" ލުޔޫން!.." ޒައުޝާންގެ ބަރު އަޑު މުޅި އެތާ ގުގުމާލާއި އެތާ ތިބި އެންމެންގެ ނަޒަރު އެދިމާލަށް ހުއްޓުވިއެވެ.
" އޭތް.! ތިޔައްވުރެ މަޑުން ވާހަކަ ނުދެއްކެނީތަ؟ ތި ރަނގަޅު ގޮތެއް ނޫން މިތަނަށް އައިއްސަ ތި ގޮތަށް ކަންތައް ކުރާކަށް. މަ ގުޅާނަން ރުފިޔާ ލިބުނީމަ. " ލުޔޫން ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއެކުއެވެ. ބެލީ ކަންތައް މާ ގޯސް ނުވަނީސް އެމީހުން އެންމެ ސިކުންތު ކޮޅެއް ވެސް މަޑު ނުކުރުވާ ފޮނުވާލެވޭތޯއެވެ.
" ތިޔަ ރުފިޔައެއް ނުއެއް ލިބެއެއްނުން. " ޒައުޝާންގެ އަޑު ދިޔައީ ބާރު ވުމުންނެވެ. އޭނަ އެހެން އެ ކަންތައް ކުރަނީ ވެސް ލުޔޫންއަށް ޖެއްސުންކޮށް ލަދުގަންނަވާލުމުގެ ނިޔަތުގައި ކަން ލުޔޫންއަށް ނަގައިގަނެވުނެވެ.
" ކިހިނެއްވެތަ މަގޭ ކައިރި ތިޔަ ރުފިޔާ ދޭން ބުނަނީ؟" ލުޔޫން ވެސް މިފަހަރު ބުނެލީ ކުޑަކޮށް ބާރަށެވެ.
" އަހަންނަކަށް ނުފެނުނޭ ކަލޭ ބޮޑުބެއެއް. ދެން ކާކު ކައިރިތެ އަހާނީ؟ އަވަސް ކޮށްފަ ދަރަނިތައް ފުއްދާ! ކޮން އިރަކުން އަހަންނަށް އެ ހަވާލު ކުރާނީ؟ " ޒައުޝާން ރުޅިވެރިކަމާއިއެކު އަހާލިއެވެ.
" މަށަށް އެއްޗެއް ލިބުނީމަ ދޭނަން. ދެން ދާން އުޅިބަލަ." ލުޔޫން ހުރީ ނުލާހިކު ރުޅިއައިސްފައެވެ. " ހުހްހް.. ތިކަން ބަލާނަމޭ.."
** ދެވަނަ ބައި **
އެރޭ ލުޔޫން އިޝްރާއާއި ބައްދަލު ކޮށްފައި ގެއަށް ހިނގައިގެން އިރު ހުރީ 11:08 ވެފައެވެ. ދުވަސް ގަނޑަކަށް ފަހު ދިމާވީމަ ދައްކަން ހުރި ވާހަކަތައް މާ ގިނަވީއެވެ. މަޑުމަޑުން ހިނގަމުން ގޮސް ގެ ހުންނަ މަގަށް އަޅުވާލިއެވެ. ހީވީ ބިރުވެރި ހޮހޮޅައަކަށް ވަދެވުނު ހެންނެވެ. މަގު މެދަށް ޖަހާފަ ހުރި ހޮޅިދަނޑި ހުރީ އަނދާފައެވެ. ނުވީތާކަށް މީހެއްގެ ހިލަމެއް ވެސް ނުވެއެވެ. ލުޔޫންއަކީ އެހާ އަނދިރި ވީމަ ބިރުގަންނަ ކުއްޖެކެވެ. އެހެން މަގަކުން ދާނީ އޭހިތާއި މިސްރާބު ބަދަލްކޮށްލިއެވެ. ނަމަވެސް ދެ ފިޔަވަޅު އެޅުމާއިއެކު ފަހަތުން މީހަކު އައިސް ލުޔޫން އަނގަމަތީ އަތް އަޅައިގެން ގޮސް ވެއްދީ އެތާއި ރާނަން ފަށާފަ ހުރި ގެއަކަށެވެ. ލުޔޫން ގަދަ ހަދާލާފައި އެމީހަކު މޭގައި އަޅައި ކޮށްޕާލިއެވެ. އަދި އަތުގައި އޮތް ފޯނުން އެމީހެއްގެ މޫނަށް އަލިކޮށްލިއެވެ. އެއާއެކު ލުޔޫންއަށް ދެބުމަ ގޮށްޖަހާލެވުނެވެ. ހީވީ ހަމަ ރަނގަޅަށެވެ. އެއީ ޒައުޝާންއާއި އޭނާގެ ފޫބުޑުގައި އަޅުވާފަ ހުންނަ ޚިޔާލީ ބޮޑީގާޑުކަން އަދާކުރާ ސޮރެވެ.
