kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.comSupertotobetSahabetTarafbetMatadorbetTipobet365Deneme BonusuBetvoleMariobetbeylikdüzü korsan taksi

އެ ހުވަފެން

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

ނަޒާއަކީ 20 އަހަރުގެ އަންހެން ކުއްޖެކެވެ. 20 އަހަރު ވީތަނާ ރީތި ޒުވާނަކު އޭނާގެ ކައިވެންޏަށް އެދިގެން އޭނާގެ ބައްޕަ ގާތަށް އައެވެ. ނަޒާ އެ ކައިވެންޏަށް އާނ ބަސް ބުންޏެވެ. އެންމެ ފެނިލުމަކުންވެސް އެޒުވާނާގެ ރީތިކަމަށްޓަކައި ނަޒާގެ ހިތް ފިދާވިއެވެ. ކައިވެނި ކުރިތަނާ އަލަތު ދަރިފުޅަށް އޭނާ ބަލިވެއިނެވެ. މާބަނޑު އިރު އޭނާ ވަރަށް ބޮޑަށް ބަލިވިއެވެ. ނަމަވެސް ފިރިމީހާ އާއި އޭނާގެ އާއިލާގެ އެހީތެރިކަމުގެ ސަބަބުން މާބަނޑު އިރު ދުވަސްތައް ދިޔަ ގޮތެއްވެސް ނަޒާއަކަށް ނޭނގުނެވެ. އެތަކެއް ވޭނާ ކެކުޅުމުގެ މަސްތަކަކަށް ފަހު ނަޒާއަށް ލޯބި ލޯބި ފިރިހެން ދަރިއަކު ލިބުނެވެ. އެދަރިފުޅަށް ކީ އީދާންއެވެ. އޭނާގެ ދިރިއުޅުން އެހާ ހިސާބުން ފުރިހަމަ ވީ ކަމުގައި އޭނާ ދެކުނެވެ. އެއީ އާއިލާއެއް ފުރިހަމަ ވީ ކަމުގައި އޭނާ ދެކުނެވެ. ނަޒާ ދެކެ ނަޒާގެ ފިރިމީހާ އިންތިހާ އަށް ލޯބިވެއެވެ. ނުހަނު އިހުތިރާމް ކުރެއެވެ. ދިރިއުޅުމަށް މަދުވާ ހަމަ އެއްވެސް އެއްޗެއް ނަޒާއަކަށް ނެތެވެ. ނަޒާގެ ފިރިމީހާ ވިދާން އަކީ ފައިސާގެ ގޮތުން ތަނަވަސް މީހެކޭ ނުބުނެވުނަސް ވިދާންއަކީ ނަޒާއަށް ތަނަވަސް މީހެކެވެ. އެއީ ފިރިމީހާގެ އަތުގައި އޭނާ ބޭނުންވާ ހުރިހާ އެއްޗެއްވާތީއެވެ. ލޯތްބާއި، އޯގާތެރިކަމެވެ. ހިތްހެޔޮކަމާއި، ހިތްތިރިކަމެވެ. މަޑުމައިތިރިކަމާއި، ކެތްތެރިކަމެވެ.

ދަރިފުޅު ބޮޑުވަމުން އައި އިރު ދަރިފުޅު ބެލުމުގައި ފިރިމީހާގެ އާއިލާގެ އެހީތެރިކަން އިންތިހާއަށް ނަޒާއަށް ލިބެމުން ދިއައެވެ. ނަޒާއަކީ ބީރައްޓެހި ރަށެއްގެ ކުއްޖެކެވެ. އެހެން ކަމުން އެރަށުގައި އޭނާގެ އާއިލާގެ އެއްވެސް މީހަކު ނޫޅެއެވެ. ނަމަވެސް އެންމެ ހިނދުކޮޅަކުވެސް އޭނާ މާޔޫސްވާކަށް ނުޖެހެއެވެ. އެރަށުގެ މީހުންވެސް އޭނާއަށް އެހާ ހެވެވެ. ދުވަސްތައް މާޒީއާއި އެކުވަމުން ދިޔައެވެ. ނަޒާގެ ދަރިފުޅަށް 3 އަހަރު ވީއިރު އޭނާ އިނީ އެމީހުންގެ ދެ ވަނަ ދަރިފުޅަށް ބަލިވެއެވެ. އެފަހަރުވެސް އޭނާ ވަރަށް ބަލިވިއެވެ. ގައިގައި ވަރެއް ނުހުރެއެވެ. ދަރިފުޅު ބަލައިދެނީ ފިރިމީހާގެ ކޮއްކޮއެވެ. ދުވަސްތައް ފާއިތުވަމުން ގޮސް ލޯބި ލޯބި އަންހެން ކުއްޖަކު ނަޒާއަށް ލިބުނެވެ. ނަޒާގެ ފިރިމީހާ ނިކަން އުފާވިއެވެ. އޭނާ ބޭނުންވި ގޮތަށް ދެޖިންސުގެ ދެކުދިން ލިބުނީމައެވެ. އެ ދެމަފިރިންގެ އަންހެން ދަރިފުޅަށް ކީ އީދާއެވެ. ދެކުދިން އުފާވެރި މާހައުލެއްގައި ބޮޑުވަމުން ދިޔައެވެ. ނަޒާގެ ފިރިމީހާ ފެށި ފިހާރައެއްގެ ވިޔަފާރިވެސް ރަށުގައި ފުޅާވަމުން އައެވެ. ފުދުންތެރި ބައެއް ކަމުގައި ނަޒާމެންގެ އާއިލާވިއެވެ. އެހެން ކަމުން ރަށުގެ ނިކަމެތި އާއިލާތަކަށް ނަޒާމެން ލިބުން މިންވަރަކުން އެހީވާން ފެށިއެވެ.

ބުނާތީ އަހަމެވެ. ގިނައިން ދޭނަމަ، ގިނައިން ލިބޭނެއެވެ. ކަންތައް ވަމުން އައީވެސް އެހެންނެވެ. ނަޒާމެންގެ ކުޑަ ކުޑަ ވިޔަފާރި، އާއިލީ ވިޔަފާރިއަކަށް ބަދަލުވިއެވެ. ރަށުގައި ނަން ހިނގާވަރުގެ ބަޔަކަށް ނަޒާމެންވިއެވެ. ބޭރު ޤައުމުތަކަށް މަޖާ ކޮއްލަން ދެވޭހާ އެދެމަފިރިން ތަނަވަސްވިއެވެ. އެއް ޤައުމުން، އަނެއް ޤައުމުން އުދުހި އުދުހި އުޅުނެވެ. އެދެމަފިރިންގެ ލޯބި ލޯބި ދަރީންނާއިއެކުއެވެ. ބައެއްފަހަރު ވިޔަފާރި ދަތުރުތަކުގައި ވިދާން އާއި ނަޒާ އެކަނިވެސް ދިޔައެވެ. އެތަކެއް ބައިވަރު ލޯބި ވަގުތުތަކެއް އެކީގައި ހޭދަކުރިއެވެ. އެދެމަފިރިން އެކަނި ކުރި އެންމެ ފަހު ވިޔަފާރި ދަތުރުގައި ވަރަށް ބޮޑު އެކްސިޑެންޓެއް ހިނގިއެވެ. އެދެމަފިރިން އިން ކާރާއި އެހެން ކާރަކާއި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެކެވެ.

