތާލީމެވެ. އިޝާއަށް ގޮވުމުން އަހަރެން އަވަހަށް ނަމާދުކޮށްލީމެވެ. ނަމާދުކޮށްގެން ސުކޫލަށް ދާން ތައްޔާރުވާން ފެށީމެވެ. ހަމަޖެހިލައިގެން ތައްޔާރު ވެވޭނީ އޭރުންނެވެ. ތައްޔާރުވާން ހުއްޓާ މީހަކު ބެލް ޖަހާލި އަޑު އިވުނެވެ. ކާކު ބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. ނަމަވެސް އަހަރެން އެއްވެސް ބިރެއްނެތި ގޮސް ދޮރު ހުޅުވާލި ހިނދު ދޮރު ކުރިމަތީގައި ހުރި މީހަކު އަވަހަށް އެތެރެއަށްވަދެ އަހަރެން، ފާރުގަ ޖެއްސުމަށްފަހު އަހަރެންގެ އަނގަމަތީގައި އަތްއެޅިއެވެ. އެ އެޕާޓްމަންޓުގައި އުޅެނީ އަހަރެން އެކަނި ކަމުގައި ވުމުން އަހަރެން ބިރުގަތެވެ. އަހަރެންނަށް އެމީހަކު އެނގޭ ހެން ހީވިއެވެ. އެއީ ޒުވާން ފިރިހެނެކެވެ. އެ ޒުވާނާގެ އެ ހަރަކާތް ތަކުން ވެސް އަހަރެންގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. ނަމަވެސް އިރުކޮޅަކުން އެ ޒުވާނާ ރަނގަޅަށް ފެނުމުން އަހަރެންގެ ހިތް ހުއްޓުން ކަހަލައެވެ. އަހަރެންނަށް ކުރެވުނީ ކުންހީ އެއް ކަމަށް ހީކޮށް ޔަގީން ކުރުމަށް ރަނގަޅަށް ދެލޯ ލައްޕާ ބާރުކޮށްލުމަށްފަހު ހުޅުވާލީމެވެ. ނަމަވެސް މަންޒަރު ނޫނީ ކަިރީގައި ހުރި ސޫރަ އެއް ބަދަލެއް ނުވެއެވެ. އެއީ މި އިމާރާތުގައި މި ފަންގިފިލާގެ މައްޗަށް އިންނަ ފަންގިފިލާގައި އުޅޭ އަހަރެންގެ އަވަށްޓެރިއެއްގެ ހަޔާތުގެ ބައިވެރިޔާއެވެ. “މޭމް… އައި އޭމް ސޮ… ސޮރީ… އައި ތޯރޓް… މމމމ ސޮރީ… ބައި” އެ ޒުވާނާ އާ ގަންނަމުން ބުނެލިއެވެ. “ހެހެ… އިޓްސް އޯކޭއި… މމ ބައި” އަހަރެން މާފު ގަބޫލު ކޮށްފީމޭ ބުނެވުނީ މަޖާ ރާގަކުންނެވެ.
އެ ގޮތުގައި އަހަރެންނަށް ހުރެވުނީ މަޖާ ވެފައެވެ. މޮޔައެއް ފަދައިންނެވެ. މޮޔައިން ތިބޭ ކޮށީގަ ތިބޭ މީހުން ކުރާ ކަމަކުން މީހަކަށް ހޭ ވަރަށް ވުރެން ބޮޑަށް އަހަރެންނަށް ހެވުނެވެ. ނަމަވެސް އެހެން ހުރެވެޭކަށެއް ނެތެވެ. ކިލާހަށްދާ ގަޑި ޖެހެނީއެވެ. ލަމް މިހާރު އަންނާނެ ކަންނޭނގެއެވެ. އަވަހަށް ފޮތްތައް ހިފައިގެން ބޭރަށް ނުކުމެފަ ހުންނާކަށް ވެސް ނުޖެހުނެވެ. ލަމް އަހަރެންނާ އަރާ އެ ހަމަ ކުރީއެވެ. ހަމަޖެހިލައިގެން އަހަރެމެން ދެމީހުން ދިޔައީ މިނިވަން ކަމާއި އެކުގައެވެ. ދުނިޔޭގައި ހަމަ އެކަނި އަހަރެމެން ދެމީހުން ވާ ކަހަލައެވެ. ވާނީވެސް އެހެންތާއެވެ. އެހާމެ މަޑު މައިތިރި ރެއެކެވެ.
ސުކޫލު ތެރެއަށް ވަދެވުނީ ހަމަ ރަނގަބީލުގެ އަޑާއެކުގައެވެ. ހަމަ ގަޑިއަށް އާދެވުނުކަން އެއީ ނަސީބެކެވެ. ދުވާލު ގަޑިއެކޭ އެއްފަދައިން މިރޭގެ ގަޑީގައިވެސް އެހެން ކަމެއް ކުރާކަށް ވަގުތެއް ނުލިބެއެވެ. އެހާމެ ބުރައެވެ. އެހެން އިންދާ އިވިގެން ދިޔައީ ނިމޭ ގަޑި އަންގައިދޭ ބެލުގެ އަޑެވެ. ނަސީބު ކަންދިމާކުރި ގޮތުން އަހަރެންނަށް ހުރިހާ ފިލާވަޅެއް ހަދާ ނިންމާލެވުނެވެ.
ސުކޫލުގެ މައި ދޮރާށިން ނުކުމެގެން އަހަރެންނާއި ލަމް ހިނގަމުން މިދަނީ ގެއަށް ދިއުމަށްޓަކައެވެ. ގަޑި ބަލައިލި ހިނދު ހިތް އަތަށް އައި ފަދައެވެ. ދެޟިހުންގެ ހާލަކީ ވެސް ހަމަ އެއް ހާލެކެވެ. މިހާރު ގަޑިން 10 ޖަހަނީއެވެ. 10 ޖަހާކަށް މާ ގިނަ އިރުތަކެއް ދެނެއް ނެތެވެ. އަވަހަށް ގެއަށް ދިއުމަށް މިސްރާބު ޖެހީ ހެނދުނު ސުކޫލަށް ދާޏް ޖެހޭކަން އެނގޭތީއެވެ.
ވަރަށް އަވަސް އަރުވާލައިގެން ގެއަށް ގޮސް އެއްޗިހި ބަދަލުކޮށްގެން ހަމަޖެހިލެވުނު އިރު ގަޑިން 10:30 ވާން އުޅެއެވެ. އަހަރެން ވަގުތުން ވައިބަރުން އަނީމަށް ގުޅީމެވެ. އަދި މާދަން ސުކޫލަށް ދާން ޖެހޭތީވެ ވާހަކަ ދައްކަން ނުހުރެވޭނެ ވާހަކައާއި ނިދަން ބުނީމެވެ. އާއެކޭ ބުނެ އެކަކު އަނެއްކަކަށް ސާދާ އުޖާލާވީ ބަސް ތަކެއް އިއްވުމަށްފަހު ނިދުމަށް ފޯނު ބޭއްވީމެވެ.
ނިމިގެން ދިޔަ 9 އަހަރުވެސް ދިޔައީ އެހެންމެ ހަމަ ވަރަށް ބުރަކޮށެވެ. ކިޔެވުން ނިމޭކަށް މާ ގިނަ ދުހެއް ދެނެއް ނެތެވެ. މިހާރު އަހަރެމެން އެންމެން މި ތައްޔާރުވަނީ އެންމެ ބޮޑު އިމްތިހާނަށެވެ. ކިލާސް ޓެސްޓްތަކުން އެންމެ މަތިން މާކުސް ނެރެވުނީ އަހަރެންނަށް ކަމަށްވުމުން ވަރަށް ގިން އެކުވެރީންނާއި ޓިީޗަރުންވެސް އަހަރެންގެ ނަތީޖާއަށް އުންމީދު ކުރެއެވެ. ވާނެ ގޮތެއް އެކަކަށް ވެސް ނޭނގެއެވެ.
“ގުޑް މޯރނިންގ ގާރލްސް…. ޓުޑޭ ވީ އާރ ޓޭކިންގ އަވަރ ލާސްޓް ޓެސްޓް.. ޔާރ… އަވަރ ބިގް ޓެސްޓް… އޯލް ދަ ބެސްޓް ގާރލްސް….ޓެސްޓް ސްޓާރޓްސް ނައު…. ޝޝޝޝޝޝޝ” ޓީޗަރަކު ބުނެލިއެވެ. އެއާއެކު އަހަރެމެންގެ ޓެސްޓު އަހަރެމެން ފެށީމެވެ. ބިސްމިﷲ!
ޓެސްޓު ނިމިގެން އެންމެން ސުކޫލުން ނުކުމެގެން ދިޔައިރު އކި މީހުންގެ މޫނުން ފެންނަނީ އެކި މަންޒަރުތަކެވެ. ނަމަވެސް އަހަރެންގެ މޫނުގެ މަންޒަރު ކިތަންމެ ހާވެސް ރަނގަޅެވެ. އުންމީދަކީ އެންމެ ރަނގަޅު މާކުހަކުން ނަތީޖާ ނެރޭށެވެ. މާދަމާ ނަތީޖާ ލިބޭނެ ކަމަށް ޓީޗަރު ބުނިކަމަށް ލަމް ބުނުމުން އަހަރެންގެ ހިތް އިންތިހާ ދަރަޖައަށް ތެޅެންފެށި ނަމަވެސް ފާސްވާނެ ކަމުގެ އުންމީދު ކިތަންމެހާ ވެސް ބޮޑެވެ. އެންމެން ވެސް ތިބީ ނަތީޖާއަށް އެދި އެދިއެވެ. ބަނޑަށް ޖެހިފައިވާ ފަގީރުން ތަކެއް ކާއެއްޗަކަށް އެދޭ ފަދައިންނެވެ. އެގޮތް މިގޮތުގަ ކިލާސް ހުރިހާ ކުރިން އެއްކޮށް ދުވަސް ނިންމާލިއެވެ.
ޖެހިގެން އައި ދުވަހެވެ. އަހަރެމެން އެންމެން ސުކޫލަށް ދިއުމަށް ނިންމީ އެއްކޮށެވެ. އާއެކެވެ. އިއްޔެ އެއްކޮށް އުލުނު ކުދިންތަކާ އެކުގައެވެ. ކުދިންތައް ތިބީ އެންމެން އެއްކޮށް ނޫނީ ނަތީޖާ ނުބެލުމަށް ނިޔަތް ގަނެގެން ކަހަލައެވެ. އާއެކެވ. އެކަކު ވެސް އެ ގަނޑެއް ނުބަލައެވެ. ނަމަވެސް އެންމެންނަށް ނަތީޖާ ލިބުމުން ގުނުމަށްފަހު އެންމެންގެ ގަނޑު ބަލައިލިއެވެ. އެއްބަޔަކު އުފަލުން ނަށަނީއެވެ. އަނެއް ބަޔަކު ބަސް ހުއްޓިފަ ޖެހި ބުދެއް ފަދައިން ހުއްޓުން އަރާފަ ހުރިއެވެ. ދެން ތބި މީހުން އަޑުން އަޑު ނަގާފަ ރޮނީއެވެ. އަހަރެންގެ ނަތީޖާ ފެނިފައި އަހަރެންނަށް ހުރެވުނީ ބަސް ހުއްޓިފައެވެ. ލަމްއަށް ވެސް އަހަރެންގެ ނަތީޖާ ފެނުމުން ވީ ހަމަ އެވަރެވެ. އާށޯޙު ވެފައި ހުރެވުނީ ބުނާނެ އެއްޗެއް ވެސް ކަންތައް ކުރާނެ ގޮތެއް ވެސް ނޭނގިފައެވެ.