kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.com

އިތުބާރު ގެއްލުވާ ނުލާ - 20

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

އަހަރެންގެ އަތް އަކިލްގެ ކޮނޑުމަތީގައި ވީއިރު، އޭނާގެ ދެއަތް ވަނީ އަހަރެންގެ ހިމަ އުނަގަނޑުގައި އޮޅައިލެވިފައެވެ. ރާގައި އެއްވަރަށް ހަރަކާތް ކުރަމުން ދިޔައިރު އަކިލްގެ ތޫނު ދެލޮލަށް ބަލަަހައްޓައިގެން އަހަރެންނަށް ހުރެވުނީ ބޭއިހްތިޔާރުގައެވެ. އޭނާގެ ކަތި ނަޒަރު އަހަރެން މޫނަށް ހުއްޓިފައިވީއިރު އޭނާގެ އެ ބެލުމުން އަަހަރެންނަށް ލަދުވެތިކަމުގެ އިހުސާސް ކުރެވެންވީ ކީއްވެ ބާއެވެ؟

***********************

ކައިވެނީގެ ހަފްލާ ނިމުމާއިއެކު، ހުރިހައި ކަމެއް ހަމަޔަކަށް އަޅުވައިލުމަށްފަހު ގެއަށް ދިއުމަށްޓަކައި އަހަރެންނަށް ނިކުމެވުނު ވަގުތުވީ، މުޅި ރޭ އުޑުމަތި ބައްދަމުން ދިޔަ ވިލާތައް ފޫއަޅުވައިލައި ވާރޭގެ ތިކިތައް ހަމަލާ ދޭން ފެށި ވަގުތަށެވެ. އަހަރެންގެ ކުރިމަތީގައި ސައިކަލުގައި އައިސް އަކިލް މަޑުކޮށްލީވެސް ހަމަ އެވަގުތުގައެވެ. ކާރުގައި މަންމަމެން ތަންކޮޅެއް ކުރިން ދިއުމާއިއެކު އެޔާ ލައްވައި ނުލީއެވެ.

ލަސްނުކޮށް ލައިގެން ހުރި ބޮޑު ހެދުން ހިއްލައިލަމުން އަހަރެން އަކިލްގެ ފަހަތަށް އަރައި ހަމަޖެހިލީމެވެ. އެއާއިއެކު ބާރު ސްޕީޑުގައި އޭނާ ސައިކަލު ދުއްވައިލީ، ބޯކޮށް ވެހެމުން ދިޔަ ވާރެއިން ސަލާމަތްވުމަށްޓަކައެވެ.

ގެއާއި ހަމައަށް ދެވުނު އިރު އަހަރެމެން ދެމީހުންވެސް ތިބީ ތެމި ފޯވެފައެވެ. ވެހެމުން ދިޔަ ބޯ ވާރެޔާއިއެކު، ގަދަ ވައި ޖެހެމުން ދިއުމާއިއެކީ އަހަރެންގެ ހަށިގަނޑު ދިއައީ ތުރުތުރު ލަމުންނެވެ.

އަކިލްއަށް އެކަން އިހުސާސް ވީކަންނޭނގެއެވެ." މަލަކް އަވަހަށް ވަދޭ އެތެރެއަށް، އަހަރެން އަންނާނަށް ސައިކަލް ގަރާޖަށް ލާފަ" އޭނާ ބުނެލިއެވެ. ބޯޖަހައިލަމުން، ސައިކަލުން ފައިބައި ހެދުމުގެ ފަސްބައިގައި ދެއަތުން ހިފަހައްޓައިގެން ހުރެ އަހަރެން ގޭތެރެއަށް ވަނީމެވެ.

އަކިލް އެނބުރި ކޮޓަރިއަށް އައި އިރު، ތާޒާ ވެލައިގެން އަހަރެން ހުރީ ފާހަނާއިން ނިކުމެއެވެ. އޭނާ ގޮސް ފާހަނާއަށް ވަނުމާއިއެކީ އަހަރެން އެނދުގައި އޮށޯވެ ދެލޯ މަރައިލީމެވެ. މާދަން ހެނދުނު ޑިއުޓީއަށް ދާންޖެހޭތީ އާއިއެކީގައެވެ. ވެފައި ހުރި ވަރުބައްޔާއެކު ނިދިޖެހުނު ގޮތެއް ވެސް ނޭނގެއެވެ.