" ޒައުޝާން.. މޮޔަ ވަނީތަ؟ މާ ބުނެފިން ދޯ ދޭނަމޭ. " ލުޔޫން ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. މި މީހެއްގެ ކަންތަކާ މިހާރު ނޭވާއެއް ވެސް ލެވެން ނެތޭ ހިތަށް އެރިއެވެ.
" އާނ މަ މޮޔަވީ އެކަމް މިފަހަރު ރުފިޔާ ހޯދާނީ އެހެން ގޮތަކަށް. " ޒައުޝާން އެއްމިޔައަކުން ނުލަފާ ގޮތަކަށް ހީލިއެވެ. ޒައުޝާން ލުޔޫންއާއި ދިމައަށް އަޅާ ކޮންމެ ފިޔަވަޅަށް ލުޔޫން ދެ ފިޔަވަޅު ފަހަތަށް ޖެހުނެވެ. މިފަހަރު ޔަޤީނުން ވެސް ލުޔޫން ހާސްވެއްޖެއެވެ. މޫނުމަތިން އެކަން ނުދެއްކިޔަސް އެތެރެއިން ލުޔޫން ހިތް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ. ހިތަށް އުނދަގޫވެފައި ހުރި ލުޔޫންއަށް އެއްޗެއް ނުވެސް ބުނެވުނެވެ. ލުޔޫން އެހެން ގޮސް ފާރުގައި ޖެހިފައި މަޑުޖެހުނެވެ. ދެން އިތުރަށް ފަހަތަށް ނުޖެހެވޭނެކަން އިނގުމުން ހިތް ބާރު ބާރަށް ތެރޭން ފެށިއެވެ. ޒައުޝާން އައި ގޮތަށް އައިސް ލުޔޫންއަށް ނުދެވޭނެހެން ފާރުގައި އަތް ވިއްދާފައި ސީދާ ލުޔޫންގެ ލޮލަށް ބަލާލިއެވެ. އޭގެ އިރުކޮޅަކު ހުރުމަށްފަހު ހަދާލި ގޮތަކުން ލުޔޫން ދިޔައީ ސިއްސައިގެނެވެ. ޒައުޝާން ލުޔޫން ހެދުމުގެ ކަރުގައި ހިފާ ޒައުޝާން މެއާއި ކައިރި ކޮށްލި ވަގުތު ލުޔޫން ހެދުން ބޮޑަކަށް ވީދައިގެން ދިޔައެވެ. ލުޔޫން ސިހިފަ އެތަނުގައި އަތް އަޅާ ނިވާކޮށްލިއެވެ.
" ޒައުޝާން.. " ލުޔޫންގެ ބާރު އަޑުން މުޅި އެތާ އަޑު އެކޯވެގެން ފެތުރުނެވެ. ޒައުޝާން އެއް އަތުން ލުޔޫން އަނގަމަތީ އަތް އެޅުމަށްފަހު އަނިއް އަތުން ހަޅޭއް ނުލެވުމަށް އަންގާލިއެވެ.
" އޭތް ޝާނު! މިއޮތީ ކައެ ހޯދަން ގުޅާފަ. ވަރަށް މުހިންމު ކަމަކުއޯ. " އެވަގުތު ' ބޮޑީގާޑު ' އައިކަން އެއީ ލުޔޫންގެ ނަސީބެވެ. ޒައުޝާން ތަންކޮޅެއް ދުރަށް ޖެހިލުމުން ލުޔޫން ތަންވަޅު ބަލާފަ އެހެން ދިމައަކު ހުރި ދޮރަކުން ލައިގެން ޒައުޝާންއަށް އިނގުމުގެ ކުރިން ނިކުމެވުނީ ހަމަ ކިރިޔާއެވެ. ފަހަތުން ލުޔޫންގެ ނަމުން ހަޅޭއްލަވައިގެން އަޑު އިވުނެވެ. ދުވަމުން ދުވަމުން އެމީހުނަށް ފެނުމުގެ ކުރިން އެތާހުރި ގެއަކަށް ވަނެވެ. ނަމަވެސް ޒައުޝާންމެން އައީ ފަހަރަކު ގެއަކަށް ބޯދިއްކޮށް ބަލަމުންނެވެ. އެ ޙާލަތުގައި ލުޔޫން ވެސް ފެންނާނެ ކަން ގައިމެވެ.