ބިންދާލަން ތައްޔާރަށް އިން ރާޅުގެ އުސްމިން ނަޒާއަށް އެނގޭނަމަ އޭނާ އޭނާގެ ފިރިމީހާއާއި އެކު ލޯބިން އުޅެވުން ކޮންމެ ސިކުންތެއް އޭނާގެ ހިތުގެ އެންމެ ފުނުގައި ރައްކާކުރާނެއެވެ. ނަމަވެސް ތަޤުދީރު އެނގެނީ ކާކަށް ހެއްޔެވެ.

ނަޒާއަށް ހޭވެރިކަން ވީއިރު ކައިރީގައި ނަޒާގެ މައިންބަފައިން ތިއްބެވެ. މާ ބޮޑު ހަނދާންތަކެއް ސިކުނޑީގައި ނެތަސް ލޯބިވާ ވިދާންގެ ހަނދާންތައް ނަޒާގެ ސިކުނޑީގައި ހަރުލާފައިވިއެވެ. ހޭވެރިކަންވުމަށްފަހު އެންމެ ފުރަތަމަވެސް، އެތާނގައި ތިބި އެންމެންގެ ތެރެއިންވެސް ނަޒާގެ ދެލޯ ދެކެން ބޭނުންވީ އޭނާގެ ލޮބުވެތި ފިރިމީހާއެވެ. ބައްޕަ ކައިރީގައި ފިރިމީހާގެ ވާހަކަ އެހުމަށް ނިކަން މަސައްކަތް ކުރިއެވެ. ނަމަވެސް އަޑެއް ނުނިކުތެވެ. ފިރިމީހާ އާއި ދަރިން ދެކިލުމަށް ނަޒާގެ ހިތް އަޑުން އަޑު ނަގައި ރޮނީއެވެ. އަތް އުފުލާލެވޭ ވަރުވުމުން ނަޒާގެ ދައްތަގެ ފޯނަށް ނަޒާ އިޝާރާތް ކޮށްލިއެވެ. އަދި ފޯނު ލިބުމުން ފިރިމީހާ ބަލާލަން ބޭނުންކަމުގައި މެސެޖްއެއްގައި ޓައިޕް ކޮށްލިއެވެ. އިރުކޮޅެއްގެ ތެރޭގައި ކޮޓަރީގައި ޓަކި ޖަހާލައިފައި ވަދެގެން އައީ ނަޒާ އަށް ބީރައްޓެހި މީހެއް ނޫނެވެ. އެއީ އަހްސަންއެވެ. އެއީ އަހްސަންކަން ނަޒާ ދެނެގަތެވެ. އަހްސަން ފެނުމުންވެސް ނަޒާ ގެ މޫނުމައްޗަކުން އުފާވެރިކަމެއް ނުފެނުނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. އެނާ އެ އިންތިޒާރު ކުރަނީ ވިދާން ފެންނާނެ އިރަކަށެވެ.

ދައްތަގެ ފޯނަށް އަނެއްކާވެސް ނަޒާ އިޝާރާތް ކޮށްލިއެވެ. މިފަހަރުވެސް ފިރިމީހާ ގެނެސްދިނުމަށް އެދި ނަޒާ އާދޭސް ކުރިއެވެ. އެ މެސެޖް ފެނިފައި ދައްތަގެ މޫނަށް ހައިރާންކަމުގެ ކުލަވަރު އެރިކަން ނަޒާ ދެނެގަތެވެ. ވީ ކީއްކަމެއް ނަޒާ އަކަށް ނޭނގުނެވެ. ދައްތަ ގޮސް މަޑުމަޑުން ބައްޕަ ކައިރީ އެއްޗެއް ކިޔާތީ ނަޒާއަށް ފެނުނެވެ. އަދި އަހްސަން އާއި ގާތްވެ މާ ސިއްރުން އަހްސަން ގާތުވެސް ވާހަކަތަކެއް ދެއްކި ކަން ނަޒާ އަށް އެނގުނެވެ. އިރުކޮޅެއް ނުވެ ޑޮކުޓަރު އައެވެ. އައިސް ނަޒާ އާއި މުހާތަބު ކުރިއެވެ. ހަނދާން ހުރި ވަރެއް ބަލައިލަން ކޮޓަރީގައި ތިބި އެންމެންގެ ނަމާއި އެމީހުންނަކީ ނަޒާގެ ކާކުކަން ޑޮކްޓަރަށް ބުނެދިނުމަށް ޑޮކްޓަރު އެދުނެވެ. ބައްޕަ އާއި ދައްތަގެ ނަމާއި އެއީ ބައްޕަ އާއި ދައްތަ ކަމުގައި ނަޒާ ބުންޏެވެ. އަދި އަހްސަން ގެ ނަމާއި އަހްސަން އަކީ ރައްޓެއްސެއް ކަމުގައި ބުނެލިއެވެ. ޑޮކްޓަރު ހައިރާންވެފައި ނަޒާއަށް ބަލާލިއެވެ. އަދި އަހްސަން އަށް ބަލާލިއެވެ. ނަޒާ ކައިރިއަށް އަހްސަން ގެނެސް އަދި އެއް ފަހަރު ރަނގަޅަށް ވިސްނާލުމަށްފަހު ބުނުމަށް އެދުނެވެ. ނަޒާ އަނެއްކާވެސް އަހުސަން އަކީ ރައްޓެއްސެއް ކަމުގައި ބުނެލިއެވެ. ޑޮކްޓަރު ހައިރާންވެފައި ހުރެ އަހްސަން އަކީ ނަޒާގެ ފިރިމީހާކަމުގައި ނަޒާއަށް ބުނެދިނެވެ. ނަޒާގެ ދެލޯ ބޮޑުވިއެވެ. ވިދާން އާއި އެކީގައި ލޯބިން އުޅެވުން ހުރިހާ ދުވަސްތަކެއް ނަޒާގެ ލޯކުރިމަތީގައި ފިލްމެއްހެން ކުޅެވެމުން ދިޔައެވެ.