ދަންވަރުގެ ވަގުތެވެ. އަހަރެންނަށް ހޭލެވުނީ ނިއްކުރި މަތީގައި ފިނި އެއްޗެއް ޖެހުނު ކަމުގެ އިހުސާސް ކުރެވުމުންނެވެ. އަހަރެންގެ ހަށިގަނޑުގެ ހޫނުކަން އަހަރެންނަށް އިހުސާސް ކުރެވުނީ އެވަގުތުއެވެ. ބޮލުގައި މަޑު ރިހުމެއް އުފެދިފައި ވީއިރު، އަހަރެންގެ ނިއްކުރީގައި ފެންފޮތިލާންއިން އަކިލް ވެސް އަހަރެންނަށް ފެނުނީ ފުސްކޮންނެވެ. މަޑު މަޑުން ދެލޯ މެރެމުން ގޮސް އަހަރެންނަށް ނިދުނީއެވެ.

ދެން އަހަރެންނަށް ހޭލެވުނީ ބެލްކަނީގެ ކުޑަދޮރުން ފޭދިގެން އައި އިރުގެ ރަން ދޯދިތައް ލޮލަށް އެޅެން ފެށުމުންނެވެ. އޭރުވެސް ބޮލުގައި ރިއްސަމުން ދިޔައިރު، ނިއްކުރީގައި އަތް ޖައްސައިލަމުން ތެދުވެ. ހެޑްބޯރޑުގައި ލެގިލީމެވެ. އަހަރެން ސިއްސައިގެން ދިއައީ ހެޑްބޯރޑްގެ ބަދަލުގައި އަކިލްގެ މޭމަތީގައި އަހަރެންގެ ބޯ ޖެހުމުންނެވެ. ނިދަން އޮވެވުނީ އަކިލްގެ އުނގުގައިކަން ރޭކައިލީ ވެސް ދެނެވެ. އޭނާއަށް ހިލަމެއް ނުވާނެހެން ތެދުވެ އެނދުގައި އިށީނދެލީމެވެ.

އެނދުގެ ހެޑްބޯރޑުގައި ލެގިލައިގެން އިށީނދެ އިނދެ ނިދާފައި އިން އަކިލް ފެނުމުން، ރޭ ހަތަރު ދަމު އޭނާ އުޅުނީ އަހަރެންގެ ހުން މަޑުކުރުމުގައި ހޭލައިކަން ނަގައިގަނެވުނެވެ. އޭނާ އަހަރެންނަށް އެހައި އަޅައިލައި، އަހަރެންނާއި ދޭތެރޭ އަދިވެސް ވިސްނަނީ ހެއްޔެވެ؟

އިރުގެ އަލި ލޮލަށް އެޅުމާއިއެކު އަކިލްގެ ލޯ ތޮޅިލިތަން އަހަރެންނަށް ފެނުނެވެ. އޭނާ ހޭލައިފާނެ ތީ އޭނާއާއި ކައިރިއަށް ޖެހިލަމުން އޭނާގެ މޫނުމައްޗަށް އަހަރެންގެ ދެއަތް ހުރަސްކޮށްލީ، އިރުގެ އަލި އޭނާގެ މޫނަށް އެޅުނަ ނުދިނުމަށެވެ. ރޭގައި ހަމަ ނިދި ނުލިބޭކަން އެ މޫނު މައްޗަށް ބަލައިލި ނަމަވެސް ހާމަވެއެވެ. ދެލޯ ކައިރިއަށް ކަޅު ހިޔަނި އެޅިފައިވީއިރު، މޫނުމަތީގައި ވަނީ ވަރުބަލިކަމެވެ.

އަކިލްގެ މޫނަށް ގެއްލިފައި އިން އަހަރެން ސިއްސައިގެން ދިއައީ، ނީދީގެ ތެރެއިން އޭނާގެ އަތް އަހަރެންގެ އުނަގަނޑުގައި އަޅުވައިލުމުންނެވެ. ހަރަކާތެއް ވެސް ނުކޮށް އަހަރެން އިނީ އެދަނޑިވަޅުގައި އޭނާ ހޭލަން ބޭނުން ނުވާތީއެވެ.

އިރުކޮޅެއް ނުވަނީސް އަކިލް ދެލޯ ހުޅުވައިލިއިރު، އަހަރެންގެ ދެލޯ ދިއައީ ބޮޑުވެގެންނެވެ. އަވަހަށް އޭނާގެ މޫނުމައްޗަށް ހުރަސްކޮށްގެން އިން އަހަރެންގެ ދެއަތް ނެގީމެވެ. އޭރު ދެލޯ ހުޅުވައިލައިގެން އޭނާގެ ތޫނު ދެލޮލުން އަހަރެންގެ ހަރަކާތްތަކަށް ނަޒަރު ހުއްޓައިލައިގެން އަކިލް އިނެވެ.

އަކިލްގެ ދެލޮލަށް ގެއްލިފައި އިން އަހަރެން ސިއްސައިގެން ދިއައީ، އަހަރެންގެ ނިއްކުރީގައި އަތްޖައްސައިލަމުން އަދިވެސް ހުން އެބަހުރި ތޯ އަކިލް އަހައިލުމުންނެވެ. ނޫނެކޭ ބުނަމުން އަވަހަށް އަހަރެން އިންތަނުން ތެދުވެ އަކިލްއާއި ދިމާލަށް ބަލައިލުމެއް ނެތި ގޮސް ފާހަނާއަށް ވަދެ ދޮރު ތަޅުލީމެވެ. ފާހަނައިގެ ދޮރުގައި ހެގިލަމުން ފުންނޭވާ އެއް އަހަރެން ދޫކޮށްލީ، ހަމަޖެހިލުމުގެ ގޮތުންނެވެ.

އަހަރެންނަށް މިވަނީ ކީތް ހެއްޔެވެ؟ އަކިލްއާއި ހަތަރު ކަޅި ހަމަކުރަން އަހަރެންނަށް އުނދަގޫ ވަނީ ކީއްވެ ހެއްޔެވެ؟ އޭނާ އަހަރެންނާއި ކައިރިވާ ކޮންމެ ފަހަރަކު، އަހަރެންގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެންވީ ކީއްވެ ހެއްޔެވެ؟ ހައްތަހާވެސް ސުވާލެވެ. އަހަރެން މި ސުވާލުތަކުގެ ޖަވާބު ހޯދާނީ ވެސް ފަހެ ކޮންތާކުން ހެއްޔެވެ.

ދެދުވަސް ފާއިތުވެގެން ދިއައިރު، އަހަރެންގެ ބަލިގަނޑު އެކީހެން ރަނގަޅު ވެއްޖެއެވެ. އާދައިގެ މަތިން ހެނދުނު ޑިއުޓީ ނިންމާލުމަށްފަހު ގެއަށް އައިސް ވަދެވުނު އިރު އިރުއޮއްސެން ގާތް ވެއްޖެއެވެ.

ފެންވަރާލައިގެން ތެތް އިސްތަށިގަނޑު ހިއްކަމުން ފާހަނާއިން ނިކުތް އަހަރެންގެ ލޮލުގައި އަޅައިގަތީ، ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން ފުރަގަސްދީގެން ހުރި އަކިލްއެވެ. ސިފައިންގެ ޔުނީފޯރމުގައި ހުރުމުން އޭނާ ގެއަށް އެއީ ހަމަ ދެންމެ ކަން އަހަރެންނަށް ނަގައިގަނެެވުނެވެ.

އަތުގައި އޮތް ތުވާލި ސޯފާ މަތީގައި ބޭއްވުމަށްފަހު އަހަރެން ގޮސް އަކިލްގެ ކައިރީގައި ހުއްޓިލީމެވެ. އޭރުވެސް ފުން ހިޔާލަކަށް ގެއްލިފައި އިން އަކިލްއަށް އަހަރެންގެ ހިލަމެއް ނުވެއެވެ. އެ ތޫނު ދެލޮލާއި މޫނުމަތިން ފިކުރުކުރާކަމުގެ އަސަރު ފެންނަމުން ދިޔައިރު، އަކިލްގެ ކޮނޑުގައި ކޮއްޓައިލަމުން ކިހިނެއްވެފަ ހޭ އަހަރެން އަހައިލީމެވެ.

އަހަރެންނާއި ދިމާލަށް އެނބުރިލަމުން އޭނާ އަހަރެންނާއި ހަތަރު ކަޅި ހަމަކޮށްލިއިރު، އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިއައެވެ. ބަނޑު ތެރޭގައި ހީވަނީ ކޮކާ ދުވާހެނެވެ. "މަލަކް" މަޑުމައިތިރި އަޑަކުން އަކިލް އަހަރެންނަށް ގޮވައިލިއެވެ. ހިޔާލުތަކުން އެއްކިބާވަމުން އަހަރެން ބޯޖަހައިލީ އަކިލް ދައްކަން އުޅޭ ވާހަކައަށް ސަމާލުކަން ދިނުމުގެ ގޮތުންނެވެ.

