ރީޝަމްއަށް ވަނީ ކުޑައިރުއްސުރެ ބުނެދޭން ނޭންގޭ ލޯތްބަތް ހަޔާން ދެކެ ވެވިފައެވެ. ނަމަވެސް ހަޔާން ރީޝަމް ބަލައިގަންނަމުން ދިޔައީ އެކުވެރިއެއްގެ ސިފައިގައެވެ. ހަޔާން ވެފައިވަނީ އަންހެން ކުދިންގެ ހިތް ކަތިލެވޭވަރުގެ ރީތި ފިރިހެން ކުއްޖަކަށްށެވެ. އެތައް އަންހެން ކުދިންނެއް ހަޔާން ފަހަތުން ދުވެއެވެ. ނަމަވެސް ކުއްޖެއްދެކެ ލޯބި ވުމަކީ ހަޔާންއަށް އަދި ނެތް ކަމެކެވެ. ހަޔާން ރީޝަމްއާއި ވާހަކަ ދައްކާތީ ރީޝަމްއެކަމާއި ބޯޑާވެއެވެ. އެކަމުގެ ސަބަބުން އަސްލު ލޯތްބަކީ ކޯއްޗެއްކަން ވެސް ރީޝަމްއަށް އޮޅެއެވެ. އެހެން އަންހެން ކުދިން ކުރިމަތީ ލޯބީގެ އެކްޓް ޖައްސާއި ކަނޑަކޮށްލައެވެ. ނަމަވެސް ހަޔާންއަށް ރީޝަމް ދެކެ ލޯބި ވުމަކީ ނުވާކަމެކެވެ. އެތަށް ފޭކް އެކްޓަކަށް ފަހު ހަޔާންގެ ލޯބި ހާސިލްކުރެވޭނީ ރީޝަމްއަށް ބާއެވެ؟ ނޫނީ އެހެން ކުއްޖެއް ހެއްޔެވެ؟ ހަޔާން ރީޝަމްގެ ދަޅައަށް ހެއްލޭނެ ހެއްޔެވެ؟ ހަޔާންއަށް ރީޝަމްގެ ސަބަބުން މަގު އޮޅޭނެ ބާއެވެ؟
ލުޔޫންއަކީ މުއްސަނދި އާއިލާއަކަށް އުފަންވި ކުއްޖެކެވެ. ނަމަވެސް ބައްޕަ ނިޔާވުމުން ކުންފުނި ހުއްޓި މަންމަ ވަރަށް ބޮޑަށް ބަލިވެގެން ދެއެވެ. އަދި އޭގެ ފަހުން އެހީއެއްވާން ހުރި ބޮޑުބޭބެއަށް ވެސް ޖަލު ޙުކުމެއް އާދެއެވެ. އޭގެ ސަބަބުން ލުޔޫންގެ ކިޔެވުން ހުއްޓި މީހުންގެ ދަރަނިތައް ފުއްދައިދިނުމާއި މަންމައަށް ބޭސް ފަރުވާކުރުމަށް ވަޒީފާއެއް ހޯދައެވެ. ލުޔޫންގެ ހަމައެކަނި ހުރި ބޭބެ ލަޔާން، ކުޑައިރު އެކުވެރިއަކާއެކު މޫދަށްއެރި އުޅުމުގެ ތެރޭގައި ގެނބިގެން ދުނިޔެއާއި އަލްވަދާޢު ކިޔައެވެ. އެކަމުގެ ހިތާމައިގައި ލުޔޫންގެ މަންމަގެ ޚާލު އިތުރަށް ބޮޑުވެއެވެ. ނަމަވެސް އެންމެންގެ މެދުގައި ވެސް އުފެދޭ ސުވާލަކީ އެ އެކުވެރިޔާކީ ކާކު ހެއްޔެވެ؟ އެ އެކުވެރިޔާ މިހާރު ކޮބައިބާއެވެ؟
އަޒްޔާންއާއި ލުޔޫންއަކީ ދުރު ނުކުރެވޭނެ ދެ ލޯބިވެރިންނެވެ. އެކަކު އަނިކަކު ދެކެ ވަނީ އިންތިހާއަށް ލޯބިވެވިފައެވެ. އެތަކެއް ވަޢުދުތަކެއް ވެއެވެ. ކޮންމެ ގޮތެއް ވިޔަސް އަޒްޔާން ލުޔޫންއާއި ކައިވެނި ކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއެވެ. ނަމަވެސް މިގުޅުން އަޒްޔާންގެ ބައްޕައަށް އިނގިގެން ދެމީހުން ދުރު ކުރެވޭތޯ އެތަކެއް ގޮތަކަށް އަޒްޔާންއަށް ނޭނގި ލުޔޫންއަށް އޮޅުވާލައެވެ. ހިތާމައަކީ އަޒްޔާން ލުޔޫންއާއި ބައްދަލުނުވެ ކުއްލި ގޮތަކަށް ފުރައިގެން ދާންޖެހުމެވެ. ފޯނުގެ ޒަރިއްޔާއިން ވީނުވީ އަންގާނުލެވުނުތާ އެކުވެރިއެއްގެ ފަރާތުން ވެސް ލުޔޫންއަށް އަޒްޔާންގެ ޚަބަރެއް ނުލިބެއެވެ. އެކަމުގެ ސަބަބުން އެ ގުޅުން ނިމުމަކަށް އަންނާނެ ހެއްޔެވެ؟ އަޒްޔާން ލުޔޫންއާއި ވަކިވީ ގަސްތުގައި ހެއްޔެވެ؟ ނޫނީ އެހާ ދުވަހު އޮޅުވާލީ ހެއްޔެވެ؟ ނުވަތަ ކުއްލި ޚާލަތެއްގެ ސަބަބުން ހެއްޔެވެ؟ އޭގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކީ ކޮބައި ބާއެވެ؟ އެތައް އަހަރު ތަކެއް ފަހުން އަލުން ބައްދަލު ވާނެ ހެއްޔެވެ؟ އަލުން އެ ގުޅުން އޮންނާނެ ހެއްޔެވެ؟ ވެވުނު ވަޢުދުތައް ފުރިހަމަ ކުރެވޭނެ ބާއެވެ؟ ލޯތްބަކީ އަޒްޔާންއަށް ކޯއްޗެއް ބާއެވެ؟
( ޓްރެއިލާރ )
މި ސުވާލުތަކުގެ ޖަވާބު ހޯދެއްވުމަށް ކުރިއަށް ހުރި އެޕިސޯޑްތަކަށް އިންތިޒާރު ކޮށްލާ!!.
ވަރަށް ރީތި ވާހަކައަކަށް ވާނެހެން ހީވޭ!!
ލުކިން ފޯވާޑް ޓު ދިސް ސްޓޯރީ ޑެތް ގާރލް ☺️
އައި ހޯޕް ތި ލޯތްބާ ނުލާގެ ފުރަތަމަ ބައި ވަރަށް އަވަހަށް ކިޔާލަން ލިބޭނެ ކަމަށް.
ތެންކްސް އެނޮނީމަސް ☺️❤️
ހުރިހާ ކިޔުންތެރިންނަށް ވެސް މި ވާހަކަ ކަމުދާނެ ކަމަށް އުންމީދު ކުރަން.. 😊
ތި ލޯތްބާ ނުލާގެ ފުރަތަމަ ބަޔަށް އިންތިޒާރު ކުރާނެ ކަމަށް އުންމީދު ކުރަން. 😁
އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ކިޔާލަން ލިބޭނެ. އިންޝާ ﷲ ❤️❤️
މި ވާހަކައަށް ކިޔުންތެރިންގެ ހިޔާލާއި ސަޕޯޓް ލިބޭނެ ކަމަށް އުންމީދު ކުރަން 😇