ހަސީނާއަށް އަޒާން ފެނުމުން ކުޑަ ކަމަކު ކިޔަންވެފައި އެބައޮތް ކަމުގައި ބުންޔެވެ. އަޒާން އެއީ ކޮންކަމެއް ބާ އޭ ހިތަށް އަރަމުން ހަސީނާގެ ފަހަތުން ގޮސް ހަސީނާގެ ކޮޓަރިއަށް ވަނެވެ.
*******************************
މާޝާ ކޮޓަރިއަށް ވަންއިރު މިޝަލް އޮތީ ސޯފާގައި ނިދާފައެވެ. ބަލާބެލުމަށް އެއްޗެހިވެސް ބަދަލުނުކޮށް އޮތްކަން އެނގެއެވެ. ހާނިޔާ ކުޑަ އެނދަށް ލައިފައި ސޯފާ ކައިރިއަށް ގޮސް ކުޑަ ކަކޫ ޖަހާލިއެވެ. މިޝަލް ކޮންމެ ގޮތަކަށް ކަންތައް ކޮށްފައި އޮތް ނަމަވެސް އަންބަކު އަދާކޮށްދޭން ޖެހޭ ކަމެއް މާޝާ ކޮށްދޭނެކަމަށް އަޒުމް ކަނޑައެޅި އެވެ. މިޝަލް އަރައިގެން އޮތް އިސްޓާކީނި މަޑު މަޑުން ބަލައިގެން ބާލުވާ ސައިޑް ޓޭބަލް މަތީ ބޭއްވިއެވެ.
އެނދުމަތީގައި އޮތް ރަޖާގަނޑު ގެނެސް މިޝަލްގެ ގައިމަތީގައި އަޅާފައި ފަސް އެނބުރި ދާން އުޅުނު ވަގުތު މިޝަލް މާޝާގެ އަތުގައި ހިފެހެއްޓިއެވެ. މާޝާ ގޮސް ޖެހުނީ މިޝަލްގެ އުނގުމައްޗަށެވެ. "މާޝް ވަރަށް ބޮޑަށް ސޮރީ" މާޝާ ގެ އަތުގައި ދެލޯ ޖައްސާލައިގެން އޮވެ މިޝަލް ބުނެލީ ރިހުން އެކުލެވިގެންވީ އަޑަކުންނެވެ. މާޝާއަށް ހީވީ އޭނާގެ ހިތުގައި މީހަކު ވިކާލި ހެންނެވެ. މާޝާ އިސްޖަހައިގެން އިންދާ މާޝާގެ މޫނުގެ ތިރީގައި މިޝަލްގެ އިނގިލި ކުރިން ޖައްސާ އިސް އުފުލާ އެ މަޑު ފިޔާ ތޮށި ކުލައިގެ ތުން ފަޔަށް ބޮސްދިނެވެ. މާޝާއަށް އެއްވެސް އިހްތިޔާރަކާ ނުލާ ދެލޯ މަރާ ތަގުނޑި ކޮށްލެވުނެވެ. އެތަށް ފަހަރަކު އެ ބަސް ނާހާ ހިތަށް އެއީ ފިރިމީހާ ކަން ހަނދާން ކޮށްދޭން ޖެހެއެވެ. މިޝަލް ބޭވަފާތެރި ވެއްޖެކަން އެނގުނު ދުވަހުން ފެށިގެން މިޝަލް މާޝާގެ ގައިގާ އިނގިލި ކުރި ޖައްސާލިއަސް މާޝާ އަށް ވަނީ އުނދަގުލަކަށެވެ. ކުރީގައި މިޝަލްގެ ބީހުމުން ހިތްފުރި އުފާވިކަމުގައި ވިޔަސް މިހާރު އެ ބީހުމުން މާޝާއަށް އުނދަގޫވެ ހިތަށް ތަދުވެ އެވެ.