"އަހަރެން އެބަޖެހޭ މާދަން ފުރަން" ފުން ނޭވާއެއް ދޫކޮށްލަމުން އަކިލް ބުނެލި އިރު، އެތައް ސުވާލެއް އަހަރެންގެ ހިތުގައި އުފެދުނެވެ. އަކިލް އެއުޅެނީ ކޮންތާކަށް، ކީތްކުރަން ދާންވެގެން ހެއްޔެވެ. ކުއްލިއަކަށް މާލެއިން ބޭރަށް އޭނާ ދާންޖެހުނީ ކީއްވެގެން ބާއެވެ. އަކިލްގެ އަނބިމީހާގެ ހައިސިއްޔަތުން މި ހުރިހައި ސުވާލެއްވެސް އަހަރެންނަށް އޭނާ ގާތު އެހޭނެއެވެ. ނަމަވެސް އަހަރެން ހިޔާރުކުރީ ހިމޭންކަމެވެ. އަކިލް އަމިއްލައަށް ކިޔައިދެން ދެން މަޑުކުރީއެވެ.

"ސިފައިންގެ ކޭމްޕް ފްލަސް ޓްރެއިނިންގް އަކަށް އޭދަފުއްޓަށް.... މިއީ އަހަރެން މަލަކް އާ ކައިވެނި ކުރި ފަހުން މިކަހަލަ ދަތުރަކު ދާ ފުރަތަމަ ފަހަރު، އެކޮޅުގަ ފަސް މަސް ދުވަސް ވާނެ، ޓްރެއިނިންގެ ގޮތުން އަބަދަކު ފޯނެއް އަތަކަށް ނުލިބޭނެ، އެހެންވީމަ ހަބަރު ނުވެ ގިނަ ދުވަސްތަކެއް ވެސް ވެދާނެ... މަލަކް ކަމެއް ބޭނުން ވެއްޖިއްޔާ ޖައިލަމް ކައިރީ ބުނެލާ... އޭނަ ކޮށްދޭނެ" އެހުރިހައި ވާހަކައެއް އަކިލް ދައްކައި ނިމުން އިރު އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. 5 މަސް ދުވަހަކީ މަދު ދުވަސްކޮޅެއް ނޫންވިއްޔާއެވެ.

"ކިހިނެއްވީ އެއްޗެކޭ ނުބުނެ ތިހިރީ؟ އަހަރެން ނުދާންވީތަ؟" ކުޑަކޮށް ހީލަމުން އަކިލް އަހައިލީ، އަހަރެންގެ ފަރާތުން ޖަވާބެއް ނުލިބުމުން ކަންނޭނގެއެވެ. އެވަގުތު ޖެހިލި ވައިރޯޅިއާއިއެކު އަހަރެންގެ ފަން އިސްތަށިގަނޑުން ބޮޑު ބައެއް އަހަރެންގެ މޫނަށް އެޅުނެވެ. ދެން އަހަރެންނަށް އިހުސާސްކުރެވުނީ އަކިލްގެ އަތުގެ ބީހުމެވެ.

"ކަމެއް ނުވޭ... އަކިލްގެ ޑިއުޓީގެ ކަމެއްނު ތީ ، މަލަކް ނުދާށޭ ބުންޏަސް ޤައުމަށްޓަކާ އެތައް ހުވައެއް ކޮށްގެން ތިބޭ ބަޔެއް ސިފައިންނަކީ... އެހެންމަ އަދި ކޮންމެ ކޮންމެ މީހެއް ނުދާށޭ ބުންޏަސް ނުގޮސް ހުރެވޭތަ.." ހީލަމުން އަހަރެން ޖަވާބު ދިނީ ހިތުގައި އުފެދެމުން ދިޔަ ތޫފާން ހަމަޔަކަށް އަޅުވަން މަސައްކަތް ކުރަމުންނެވެ. ހިނިތުންވެގެން ހުރެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތް އަހަރެންނަށް ހުއްޓެން މަޖުވޫރުވީ އަހަރެންގެ އަތުގައި އަކިލް ހިފުމުންނެވެ. ފަހަތަށް އެނބުރި ބެލުމެއްނެތި ހުރި ފިޔަވަޅު މަތީގައި އަހަރެން މަޑުކޮށްލީމެވެ.

" މަލަކްތީ ކޮންމެ ކޮންމެ މީހެއް ނޫނެއްނު، އަހަރެންގެ އެއްޗެހި ޕެކް ކޮށްދޭނަށް ދޯ!" އަކިލް ބުނެލުމާއި އެކު އަހަރެން ބޯޖަހައިލީމެވެ.

ޖެހިގެން އޮތް ދުވަހު ހެނދުނު އަކިލް ފުރާތީ އެރޭ އެކީހެން އަހަރެމެން ދެމީހުން އުޅުނީ އޭނާގެ ފޮށި ތައްޔާރު ކުރުމުގައެވެ. އަހަރެން އޭނާގެ އެއްޗެހި އިސްތިރިކޮށް ފައްޖަހައި ދިނީމެވެ. އެރޭ އަކިލް ގަދަ ނިދީގައި އޮތް އިރު، އެތައް އިރަކު ފޫހިކަމެއްނެތި އޭނާގެ މޫނަށް ބަލަހައްޓައިގެން އަހަރެން އޮތީމެވެ. ދެން މިހެން އަކިލް ފެންނާނީ ފަސް މަސް ފަހުންނެވެ.

ނުދިޔުމަށް އެދެން އަހަރެންގެ ހިތް ބޭނުންވިޔެވެ. ނަމަވެސް އަހަރެންނަކީ އެހާ އަމިއްލަ އެދުން ބޮޑު މީހެއް ނޫނެވެ. އެނޫނަސް އޭނާގެ ވަޒީފާއަށް ފުރަގަސްދީ އަހަރެން ކައިރީ ހުރުމަށް އަކިލް ގާތުގައި އަހަރެން އެދޭނީވެސް ވަކި ކޮން ހައިސިއްޔަތަކުން ހެއްޔެވެ. އާއެކެވެ. އަހަރެންނަކީ ޤާނޫނީ ގޮތުން އޭނާގެ އަނބިމީހާއެވެ. ނަމަވެސް އެއީ ނަމަކަށް އޮންނަ ގުޅުމެކެވެ. އަހަރެމެން ދެމީހުންގެ ދެމެދުގައި އެފަދަ އެއްވެސް ގުޅުމެއް ނެތެވެ. އެހެންވީރުން އަހަރެންގެ ހިތް ބިރުގަންނަނީ ކީތްވެ ބާއެވެ. އެތަށް ދުވަހަކަށް ފަހު އަކިލް އަށް އިތުބާރު ކޮށް އެކުވެރިކަމުގެ ފާއްލަން އަހަރެމެން ދެމީހުންގެ ދެމެދުގައި ވަނީ އެޅިފައެވެ.

އަކިލް ދުރަށް ދިއުމުން ވާނީ ކިހިނެއް ބާއެވެ؟ އަހަރެމެން ދެމީހުންގެ ގުޅުމަށް ހީނަރުކަމެއް އަތުވެދާނެ ބާއެވެ؟ ނޫނެކޭ އެހެނެއް ނުވާނެއެވެ.

އަރައިގެން އައި އިރާއިއެކު ހެނދުނު 7 ޖެހީއިރު، އަކިލް ފުރުވަން އަހަރެންނާއި އޭނާގެ ބައްޕަ އިއްޒުއްދީން ފާއްލަން ދޮށަށް ދިއައީމެވެ. ލޯންޗަށް އެރުމުގެ ކުރިން އަހަރެންގެ އަތުގައި ހިފައިލަމުން އަކިލް ބުނެލި ބަސްތައް އަހަރެންގެ ބޮލުތެރޭގައި ދިއައީ ގުގުމަމުންނެވެ. "ވަރަށް ހަނދާންވާނެ، އަހަރެން މަތިން މިސް ވާނެ ދޯ؟" ޖަވާބުގައި އަހަރެން އެކައްޗެކޭ ވެސް ނުބުނަމެވެ. އަކިލްގެ ދެލޮލުން ނަޒަރު ވަކިކޮށްލަން ނޭނގިފައި ހުރެވުނީއެވެ.

ލޯންޗު ގޮސް ލޮލުކޮޅަށް އޮބާލި އިރުވެސް ހުރިތަނުން ގުޑިލާކަށް އަހަރެންނަކަށް ނޭނގުނެވެ. އަދި އަކިލް މަތިން އަހަރެން ހަނދާންވާނެ ކަމެއް ވެސް ނުވަތަ ނުވާނެ ކަމެއް ވެސް އަހަރެން ނުދެނަހުރީމެވެ. ހިތުގައި ވަނީ އެންމެ އެދުމެކެވެ. ކިތަންމެ ދުރަކަށް އަކިލް ދިޔަސް އަހަރެންގެ އިތުބާރު އެނާ ގެއްލުވާ ނުލުމެވެ.

ނުނިމޭ

  Please log in or register to bookmark.
  3k

  5 ޚިޔާލު

  1. ސަޅި🥰
   ޏެކްސްޓު ޕާތް ކޮން އިރަކު؟
   ކާންޓް ވެއިޓް❤❤❤❤❤❤❤❤❤💖💖💖❤❤❤💖🧡🧡💛💛💖❤🧡💛💛🧡

  2. މި ވާހަކަ އެސްފިޔަ އަށް އަޕް ކޮއްދީބަ ޕްލީޒް

  ޚިޔާލު

  Your email address will not be published.

  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy