އެދުވަހު ހަވީރު ގަޑީގައި ނުކްޝާން ދިޔައީ ލަމާން އާ އެކީ އެވެ." އެއްކަލަ ކުއްޖަ ބުނީ ތީނަ ދެކެ ލައިކް ވެއޯ.." ލަމާން ދިމާކުރާ ކަހަލަ ގޮތަކަށް ބުންޏެވެ." ކީކޭ ބުނާނީ.. އޭނާވެސް ދެން އަނެއްހެން ރީތި ދޯ އެކަމް މަ ލައިކް އެއް ނުވޭ.." ނުކްޝާން ހިނިގަނޑެއް ޖަހާލިއެވެ." ދުވަހަކު ވެސް މީހަކު ދެކެ ލައިކް ވާ ކަމަށް ވޭތަ.. ނިކަށް ރައްޓެހިވެބަލަ ކުއްޖަކާ... އެހަށް ދުވަހު މިރަށަށް އައިސް އުޅުން ނިކަށް ރީތި މަންޖެއެއް މާލެއިން.." ލަމާން ބުންޏެވެ." ނޫޅެން މީހަކާ ރައްޓެހިވާކަށް... ކީއްކުރަން ރައްޓެހި ވަނީ ފުރަތަމަ... ބޮލުގަ ރިހުމެއް އޮންނާނީ... އަނެއްކާ މަ މީހަކު ދެކެ ލައިކް އެއް ނުވެސް ވޭ ލަމ.." ނުކްޝާން އަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް ކައިރީގައި ހުރި ގެއިން ނިކުތް އަންހެން ކުއްޖާ އަތުން ހޫނު ކޮފީ ތަށި ނުކްޝާން އަތަށް ބަންޑުން ވިއެވެ. ނުކްޝާން ދެލޯ ބޮޑު ކޮށްލާފައި ކުރިމަތީގައި ހުރި އަންހެން ކުއްޖާ އަށާއި ކޮފީތަށި ވެރުމުން ފިހިފައި އޮތް އަތަށް ބަލާލިއެވެ. ކުރިމަތީގައި ހުރީ ނުކްޝާން އާ އެކީ ވެއްޓުނު ކުއްޖާއެވެ." މަށާ ޖައްސާލައިގެންތަ ތިއުޅެނީ... މަ ރުޅި އިސްކުރަން މަޖުބޫރު ނުކުރާތި... ކޮށްފިއްޔާ މާ ރަނގަޅެއް ނުވާނެ ކަލެއަކަށް.." ނުކްޝާން ދަތްކުނޑި ވިކައިގެން ވާހަކަ ދެއްކީ އަތުގައި ނަގާ ދިލައަށް ކެތް ކޮށްގެންނެވެ.
**2 ވަނަ ޕާޓު**
" ސޮރީ... ނައީ ފަރސްޓް އެއިޑް ބޮކްސް ގެނެސް ދީބަލަ.." އެ ކުއްޖާ ކަންބޮޑުވެފައި ގޮވާލިއެވެ. ނުކްޝާން އެކުއްޖާ ބޭސް އަޅަންދެން ގޮތް ދޫކޮށްގެން ހުރީ ފަރުވާ ބޭނުން ވުމުންނެވެ." ދެން ހަނދާން ކުރާތި މިކަހަލަ ކަމެއް ތަކުރާރު ވެއްޖެއްޔާ ކަލޭ މޫނު މަތި ސަލާމަތަކުން ނުބަހައްޓާނަން !!!!!.." ނުކްޝާން އެ ކުއްޖާ އާއި ކައިރިވުމަށްފަހު އިންޒާރެއް ދިނެވެ." އޭއި ހިނގާ ދާން ރުޅި މަޑު ކޮށްގެން.." ނުކްޝާންގެ ރުޅިގަނޑު ފެނި ލަމާން ހުރީ ހިނިއައިސްފައެވެ." ރުޅި މަޑު ކުރެވޭނެތަ މަ މަރާ ވެސް ލަފާނެ މީނަ މިހެން އުޅެމުން.." ނުކްޝާން އެ އަންހެން ކުއްޖާ އާއި ދިމަ ބަލާލާފައި ބުނީ ރުޅި އައިސްގެން ހަލާކު ވާވަރު ވެފައެވެ. ނުކްޝާންގެ ނުރައްކާތެރި ނަޒަރު ފެނުމުން އެކުއްޖާ ބިރުން ގެއަށް ވަނެވެ." ހްމްމްމްމްމް ކަލެއަށް ވާ ސާބަސް... އެއީ މަ ބުނި މާލެއިން އައި ކުއްޖަކީ.. ރީތި ދޯ.." ނުކްޝާން ކޮނޑުގައި ޖަހާލަމުން ލަމާން ބުންޏެވެ." ކޮންތަނެއް ރީތީ...." ނުކްޝާން ބޭސް އަޅާފައި އޮތް އަތަށް ބަލާލިއެވެ.
5 އަހަރު ފަސް
" ޝޭމް އޮން ޔޫ ނުދަންނަ އަންހެން ކުއްޖާ !!!..." ޕޮލިސް ޔުނިފޯމްގަ ހުރި ނުކްޝާން އެ އަންހެން ކުއްޖާ އާއި ދިމަ ބަލާލިއެވެ." މި ދަނީ ޑިއުޓީއަށް ގަޑި ޖެހޭތީ.. އެވަރުންވެސް ޔުނިފޯމް ހަޑި ކޮށްފި.." ނުކްޝާން އަތް މުއްކަވާލިއެވެ. އަދި އަލުން އަނބުރާ ގެއަށް ދާން ދުއްވައިގަތެވެ." ކިހިނެއްވީ.. ކޮންހާ ލެއެއް.." ގެއަށް ވަދުމުން ނީކިޔާ އަހާލިއެވެ." އެއްކަލަ ގާރލް މަގޭ ގަޔަށް ކޮންމެސް އެއްޗެއް ވަރާލީ... ހުވާ މިބުނީ.. މޫނު މަތީގަ ޖެހުންނަމަ.." ނުކްޝާން ކޮޓަރިއަށް ވަދެ ޔުނިފޯމް ބަދަލު ކޮށްގެން ނިކުތެވެ. އޭރު ހުރީ މާ ބޮޑަށް ވެސް ގަޑި ޖެހިފައެވެ." ވަރުގަަދަ ކުއްޖެއްނު.. ހަފްތާއަކު ދެތިން ދުވަހު ތި ކަމެއް ލައިގަނޭ އެބަ.. ދެން އަހަރެމެންނާ އެއްކޮށް ގޮސްބަލަ.." ނީކިޔާ ހެމުން ބޫޓުގެ ވާގަނޑު އައްސާލިއެވެ. ނަވްޔާ އާއި ނީކިޔާ ނުކްޝާން އާ އެކީ ގެއިން ނިކުތެވެ.
ޑިއުޓީ ނިންމާފައި ނުކްޝާން އާ އެކީ ނީކިޔާ ގެއަށް އައެވެ. ނަވްޔާ ކުޑަ ކަމަކު އެތާ މަޑު ކުރީއެވެ." އަޅެ ނީކް ބުނެބަލަ އޭނަ ކައިރިން ސަލާމަތް ވާނެ ގޮތެއް.." ގެއަށް ވަންނަމުން ނުކްޝާން ބުންޏެވެ." ނޭނގެ އެއްގޮތަކަށް ވެސް.. މިހާރު ވެސް އޭނީ މިގޭގަ.." ހެމުން ނީކިޔާ ބުންޏެވެ." ދަރިފުޅާ އާދެބަލަ އިށީންނަން..." ނިޝްފާ ގޮވާލިއެވެ. ނުކްޝާން ދެބުމަ ގޮށްޖަހާލައިގެން ހުރެ ނިޝްފާ ކައިރީގައި އިށީނެވެ." ނުކް ދަރިފުޅާ މީ ޔަމްހާ.." ނިޝްފާ ހިނިތުންވުމެއް ދިނެވެ. " ކީއްކުރަން މަ ކައިރީ އޭނަ ނަން ބުނީ.. މަ މަރާލާތޯ ދޯ..؟؟" ނުކްޝާން ޔަމްހާ އާއި ދިމަ ބަލާލީ ރުޅި އައިސްފައެވެ." ނޫނޭ ނުކް އެހެން ނުބުނޭ.." ނިޝްފާ ނުކްޝާން ކޮނޑުގައި އަތް ބާއްވާލިއެވެ." ދަރިފުޅު ކައިވެނި ކުރާ ކުއްޖާ މީ.." ނިޝްފާ ބުންޏެވެ. ނުކްޝާން ފުންމައިގެން ތެދުވިއެވެ." މަންމާ މޮޔަވީތަ.. މަ ނޫޅެން އޭނައާ ކައިވެނި ކުރާކަށް.." ނުކްޝާން ކުރިމަތީގައި ހުރި މޭޒުގައި މުއްކަވާލާފައި ޖެހީ ފަޅައިގެންދާހާ ބާރަށެވެ." ނުކް ކީއްވީ.." ނިޝްފާ ހައިރާންވިއެވެ.
" ކީއް ނުވަނީ..." ނުކްޝާން ރުޅި އައިސްގެން މޭޒު ދޮރާއި ދިމާއަށް އެއްލާލިއެވެ. އެވަގުތު ނަވްޔާ ދޮރު ހުޅުވާލިއެވެ. ނަމަވެސް ނަވްޔާ އަވަސް އަވަހަށް ދޮރު ލެއްޕީ އައި މޭޒު ފެނުމުންނެވެ. ޔަމްހާ އަނގަމަތީގައި އަތް އެޅި ގޮތަށް ބިރުން ވިރޭވަރުވިއެވެ." ޔަމްހާ !!!.. ކަލޭ ދޯ ކައިވެނި ކުރަން އައީ.." ނުކްޝާންގެ ރުޅިވެރި ނަޒަރު ހުއްޓުނީ ޔަމްހާއަށެވެ. ޔަމްހާ ބިރުން ދެފަރާތަށް ބޯ ހޫރާލިއެވެ." ނުކް އޭއި ކިހިނެއްވީ.." ނިޝްފާ ގޮވަ ގޮވަ އޮއްވައި ނުކްޝާން ކޮޓަރިއަށް ވަދެގެން ދިޔައެވެ. ނަވްޔާ އާއި ނީކިޔާ ވެސް ނުކްޝާން ފަހަތުން ވަނެވެ. އޭރު ނުކްޝާން ހުރީ ރުޅި އައިސްގެން ފަޅައިގެންދާ ވަރު ވެފައެވެ." ނުކް ހަމަޖެހިބަލަ.." ނަވްޔާ ގޮސް ނުކްޝާން ކައިރީގައި އިށީނެވެ." ނުޖެހެވޭނެ.. އުމުރުގެ ބާކީ އޮތް ބައި އޭނައާ އެއްކޮށް މަށަކަށް ހޭދައެއް ނުކުރެވޭނެ... މަ ވެސް ލޯބިވާ ކުއްޖަކާ ދިމާ ވަންދެން އެޓްލީސްޓް މަޑު ކޮށްލިނަމަ.." ނުކްޝާން ފުން ނޭވާއެއް ލިއެވެ. ކުރެވުނު ކަންތައް ހިތަށް އެރުމުން ފެންކަޅި ވިއެވެ.
" ދެން... މަންމަ ކައިރީ ބުނަން ވީނުން ކެންސަލް ކޮށްލާށޭ.." ނީކިޔާ އެހެން ބުނި ވަގުތު ނިޝްފާ ވަދެގެން އައެވެ." ދަރިފުޅާ ކިހިނެއް ތި ހެދީ.." ނިޝްފާ އައިސް ނުކްޝާން ކައިރީގައި ހުއްޓުނެވެ." މަންމާ ކައިވެނި ކެންސަލް ކޮށްބަލަ.. ތި ބުނާ ޔަމްހާ އަކާ ނީނަސް މަ އިނދެފާނަން ނީކް އާ ނުވަތަ ނަވް އާ ވެސް.." ނުކްޝާން ނިޝްފާގެ މޫނަށް ބަލާލިއެވެ. ނަވްޔާ އާއި ނީކިޔާ އެއްފަހަރާ ނުކްޝާން ބުރަކަށިމަތީގައި ޖެހިއެވެ. އެވާހަކަތައް އަޑުއަހަން ބޭރުގައި ޔަމްހާ ހުރީ ހައިރާންވެފައެވެ. ޔަމްހާ ނުކްޝާން އާއި ކައިވެނި ކުރަން ބޭނުމެވެ. ނަމަވެސް ނުކްޝާން އެހާ ރުޅިއައިސްފައި ހުރުމުން އެއްކަމެއް ވެސް ކުރާކަށް ބޭނުމެއްނޫނެވެ.
" ނުކް ޕްލީޒް... ޔަމްހާގެ މަންމަ މަރުވުމުގެ ކުރިން ބުންޏޭ.. އެހެންވެގެން މަންމަ މިހާ ވަރުން މި އުޅެނީ... އެކަމް ކައިވެނި ކުރުމަށްފަހު ވަކި ނުވާތި.." ނިޝްފާ މަޑުމައިތިރި ކަމާއެކު ބުންޏެވެ. ނުކްޝާން ވަކި އެއްޗެކޭ ނުބުނެ ތުވާލި ހިފައިގެން ފާޚާނާއަށް ވަނެވެ. ނިޝްފާ ނަވްޔާ މެންނަށް ބަލާލާފައި ކޮޓަރިން ނިކުންނަން ދިޔައެވެ. ނަވްޔާ އާއި ނީކިޔާ ވެސް ފެންވަރަން ވެގެން އެމީހުންގެ ކޮޓަރިއަށް ވަނެވެ." ނުކް.." ނަވްޔާ ފެން ވަރާލައިގެން އައި އިރު ނުކްޝާން އޮތީ އެނދުގައި އޮށޯވެގެންނެވެ." ހްމްމް.." ނުކްޝާންގެ ނަޒަރު ހުއްޓިފައި ވަނީ އެނބުރެމުން ދިޔަ ފަންކާ އަށެވެ." މަ ބޭނުމެއް ނޫން އެ ކައިވެނި ކުރާކަށް.. މިއަށްވުރެ މަރުވުން ވެސް މާ ރަނގަޅު ވާނެ.." ނުކްޝާން އޮތީ އަދިވެސް އެކަމާ ވިސްނަންށެވެ." ނުކް.. އިނގޭ މަޖުބޫރުން ކައިވެނި ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫންކަން... ތިކަމާ މެދު ވިސްނައިގެން ބޯ ނުގޮއްވާތި... " ނަވްޔާ ފުން ނޭވާއެއް ލިއެވެ." ބޯ ގޮވިއްޔާ ގޮވީ... މަ ވިސްނަން ޖެހޭނެ ދޯ މަގޭ ދިރިއުޅުމާ މެދު.. ނުވެސް ދަންނަ ޕްލަސް އެންމެ ރުޅި އަންނަ އަންހެން ކުއްޖާއާ އެކީ ކިހިނެއް ދިރިއުޅެވޭނީ.. މަ ބޭނުމެއް ނޫން ރުޅި އިސްކޮށްގެން މީހަކަށް ގެއްލުމެއް ދޭކަށް.. ގެއްލުމެއް ދޭން ބޭނުން ނުވާތީ މިހުރިހާ ދުވަހު ޔަމްހާގެ ފަރާތުން އުނދަގޫ ވީމަ ވެސް ހަމަ އެކަނި އިންޒާރެއް ދީގެން ހުރީ.." ނުކްޝާން ނިއްކުރިމަތިން އަތް ނެގިއެވެ.
" ދެން ރެސްޓް ކޮށްލާ ނުކް.. މަށަށް ވެސް ބުނާނެ އެއްޗެއް ނޭނގެ... މިއަދު ވަރަށް އުނދަގޫ ކޭހެއް އޮތީ ވެސް އެހެންވެ ވަރަށް ވަރުބަލި ވާނެކަން އިނގޭ.." ނަވްޔާ ކޮޓަރިން ނިކުތެވެ. އޭރު ޔަމްހާ ސޯފާގައި އެކަނި މާ އެކަނި އިނެވެ." ޔަމްހާ.." ނަވްޔާ ގޮވާލިއެވެ. ޔަމްހާ ސިހިފައި ނަވްޔާ އާއި ދިމަ ބަލާލިއެވެ." ކިހިނެއްތަ ހުރިހާ ކަމެއް ނުކްގެ ރުޅިގަނޑަށް ފަހު.." ނަވްޔާ ޔަމްހާގެ ކުރިމަތީގައި އިށީނެވެ." ރަ..ރަނގަޅު.." ޔަމްހާ ހިންދިރުވާލާފައި ބުންޏެވެ." ހާދަ ބިރުން ތީނީ.." ނަވްޔާ ހީލަމުން އަހާލިއެވެ. ޔަމްހާ އަތުގައި އޮތް ފޯނަށް ނަޒަރު ހިންގާލީ ބުނާނެ އެއްޗެއް ނޭނގުމުންނެވެ." ޔަމްހާ އަސްލު ބޭނުންތަ ނުކް އާ މެރީ ކުރަން... ޔަމްހާ ނުކް ދެކެ ލޯބި ވޭތަ.." ނަވްޔާ ކުރަން އައި ސުވާލު ކޮށްލިއެވެ.
" ލައްބަ.. އަޅުގަނޑަށް ނުކްޝާން ދެކެ ލޯބި ވެވިއްޖެ.. ނިޝްފާ ދައްތަ މެރީ ކުރާށޭ ބުނިފަހުން ވަރަށް އުފާވި.. އެކަމް މިއަދު ނުކްޝާން އެކަމާ މެދު ނުރުހޭ ކަން އިނގުނީމަ ބޭނުމެއް ނުވި ކައިވެނި ކުރާކަށް.. މި ފަސް އަހަރު ތެރޭ ކުރި ހުރިހާ އުންމީދެއް ފެނަށް ވެއްޖެ.." ޔަމްހާ ވާހަކަ ދެއްކީރު ހުރީ ފެންކަޅިވެފައެވެ. ނަވްޔާ ހިމޭނުން އިނީ ހަދާނެ ގޮތެއް ނޭނގުމުންނެވެ. " އަޅޭ.. ދެން ނޭނގެ ކުރަންވީ ކަމެއް... މަށަށް ފެންނަނީ ޔަމްހާ ގޮސް ނުކްއާ ވާހަކަ ދައްކާލަން.." ނަވްޔާ ބުންޏެވެ." ނޫން ނުކެރޭނެ..." ޔަމްހާ ބޮލުން ނޫނެކޭ ބުންޏެވެ." ދެން ނޭނގެ ތިހެން ވީރު.. ތެންކްސް ފޯރ ޓްރަސްޓިންގ މީ ޔަމްހާ..." ނަވްޔާ ހިނިތުންވުމެއް ދީފައި އޭނަގެ ކޮޓަރިއަށް ވަނެވެ. ޔަމްހާ މާޔޫސް ކަމާއެކު އިސްޖަހާލިއެވެ. ނަވްޔާ ކޮޓަރިއަށް ވަތް އިރު ނީކިޔާ އޮތީ ނިދާފައެވެ. ނަވްޔާ ވަރުބަލި ވެފައިވާކަން ހަނދާން ވީ ވެސް ދެނެވެ. ފޯނު ޗާޖަށް ޖަހާލާފައި ނަވްޔާގެ އެނދަށް އަރާ އޮށޯތެވެ.
ނުކްޝާން އެހެން އޮވެފައި ޓީޝާޓެއް ލައިގެން ގެއިން ނިކުތެވެ. އޭރު ޔަމްހާ ބޭރު ޖޯލީގައި އިނެވެ." ނުކްޝާން.. ވާހަކަ ދައްކާލަން ބޭނުން.." ޔަމްހާ ބިރުން ހުރެ ބުންޏެވެ. ނުކްޝާން ރުޅި މަޑު ކުރަމުން އެއް ޖޯލި ދޫކޮށްގެން އިށީނެވެ." ކިޔާބަލަ މީނީ އަޑުއަހަން.." ނުކްޝާން ދުރުބަލާލިއެވެ." ނުކްޝާން ބޭނުމެއް ނޫންދޯ ކައިވެނި ކުރާކަށް.." ޔަމްހާ ފުން ނޭވާއެއް ލާފައި އަހާލިއެވެ." ހްމްމް ކިހިނެއްވީ.." ނުކްޝާން ދެބުމަ ކައިރިކޮށްލީ ކައިވެނީގެ ވާހަކަ ފެށުމުންނެވެ." އެކަމް.. މަނ..." ޔަމްހާ ވާހަކަ ދައްކަ ދައްކާ ހުއްޓައި ލަމާން އައެވެ." އައްދޭ އެންމެ ފަހުން އަންހެން ކުއްޖެއް އަތު އަޅުވާލީ ދޯ.. އަދި އެވެސް އެއްކަލަ މަންޖެ.." ލަމާން ހޭންފެށިއެވެ. ނުކްޝާން މިއޮށް ހުރިހާއިރު ކޮންޓްރޯލް ކޮށްގެން ހުރި ރުޅިގަނޑު ފަޅައިގެން ދިޔައެވެ." ލަމާން އަނގަ މަޑުން ލާބަލަ..." ނަމަވެސް ނުކްޝާން ވާހަކަ ދެއްކީ މަޑުމަޑުންނެވެ." ނުލާނަން.." ލަމާން ދޫ ނެރެލިއެވެ. ނުކްޝާން އަތް މުއްކަވާލިތަން ފެނިފައި ޔަމްހާ ބިރުގަތެވެ.
" ޔަމްހާ އާދޭ..." ނުކްޝާން ހިނގައިގަންނަމުން ބުންޏެވެ." އެންމެ ރަނގަޅު ނުކް.. ތިމީހުން އެކަނި ވާހަކަ ދައްކާލާފަ އާދޭ މަ މިހުރީ މިގޭގަ.." ލަމާން ހެމުން ގޮވާލިއެވެ. ޔަމްހާ ނުކްޝާން ފަހަތުން ދިޔައީ ބިރުންނެވެ." ތި ދައްކަން އުޅޭ ވާހަކައެއް ދައްކަބަލަ ދެން.. ހީނުކުރާތި މިތަނަށް މި ގެނައީ މަ ރުހިގެންނޭ.. ޔަމްހާ ތި ދައްކަން އުޅޭ ވާހަކައެއް ހޯދަން މި ގެނައީ.." ނުކްޝާން ބީޗުގައި ހުރި ރުކެއްގައި ލެނގިލިއެވެ." ނު.. ނުކްޝާން އަށް ވެސް އިނގޭ ދޯ މަގޭ މަންމަ މަރުވަމުން ކުރި ވަސިއްޔަތެއްކަން.. އެހެންވެ އަހަރެން ވެސް ބޭނުން މި ކައިވެނި ކުރަން.." ޔަމްހާ ބުންޏެވެ." ޔަމްހާ ބޭނުމަސް މަށެއް ބޭނުމެއް ނޫން.. މަންމަ ދެވަނަ ފަހަރަށް އައުމުން ސީދާ ބޭނުމެއް ނޫނޭ ބުނަން ނުކެރުނީ.." ނުކްޝާންގެ ނޫކުލައިގެ ދެލޯ އަވިއައިނަކުން ފޮރުވާލާފައި ވީ ނަމަވެސް މޫނުމަތިން ހިތްހަމަ ނުޖެހުމުގެ ކުލަވަރު ހުއްޓެވެ.
" އޯ އެމް ޖީ... ނުކްޝާން ގާރލްފްރެންޑް އެއް ހޯދީތަ.." އެދިމާއިން ދިޔަ އަންހެން ކުދިންތަކެއްގެ ތެރެއިން ކުއްޖަކު ބުންޏެވެ. ނުބުނާންވީ ކީއްވެހެއްޔެވެ؟ ނުކްޝާން އަކީ ނަވްޔާ އާއި ނީކިޔާ ނުލައި އެހެން އަންހެން ކުއްޖަކާ އެއްކޮށް ދުވަހަކު ވެސް އުޅޭ މީހެއް ނޫނެވެ." ނޯ.. އެއީ މަގޭ ގާރލްފްރެންޑް އެއް ނޫން..ކޯޗެއް އިނގިގެން ތިހެން ތި ކިޔަނީ.." ނުކްޝާން ބުންޏެވެ. އެކުދިން އެއްޗެކޭ ނުބުނެ ދިޔައެވެ." ޕްލީޒް ނުކްޝާން.. އަހަރެންގެ މަންމައަށްޓަކާ.. އޯކޭއޭ އެހެން އެއްވެސް ކަމެއް ނުކުރިޔަސް.." ޔަމްހާ އާދޭސްކުރިއެވެ. ނަމަވެސް ޔަމްހާގެ އާދޭސްތަކަށް ބީރުކަންފަތެއް ދީފައި ނުކްޝާން އަލުން އަނބުރާ ގެއަށް ދިޔައީ ލަމާން ހުންނާނެ ކަން ހަނދާން ވުމުންނެވެ.
" ހާދަ އަވަހޭ.. މަ ހީކުރީ ބައިގަޑިއެއްހާއިރު ނަގާނެ ކަމަށް.." ލަމާން ތެދުވަމުން ބުންޏެވެ." ދެން ކަލޭ އަނގަ ހުއްޓާލަބަލަ.. އެއީ މަ ލޯބިން އިންނަން އުޅޭ ކުއްޖެއް ނޫނޭ.. މަންމަ މި ކައިވެނި ރޭވީ..." ލަމާން އާއި ދިމާއަށް ލޯ އަޅާލާފައި ނުކްޝާން ގެއިން ނިކުތެވެ." އެހެން ދޯ މަ ހީކުރީ.." ލަމާން ބޯ ކަހާލިއެވެ." ހީކުރާހާ ކަމެއް ޔަގީނެއް ނުވާނެ.." ނުކްޝާން ސައިކަލަށް އަރަމުން ބުންޏެވެ. ލަމާން ވެސް ފަހަތަށް އެރިއެވެ. ދުރުގައި ޔަމްހާ ހުއްޓެވެ. އެ މޫނުމަތިން ފެނުނީ ހިތްދަތި ކަމެވެ. ދިޔަ މަގުމަތީގައި ނުކްޝާން ހުރިހާ ވާހަކައެއް ލަމާންއަށް ކިޔާދިނެވެ." ނުކް މަށަށް ފެންނަނީ ކައިވެނި ކުރަން.. އެކުއްޖާގެ މަންމަގެ ވަސިއްޔަތެއް ދޯ އެއީ.. ވަސިއްޔަތެއް ވިއްޔާ މަ ވެސް ކައިވެނި ކުރާނަން.." ލަމާން ބުންޏެވެ." އެކަމަކު އެއީ މަ އެންމެ ރުޅި އަންނަ ކުއްޖާއޭ.." ނުކްޝާން ސައިކަލް ޕާކް ކޮށްފައި ކުރިމަތީގައި ހުރި ކެފޭއަށް ވަނެވެ. " ނުކް.. ވަސިއްޔަތް ވާނެ ފުރިހަމަ ކުރަން... ލޯބިން ނޫނަސް އިނދެ ވިދާނެ ދޯ.." ލަމާން ނުކްޝާން އަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރިއެވެ." ޕިސް އޭރުން ކިހިނެއް ވާނީ ލޯބިވާ ކުއްޖެއް ފެނިއްޖެއްޔާ.." ނުކްޝާން މެނޫ ބަލާލިއެވެ. ލަމާން ފުން ނޭވާއެއް ލާފައި ވާހަކަ ދައްކަން ފެށިއެވެ.
" ލައްމު ތެންކްސް.." ސައިކަލަށް އަރަމުން ނުކްޝާން ޝުކުރު އަދާކުރިއެވެ. އޭރު އިރުއޮއްސެނީއެވެ. " އެއީ ޝުކުރު އަދާ ކުރާވަރު ކަމެއް ނޫނޭ.." ނުކްޝާން ކޮނޑުގައި ޖަހާލަމުން ލަމާން ބުންޏެވެ." މަންމާ.. އަހަރެން ގޮތެއް ނިންމައިފިން.." ގެއަށް ވަދެފައި ނުކްޝާން ބުންޏެވެ." އަހަރެން ޔަމްހާ އާއި ކައިވެނި ކުރާނަން..." ނުކްޝާން ލަމާން އާއި ދިމަ ބަލާލިއެވެ. ދެންމެއަކު ހޭލައިގެން އައި ނީކިޔާ އާއި ނަވްޔާ ވެސް ނުކްޝާން އާއި ދިމަ ބަލާލިއެވެ." މަންމަ ވަރަށް އުފާވެއްޖެ.." ނިޝްފާ އުފަލުން ބުންޏެވެ." ނުކް ކިހިނެއް ނިންމި ނިންމުން ތީ.." ނީކިޔާ ނުކްޝާން ދުރަށް ގެންގޮސް އަހާލިއެވެ." ލައްމު ބުނީ.... އަސްލު ވަސިއްޔަތެއް ވީމަ.." ނުކްޝާން ބުންޏެވެ." އެހެން ދޯ... ކާންޓް ވެއިޓް ފޯރ ދަ ވެޑިންގް ނައިޓް..." ނަވްޔާ އެއްލޯ މަރާލިއެވެ. ނުކްޝާން ދެބުމަ ގޮށްޖަހާލަމުން ސޯފާގައި އިށީނެވެ.
" ދަރިފުޅާ.. އަސްލު މަންމަ ވަރަށް އުފާވެއްޖެ... ދަރިފުޅުމެން އިނދެގެން ވެސް މިގޭގަ އުޅެއްޗޭ... ޔަމް ކައިވެނި ކުރުމުގެ ކުރިން ވެސް މިގޭގަ ބަހައްޓަން މިއުޅެނީ.." ސިޓިން ރޫމުން އެންމެން ހުސްވުމުން ނިޝްފާ ނުކްޝާން ކައިރީގައި ބުންޏެވެ." ދެން މަންމާ... އެހެން ނޫނަސް އިތުރަށް ވަންނާނެ ތަނެއް އެބައޮތްތަ.. މަންމަ އަށް ވެސް އިނގޭނެ މަ ޔަމްހާއާ މި އިންނަނީ ލޯބިން ނޫންކަން.." ނުކްޝާން ހިނގަމުން ދިޔަ ގަޑިއަށް ބަލާލިއެވެ." ކީއްވެތަ ދަރިފުޅު ޔަމް ކަހަލަ ކުއްޖެއް ދެކެ ލޯބި ނުވަނީ.." ނިޝްފާ ޝަކުވާ ކޮށްލިއެވެ." ލޯބި އެއީ ގަސްތުގައި ވާއެއްޗެއް ނޫނޭ މަންމާ... މަންމައަށް ދިރިއުޅުމުގެ މިހިސާބަށް އައި އިރު އެވަރު އިނގެން ޖެހޭނެ.." ނުކްޝާން އެ ކައިވެންޏާއި މެދު ނުރުހުނަސް މަންމަގެ އުފަލަށްޓަކައި އެ ކައިވެނި ކުރަން ބޭނުމެވެ. ނުކްޝާން ނިޝްފާއަށް އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ ކޮޓަރިއަށް ވަނެވެ. އޭރު ދަންވަރު ބާރަ ޖަހަނީއެވެ. ލޮލަށް ބަރުވާކަން އިހުސާސް ވީވެސް އެނދު ފެނުމުންނެވެ. އަވަސް އަވަހަށް ޓީޝާޓު ބާލައިގެން ނުކްޝާން އެނދަށް އެރިއެވެ.
ޔަމްހާ އޭނައަށް ހަމަޖެހިފައިވާ ކޮޓަރީގައި އިނީ ވިސްނަންށެވެ. ދޮގު ހަދައިގެން ހުރިހާ މޮޅެއް ނުލިބޭނެއެވެ. ނަމަވެސް އޭނާއަށް ނުކްޝާން ލިބިއްޖެއެވެ. ދެން ވާނެ ގޮތެއް ނޭނގެއެވެ. ނުކްޝާން ރުޅި އަންނަކަމެއް ކުރެވިއްޖެއްޔާ އޭނަ އަށް ކޮންމެ ގޮތެއް ވެސް ހަދައިފާނެއެވެ. ޔަމްހާ ވިސްނަން އޮއްވައި އިރު އެރިއެވެ. އެހެން ތަންކޮޅެއް ގިނައިރު ވަންދެން އޮވެފައި އެނދުން ތެދުވިއެވެ. ޔަމްހާ ފެންވަރައިގެން ރީތިވެ ނުނިމެނީސް ނިޝްފާ އައިސް ޔަމްހާގެ ކޮޓަރިއަށް ވަނެވެ." ދަރިފުޅު ދާންވީނުން ނުކް އަށް ގޮވަން... އޭނަ ޑިއުޓީގައި ޖެހޭނެ އަށެއް ޖަހާއިރު.. ގަޑި އެލާމް ވިޔަސް ނުކް ނުތެދުވާ ފަހަރު އަންނާނެ.." ނިޝްފާ ޔަމްހާގެ ބޮލުގައި ފިރުމާލިއެވެ." ނުކްޝާން ރުޅި އަންނާނެ އަހަރެން ދިޔައީމަ.." ޔަމްހާ ދެކޮޅު ހެދިއެވެ. " ދެން ސާބަހޭ..ކައިވެނި ކޮށްފަ ވެސް މަންމަތަ ގޮވަން ދާނީ؟؟.." ނިޝްފާ ހިނިއައިސްފައި ބުންޏެވެ. ޔަމްހާ ބުނާނެ އެއްޗެއް ނޭނގިގެން ނުކްޝާންގެ ކޮޓަރިއަށް ދިޔައެވެ. ޔަމްހާ ހިންދިރުވާލީ ހަމައެކަނި ސޯޓުކޮޅެއް ލައިގެން ހުސްގަޔާ އޮތް ނުކްޝާން ފެނުމުންނެވެ. އެ ހަށިގަނޑުގައި ބައްދާލަން ޔަމްހާ ބޭނުންވިއެވެ. ނަމަވެސް ކުރާނެ ކަމެއް ނޭނގުނެވެ. ކުރާނެ ކަމެއް ނޭނގިފައި ޔަމްހާ ހުއްޓައި ގަޑި އެލާމް ވާން ފެށިއެވެ. ޔަމްހާ ބިރުން ފަހަތަށް ފިޔަވަޅެއް އެޅިއެވެ.
- ނުނިމޭ -
މާޝާ ﷲ މ ޕާޓް ވެސް ވަރަށް ފުރިހަމަ ވަރަށް ރީތި ✨💖
ވެއިޱިންގ ފޯ «ވީމެ އިންތިޒާރުގައި» ނެކްސްޱް ޕާޓް ❤️❤️❤️
My life's been magic, seems fantastic
I used to have a hole in the wall with a mattress
Funny when you want it, suddenly you have it
You find out that your gold's just plastic
Every day, every night
I've been thinkin' back on you and I
Every day, every night
I worked my whole life
Just to get right, just to be like
"Look at me, I'm never coming down"
I worked my whole life
Just to get high, just to realize
Everything I need is on the
Everything I need is on the ground
On the ground
Everything I need is on the ground
(Nah, but they don't hear me though)
(Yeah, what goes up must come down)
(Nah, but they don't hear me though)
(You're runnin' out of time)
My world's been hectic, seems electric
But I've been waking up with your voice in my head
And I'm tryna send a message and let you know that
Every single minute I'm without you, I regret it
Every day, every night
I've been thinkin' back on you and I
Every day, every night
I worked my whole life
Just to get right, just to be like
"Look at me, I'm never coming down"
I worked my whole life
Just to get high, just to realize
Everything I need is on the
Everything I need is on the ground
On the ground
Everything I need is on the ground
(Nah, but they don't hear me though)
(Yeah, what goes up must come down)
(Nah, but they don't hear me though)
(You're runnin' out of time)
I'm way up in the clouds
And they say I've made it now
But I figured it out
Everything I need is on the ground (yeah, yeah)
Just drove by your house (just drove by your house)
So far from you now (so far from you now)
But I figured it out
Everything I need is on the
Everything I need is on the ground
On the ground
Everything I need is on the ground
(Nah, but they don't hear me though)
On the ground
(Nah, but they don't hear me though)
Everything I need is on the ground
މިބައި ވެސް ރީތި ❤️❤️❤️
ކޮންއިރަކުން 3 ވަނަ ބައި