ހިތް ދެވިއްޖޭ ކަލާޔަށް ހުވާ - 4

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

" ނީކްއާ ނަވް ދޭ ގެއަށް މަ ދާނަން އައި ލާފަ.." ކޮފީ ބޮއި ނިމިގެން ނުކްޝާން ބުންޏެވެ. ނީކިޔާ އޯކޭއޭ ބުނެފައި ހިނގައިގަތެވެ. ނަވްޔާ އަދިވެސް ހުރީ ޝައްކެއްގެ މަތީގަ އެވެ." ނީކް.. ނުކްގެ ވައިފްއެއް ހުރޭ އެކަމް އެހެން އަންހެން ކުދިންނާ އެއްކޮށް އެ އުޅެނީ... މަށަށް ފެންނަނީ ނުކް ކައިރީ އެހެން ނޫޅޭށޭ ބުނަން.." ނަވްޔާ ވިސްނާލިއެވެ." ނުކް ނޫޅޭނެ އެހެނެއް.. އޭނައަކީ ވަރަށް ރަނގަޅު މީހެއް.. ޔަމްހާ ދެކެ ރުޅި އަޔަސް ބޭވަފާތެރިއެއް ނުވާނެ މަށަށް ސަތޭކަ ޕަސެންޓް ގެރެންޓީ.." ނީކިޔާ ބުންޏެވެ." ހްމްމް.. އެކަމް ޔަމްހާ ނުކް ދެކެ ލޯބިވޭ.. ނުކް އޭނައާ ހަރުކަށިކޮށް ވާހަކަ ދައްކާއިރު އޭނަ ވަރަށް ދެރަވާނެ.. އޭނަ ބޭނުމެއް ނުވޭ ނުކް އެހެން އަންހެން ކުދިންނާ އެކީ އުޅޭކަށެއް.. މިއަދު ވެސް އައި ނުކް ކައިރިއަށް ޖެހިލީމަ އޭނާއަށް ވީގޮތް މަށަށް ފެނުން.." ނަވްޔާ ބުންޏެވެ." ދެން އައި ޑޯންޓް ނޯ... ނުކްގެ ދިރިއުޅުމުގެ ތެރެއަށް އަހަރެމެން ވަދުނީމަ މައްސަލަ ބޮޑުވެދާނެ... ޑިވޯރސް ވެއްޖެއްޔާ މަންމަ އަނެއްކާ.." ނީކިޔާ ހާސްވިއެވެ." ދެން އަޅާ ނުލާ..." ނަވްޔާ އެކަންތަކާ މެދު ވިސްނަން ބޭނުންވި ނަމަވެސް ވެފައިވާ ވަރުބަލިންނާއި ކަންނެތް ވެފައިވާ ސިކުނޑީގެ ސަބަބުން ވިސްނޭ ގޮތެއް ނުވިއެވެ.

**4 ވަނަ ޕާޓު**

ނުކްޝާން އައިނާ ގެއަށް ލާފައި އައީ ވަރަށް ލަހުންނެވެ. ޔަމްހާ އިނީ ނުކްޝާންގެ އިންތިޒާރުގައި ނުވެސް ކައެވެ." ނުކް ކާން އާދޭ.. ޔަމް އިނީ ނުކައި އަދި.." ނިޝްފާ ބުންޏެވެ." އައި މެންގެއިން ކައިގެން މިއައީ.." ނުކްޝާން ޔަމްހާ އާ އެކީ ކާހިތް ނެތުމުން ދޮގު ހެދި އެވެ." މަންމާ.. ޔަމްހާ އާ ނީނދެ އައި އާ އިނަސް މާ ރަނގަޅު ވާނެ.. ޔަމްހާއަށް ވުރެ މާ ރީތި ކުއްޖެއް އެއީ.." ނުކްޝާން ފެންތައްޓެއް ހިފައިގެން އައިސް އިށީނެވެ." ދަރިފުޅާ ތިހެން ނުބުނޭ.. ޔަމް މާ ރީތި.." ނިޝްފާ ޔަމްހާގެ ބޮލުގައި ފިރުމާލިއެވެ." މަންމައަށް ރީއްޗަސް މަށަށް ހަޑި.." ނުކްޝާންއަށް ސީދާ އެހެން ބުނަން ކެރުމުން ނިޝްފާ އިތުރުން ނީކިޔާ އާއި ނަވްޔާ ވެސް އިނީ ހައިރާންވެފައެވެ." ނުބަލަބަލަ... އައި ގޮވައިގެން ދުއްވާލަން ދާން މިދަނީ އިޝާ ނަމާދު ކޮށްގެން.." ނުކްޝާން ފެންތަށި މޭޒުމަތީގައި ބެހެއްޓިއެވެ.

" ނުކްޝާން.. ކީއްވެ.." ޔަމްހާ އިނީ ނުކްޝާންގެ އިންތިޒާރުގައެވެ. މިހާރު އެގާރަ ޖަހަނީއެވެ. އަދިވެސް ނުކްޝާން ގެއަކަށް ނާދެއެވެ." ނުކްޝާން.." ކުއްލިއަކަށް ޔަމްހާ އަށް ކޮޅަށް ތެދުވެވުނީ ނުކްޝާން ވަތްތަން ފެނުމުންނެވެ. ނުކްޝާން އަޅާ ނުލައި ކޮޓަރިއަށް ވަދުނެވެ." ފާޑު ފާޑު އަންހެން ކުދިންނާ އެކީ އުޅެނީ ކީއްކުރަން.. ނުކްޝާން އެންމެ ފަހަރަކު ވެސް އަހަރެންނާ އެކީ ނުދޭ އެކަމަކު އެހެން..." ޔަމްހާ ބުނަން އުޅުނު ޖުމްލަ ނުނިމެނީސް ނުކްޝާން ޔަމްހާގެ މޫނުމަތީގައި ބާރަށް ޖެހިއެވެ. ޔަމްހާ އަނގަ މަތީގައި އަތް އަޅާލިއެވެ." ޔަމްހާ އަކާ ނުބެހެވޭނެ.. ޔަމްހާ ތި ހީކުރާ ކަހަލަ ގުޅުމެއް ނޯންނާނެ އައި އާ މަގޭ ދޭތެރެއަކު..." ނުކްޝާން ފުން ނޭވާއެއް ލިއެވެ. "ނުކްޝާން ތިހެން އުޅެންޏާ މަށަށް ވެސް ފިރިހެން ކުދިން ސައިކަލް ފަހަތަށް އެރޭނެ.." ޔަމްހާ މިފަހަރު ދުލެއް ނުކުރިއެވެ." މަ ނުބުނަން ނާރާށެކޭ.. ޔަމްހާއަށް ފެންނަ ގޮތެއް ހަދާ..." ނުކްޝާން ޓީޝާޓެއް ހިފައިގެން ފާޚާނާއަށް ވަނެވެ. ޔަމްހާ އަނގަމަތިން އަތް ނެގިއިރު ކުޑަކޮށް ލޭކުލަ ހުއްޓެވެ. ޓިޝޫއެއް ނަގާފައި ލޭތައް ފުހެލަމުން ޔަމްހާ އިށީނީ އެނދުގައެވެ.

ނުކްޝާން ޑިއުޓީއަށް ދިއުމުން ޔަމްހާ ގުޅީ ޔަމްހާގެ ބޭބެއެއް ކަމަށްވާ ރިމާން އަށެވެ." ދޮންބޭ... ވަރަށް އަވަހަށް ނުކްޝާން މެންގެއަށް އާދެބަ... ޕްލީޒް.." ޔަމްހާ ސިއްރުން ވާހަކަ ދެއްކިއެވެ. ރިމާން އަކީ މީހަކާ އިނދެގެން ދެކުދިން ހޯދައިގެން ނުކްޝާން މެން ރަށުގައި ދިރިއުޅެމުން އަންނަ މީހެކެވެ. ނަމަވެސް ރިމާން އަކީ ޔަމްހާގެ ބޭބެކަމެއް ނުކްޝާން އަކަށް ނޭނގެއެވެ." މި ދަނީ.." ރިމާން ފޯނު ކަނޑާލިއެވެ. ޔަމްހާ ބޭރަށް ނިކުތް އިރު ރިމާން އަވަސް ހިނގުމެއްގައި އަންނަތަން ފެނުނެވެ." ނުކްޝާން އަންނަ ގަޑީގަ އަހަރެން ދޮންބެ ކައިރީގައި ބާއްވައިދީ.. ނުކްޝާން ރުޅި އާދޭތޯ ބަލަން.." ޔަމްހާ ރިމާން އައުމުން ބުންޏެވެ." އެންމެ ރަނގަޅު.." ރިމާން އެއްބަސްވެފައި ޔަމްހާ ފަހަތުން ގެއަށް ވަނެވެ. " އާދޭ ކޮޓަރިއަށް.." ޔަމްހާ ނުކްޝާންގެ ކޮޓަރިއަށް ވަދުނެވެ.

" ސީރިއަސްލީ ޔަމްހާ !!!.." ނުކްޝާން ދަތްކުނޑި ވިކާލިއެވެ." މަގޭ ކޮޓަރިން ނިކުމޭ މުޑުދާރު.. މަ ނުބުނަން މަ ކޮޓަރީގަ ތިވައްތަރަށް ތެޅޭށެކޭ.. ކަލޭ އަމިއްލަ ކޮޓަރިއެއް އެބަ ހުރި ތި ފާފަ ކުރަން..." ރިމާން އާއި އެކު އެނދުމަތީގައި އޮށޯވެ އޮތް ޔަމްހާ ފެނުމުން ނުކްޝާން ހަޅޭއްލަވައި ގަތެވެ. ޔަމްހާ އިސްޖަހާލިއެވެ. ޔަމްހާ ހީކުރީ ނުކްޝާން ދެރަވެގެން މަޢާފަށް އެދޭނެ ކަމަށެވެ." އޭއި ނުކްޝާން.. މަ މީ އޭނަގެ ބޭބެ އޭ.." ރިމާން ތެދުވިއެވެ." ވާވާ.. ފިރިހެނުންނާ އެކީ އުޅެނީއޭ ތިބުނީ އާއިލާ މީހުންނާ އެކީ އުޅެން... އައްޗީ ފަކުރު.." ނުކްޝާން ފަކުރުގަތެވެ." ދޮންބެ ދޭ އެހަށް..." ޔަމްހާ މަޑުމައިތިރިކަމާއެކު ބުންޏެވެ. ރިމާން ނިކުތެވެ." ނުކްޝާން ޕްލީޒް... ތިހެން ނޫޅޭ ހެޔޮ ނުވާނެ.." ޔަމްހާ ރޯން ފެށިއެވެ." ޔަމްހާ އިނަފް.." ނުކްޝާން އަތް މުއްކަވާލިއެވެ." އެހަށް މިގަޑީގަ މަށަށް އުނދަގޫ ނުކޮށްބަލަ ވަރަށް ވަރުބަލި.." ނުކްޝާން ރުޅި މަޑުކޮށްލަމުން ބުންޏެވެ. ޔަމްހާ ކަރުނަވީ ލޮލާއެކު ނުކްޝާން އާއި ދިމަ ބަލާލާފައި އެނދުގެ އެއްފަޅީގައި އޮށޯތެވެ. އެރޭ ނުކްޝާން ވަރުބަލި ވެފައި ހުރުމުން ނިދަން ނިންމީ ކޮޓަރީގައެވެ.

" ނުކްޝާން.. ތެދުވޭ.." ޔަމްހާ ނުކްޝާން އަށް ގޮވަމުން ދިޔައީ ގަޑި ޖެހޭތީއެވެ." ހްމް އުނދަގޫ ނުކޮށްބަލަ.." ނުކްޝާން ނިދީގައި ބުންޏެވެ." ޑިއުޓީއަށް ދާން ގަޑި ޖެހެނީއޭ.." ޔަމްހާ ނުކްޝާންގެ މޫނުގައި ކޮށްޓާލިއެވެ. ޔަމްހާ ނުވިސްނައި ހުއްޓާ ނިދީގައި ނުކްޝާން ޔަމްހާ ދަމައިގަތީ ސޯފާއާއި ދިމާއަށެވެ. ނުކްޝާން އެފަދަ ކަމެއް ކުރުމުން ޔަމްހާ ބަސްހުއްޓުނެވެ." އެއި ނުކްޝާން.. ދިހަ މިނެޓް އިނީ ބާކީ އަވަސް ކުރޭ.." ނީކިޔާގެ ބާރު އަޑު ނުކްޝާން އާއި ޔަމްހާގެ ކަންފަތުގައި ޖެހުމުން ނިދާފައި އޮތް ނުކްޝާން ފުންމައިގެން ތެދުވިއެވެ. އޭރު ނީކިޔާ ދޮރު ވެއްޓޭ ވަރަށް ތަޅަމުން ދިޔައެވެ. ނުކްޝާން ގޮސް ދޮރު ހުޅުވާލިއެވެ." އަދި ތައްޔާރު ނުވެ.. އަހަރަމެން މި ދަނީ.." ނަވްޔާ ބޭރަށް ނިކުތެވެ." ހްމްމް ދޭ ކުޑަކޮށް ބޮލުގަ ރިއްސާތީ މިއުޅެނީ.." ނުކްޝާން ދޮރު ލައްޕާލިއެވެ.

ނުކްޝާން ސޯފާގައި އިށީނެވެ." ޔަމްހާ.. އައި އާ އެއްކޮށް ޑޭޓް އަކަށް ދާން މިއުޅެނީ.. ޔަމްހާ ދާނަންތަ.." ނުކްޝާން ޔަމްހާގެ މޫނަށް ބަލާލިއެވެ. އެމޫނުމަތިން ހައިރާންކަމާއި ހަސަދަވެރިކަން ފާޅުވިއެވެ." ނުކްޝާން ބުނީ އެކަހަލަ ގުޅުމެއް ނޯންނާނެއޭ.." ޔަމްހާ ފެންކަޅިވިއެވެ." ލޮލް ހެދިއްޖެ އަދި.. އަސްލު ޔަމްހާ ހާދަ ޖެލަސް ވެއްޖެއޭ ދޯ އެހެން ބުނީމަ.." ނުކްޝާން އެހާ ރުޅި މަޑުކޮށް ވާހަކަ ދައްކާތީ ޔަމްހާ ހައިރާންވިއެވެ. ޔަމްހާ އެއްޗެކޭ ނުބުނެ ހުރުމުން ނުކްޝާން އަލުން އޮށޯތެވެ. ނުކްޝާންގެ ރުޅިގަނޑު ފިލައިގެން ދިޔަ ގޮތެއް ޚުދު ނުކްޝާން އަކަށް ވެސް ނޭނގުނެވެ. ޔަމްހާއާ ކުޅޭހިތްވީ ކިހިނެއްކަމެއް ނުކްޝާން ވިސްނާ ވިސްނާވެސް ނޭނގުނެވެ. ޔަމްހާ ހަސަދަވެރިވީމައި ނުކްޝާން ހިތަށް ލިބެނީ ބަޔާން ކުރަން ދަތި އުފަލެކެވެ. ނަމަވެސް ނުކްޝާންއަށް ޔަމްހާ ދެކެ ލޯބި ނުވެވޭކަން ޔަގީނެވެ.

އަނެއް ދުވަހު އިރު އެރީ ރަށުގައި ތަޅާފޮޅުންގަނޑެއް ހިނގާލައިގެން އުޅެނިކޮށްނެވެ. ނުކްޝާން އާއި ނަވްޔާ އަދި ނީކީޔާ އަވަހަށް ފެންވަރާލައިގެން ނިކުތެވެ. އޭރު ގޭ ދޮރުމަތީގައި އަންހެނެއް އަނިޔާވެފައި އޮތެވެ. އެމަގުގައި ޒުވާބުކުރުމާއި ތަޅާފޮޅުން ހުއްޓުވުމަށް ޕޮލިހުން މަސައްކަތް ކުރަމުން ދިޔައެވެ. ނުކުޝާން ވެއްޓިފައި އޮތް އަންހެން ކުއްޖާ ކައިރިއަށް ޖެހިލިއެވެ. މަންޒަރު ބަލަން ހުރި ޔަމްހާ އަށް އެކަން ކަމަކު ނުދިޔަ އެވެ. ނީކިޔާ އާއި ނަވްޔާ ހުއްޓައި ފިރިހެނެއް އޭނަ ކައިރިއަށް ދާންވީ ކީއްވެބާއޭ ޔަމްހާ ހިތަށް އަރަމުން ދިޔައެވެ." ނަވް.." ނަވްޔާއަށް ގޮވާލި ގަޑީގައި ނުކްޝާން ލޮލުގައި އަޅައިގަތީ މޫނު ކުނިކޮށްގެން ހުރި ޔަމްހާއެވެ. ނުކްޝާންގެ މޫނަށް ލާނެއް ހިނިތުންވުމެއް ވެރިވިއެވެ. ޔަމްހާ ކައިރިއަށް ގޮސް ދިމާ ކޮށްލަން ވެސް ހިތަށް އެރިއެވެ. ނަމަވެސް ވަގުތުގެ ގޮތުން ދެވޭކަށް ނެތެވެ." ހާދަ ވަރަކަށް އޭނައާ ދިމާ ތި ބަލަނީ.. ހިތްކީތަ.. އެކަމަކު އެހަށް މިކަމާއިގެން އުޅެބަލަ.." އެތަނުން ޕޮލިސް މީހަކު ނުކްޝާން ކައިރީގައި ބުންޏެވެ." އައްޗީ އޭނައަށް ހިތެއް ނުކިޔާ.." ނުކްޝާން އެ އަންހެން ކުއްޖާ އެމްބިއުލެންސް އަށް އަރުވަމުން ބުންޏެވެ. އޭރު އެތަން ތަންކޮޅެއް މައިތިރިއެވެ. އެކުއްޖާ އެމްބިއުލެންސް އަށް އަރުވާފައި ތަޅާފޮޅާ މީހުންތައް ހުއްޓުވަން ނުކްޝާން ދުއްވައިގަތެވެ.

" ލިޓްލް ގާރލް ޖެލެސް..؟؟" އެމީހުން ގޮވައިގެން ޕޮލިހުން ދިއުމުން ނުކްޝާން އައިސް އިށީނީ ޖޯލީގައެވެ." ނޯ.." ޔަމްހާ ތުން ދަމާލިއެވެ." ލޮލް އެއްބަސްވޭ ޔަމްހާ ތިހުރީ ޖެލެސް ވެފަ.. އައި ސޯ ޔުއަރ ފޭސް.." ނުކްޝާން ހޭން ފެށިއެވެ. ޔަމްހާ ލަދުން ދުރު ބަލާލިއެވެ." ނުކްޝާން ކޮންއިރަކު އަހަރެންނާ ސަމާސާ ކުރަން ފެށީ.." ޔަމްހާ ހިތުގައި އޮތް ސުވާލު އަހާލިއެވެ." ފޫހި ވާތީ.. ޔަމްހާ ރުޅި އެރުވީމަ ވަރަށް މަޖާ.. ޚާއްޞަ ކޮށް ރުއީމަ ހީވަނީ ކުޑަކުއްޖެއްހެން.." ނުކްޝާންގެ މަލާމާތް ރައްދު ވުމުން ޔަމްހާ ދެރަވިއެވެ." ލޮލް.." ދަމުން ނުކްޝާން ދިޔައީ ޔަމްހާ ކޮށްޕާލާފައެވެ." ނުކްޝާން އަހަރެން ދެކެ ލޯބި ނުވޭތަ.." ޔަމްހާ އަހާލިއެވެ." ކިހިނެއް ތިހާ ހަޑި މީހަކު ދެކެ ލޯބި ވާނީ.." ނުކްޝާން ހެމުން އެތެރެއަށް ވަނެވެ.

" ހެއި ގާއިޒް.." ނުކްޝާން ނަވްޔާމެންގެ ކޮޓަރިއަށް ވަނެވެ. އޭރު އެމީހުން ތިބީ ނިދިއައިސްފައެވެ." ހެއި ނުކް.. ކޮބާ ޔަމްހާ.." ނަވްޔާ ކޮމްޕިއުޓަރ ބަލަމުން އަހާލިއެވެ." ނޭނގެ ދެން މަ ކައިރީގަ ނާހަބަލަ.." ނުކްޝާން އެނދަށް ވެއްޓިގަތެވެ. ނީކިޔާ ބޮލުގައި ޖަހާލިއެވެ." އެއްކަލަ އައި ވަރަށް ރީތި މަށަށް... އޭނައާ ކަންނެ ރައްޓެހިވާންވީ..." ނުކްޝާން އައިނާ އާ އެކީ ނަގާފައި އިން ފޮޓޯއެއް ދައްކާލިއެވެ. ނަވްޔާ ނުކްޝާންގެ ގައިގައި ބާރަކަށް ޖެހިއެވެ." ތީ މީހެއްގެ ފިރިއެކޭ ނުކް..." ނަވްޔާ ދެބުމަ ގޮށްޖަހާލިއެވެ." ހެވޭ.. ޑިވޯރސް އެން ބޫމް ...އެ ނިމުނީ.." ނުކްޝާން ބުމަ އަރުވާލިއެވެ." އަޅެ ސާބަސް... އޭނައަށް އެހެން ނުހަދާބަލަ.. އޭނާގެ މަންމައެއް ވެސް ނެތޭ..." ނީކިޔާ ބުންޏެވެ." ހެވެއްނު.. މަށަށް ކޮން ކަމެއް.." ނުކްޝާން ޗޮކެއް ކަނޑާލިއެވެ." ހާދަ ރަހުމް ކުޑައޭ.." ނަވްޔާ ހުރީ ނުކްޝާން އުޅޭ ގޮތުން ހިތްހަމަ ނުޖެހިފައެވެ. އެވަގުތު އައިނާ ގުޅިއެވެ." ނުކް.. ރައިހާން އަހަރެންނާ ރައްޓެހި ވެއްޖެ.." އައިނާ އުފަލުން ބުންޏެވެ." އެހެން.." ނުކްޝާން ދެބުމަ ކައިރިކޮށްލިއެވެ." ޔާހ އަޅޭ އާދެބަލަ މިގަޑީގަ.." އައިނާ ހުރީ އުފަލުން މޮޔަވާވަރު ވެފައެވެ." މިއޮތީ ވަރުބަލިވެގެން މިއަދު ވަރަށް ބުރަކޮށް އުޅުނީމަ.." ނުކްޝާން ދާން މަސައްކަތަށް ބުންޏެވެ. އަރާމު ކޮށްލާށޭ ބުނެފައި އައިނާ ފޯނު ކަނޑާލިއެވެ." ހުވާ މިބުނީ.. ޔަމްހާ ލަކީވީ ދެން މި ފަހަރު... އައި ދެންމެ ނުގުޅި ނަމަ...." ނުކްޝާން ދެލޯ މަރާލިއެވެ." ނިދާ ދެން.. ތިވާހަކަ ދެއްކުމަށްވުރެ ރަނގަޅު ވާނެ.." ނަވްޔާ ނިދާ ބޮކި ދިއްލަމުން ބުންޏެވެ.

" ނުކް އޭއި އޭއި !!!! އޭއި ނުކް ހޭލަބަލަ.." ލަމާން ނުކްޝާންއަށް ގޮވަމުން ބުންޏެވެ." އަނބިކަނބަލުން އިންތިޒާރުގަ ބަހައްޓާފަ ދޯ.. އެޔެއް ނޫނޭ.. މާލެ ދާން ތައްޔާރު ވޭ މަގޭ ކޮއްކޮގެ ވެޑިންގްއަށް..." ލަމާން ބުންޏެވެ." އަޅޭ ހުޝާން ކޮން އިރަކު ބޮޑުވީ.. އެންމެ ރަނގަޅު ކޮންއިރަކުން.." ނުކްޝާން އެނދުގައި ހަމަޖެހިލިއެވެ." މާދަމާ ނޫން އަނެއް ދުވަހުން.." ލަމާން ބުންޏެވެ." ނޮއިސް..." ނުކްޝާން ގަޑި ބަލާލިއެވެ. "މި ދަނީ އަށްގަޑި ބައި ވަނީއެއޮށް.." ނުކްޝާން ކޮޓަރިން ނިކުތް އިރު ޔަމްހާ ޓީވީ އިން ދައްކާ ޕްރޮގްރާމެއް ބަލަން އިނެވެ. ނުކްޝާން ގޮސް ޔަމްހާ އިށީނދެ ދިން ގޮނޑީގައި ހިފާ ކޮށްޕާލިއެވެ. ޔަމްހާ ހަޅޭއްލަވައި ގަނެފައި އަތުން ޓައިލްސް ތަކުގައި ހިފަހައްޓާލިއެވެ." ނުކްޝާން.." ޔަމްހާ ތެދުވިއެވެ." މަ މިއުޅެނީ މާލެ ދާން.. އަންނާނީ ދެތިން ދުވަސް ފަހުން... ކަލޭ މިގޭގަ މަޑު ކުރާތި.. މަންމަ ވެސް ދާނެ ނީކް އާ ނަވް ވެސް.." ނުކްޝާން ބުންޏެވެ." ނުކްޝާން ކީއްވެ އަހަރެން ނުގެންދެވެނީ.. އަހަރެންނާ ހެދި ނުކްޝާން ލަދު ގަންނަނީތަ.. އަހަރެން.." ނުކްޝާން ޔަމްހާ އަތުގައި ހިފީ ބިންދައިގެން ދާހާ ބާރަށެވެ." މަގޭ ކުރިމަތީގަ ވާހަކަ ނުދައްކާ ހުރޭ... އަނެއްކާ މަ ރުޅި ނައިސްގެންތަ ތި އުޅެނީ.." ނުކްޝާން ދެބުމަ ގޮށްޖަހާލިއެވެ." ސޮރީ.." ޔަމްހާ ތުންފިއްތާލިއެވެ.

ޗުއްޓީ ނަގައިގެން ނަވްޔާ ނީކިޔާ އަދި ނުކްޝާން ވެސް މާލެ ދިޔައެވެ. ނިޝްފާ ވެސް ގޮވައިގެންނެވެ." ހާދަ ބަނޑު ހައޭ.." ނުކްޝާން ބަނޑުގައި އަތް ކާއްތާލީ މޭޒު މަތީގައި ހުރި ކާތަކެތި ފެނުމުންނެވެ." ހާސްކަނޑާލާ... މިރޭ ޕާޓީގަ ލިބޭނެ ކާން އަދި.." ލަމާން އިށީނެވެ. ނުކްޝާންމެންވެސް ކާން ފެށިއެވެ." މާލެއިން ކުއްޖަކު ހޯދައިގެން ދާނީ މިފަހަރު.." ނުކްޝާން ބުންޏެވެ. އެއާއި އެކު އެތާ ތިބި އެންމެންގެ ނަޒަރު ނުކްޝާން އަށް ހުއްޓުނެވެ." ތީ މީހެއްގެ ފިރިއެކޭ އަޅެ... ތިހެން ނޫޅޭތި ޔަމްހާ ކިޔާ ދެރަ ވާނެ.." ނީކިޔާ އަނެއްކާ ވެސް ބުންޏެވެ." މަށަށް ވެސް އުޅެވޭނެ އޭނަ މަ ރުޅި އަރުވަންޏާ.." ނުކްޝާން ބުންޏެވެ." ކަލޭ ދެން ތި ވާހަކަ ބާއްވާ... ތިހެން އުޅޭތީ މަ ހަމަ ހައިރާން ވެއްޖެ.. ތީ ކުރީގެ ނުކްޝާން އެއް ނޫން..." ލަމާން ވެސް ހުރީ ހިތްހަމަ ނުޖެހިފައެވެ." މިހާރު ހުރިހާ ކަމެއް ވެސް ބަދަލު ވެއްޖެއޭ ލައްމޫ.. މަގޭ ނުރުހުމުގަ ކައިވެނި ކުރީ މަ ވެސް ވަރަށް ކެތްކޮށްގެން... ބައެއް ފަހަރު ރުޅި ކޮންޓްރޯލް ނުކުރެވިގެން ޔަމްހާއަށް އަނިޔާ ވެސް ކުރެވޭ...މަ ބޭނުމެއް ނޫން އެކަމް އަނިޔާ ކުރާކަށް... ލައްމު އަށް ވެސް މިކަހަލަ ގޮތަކަށް ދިރިއުޅުމެއް ފަށަން ވެއްޖެއްޔާ ވާނެ އުނދަގޫ އިނގޭނީ..." ނުކްޝާން ދުރު ބަލާލިއެވެ." މަ ވެސް ތިކަމާ އެއްބަސް ވަން.. އެހަށް ކެއުމާއިގެން ކުރިއަށް ދޭ.." ނުކްޝާންގެ މޫޑް ޚަރާބު ކުރަން ބޭނުން ނުވުމުން ލަމާން ވާހަކަ ބަދަލު ކޮށްލިއެވެ.

އެރޭ އަށެއް ޖެހީރު އެންމެން ތިބީ ޕާޓީ އަށް ދާން ތައްޔާރު ވެގެންނެވެ. ޕާޓީއަށް ޚާއްސަ ކުރެވިފައިވާ ކުލައަކީ މެރޫން ކުލައާއި ހުދުކުލައެވެ. ނީކިޔާ އާއި ނަވްޔާ ހުދު ކުލައިގެ ހެދުމެއް ލައިގެން ހުރިއިރު އެހެދުމުގައި މެރޫން ކުލައިގެ މާތާކެއް ހަރުކޮށްފައި ހުއްޓުވެ. ކޮށްފައިވާ ލުއި މޭކަޕުން އެމީހުން އިތުރަށް ފުރިހަމަ ކޮށްދެއެވެ. ކަޅުކުލައިގެ ޖީންސް އާއި ހުދު ކުލައިގެ އަތްދިގު ގަމީހެއް ލައިގެން މެރޫން ކުލައިގެ ޓައީއެއް އަޅައިގެން ނުކްޝާން ހުރިއިރު ވަރަށް ރީއްޗެވެ. ޕާޓީއަށް ދާން ނައްޓާލީ އަށްގަޑި ފަނަރަވަނިކޮންނެވެ. ކާރުގައި އިންއިރު ނަވްޔާގެ ޚިޔާލު ހުރީ ޒާއިފް އަށެވެ. ހަމަގައިމުވެސް ޒާއިފް މާލޭގައި އުޅޭނެއެވެ." ނަވް.." ނަވްޔާ ސިހުނީ ނުކްޝާންގެ އަޑަށެވެ. އޭރު ޕާޓީ އަށް އާދެވިއްޖެއެވެ." ހްމްމް.." މޯޅީވެފައި އިން މޫނުމައްޗަށް ހިނިތުންވުމެއް ގެންނަމުން ނަވްޔާ ކާރުން ފޭބިއިރު ނުކްޝާން އާއި ނީކިޔާ ޝައްކުގެ ނަޒަރަކުން ނަވްޔާއަށް ބަލަން ހުއްޓެވެ.

" ނަވް ކިހިނެއްވީ.. ޕްލީޒް ޓެލް މީ.." ނީކިޔާ ނަވްޔާގެ އަތުގައި ހިފިއެވެ. އޭރު އެ ބޮޑު ދެލޯ ވަނީ ފެންކަޅިވެފައެވެ." އަޅެ ބުނެބަލަ.." ނުކްޝާން ހާސްވިއެވެ." ކަމެއް ނުވޭ.. ދެން އާދޭ އެތެރެއަށް.. ލައްމުމެން ތިބޭނެ އަހަރެމެންގެ އިންތިޒާރުގަ.." ނަވްޔާ އެހެން ބުނެފައި އެތެރެއަށް ވަނެވެ." އައިމް ޝުއާރ ކޮންމެސް ކަމެއް ވެއްޖެ.. ނަވް ނުރޯނެ އެހާ ދެރަ ނުވަންޏަކާ.." ނީކިޔާ ނުކްޝާން އާއި ދިމަ ބަލާލިއެވެ." ހިނގާ.." ނުކްޝާން އަވަސް އަވަހަށް ޕާޓީ ތެރެއަށް ވަނެވެ." ނަވް.. ނަވް... އަޅެ ކޮބާތަ.." ނުކްޝާން ވަށައިގެން ބަލަމުން ދިޔައީ ނަވްޔާ ފެނޭތޯއެވެ." ނުކް.." ނީކިޔާ ނުކްޝާން އަތުގައި ވިކައިގަތެވެ.
- ނުނިމޭ -

    Please log in or register to bookmark.
    5k

    4 ޚިޔާލު

    1. ޢިތުރު އެޕިސޯޑެއް ޕްލީޒް
      ވާހަކަ ވަރަށް ރީތި

    ޚިޔާލު

    Your email address will not be published. Required fields are marked *