ނަފްރަތުން ވެވުނު ލޯބި - 30 & 31

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

އޮޕަރޭޝަން ނިމުނުކަން އެންގީ އިރުއޮއްސި ހައެއް ޖަހަނިކޮންނެވެ. އޮޕަރޭޝަން ކާމިޔާބުކަމާއި ނަމަވެސް އުންމީދު ކުރިވަރަށްވުރެށް ވުރެ އުނދަގޫވިކަމުގައި ޑޮކްޓަރު މަޢުލޫމާތު ދެއްވިއެވެ. އިތުރަށް އެއްޗެއް ބުނަން އެނގޭނީ ހޭ އެރުމުންކަމުގައި މައުލޫމާތުދިނެވެ. އަދި އައިސީޔޫއަށް ބަދަލުކުރުމުން އާއިލަގެ އެކަކަށް ދެކިލުމުގެ ފުރުސަތު ދޭނެކަމުގައި ބުނުމުން މާޝާ އެ ފުރުސަތު މާޝާ އަމިއްލަ އަކަށް ނެގިއެވެ. ސަބަބަކީ މިޝަލްގެ އާއިލާއާއި ބެހޭ އެއްވެސް މައުލޫމާތެއް މާޝާއަށް ލިބިފައި ނެތުމުންނެވެ. މިޝަލް އޮތް ގޮތް ފެނުމުން މާޝާގެ ލޮލުން ކަރުނަ އިރާލިއެވެ.

****************************

މިޝަލް އައިސީޔޫއަށް ބަދަލު ކުރިތާ 8 ގަޑިއިރު ވީއިރުވެސް ހެއެއް ނާރައެވެ. މާޝާވެ ހިތަށް ނުތަނަވަސްކަން ވެރިވާން ފެށިއެވެ. މިޝަލް ހެޔޮ ހާލުގައި ލެއްވުންއެދި ދުޢާ ކުރެވުނު ވަރުވެސް އޭނައަށް ނޭނގެއެވެ. މާޝާގެ މައިންބަފައިންގެ މޫނުމަތިންވެސް ފެންނަނީ އުދާސްކަމެވެ. ރޭގަނޑު ވުމުން ހަސީނާ އާއި ހާނިޔާ ގެއަށް ފޮނުވާލީ މާޝާއެވެ. ނަމަވެސް މުހައްމަދު ދިޔުމަށް އެއްބަހެއް ނުވިއެވެ.

ފައިހާ ޑޮކްޓަރ އަށް ދައްކާ އެތަށް ޓެސްޓެއް ހެދިއެވެ. ނަމަވެސް ރިޕޯޓްތައް ނަގަންދިޔައީ ފާރިޝް އެކަންޏެވެ. ފައިހާ ބޯ އަނބުރާތީ އަނެއްކާ އަނބުރާ އަންނަން ފައިހާ ބޭނުން ނުވީއެވެ. ކުޑަކޮށް ބަލިވެ އުޅޭތީ ކަމަށް ބުނެ 10 ދުވަހުގެ ޗުއްޓީއެއް ފައިހާ ނެގީ ފާރިޝްއާއި މަޝްވަރާ އިސް ކޮށްނުލައެވެ. ފާރިޝް ގެއަށް އައިސް ވަންއިރު މޫނުމަތި އެއްކޮށް ވަނީ މިލާފައެވެ. ފައިހާގެ ހިތް ނުތަނަވަސް ވާން ފެށިއެވެ. ކަމެއް ގޯސްވީތޯ އެނގުނު އަދަދެއްވެސް ފާއިހާއަަކަށް ނޭނގެއެވެ. ފާރިޝް ފައިހާގެ ގާތު މަޑު ކޮށްލާފައި ފައިހާގެ ގައިގައި ބައްދާލިއެވެ. އަދި އެދެލޮލުން ހޯސް ލާފައި ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބަމުން ދިޔައެވެ. ފައިހާއަށް ގުޑިވެސް ނުލާ އިންގޮތަށް އިނދެވުނީއެވެ. ވީ ކީއްކަމެއް ނޭނގޭ ހާލުގައެވެ.

