ތަރުތީބުން ޞަފުހަދާ މަހާނަތަކުގެ މެދެއްހާ ހިސާބުގައި ހުއްޓިލައިގެން އަހަރެން ހުރީމެވެ. ދިރިއުޅުމުގައި އަހަރެންނަށް ކުރެވިފައިވާާ ކުށަށް އިންތިހާއަށް ހިތާމަކުރާ ހާލު ދިރިއުޅުމުގެ މިސްރާބު ގެއްލިފައިވާ މީހެއް ފަދައިން އަހަރެންގެެ ކުރިމަތީގަައިި ހުރި މަހާނަ ދޮށަށް ތިރިވީމެވެ. އެމަހާނަދަށުގައި ވަޅުލެވިފައިވަނީ އަހަރެންގެ ހިިތުުގެެ ވިންދެވެ. ދެލޮލުގެ ފިނިކަމެވެެ.
އާދޭހެވެ! އަހަރެންގެ ލޯބިވާ އަހަރެންނައްޓަކައި އެމީހެއްގެ މުޅިހަޔާތް ޤުރުބާންކުރި އަހަރެންގެ މަންމައެވެ. ކުއްލިއަކައް ބޯކޮށްވެހިގަތް ވާރޭއާއެކު އަހަރެން އަހަރެންގެ މާޒީގެތެރެއަށް ޤަރަގުވެގެންދިޔަައެވެ.
ހަދާން ހުންނަން ފެށީއްސުރެ އަހަރެންގެ މަންމަ އަހަރެން ގެންގުޅުނީ އެކަނިމާ އެކަންޏެވެ. އަޅާލާނެ އެއްވެސް މީހަކު އަހަރެމެން ދެމައިންނަކައް ނުވެއެވެ. މާލޭގައި ކުޑަތަންކޮޅެއްގައި އަހަރެން މަންމައާއެކު އުޅެމުން ދިޔައީ ދަތިދިރިއުޅުމެކެވެ. ވަޒީފާ އަދާކުރިނަމަވެސް މަންމައަށް ލިބޭ މުސާރައިން އޮންނަނީ ދެކޮޅުނުޖެހިފައެވެ. އަހަރެން ބޭނުން އެއްވެސް އެއްޗެއް މަންމައަކައް ހޯދައެއް ނުދެވެއެވެ. މިކަމާ އަހަރެން ޝަކުވާ ކުރަމެވެ. ނަމަވެސް މަންމަގެ ފުށުން އެދެވޭކަހަލަގެ ޖަވާބެއް އަހަރެންނަކައް ނުލިބެއެވެ.
މިކަމާހުރެ އަހަރެން ކިޔަވާހިތް ކެނޑުނެވެ. ކޮލެޖައްދާ ދުވަސްތައް މަދުވަމުންގޮސް އެންމެ ފަހުން ކޮލެޖައް ދިއުން ހުއްޓާލީމެވެ. ކޮންމެވެސް ގޮތަަކުން ލާރިި ލިބޭނެ ގޮތްވާން ބޭނުންވިއެވެ. އަހަރެން ބޭނުން އެއްޗިހި އަހަރެންނަށް ލިބޭނެ ގޮތްވާން ބޭނުންވެއެވެ. އެއީއެންމެެ ގޯސް ގޮތް ހިޔާރުކޮއްގެންވިޔަސްހެވެ.
ދުވަހަކީ އުޑުމަތި ސާފު ރީތި ދުވަހެކެވެ. އިރު މެދުއުޑުގައި ފިޔަޖަހަމުންދިޔައިރު މާޝްމެލޯ ކޮޅުތަކެއް ފަދައިން އުޑުގައި ވިލާތައް ދަތުރުކުރަމުންދެއެވެ. އަހަރެންގެ ފިޔަވަޅުތައްް ހުރީ ކުތރިމަތިން ފެންނަންހުރި ގަރާޖާދިމާއަށެވެ. އަހަރެންގޮސްް ގަރާޖުދޮރުމަތީ ހުއްޓުމާއެކު ދޮރުހުޅުވުނެވެ. އެއާއެކު ޖެހިލުންވެހުރެ އަހަރެން އެތެރައް ވަނީމެވެ.
" މީތަ ތިބުނާކުއްޖަކީ؟ އަހަރެންް ކިހިނެތް މިކަހަލަ ކުޑަކުއްޖަކަށް އެކަހަލަގެ ބޮޑު މިޝަންއެއް ހަވާލުކުރަނީ؟" ބަރު އަޑެކެވެ. އެއަޑުގައިވީ ރުޅިވެރިކަމުގެ ސަބަބުން އަހަރެންގެ ހިތް ނޭންގޭ ބާރުމިނެއްގައި ތެޅެންފެށިއެވެ. " ބޮސް އޭނައެހެރީ ލާރިލިބެންޏާ ކޮންމެކަމެއްވެސް ކުރަން. އޭޖް އިޒް ޖަސްޓް އަ ނަމްބާރ. ބޮސް." އެހެން މީހަކުބުންޔެެ.
އަހަރެންނާ ހަވާލުކުރީ ފިހާރައެއްގައި ރައްކާކުރެވިފައި ހުރި ފައިސާތަކެއް ނެގުމަށެވެ. ކަޅުފޮއިރޭތަކުގެތެރެއިން ވެސްކަޅުފޮއި ރެއެކެވެ. އަހަރެންނާ ހަވާލުކުރެވުނު މަސައްކަތް ފުރިހަމަ ކުރުމައްދާން އަހަރެން ގެއިންް ނިކުތީމެވެ. އުޑުމަތީގައި ކަޅުކުލައިގެ ސާލެއްލެވިފައިވާއިރު ތަރުތީބެއްނެތި އުކާލެވިފައިވާ ޖަވާހިރުތަކެއްފަދަ ތަރިތަކުގެ ވިދުން ނުހަނުގަދައެވެ. "އޭތް ކިހިނެތްް ވެފަތިހިރީ އާދޭދާން." އަހަރެން ގާތުގައި ހުރި މީހާ ބުންޏެވެ. އަހަރެންނާ އަހަރެންގެ ޓީމް ފިހާރައިގައި ކުއްލިއަކަށް ފިހާރަތެރެއައް ބަޔަކު ވަދެގެން އައެވެ. ފިލަން މަސައްކަތް ކުރިނަމަވެސް އެކަންވީ ބޭކާރެވެ. ސިފައިންގެ އަތް ދަށުގައި އަހަރެން ހައްޔަރުވީ މަދު ސިކުންތުކޮޅެއްގެތެރޭގައެވެ.
ދުވަހުގެ އިރު ދުނިޔެއަށް މަރުހަބާކީ ހޫނު ޚަބަރުގެ ގޮތުގައި އަހަރެމެންގެ ވާހަކަ ކިޔަމުންނެވެ. އަހަރެން ޖަލުގޮޅީގައިި އެކަނިމާއެކަނި ދުވަސްތައް ވޭތުކުރަމުން ދިޔައީމެވެ. ދިރުމެއްނުވާ ހަތަރުފާރުގެ ތެރޭގައި އަހަރެން ހައްޔަރުވެފައި އިންނައިރު މަންމަ މަތިން އިންތިހާއައް ހަދާންވެއެވެ.
އޭގެ ހަތަރު އަހަރުފަހުން އަހަރެން ޖަލުންް ސަލާމަތްވެގެން މަންމަ ހޯދަންދިޔައީމެވެ. ނަމަވެސް އަހަރެންނައް ލިބުނު ޚަބަރަކީ ދުވަހަކުވެސް އަހަރެންް އަޑުއަހަން ބޭނުންްވިި ޚަބަރެއް ނޫނެވެ. އަހަރެންގެ ނުބައި އުޅުމުގެ ސަބަބުން މަންމަ މިދުނިޔެ ދޫކުރީއެވެ.
ކުއްލިއަކައް ޖެހި ބާރުގުގުރިއާއެކު ސިއްސިއިގެންގޮސް އަހަރެންނަށް މާޒީގެ ފުންކަނޑުން އެއްގަމަށް އެރުނެވެ. މިއަދު އަހަރެންމީ އެކަނިވެރިއެކެވެ. މަންމަގެ މަހާނަ ދޮށުންް ތެދުވެ ގަބުރުސްތާނުން ނިކުންނަން ހިނގާގަތީ ދިރިއުޅުމުގައި މަންމަ ބޭނުންވި ކަހަލަގެ ހަރުދަނާ މީހަކައްވުމައް އަޒުމުކަނޑައަޅައިގެންނެވެ. އަހަރެންގެ ހިތި މާޒީން ޢިބުރަތް ހާސިލްކޮށްގެން އަހަރެންގެެ ކުރިމަގު އުޖާލާ ކުރުމައް އަމިއްލަ ނަފްސައްވަޢުދުވަމުންނެވެ.
ނިމުނީ........
ވަރަށް ރީތި މާޝާ ﷲ
ޥަރައް ސަޅި ..ކީޕް އިޓް އަޕް ޑިއާ......
ޥަރަށް މޮޅު
ޥަރަށް ސަޅި ..ކީޕް އިޓް އަޕް ޑިއާ......