" ތި ކާކު؟ " ކުއްލިއަކަށް ފަހަތުން މީހަކު ގޮވާލިއަޑަށް ލުޔޫން ސިހިފައި އެނބުރުނެވެ. ކުރިމަތީ ހުރީ އަޖައިބެއް ފަދަ ޒުވާނެކެވެ. ބަލާލަން ކިތަންމެހާ ވެސް ރީއްޗެވެ. ލާފައި ހުރީ މީހުން އޮފީހަށް ދާން ލާއުޅޭކަހަލަ ހުދު ގަމީހަކާއި ކަޅު ފަޓުލޫނެކެވެ. ގަމީހުގެ އަތް އުޅަބޮށްޓައި ހަމައަށް އޮޅާލާފައި ވުމުން އެ ފިރިހެންވަންތަކަން އިތުރު ކޮށްދެއެވެ. އިސްތަށިގަނޑު ރީތިކޮށް ސްޓައިލް ކޮށްލާފައި އޮތުމުން ބަލާލަން ނުހަނު ހިތްގައިމެވެ. ލުޔޫން އެ ޒުވާނާގެ މަޑު މުށިކުލައިގެ ތޫނު ދެލޮލަށް ނަޒަރުގައި ޖެހެވުނު އިރު ހީވީ ގައިގައި ކަރަންޓު އޮއެވަރެއް ދަތުރު ކޮށްލިހެނެވެ.
" މަ ކަލެއާ މި ވާހަކަ ދައްކަނީ!.. " އިރުކޮޅަކަށް ނަމަވެސް އެމީހާގެ ނަޒަރު ހުރީ ލުޔޫންގެ މައުސޫމް ލޯބި މޫނަށް ހުއްޓިފައެވެ. ކަޅުކުލައިގެ ކަޅިއަކާއި ދިގު އެސްފިޔަތަކެކެވެ. ކުރަނގި ދެލޮލާއި ހިތިފަތު ބުމައެކެވެ. ހެޔޮވަރެއްގެ ނޭފަތަކާއި މަޑު ފިޔާތޮށްޓަކަށްދާ ތުންފަތެކެވެ. ހެޔޮވަރުގެ އިސްކޮޅެއް ލިބިފައިވާއިރު ގުދުރަތުން ދެއްވާފައިވާ ގަދަ މުށިކުލައިގެ ރާޅުބާނީ އިސްތަށިގަނޑު ފެނިފައި ވެސް މީހަކު ޢާޝޯޚުވާނެއެވެ. ލުޔޫންއަށް އަގައިން ނުބުނެ އެ މޫނަށް ބަލަން ހުރެފައި ކުއްލިއަކަށް އެއްޗެއް ހަނދާންވެގެން ކަހަލަ ގޮތަކަށް ވަގުވަގަށް ބޭރަށް ބޯ ދިއްކޮށްލިއެވެ. އޭރު ޒައުޝާން ލުޔޫންއަށް ގޮވާއަޑު ކައިރި ވަމުން ދިޔައެވެ.
" އަމް.. ޕްލީޒް ހެލްޕް މީ. " ލުޔޫން އެހެން ބުނުމުން އެމީހާ ލުޔޫންއަށް ރަނގަޅަށް ބަލައިލިއެވެ. ހެދުން ކަރާ ދިމައިން ވީދިފައި އިންތަން ފެނުމުން ކަމެއް ގޯސްކަން ނަގައިގަނެވުނެވެ. އެހެންވެ ލުޔޫން އަތުގައި ހިފައިގެން ގޮސް ގޭތެރެއަށް ވެއްދިއެވެ.