"ނުވާނެ އެހެންނެއް... އަހަރެންގެ ފިރިމީހާ އަކީ ވިދާން. ދޯ ބައްޕާ. ބައްޕަ ކައިރިއަށް ވިދާން އައެއްނު؟ އަހަރެންގެ ކައިވެންޏަށް އެދި. ޑޮކްޓަރ ހަމަ ތެދެއް. އަޅުގަނޑުގެ ފިރިމީހާ އަކީ ވިދާން. އަހްސަންއެއް ނޫން." ނަޒާ ރޮމުން ވާހަކަ ދެއްކިއެވެ.
"އެހެން ވެދާނެ ޕޭޝަންޓެއް ކޯމާގައި އޮންނަ އިރުގައި. މިފަދަ ކޭސްތައް ކުރިންވެސް ފެނިފައިވޭ" ޑޮކްޓަރު ނަޒާ އަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. އޭރުވެސް ނަޒާ ހަމަ ރޮނީއެވެ.
ނަޒާގެ ބައްޕަ އާއި ދައްތަ ތިބީ ގަނޑުވެފައެވެ. މިވަނީ ކީއްކަން ނޭނގިފައެވެ. ނަޒާގެ މި އުޅުމުން އެންމެ އަސަރު ކުރީ އަހްސަންއަށެވެ. މިއީ އޭނާއަށް ހައްޤުވާ އަދަބު ކަމުގައި އޭނާ ނިންމިއެވެ. ނަޒާ ރޮމުން ވިދާން ގެނެސްދިނުމަށް އެދި އާދޭސް ކުރިއެވެ. ނަމަވެސް މިއިން އެއްވެސް އާދޭހެއްގެ ބޭނުމެއް ނެތެވެ. ހަޤީޤަތަކީ ވިދާން އާއި އެކީގައި ވޭތު ކުރެވުނު ހުރިހާ ވަގުތަކީ ބިލާހެއްކަމެވެ. އެ ހުރިހާ ހަނދާންތަކަކީ ނަޒާގެ ސިކުނޑީގައި ރައްކާކުރެވިފައި ހުއްޓަސް، ހަޤީޤަތުގައި ހިނގި ކަންކަމެއް ނޫނެވެ. ނަޒާގެ ބައްޕަމެން ތިބީ ހަދާނެ ގޮތް ހުސްވެފައެވެ. ވިދާން އެއީ ކާކު ކަމެއްވެސް އެއިން މީހަކަށް އެނގިފައެއް ނުވެއެވެ. އެހެން ކިޔާ މީހެއްވެސް އެމީހުން ނުދަނެއެވެ.

އެހެން ރޮއެ ރޮއެ އިނދެފައި ނަޒާ އާދޭސް ކުރުން ހުއްޓާލިއެވެ. އިސްޖަހާލައިގެން އިން ނަޒާ ފެންނަ ކޮންމެ މީހަކުވެސް ހަމްދަރުދީވާނެއެވެ. ނަޒާގެ ބައްޕައަށް މިތަން ބަލަން ކުޅަދާނަ ނުވެގެން ބޭރަށް ނިކުތެވެ. ދައްތަވެސް ބައްޕަގެ ފަހަތުން ނުކުތެވެ. އެހިނދު އަހްސަން އާއި ނަޒާ ކޮޓަރީގައި އެކަނިވިއެވެ. އަހްސަން ނަޒާ ގައިގައި ބައްދާލަން ކައިރިވެލިއެވެ. ބައްދާލާފައި ނުރޯށޭ ބުނެލާށެވެ. ނަމަވެސް ނަޒާ އަތް އުފުލާ، ކައިރިއަށް ނައުމަށް އިންޒާރުދިނެވެ. އަހްސަން ދުރަށްޖެހިލައި ގޮނޑިއެއްގައި އިށީނދެލިއެވެ. އަދި ނަޒާއަށް ބަލަންއިނެވެ.

"ނަޒާ. އަހަންނަށް މާފު ކުރޭ. އަހަންނަށް ނަޒާއާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތުން މިއަދު ނަޒާއަށް ތިހާލު ޖެހުނީ. ދެމީހުންގެ ދެމެދުގައި ހިނގި ޒުވާބެއްގައި އަހަރެން ރުޅި އައިސްގެން ނަޒާގެ ބޮލުގައި ބިއްލޫރި ފުޅިއަކުން ޖެހީމަ، ވެއްޓިފަ ނަޒާ ކޯމާއަކަށް ދިޔައީ." އަހްސަން އަށް ރޮވުނެވެ.
"އަހަރެމެންގެ ކައިވެންޏަށް 1 އަހަރު ވީއިރުވެސް އަހަންނަކަށް އެއްވެސް އިރެއްގައި ނަޒާއަކަށް ހެޔޮ ފިރިއަކު ކަންތައް ކުރާހެން ކުރެވިފައެއް ނެތް. މާފު ކުރޭ ނަޒާ. އަހަންނަށް މާފު ކުރޭ." އަހްސަން ރޮމުން އާދޭސް ކުރިއެވެ.

މަޑުމަޑުން ނަޒާގެ ހަނދާންތައް އާވަމުން ދިޔައެވެ. ތެދެކެވެ. ނަޒާގެ އަސްލު ފިރިއަކީ އަހްސަންއެވެ. އޭނާ އަކީ އަނިޔާވެރި ފިރިއެކެވެ. އަހްސަން އާއި އިނދެގެން ނަޒާ ނުރޯ އެއް ދުވަސް ވެސް ނުދެއެވެ. ދެމީހުން އެއްތަން ވެއްޖެ ނަމަ އަބަދު ކަމަކަށް އޮންނާނީ ކޮންމެވެސް ކަމަކާއި ޒުވާބު ކުރުމެވެ. ނަޒާ އަކީ ވަރަށް ފަސޭހައިން ރުޅި މައިތިރިވާ މީހެއް ނަމަވެސް އަހްސަން އަކީ އިންތިހާއަށް ރުޅިގަދަ މީހެކެވެ. ޒުވާބު ހޫނުވަމުން ގޮސް އަހްސަންއަށް ކޮންމެ ދުވަހަކުހެން އަތް އިސްކުރެވެއެވެ. އެހެންވެ ނަޒާ ބުރުގައި ނާޅާ ހުރެފައިވެސް ބުރުގައި އަޅަން މަޖުބޫރުވިއެވެ. އަހްސަން ދޭ އަނިޔާތަކުގެ ނިޝާންތައް ގައިން ފެންނަން ނަޒާ ބޭނުން ނުވާތީއެވެ. އަހްސަން އަކީ ވަރަށް އަޅާލުން ކުޑަ، ވަރަށް ކަންފަސޭހަ ފިރިއެކެވެ. ގޭތެރޭގައިވެސް އަހްސަން އެއްވެސް ކަމެއް ނުކުރާނެއެވެ. ހަމަ ދެފައި ދަމާފައި ޓީވީ ބަލާނީއެވެ. ނަޒާ ހުންނާނީ މުޅި ދުވަސް ނިމޭއިރު ވަރުބަލިވެފައެވެ. އޮފީހުގައި ވެސް އެހާ ބުރައެވެ. ގެއަށް އަޔަސް އަހްސަން ގެ ޝަކުވާތަކުން ސަލާމަތް ނުވެއެވެ. މިސަބަބުތަކަށްޓަކައި ނަޒާގެ ސިކުނޑިވެސް އިންތިހާއަށް ވަރުބަލިވެއެވެ. ނަޒާ ބޭނުންވާ ކަހަލަ ދިރިއުޅުމެއް ލިބޭތޯ ނަޒާ ދިޔައީ ކޮންމެ ނަމާދެއްގެ ފަހުގައި ދުޢާ ކުރަމުންނެވެ. އެހެން އުޅެނިކޮށް މި ކަންތައްގަނޑު ދިމާވީއެވެ. އަދި ނަޒާ ބޭނުންވާ ކަހަލަ ދިރިއުޅުމެއް ހުވަފެނެއްގައި ސިފައިގައިވިއަސް ނަޒާއަށް ލިބުނެވެ.

