ފުރަން ވަންނަ ގަޑި ޖެހިއްޖެއެވެ. ބޭނުން ނުވި ނަމަވެސް ވަގުތު އަހިސް ޖެހިއްޖެއެވެ. އަނީމަށް ސަލާމްކޮށް އެކޮޅަށް ދެވުނުހާ އަވަހަަށް ވައިބަރުން މެސެޖު ކުރާނަމޭ ބުނެ ދިޔައީމެވެ. ދެމީހުންނަށް ރޮވުނެވެ. އެތަކެއް ލޯބީގެ ވައުދާ އަހުދެއް އުފަން ކުރި ތަން ދޫކޮށް އަހަރެން މިދަނީ އަހަރެންގެ ޒަވާޖީ ހަޔާތަށް ޓަކައެވެ. އަހަރެންގެ ދެން ކުރިއަށް އޮތް ހަޔާތަށް ޓަކައެވެ. މިއަދަކީ އުފަލުން ވެސް އަހަރެންނަށް އެންމެ ގިނައިން ރޮވުނު ދުވަހެވެ. އެހެން ގޮތުންވެސްމެއެވެ. ވާނީމެސް އެހެންތާއެވެ. އެންމެ ކުރިން ފެށިގެން އަހަރެންގެ ހުވަފެން ހާސިލް ވުމަށް މަގުފަހިވި ހިނދު އަހަރެން މިދާން ޖެހެނީ އަހަރެން އެންމެ ލޯބިވާ މީހުން މި ފަސްގަނޑަށް ދޫކޮށްލާފައެވެ. މީހުން އެ ކިޔަނީ ހަމަ ތެދެކެވެ. އެއްޗެއްގެ ނުވަތަ މީހެއްގެ މުހިންމުކަން އެނގޭނީ އެ އެއްޗެއް ނުވަތަ މީހެއް ގެއްލުނީމައެވެ. އަހަރެންނަކަށް ނުއެއް ގެއްލެއެވެ. ނަމަވެސް ގެއްލުން ފަދައެވެ. އެންމެން ދޫކޮށް އަހަރެން މިދަނީ އެތަށްހާސް މީޓަރު ދުރަށެވެ. މިފަދަ ދަނޑި ވަޅެއްގައި ދެރަ ނުވާނީ ކާކު ހެއްޔެވެ؟ އަހަރެންގެ މަންޒިލަށް ދަތުރު މި ފެށީއެވެ. “ބިސްމިއްލާޙް”
އަހަރެންގެ ދަތުރު ނިމިގެން އަހަރެންގެ ހަޔާތް އާރާސްތުކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅަކީ މިއީއެވެ. ކިޔެވުމުގެ މަރުހަލާއެވެ. އަހަރެންގެ އުންމީދަކީ، އާއިލާ އެންމެން އެދޭފަދަ ރަނގަޅު ދަރިއަކަށް ވުމަށެވެ. ހަމަގައިމު ވެސް އާއިލާ އެންމެންނާއި އެކުވެރިން ވަރަށް ހަނދާން ވާނެއެވެ. ނަމަވެސް ކިޔެވުމަށް ބޮޑަށް އިސްކަން ދީގެން އުޅެފިނަމަ ފައިދާ ވާނީ އަހަރެންނަށެވެ. އަދި އުފާ ވާނެ ބަޔަކުވެސް ހުންނާނޭކަން ހަމަ ކަށަވަރެވެ.
“ގުޑް މޯރނިން ގާރލް” އަހަރެން އަހަރެންގެ އަމިއްލަ ނަފުސަށް ބާއްޖަވެރި ހެނދުނަކުން މަރުހަބާ ކިޔާލީ އުންމީދު ތަކަކާއި އެކުގައެވެ. އަހަރެން މެޑިސިން ކިޔެވުމަށް ހަމަ ޖެހިފައިވާ ސުކޫލަށް ވަދެގެން ގޮސް އަހަރެންގެ ކިލާހުން ގޮނޑިއެއްގަ އިށީނދެލީމެވެ. އަދި ދުވަހުގެ ކިޔެވުމަށް ތައްޔާރުވެ ކިޔެވުން ކުރިއަށް ގެންދިޔައީމެވެ.