ޒައުޝާން ފަހަރަކު ގެއެއް ބަލަމުން އައިސް އެގެއަށް ވަދެގަތެވެ. އޭރު ދެމީހަކު ސޯފައިގައި ހަމަޖެހިލައިގެން ޓީވީއަށް ނަޒަރު ހިންގައިގެން ތިއްބެވެ. ލުޔޫން ބިއްދޮށަށް އިނުމުން، ލުޔޫންގެ މޫނެއް ނުފެންނާނެއެވެ. ނުވީތާކަށް ގައިމަތީގައި އޮތް ކަޅު އޮފީސް ކޯޓު އޮތުމުން ހެދުމުން ވަކި ކުރާކަށް ވެސް ނޭނގޭނެއެވެ. ޒައުޝާންއަށް މިތަން ފެނުމުން އެމީހުނަށް އުނދަގޫ ކުރަން ނަހަދާ ބޯ ކަހާލާފައި ނިކުތެވެ.
" ތެންކްޔު.. " ލުޔޫން ޒައުޝާން ނިކުތްތަން ބަލާފައި އެމީހައަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އެމީހާ ވެސް މަޑުމަޑުން ބޯޖަހާލާފަ ނިކުންނަން އިޝާރާތް ކޮށްލިއެވެ. ލުޔޫން ދާން އެނބުރިލާފަ ކޮނޑު މަތީ އޮތް ކޯޓު އެމީހައަށް ނަގާ ދިއްކޮށްލިއެވެ.
" ތި ހިފައިގެން ދޭ.. " އެހެން ބުނުމުން ލުޔޫންއަށް ލައިގެން ހުރި ހެދުމުގެ ޚާލަތު ދެނެގަނެވުނެވެ. އެހެންވެ ދެވަނަ ފަހަރަށް ޝުކުރު އަދާކުރުމަށްފަހު ހިނގައިގަތެވެ.
" ދެން.. ކޮންކަމެއް ބޭނުންވެގެން ތި އުޅެނީ؟ " އަފްރާހް އަހާލިއެވެ.
" ރިސޯޓުން ހަޔާންއަށް ވަޒީފާއެއް ހަމަޖައްސައިދީ. " އަޒްޔާން ސީދާ މަޢުލޫއަށް ދިޔައެވެ. އަފްރާހްއަކީ ވަރަށް އެދުން ބޮޑު، އަމިއްލަ މީހާ ބޭނުންވާ ގޮތަށް ކަންތައް ކުރާ މީހެކެވެ. ހަމައެފަދައިން އަޒްޔާންއަކީ ވެސް ވަރަށް ބުނާ ބަހުގަ ހިފައި، އެކަމެއް ނުކޮށް ނޫދޫކޮށްލާ ކުއްޖެކެވެ.
" ތި ކަމެއް ނުވާނެ. މަށަށް އިނގޭ އޭނަ ގޮތް. ތިނޫން އެހެން ކަމަކު ކިޔާ. " އަފްރާހް އޭނާގެ ގޮތުގައި ހިފަހައްޓާލިއެވެ. އެހެން ނޫނަސް އޭނާއަކީ އަބަދުވެސް އަޒްޔާން އެދޭ ކަންކަމަށް ދެކޮޅު ހަދާ މީހެކެވެ. އަޒްޔާން ނިންމާ ނިންމުންތައް ކަމުނުދާތީކީ އެއްވެސް ނޫނެވެ. ދަރިއަކާ ބައްޕައާއި އޮންނަ ގުޅުން ހަމަ ރަނގަޅު ނޫނީއެވެ.
" ބައްޕައަށް ވެސް އޭނައަކީ އެޑޮޕްޓެޑް ކުއްޖެއް ވީމަ ކަމުނުދަނީތަ؟ އެދެން އެހާވަރު ކަމެއް؟ " އަޒްޔާންއަށް ބައްޕަ ނުރުހުނު ސަބަބު ނަގައިގަނެވުނު ގޮތް ހާމަކުރިއެވެ.
" އެހެން ވެގެނެއް ނޫން. މަށަށް އޭނަގެ އުޅުން ކަމުނުދަނީ. ކިތަންމެ ފެންވަރު ރަނގަޅަސް އަޚުލާޤެއް ނުހުރޭ. " އަފްރާހް މިފަހަރު ބުނީ ބުނެވުނު އެއްޗަށް ވިސްނާވެސް ނުލައެވެ.
" ބައްޕައަށް އޭނާގެ ގޮތް ނޭނގެނީ. އޭ މައްސަލައަކީ. ހިނގާ ގޮތެއް ނިންމަން... އަހަރެން ލުޔޫންއާއި އިންނާނަން، ބަދަލުގައި ހަޔާންއަށް ވަޒީފާ ހަމަޖައްސާ! " އަޒްޔާން ހީކޮށްގެން ހުރީ ލުޔޫންއާއި ކައިވެނި ކުރުން އެއީ ބައްޕަ ވަރަށް އެދޭ ގޮތެއް ކަމަށެވެ. ނަމަވެސް އަފްރާހްގެ ވިސްނުން އަދި އެއަށްވުރެ މާ ހާސް ތަފާތެވެ.
' އަދިވެސް މީނަ އެ ލުޔޫންއެއް މަތިން ހަނދާން ހުރޭތަ؟! ބަލަ! ދެ އަހަރު ވެއްޖޭ. އަދިވެސް އިނދެވޭނެ ކަމުގެ ނަސީބު އޮންނަން ޖެހޭތަ؟ ހާދަ ވަރަކަށް އެބަ އިތުބާރު ކުރެޔޭ. މިހެން ކަންތައް ވަންޏާ ފަހުން މަށަށް ގޯސް ވާނީ. ' އަފްރާހް ސިނކުޑި ތެރޭ ރޭވުންތަކެއް ރާވާލިއެވެ. އަފްރާހް ބޭނުންވާ ގޮތަކީ ލުޔޫން އަޒްޔާންގެ ހިތުން ފޮހެލަން ކަމެއް އަޒްޔާންއަށް ރޭކާވެސް ނުލައެވެ. އެކަން އަޒްޔާންއަށް އިނގުނަސް އަފްރާހްގެ ރޭވުންތަކުން ލުޔޫން ސަލާމަތް ކުރާނެ ހެއްޔެވެ؟
" އާނ! އެއްބަސް. " ވަރަށް ވިސްނުމަށްފަހު އަފްރާހް އެހެން ބުނެލިއެވެ. އަޒްޔާން ހުރީ ހިތްހަމަ ޖެހިފައެވެ. ލުޔޫން އާއި ދިމާވާނެތީކީ އެއް ނޫނެވެ. ހަޔާންގެ ވަޒީފާ ކަންތައް ހަމަޖެހުމުންނެވެ. ޙަޤީޤަތުގައި މިހާރު އަޒްޔާން ލުޔޫންއާއި ދޭތެރޭ ވަނީ ފޫހިކަމެއް އުފެދިފައެވެ.
ލުޔޫން ގެއަށް އައިސް ފެންވަރާ ތާޒާ ވެލައިގެން އެނދަށް ވެއްޓިގަތެވެ. މާ ބޮޑަށް ވަރުބަލި ވެފައި ހުރުމާއިއެކު ނިދަން ހިތުލައިގެން އެނދުގައި ހަމަޖެހިލިއެވެ. އެތަށް އިރެއްވިއިރު ވެސް ފުރޮޅި ފުރޮޅިގެން ވެސް ލޮލަށް ނިދި އަންނަ ގޮތެއް ނުވިއެވެ. އެންމެފަހުން ލެޕްޓޮޕް ހިފައިގެން އެނދުގައި ލެގިލިއެވެ. ކުރާނެ ކަމެއް ނޭނގިގެން އެކި ' ފޯރލްޑާސް' ތައް ހާވަނިކޮށް އަޒްޔާންއާއި އެއްކޮށް ނަގާފަ ހުރި ފޮޓޯތަކެއް ފެނުނެވެ. އެއީ މީގެ ދެ އަހަރު ކުރީގެ ފޮނި ހަނދާންތަކެކެވެ. ނަމަވެސް އަދިވެސް އެ ތާޒާކަންމަތީވެއެވެ. އެކުގައި ހޭދަވި ކޮންމެ ހިނދުކޮޅެއް ހިތުގައިވެއެވެ. ލޯބިވާވަރު އަންގައިދިން ކޮންމެ ލަފުޒެއް ވަނީ ހިތުގައި ރައްކާކުރެވިފައެވެ. އާނއެކެވެ. އެތަކެއް ރޭތަކެއް