މިއަދަކީ އަހަރެންގެ ތުއްތަގެ ކޮއްކޮ އައިހަލް ހިތާނަ ކުރަން ހަމަޖެހިފައިވާ ދުވަހެވެ. އަހަރެމެން ތައްޔާރުވަމުން މިދަނީ އައިހަލްގެ ހިތާނީ މޫސުމަށެވެ. މީ ވަރަށް މަޖާ އަދި އެހާމެ އުފާވެރި ދުވަސް ކޮޅެކެވެ.
އައިހަލް ހިތާނަކުރުމަށް އަންނަ މީހާ އަތުވެއްޖެއެވެ. އަހަރެންނަށް ކުޑަކޮށް އުނދަގުވާ ގޮތް ވާތީ އަހަރެން ދިޔައީ ފައިނާ، ޝައްމާ އަދި ސައިހާ އާއި އެއްކޮށް އަހަރެންގެ މާމަ ގެއަށެވެ. މާމަގެ ހުންނަނީ މާދުރު ނޫން ހިސާބެއްގައެވެ. އެއީ ވެސް ނަސީބެކެވެ. އެކި ކަންތަކުގަ މޮޔަ ވަމުންގޮސް 1 ގަޑިއިރު ފަހުން ދެން އަނެއްކާ ދިޔައީ ތުއްތަ މެންގެއަށެވެ. އޭރު އައިހަލް ނެރެފިއެވެ.
ދެން އަހަރެން ދިޔައީ މަންމަ މެންނާއެކު ގެއަށް ނަމާދުކޮށް ހަދާށެވެ. މެންދުރު ގޭގައި މަޑުކޮށްފައި ދެން ދިޔައީ ހަވީރުއެވެ. އޭރު ހަވީރު ސައި ގަޑި ޖެހިއްޖެއެވެ. އަވަހަށް ސައި ބޮއެގެން ދެން ދިޔައީ އެރޭގެ މުނިފޫހި ފިލުމުވުމުގެ މަސައްކަތަށް ތައްޔާރުވާށެވެ. އަހަރެމެން ގޯތި މީހުން ތައްޔާރުވީ ނެށުމަކަށެވެ. އެރޭގެ ކުޅިވަރު ވަރަށް މަޖާވެފަ އެހާމެ ފޯރިގަދައެވެ.
ހިތާނީގެ އެންމެ ފަހުރޭގެ ޝޯއެވެ. އެރޭ އޮތީ ރަށުގައި ވަރަށް ނަން ހިނގާ ގުރޫޕެއްގެ ޝޯ އެކެވެ. އެރޭ ލަވަ ކިޔަން އެރި ޒުވާނާ ހާދަހާވާ ނަލައެވެ. އެހާމެ ޗާލެވެ. ބުނެދޭން ވެސް ނޭނގޭހައި އޭނާ ރީއްޗެވެ. އާއެވެ. ތިހީވީ ރަނގަޅަށެވެ. އެ ޒުވާނާ އަހަރެންނަށް ކަމުދިޔައިއްޔެވެ. އަހަރެންގެ ހިތްކީއެވެ. އެކަން ކުޑަ ދައްތަ އަށް އެނގިގެން އަހަރެންނަށް އަޅުވާކިޔަނީއެވެ. މައިޝަންގެ ނަމުން އަހަރެންނަށް ގޮވަނީއެވެ. އެ ޒުވާނާގެ ނަމަކީ މައިޝަން އެވެ.
ދުވަސް ތަކެއް މިގޮތަށް ފާއިތުވެއްޖެއެވެ. ނަސީބުކަން ދިމާވި ގޮތުން ކުޑަ ދައްތަ ރައްޓެހިވެގެން އުޅެނީ އަލީ އަށެވެ. މައިޝަންގެ އެކުވެރިއަކަށެވެ. އެހެންވެ މި ވާހަކަތައް އަލީ އަށް އަހަރެން ހިއްސާކުރީމެވެ. އެކަމަކު އަލީ އެދުނީ ނޫނެކޭ ބުނެފިނަމަ ވަގުތުން އޭނައާއި ދުރުވުމަށެވެ. އަހަރެން އެއްބަސް ވީމެވެ.
އޭގެ 4 ވަރަކަށް ދުވަސްފަހެވެ. ފޯނު ކުޅެން އޮއްވާ “ޝައީ” އޭ ކިޔާފަ މެސެޖަކުން އަލީ
އަހަރެންނަށް ގޮވާލިއެވެ. އަދި މައިޝަންގެ ޖަވާބު ވެސް އަހަރެންނަށް ހިއްސާ ކުރިއެވެ.
~ނުނިމޭ~
އަނެއްބައި ވަރަށް އަޕް ކޮއްލައްޗެވެ.މިބައި ވަރަށް ރީތި!
ލައްބަ.. ޝުކުރިއްޔާ3>