kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.com

ތުހުމަތު

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

ދިރިއުޅުން މާލެއަށް ބަދަލުކުރުމަކީ އަހަރެން ބޭނުންވި ގޮތެވެ. މާލޭގައި ކިޔަވަން އުޅުނު ދުވަސްވަރުން ފެށިގެން އަހަރެންގެ ހިތްވަނީ މިތަނަށް ޖެހިފައެވެ. ރަށަށްވުރެ ވަޞީލަތްތައް ގިނަވެފައި ޚިދުމަތްތައް ލިބޭތީ އަހަރެންގެ ލޯބިވަނީ މިތަނަށް ޖެހިފައެވެ. ދިރިއުޅުން ރަނގަޅު މިސްރާބަކަށް ގެންދެވޭނީ ތަރައްޤީވެފައިވާ ތަނެއްގައި އުޅެގެންނެވެ. ކިޔެވުމާއި ވަޒީފާ ތަރައްޤީކުރަން ރަށަކީ އެންމެ ރަނގަޅު މާހައުލެއް ނޫނެވެ.

އަހަރެންގެ ޚިޔާލާއި އާނިމްގެ ޚިޔާލު ކިތަންމެ ތަފާތުވިއަސް ކުރި ލިބުނީ އަހަންނަށެވެ. ސަބަބަކީ ދެމީހުންގެ ވަޒީފާ މާލޭގައި ހަމަޖެހިފައިވުމުންނެވެ. ރަށަށް ބަދަލުވާ ޚިޔާލު އަހަރެންގެ ނެތެވެ. އެއް ކޮޓަރީގެ އެޕާރޓްމެންޓެއް އަހަރެމެންނަށް ފުދެއެވެ. ދެމީހުންގެ މުސާރައިން ޚަރަދު ކޮށްފައި ބާކީނުވިއަސް އަހަރެމެންނަށް ވަރިހަމައެވެ.

އައިރާ ލިބުނީ ކައިވެންޏަށް ދެވަނަ އަހަރެވެ. އޮފީހުން ވަކިވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަހަލަ ވާހަކައެއް ކުރިން އާނިމް ދެއްކި ނަމަވެސް ފަހުން ހުއްޓާލީ ދެމީހުންގެ މުސާރަވެސް މުހިއްމުވީ ވަރުންނެވެ. އައިރާގެ ޚަރަދުތައް އިތުރުވުމާއި އެކު އާނިމަށް އެކަނި ލިބޭ އާމްދަނީއަކީ ފުދޭ މިންވަރެއް ނޫނެވެ.

އައިރާ ބަލަން އާނިމްގެ ކޮއްކޮއެއް ގެނެސް ގޭގައި ބެހެއްޓީމެވެ. ސުދާ ނިދަން ސިޓިންރޫމްގައި ތަންކޮޅެއް ލިބުނަސް ބޭނުންކުރަންޖެހެނީ އަހަރެމެންގެވެސް ފާޚާނާއެވެ. އެއީ މާލޭގައި ހުރިހާ ގެއެއްގެވެސް ހާލެވެ.

އައިރާގެ އުމުރުން ހަތަރު އަހަރުގައި ސުދާ މީހަކާއި އިނދެގެން އަހަރެމެންގެ ކައިރިން ނިކުތެވެ. އައިރާ ބަލަން ބޭރު މީހަކު ގެންނަން ވިސްނީ އެހާ ހިސާބުންނެވެ. ސުދާވެސް ނިދި ޖާގައިގައި އެމީހަކަށް އުޅެވިދާނެއެވެ. ދެން އޮތީ ފާޚާނާ ބޭނުންކުރާ ކަންތަކެވެ. އެކަމާއި ހާސްވެފައި ހުއްޓާ ހެޔޮގޮތެއް ވެއްޖެއެވެ. ކުދިން ބަލަހައްޓާ ތަނަކުން އައިރާއަށް ޖާގައެއް ލިބުނެވެ. އޮފީހުގެ ގަޑީގައި އެތަނުން ބަލަހައްޓައިދޭގޮތަށެވެ. އެއީ ރައްޓެއްސަކު ހިންގާ ތަނަކަށްވާތީ އިތުބާރުވެސް ކުރެވެއެވެ.