ވިދާންގެ ހަނދާންތައް އާވަމުން ދިޔައެވެ. ވިދާންގެ އޯގާތެރިކަމާއި ލޮބުވެތިކަން ހަންދާންވެ ނަޒާއަށް ރޮވޭގޮތްވިއެވެ. ވިދާން ފަދަ އިންސާނަކު ނަޒާގެ ހަޔާތަށް ލިބުން ނަމަ ކޮން ފަދަ ބާއޭ ނަޒާގެ ހިތަށް އަރަމުން ދިޔައެވެ. އޭނާ އަހްސަން އެއް ބޭނުމެއް ނޫނެވެ. ބޭނުމީ ވިދާންއެވެ. އަހްސަން ކައިރީ އަހްސަންގެ ފޯނު ދިނުމަށް ނަޒާ އެދުނެވެ. އަހްސަން ފޯނު ދިނުމުން ހުވަފެނުގައި ވިދާންއަށް ގުޅާ ނަންބަރަށް ގުޅާލިއެވެ. ނަޒާ ސިއްސައިގެން ދިޔައެވެ. ވާހަކަ ދެއްކީ ވިދާންއެވެ. އެއީ ހަމަ ވިދާންގެ އަޑެވެ. ނަޒާގެ ހިތް ތެޅިގަތުމާއިއެކު ފޯން ކަނޑާލިއެވެ. އަދި ނަންބަރ ކޯލް ލިސްޓުން ޑިލީޓް ކޮއްލިއެވެ.

ނަޒާ ހޭއެރިތާ 15 ދުވަސް ފަހުން ހޮސްޕިޓަލުން ދޫކޮށްލިއެވެ. ގެއަށް ގޮސް ހަމަޖެހިގެން ފޯނު ނަގައި ވިދާންއަށް ގުޅާލިއެވެ. އަދި އެއީ ނަޒާ ކަމަށާއި ވަރަށް މުހިންމު ކަމަކު ބައްދަލު ކޮށްލަން ބޭނުންވާ ކަމުގައި ވިދާން ގާތު ބުނެލިއެވެ. ވިދާންގެ ފުރަތަމަ ސުވާލަކަށްވީ ކޮން ނަޒާއެއް ހެއްޔެވެ؟ މިސުވާލުން ނަޒާގެ ހިތަށް ތަދުކުރުވިއެވެ. "ލޯބިވާ ވިދާންއެވެ. އަހަރެން މިއީ ހުވަފެނެއްގައި ވިއަސް، ވިދާންގެ އަނބިމީހާގެ މަޤާމް ލިބުން މީހެކެވެ." ހިތާ ހިތުން ނަޒާ ކިޔާލިއެވެ. "އަހަރެންގެ ހަޔާތާ ވިދާންއާއި ގުޅިފައިވާތީ އަހަރެން މިގުޅާލީ، ބައްދަލު ކޮށްލުމަކީ އަހަރެން ވަރަށް ބޭނުންވާ ކަމެއް... މިރޭ އޮކްސީޖަން ރެސްޓޯރަންޓަށް 8 ޖަހާއިރު..." އެހެން ބުނެލުމަށްފަހު ނަޒާ ފޯނު ކަނޑާލިއެވެ. ހޮސްޕިޓަލުން ގެއަށް ދޫކޮށްލި ދުވަހު ބޭރަށް ދާން ނަޒާ ޖެހިލުންވިއެވެ. އަދި އެހާ ފިޓް ނޫންކަން ޚުދު ނަޒާވެސް ޤަބޫލްކުރެއެވެ. ނަމަވެސް އޭނާ ވިދާން ދެކިލަން ކެތްމަދުވަނީއެވެ. ވީމާ ކަށީގައި ނެތް ހިތްވަރުލާފައި ނަމަވެސް އޭނާ މިރޭ ދާނެއެވެ.

8 ޖެހި އިރު އޮކްސީޖަން ރެސްޓޯރަންޓުގެ ދޮރުމަތީގައި ވިދާން ހުއްޓެވެ. އެ ސޫރަ ފެނިފައި ނަޒާ ދީވާނާވިއެވެ. ހަމަ އެ ރީތިކަމެވެ. އެ ރީތި ދެލޮލެވެ. އެ ރީތި ހަށިގަނޑެވެ. އެ ބައިމަތި ފުޅާ މޭމައްޗެވެ. މިއީ އޭނާގެ ލޯބިވާ ފިރިމީހާއެވެ. ހަޤީޤަތަކީ އެ ނޫން ކަމުގައި ވިއަސް ނަޒާ ބޭނުމީ އެހުވަނުގައި، އެ އުފާވެރިކަމުގައި އުޅޭށެވެ. މަގުހުރަސް ކޮށްލާފައި ނަޒާ ގޮސް އަމިއްލައަށް ތަޢާރަފުވިއެވެ.
"އަހަންނަކީ ނަޒާ" ސަލާމް ކޮށްލުމަށް އަތް ދިއްކޮށްލަމުން ނަޒާ ބުނެލިއެވެ.
ވިދާން ނަޒާ އާއި ސަލާމް ކޮށްލިއެވެ.
ރެސްޓޯރަންޓުގެ މައްޗަށް އަރާ މޫދު ފެންނަ މޭޒެއްގައި ދެމީހުން އިށީނދެލިއެވެ.
ވެއިޓަރު މެނޫ ގެނެސްދިނުމުން ވިދާން އަށް އެންމެ މީރު ޑިޝްގެ 2 ޑިޝްއަށް ނަޒާ އޯޑަރު ދިނެވެ. މިކަމާއި ވިދާން ހައިރާންވިއެވެ. ވެއިޓަރު ފެން އަޅާދީފައި ދިޔުމުން އިސްވެ ވިދާން ވާހަކަ ދެއްކިއެވެ.
"ކިހިނެތް އަހަރެންގެ ފޭވަރިޓް ޑިޝް އެނގެނީ؟" ހައިރާންވަފެއި އިނދެ ވިދާން އަހާލިއެވެ.
"އަހަރެން މިތަނަށް އައީ ވިދާން އާއި ސަކަރާތް ޖަހާ ނޫނީ ވިދާންގެ އަގުހުރި ވަގުތުތަކެއް ބޭކާރު ކޮށްލާކަށް ނޫން. އަހަރެން މިއައީ އަހަރެންނަށް ވިދާން އާއި ދިމާވެފައި ހުރީމާ އެވާހަކަ ދައްކާލަން" ނަޒާ މިހެން ބުނުމުން ވިދާން ޖަވާބެއް ބޭނުންވާފަދަ ކުލަވަރެއް މޫނުން ދައްކާލިއެވެ.

