(މީ އަހަރެންގެ ފުރަތަމަ ވާހަކަ ކަމުން ރަގަޅު ކޮށްލަންޖެހޭ ކުށެއް އިންކަމުގަ ވާނަމަ ހިއްސާކޮށްލަ ދިނުމަށް ކިޔުން ތެރިންގެ ކިބައިން އެދެމެވެ)
ކާޔާ އާއި ޒީކާ އަކީ ކުޑަ އިރުއްސުރެވެސް ވަރަށް ގާތް ދެ އެކުވެރިންނެވެ. އެކަކު އަނެކަކަށް ނޭގޭ އެއްވެސް ކަމެއް، ސީއްރެއް ނޯންނާނެއެވެ. ކޮންމެ ތާކަށް ދިޔަޔަސް އެކުގަ ނޫނިއްޔާ ނުދާނެއެވެ. އަނެންހެން ބުނަންޏާ 'ބެސްޓް ފްރެންޓްސް' އެވެ.
ރަށް ކައިރި ރިސޯޓްގަ ރަށު ވަރަށް ގިނަ ކުދިން ވަޒީފާގަ އުޅެއެވެ. ފުޓްބޯޅަ މެޗެއް އޮތް ދުވަހެވެ. ރިސޯޓް އިން ކުދިން އެރަށަށް ދިޔައީ ފުޓްބޯޅަ މެޗެއް ބަލާލަންށެވެ. ޒާހިލް އަަށް ކާޔާ ފެނުނީ އެދުވަހުއެވެ. ކާޔާ ގެ ރައްޓެއްސެއްގެ އަތުން ނަމްބަރު ހޯދައިގެން ޒާހިލް ކާޔާ އަށް ގުޅަންފެށިއެވެ. ދެމީހުން ދޭތެރޭ އޮތް ގުޅުން ބަދަލުވީ ޒާހިލް ކާޔާ އާއި ރައްޓެހިވާން އެހުމުންނެވެ. އެރޭ ވިސްނާފަ ކާޔާ ޖަވާބެއްގެ ގޮތުގައި އާއެކޭ ބުންޏެވެ. ރިސޯޓްގަ ޒާހިލް އާއެކު މަސައްކަތް ކުރާ ޝާހިލް އަކީ ޒާހިލްގެ ވަރަށް ގާތް އެކުވެރިއެކެވެ.ޒާހިލް ކާޔާ އަށް ގުޅައިގެން އޮންނައިރު ޝާހިލް ދޭތެރެއަކުން ކާޔާ ވާހަކަ ދައްކައެވެ. ޝާހިލް އަކީ ޒާހިލްގެ ރައްޓެއްސެއް ކަމުން ކާޔާ ޝާހިލް އަށް ޒާހިލްގެ އެކި ކަންކަމުގަ ގުޅާ، ޒާހިލް ފޯނު ނުނަގަފިނަމަ ޒާހިލް ކޮބާތޯ ބަލައެވެ. މިގޮތަށް މިދެމީހުންނަކީވެސް ގާތް ދެ އެކުވެރިންނަށް ވެއްޖެއެވެ.
ދުވަހަކީ ހުކުރު ދުވަހެވެ. ޒާހިލް އާއި އޭނާގެ ރައްޓެހި ޝާހިލް ކާޔާގެ ރަށަށް ދާން އޮތީ އެދުވަހުއެވެ. ކާޔާ ހުރީ ޒާހިލް ދެކޭ ހިތުން ކެތް މަދުވެފައެވެ. ޒީކާ ވެސް ކާޔާ އެކީ ބޭރުގަ މަޑުކޮށްގެން ހުރީ ޒާހިލް މެން އަންނަން ދެކަށެވެ. ޒާހިލް އައިސް އިށީނީ ކާޔާ އާއި ޖެހިގެން އިން ޖޯލީގައެވެ. ޝާހިލް ކޮޅަށް މަޑުކޮށްލައިގެން ހުއްޓެވެ. ކާޔާ އިނީ ލަދުންނެވެ. މާގިނަ ވާހަކައެއް ނުދައްކައެވެ. އިރުކޮޅަކަށް މަޑުކޮށްލާފަ ޒާހިލްމެން ނައްޓާލައިފިެވެ. ރިސޯޓްގަ އުޅޭ ކާޔާ ރަށު ހާނިމް އާއެކު ކޮފީއަކަށް ދާށެވެ. ހާނިމް އުޅެނީ ޒީކާގެ ދައްތަޔަކާ އިދެގެންނެވެ. އެމީހުން ދިޔައިމަ ޒީކާ، ކާޔާ އާއި ދިމާ ކޮށް ހެދިއެވެ. ޒާހިލް ފުރާ ވާހަކަ ބުނެފަ އިނީ އިރު އޮއްސި ހައެއް ޖަހާ އިރުއެވެ. ފުރަން ކައިރިވެފައި އޮއްވައި ކާޔާ ޒާހިލް އަށް ގުޅިއެވެ. ފޯނެއް ނުނަގައެވެ. ދެތިން ފަހަރު ގުޅާ ގުޅާވެސް ޒާހިލް ފޯނެއް ނުނަގައެވެ. ކާޔާ ކަންބޮޑުވާން ފަށައިފިއެވެ. އެންމެ ފަހުން ޝާހިލްއަށް ކާޔާ ގުޅައެވެ. ޝާހިލް ފޯނު ނެގުމުން ކާޔާ އެހިއެވެ.؟” ޒާހިލް ކޮބާ؟ ފުރީތަ؟“
ޝާހިލް ބުންޏެވެ. ” މި އިނީ ޒާހިލް. އާން ފުރައިފިން.
ކާޔާ އެހިއެވެ.” ޒާހިލް ކީއްވެ ފޯނުނުނަގަނީ؟“ ޝާހިލް ބުންޏެވެ.”ޒާހިލް ބުނީ ޒާހިލް އަށް ނުގުޅާށޭ. ފޯނެއް ނުނަގާނަމޯ“
ކާޔާ އަށް ވެގެން އުޅޭގޮތެއް ނޭގުނެވެ. އެއްވެސް ކަމެއް ނުވަނީސް ޒާހިލް ވާހަކަ ނުދައްކަންވީ ސަބަބެއް ނޭގުނެވެ. ޝާހިލް ފަހުން ގުޅާނަމޭ ބުނެފަ ފޯނު ބާއްވާފިއެވެ. ކާޔާ އަނެއްކާވެސް ގުޅަންފެށިއެވެ. ގުޅުނީ ކިތައް ފަހަރު ކަމެއްވެސް ނޭގެއެވެ. ޒާހިލް ފޯނެއް ނުނެގިއެވެ.އެރޭ ތަންކޮޅެއް ލަސްވި ފަހުން ޒާހިލް ގުޅާލައިފިއެވެ. ކާޔާ އެހި އެވެ.” ކީއްވެ ފޯނު ނުނަގަނީ؟ ކީއްވެ ވާހަކަ ދައްކަން ބޭނުން ނުވަނީ؟ “ ޒާހިލް ބުންޏެވެ.”އަހަރެން ބޭނުން ވަނީ ދުރުވާން “ކާޔާ ދެރަވިއެވެ. ވެގެން އުޅޭ ގޮތެއް ނޭގޭތީ އުދަގޫވިއެވެ. ކިތަންމެ އުޅެން ބޭނުން ވިޔަސް އުޅެން ބޭނުން ނުވާ މީހަކާ އެއްކޮށް ނޫޅެވޭނެއެވެ. ޒާހިލް އައިސިއްޔާ އަދިވެސް އެކުގަ އުޅެން ބޭނުންވާ ވާހަކަ ބުނެފަ ފޯނު ބޭއްވިއެވެ. ކާޔާ ޝާހިލް އަށް ގުޅިއެވެ ވެގެން އުޅޭ ގޮތެއް ބުނަން އެދުނެވެ.