އެއްދުވަހަކު އޮފީސް ނިންމާފައި ގެއަށް ވަން ވަގުތެވެ. އަހަރެން ގެއަށް ލާފައި އާނިމް ދާނީ އައިރާ ބަލައެވެ. އަވަހަށް ހެދުން ބަދަލުކޮއްލައިގެން އަހަރެން ބަދިގެއަށްވަނީ މެންދުރަށް އެއްޗެއް ތައްޔާރުކޮއްލާށެވެ. އަހަރެން ކައްކާ ނިމުނުއިރުވެސް އާނިމަށް އައިރާ ގޮވައިގެން ނާދެވުނެވެ. އަހަރެން ހީކުރީ އައިރާ ހިތްހަމަޖައްސައިދިނުމަށް ކޮންމެވެސް ތަނަކަށް ދިޔައީ ކަމަށެވެ. ބައެއް ދުވަސް ދުވަހު އައިސްކްރީމް ބޯން ސްކޫޕަށް ދާނެއެވެ.

ގޭގެ ދޮރު ހުޅުވާފައި ވަންގޮތަށް އައިރާ ގޮސް ވަނީ ކޮޓަރިއަށެވެ. ބަންލާފައި ދޮރުވެސް ޖެހިއެވެ. ކަމަކާއި ހިތްހަމަނުޖެހުނީކަން އަހަންނަށް ޔަޤީނެވެ. ދޮރުން ވަން އާނިމާއި އަހަރެން ސުވާލުކުރީމެވެ.

"ނޭނގެ އޭނާއަށް ވީގޮތެއް، އަހަރެން ބަލާ ދިޔާމަ އުޅުނީ އަހަރެންގެ ކައިރިއަށް ނާންނަން، ވަރަށް ގަދަކަމުން މިގެނައީ، ސައިކަލުގައި އިނއިރު ހީވޭ ފުންމާލަން އުޅޭހެން، އަހަރެން ބަލާލީމައި މަޑުން އިންނަނީ، ޔުމް ގޮސް ބަލާބަލަ ވީގޮތެއް" އާނިމް ސޯފާގައި އިށީންނަމުން އަހާލިއެވެ.

އަހަރެން ގޮސް ދޮރު ގައި ޓަކި ޖަހާލީމެވެ. ދޮރުހުޅުވަން ދެތިން ފަހަރަކު ބުނުމުން އައިސް ދޮރު ހުޅުވާފައި ގޮސް އެނދަށް އަރައިފިއެވެ. ނޭފަތް ދަމާއަޑު އިވޭތީ އައިރާ ރޮނީކަން އަހަންނަށް އެނގެއެވެ.

"ކިހިނެއްވީ؟ ދަރިފުޅު ބުނީމަ ނޫނީ މަންމައަކަށް ނޭނގޭނެ، ކޮންމެ ކަމެއްވެސް ވާނެއެއްނު މަންމަ އާއި ޝެއާކުރަން" އައިރާގެ ބުރަކަށީގައި ފިރުމައިދެމުން އަހަރެން ބުނީމެވެ. އައިރާ ތެދުވެފައި އަހަރެންގެ ކަރުގައި އޮޅުލައިގަތެވެ.

"ބައްޕި ވަރަށް ގޯސް، އައިރާ ރުޅި ބައްޕި އާ" އަހަރެން އިނީ ސުވާލު އުފެދިފައެވެ.

"ބައްޕަ ކީއްކުރީ؟ " އަހަންނަށް އަވަހަށް އަހާލެވުނެވެ. އައިރާ ކުރިއަށްވުރެ ބާރަށް ރޯންފެށިއެވެ. އަހަރެން ކުރި އެއްވެސް ސުވާލަކަށް ދެން ޖަވާބެއް ނުދިނެވެ. ހަމަ ރޮނީއެވެ. އާނިމް ކޮޓަރިއަށް ވަނުމުން ރުއިންގަނޑު ވަކިން ގަދަވިއެވެ. ވީގޮތެއް ނޭނގުނެވެ.

"އަހަންނަކަށް ނޭނގެ އަހަރެންގެ ފަރާތުން ވީ ކީއްކަމެއް، " އާނިމް ކާން އިނދެފައި ބުނެލިއެވެ. އާނިމް އާއި ސުވާލުކުރުމުން ވަކި ކުރިއެރުމެއް ނުލިބުނެވެ. ފިކުރުބޮޑުވެ އަހަރެން ހާސްވިއެވެ.

އަހަންނަށްވުރެ ބޮޑަށް އައިރާއަށް ވަގުތު ދެވެނީ އާނިމަށެވެ. އޮފީސް ނިންމާފައި އަޔަސް އަހަންނަށް އުޅެވޭނީ މަސައްކަތެއްގައެވެ. ކިޔަވައިދީ ހަދަނީވެސް އާނިމެވެ. އާނިމަކީ ރަނގަޅު ބައްޕައެކެވެ. އަިއރާދެކެ ވަރަށް ލޯބިވެއެވެ. އެދެބަފައިންގެ ގުޅުން ވަރަށް ވަރުގަދައެވެ. ސްކޫލުގައި ކަމެއް ވިއަސް އައިރާ ހިއްސާކުރާނީ އާނިމްގެ ގާތުގައެވެ.

ކުއްލިއަކަށް މިއައި ބަދަލެއް އަހަންނަށް ނުވިސްނުނެވެ. އާނިމް އެދުނީ އަޅައި ނުލައި ހުރުމަށެވެ. އެކަމަކު އަހަރެންގެ ސިކުނޑީގައި ހިނގަނީ ހަމައެކަނި އެކަންތަކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

އާނިމް ކައިރިވާންވެސް އައިރާ ނޭދެއެވެ. މީގެކުރިން ސްކޫލަށް ގެންދަން ތައްޔާރުކޮށްދެނީ އާނިމެވެ. އެކަމަކު ޒަމާން ބަދަލުވީއެވެ. އަބަދު އިންނަނީ ރުޅި މޫނު ހަދައިގެންނެވެ. އަިއރާގެ ހުރިހާކަމެއް އަހަރެން ކޮށްދޭންޖެހުމުން އަހަންނަށް ބުރަވިއެވެ. ފަތިހުންފެށިގެން މަސައްކަތު ތާވަލު އޮންނަގޮތުން ކިރިޔާ އޮފީސް ގަޑިޖެހެން ވާއިރަށް މަސައްކަތް ނިންމާލެވެނީއެވެ.
ހަފްތާއެއް ފާއިތުވެގެން ދިޔައެވެ. އެކި ގަޑިތަކުގައި ވީގޮތެއް އޮޅުންފިލުވަން އަހަރެން މަސައްކަތްކުރަމެވެ. އައިރާ ބުނާހާވެސް އެއްޗަކީ އާނިމްގެ ގޯސްވާހަކައެވެ. ގޯސްވާ ސަބަބެއް ނުބުނެއެވެ. ހަތަރު ފަސްއަހަރުގެ ކުއްޖަކަށް އަދި ކިޔައިދޭން ނޭނގެނީކަމަށް ވެދާނެއެވެ.

އަހަރެންގެ އިތުރުން އާނިމްވެސް ފިކުރުބޮޑުވެއްޖެއެވެ. އައިރާ ކުއްލިއަކަށް ދުރުވުމުން އާނިމްގެ އެކަނިވެރިކަން އިތުރުވިއެވެ. ނިދަން އުދަނގޫވެގެން އުޅޭތަންވެސް ފެނެއެވެ. ތިރީގައި ގޮދަނޑިއެއްގައި ނިދަމުން ދިޔަ އައިރާ މިހާރު އޮންނަނީ އަހަރެންގެ ބަނޑު ދޮށުގައެވެ. އާނިމް އާއި އަހަރެންގެވެސް ދުރުވިއެވެ.

އައިރާއަށް ކިތަންމެ ނަޞޭހަތެއް ދިނަސް އާނިމް އާއި ވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ. އާނިމްގެ ނަން ކިޔަސް ރުޅި އަންނަނީއެވެ. ސަބަބެއް ނެތި އައިރާގެ މިޒާޖަށް ބަދަލު ނާންނާނައޭ އަހަރެންގެ ހިތް ބުނަން ފެށިއެވެ. އަހަރެންގެ ހިތް ޝައްކުން ބަލިވެއްޖެއެވެ. އަންހެންކުއްޖަކު  ބައްޕައެއް ދެކެ ބިރުގަންނަނީ ކީއްވެކަން އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. އާނިމްއަށް ކުރެވުނު ތުހުމަތު ގިނަވިއެވެ. ހުރިހާ ކަމެއް އަހަރެންގެ ހިތުތެރޭ ވަންހަނާވެފައި ވިއެއް ކަމަކު ސަބަބު ދެނެގަންނަން އަހަރެން ބޭނުންވިއެވެ.

އާނިމްގެ ހަރަކާތްތަކަށް ފާރަލެވެން ފެށިއެވެ. އައިރާ ނިދާފައި އޮންނަ ވަގުތު އާނިމް ކޮޓަރިއަށް ވަނަސް އަހަރެން ހުރި މަސައްކަތެއް ބަހައްޓާފައި އަންނަމެވެ. އަހަރެން އަންނައިރު ފެންނަނީ ހިތްދަތި މަންޒަރެކެވެ. އައިރާގެ މޫނަށް ބަލަހައްޓައިގެން އާނިމް ފެންކަޅިވެފައި އިންނަ މަންޒަރެވެ. އެކުއްޖާ އުރާލާހިތްވެފައި އިންނަވަރު އާނިމްގެ މޫނުމަތިން ފެނެއެވ.

އެފަދަ މަންޒަރުތައް ފެނުމުން އަހަރެންގެ ހިތް ބުނެއެވެ. އާނިމްގެ ފަރާތުން އެއްވެސް ގޯނާއެއް އައިރާއަކަށް ނުފޯރާނެއެވެ. އާނިމްއަކީ އެކަހަލަ މީހެއް ނޫނެވެ. އެނބުރި މަސައްކަތަށް އަޔަސް އަހަރެން ހުންނަނީ ފިކުރުބޮޑުވެފައެވެ. ގޮތްނޭނގޭ ސަބަބު ހޯދުމަށް ކުރަންވީ ކީއްކަން އަހަރެންގެ ސިކުނޑީގެ ސަމުގާއަކަށް ނާރައެވެ.

ދެވަނަ ހަފްތާގައި އަހަރެން އެ ކަންތައް ރައްޓެއްސަކާއި ހިއްސާކުރީމެވެ. އެއީ އަިއރާ ބަލަހައްޓާ މަރުކަޒު ހިންގާ ރުޝްދާއެވެ. ކުޑަކުދިންގެ މިޒާޖާއި ވަރަށް ގިނަ ކަންތައް ރުޝްދާއަށް އެނގެއެވެ. އޭނާ ކިޔެވީ އެ ރޮނގުންނެވެ.

ޑޮކްޓަރަށް ދައްކާލުމަށް ރުޝްދާ ލަފާދިނެވެ. ޖިންސީ އެއްވެސް ހާނިކައެއް ހުރިތޯ އެއްފަހަރު ނަމަވެސް ޗެކުކޮއްލުމަކީ މައްސަލައެއް ނޫންކަމަށް އޭނާ ބުންޏެވެ. ހިތަށް ތަސައްލީއެއް ހޯދުމަށެވެ. އަހަރެންވެސް އެކަހަލަ އެއްޗެއް ހިތަށް އަރާތާ ދެތިން ދުވަސް ވެއްޖެއެވެ. ޖިންސީ ގޯނާއެއް ކުރިމަތިވެގެން ފެންނަ އަލާމާތްތަކާއި އަިއރާގެ އަމަލުތައް ކޮންމެވެސް ވަރަކަށް މެޗުވާތީއެވެ.

އާނިމަށް ސިއްރުން އަހަރެން އެޕޮއިންޓްމެންޓް ހަމަޖެއްސީމެވެ. އަހަރެންނާއި އެކު ރުޝްދާވެސް ދިޔައެވެ. ޑޮކްޓަރު ވަރަށް ރަނގަޅަށް އައިރާއަށް ބެލިއެވެ. ީއަހަރެން ހައިރާންވީ ޑޮކްޓަރު ދެއްވި ޖަވާބުންނެވެ. ޖިންސީ އެއްވެސް ގޯނާއެއް ކޮށްފައިވާ ނިޝާނެއް އައިރާގެ ކިބައިން ނުފެނެ އެވެ.

އައިރާ އެހެން އުޅެނީ ކީއްވެކަމެއް ނުވިސްނެއެވެ. އައިރާ އެވާހަކަތަކެއް ނުދައްކައެވެ. ރުޝްދާ ލައްވާ ސުވާލުކުރުމުންވެސް ޖަވާބެއް ނުދެއެވެ. ޖަވާބު ނުލިބޭ ސުވާލުތަކަކަށް އެސުވާލުތައް ވެއްޖެއެވެ.
އަހަރެން ފިކުރުބޮޑުވާންފެށިއެވެ. އާނިމަށް އަންނަ ބަދަލުތައް ފެނި ދެރަވެއެވެ. އައިރާ ގައިގައި އަތްޖައްސާލަންވެސް ނުލިބޭ އަތީ އާނިމް ހުންނަނީ ދެފިިޔަ ބާލާފައެވެ. ދެބަފައިން ހުނުމުގެ އަޑުން ގުގުމާ ގަޑިތައް މިހާރު ގުނަން ޖެހިފައިވަނީ ހިމޭންކަމާއި އެކުގައެވެ. އަހަރެން ކައްކާ ގަޑިތަކުގައި އައިޕެޑް ހިފައިގެން އައިރާ އިންނަނީ އަހަރެންގެ ކުރިމަތީގައެވެ. އާނިމާއި ދިމާލަށް ސިއްރުން ވެސް ބަލައި ނުލައެވެ.

ސްކޫލުން ގެނައުމާއި ގެންދިއުމަކީ އަހަރެންގެ މަސްއޫލިއްޔަތަކަށްވަނީ ވެފައެވެ. ލައިސަންސް ނަގާފައި އޮންނަކަން ނަޞީބޭ ހިތަށް އަރައެވެ. ގެއިން ނިކުތުމުން ފެންނަނީ މުޅިން ތަފާތު އައިރާއެކެވެ. ވާހަކަވެސް ދައްކައެވެ. ސްކޫލުގައި ހީ ސަކަރާތްވެސް ޖަހައެވެ. މިޒާޖު ބަދަލުވަނީ ގެއަށް އެނބުރި އައުމުންނެވެ. އާނިމް ފެނުމުންނެވެ. އާނިމް ކަމެއް ނުކުރާނަމަ އެހެނެްނެއް ނުވާނެއެވެ. އަހަންނަށް ކެތް ނުވެގެން އެންމެ ފަހުން އެހެން ބުނެވުނެވެ. އާނިމް ހުވާކޮށްފައި ބުނަމުން ދިޔައީ އޭނާގެ ފަރާތުން އެއްވެސް ކަމެއް ވެފައި ނޯންނާނެކަމަށެވެ. ދުވަހަކުވެސް ރުޅި އައިސްގެން އެއްޗެއް ބުނެފައިވެސް ނޯންނާނެކަމެވެ. ބުނި އެއްޗެއް ހޯދައިނުދީފައެއްވެސް ނޯންނާނެކަމެވެ.

ދެމީހުންގެ ޒުވާބަކަށްފަހު އަހަރެންގެ ސިކުނޑި ސުމަކަށްދިޔަ ކަހަލައެވެ. އަހަރެން ރުޝްދާއަށް ގުޅައި މީގައި ހައްލެއް ހޯދައިދިނުމަށް އެދުނީމެވެ. ރުޝްދާ ދިން ޚިޔާލަކީ އައިރާ އަށް ކައުންސިލިން ދިނުމެވެ. އަހަރެން އާނިމް ކައިރީ އެހެން ބުނުމުން އޭނާވެސް ދެކޮޅެއް ނުހަދައެވެ. ކޮންމެ ގޮތެއް ހަދައިގެންވިއަސް އައިރާ އޭނާ ބޭނުންވެއެވެ. ކުރީގެ އުފާވެރި ދުވަސްތައް އިއާދަވާން ބޭނުންވެއެވެ. އަހަންނަށްވުރެ ބޮޑަށް އާނިމް އެ ހުރިހާ ކަމެއް ބޭނުންވެފައި ހުރިކަން އަހަންނަށް އެނގުނީ ދެނެވެ.

އަހަރެންގެ ގާތުގައި އައިރާ ބުނަން ފަސްޖެހެނީ އަހަރެންނަށް ގާތްކަން ބޭއްވިފައި ނުވާތީއެވެ. ދަރިފުޅާއި އެކު ހީ ސަކަރާތްޖަހާލާނެ ވަގުތުކޮޅެއް އަހަރެންގެ ބިޒީ ޝެޑިއުލުން ހުސްވެފައި ނެތީމައެވެެ. ފުރަތަމަ ފަހަރަށް އަހަރެން ލަދުވެތިވިއެވެ. އަހަރެން ޒިންމާ އަދާކުރުމުގައި އިހްމާލްވެފައިވާ މިންވަރު ހިތަށް އެރުމުންނެވެ. ދަރިއަކަށް މައިންބަފައިންގެ ފަރާތުން ދެވޭނެ އަގުބޮޑު ހަދިޔާއަކީ ފިހާރަތަކުން ގަންނަ ކުޅޭ އެއްޗިއްސެއް ނޫނެވެ. ވަގުތަށްވުރެ ބޮޑު ހަދިޔާއެއް އެކުދިންނަކަށް ނުދެވޭނެކަން އިޙްޞާސްވިއެވެ.

ރުޝްދާ ކައުންސިލިން ހަމަޖައްސައިދިނެވެ. ނުދަންނަ މީހަކާއި އަމުދުން ކަންތައް ހިއްސާކުރަން ފަސްޖެހޭނެކަން ރުޝްދާ ބުނުމުން އަހަރެން މާޔޫސްވިއެވެ. އަހަރެންނަށް ހިތްވަރުލައިދިނެވެ. އައިރާ އާއި ގުޅުން ބަދަހިކޮށް ސަބަބު ދެނެގަނެވޭނެ ޤާބިލްކަން ނުސްރާގެ ހުންނާނެކަން ރުޝްދާ ޔަޤީންކޮށްދިނެވެ. ޓިއުޝަނަށް ނަމުގައި އައިރާ އެތަނަށް ގެންދަން ފެށީމެވެ.