މިހެން ބުނެފައި ނަޒާ ވީ ހުރިހާ ކަމެއް ވިދާންއަށް ކިޔާދިނެވެ. ނަޒާގެ ވާހަކަ ނިންމާލިއިރު ވިދާންވެސް އިނީ ކޮސްވެފައެވެ. އެ ބެލުމަކީ ނަޒާއަށް އާބެލުމެއް ނޫނެވެ. ހުވަފެނީ އާލަމުގައި ވެސް ވިދާން ކަންކަމާއި ހައިރާންވީމައި ބަލަނީ އެހެންނެވެ.
"އަހަރެން ކިހިނެތް ތިވާހަކަ ޤަބޫލުކުރާނީ؟ އަހަރެން ކިހިނެތް ނަޒާ އަކީ ތެދުވެރިއެއް ކަމުގައި ޔަގީން ކުރާނީ؟" ވިދާން އަހާލިއެވެ.
އެއް މިޔަކަނުން ހީލަމުން ނަޒާ ބުނެލި އެއްޗަކުން ވިދާންގެ ދެލޯ ބޮޑުވިއެވެ. ނަޒާ ބުނެލީ ވިދާންގެ ގައިގެ އެއްވެސް މީހަކަށް ނުފެންނަ ހިސާބުގައި، ފައިގެ ފަލަމަސްގަނޑުގައި އިންނަ ބޮޑު ކަޅުތިލައެއްގެ ވާހަކައެވެ. މިހާވަރުން ވިދާންއަށް ނަޒާގެ ވާހަކަ ޤަބޫލްކުރަން މަޖުބޫރުވިއެވެ.
ނަމަވެސް ވިދާން ބުނެލި އެއްޗަކުން ނަޒާގެ ހިތް މިލާ މޯޅިވިއެވެ.
ވިދާންއަކީ މީހެއްގެ ފިރިއެކެވެ. ދެކުދިންގެ ބައްޕައެކެވެ. ވިދާން ގެ ދެކުދިންނަށް ހަމަ ހަޤީޤަތުގައިވެސް ކިޔަނީ އީދާން އާއި އީދާއެވެ. މިކަމާއިވެސް ވިދާން ހުރީ ހަމަ ކޮސްވެ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޚުދު ނަޒާއަށްވެސް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގި، ގައިން ހީބިހި ނަގާ ހާލުގައެވެ. ހުވަފެނުގައި ވިދާންގެ ދަރިންގެ އަސްލު ނަން ނަޒާގެ ދަރިންނަށް ކިޔުން ކަމީވެސް ހަމަ އިއްތިފާޤު ބާއެވެ؟

ވިދާން އަކީ މީހެއްގެ ފިރިއެއްކަމާއި ދެކުދިންގެ ބައްޕައެއްކަން އެނގުނު ހިސާބުން ނަޒާގެ ދުނިޔެ ހުއްޓުނު ކަހަލައެވެ. ނަޒާއަށް ރޮވުނެވެ. ވިދާން ހުސްކޮށް ހުރިނަމަ ނަޒާ ވިދާން ބޭނުންވާނެއެވެ. މީހަކާއި ރައްޓެހިވެގެން ވިދާން އުޅުނު ނަމަވެސް ވިދާންގެ ލޯބި ހާސިލް ކުރަން ނަޒާ ހުންނާނީ ކޮންމެ ފަދަ ކަމެއް ކުރަންވެސް ތައްޔާރަށެވެ. އަދިވެސް ކިތަންމެހާވެސް ނަޒާ ވިދާން ބޭނުމެވެ. ހިތުގައިޖެހި ދެރަވިއަސް ދެކުދިންގެ ބައްޕައަކާއި، މީހެއްގެ ފިރިއެއް ޖަހައިގަތުމުގެ ވިސްނުމެއް ނަޒާގެ ނެތެވެ. ނަޒާ އިސްދަށަށް ޖަހައިގެން އިންދާ ވެއިޓަރ ކާއެއްޗެހި ގެނެސްދިނުމުން އެއްވެސް އެއްޗެއް ނުބުނެ އިނދެ ކައި ނިންމާލިއެވެ. ކައި ނިންމާލުމަށް ފަހު ނަޒާ ވިދާންއާއި ވަދާޢީ ސަލާމް ކޮށްލިއެވެ. އަދި ތެދުވެ 500 ރުފިޔާގެ ނޫޓެއް މޭޒުމަތީގައި ބާއްވާލަމުން ދުވަހަކުވެސް ދެން ވިދާންއަށް ނުގުޅާނެ ވާހަކަ ބުނެލުމަށްފަހު ހިނގައިގަތެވެ.

އެހުވަފެނުގައި ހޭދަވި ދުވަސްތަކާއި ރޭތަކުގެ ހަނދާނުތައް ނަޒާއަށް ނަޒާގެ ދިރިއުޅުމުގައި ބާކީ އޮތް ބައި އުފަލުގައި ވޭތު ކުރުމަށް އެހީއަކަށް ވާނެ ކަމަށް ނަޒާ ޤަބޫލުކުރިއެވެ. ކިތަންމެ ދެރަވިއަސް ޖެހޭނީ ކެތް ކުރާށެވެ. ވިދާން ލިބޭކަށް ނެތެވެ. ކެތް ކުރުން ނޫން ގޮތެއް ނަޒާއަކަށް މިއަދު ނެތެވެ. އެ ހުވަފެނުގައި ވިދާން ނަޒާ ދެކެ ވީ ހާދަ މަތިވެރި ލޯތްބެކެވެ. ނަޒާގެ ހިތުގައި ޖެހޭ ފަދަ އެއްވެސްކަމެއް ވިދާން ދުވަހަކުވެސް ނުކުރެއެވެ. ލޯތްބާއި އަޅާލުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ވިދާން ނަޒާއަށް ދިނެވެ. ކޮންމެ ކަމަކަށްވެސް ޙަމްދު ކުރުމުގެ އާދަ އަށެގަނެފައިވާ ނަޒާ މިކަމަށްވެސް ﷲގެ ހަޒްރަތަށް ޙަމްދު ކުރިއެވެ. އެއީ ނަޒާ ބޭނުންވާ ކަހަލަ، އެހާ އުފާވެރި ޙަޔާތެއް ހުވަފެނުގައި ނަމަވެސް ލިބުނީތީއެވެ. މައްޗަށް ބަލާލުމަށްފަހު ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ގެއާ ދިމާލަށް ދިޔުމަށް ނަޒާ ހިނގައިގަތެވެ.

***************************************************************************************************
4 މަސް ފަސް
ނަޒާ އަކީ މިހާރު މިނިވަނެކެވެ. އަހްސަންގެ އަނިޔާވެރިކަމުން އަހްސަން ކައިރިން ވަރިވެގެން ޢިއްދަވެސް ހަމަވެއްޖެއެވެ. ނަޒާ އުޅެމުން އަންނަނީ އެކަނިވެރި އެހެންނަމަވެސް އުފާވެރި ދިރިއުޅުމެކެވެ. ހުވަފެނީ ޢާލަމުގައެވެ. ވިދާންގެ ހަނދާންތަކާއިއެކުއެވެ. ހުވަފެނުގައި ދަރިން ކުރާ ސަކަ ކަންކަމުގެ ހަނދާނުގައެވެ. އެކަނި އިނދެ އެ ވަގުތުތަކާއި ހަނދާންތަކުގައި ނަޒާ ދިރިއުޅެއެވެ. ކޮންމެ ނަމާދެއްގެ ފަހުގައި ވިދާން އަށް ހެޔޮ ގޮތްތައްވުމަށް އަބަދުވެސް ނަޒާއަށް ދުޢާ ކުރެވެއެވެ. އެފަދަ ޙަޔާތަކަށް އެދި ސަޖިދައިގައި އޮވެ ނިކަން ގިނަ އިރު ނަޒާއަށް ރޮވެއެވެ. މިފަދަ ހާލެއްގައި ދުވަސްތައް ފާއިތުވަމުންދެއެވެ.

އެއްދުވަހެއްގެ ހެނދުނެވެ. ނަޒާގެ ފޯނު ރިންގު ވާތީ ބަލާލިއިރު ގުޅަނީ ވިދާންއެވެ. ނަޒާގެ އަތް ފައި ފިނިވިއެވެ. މިހާ ދުވަސް ފަހުން ވިދާން މި ގުޅަނީ ކީއްވެބާއެވެ. ނަޒާ ފޯނު ނަގައި ކަންފަތުގައި ޖައްސާލާ ހަލޯ ބުނެލިއެވެ. ވިދާން ބުނީ ހަމަ އެ ރެސްޓޯރަންޓުން މިރޭ 8 ޖަހާ އިރު ބައްދަލުވުމަށެވެ. އެހެން ބުނެ ފޯނު ކަނޑާލިއެވެ. ނަޒާ ފޯނު މޭގައި ޖައްސާލިއެވެ. ހިތް ތެޅެނީއެވެ. ނޭވާ ހާސްވަނީއެވެ. ނިތްކުރިން އޮށް ދާހިއްލަނީއެވެ. ވިދާންގެ އަޑު އެހާ ދުވަސް ފަހުން ކަންފަތުގައި ޖެހުމުން އަސަރު ކުރަނީއެވެ. އަނެއްކާ މިއީވެސް ހުވަފެނެއްބާއޭ ނަޒާގެ ހިތަށް އަރަމުން ދިޔައެވެ.

ތެޅިތެޅި އޮތް ހިތަކާއި އެކު ނަޒާ ރެސްޓޯރަންޓަށް ދިޔައެވެ. ނަޒާގެ ހިތުގެ ވިންދުވަނީ އަވަސްވެފައެވެ. ނޭވާ ކުރުވެ، ނޭވާ ހާސްވަނީއެވެ. ވިދާން ބައްދަލުވާން އެދޭ ސަބަބު އެނގެން ނަޒާ ބޭނުމެވެ. މާގިނަ އިރުތަކެއްނުވެ ވިދާންއައެވެ. ވިދާން އައުމުން ދެމީހުން އެކީގައި މައްޗަށް އަރާ، މޫދު ފެންނަ ހުސް މޭޒެއްގައި އިށީނދެލިއެވެ. މޭޒުގައި ހަމަޖެހިލެވުމުން ނަޒާ ވިދާންގެ މޫނަށް ބަލައިލިއެވެ. ރާޅުތަކާއި ދިމާލަށް ގެއްލި ހުސްވެފައިވާ ވިދާންގެ މޫނުމަތީގައިވަނީ މާޔޫސްކަމެވެ. ނަޒާގެ ހިތުގެ ވިންދު އަވަސްވާން ފެށިއެވެ. ވެގެން މިއުޅޭ ގޮތެއް ނަޒާ އެނގެން އިންތިހާއަށް ބޭނުންވި ނަމަވެސް ވިދާންގެ ހަމަހިމޭން ވަގުތުކޮޅަށް ނަޒާ ފުރުސަތުދޭން ބޭނުންވިއެވެ.

އެހެން އިރުކޮޅަކު އިނުމަށްފަހު، ވިދާން ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލާފައި ނަޒާއާއި ދިމާލަށް ބަލާލިއެވެ. ނަޒާގެ ނޭވާކަރުތެރޭގައި ތާށިވިކަހަލައެވެ. ވިދާންގެ ލޮލުގައި ބަބުޅަމުންދިޔަ ކަރުނަތިކި ފެނުމުން ނަޒާގެ ހިތަށް ތަދުވިއެވެ.
"ވިދާން ޕްލީޒް، ވެގެން ތި އުޅޭ ގޮތެއް ބުނެދީބަލަ. އަހަންނަކަށް ފަސޭހައެއް ނޫނޭ ވިދާން ދެރަވެފައި ހުންނަތަން ދެކޭކަށް." ނަޒާ ވިދާންގެ އަތް މަތީ އަތް ބާއްވާލަމުން ބުނެލިއެވެ.
"އަަހެރެންގެ އަންހެނުން ނިޔާވެއްޖެ. އަހަރެން މުޅިން އެކަނިވެރިވެއްޖެ." ވިދާން މިހެން ބުނި އިރު ނަޒާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. ނަޒާއަށް މޭގައި އަތް އަޅާލެވުނެވެ.
"ވިދާން އަށް އުނދަގޫ ނޫނިއްޔާ އަހަންނަށް ބުނެދީބަލަ، ކޮންއިރަކު ވީ ކަމެއް މިއީ؟" ނަޒާ ބުނެލިއެވެ.