އަޒާން އަކީ މިހާރު މާލެއަށް މަޝްހޫރު މޮޑެލް އެކެވެ. މަގުމައްޗަށް ނުކުތަސް އަންހެންކުދިންގެ އުނދަގުލާއި ހެދި އަޒާންއަށް ޖެހެނީ މާސްކު އަޅައިގެން އުޅޭށެވެ. މިޝަލް އާއި މާޝާގެ ގުޅުން ދުވަހެއް ދުވަހަކަށް ދަނީ ހީނަރުވަމުންނެވެ. މާޝާއަށް ނޭނގޭ ކަމަކީ މިޝަލް ކޮލެޖުން ކެނޑިގެން އުޅޭކަމެވެ. ނަމަވެސް އެކަންތައް ވެސް އެނގުނީ ޖައިލަމް އާއި އެކު ދައްކާފަ ހުރި އިތުރު ވާހަކަތަކެއް މިޝަލްގެ އިންސްޓާ ގްރާމް އެކައުންޓް ހާވަނިކޮށެވެ. ކުރިއަށް ވުރެ ގިނައިން މިޝަލް ބޭރުގައި އުޅޭކަންވެސް މާޝާ އަށް ވަނީ ފާހަގަ ކުރެވިފައެވެ. ހަސީނާއަށް މިޝަލް މާ ގިނައިން ބޭރުގައި އުޅޭކަން އެނގިގެން މިޝަލް ހުއްޓުވުމަށް އެނދުނެވެ. ނަމަވެސް އެމީހަކު ނޫޅޭ ވަރުން ނޫޅޭނަން ކަމުގައި މާޝާ ވަނީ ހުދު އޭނާ އަމިއްލައަކަށް އޭނާގެ މަންމަގާތު ބުނެފައެވެ. ފައިހާ ޕޭޝަންޓްއަކަށް އެޓެންޑެ ކޮށްގެން ހުއްޓާ ކުއްލިއަކަށް މޭ ނުބައި ކުރާ ގޮތާ ވިއެވެ. ފައިހާ އަށް އެސިސްޓެންޓް ކަން ކޮށްދޭން ހުރި ރިއުޝާ ގާތު އެބައަންނަން ކަމުގައި ބުނެ ފާހަނައަށް ދިޔައެވެ. ފާހަނައަށް ގޮސް ވަދެވުނީ ކިރިޔާއެވެ. މިއަދު ބްރޭކަށް ގޮސް ކައިގެން އައި ހުރިހާ އެއްޗެއް އެދިޔައީ ހޮޑަށްށެވެ. ބޯ އަނބުރާ މޭ ނުބައި ކުރާތާ ދެތިން ދުވަސް ވާކަން ފައިހާއަށް ފާހަގަ ކުރެވުނެވެ. ފާރިޝްވެސް ފައިހާގެ މޫނުމަތިން އަބަދު ވަރުބަލިކަން ފެންނާތީ ބަލި ރޯ އެތަށް ފަހަރަކު ސުވާލުވެސް ކުރިއެވެ. ނަމަވެސް ފައިހާ ކޮންމެ ފަހަރަކުވެސް މަޢުލޫ ބަދަލުކޮށްލާފައި އެކަމުން ބޯ ދަމައި ވަންނަނީއެވެ.
ފާރިޝް ގެއަށް އައީ ބްރޭކް ވަގުތު ވުމުންނެވެ. ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން ގޮސް ކޮޓަރިއަށް ވަނެވެ. އޭރު ފާހަނަ ތެރެއިން ފައިހާ އޯކަށް ދެމޭ އަޑު އިވެއެވެ. ލައިގެން ހުރި ފުލުސް ޔުނީފޯމާއި އެކު ގޮސް ފާހަނަ ދޮރު ތެރެއިން ފާރިޝް ބޯ ދިއްކޮށްލި އެވެ. ފައިހާ އޭރު މޫނު ދޮންނަނީ އެވެ. ނިއްކުރީގައި އަތް ޖައްސާލީ ހުންހުރިތޯ ބަލާލަންށެވެ. ނަމަވެސް އެކަހަލަ އެއްވެސް ކަމެއް ނެތެވެ. ފާރިޝް އާދޭސް ކޮށްކޮށް ބޮލަށް އުނދަގޫވެގެން ކުޑަގޮތަކަށް ފައިހާ ރީތިވެލީ ޑޮކްޓަރަށް ދައްކާލަން ދިއުމަށެވެ. "ނަތާ މިހުރީ ތިގޭ ދޮރުމަތީގަ. ކޮބާ ޒާން" ނަތާޝާ އިޒާންއަށް ގުޅައިގެން ހުރެ ވާހަކަ ދެއްކިއެވެ. "އާދޭ މާޝާމެންގެ ގޭ ކައިރިއަށް. ޝީ އިޒް ގޮއިން ތްރޫއަށް ހާޑް ޓައިމް ސޯ ވީ ތޯޓް އޮފް ސްޕެންޑިން ސަމް ޓައިމް ވިތް ހާ. ޕްލަސް ޝީ ވިލް ގޯ މެލޭ މާދަމާ މިޝަލް އޮޕަރޭޝަން ކުރާއިރު." އިޒާން އެހެންބުނުމުން ކާރަކަށް އަރައިގެން ނަތާޝާ ހ. ލައިޓް ހައުސް އަށް ދިޔައެވެ.
"މާޝް! މިޝަލް ކޮބާ؟" އަޒާން އަށް މިޝަލް ފެންނަން. ނެތުމުން ސުވާލު ކޮށްލިއެވެ. މާޝާ ދައްކާލީ ކުއްޔަށް ދިނުމަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއެވެ. އެ އިޝާރާތުންވެސް އަޒާން އަށް މިޝަލް އާއި މާޝާ ގެ ގުޅުން މުޅިން އެއްކޮށް ހީނަރުވެފައިކަން އެނގުނެވެ. އަޒާން މާޝާ އަށް އެތަކެއް އެއްޗެއް ކިޔައިގެން ވިސްނަދޭވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އެހެނަސް މިޝަލް ކަންތައް ކޮށްފައި އޮތް ގޮތުން އިތުރަށް ކައިރި ވާން ޖެހިލުން ވަނީ ކަމުގައި މާޝާ ކޮންމެ ފަހަރަކުވެސް ބުނެއެވެ. މިޝަލް އޮޕަރޭޝަން ކުރާއިރު މުހައްމަދު އާއި ހަސީނާ ވެސް ހުރީ ދާންށެވެ. މާޝާ ދާން ބޭނުން ވާހަކަ ބުނުމުން މިޝަލް އާއި އެކު މާޝާ އެކަނި ފޮނުވާލަން ބޭނުން ނުވުމުންނެވެ. އަޒާން ގެ ސިކުނޑީގައި އަދިވެސް އެނބުރެނީ އެދުވަހު ހަސީނާ ދެއްކި ވާހަކަ ތަކެވެ.
★ 29 ވަނަ ބައި ★
އޮޕަރޭޝަން ނިންމާލުމަށްފަހުވެސް އެތަނުގައި ދުވަސްތަކޮޅަކަށް އުޅެން ޖެހޭނެތީ މާޝާ ގެ މަންމައަށްވެސް އެންމެ ރަނގަޅުގޮތަކަށް ފެނުނީ ހާނިޔާ ވެސް ކުޅެ ހަދާލެވޭކަހަލަ ޖާގައޮތް ގެއެއް ނެގުމަށެވެ. އެހެން ބުނުމާއިއެކު ނަތާޝާ އޭނާގެ ގެއަށް ގޮސް ހުރުމަށް އެދުނެވެ. މިވަގުތު ގެ ހުރީ ހުސްކޮށް ކަމަށް ވެސް ނަތާޝާ ބުންޔެވެ.މެލޭޝިޔާއަށް ދިޔަތާ ދެވަނައަށް ވީ ދުވަހު ޓެސްޓްތައް ހެދުމަށްފަހު 3 ދުވަސް ފަހުން އެޑްމިޓްވުމަށް ޑޮކްޓަރު ލަފާ ދިނެވެ. އެހެންކަމުން މާޝާ ނިންމީ މެލޭޝިޔާގެ ރީތި ހިސާބުތައް ބަލާލަން ދަތުރުކޮށްލުމަށެވެ.
ގިނަވަގުތު ހާނިޔާ ގެންގުޅެނީ ހާނިޔާގެ މާމަ ނުވަތަ ކާފަ ކަމުން މާޝާ އާއި މިޝަލް އަށް ވަރަށް ގިނަ ހުސްވަގުތުތައް ލިބެއެވެ. ދެމީހުން އެކުގައި ހޭދަކުރެވުނު ވަގުތުތަކުގައި މާޝާ މިޝަލްއަށް ހިތްވަރުދެމުން ގެންދިޔައެވެ. ކިތަމެ ގޮސް ކޮށް ކަންތައް ކުރިއަސް އެއީ ހަމަ މާޝާގެ ފިރިމީހާއެވެ. އެތަނުގައި ހޭދަކުރެވުނު 2 ދުވަހަކީ މާޝާ އާއި މިޝަލްގެ ގުޅުން އިތުރަށް ބަދަހިވި ދުވަސްތަކެކެވެ. ޑޮކްޓަރ ލަފާދިން ގޮތުގެ މަތިން މިޝަލް ހޮސްޕިޓަލްގައި އެޑްމިޓްކުރެވުނެވެ.
އޮޕަރޭޝަންކުރަން ވައްދަން އޮތީ ހެނދުނު 9 ޖަހާއިރުއެވެ. އެރޭ ޑޮކްޓަރު އައިސް އޮޕަރޭޝަންއާއި ގުޅޭގޮތުން ހުރިހާ މައުލޫމާތެއް ސާފުކޮށްދިނެވެ. ޢާންމުކޮށް އޮޕަރޭޝަން އަށް ހޭދަވާނީ 9-7 ގަޑި އިރުކަމާއި އޮޕަރޭޝަން ނިމުމުން ހޭ އަރަން ދެން އައިސީޔޫގައި ބާއްވާނޭކަމުގައި ބުނެދިނެވެ. ޢާންމުގޮތެއްގައި ގަޑިއެއްހާއިރު ތެރޭގައި ހޭއަރާނެކަމާއި ހުރިހާ ކަމެއް ރަނގަޅަށްގޮސްފިނަމަ 24 ގަޑިއިރުތެރޭގައި ކޮޓަރިއަށް ބަދަލުކޮށްދޭނެކަމުގައި ބުނެދިނެވެ. އަދި ހަފްތާއެއްހާދުވަހު ހޮސްޕިޓަލްގައި ބޭއްވުމަށްފަހު ގެއަށް ދޫކޮށްލާނޭ ކަމުގައިވެސް ބުނެދިނެވެ. ހަމަ އެއާއިއެކު އޮޕަރޭޝަންގައި މަދުން ނަމަވެސް ދިމާވެދާނޭ ފަދަ ނުރައްކާތެރި ހާލަތްތައްވެސް އޮޅުން ފިލުވައި ދެއްވިއެވެ. މިޝަލް އޮޕަރޭޝަން ގެ ކުރިން ސްޓްރެސް ވެދާނެތިން ޑޮކްޓަރ ހުރިހާ ވާހަކައެއް އޮޅުން ފިލުވައި ދިނީ ޑޮކްޓަރ ގެ ކޮޓަރީގައެވެ. މިއިން އެއްވެސް ވާހަކައެއް މާޝާ މިޝަލް ގާތު ނުވެސް ބުނެއެވެ. ނަމަވެސް ހަސީނާއަށާއި މުހައްމަދަށް މާޝާ ހުރިހާ ވާހަކައެއް ވެސް ކިޔައިދިނެވެ.
