ކުއްލިއަކަށް ފޯނެއް އަންނަ އަޑަށް ސިހުނެވެ. މޫނުމަތި ފޮހެލަމުން ހިތް ހަމައަކަށް އެޅުވޭތޯ ބަލަމުން ފޯނުނަގައި ބަލާލިއެވެ. ނަމަވެސް ރިންގް ވަނީ ލުޔޫންގެ ފޯނަކުން ނޫނެވެ. އަޑު އަންނަ ދިމާއަށް ވިސްނައިގެން ދިޔައިރު އެއީ އެ ކަޅު ސުއުޓުންނެވެ. ލުޔޫން ބަލާލި އިރު އެ ނަންބަރަކު ނަން ސޭވް ކޮށްފަކާއި ނެތެވެ. ނަމަވެސް ފޯނު ކެނޑުމުގެ ކުރިން ނެގިއެވެ.
** ތިންވަނަ ބައި **
" ހަލޯ.. " ލުޔޫން މަޑުމައިތިރި ކަމާއި އެކު ބުނެލިއެވެ.
" ކަލޭ އަތުގަ ދޯ މަގޭ ފޯނު! " އެމީހާ އެހެން ބުނުމުން އެއީ ކާކުކަން ލުޔޫންއަށް ދެނެގަނެވުނެވެ. ލުޔޫން ދެކޯ ރަތްވިއެވެ. އެންމެ ރެއަކު އެހާ އުނދަގުލެއް ޖައްސާފަ އެންމެ ފަހުން އެ އާދެވުނީ ފޯނު ވެސް ހިފައިގެނޭ ލުޔޫން ހިތައް އެރިއެވެ.
" އަމްމް.. މާދަން ގެންގޮސް ދެން ތަ؟ މިރޭ މާ ލަސްވެއްޖެ އެއްނު. " ލުޔޫން ފާރުގައި ހުރި ގަޑިއަށް ބަލާލަމުން ބުނެލިއެވެ. ލުޔޫން އެހެން ބުނުމުން އެމީހާ މަޑު ހުމްއެއް ލައްވާލިއެވެ. އެ ނުދަންނަ ޒުވާނާގެ ހިތްހެޔޮކަން ފެނިފަ ލުޔޫން އަޒްޔާން މަތިން ހަނދާންވިއެވެ. ނަމަވެސް ވިސްނުންތަކުން ދުރުވަމުން އެނދަށް އަރާ ނިދޭތޯ މަސައްކަތް ކުރިއެވެ. އަނިއްކާ ވެސް ފޯނެއް އަންނަ އަޑު އިވުނެވެ. މިފަހަރު ލުޔޫން ފޯނުންނެވެ. ހަމަ ނުދަންނަ ނަންބަރެކެވެ.
" އައްސަލާމު އަލައިކުމް! " އެކޮޅުން ވާހަކަ ދެއްކި މީހާގެ އަޑު ދަންނަ އަޑެއް ވައްތަރު ޖެހިއެވެ. ބަރު ފިރިހެނެއްގެ އަޑެވެ.
" ވަޢަލައިކުމުއް ސަލާމް. ކޮން ބޭފުޅެއް ތޯ؟ " ލުޔޫން އަދަބުވެރިކަމާއި އެކު އަހާލިއެވެ.
" މީ އަޒްޔާންގެ ބައްޕަ، އަފްރާހް. ލުޔޫން ދޯ؟ " އަފްރާހް އެހެން ބުނާ އިރު ލުޔޫން ހައިރާންވާނެކަން އިނގެއެވެ. ވީވެސް ހަމަ އެހެންނެވެ. މީހަކު ހައިރާންނުވެ ހުންނާނެ ހެއްޔެވެ؟ ދެ އަހަރު ފަހުން ޚަބަރެއް ދަބަރެއް ނުވި ބައެއް މިހާރު ގުޅާނީ ކޮންކަމަކާ ހެއްޔެވެ؟
" ލައްބަ!.. ލުޔޫން... ކިހިނެއްތޯ ވީ؟.. " ލުޔޫން ސިކުނޑި ތެރެ ވަނީ އެތަށް ސުވާލުތަކުން ފުނިޖެހިފައެވެ. އެކަމާ ހުރެ ރަނގަޅަށް ވާހަކަ ދެއްކޭ ގޮތެއް ވެސް ނުވިއެވެ. އަޑު އަންނަނީ ތުރުތުރު އަޅަމުންނެވެ.
" ވަރަށް އުފާވެރި ޚަބަރެއް ދޭން ވެގެން. އެކަމަކު ފޯނަކުން ނުބުނެވޭނެ.. މާދަން މާލެ އާދޭ،.. އައުމުގެ ކަންތައް ހަމަޖައްސަދޭނަން. އިނގޭ ލުޔޫންގެ ވަރަށް ގިނަ ސުވާލު ހުރިކަން. މާދަން އަންނާނެ ކަމަށް އުންމީދު ކުރަން. "
" އަ.. " ލުޔޫން އެއްޗެކޭ ބުނުމުގެ ކުރިން ފޯނު ކެނޑުނެވެ. ލުޔޫން ހިތް ނުތަނަވަސް ވިއެވެ. ކޮން އުފާވެރި ޚަބަރެއް ހެއްޔެވެ؟ އަނިއްކާ އަޒްޔާންއާއި ގުޅުން ހުރި ކަމެއް ބާއޭ؟ ދާންވީ ބާއޭ ނުދާންވީ ބާއޭ ހިތަށް އަރަމުން ދިޔައެވެ. ލުޔޫންގެ ބޯ ގޮވާވަރު ވިއެވެ. އެންމެ ގޮތެއް ނިންމަން ވެސް އެތަށް ކަމަކާ މެދު ވިސްނަން ޖެހެއެވެ. ދެވިސްނުމެއްގައި އިނުމަށްފަހު ލުޔޫން ގޮތެއް ނިންމިއެވެ.
އައު ދުވަހަކަށް އިރު އެރިއެވެ. މޮޔައިން ތެންމާ ޒާތުގެ ކަނި ވާރޭ ކޮޅެއް މާ ހެނދުނަކާ ވެހުނެވެ. ނަމަވެސް މިހާރު ދުނިޔެމަތިން ކެނޑިގެންދާން އެ އުޅެނީ ހިތަށް ފިނިކަން ލިބިގެންދާ، ޚިޔާލުތައް ފަނާކޮށްލާނެ ސާފު ރީތި ހެނދުނެކެވެ. ހަޔާން އޮތީ ގަދަ ނިދީގައެވެ. ރޭގައި ނުނިދިގެން އުޅިއުޅިފަ މީހައަށް ނިދުނު އިރެއް ވެސް ނޭނގެއެވެ. ފުންނިންޖެއްގައި އޮއްވާ ނިދި ހަރާބުވީ ދޮރުގައި ޓަކި ޖަހާ އަޑަށެވެ. ޓަކި ޖަހަނީކީއެއް ވެސް ނޫނެވެ. ދޮރު ވެއްޓޭ ވަރަށް ތެޅީއެވެ. ނުތެދުވަން އޮވެފަ ވެސް ހުއްޓައިނުލުމުން ގޮސް ދޮރު ހުޅުވިއެވެ. ކުރިމަތީ ހުރީ ނީޝަމް ފެނިފަ ހަޔާން ދެބުމަ ގޮށްޖަހާލިއެވެ.
" ކިހާ ދެރަކަމެއް ކަމެއް. މީހަކަށް ނިދެންވެސް ނޯވެއޭ. " ނީޝަމް ވަންނަން ތަން ދެއްކުމަށްފަހު ކުޑަ ކުއްޖެއްހެން ހަޔާން ގޮސް އެނދަށް ވެއްޓިގަތެވެ.
" މޭން! ކައެ އަދިވެސް ނިދަނީ ތަ؟ ތި މާލެ ދާ މީހާ؟ " ނީޝަމް ގޮސް ހަޔާން ކައިރި ހުއްޓެމުން އަހާލިއެވެ. ނަމަވެސް ހަޔާން ފަރާތުން ޖަވާބެއް ނައެވެ.