"މީގެ ދެމަހެއްހާ ދުވަސް ކުރިން... އެއް ދުވަހު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަހަރެންގެ ލޯބިވާ އަންހެނުން މިފަނާވަނިވި ދުނިޔެއަށް އަލްވަދާޢު ކިޔައިފި. ނަޒާވެސް އަޑު އަހާނެ ކަންނޭނގެ ކާރަކާއި ސައިކަލެއް ޖެހި ހިނގި ބޮޑު އެކްސިޑެންޓެއްގެ ވާހަކަ. އެކާރުގެ ފަހަތު ސީޓުގައި އިނީ އަހަރެންގެ އަންހެނުން." ވިދާން ވަރަށް ހިތްވަރުލާފައި ކިޔައިދެމުން ދިޔައެވެ. ނަޒާ ކަނުލާ އަޑުއަހަމުން ދިޔައެވެ.
"އެ އެކްސިޑެންޓުގެ ޚަބަރު ލިބުމާއިއެކު އަހަރެން ހޮސްޕިޓަލާއި ދިމާލަށް ދުއްވައިގަތިން. އިމާޖެންސީގައި އޮތް އަހަރެންގެ އަނބިމީހާ ފެނި އަހަރެން ހުއްޓޭގޮތްވި. ސިފަވެސް ވަކިވާވަރު ނުވޭ. އެސްޕީއޯޓޫ ސްޓޭބަލް އެއް ނޫން. ބީޕީ ދިޔައީ ލޯވަމުން. އެހާލުގައި އޮވެފައި އަހަރެންގެ އަތުގައި ހިފާ އޭނާ ކުރި ވަސިއްޔަތެއްގެ ސަބަބުން އަހަރެން ނަޒާ މިތަނަށް މި ގެނައީ." މިހެން ވިދާން މިހެން ބުނުމާއިއެކު ނަޒާގެ ދެލޯ ތަންމިނަށް ހުޅުވުނެވެ. ވިދާން ބުނަން މިއުޅެނީ ކޮންފަދަ ވާހަކައެއްބާއެވެ. ވިދާންގެ އަނބިމީހާއަށް ނަޒާގެ ހުވަފެނުގެ ކަންތައްގަނޑުގެ ހިލަމެއް ވެފައި އޮތީބާއެވެ؟

"ނަޒާއާއި ބައްދަލުވެފައި އަހަރެން ނަޒާގެ ވާހަކަ އަހަރެންގެ އަންހެނުންނަށް ކިޔައިދިނިން. އަހަރެން އެއްވެސް އެއްޗެއް އަހަރެންގެ އަންހެނުންނަކަށް ސިއްރެއް ނުކުރަން. އެއީ އަހަރެން ދެކޭ ގޮތުގައި ކައިވެނީގެ ބިންގަލަކީ ތެދުވެރިކަމާއި ވަފާތެރިކަމުގެ މަތީގައިވާ ބިންގަލެއް. އެހެންވެ ވީ ހުރިހާ ގޮތެއް އަހަރެން އޭނަ ގާތު ބުނިން. އެހެންވެ އަހަރެންގެ އަންހެނުން އެހާލުގައި އޮވެގެން ވަޞިއްޔަތް ކުރީ ނަޒާ އާއި ވީހާވެސް އަވަހަކަށް ކައިވެނި ކުރަން. ދަރިންނަށް މަންމައެއްގެ ލޯބި ހޯދަދޭން. އަހަރެންވެސް ބޭނުމީ މިހާރު އެގޮތް.. ކުޑަ ދުވަސްކޮޅަކު ވިސްނާލާފަ މިއައީވެސް. އިތުރަށް ވިސްނާކަށް ބޭނުމެއް ނޫން. އަހަރެން ބޭނުން އަހަރެންގެ އަންހެނުންގެ ވަޞިއްޔަތް ފުރިހަމަ ކޮއްދޭން. ވީހާވެސް އަވަހަކަށް އަހަރެން އިންނަން ބޭނުން ނަޒާއާ" ވިދާންއަށް މިހާ ހިސާބަށް ބުނެވުނުތަނާ ނަޒާ ގޮނޑިން ތެދުވިއެވެ. އަދި ދާން ހިނގައިގަތެވެ.
ވިދާން ނަޒާގެ އަތުގައި ހިފާ ނަޒާ ހިފެހެއްޓިއެވެ. އަދި ބުނެލިއެވެ. "ކީއްވެ ތިދަނީ ނަޒާ؟"
"ވިދާން. އަހަރެން... އަހަންނަކަށް ނޭނގެ ހަދާނެ ގޮތެއް... އަހަރެން ހާސްވަނީ.. އަހަރެން ބޭނުން ވަގުތުކޮޅެއް. އެބަ އަންނަން." ނަޒާ ދިޔައީ ފާހަނާއަށެވެ. ފާހަނައަށްވަދެ ލޯގަނޑުން މޫނު ބަލާލިއެވެ. ނަޒާ ބިރުގަތެވެ. ވިދާން ލިބުން މިއީ އޭނާ ކުރި ދުޢާ އިޖާބަވުމެވެ. އެހެން ނަމަވެސް ވިދާންގެ އަންހެނުންނަށް އެވަރު ބޮޑު ކަމެއް ވާކަށް ދުވަހަކުވެސް އޭނާ ދުޢާއެއް ނުކުރެއެވެ. މިއީ ﷲ ތަޢާލާގެ ނިންމުމެއްކަމުގައި ހިތުން ގަބޫލުކުރިއެވެ. ފޯނު ނަގައި ޒިކުރު އެޕް ހުޅުވާލާފައި ހާސްވެ ކަންބޮޑުވާ ވަގުތުގައި ކިޔައި ދުޢާ ކިޔާލިއެވެ. އަދި މޫނު ދޮވެލާ، ޓިޝޫއަކުން ފޮހެލުމަށްފަހު ނިކުތެވެ.