އެރޭގެ 11 ޖަހަނިކޮށް ޑޮކްޓަރު އައިސް މާޝާމެންނާއި ބައްދަލު ކުރިއެވެ. ޑޮކްޓަރު ވިދާޅުވީ ލޭއައުން ނުހުއްޓޭކަމަށާއި މިއީ ވަރަށް މަދުން ނޫނީ ދިމާނުވާފަދަ ހާލަތެއްކަމަށެވެ.އޮޕަރޭޝަންގެ ފަހުންވެސް 5 ޕޮއިންޓް ލޭ އެޅިއްޖެކަމަށާއި އިތުރަށް 4 ގަޑިއިރު ބެލުމަށްފަހު އަލުން އޮޕަރޭޝަން އެއް ކުރަން ޖެހިދާނެކަމެވެ. އޮޕަރޭޝަން ކާމިޔާބުވުމުން މަދު ގަޑިއިރުތަކަކަށް ލިބުނު ހިތްހަމަ ޖެހުމުން ބިރުވެރިކަމަކަށް ބަދަލުވި ކަހަލައެވެ. މާޝާ ކުރަމުން އައި ހިތްވަރުވެސް ދޫވެ އެ ދެލޮލުން ކަރުނަ ހިލުނެވެ. ކުރަންވީ ކީއްކަމެއް ފިރިމީހާއަށް ކޮށްދެވޭނީ ކީއްކަމެއް ނޭނގި އެކި ވިސްނުނަތަކާއި ހެދީ ބޯ ހާސްވާން ފެށިއެވެ. މާތްﷲއަށް ދުޢާ ދެންނެވުން ނޫން ކަމެއް މާޝާ އަކަށް ކޮށްދެވޭކަށް ނެތެވެ.

އަޒާން އަށް އަދިވެސް ވިސްނެނީ ހަސީނާ ދެއްކި ވާހަކައާއި ދޭތެރޭ އެވެ. "ހަސީނާއްތަ އަހަރެން މާޝާ އާއި މެރީ ކުރަން ބޭނުން ވަނީ ކީއްވެ" އަޒާން އަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ކޮޓަރި ދޮރު މަތީގައި ހުރި އިޒާން އަށާއި ނަތާޝާ އަށް ވަރަށް ސާފު ކޮށް އަޑު އިވުނެވެ. "ކަލޯ. ގަދައޭ ދޯ. މައިދައިތަ ރުއްސީ ކިހިނެއް" އަޒާން ސިހިފައި ފަހަތް ބަލާލިއިރު އިޒާން ލާނެއް ގޮތަކަށް ހީލައިގެން ހުރެ ކޮޓަރީގެ ސޯފާގައި ދިމާއަށް ނަތާޝާ ގޮވައިގެންގޮސް އިށީންނަނީއެވެ. "ބައްޔެންނު" އަޒާން ހުރީ ސަކަރާތް ޖަހާ މޫޑެއްގަ ނޫނެވެ. "އަޒާން! އައި ގޮޓް އަ ގުޑް ނިއުސް" ނަތާޝާ އެއްފަހަރު އިޒާންގެ މޫނަށް އަނެއް ފަހަރު އަޒާން ގެ މޫނަށް ބަލާލިއެވެ. އިޒާން ވެސް ސުވާލުގެ ނަޒަރަކުން ނަތާޝާ އަށް ބަލާލިއެވެ. "ވަޓް؟" އަޒާން ކޮށްލީ ސުވާލެކެވެ. " ހޫމް .. އައި ޓޯކްޑް މައި މަދާ އެބައުޓް މެރިއޭޖް. އެންޑް ދޭ ސެއިޑް އަވަހަށް ތިކަމާ އުޅެންވީއޯ" ނަތާޝާ 32 ދަތް އެއްކޮށް ދައްކާލީ ވެފައި ހުރި އުފަލެއްގެ ބޮޑު ކަމުންނެވެ. އިޒާންވެސް އުފަލުން ގޮސް ނަތާޝާ ގެ ގައިގައި ބައްދާލިއެވެ " އެހެމް" އަޒާން ކަރު ކެހިލިއެވެ. އިޒާން ނަތާޝާއާއި ތަންކޮޅެއް ދުރަށް ޖެހިލި އެވެ. "އަހަށް. ކޮންޓިނިއު. މަމިދަނީ ފައިހާ ކުޑަ ވާހަކައެއް ދައްކާލަން" އަޒާން އެއްމިޔަކަނުން ހީލާފައި އިޒާންގެ ކޮނޑުގައި އަތުން ޖަހާލާފައި ބޭރަށް ދިޔައެވެ.

"ފާރިޝް! އަހަރެން ހަމަ އެހާ ބަލިތައް. ތި ރޮނީ؟" ފައިހާ އެންމެ ފަހުން ފާރިޝް ގާތު އެއްސެވެ.
ފާރިޝް ބޯ ޖަހާލިއެވެ. އަހަރެން އެއްޗެކޭ ނުބުނުމުން ދެންވާހަމަ ދެއްކީ ފާރިޝްއެވެ. "ބޭބީ. ކޮންގްރަޖުލޭޝަން. ގޫއާރ ގޮނަ ބީއަ މަދާ" ފައިހާ ގަޔާ ދުރު ކޮށްލާފައި ފައިހާގެ ބަނޑުގައި އަތް ޖައްސާލިއެވެ. " އަވާރ ބޭބީ. އަލްހަމްދުލި ﷲ." ފައިހާގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ ނިރާލިއެވެ. ދެމީހުން ވެސް ސިހި ބަލާލީ ކޮޓަރީގެ ދޮރާއި ދިމާއަށެވެ. ދަތްކުނޑި ވިކައިގެން ހުރީ ކާކުކަމެއް ސާފެއް ނުވިއެވެ. މޫނަށް އަނދިރި އެޅިފައި ހުރުމުންނެވެެ. އެމީހާ ސިހިފާ އެނބުރިދާން އުޅުނީ ގޭތެރެ އިން ފައިހާއަށް ގޮވާ އަޑު އިވުމުންނެވެ. ނަމަވެސް އެ ފުރުސަތެއް އއމީހާއަކަށް ނުލިބުނެވެ. ފާރިޝް ހުޝިޔާރު ކަމާއި އެކު ގޮސް އެމީހާ ހިފެހެއްޓިއެވެ. މޫނު ނުފެނުނު ނަމަވެސް އެތަނަށް އައިސް ހުއްޓުނު އަޒާން އަށް އެއީ ދަންނަ މީހެއްކަން ސިކުންތެއްގެ ތެރޭގައި ބުނެދޭން އެނގުނެވެ.

ފައިހާ ގޮސް އޭނާގެ މޫނުމަތީގައި އަޅާފައި އިން މާސް ނެނގިއެވެ. ފިޔަވަޅު އަޅަންވީ ކުރިއަށް ކަމެއް ފަހަތަށް ކަމެއް ނޭނގިފައި ހުއްޓެވެ. އަޒާން ގެ އަތް މުއް ކެވިގެން ދިޔައެވެ. ފާރިޝްއަށް ވާނުވާ ނޭނގިފައި ބަލަހައްޓައިގެން ހުރެވުނީއެވެ. އެމީހާގެ ޓީޝްޓުގެ ގިރުއާނުގައި ހިފަހައްޓައިގެންނެވެ. "ޖަނަވާރު. ކަލޭ ކީއްކުރަންތަ ފައިހާގެ ފަހަތުން ނެއްޓެން ނޭނގިގެން ތިޔަ އުޅެނީ" ކޮޓަރީގައި ސަކަރާތް ޖަހަން ތިބި ނަތާޝާއަށާއި އިޒާން އަށް އަޒާން ހަޅޭ ލަވާ އަޑު އިވިގެން އެދިމާއަށް ދާން ދުއްވައި ގަނެވުނެވެ. "ކު.. ކުޑަ ދޮން. އޭނަ ފޮނުވާލާ. ޖައިލަމް އަހަރެންމީ މީހެއްގެ އަންބެކޭ. އަހަރެން ބޭނުން ނެތިގެން ދޯ އެހެން މީހަކާއި އެކު އެ ހުރިހާ ގަނޑެއް ގަތީ" ފާރިޝްއަށް ވާނުވާ އެނގުނީ ދެނެވެ. ފައިހާ ބުނި ޖައިލަމް އަކީ މިއީ ތާއެވެ. ލަދު ހަޔާތް ކުޑަ ކަމުން އެތަނަށް އައީތީ ފާރިޝްވެސް ރުޅިއައެވެ.

"ކަލެއާ ހެދި ކިހާ ބޮޑު ނުރުހުއްޕާނެއް. އޭން." އިޒާން އައިސް ޖައިލަމް ގެ މޫނުމަތީގައި އެދިފަހަރެއް އަޅާލިއެވެ. "ތި ފުލުހެއްނުން. ސްޓޯކާސް އެރެސްޓް ކުރެވޭ ކަންނޭނގެ" ނަތާޝާ ފާރިޝްއަށް އިނގިލި ދިއްކޮށްލާފަ ބުނެލިއެވެ.

މިޝަލް ގެ ދެވަނަ އޮޕަރޭޝަން ކުރަން ވެއްދީ ފަތިހު 4:30 ހިނގިއިރުއެވެ. ކެތްމަދުވެފައި ތިއޭޓަރު ބޭރުގައި ދުޢާކޮށްލަކޮށްލަ ތިބުން ފިޔަވާ ކުރެވޭނެ އިތުރުކަމެއް ނެތެވެ. މިޝަލް ތިއޭޓަރަށް ވެއްދިތާ ތިން ގަޑިއިރުފަހުން މިޝަލްގެ އެހީތެރިއަކު އެތެރެއަށްވަނުމަށް ގޮވާލިއެވެ. އޭރު ބޭރުގައި އިންނަ މޮނިޓަރުން އޮޕަރޭޝަންކޮށް ނިމުންކަން ދައްކައެވެ. މާޝާއާއި މާޝާގެ މުހައްމަދު އެތެރެއަށްވަނީ ތެޅިތެޅި އޮތް ހިތަކާއިއެކުއެވެ. އެތެރެއަށް ވަނުމަށްފަހު އެތާއިން ވަށް މޭޒު ކައިރީ މާޝާއާއި މުހައްމަދު އިށީނެވެ. ކުޑައިރުކޮޅެއް ފަހުން ޑޮކްޓަރު އައިސް އިށީނެވެ. އަވަސް އަވަހަށް މިޝަލް ކިހިނެއްތޯ މާޝާއަށް އަހާލެވުނެވެ. ޑޮކްޓަރ މިޝަލް ގެ ވާހަކަ އޮޅުން ފިލުވައިދިނީ އިނގިރޭސިންނެވެ. މާ ބޮޑަށް އިނގިރޭސި ނޭގުނު ނަމަވެސް ޑޮކްޓަރު ދެއްކި ވާހަކަތައް ކޮންމެވެސް ވަރަކަށް މުހައްމަދަށް ސާފުވިއެވެ. "ދިސް އިޒް އަ ވެރީ ރެއަރ ކޮންޑިޝަން. ވީ ވާރ އަންއޭބަލް ޓު ސްޓޮޕް ދަ ބްލީޑީން. ހީ ވެންޓް އިންޓު ޝޮކް އެންޑް ވީ ކުޑް ނޮޓް ސޭވް ހިމް. ވީއަރ ވެރީ ސޮރީ" މާޝާއަށް ގަބޫލުކުރަން ދަތިވެގެން ބަލާލެވުނީ ޑޮކްޓަރ ގެ މޫނަށެވެ.

ޖެހިބުދެއްހެން ހަރަކާތެއް ގެންނަންވެސް ނޭނގިފައި މާޝާއިނެވެ.ލޮލުން ކަރުނަވެސް ހުސްވެފައި ވާކަހަލައެވެ. ޑޮކްޓަރު ހުރިހާ އެއްޗެއް ކިޔާދީނިމުމުން އެއްވެސް އެއްޗެއް ނުބުނެ މަޑުމަޑުން އެތަނުންމާޝާއާއި މުހައްމަދު ނުކުތެވެ. އޭރު ހަސީނާއާއޖ ހާނިޔާ މާޝާމެންގެ އިންތިޒާރުގައި ތިއޭޓަރު ދޮރުމަތީގައި ތިއްބެވެ. މާޝާ އެއްވެސް އެއްޗެއް ނުބުނެ މަޑުމަޑުން ނުކުމެ ހަސީނާކައިރީ އިން ހާނިޔާ އުރާލީއެވެ. އަދި ފަސް ބެލުމެއް ނެތި ދެވޭނުދެވޭ ތަނެއްވެސް ނޭގޭ ހާލު ކުރިއަށް ހިނގަމުންދިޔައެވެ. މުހައްމަދު އެ ހިތާމަވެރި ޚަބަރު އެހެން މީހުންނަށް ދިން ގޮތެއް މާޝާއަކަށް ނޭނގެއެވެ. ހާނިޔާ ގޮވައިގެން ހޮސްޕިޓަލުން ނުކުތުމަށްފަހު ކުރިމަތީ އޮތް ބަގީޗާއަށް ގޮސް ވަނެވެ. އެތަނުގައި ހުރި އުނދޯންޔަކަށް ހާނިޔާ ލައިގެން އުނދޯލި ހެއްލާލަދޭން ފެށިއެވެ. މާޝާއަށް ހަމަ ހޭވެރިކަން ވީ ހަސީނާ އައިސް އުނދޯލި ހުއްޓުވާ ހާނިޔާ އުރާލުމުންނެވެ.

މޮޝަލްގެ ކަށުކަމާކެމީގެ ކަންކަން ނިމި މޫނު ދައްކަން ވެއްދުމުން މާޝާގެ އާއިލާ އެންމެން އެތަނަށްވަނެވެ. ހުދު ފޮށައަކުން ނިވާކޮށްފައި އޮތް އިރު މިޝަލްގެ މޫނުވެސް ވަނީ ހުދުވެފައެވެ. އެތަށް އިރެއްވަންދެން އޭނާގެ މޫނަށް ބަލަހައްޓައިގެން މާޝާ އިނެވެ. އޭރު ހާނިޔާ މަތިންވެސް މާޝާ ހަނދާން ނެތް ފަދައެވެ. މާޝާ މީހަކާއި ވާހަކަ ނުދައްކާ މިޝަލްގެ މޫނަށް ބަލަންއިންއިރުގައި ދެމީހުން ހޭދަކުރި މަދު ދުވަސްތަށް މާޝާގެ މޫނުމަތިން ސިފަ ވަމުން ދިޔައެވެ.

"މާޝާ! އޭ! ދަރިފުޅާ މާޝާ" ކުއްލިއަކަށް މާޝާއަށް ޚިޔާލުތަކުން ބޭރުވެވުނީ މުހައްމަދު އައިސް މާޝާގެ މޫނުގައި މަޑުމަޑުން ތަޅަންފެށީމައެވެ. "ކީކޭ ބައްޕާ" މަޑުމަޑުން މާޝާއަށް އަހާލެވުނެވެ. "މުހައްމަދު! މާޝާ ބޭރަށް ނެރެން ވީނު. އަހަރެންނަށް ހިއެއް ނުވޭ މާޝާ ރަނގަޅުހެނެއް. މިޝަލް ނިޔާވި ޚަބަރު އިވުނީއްސުރެ އަނގައިން ނުބުނޭ. ނުވެސް ރޮއޭ." ހަސީނާގެ އަޑު މާޝާއަށް އިވުނި ފަނޑުކޮންނެވެ. "އަހަރެން އޯކޭ" އިޚްތިޔާރަކާ ނުލާ މާޝާއަށް ބުނެވުނެވެ.
މިޝަލް މޫނު އަޅާ ސަންދޯކަށް ލީތަންބަލަން ހުރި އިރުވެސް މާޝާގެ ލޮލަކުން އެންމެ ކަރުނަތިއްކެއްވެސް ނުވެއްޓެއެވެ.

މިޝަލްގެ ކަށުކަމާކެމީގެ ކަންކަން ނިންމުމަށްފަހު ގެއަށް ގޮސް މުހައްމަދުމެން ބެލީ ޖެހިގެން އައި ދުވަހު މާލެދެވޭތޯއެވެ. އިތުރަށް މެލޭޝިޔާގައި މަޑުކުރާކަށް އެކަކުވެސް ބޭނުމެއް ނުވިއެވެ. އެކަމުގައި މާޝާ އެއްވެސް ބަހެއް ނުކިއަމެވެ. ގެއަށް ގޮސްވެސް އެނދުގައި އޮށޯވެގެން އޮތީއެވެ. ހާނިޔާގެމަތިންވެސް މާޝާ ހަނދާނެއް ނުވިއެވެ. މާލެ ދެވުމާއިއެކު ހާނިޔާ ގޮވައިގެން ގެއަށް ވަދެ ހާނިޔާއަށް ކާންދީ ފެންވަރުވާ ހެދުމަށްފަހު ނިންދެވިއެވެ. އަދި ހާނިޔާ ކައިރީ އަރާ މާޝާ އޮށޯތެވެ. އޭރު މާޝާއަށް އެއްވެސް ވަރަކަށް ނުނިދޭތާ ފަސްވަރަކަށް ރޭ ވެދާނެއެވެ.

★ 31 ވަނަ ބައި ★
މިޝަލްގެ ކަށުކަމާކެމީގެ ކަންކަން ނިންމުމަށްފަހު ގެއަށް ގޮސް މުހައްމަދުމެން ބެލީ ޖެހިގެން އައި ދުވަހު މާލެދެވޭތޯއެވެ. އިތުރަށް މެލޭޝިޔާގައި މަޑުކުރާކަށް އެކަކުވެސް ބޭނުމެއް ނުވިއެވެ. އެކަމުގައި މާޝާ އެއްވެސް ބަހެއް ނުކިއަމެވެ. ގެއަށް ގޮސްވެސް އެނދުގައި އޮށޯވެގެން އޮތީއެވެ. ހާނިޔާގެމަތިންވެސް މާޝާ ހަނދާނެއް ނުވިއެވެ. މާލެ ދެވުމާއިއެކު ހާނިޔާ ގޮވައިގެން ގެއަށް ވަދެ ހާނިޔާއަށް ކާންދީ ފެންވަރުވާ ހެދުމަށްފަހު ނިންދެވިއެވެ. އަދި ހާނިޔާ ކައިރީ އަރާ މާޝާ އޮށޯތެވެ. އޭރު މާޝާއަށް އެއްވެސް ވަރަކަށް ނުނިދޭތާ ފަސްވަރަކަށް ރޭ ވެދާނެއެވެ.

**************************

"ފައި! ދޮންބެމެނަގާތު ބުނިންތަ؟" ގެއަށް ވަދެގެން އައި ފާރިޝް ފައިހާއާއި ސުވާލުކުރިއެވެ. "ކޮން ވާހަކައެއް؟" ފައިހާ ވެސް ކޮށްލީ ސުވާލެކެވެ. "ފައި ޕްރެގް ވާހަކައޭނުން" ފާރިޝް ބޮލުގައި އަތުން ޖަހާލިއެވެ. "ވަޓް" ގެއަށް ވަދެ ވަދެ ހުރި އަޒާން އަށާއި އިޒާންއަށް އެއަޑު އިވިގެން އެއްފަހަރާ ކަހަލަ ގޮތަކަށް ބުނެވުނެވެ. ފައިހާ ސިހިފާ ގޭ ދޮރާއި ދިމާއަށް ބަލާލިއެވެ. "ގޮންގްރާ މައި ލަވް" އަޒާން ފައިހާގެ ކުރިމައްޗަށް ހުއްޓި ނިތްކުރިއަށް ބޮސްދީފާ ބައްދާލިއެވެ. "ކިތައް މަންތްސް" އިޒާން އެއްސެވެ. "މިހާރު ޓޫ މަންތް. ޕްރެގް ކަން އެނގުނު އިރު މަންތް އެންޑް އަ ހާފް" ފާރިޝް ސޯފާގައި އިށީނދެ ފެންތައްޓެއް ގެނެސްދިނުމަށް އެދުނެވެ. ބްރޭކް ގަޑި ވުމުން ފައިހާ ދެކިލާ ހިތުން ގެއަށް އައިކަމުގައި ބުނުމުން އަޒާންމެން ދިމާކުރަން ފެށިއެވެ. ފައިހާގެ މޫނުމަތި ރަތްވެގެން ދިޔައެވެ.

މިޝަލް ނިޔާވި ފަހުން މަހެއް ވީ އިރުވެސް މާޝާ މީހަކާ ވާހަކަ ދައްކާ ނުހަދައެވެ. ކުރިން ގޭ ކާ ގޮތަށް ހޭލާފައި ބަދިގެއަށް ސައިހަދަން ވަންނަ މާޝާ މިހާރު ރަނގަޅަށް ނުވެސް ކައެވެ. ހަސީނާ އާދޭސް ކޮށްގެން ވެސް ބޯލަނީ ހަމައެކަނި ޖޫސް ތައްޓެކެވެ. އަބަދު ހާނިޔާ ގޮވައިގެން އޮންނަނީ ކޮޓަރީގައެވެ. އަޒާން, މާޝާ ހޯދަން އެގެއަށް ގޮސް ކިތަމެ ވަރަކަށް ވާހަކަ ދެއްކިޔަސް އަނގައިން ޗުޕްވެސް ބުނެނުލައެވެ. ކުޑަ މިނުން ހިނިތުންވުމެއް ވެސް ރައްދު ކޮށްނުލައެވެ. ހާނިޔާ އަބަދު ކޮޓަރީގައި ގެންގުޅޭ ވާހަކަ ހަސީނާ ވަނީ އަޒާން ގާތު ވެސް ބުނެފައެވެ. އެހެންކަމުން އަޒާން މިއަދު ވިސްނައިގެން ހުރީ ހާނިޔާ ގޮވައިގެން ބޭރަށް ސައިކަލު ދުއްވާލަން ދާށެވެ. ހަސީނާ މާޝާ ގާތު ހާނިޔާ ރީތި ކކށްލާށޭ ބުނުމުން އެއްވެސް ސުވާލެއް ނުކޮށް ރީތި ކޮށްލިއެވެ. އަޒާން އައިސް ހާނިޔާ ގޮވައިގެން ބޭރަށް ގޮސްލާފަ އެބަ އަންނަމޭ ބުނެ ސައިކަލަށް އަރާ ބެލްޓްއިން ހާނިޔާ ނުވެއްޓޭނެހެން ހިމާޔަތް ކޮށްލިއެވެ. ބެލްޓް އަޅާފަ އިންކަނުގައި ވިޔަސް އަޒާން އިނީ ހާނިޔާގެ ގައިގާ އެއް އަތުން ހިފަހައއޓާލައިގެންނެވެ.

"ނިޔާ ބޭބީ!" އަޒާން ސައިކަލު މަޑު ކޮށްލީ ކުޑަކުދިންގެ ޕާކު ކުރިމައްޗަށެވެ. ހާނިޔާ "އޮންބެ" އޭ ބުނެލިއެވެ. (އޮންބެ- ދޮންބެ) އޮންބެ އެއީ ހާނިޔާ އަޒާން އަށް ގޮވާ ނަމެވެ. ހާނިޔާ އަތުގަ ގޮވާލައިގެން އަޒާން ޕާކުގެ ތެރެއަށް ވަނެވެ. ހާނިޔާ ހިނގާފައި ދިޔަ ގޮތުން އަޒާންގެ މޫނުމައްޗަށް މާނަ ފުން ހިނިތުންވުމެއް ވެރިވިއެވެ. "މައިލޯ ޕެކެޓެއް ބޯން ހިނގާ ދޯ ދޮންބެގެ ނިޔާ ބޭބީ" ޕާކު ތެރޭ އެތަށް ސަކަރާތެއް ހާނިޔާ އެކީ ޖެހުމަށް ފަހު ހާނިޔާ ބަނޑުގައި ވެފައި ހުރެދާނެތިން އަޒާން ޕެކެޓެއް ގަނެގެން އެ ދޭން މަސައްކަތް ކުރިއެވެ. ބަސްއަހައިގެން ހާނިޔާ ޕެކެޓު ބޮއެ ހުސްކޮށްލިއެވެ. ގެއަށް ދިޔައީ ހާނިޔާ އަށް އެތަށް ބައިވަރު ކުޅޭއެއްޗެއް ގަނެގެންނެވެ. އޭރު ގަޑިން 5:45 ވީއެވެ. ހާނިޔާ އަޒާންގެ އަތުން ދޫކޮށްލާފައި ދުވަމުން ގޮސް ހަސީނާ ގައިގާ ބައްދާލިއެވެ. އަޒާން އާއި އެކު ހޭދަ ކުރެވޭ ކޮންމެ ވަގުތެއްވެސް ހާނިޔާ އަށް ވަނީ މަދު ސިކުންތު ކޮޅަކަށްށެވެ. އަޒާން ގެއަށް ދަނީއޭ ބުނުމުން ހާނިޔާ ރޯން ފަށައެވެ. އަޒާން ފޮޓޯ ޝޫޓް ތަކަށް މި ފަހަކަށް އައިސް ދަނީ ގަޑި ޖެހިގެންނެވެ.

ނަތާޝާ ހޮސްޕިޓަލުގައި މާ ބުރަކޮށް އުޅޭ ދުވަހެކެވެ. މާ ބަނޑު އަންހެނަކު ސިޒޭރިއަން ހަދަން ޖެހުމުން އެސިސްޓެންޓަކަށް ނަތާޝާއަށް ވަންނަން ޖެހުނެވެ. އެކަން ނިމި ފެންވަރާލައިގެން ނުކުމެ ރެސްޓް ރޫމް ގައި އިންދާ ހާލު ދެރަ ކުޑަ ކުއްޖެއް ގެނައުމުން ކުޑަ ކުދިންގެ ޑޮކްޓަރާއި އެކު ނަތާޝާ އަށް އަވަސް ފަރުވާދޭ ކޮޓަރިއަށް ވަންނަން ޖެހުނެވެ. ގިރައިގެން ގެނައި ކޮފީތަށި ހުރިގޮތަށް ބަހައްޓާފައި. ނަތާޝާ ގޮސް އަވަސް ފަރުވާދޭ ކޮޓަރިއަށް ވަނެވެ. ކުއްޖާގެ ބަލި ގޯސްކަމާއި 2 ޕޮއިންޓް އޭ ނެގަޓިވް ލޭ އަވަހަށް ހޯދުމަށް އާއިލާއަށް ނަތާޝާ އެންގި އެވެ. ހޮސްޕިޓަލުގައި މަސައްކަތް ކުރަން ފެށިތާ މަހެއްގެ ތެރޭގައި ނަތާޝާ ވަނީ އޭޑީކޭގައި މަސައްކަތް ކުރާ ނަރުހުންނަށް ވުރެ ގާތް ރަހުމަތް ތެރި ކަމުގެ ގޮތެއް ހުންނަ ކަމަށް ހޮސްޕިޓަލު ތެރޭގައި ދެކެވިފައެވެ.

ފައިހާ ޑިއުޓީ ގަޑި ޖެހުމުން ސައިން އިން ވެފައި ނަރުހުންގެ ބަޔަށް ގޮސް ވަންއިރު ނަތާޝާ ވެސް އެތާނގައި އިނެވެ. ނަތާޝާއާއި ފައިހާ ވަނީ މިހާރު ކުރިއަށްވުރެ ބޮޑަށް ގާތް ދެ ރަހުމަތް ތެރިންނަށް ވެފައެވެ. "ނަތާ!" ކޮނޑުގައި އަޅާފައި އިން ދަބަސް ކަބަނޑު މަތީގައި ބަހައްޓާފައި ގޮނޑީގައި ހަމަޖެހިލިއެވެ. "ހޫމް" ފޯނަށް ބަލަން އިނދެ ނަތާޝާ ޖަވާބުދިނެވެ. "މިއަދު ޑިއުޓީ ނުނިމޭ ދުވަހަކީތަ؟" ފައިހާއަށް ނަތާޝާ ޑިއުޓީއަށް އައީ ހެނދުނު ކަން އެނގެއެވެ. ހަވީރު ވީ އިރުވެސް ނަރުސް އޮފީހުގައި ހުރުމުން ފައިހާ ސުވާލު ކޮށްލިއެވެ. "އާން. މިއަދު ފުލް ޑިއުޓީ. މިތަނުގަ އުޅޭ އަޒްކާ މިހަފްތާ ލީވް ނަގައިގެން އުޅޭތީ. އެބަ އަންނަން އިނގޭ" ނަތާޝާ ފޯނުން މީހަކަށް ގުޅާ ބޭރަށް ނުކުމެލިއެވެ. ފައިހާ ވޯޑް ގައި ތިބި ޕޭޝަންޓުންގެ އައިވީ ރަނގަޅު ކޮށްލުމަށް ވޯޑަށް ވަނެވެ.

*އެއް އަހަރު ފަސް*

އަޒާން ފޮޓޯޝޫޓަށް ދިޔައިރު ގަޑި ޖެހެން އިނީ އެންމެ ދެ މިނެޓެވެ. މިއަދު ނަގަން ހަމަ ޖެހިފައި ވަނީ ކަޕަލް ޝޫޓެއްކަން އަޒާން އަށް ވަނީ ކުރިންވެސް އެނގިފައެވެ. ނަމަވެސް އަންހެން މޮޑެލްއަކަށް ހުންނާނީ ކާކުކަމެއް ނޭނގޭތީ އަޒާން ނުތަނަވަސް ވާ ގޮތް ވިއެވެ. އަށެއް ޖެހި އިރު ފޮޓޯ ޝޫޓަރުގެ އިތުރުން އަންހެން މޮޑެލް ވެސް އެތަނަށް ވަދެގެން އައެވެ. ރީނދޫކުލައިގެ ވައްތިރިއަކާއި އެކު ހެދުމުގެ މަތި ހުރީ ހުދު އަދި ކަލުކުލައިން ރޮނގު އަޅާފައެވެ. ކަޅު ކުލައިގެ ޖިންސެއް ލައިފައި އަޅި ކުލައިގެ ޝޯލްއެއް އަޅައިގެން ހުރިއިރު ވަރަށް ވެސް ރީއްޗެވެ. ވައް ނަންބަރު އައިނެއް އަޅާ މޫނުމަތީގައި ލައިޓް މޭކަޕެއް ކޮށްފައި ހުއްޓެވެ. އަތުން ފޯނުގައި ހިފައިގެން ހުރި އިރު ހެޑްސެޓްއިން ކޮންމެވެސް އެއްޗެއް އަޑު އަހަމުން ރީތި ހިނިތުންވުމެއް އެ މޫނުމަތީގައި ފާޅު ވޭވޭ ހުއްޓެވެ. އަޒާން އަށް ބަލަން ހުރެވުނީއެވެ. ތުންފަތުގައި މަޑު ފިޔާތޮށި ކުލައިގެ ލިޕް ގްލޯޒް ޖައްސާފައި ހުރުމުން އެ މޫނުމަތިން މަޢުސޫމް ކަން އިތުރު ކޮށްދެއެވެ.

- ނުނިމޭ -

    Please log in or register to bookmark.
    8k

    1 ޚިޔާލު

    ޚިޔާލު

    Your email address will not be published. Required fields are marked *