މަތިން އެކި ވައުދާއި އަހުދު ކުރި، ހަޔާތުގެ ބައިވެރިޔާ ކަމަށް ދެކުނު ފިރިހެން ކުއްޖާއެވެ. ' އަހަރެން ވެސް ދެރަ ވާނެ ޔޫން ދެރަ ވަންޏާ.. ޔޫން ބައްޕައާއި ބޭބެ ވަކިވެ ދިޔައީ. ޔޫން ރޯތަން ބަލާކަށް މި ހިތަކަށް ކެތެއްނުވާނެ.. އަހަރެން އަބަދުވެސް ހުންނާނީ ލުޔޫން ގާތުގަ.. ވަކިވެގެން ކިތަންމެ ދުރުގައި ހުންނަން ޖެހުނަސް ތި ލޯބި މި ހިތަކުން ނުފޮހެވޭނެ... ހަމަ އެހާ ވެސް ލޯބިވޭ. ' އެދުވަސްތަކުގައި އަޒްޔާންގެ އޯގާތެރިކަން ވަރަށް ބޮޑަށް ލިބުނެވެ. އަޒްޔާން ލުޔޫންއަށް ހިތްވަރު ދިނެވެ. އެ ހިތުގެ އެންމެ ފުންމިނުން ކިޔާލި ބަސްތަކުގެ ހަނދާން އައުވެފަ ފެންކަޅިވިއެވެ. ނަމަވެސް މިހާރު އޭގެ އެއްވެސް މާނައެއް ނެތެވެ. އަޒްޔާންއާއި ބައްދަލުވި އިރަކުން އެތަށް ޝަކުވާއެއް ކުރެވޭނެވެ. އެކަނި ހިތަށް ތަހަންމަލު ކުރަން ޖެހުނު އެތަށް ވޭނެއް ކިޔޭނެއެވެ. އަޒްޔާންއާއި ހެދި އެ ހިތަށް އެތައް ޒަޚަމެއް ލިބިއްޖެއެވެ. އަޒްޔާންގެ އެހީ އެންމެ ބޭނުންވި ވަގުތުގައި ވަކިވެ ދިއުންވީ މާ ފަސޭހަ ކަމަކަށް ނޫނެވެ.
" ކިހިނެއްވެ އަހަންނަށް އަންގާ ވެސް ނުލާ ދިޔައީ. އަހަރެންގެ އެންމެ ސުވާލަކަށް ވެސް ޖަވާބެއް ނުލިބޭ.. އަހަރެންގެ ކޮން ކުށެއް އޮތީ؟ " ލުޔޫންއަށް މަޑުމަޑުން ބުނެވުނެވެ. އެއާއެކު ލޮލަށް ޖަމާވެފަ ހުރި ކަރުނަ ފައިބަން ފެށީ ބުނެފައެއް ނޫނެވެ.
ކުއްލިއަކަށް ފޯނެއް އަންނަ އަޑަށް ސިހުނެވެ. މޫނުމަތި ފޮހެލަމުން ހިތް ހަމައަކަށް އެޅުވޭތޯ ބަލަމުން ފޯނުނަގައި ބަލާލިއެވެ. ނަމަވެސް ރިންގް ވަނީ ލުޔޫންގެ ފޯނަކުން ނޫނެވެ. އަޑު އަންނަ ދިމާއަށް ވިސްނައިގެން ދިޔައިރު އެއީ އެ ކަޅު ކޯޓުންނެވެ. ލުޔޫން ބަލާލި އިރު އެ ނަންބަރަކު ނަން ސޭވް ކޮށްފަކާއި ނެތެވެ. ނަމަވެސް ފޯނު ކެނޑުމުގެ ކުރިން ނެގިއެވެ.
( ނުނިމޭ )
މާޝާ ﷲ💛🦋
ތެންކްސް
ލަވް ދިސް ސްޓޯރީ.. ކިއުރިއަސްލީ ވެއިޓިން ފޯރ ދަ ނެކްސް ޕާރޓް ☺️❤️
ތެންކްޔު އަޝްރާ
ހާދަލަހޭ 3 ވަނަބައި
3 ވަނަ ބައި ރިވިއުއަށް ލާފަ އިންނަތާ ވަރަށް ގިނަ ދުވަސް ވިފަހުން އެ ޕަބްލިޝްވީ 😅
ނިމުނީތަ
ނޯ.. 😬