"އަހަރެންނަށް ކަމެއް ދިމާވެއްޖެއްޔާ ނިޔާއަށް އެއްވެސް ކަމެއް އުނި ނުވާނޭހެން ބަލާދޭތި. ބައްޕައެއްގެ ހައިސިއްޔަތުން އަހަރެން އެދޭ އެދުމެއް މިއީ" މިޝަލް ބާއްވާފައި އޮތް އެނދުގެ ކައިރީގައި މާޝާ އިށީނުމުން މިޝަލް ބުނެލިއެވެ. މާޝާ ހިތް އަވަސް ވާގޮތް ވިއެވެ. ލޯބިވާ ފިރިމީހާއަށް ކަމެއް ވެއްޖެއްޔާ އޭނާއަށް ވާނީ ކީއްހެއްޔެވެ؟ ހާނިޔާއަށް ބައްޕަގެ ލޮއެއްބެއް ދޭނީ ކާކު ހެއްޔެވެ؟ ހާނިޔާއާއި މެދު ވިސްނާލާފައި މިޝަލް އާއި އެކު މިޝަލް ކުރިކަންތައް އެއްފަރާތް ކޮށްލާފައި މި ދެތިން ހަފްތާ އުޅުނީއެވެ. ހަމަ އެކަނި ދަރިފުޅަށްޓަކައެވެ. އެތާ އެގޮތަށް އިރު ކޮޅަކު އިންދާ ނަރުސް ކުއްޖަކު އައެވެ. ތިއޭޓަރަށް ގެންދަންވާއިރަށް ތައްޔާރު ވެލުމަށް އެދުމަށްފަހު ނަރުސްކުއްޖާދިޔައެވެ. ތިއޭޓަރަށް ވެއްދި އިރު ގަޑިން 8:30 ވާނެއެވެ. އޮޕަރޭޝަން ފެށުނުކަން 9 ޖެހިއިރު ނަރުސް ކުއްޖަކު އައިސް އަޕްޑޭޓް ކޮށްދިނެވެ. މާޝާ ހާނިޔާ ގޮވައިގެން ދިޔައީ ހާނިޔާއަށް ކާން ދޭށެވެ.
ހާނިޔާއަށް ކާން ދީފައި މާޝާ ހާނިޔާ ނިންދަވާލިއެވެ. އަދި މާޝާގެ ބައްޕަ ގާތު ރޮއެފިނަމަ ގުޅުމަށް އެދިފައި ހޮސްޕިޓަލައް ދިޔައެވެ. ގެއާއި ހޮސްޕިޓާ ދުރުނޫން ކަމުން ދިހަ ވަރަކަށް މިނެޓު ހިނގާލާފައި ހޮސްޕިޓަލައް ދެވެއެވެ. " ޚަބަރެއްވިތަ މަންމާ" ހަސީނާ ފެނުމާއިއެކު މާޝާއަށް އަހާލެވުނެވެ. "ނޫން. އަދި ނުބުނޭ އެއްޗެއް. ބުންޏެއްނު 5 ގަޑިއިރު ވެދާނެއޭ. ދަރިފުޅު އެއްޗެއް ކާންވީނު." ހަސީނާ މާޝާއާއި ވާހަކަ ދެއްކިއެވެ.
އޮޕަރޭޝަން ނިމުނުކަން އެންގީ އިރުއޮއްސި ހައެއް ޖަހަނިކޮންނެވެ. އޮޕަރޭޝަން ކާމިޔާބުކަމާއި ނަމަވެސް އުންމީދު ކުރިވަރަށްވުރެށް ވުރެ އުނދަގޫވިކަމުގައި ޑޮކްޓަރު މަޢުލޫމާތު ދެއްވިއެވެ. އިތުރަށް އެއްޗެއް ބުނަން އެނގޭނީ ހޭ އެރުމުންކަމުގައި މައުލޫމާތުދިނެވެ. އަދި އައިސީޔޫއަށް ބަދަލުކުރުމުން އާއިލަގެ އެކަކަށް ދެކިލުމުގެ ފުރުސަތު ދޭނެކަމުގައި ބުނުމުން މާޝާ އެ ފުރުސަތު މާޝާ އަމިއްލަ އަކަށް ނެގިއެވެ. ސަބަބަކީ މިޝަލްގެ އާއިލާއާއި ބެހޭ އެއްވެސް މައުލޫމާތެއް މާޝާއަށް ލިބިފައި ނެތުމުންނެވެ. މިޝަލް އޮތް ގޮތް ފެނުމުން މާޝާގެ ލޮލުން ކަރުނަ އިރާލިއެވެ.
- ނުނިމޭ -
Can't wait for the next part
Can't wait for the next part ަanyway ީީ like it
ކާންޓް ވެއިޓްފޯ ދި ނެކްސްޓް ޕާރޓް ☺️
ކޮބާ ތަ ނެކްސްޓް ޕާޓް