" ކިހާ އިރެއް ގަނޑިން؟ " އިރުކޮޅަކު އެހެން އޮތުމަށްފަހު ކަންނެތް ގޮތަކަށް ހަޔާން ތެދުވެ އިށީންނެވެ.
" 10:56 ވެއްޖޭ.. އަވަސް ކޮށްބަލަ ނީނދެ. " ނީޝަމް ހަޔާން ބުރަކަށީގައި އަތުން އަޅާ ކޮށްޕާލިއެވެ. އެ ބާރު މިނުގައި ހަޔާން ގޮސް ވަނީ ފާޚާނާއަށެވެ. ދިހަ ވަރަކަށް މިނެޓު ފަހުން ހަޔާން ނިކުތްއިރު ނީޝަމް އިނީ އެތާ ހުރި ސޯފައެއްގައި ގަދައަށް ފޯނުގެ އަވައިގައި ޖެހިފައެވެ. ހަޔާން އަލަމާރިން އަޅި ކުލައިގެ ޓީޝާޓެއް ގަޔަށް ލަމުން ލޯގަނޑު ކައިރި ހުރެ އިސްތަށިގަނޑު ރީތި ކުރަން ފެށިއެވެ.
" މިއަދު ރީޝަމް ފެންނާތީ ވަރަށް އުފަލުން ދޯ ތިހިރީ. ޔަޤީން އެހެންވެ ރޭ ނުނިދާ ހިފަހައްޓާލީ.. " ނީޝަމް ޖެއްސުމަށް ހަޔާންއާއި ދިމައަށް އެހެން ބުންޏެވެ.
" ކައެ އަނގަ މައިތިރި ކޮށްގެން ތިޔަ ފޯނާ ވެގެން އިނދެބަލަ. އިނގެއެއްނު މަ އޭނަ ދެކެނީ ރައްޓެއްސެއް ގޮތަށްކަން. " ހަޔާން ފުންނޭވާއެއް ބޭރުކޮށްލާފަ ކޮޓަރި ލައިޓްތައް ނިއްވާލަމުން ނީޝަމް ފަހަތުން ބޭރަށް ނިކުތެވެ. ހަޔާން ފަހަތަށް އެރުމުން ނީޝަމް ސައިކަލު ދުއްވާލިއެވެ.
" އޭނ! މަ އަޑު އެހިން ވާހަކައެއް.. ރޭ ކައެ ކޮން ހޫރަލްޢީނެއްތަ ގެއަށް ވައްދައިން އުޅުނީ؟ " ނީޝަމް ރެސްޓޯރެންޓެއްގެ ކުރި މައްޗަށް ސައިކަލު ޕާކު ކުރަމުން ހަޔާން ކައިރި އަހާލިއެވެ.
" ކޯއްޗެއް ފެނިގެން ތި އުޅެނީ؟ " ތަންކޮޅެއް ދުރުގައި ހުރި ހުސް މޭޒެއްގެ ދޮށުގައި އިށީންނަމުން ކޮފީއަކަށް އޯޑަރު ކޮށްފަ ހަމަޖެހިލިއެވެ.
" މަ ދެކުނިން ކައޭން ގެއިން ނުލާހިކު ރީތި މަންޖެއެއް ނިކުންނަނިކޮށް. ކައެ ބިޓެއްތަ؟ " އެއްމިޔައަކުން ހީނލަމުން ނީޝަމް އެހިއެވެ. އެވަގުތު އޯޑަރު ކުރި ކޮފީ އައެވެ.
" އޭނ. ގެނެބަ ކައެ ފޯނު. " ހަޔާން ފޯނު މަތިން ހަނދާންވެގެން އަހާލިއެވެ.
" ކިހިނެއްވީ؟ " ކޮފީ އިން ކޯވަރެއް ބޯލަމުން ނީޝަމް ޖީބުން ފޯނު ނަގާ ހަޔާންއަށް ދެމުން އަހާލިއެވެ. ހަޔާން އޭނާގެ ފޯނަށް ގުޅާލިއެވެ.