ފުރަތަމަ ދުވަހު އެއްވެސް ސުވާލެއް ނުކުރާނެކަމަށް ނުސްރާ ބުންޏެވެ. ކުޅިވަރާއި ކިޔެވުމުގެ ބައެއް ކަންތައްތަކާއި ވާހަކަ ދައްކާލާފައި ވިއްސަކަށް މިނެޓްގެ ތެރޭގައި ފޮނުވާލިއެވެ. ދުވަހަކަށްވުރެ ދުވަހެއް ރަނގަޅުވަމުން އަންނަކަމަށް ނުސްރާ ފާހަގަކުރިއެވެ. ވާހަކަ ތަންކޮޅެއް ގިނަވެ ނުސްރާ އާއި ރައްޓެހިކަން އުފެދުނެވެ. އަހަރެން މިހުންނަނީ ކެތްމަދުވެފައެވެ.

ހަފްތާއެއް ފަހުން އެއް ދުވަހު ރުޝްދާ ގުޅާފައި ނުސްރާ އަހަންނާއި ވަކިން ބައްދަލުކޮއްލަން ބޭނުންވާ ވާހަކަ ބުނެލިއެވެ. އައިރާ އާއި ރުޝްދާ ހަވާލުވާނެކަމަށް ބުނުމުން އަހަރެން ނުސްރާ ކައިރިއަށް ދިޔައީ އާނިމް ގޮވައިގެންނެވެ. ނުސްރާ ދޭން އުޅޭ ޚަބަރު އާނިމްވެސް އިނީ އަހަން ބޭނުންވެފައެވެ.

ނުސްރާގެ ޖަވާބު އިވިފައި އަހަރެންގެ ހިތުގައި އުފެދުނީ ކުރިއަށްވުރެ ގިނަ ސުވާލުތަކެކެވެ. އާނިމްވެސް އިނުމާއި އެކު ނުސްރާ ޖަވާބު ދިނީ މާ ސާފުބަހަކުން ނޫނެވެ.

''ކުދިން ވަކި އުމުރަކަށް އެޅުމުން އެކުދިންގެ ނިދާ ތަންމަތި ވަކިކުރަން ބުނަނީ ވަރަށް ގިނަ ސަބަބުތަކެއް ހުރެގެން، ހަޤީޤަތުގައި މައްސަލައަކީ އެއީ" ނުސްރާ ބުނި ޖުމްލައިގެ މާނަ އަހަންނަށް ކުޑަކޮންވެސް ނޭނގުނެވެ.

"ސާފެއްނުވޭ" އަހަރެން އަވަހަށް ބުނީމެވެ.

"ދެމަފިރިންގެ މެދުގައި ހިނގާ ކަންތައްތަކަކީ އެކުދިންގެ ތުއްތު ސިކުނޑިއަށް ނަގއިގަނެވޭ ވަރުގެ ކަންތައްތަކެއް ނޫން. ފެންނަ މަންޒަރުގެ ސަބަބުން އެކުދިންގެ ސިކުނޑިއަށް އެލިބޭ ނުރަނގަޅު މެސެޖަކީ އެކުދިންގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް ގެންނަ ކަމެއް، ދެމަފިރިން ހޯދާ ލައްޒަތާއި އަރާމަކީ ކޯއްޗެއްކަން އައިރާއަކަށް ނޭނގުނު، އެކުދިން ނިދާފައި ތިބޭކަމަށް ހީކޮށް އަހަރެމެންނަށް ވިސްނާނުލައި ކުރެވޭ ކަންތައް ، އައިރާ ހީކުރީ ބައްޕަ މަންމައަށް އަނިޔާކުރަނީކަމަށް، އަދި މަންމަ ކޮންމެ ރެއަކު ރޮނީކަމަށް، ބައްޕަ ދެކެ ރުޅި އަންނަނީ އެހެންވެ." ނުސްރާ ބުނެލިއެވެ. އަހަރެންނަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އެއަޑުތައް އަހާފައި ލަދުވެތިކަން އިޙްޞާސްވިއެވެ. އަހަންނަށްވުރެ ބޮޑަށް އާނިމް ލަދުގެންފައިކަން އަހަންނަށް އެނގުނެވެ.

"އަދި ދުވަސްކޮޅެއް ނަގާނެ، އަހަރެން ވިސްނައިދެން މަސައްކަތް ކުރަން ބައްޕަ އަކީ ރަނގަޅު މީހެއްކަން. ބައްޕަ އާއި ކުރިން އޮންނަ ގުޅުމަށް ރުޖޫޢަވާން ވަގުތުކޮޅެއް ނަގާނެ، ކޮންމެވެސް ގޮތަކުން ކޮޓަރި ވަކިކޮށްލުން ރަނގަޅުވާނެ، " ނުސްރާ ވިސްނައިދިނީ ޚިޔާލަށް ދުވަހަކުވެސް ނުގެންނަ ކަމެކެވެ. އެއްކޮޓަރީގައި ދިރިއުޅެވިދާނެކަމަށް ހީކޮށްގެން ހުއްޓާ މި ލިބުނު ފިލާވަޅުގެ ސަބަބުން އަހަރެން ހުރީ ބަސްހުއްޓިފައެވެ.

ރަށުގައި ބޮޑު ގެއެއްގައި ހަމަޖެހިލައިގެން އުޅެވެން އޮއްވާ މާލޭގެ ކުޑަތަންކޮޅަކަށް ބަދަލުވީ އަހަރެންގެ ނުފޫޒުންނޭ ބުންޏަސް  ދޮގަކަށް ނުވާނެއެވެ. ދެކޮޓަރީގެ އެޕާރޓްމެންޓެއް ހިފާނެ ފެންވަރެއް އަހަރެމެންގެ  ނެތެވެ. އެއްކޮޓަރީގައި ދަރިންނާއި އެކު ނިދައި ހެދުމަކީ ގޯހެއްކަން ވިސްނުމުން އަހަރެންގެ ވިސްނުން ބަދަލުކޮއްލީމެވެ. ރަށުގެ ވަޒީފާއަކަށް އަވަހަށް ބަދަލުވީއެވެ. ކާމިޔާބު ސެޝަންތަކަކަށްފަހު ކުރީގެ އައިރާ އަހަރެމެންނަށް ލިބުނެވެ. އާނިމްގެ އުނގަށް ދުވެފައި އައިސް އަރާ ހީނގެންނަ މަންޒަރު ފެނުމުން އަހަރެންގެ ހިތް ފުރިގެން ދެއެވެ. އައިރާ އުރާލާފައި ބޮސްދޭ ވަގުތު އާނިމްގެ ލޮލުން ފެންނަ ލޯތްބާއި ވިދުވަރަކީ ބަޔާންކުރެވޭ ކަންތައްތަކެއް ނޫނެވެ. ދެރައީ އަހަރެންގެ ސިކުނޑިން ކަންކަން ވިސްނާނުލައި އާނިމްއަށް ތުހުމަތުތަކެއް ކުރެވުނީމައެވެ.

(ނިމުނީ)

Please log in or register to bookmark.
8k

9 ޚިޔާލު

  1. ރޯދަމަހު ސައިޓެއްގައި ގެނެސްދިން ކުރުވާހަކަތަކުގެ ތެރޭ ހަމަ މި ހާދިސާގެ މައްޗަށް ވާހަކައެއް ލިޔެފައިވަނިކޮށް ދުށީން. އަނެއްކާ މީ ހަޤީޤީ ހާދިސާއަކީތަ؟

    11
  2. މީ ހަގީގީ ހާދިސާއެކޭ ބުނާކަށް ނޭންގޭ. ޢެކަމް ހަގީގަތުގަވެސް މިގޮތައް ކަންތައްވެފަ އެބަހުރި...

    16

ޚިޔާލު

Your email address will not be published.

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy