އުޑުމަތި ރީތި ދުވަހެކެވެ. މާދަމާއަކީ ލަމްހާ އާއި ލަމްހާގެ އާއިލާ އެހެން ގެއަކައް ބަދަލުވާ ދުވަހެވެ. އެކަމަކު މިފަހަރު ބަދަލުވަނީ މާލޭގައި ހުންނަ ގެ އަކައްށެނޫނެވެ. މިފަހަރު ލަމްހާމެން ބަދަލުވަނީ ދެ ތިން ގެ ހުންނަ ރަށެއްގައި ހުންނަ ގެއަކައްށެވެ. ފުރުމުގެ ކުރިން ލަމްހާ ރައްޓެހިން ގާތައް ގޮސްލާ މަޖާކޮއްލިއެވެ. އަދި ލަމްހާގެ ތިމާގެ މީހުން ގާތައް ގޮސް މަޖާ ކޮއްލާ ހެދިއެވެެ. ފުރަން އޮތްރޭ ލަމްހާ ނިދީ ވަރައް އަވަހައްށެވެ. އެއީ ވަރައް ފަތިހު ފުރަންޖެހޭތީއެވެ.
ފަތިހު 00؛04 [ހަތަރެއް] ޖެހިއިރު ލަމްހާ ހޭލައިގެން ، ފެންވަރައިގެން ، ދަތްއުނގުޅައިގެން ، ރީތި ވެގެން ލަމްހާ ލޯންޗު ކައިރިއައް ދިޔައެވެ. ލޯންޗައް އަރައިގެން ފުރިއިރު ލަމްހާ ހުރީ ވަރައް ދެރަވެފައެވެ. އެއީ ދެން ލަމްހާ އުޅެން ޖެހޭނީ ރައްޓެހިންނާއި ތިމާގެ މީހުންނާއި ދުރުގަައިކަމައްވާތީއެވެ. ފަސް ގަޑިއިރު ފަހުން ރަށާހަމައައް އަދެވުނެވެ. އާދެވުނުއިރު ހުރީ ވަރައް ވަރުބަލިފެފައި ކަމުން ގެއައް ގޮސް ފެންވަރާލައިގެން ވަރުބަލިކަން ފިލުވާލަން އެނދުގައި އޮށޯވެލިއެވެ. އިރުކޮޅަކުން ޓީވީ އިން ބަންގި ގޮވާއަޑު އިވިގެން ލަމްހާގެ މަންމަ ފާތުމަ ލަމްހާ ކައިރީގައި ނަމާދުކުރާށޭ ބުނަންދިޔައިރު ލަމްހާ އޮތީ ނިދާފައިއެވެ. އެހެންކަމުން ލަމްހާ ހޭލައްވާފައި ނަމާދުކޮއްގެން ކާން އަންނާށޭ ބުނެފައި ކޮޓަރިން ނިކުމެގެން ދިޔައެވެ. ލަމްހާ އިރުކޮޅެއް ފަހުން އެނދުން ތެދުވެގެން ގޮސް ބޯރީތި ކޮއްލައިގެން ނަމާދު ނުކޮއް ކޮޓަރިން ނިކުމެގެން ކާންހިނގައްޖެއެވެ.
