މާޝާ އެނދުމަތީގައި ބާއްވާފައި ރޯމާ ރޯލާއި އޮތް ހާނިޔާ އަޒާން އުރާލިއެވެ. އަޒާން ހަމަ އުރާކުނާއި އެކު ހާނިޔާ ހުއްޓާލިއެވެ. މާޝާ އަށް ހޭވެރިކަން ވީ އިރު ހާނިޔާ އޮތީ މާޝާގެ ކައިރީގައި ނިދާފައެވެ. މާޝާގެ އަތާއި ދިމާލު އެނދުމަތީގައި މީހެއްގެ ބޯ އޮތްހެން ހީވެގެން ބަލާލި އިރު ފުންނިންޖަކުން ނިދާފައި އޮތް އަޒާން ފެނުނެވެ. އަތް ފައި ފިނިވާ ގޮތް ވިއެވެ.
***************************
އަޒާން އަށް ހޭލެވުނީ މާޝާ ގެ އަތް އަޒާންގެ މޫނުގައި ޖެހުމުންނެވެ. މާޝާގެ ބުރުގާ ރީތި ކޮށްލަން އަތް ހިތްލާލި ގަޑީގައި އަޒާންގެ މޫނުގައި އަތުން ޖެހުނީއެވެ. "ސޮރީ" މާޝާއަށް އަވަހަށް ބުނެލެވުނެވެ. "ހެހެހެ އިޓްސް އޯކޭ. އަހަރެން ސުވާލެއް ކޮށްފިއްޔާ ޖަވާބު ދޭނަންތަ؟" އަޒާން ބަލާލީ ސީދާ މާޝާގެ ދެލޮލަށެވެ. އެދެލޮކަށް ބަލާލި މީހަކަށް މާޝާ ރޮއެފާ ހުރިވާރު ސާފުކޮށް ފެންނާނެ އެވެ. "ހޫމް" ހާނިޔާ އަށް ބަލާލާފައި މާޝާ ބުނެލިއެވެ. "ކީއްވެ ބޭބީ ގޮވައިގެން އެހާ ލަހުން މަގުމައްޗަށް ނުކުތީ؟" އިހްތިޔާރަކާ ނުލާ މާޝާގެ ލޮލުން ކަރުނަ އޮހިގަތެވެ. އަޒާން މާޝާ ގެނެސް އެތަނަވަސް މޭގެ ތެރޭ ބޮނޑިކޮށްލިއެވެ. "އިޓްސް އޯކޭ ބޭބީ ގާރލް. އައިއެމް އޯލްވޭސް ވިތް ޔޫ. އަދި ކެއްކޮށްލާ މިޝަލް އޮޕަރޭޝަން ކޮށްގެން އަންނަންދެން. މިޝަލް ބުނި އޮޕަރޭޝަން ކޮށްގެން އައިސް މާޝާ ވަރިކޮށްދޭނަމޭ މާޝާ މަންމަމެންގާތު އަހަރެން ހުއްޓާ" އަޒާންގެ އަތު ތެރެއިން މާޝާ ދެމިގަނެ އެ މޫނަށް ބަލާލީ ހައިރާންވީ ވަރުންނެވެ.
"އޭއީި ލޯބި ގަނޑާ! ނިޔާ އެއޮއް ރޮނީ" އަޒާން ހާނިޔާއާއި ދިމާއަށް އިޝާރާތް ކޮށްލިއެވެ. "ދެން ބޭބީއަށް ފޯޑް ކޮށްފަ މާޝް ވެސް ނިދާލާ. އަހަރެން މިރޭ ނިދާނީ ދޮންބެ ރޫމްގަ. ސޯ މޭކް ޔުއާރ ސެލްފް އެޓް ހޯމް. ގެއަށް ދިއުމުގެ ކުރިން އަހަރެން ކައިރީ ބުނެފަ އިނގޭ ދާނީ" އަޒާން ކޮޓަރީގެ ދޮރު ލައްޕާލާފައި ދިޔައެވެ. މާޝާ ހާނިޔާއަށް ގާތުން ދީފައި ކައިރީ ބާއްވައިގެން ނާނާ ކިޔާލިއެވެ. ބަސް އަހައިގެން ވަރަށް އަވަހަށް ހާނިޔާ ނިދައިފިއެވެ. މާޝާ ނިދަން އުޅި އުޅިވެސް ނުނިދުނެވެ. މި ފަހަކަށް އައިސް އަޒާން މާޝާ އަށް މާ ބޮޑު ސަމާލުކަމެއް ދެނީ ކީއްވެ ތޯ އެ ހިތުގައި ސުވާލު އުފެދެންފެށިއެވެ. ދެން ހަނދާނަށް އައީ ފާހަނައަށް ވެއްޓުނު ދުވަހު ހޮސްޕިޓަލު ތެރޭގައި އަޒާން ދެއްކި ވާހަކަ ތަކެވެ. އެ ވާހަކަތަށް މުޅިއަކުން ދޮގު ކުރެވޭކަށް މާޝާ އަކަށް ނެތެވެ. ކުރިން މަގުމަތިން ފެނިގެން އަންހެން ކުދިންނާ ފޮށެމުން އައި އަޒާން މިހާރު އަންހެން ކުއްޖަކާ ދިމާއަށް ބަލާވެސް ނުލައެވެ. ދެ ފަރާތަށް ބޯ ހޫރުވާލީ ނުބައި ވިސްނުން އެ ސިކުނޑީގައި ޖަމާވަމުން ދާތީއެވެ. "މާޝާ ތިއީ މީހެއްގެ އަންބެއް. މިޝަލް ކޮންމެ ގޮތަކަށް ކަންތައް ކޮށްފަ އޮތަސް. މާޝާ މިޝަލް އަށް ބޭވަފާތެރި ނުވާނެ" ހިތާއި ހިތުން މާޝާ އެހެން ބުނެލިއެވެ. ފާހަނަ އަށް ވަދެ މޫނު ދޮވެލައިގެން ނިކުމެ އަނެއްކާވެސް އޮށޯވެލީ ނިދޭނެ ކަމުގެ އެއްވެސް އުންމީދެއްގައެއް ނޫނެވެ.
ފަތިސް ނަމާދަށް ބަންގި ގޮވިއިރު ފައިހާ ފެންވަރައިގެން ފާހަނައިން ނުކުންނަނީ އެވެ. ފާރިޝް ވެސް އޭރު ހޭލައިފިއެވެ. ހެނދުނުގެ ޑިއުޓީ ކަމުން ފައިހާ ގޮވާލި އިރަށް ފުންމައިގެން ފާރިޝް އެނދުން ފުންމައިގެން ތެދުވި އެވެ. "ފައި މިދަނީ ނަމާދު ކޮށްގެން ސައި ހަދަން. ކޮކީ ދޭ ފެންވަރަން. ފެންވަރައިގެން ނަމާދު ކުރާތި" ފައިހާ އެހެން ބުނެ އެނދުގެ ފައިލާ ކޮޅުގައި އިށީނދެ އިސްޓާކީނަށް އަރަން އިންދާ ފާރިޝް ފަހަތުން އައިސް ފައިހާގެ ގައިގާ ބައްދާލިއެވެ. ހުއްޓުން އަރާފައި ފައިހާ އަށް އިނދެވުނީ ދެން ކުރާނީ ކީއްކަމެއް ނޭނގުމުންނެވެ. "ސާބަސް ދެން ދޭ" ފާރިޝްގެ އަތް ފޮޅުވާލަން ފައިހާ މަސައްކަތް ކުރިއެވެ. ފައިހާގެ މޫނު ފެންނާނެހެން ފާރިޝް އާއި ވީ ފަރާތަށް ފައިހާގެ މޫނު އަނބުރާލިއެވެ. އަދި ފައިހާގެ ނިތްކުރިއަށް ބޮސްދީފައި ގޮސް ވަނީ ފާހާނައަށް ށެވެ. ނަމާދު ދޮޅި އަޅާ ނަމާދު ކޮށްލައިގެން ފައިހާ ނުކުތީ ސައި ތައްޔާރު ކުރާށެވެ. އޭރު އަޒާން ގެ ކޮޓަރިން ތުއްތު ކުއްޖަކު ރޯ އަޑު ފައިހާއަށް އިވުނެވެ. "ގުޑް މޯނިން ފައިއްކޮ" އަޒާން އައިސް ބަދިގެއަށް ވަނެވެ. "އައްދޭ. ހާދަ އަވަހަށް އިރު އެރި ދުވަހެއް" މަލާމާތުގެ ރާގަކަށް ފައިހާ ބުނެލިއެވެ. "އުނހު. އަދި ނުނިދަން. ނިދަން އުޅި އުޅިވެސް ނުނިދުން ދެން އޮތީ ނެޓްފްލިކްސް އިން އެނިމޭ ބަލަން" އަޒާން ފޯނުން ބަލާފައި ހުރި އެނިމޭތައް ދައްކާލިއެވެ. "ދޮންބެ ރޫމް އިން ނުކުމެގެން ތި އައީއޯ؟ އެ ކިހިނެއް ވީ؟" ފައިހާ ދެންވެސް ކޮށްލީ ސުވާލެކެވެ. "ހޫމް އެވާހަކަ ދޯ. އާން ފައިއްކޮއަަށް އެއްޗެއް ނޭނގޭނެ ދޯ. މެރީ ކުރި ފަހުން މާޝާ އާވެސް ޓޯކް ނުކުރޭ. މިގޭގަ ވަނީ ކީއްތޯ ވެސް ބަލާ ނުލާ. އެންމެ ކުޑަ މިނުން ކުޑަ ދޮން އާއި ވާހަކަ ދައްކާލާނެ ވަގުތެއްވެސް ފައިއަށް މިހާރު ނުލިބޭ. ހޫމް ސްޓްރެއިޓް ޓުދަ ޕޮއިންޓް. ކުޑަ ދޮން ދޮންބެ ކޮޓަރީގަ ރޭގަ އޮތީ. ކުޑަ ދޮން ކޮޓަރީގަ ވީ މާޝާއާއި މާޝާގެ ބޭބީ." އަޒާން ހިތްހަމަ ނުޖެހިފައި ހުރިކަން ފައިހާއަށް އެނގި ދެރަވިއެވެ.
ހާނިޔާ ރޯ އަޑު ނުކެނޑޭތީ އަޒާން ގޮސް ފުރަތަމަވެސް ކޮޓަރި ދޮރުގައި ޓަކި ދިނެވެ. މާޝާ ވަނަސް އެންމެ ރަނގަޅުކަމުގައި ބުނުމުން އަޒާން ކޮޓަރިއައް ވަނެވެ. އޭރުވެސް ހާނިޔާ މާޝާގެ އުނގުގައި އޮވެގެން ރޮނީއެވެ. "ވައި އިޒް މައި ނިޔާ ބޭބީ ކްރައިން" އަޒާން ހާނިޔާ އުރާލިއެވެ. އުރާކިތާ އިރުކޮޅެއްގެ ތެރޭގައި ހާނިޔާ ރުއިން ހުއްޓާލިއެވެ. "އައްދެ. މަންމައަށް ވުރެ އަޒާންބެ އާއި މާ ފްރެންޑް ދޯ" ހާނިޔާގެ ކޮލަށް މާޝާ ދޮނެއް ދިނެވެ. އަޒާން ވެސް ހާނިޔާ ގެ ކޮލަށް ދޮނެއް ދީފައި މާޝާގެ މޫނަށް ބަލާލިއެވެ. "މާޝް! ރަނގަޅަށް ނިދުނުތަ؟" މާޝާ ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. ބަދަލުގައި އަޒާން ހިނިތުންވެލިއެވެ. ދަރިފުޅު ރުއިން ހުއްޓާލުމުން މާޝާ ހާނިޔާގެ ގައިގައި ޓިޝޫ ކޮޅަކުން ފެންކޮލެއް ހާކާ ރީތި ކޮށްލިއެވެ. މާޝާ ސައި ނުބޮއެ ދާން އުޅުމުން އަޒާން ހުއްޓުވަން ވެސް ވަރަށް މަސައްކަތް ކުރިއެވެ. މާޝާ ރޭގައި އުޅުނު ހާލު ހަދާންވެ އަޅާނުލާ މާޝާ އާއި ހާނިޔާ ކާރެއްގައި ހ.ލައިޓާ ހައުސް އަށް ގެންގޮސް ލިއެވެ. ހަސީނާއަށް އަޒާން ފެނުމުން ކުޑަ ކަމަކު ކިޔަންވެފައި އެބައޮތް ކަމުގައި ބުންޔެވެ. އަޒާން އެއީ ކޮންކަމެއް ބާ އޭ ހިތަށް އަރަމުން ހަސީނާގެ ފަހަތުން ގޮސް ހަސީނާގެ ކޮޓަރިއަށް ވަނެވެ.
- ނުނިމޭ - ބ
އަމީ ވެން ޔޫ ވިލް ރިލީޒް ނެކްސްޓް ޕާޓް އިން އެސްފިޔަ ☺️
މި ޕާޓް ވެސް ވަރަށް ރީތި ✨💖
ماشاءالله
ކާންޓް ވެއިޓްފޯ ނެކްސްޓް ފާރޓް❤️❤️❤️
ދެން އޮތް ބައި އަވަސް ކޮއްދީބ
ކާންޓް ވެއިޓްފޯ ދި ނެކްސްޓް ޕާރޓް 😔
މި ބައި ވެސް ވަރަށް ރީތި ❤️❤️❤️
ކޮބާތޯ ވާހަކަ
މިވާހަކައިގެ 34 ވަނަ ބައި ވަރައް އަވަހައް ނެރެދިނުން އެދެން🙏🙏
މި ވާހަކައިގެ މިހާތަނަށްކީ ހުރިހާ ބައެއް ވެސް ވަރަށް ރީތި މާޝާﷲ❤️❤️❤️. އެކަމަކު ދެން އިންޕާޓު ކޮންއިރަކުން ނެރެނީ.... އެންޑް ކާންޓް ވެއިޓް ފޯ ދި ނެކްސް ޕާޓް 😕😕😕.
އަދި މި ވާހަކަ ކިޔަން މިހާރު ފޫހި ވެއްޖެ😒😒😒