ލުޔޫން އިނީ ދަބަހަށް އެއްޗިހި އަޅަންށެވެ. ފޯނެއް އަންނަ އަޑަށް ބަލައިލިއިރު އެއްކަލަ ފޯނުންނެވެ. ނަންފެނިފަ ލުޔޫން ސިހުނެވެ. އެއީ އެހެން ދެވަނަ މީހެއް ނޫނެވެ. އަޒްޔާންއެވެ. ލުޔޫން އަވަހަށް ފޯނުނެގިއެވެ.
" ހަލޯ.. " ކެތްތެރިކަމެއް ނެތް ގޮތަކަށް ލުޔޫން އަހާލިއެވެ.
އަޒްޔާން ހަޔާން ފޯނަށް ގުޅުމުން އިވުނު އަޑަކުން މޭ ގުޑާލިއެވެ. އަނގައިން އެންމެ ބަހެއް ވެސް ބޭރު ނުކޮށްލާ ކަނޑާލިއެވެ. ' އެ ނުވާނެ ލުޔޫންއަކަށް! ' ހިތާއި ހިތުން ބުނެވުނެވެ. އަހަރުތަކަކަށް ފަހު އެ އަޑު އިވުނަސް އަޒްޔާންއަށް ވަކިކުރަންވީ އުނދަގޫ ކަމަކަށް ނޫނެވެ.
ހަޔާން އޭނަ ފޯނަށް ގުޅި އިރު ބުނަނީ ލައިން ބިޒީ ކަމަށްށެވެ. ނަމަވެސް ދެވަނަ ފަހަރަށް ގުޅައިގެން ފޯނުނެގިއެވެ.
" ހަލޯ.. " އެންމެ ފުރަތަމަ ވާހަކަ ދެއްކީ ލުޔޫންއެވެ.
" ކާކާ ގުޅައިގެން ތި އުޅެނީ؟ " ހަޔާން ވަގުތުން އަހާލިއެވެ.
" އަޒްޔާން އިނގޭތަ؟ " ލުޔޫން ހިތުގައި އޮތް ސުވާލު ފަސްޖެހުމެއްނެތި އަހާލިއެވެ.
" މަގޭ ފޯނު ކޮންނަނީތަ؟ ނުބައޭ ދޯ! " ހަޔާން ނުރުހުންވިއެވެ.
" ކަލޭ.. " ލުޔޫންއަށް އެއަށް ރައްދެއް ނުދެވެނީސް އޭނާ ވާހަކަ ދައްކަން ފެށިއެވެ.
" މަ މާލެ ދާން މި އުޅެނީ. ހަމަ މިހާރު ފޯނު ގެނެސްދީ. މަ މިހިރީ.... " ހަޔާންއަށް ބުނެވުނީ މި ހިސާބަށްށެވެ. ފޯނު ކެނޑުނެވެ.
" ހަލޯ.. ޕިސް ފޯނު ބެޓެރިއޭ ހުސްވީ.. މަ ހީކުރީ ކަލޭ ތީ ރަނގަޅު މީހެއްކަމަށްށޭ. ކިހިނެއްވެފަތަ؟ " ލުޔޫންއަށް އައި ރުޅީގައި ބުނެވުނެވެ. ލުޔޫން އެ ފޯނު ޗާޖަރަށް ޖަހާއިފައި އަނިއްކާ ވެސް ދަބަހަށް އެއްޗިހި އަޅަން ފެށިއެވެ.
" ޝިޓް.. އަދި ކަނޑާލީތަ؟ ބައްޔެއްނު! " ހަޔާން ދެބުމަ ގޮށްޖަހާލިއެވެ.
" މިހާރު ކޮން ކަމެއް ވެގެންތި އުޅެނީ؟ " ނީޝަމް ހަޔާން ކި އެއްޗިހި އަޑުއަހާފައި އަހާލިއެވެ.
" އަޅާނުލާ. ކިޔައިދީފިއްޔާ ކައެ އަނގައެއް ނުހުއްޓޭނެ. " ހަޔާން ކޮފީތަށި އެކަށް ހުސްކޮށްލާފައި ހިނގައިގަތެވެ.
" އޭނ މަށަށް މަޑުކޮށްބަލަ. " ހަޔާން ނީޝަމްއަށް މަޑުނުކޮށް ހިނގައިގަތީއެވެ. އެންމެފަހުން ނީޝަމް ގޮސް އެއްވަރު ކުރިއެވެ. ސައިކަލުގައި ދެމީހުން ވެސް ދިޔައީ ހަޔާން އުޅޭ ގެއަށެވެ. ހަޔާން އެއްޗެހިތައް ދަބަހަކަށް އަޅާލިއެވެ. އޭރު ހުރީ 11:48 ވެފައެވެ. ވާހަކައިގައި ތިބެގެން ޓާމިނަލްއަށް ދެވުނުއިރު ލޯންޗު އޮތީ ފުރަން ތައްޔާރަށެވެ. ހަޔާން ގޮސް އަވަހަށް އެރިއެވެ.
ލޮނުގަނޑު ކަފަމުން ދިޔަ ލޯންޗު ވަނީ މާލޭގެ ފަޅުތެރެއަށެވެ. ހަޔާން ޖެޓީ މައްޗަށް އަރާފައި މާލެއަށް ނަޒަރު ހިންގާލިއެވެ. ތަންކޮޅެއް ދުރުން އަޒްޔާން ހަނަ އަޅާލިތަން ފެނިގެން އެދިމާއަށް ހިނގައިގަތެވެ. އެވަގުތު މާލެ ތެރެ އޮތީ ވަރަށް ހަލަބޮލިވެފައެވެ.
" ޔޯ މަ މޭން.. މަ މިސް ވިތަ؟ ކިހިނެއް؟ " ހަޔާން އައި ގޮތަށް އައިސް އަޒްޔާން ކޮނޑަށް އަތް ވައްޓާލިއެވެ. މާ މީހުން ގިނަކަމުން އެތާއި މަޑުނުކޮށް ދެމީހުން ގޮސް އެރީ އަޒްޔާންގެ ކާރަށްށެވެ.
" ރަނގަޅޭ ހަމަ.. ހަޔާ އޯ؟ " އަޒްޔާން ތަންކޮޅެއް އަވަހަށް މަންޒިލަށް ފޯރޭތޯ ބާރު ސްޕީޑެއްގައި ދުއްވާލިއެވެ.
" މަ ވެސް ހަމަ ރަނގަޅު... އޭނ ކިހިނެއް ކައެ ބައްޕަ ޤަބޫލުވީ؟ މިފަހަރު ވެސް އެއްޗެއްގަ ސޮއެ ކޮށްގެންތަ؟ " ހަޔާން އިނީ އަޒްޔާން މޫނަށް ބަލަހައްޓައިގެނެވެ. އަޒްޔާން ހީނލިގޮތުން އެއިން ނަގާންވީ މާނައެއް ހަޔާންއަކަށް ނޭނގުނެވެ.
" ނޫން. އެއަށް ވުރެ ވެސް ބޮޑު.. " އަޒްޔާން އެހެން ބުނުމުން ހަޔާންއަށް ދެލޯ ބޮޑު ކޮށްލެވުނެވެ.
" ވަޓް؟ "
( ނުނިމޭ )
ވަރަށް ރީތި މާޝާ ﷲ
ކޮން އިރަކުން 4 ވަނަ އެޕިސޯޑް؟
ތެންކްޔު
މިހާރު ވާނީ ތި ލޯތްބާ ނުލާގެ 4 އަދި 5 ވަނަ ބައި ރިވިއުއަށް ލެވިފައި.. ☺️😊
ހުރިހާ ކިޔުންތެރިން ވެސް މި ވާހަކަައިގެ ކުރިއަށް ހުރި އެޕިސޯޑްތަކަށް އިންތިޒާރު ކުރާނެ ކަމަށް އުންމީދު ކުރަން.