ރޭގަނޑުގެ ހިމޭން ކަމުގެ ތެރެއިން އަންހެނެއްގެ ކެކުޅުމުގެ އަޑު ގުގުމައިގެން ދިޔައެވެ. ތަނުގެ ހިމޭންކަން ނަގާލާ، މީހުން އެކި ކޮޅުކޮޅަށް ދުވާތަން ފެނެއެވެ. ވާނުވާ ނޭގި އަހަންނަށް ވެސް ބަލަހައްޓައިގެން ހުރެވުނެވެ.
" އާލް، ޖަވާދު އެބަ ގޮވާ މީޓިންގ ރޫމް އަށް އައިސް ދީބަލާށޯ" ރަޔާންގެ އަޑަށް އަހަންނަށް ހަމަހޭވެރިކަން ވިކަހަލައެވެ.
" ކާކު ހޭރޭ އަޑެއްތަ މިގަޑީގަ އެއިވެނީ، ބޯހަލާކު ވެދާނެ މީހަކު ދެން، މިތަނަށް އާދެވުން މޮޔަ ހީވޭ އެބަ މިހާރު" އަހަރެން ވާނުވާ އެގެން ބޭނުންވިއެއް ކަމަކު ރުޅި އިސްކޮއްލީމެވެ.
" ސާބަހޭ ކަލެޔަށް، ކޭސް ފައިލަށް ބަލާ ނުލަންދޯ އަދި" އަހަރެން އެ ފައިލު މަތިން ހަދާނެއްވެސްނެތެވެ.
" ނޫން، މަ އޭތި ކިޔައިފިން" އަހަރެން ދޮގު ހެދީމެވެ.
" މަ ކައިރީގަ ދޮގު ހަދައިގެން ސަލާމަތް ވެވިދާނެ އެކަމަކު ކަލޭ ޖަވާދު ކައިރީގަ ހަދާނެ ދޮގެއް ވިސްނާލާ، އެ އިވެނީނު ކަލެޔަށް ބޮލައް ތުރާވާ އަޑެއް، އެއީ ކަލޭ ކުރިޔަށް ހޭންޑްލް ކުރަން ޖެހޭ ކޭސް، ޖަވާދު ކަލޭ އަތަށް އެއް ފައިލެއްނު ދިނީ ބާކީ ކޮންމެ މީހަކަށް ތިން ކޭސް ދިން، ފަރުވާ ކުޑަ ކުރަންހަދައިގެން ކަލޭ މިތަނުން ފޮނުވަ ނުލިއްޔާ ރަނގަޅު ދެންވެސް ދޭ ޖަވާދު އިންނާނެ މިހާރު ދަޅު ފަޅާފަ" ފުސް މޫނު ދައްކާލަމުން އަހަރެން އެތަނުން ނިކުތީމެވެ.
މީޓިންގ ރޫމާ ދިމާލަށް އަހަރެން ދިޔައިރު ދައްކާނެ ބަހަނާއެއް ވިސްނަމުން ދިޔައިމެވެ. އަހަންނާއި އެކު މިދަތުރުގައި ދިހަ ބައިވެރިން އުޅުނުއިރު، މިދަތުރަކީ އަހަރެމެންގެ އިންޓާރންޝިޕް ދަތުރެވެ. ހަތަރު އަހަރުގެ ކިޔެވުމަށްފަހު އަހަރެންގެ ހުވަފެން ހަގީގަތަކަށް ވާން ދެން މަގިނަ ދުވަހެއް ނެތެވެ. އެހެންކަމުން މިއިން ފާސްވުން ނޫންގޮތެއް އަހަންނަށް ނެތެވެ. މީޓިން ރޫމަށް އަހަރެން ވަނީ ތެޅިތެޅިއޮތް ހިތަކާ އެކުއެވެ.
" މިޝާލް، އަވަހަށް އިށީދޭ" ޖަވާދުގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ އަސަރު ފެންނަން ހުއްޓެވެ.
" މިޝާލްއަށް މިކޭސް ހަވާލުކުރިއިރު އަހަރެން ހީކުރިން ވަރަށް ސޭފް ހޭންޑް އެއް ކަމަށް، ބަޓް އައި ގެސް އައި ވޯސް ރޯންގް، މިޝާލް މިފެންނަނީ ވަރަށް ފަރުވާ ކުޑަ ކުއްޖެއް ގޮތަށް، މާރކްސް ހައި ވުމަކުން ފާހެއް ނުވާނެ، ޔޫ ށުޑް ޕްރޫވް ޔުއަރ ކޭޕެބިލިޓީ، އެކަމް މިޝާލްގެ ފަރާތުން އެކަމެއް ނުފެނޭ." ޖަވާދުގެ ބަސްތަށް ވަރަށް ސީދާއެވެ.
" ނޫން ސާރ، އަޅިގަނޑު އެ ކޭސް ސްޓަޑީ ކޮއްފިން. ވަރަށް ތަފާތު ކޭސްއެއް އެއީ" އަހަރެން ރެކެން މަސަތްކަތް ކުރީމެވެ.
" އޯ ރިއަލީ، އެކަމް ކޭސް ފައިލް މިއޮތީ. އަހަރެން ފައިލުތަށް ކުދިންނާ ހަވާލު ކުރިރޭ ޓެރެސްމަތީގަ މިފައިލު އޮއްވާ އެތަނުން ނަގައިގެން ގެންގޮސް އަހަރެން ޑެސްކުމަތީގަ މި އޮންނަތާ ތިންވަނަ ދުވަސް މީ، މާދަމާއަކީ އޮފިޝަލީ އެމީހެއްގެ ކޭސްއާ އެމީހަކު ހަވާލުވާންޖެހޭ ދުވަހައްވީއިރު އަދި މިޝާލްގެ ކޭސްއަކީ ކޮބައިކަމެއްވެސް މިޝާލްއަކަށް ނޭގެ، ފައިލު ކިޔާލާކައް ކީއްކުރަން ވީތަނެއް ބަލާލަންވެސް މިޝާލް ހިތަކަށްނާރާ، ދެން ތިހާ ފަރުވާ ކުޑަ ކުއްޖަކާ މިވަރުގެ ކްރިޓިކަލް ކޭސްއެއް ހަވާލު ކުރަން އަހަންނަކަށް ނުކެރޭނެ. ޖަސްޓިފިކޭޝަންއެއް އެބައިންތަ މިކަމަށް މިޝާލް" އަހަރެންގެ ޖަވާބަކަށް އިންތިޒާރު ކޮއްގެން ޖަވާދު އިންއިރު ދޭނެ އެއްވެސް ޖަވަބެއް އަހަރެންގެ ސިކުޑިއަކަށް ނާދެއެވެ.
" ސާރ، ގަބޫލު ކުރަން އަޅުގަނޑުގެ މައްސަލަ ހުރިކަން އެކަމަކު އަޅުގަނޑު ޔަގީންކަން މިދެނީ ދެން އަޅުގަނޑުގެ އެއްވެސް މިސްޓޭކެއް ނުދެއްކޭ ވަރަށް ފަރުވާތެރިވާނަން، މީގެ ފަހުން އަޅުގަނޑުގެ މިސްޓޭކެއް ފެނުނިއްޔާ ސާރ ބޭނުން އަދަބެއް ދީ" އަހަންނަށް އިތުރުގޮތެއް ނެތްކަން އެގިހުރެ އިސް ތިރިކޮއްލީމެވެ.
" ނޫން މިޝާލް، މިތާގަ ކުރެވޭ އެންމެ ކުށަކީވެސް އޭގެއިން ވަރަށްބޮޑު ކޮންސިކުއެންސް އެއް އަތުވެދާނެެ އެއްޗެއް އެހެންވީމަ އަހަރެން ނެތިން ޗާންސް އެއް ނަގާކައް، ޒާރާގެ ކޭސް އެއް މިޝާލް އަކަށް ނެތް ދެވޭކަށް އެހެންވީމަ، މިޝާލްއާ ހަވާލު ކުރެވޭ ވަރުގެ ކޭސްއެއް އަހަންނަށް ފެންނަންދެން މަޑުކޮއްލާ، މާދަމާއިން ފެށިގެން އެހެން ކުދިންގެ އިންޓާރންޝިޕް ތިންމަސް ފެށުނީ އެކަމަކު މިޝާލްގެ ފެށޭނީ މިޝާލްއާ ކޭސްއެއް ހަވާލު ކުރެވޭ ދުވަހުން ފެށިގެން. ކްލިއާ ވެއްޖިއްޔާ ދެން ދިޔަސް އޯކޭ" ޖަވާދު ވާހަކަ ނިންމާލި އިރު އަހަންނަށް ޝޮކެއް ލިބުން ކަހަލައެވެ.
" ބަޓް ސާރ...." އަހަރެންގެ ވާހަކަ ހުއްޓުވާލަމުން ދޮރާ ދިމާލަށް އޭނަ އިޝާރާތް ކޮއްލި އިރު އަހަރެންގެ މޫނަށްވެސް ބަލާ ނުލައެވެ.
އަދި އަހަރެންވެސް ގޮތް ދޫކުރާކައް ނެތީމެވެ. އޭނަ އެއަތުލި ކޭސް އަހަރެން އަބުރާ ނުހޯދިނަމަ އަހަރެންގެ ނަން ބަދަލު ކުރާށެވެ. ސިގިރެޓެއް ރޯކޮއްލަމުން އަހަރެން ޓެރަހައް އެރިއިރު ރަޔާން ޓެރެސް މަތީގައި ކުޑަ ކުކުޅެއްހެން ވާނުވާ އެގެން ބޭނުންވެފައި ހުއްޓެވެ.
" ހާދަ އީގޯ ހާރޓް ވެފަ، ޖަވާދު ޖެހީތަ" ހިނިގަޑެއް ޖަހާލަމުން ރަޔާން ރެެއިލިންގ ކައިރީ ހުއްޓިލިއެވެ.
" ނުޖެހިޔަސް ހީ ގޭވް މީ އަ ޕަންޗް އިން ދަ ފޭސް، އެނމެންގެ މާދަމާ އިންޓަންޝިޕް ފެއްޓެޔޯ އެކަމް މަ އަތުން ކޭސް އަތުލާފަ މަގެ ފެއްޓޭނީ ކޭސްއެއް ލިބުން ދުވަހަކުންނޯ، އަހަރެން ބޭނުންވަނީ އޭނަ މިހާރު އެ އަތުލި ކޭސް، އެޓް އެނީ ކޯސްޓް" އައި ރުޅިން ޓެރަހުގައި ހުރި ގޮޑި އަހަންނަށް ފަރާ ދިމަަށް ހޫރާލެވުނެވެ.
"ޗިލް... މޭން ކަލޭގެ ޤާބިލުކަން ކަލެޔަށް އެގޭނު. އެއީ އެއްވެސް ޖަވާދުއަކަށް ބަދަލު ކުރެވޭނެ އެއްޗެއް ނޫން. އާލް ގެ ފަރުވާ ކުޑަ ވާހަކަ މަ ދައްކަ ދައްކާ ހުއްޓައެއްނު ކަންތަށް މިހިސާބަށް މި އައީވެސް. ދެންވެސް ގޮތް ދޫކޮއްލާފަ އޭނަ ދޭ ކޭސް އަކާއިގެން ކުރިޔަށް ދޭބަލަ. އެހެން ނޫނަސް ތި ކޭސް ހޯދަން އުޅެގެން ބޭނޭނިހެން މަށަށް ހީވަނީ. ތީ މިތާގަ މިވަގުތު އޮތް އެންމެ އުދަނގޫ ކޭސް. އެހެންމަ ކައެ ވެސް މޮޔަ ނުހަދާ، މިއޮއްހާ ދުވަހު ކިޔެވި އެއްޗިހި ބޭކާރު ކޮއްނުލާ ދިން މަސަތްކަތެއްކޮއްފަ ދިޔައިމަ ހުންނާނީ ރަނގަޅަށް" އަހަރެން ކޮޑުގައި އަތް އަޅުވާލަމުން ރަޔާން ބުނެލިއެވެ.
" ނޯ ރަޔާން، ތިހެނެއް ތިކަމެއް ނުވާނެ. އަހަރެން ބޭނުންވަނީ ހަމަ އެކޭސް، އައި ޑޯންޓް ކެއާރ ކޮންމެ ގޮތެއް ވިޔަސް، އަހަރެން ބަލި ގަބޫލު ކޮއްފިއްޔާ އަހަރެން ކިޔެވި އެއްޗެއްގެ ބެނުމެއްވެސް ނެތެއްނު" ގޮތް ދޫ ކުރާކަށް އަހަރެންވެސް ނެތީމެވެ.
އަނެއްކަވެސް މިހެއްގެ ހަޅޭކުގެ އަޑު ގުގުމައިގަތެވެ. މިފަހަރު އަހަރެން ބޮލަށް ތުރައެއް ނުވެއެވެ.އެކަމަކު އަހަންނަށް ގޮވާ ކަމުގެ އިހުސާސް ވާންފެށިއެވެ.
~ނުނިމޭ~