އަހަރެން ހީކުރިފަދައިން ފުރަތަމަ ދުވަހުގެ ގަޑި ވެސް ދިޔައީ ނުހަނު ބާރުބޮޑުކޮށެވެ. ރަށު ސުކޫލުގައި ކިޔަވަން ފަށާ ފުރަތަމަ ދުވަސް ވަރަށް ހަނދާންވި ނަމަވެސް ކުރާނީ ކިއެއް ހެއްޔެވެ؟ މިއަދު ކުރެވެން އޮތް ކަމަކީ މިތަނުގައި ރަނގަޅު ނަތީޖާއެއް ހޯދުމެވެ. އަހަރެންގެ އުންމީދަކީ ވެސް އެއީ އެވެ. ރާއްޖެ ކުދިން މަދުވި ކަމުގައިވީ ނަމަވެސް އެތަކެއް ކުދިން ތަކެއް އުޅެއެވެ. ރާނީ ކުޅަނދުރަށް އެއްފަހަރާ ލިބޭ ކުދިން ފަދައިން އެތަނުގައި ވެސް އެހާމެ ކުދިން ގިނަވެފައި އެކުވެރިއެވެ. ކިލާހުން ވަރަށް ރަނގަޅު ރަނގަޅު ކުއްޖަކާ ދިމާވިއެވެ. އެއީ ރާއްޖެ ކުއްޖެކެވެ. ކަން ދިމާވި ގޮތުން ދެމީހުންގެ ގެ ވެސް ހުންނަނީ ވަރަށް ކައިރީގައެވެ. ވަރަށް އަވަހަށް ދެމީހުންގެ ގުޅުން އެކުވެރިކަމުގެ ގުޅުމަކަށް ވެގެން ދިޔައެވެ. ހީވެސް ނުކުރެވެއެވެ. އެ ކުއްޖާގެ ނަމަކީ ލަމްއާ އެވެ. ކުރުކޮށް ކިޔައި އުޅެނީ ލަމް އެވެ.
ސުކޫލުގެ ފުރަތަމަ ދުވަސް ނިމިގެން ދިޔައީ އެތަކެއް ފިލާވަޅު ތަކެއް ގޭގައި ނިންމަން ވެސް ހަވާލު ކޮށްފައެވެ. ކިލާހުގައި ހަމަޖެހިލާނެ އެންމެ ސުކުންތު ކޮޅެއް ވެސް ނުލިބެއެވެ. ސުކޫލު ނިމުނު އިރު ގަޑިން 3 ޖަހަނީއެވެ. އަހަރެންނަށް އަވަސް އަރުވާލައިގެން އުޅެފަ ނޫޅެވުނު ގޮތެއް ވެސް ނޭނގުނެވެ. އެހާ އަވަސް އަރުވާލައިގެން އަހަރެން އުޅުނީ ކީއްވެގެން ބާ ވައޭ އެހެން މީހުންގެ ގާތަށްވެސް އަރާނެކަން ހަމަ ޔަގީނެވެ. ނަމަވެސް އަހަރެންގެ އެއްވެސް މައްސަލަ އެއް ނެތެވެ. އަހަރެން އަވަސް އަރުވާލައިގެން އުޅުނީ މެންދުރު ނަމާދު ގެއްލި ދާނެތީއެވެ. އާއެކެވެ. ދުވަސް ދަނީ އެހާމެ ހަލުވި ކަމާއި އެކުގައެވެ.
އަހަރެން ގެއަށް ގޮސް މެންދުރު ނަމާދުކޮށް ނިންމާލެވުނީ ހަމަ ކިރިޔާއެވެ. އާއެކެވެ. އަސްރު ނަމާދަށް ގޮވީއެވެ. ބަންގި ގޮވާ ނިމުމުން އަހަރެން އަވަހަށް ނަމާދު ކޮށްލައިގެން ފޯނު ނަގާ ވައިބަރުން އަނީމަށް މެސެޖެއް ކޮށްލީމެވެ. އަދި މެސެޖު ކުރަމުން އަހަރެން އުޅުނީ ކާނެ އެއްޗެއް ތައްޔާރު ކުރާށެވެ. ސުކޫލުގައި ހުރެފައި ބުރޭކު ގަޑީގައި ކޭ އެއްޗިހީގެ އިތުރުނަ އަދި އެއްވެސް އެއްޗެއް އަހަރެން ނުކަމެވެ. އަހަރެން އަވަހަަށް ކައްކާލުމަށްފަހު އަނީމަށް ވާހަކަ ދެއްކުމަށް ހުސް ވެލީމެވެ. އޭރު ގަޑިން 4 ޖަހައިފާނެއެވެ. އަހަރެން އަނީމަށް ގުޅާލީމެވެ. ރިންގުވި ހެނެއް ހިއެއް ނުވެ އަނީމް ފޯނަށް ޖަވާބު ދިނެވެ. ހީވާ ކަހަލަ އަނީމް އެހުރީ އަހަރެންނަށް ވާހަކަ ދައްކާ ހިތުން ކެތް މަދުވެފައެވެ. އަހަރެންނަށް ކުރެވުނީ ކުށްހީ އެއް ނޫނެވެ. އަނީމްގެ ހާލަކީ އެއީއެވެ.
“އަނީމް….” ވާހަކައިގެ ތެރެއިން އަހަރެން އަނީމަށް ގޮވާލީމެވެ. ގޮވާލުމުން އަނީމް ވަރަށް ޝައުގާ އެކީ “ލައްބަ” އޭ ބުނެލިއެވެ. “ލޯންގް ޑިސްޓެންސް ރިލޭޝަނެއްގައި އަނީމަށް ހުރެވޭނެތަ؟” އަހަރެން އަނީމަށް ކޮށްލީ ސުވާލެކެވެ. “ޝައީ.. ތިހެން ނުބުނޭ… އަބަދުވެސް ހުންނާނަމޭ… ދުހާކުވެސް ޝައީ ނޫން މީހެއް ނޭދެން… އަބަދުވެސް އެދެވެނީ ޝައީ އާ އެކު އުފާވެރި ދިރި އުޅުމެއް އުޅެން” އަނީމް ބުނެލިއެވެ. އަނީމްގެ އެ ބަސް ތަކުން އަހަރެންގެ ހިތަށް ތީރު ތަކެއް ޖެހި ކަހަކަލައެވެ. އެ ބޭރު ކުރި އަސަރުގަދަވި ބަސް ތައް އަހަރެން ރޮއްވާލިއެވެ. ނަމަވެސް ދެތަވެގެނެއް ނޫނެވެ. އުފަލުންނެވެ. އެއީ އަނީމް އަހަރެންނަށް އިންތިޒާރު ކުރާނެކަން އެނގުމުން އުފަލުން އައި ކަރުނަކަން އަނީމަށް ވިސްނުނީ ކަންނޭނގެއެވެ. އަނީމް އަހަރެންނަށް ހިތްވަރު ދިނުމުގެ ގޮތުން “ޝައީއަށް އިންތިޒާރު ކުރާނަން” މިހެން ބުނެލިއެވެ. އަހަރެންގެ ހިތުގެ ވިންދުތައް އަނީމަށް އިވޭ ކަހަލައެވެ. އެގޮތަށް އެތަކެއް މާ ތަކެއް އަހަރެމެންގެ ބަގީޗާއިން ފޮޅުވީމެވެ. ނަމަވެސް އަހަރެންގެ ފިލާވަޅުތައް މިރޭ 8 ޖަހާއިރު ދާންޖެހޭ އިތުރު ކިލާހަށް ދިއުމުގެ ކުރިން ނިންމަން ޖެހޭތީ އަނީމް ގާތު ފަހުން ހަބަރެއް ވާނަން ކަމަށް ބުނެ ވަކިވެލީމެވެ.
6 ޖެހުމުގެ ކުރިން ފިލާވަޅު ހަދާ ނިމުމުން ޖައްސާލީ ކުޑަކޮށް އަރާމުކޮށްލާށެވެ. ނިދޭ ގޮތް ވުމުން އަވަހަށް ތެދުވީ ގަޑިއަށް ދެވޭ ގޮތް ނުވެދާނެތީއެވެ. ތެދުވެގެން އަހަރެން ދިޔައީ އެއްޗެއް ކެއުމަށްޓަކައެވެ. ކައިގެން ކޮޓަރިއަށް ވަދެވުނު އިރު މަޣްރިބް ނަމާދަށް ބަންގި ގޮވައިގެން ގޮސްފިއެވެ. ނަމާދުކޮށްލައިގެން އާދައިގެ މަތިން ވާހަކައެއް ކިޔާލަން އިއްތާލީމެވެ. އިޝާއަށް ގޮވުމުން އަހަރެން އަވަހަށް ނަމާދުކޮށްލީމެވެ. ނަމާދުކޮށްގެން ސުކޫލަށް ދާން ތައްޔާރުވާން ފެށީމެވެ. ހަމަޖެހިލައިގެން ތައްޔާރު ވެވޭނީ އޭރުންނެވެ. ތައްޔާރުވާން ހުއްޓާ މީހަކު ބެލް ޖަހާލި އަޑު އިވުނެވެ. ކާކު ބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. ނަމަވެސް އަހަރެން އެއްވެސް ބިރެއްނެތި ގޮސް ދޮރު ހުޅުވާލި ހިނދު ދޮރު ކުރިމަތީގައި ހުރި މީހަކު އަވަހަށް އެތެރެއަށްވަދެ އަހަރެން، ފާރުގަ ޖެއްސުމަށްފަހު އަހަރެންގެ އަނގަމަތީގައި އަތްއެޅިއެވެ. އެ އެޕާޓްމަންޓުގައި އުޅެނީ އަހަރެން އެކަނި ކަމުގައި ވުމުން އަހަރެން ބިރުގަތެވެ. އަހަރެންނަށް އެމީހަކު އެނގޭ ހެން ހީވިއެވެ. އެއީ ޒުވާން ފިރިހެނެކެވެ. އެ ޒުވާނާގެ އެ ހަރަކާތް ތަކުން ވެސް އަހަރެންގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. ނަމަވެސް އިރުކޮޅަކުން އެ ޒުވާނާ ރަނގަޅަށް ފެނުމުން އަހަރެންގެ ހިތް ހުއްޓުން ކަހަލައެވެ.