ކައިނިމިގެން ލަމްހާ ދިޔައީ ލަމްހާގެ ބޭބެ ޒުބެއިރު އާއެއްކޮއް އަތިރި މައްޗައްށެވެ. އަތިރިމައްޗައް ގޮސް އެތާގައި އިން ޖޯއްޔެއް ފެނުމުން ލަމްހާ އަވަހައް ލަމްހާގެ ބޭބެ އައް ނުފެންނަނިސް ދުވެފައިގޮސް ޖޯލީގައި އިނށީންދެއްޖެއެވެ. ޒުބައިރު ލަމްހާ ކައިރީގައި ޖޯލިދޭށޭ އާދޭސްކުރިއަސް ލަމްހާ ބުނަނީ ނޫނެކެވެ. އެހެންވެ ޒުބައިރު އައް ޖެހުނީ ހުދު ދޮންވެލިގަނޑު މަތީގައި އިށީންނާށެވެ. އިށީންނުމައް ފަހު ދެ ކުދިން އާދެއިގެ މަތިން ލަމްހާ އާއި ޒުބައިރު ގެ ސިއްރުތައް ކިޔައިދޭން ފަށާއިފިއެވެ. ވާހަކައިގެ ތެރެއައް ގެއްލިފައި އިންދާ ލަމްހާއައް މީހަކު ލަމްހާއައް ގޮވާއަޑުއިވުނުހެން ހީވާތީ ލަމްހާ ސިހުނެވެ. ލަމްހާ ބޭބެ ކައިރީގައި ލަމްހާއޭ ގޮވި އަޑު އިވުނުތޯ އެހީމަ ޒުބައިރު ބުނީ ނުނެކޭއެވެ. އޮޅުން އަރައިފައި ހުރި ޒުބައިރު ލަމްހާ ކައިރީގައި ކިހިނެއްވީތޯ އެހީމަ ލަމްހާ ބުނީ ''ދެންމެ ލަމްކޮ އައް މީހަކު ގޮވިހެން ހީވީމަ އަހާލީ. ވަރައް ބިރުވެރި އަޑަކުން ގޮވިއަޑު އިވުނީ''. ޒުބައިރު އެއީ މާސީރިއަސް ކަމަކައް ނަހަދައި ''އެއީ ލަމްކޮ އައް ހީވިގޮތެއް ކަންނޭގެ. ލަމްކޮ ބިރުގަންްނަންޔާ ހިނގާ ގެއައް ދާން. މިހާރު އުޅޭނެ އަސުރު ނަމާދައް ބަންގިގޮވަން. ނަމާދުކޮއްގެން ވާނެ ބައްޕަ އާއެއްކޮއް ރަށުތެރެ ބަލައިލާންދާން''. މިހެން ބުނެފައި ދެކުދިން ގެއާދިމާލައް މިސްރާބު ޖެހިއެވެ.
ގެއައް ދެވުނުއިރު ބަންގިގޮވައިފިއެވެ. އެހެންކަމުން ދެ ކުދިން ކޮޓަރިއައް ވަދެފައި ފެންވަރާލައިގެން ނަމާދުކޮއްލައިގެން ބޭރައްދާން ރީތިވެލިއެވެ. އެކަމަކު ލަމްހާ ނަމާދެއް ނުކުރެއެވެ. ރީތިވެނިމިގެން ޒުބައިރު އާއި ލަމްހާ ދިޔައީ ލަމްހާ މެންގެ ބައްޕަ އަހްމަދު އާއިއެއްކޮއް ރަށުތެރެ ބަލައިލާންށެވެ. އެންމެ ފުރަތަމަ ދިޔައީ ވަރައް އާސާރީ ވަޅެއް ހުންނަތަނަކައްށެވެ. އެވަޅުތެރޭގައި ހުރީ ހުސް ފެހި ޖަހައިފައެވެ. ލަމްހާ ވަޅުތެރެއައް ބަލައިލި ވަގުތު ލަމްހާ ސިއްސައިގެން ގޮސް ނުވެއްޓުނީ ކިރިޔާއެވެ. ލަމްހާއައް ވަރައް ބާރައް ހަޅެއިލަވާގަނެވުނެވެ.
ލަމްހާއައް ފެނުނީ ކޯއްޗެއްބާ؟
މިއީ އަޅުގަނޑު ލިޔާ ފުރަތަމަ ވާހަކަ ކަމުން ކުޑަކޮއް ކުރުވެދާނެއެވެ. އެކަމަކު ދެން އިންނަ ބައި ދިގުކޮއްލަން މަސައްކަތް ކުރާނަމެވެ.
2ވަނަ ބައި
އެންމެ ފުރަތަމަ ދިޔައީ ވަރައް އާސާރީ ވަޅެއް ހުންނަތަނަކައްށެވެ. އެވަޅުތެރޭގައި ހުރީ ހުސް ފެހި ޖަހައިފައެވެ. ލަމްހާ ވަޅުތެރެއައް ބަލައިލި ވަގުތު ލަމްހާ ސިއްސައިގެން ގޮސް ނުވެއްޓުނީ ކިރިޔާއެވެ. ލަމްހާއައް ވަރައް ބާރައް ހަޅެއިލަވާގަނެވުނެވެ.
********************************
ޒުބައިރު އާއި އަހްމަދް ވާނުވާގައި ހުރެގެން ލަމްހާއައް ސުވާލުކުރިޔަސް ބިރުގަނެފައި ހުރިވަރުން ލަމްހާ އަކައް ޖަވާބުދޭވަރެއް ނުވެޔެވެ. ލަމްހާ ގޮވައިގެން ގެއައް ދެވުނުއިރު އިރުއޮއްސެން ކައިރިވެއްޖެއެވެ. ގެ އައް ދެވުނު ތަނާ ލަމްހާ ކައިރީގައި ޒުބައިރު އާއި ލަމްހާ ގެ މައިންބަފައިން ކިހިނެއް ވީތޯ އަހަންފެށިއެވެ. ލަމްހާ އިރުކޮޅެއް ފަހުން ޖަވާބުދިނެވެ.'' ލަމްކޮ އައް ވަޅުތެރެއިން މީހެއްގެ ގަބުރެއް ފެނުނީ. އެ ގަބުރު ލަމްހާ ވަޅުތެރެއައް ބަލައިލިއިރު ލަމްހާ ދިމާލައް އެ ގަބުރު އައީ. އެހެންވެ ސިއްސައިގެން ދިޔަައީ. '' ޒުބައިރު އާއި ލަމްހާ ގެ މައިންބަފައިން ހައިރާންވެފައި ލަމްހާ ކައިރީގައި އެ ގަބުރު ހުރީ ކިހިނެއް ތޯ އަހައިލިއެވެ. '' ނޭގެ ބުނެދޭކައް.... އެކަމަކު އެ ގަބުރު ހުރީ ކަޅު ކުލައިގެ ހެދުމެއް ލައިގެން. '' ލަމްހާ ބުންޔެވެ. ލަމްހާ ފިޔަވައި ދެން ކޮޓަރީގައި ހުރި އެހެން މީހުންގެ މޫނުމައްޗައް ބިރުވެރިކަން ފާޅުވިއެވެ. '' ތި ވެދާނެ ލަމްކޮ އައް ހީވިގޮތެއްކަން. ދޭ ނަމާދު ކޮއްލަން. މިހާރު ނަމާދައް ބަންގި ވެސް ގޮވައިފިއެނު! '' އަހްމަދް ލަމްހާ ކައިރީގައި ބުންޔެވެ. ލަމްހާ ސުވާލެއް ނުކޮއް ކޮޓަރިއައް ދިޔައެވެ.
ލަމްހާ ހުރީ ވާނުވާގައެވެ. '' ކިއްވެބާ މަންމައާއި ބައްޕައާއި ދޮމްބެ އެހާ ބިރުގަތީ؟ މިއީ ލަމްކޮ ބިރުގަންނަންޖެހޭ ވަރުގެ ކަމެއްނު؟ އަނެއްކާ މިގޭގައި ކުރިން ކަމެއް ހިގާފައި ހުރީބާ؟ ނޫން. މިގޭގައި ކަމެއް ހިގާފައި ހުރެއްޖެއްޔާމު ބައްޕަ ނުވަތަ ދޮމްބެ ކިޔައިދޭނެ. އެކަމަކު ކީއްވެބާ ދޮމްބެ އެހާ ބިރުގަތީ؟ ވެއްޖެ ދޮމްބެ ކައިރީގައި ކީއްވެތޯ ބިރުގަތީ ބަލަން. މާދަން އަހާނީ. މިހާރު ބުނެފިއްޔާމު ޖަވާބު ނުދީފާނެ. '' ލަމްހާ ކޮޓަރީގައި ހުރެގެން އަމިއްލަ ނަފްސައް ސުވާލުކޮއްލިއެވެ. އިރުކޮޅެއް ފަހުން ލަމްހާ އައް ނިދިއްޖެއެވެ. ލަމްހާ ނިދާފައި އޮއްވާ ލަމްހާއައް މީހަކު ތިން ފަހަރައް ގޮވިއަޑު އިވުނެވެ. ލަމްހާ ސިއްސައިގެން ގޮސް އެނދުން ވެއްޓުނެވެ....
************************
އިންޝާﷲ ދެން ކޮންމެ ހުކުރު ދުވަސް ނޫނީ އެހެން ހުރިހާ ދުވަހަކު މިހާވަރައް ވާހަކަލިޔެލާފައި އަޕްލޯޑު ކުރާނަން.. 3>
ކިޔުން ތެރިން ބޭނުމިއްޔާމު ވާހަކަ ދިގުކޮއްލަދޭނަން.
ނިމުނީ