ނަޒާ އިށީނދެލުމާއި އެކު ވިދާންއަށް ރާޅުތަކުގެ ރީތި ކަމާއި ހިތްގައިމުކަމުގެ ވާހަކަ ދެއްކިއެވެ. ކުޑައިރުކޮޅަކު މާހައުލާއިމެދު ވާހަކަދައްކަން އިނދެފައި ވިދާން ވާހަކަދެއްކުން ހުއްޓާލާފައި ނަޒާއާއި ދިމާލަށް ބަލާލިއެވެ.
"ނަޒާ އަހަންނާއި އިންނާނަންތަ؟" ވިދާން ނަޒާގެ ލޮލަށް ބަލާލަމުން ބުނެލިއެވެ.
"އާނ" ނަޒާ ބުނެލިއެވެ. ވިދާން ހިނިތުންވެލަމުން ނަޒާގެ ފިނިވެފައިވާ އަތުގައި ހިފާ ފިތާލިއެވެ.
މިއީ ނަޒާގެ ދިގު އިންތިޒާރެވެ. އުންމީދު ކުރަމުން އައި ކަމެވެ. އެތައް ތަޙައްޖުދް ނަމާދެއްގެ ޒަމާންވީ ދުޢާއެވެ. އެހެން ނަމަވެސް މިއީ ނަޒާ ހީވެސް ނުކުރާފަދަ ހުށަހެޅުމެކެވެ.
"އަހަންނަށް ވިދާން، އީދާން އައި އީދާ އެނގުނެއް ކަމަކު އެކުދިންނަށްވެސް ވިދާންއަށްވެސް އަހަންނެއް ނޭނގޭނެ. އަހަރެންގެ ހިތަށް އަރަނީ އަހަރެން ކިހިނެއްބާއޭ ހަދާނީ...؟" ނަޒާ ވިސްނުމަކަށް ގެއްލި އިނދެފައި ބުނެލިއެވެ.
"ތިކަން އަހަންނަށް ދޫކޮށްލާ.." ވިދާން ހީނލަމުން ބުނެލިއެވެ.
"ނުވެސް ކާނަންތަ؟ މިރޭ ވެއިޓާރ ވެސް ނާދޭ ދޯ އަދި." ވިދާން ދެންވެސް ބުނެލިއެވެ.
ކާން ތިބެގެން ކައިވެނި ކުރާނެ ތާރީހަކާއި ތަނެއް ހަމަޖެއްސިއެވެ.

ހަފްތާއެއް ފަހުން ވިދާން އާއި ނަޒާގެ ކައިވެނި ކުރެވުނެވެ. ކުޑަ ވަލީމާއެއްވެސް ބޭއްވުނެވެ. އީދާން އާއި އީދާ ޕާޓީތެރޭގައި ސަކަރާތްޖަހަމުން ދުވަނީއެވެ. ކުޑަ ކުޑަ ދެ ޕަރީ ފަދައެވެ. އުފާވެރިކަމުގެ ހިނިތުންވުން ދެފަރާތުގެ އާއިލާ މެހެމާނުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައެވެ. ޕާޓީ ނިމުމުން ވިދާންގެ އެޕާޓްމަންޓަށް ނަޒާ ދިޔައެވެ. ވިދާންގެ އެޕާޓްމަންޓުގެ ރީތިކަމަށް ނަޒާއަށް ނަޒަރު ހިންގާލެވުނެވެ. ކަޅު ސީލިންގްގައި ތިރިއަށް އެލުވިފައިވާ ރީތި ވަރމް ލައިޓު ތަކެވެ. ފާރުގައި މަޑު ގްރޭ އެއް ލާފައިވާއިރު ކަޅު ފަރުނީޗަރުތެކެވެ. ބޮޑު ސިންގާ ސިޓިންގރޫމާއި ބޮޑު ޓީވީއެވެ. ގޭތެރަށް ގެއްލިފައި ހުއްޓާ ވިދާން ނަޒާ އުރާލިއެވެ. އަދި ކޮޓަރިއަށް ގެންދިޔައެވެ. އެއަށްފަހު ދެމީހުން އެއްތަށިން ކިރު ބުއިމަށްފަހު ވިދާން ނަޒާގެ ބޮލުގައި އަތް ބާއްވާ ބިސްމި ކިއުމަށްފަހު ދުޢާކުރިއެވެ. އަދި ވިދާންގެ ފަހަތުގައި ނަޒާ ދެރަކްޢަތުގެ ނަމާދެއްކޮށް ދުޢާ ކުރިއެވެ. ނަމާދު ނިންމާލާފައި ނަޒާ ކުރިއަށް ޖެހިލައި ވިދާންގެ ކޮނޑުގައި ބޯ އަޅާލިއެވެ. އެވަގުތު އީދާ ރޯއަޑު އިވެންފެށިއެވެ. އީދާ އާއި އީދާން ބަލަން ގޭގައި ގެންގުޅޭ ކުއްޖާ އާއި އެކު ކުދިން ނިދަނީ ވިދާންގެ ކޮޓަރިއާއި ޖެހިގެން ހުންނަ ކޮޓަރީގައެވެ. ނަޒާ ތެދުވެ ހިނގައިގަތެވެ. ނަޒާގެ ފަހަތުން ވިދާން ވެސް ދިޔައެވެ.

ނަޒާ އެކޮޓަރިއަށް ވަދެ އީދާ ނަގައި ބުރަކަށީގައި ފިރުމާލާ މަސަލަސްކުރަން އުޅުނެވެ. އީދާ ރުއިން ހުއްޓާލާފައި ނަޒާގެ ކޮނޑުގައި ބޯއަޅާލައި ހިމޭން ވެލުމުން، އަރާމު ނިންޖަކަށް ގެއްލިފައިވާ އީދާންގެ އެނދުކައިރިއަށް ގޮސް ނަޒާ އީދާންގެ ބޮލުގައި ލޯބިން ފިރުމާލިއެވެ. މި މަންޒަރު ބަލަން ދުރުގައި ހުރި ވިދާންގެ ތުންފަތުގައިވީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. އީދާ ގޮވައިގެން ނަޒާ ވިދާންގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތުމުން ވިދާންވެސް ކޮޓަރިއަށް ދިޔައެވެ. އީދާ ގޮވައިގެން ނަޒާގޮސް އެނދުގައި އިށީނދެލާ އީދާގެ ބުރަކަށީގައި ފިރުމަމުން ނިންދަވަން އިނެވެ. ވިދާން ވެސް ގޮސް ނަޒާގެ ކައިރީގައި އިށީނދެލިއެވެ. އަދި އީދާ އުރާލައިގެން އިންދާ ނަޒާ ގައިގައި ބައްދާލިއެވެ. އަދި އަލްޙަމްދުލިއްލާހި އޭ މަޑުމަޑުން ބުނެލިއެވެ. އެހިނދު ނަޒާވެސް ލޯ މަރާލާ، ހިނިތުންވެލަމުން ވިދާންގެ ބޮލުގައި ބޯޖައްސާލިއެވެ. ލޯމަރާލައިގެން އިން ނަޒާ އަށް ހުވަފެނުގެ ހަނދާންތައް އާވަމުން ދިޔައެވެ. ހުވަފެނުގެ ދިރިއުޅުން ނަޒާއަށް ލިބުނީތީ ނަޒާގެ ތުންފަތުގައި ލުއި ހިނިތުންވުމެއްވިއެވެ. އަބަދުގެ އަބަދަށް އެ އުފާ ދެމިހުރުމަށް ނަޒާއަށް ހިތާހިތުން ދުޢާކުރެވެމުން ދިޔައެވެ.

-ނިމުނީ

  Please log in or register to bookmark.
  1k

  ޚިޔާލު

  Your email address will not be published.

  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy