ނަފްރަތުން ވެވުނު ލޯބި - 25

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

މާޝާގެ ރުއިމުގެ އަޑަށް މިޝަލް ދުވެފައި އައިސް ކޮޓަރިއަށް ވަނެވެ. މާޝާގެ ހާލު ފެނި މިޝަލްގެ ލޮލުން ކަރުނަ އިރާލިއެވެ.

*********************

ފައިހާ އެތަށް ފަހަރަކު ގޮވުމުން ފާރިޝް ތެދުވެ ފެންވަރައިގެން ސައިބޯން ނުކުތެވެ. އޭރު އަޒާން އާއި ފައިހާ އޭނަގެ އިންތިޒާރުގައި ކާގެ ތެރޭގައި ތިއްބެވެ. "ކޮބާ ދޮންބެ" އިޒާން ފެންނަން ނެތުމުން ފާރިޝް ސުވާލު ކޮށްލިއެވެ. "އަންހެނުންގެ ޑޮކްޓަރ ކުއްލިއަކަށް މާ ބަނޑު މީހަކާއި އެކީ އިންޑިއާއަށް ދާން ޖެހުނީ އެހެންވެ ދެން ތިބި ޕޭޝަްޓުން ދޮންބެ އާއި ހަވާލުވީ" އަޒާން ރޮއްޓެއް ނަގާ ކާން ފެށިއެވެ. ފައިހާ ހަވީރު ޑިއުޓީ އަށް ދާން ޖެހޭތީ ގޭގައި ކުރަން ހުރި ކަންތައް ކޮށްލަން ނިންމިއެވެ. ފާރިޝް މެންދުރުގެ ޑިއުޓީ އޮތުމުން ބޭރަށް ނުކުމެލީ ފައިހާއަށް އެއްޗެއް ވަނުމަށް ހިތުލައިގެންނެވެ. އަޒާން ފިހާރައިން ކެނޑިގެން ވަނީ މޮޑެލިންގ ގެ ދާއިރާއިން ކުރިއަށް ދާން ނިންމައިގެނެވެ. އެގޮތުން މޮޑެލިންގ އެއްގެ ގައިގައި ހުންނަންޖެހޭ ހުރިހާ ސިފައެއް އަޒާންގެ ގައިގައި ހުރުމުން ފޮޓޯ ޝޫޓަރެއް އަޒާން އަށް ވަނީ އޮފާއެއް ދީފައެވެ. އެގޮތުން އައުޓްޑޯ ދޮޓޯޝޫޓަކަށް ދިއުމާއި އިންޑޯ ދޮޓޯޝޫޓަކަށް ދާން ވަނީ މިމަހުގެ 23 ވަނަ ދުވަހަށް ދައުވަތު ދީފައެވެ. ވަކި ކަމެއް ނެތުމުން ސޯފާއަށް ވެއްޓިގަނެ ފޯނުން ޕަބްޖީ ހުޅުވާލިއެވެ. އަދި ގޭމު ކުޅެން ފެށިއެވެ. ފައިހާ އައިސް ގޮވުމުންވެސް އަޒާން އަށް މީހަކު އެއްޗެކޭ ކިޔާހެންވެސް ހީނުވެއެވެ. އެއަށް ވުރެ ބޮޑަށް އޭގެ އަވައިގައި އަޒާން އޮތީ ޖެހިފައެވެ. އެންމެ ފޯރި އެރި ހިސާބުން އަޒާންގެ ފޯނަށް ހަސީނާ ގުޅިއެވެ. ފޯނު ނެގުމުގެ ބަދަލުގައި ކަންޑާލީ ގޭމަށް އަވަލަވާފައި ހުރިލެއް ބޮޑުކަމުންނެވެ. އިރުކޮޅަކުން ފައިހާ ހަޅޭލަވަމުން އައި އަޑު އަޒާން އަށް އިވިގެން އެދިމާއަށް ބަލާލިއެވެ. އަތުގައި ފިހިގަނޑު އޮތެވެ. މޫނު ހުރީ ފުއްޓަރެއްހެން ހަދައިގެންނެވެ.

"ކުޑަ ދޮން އަތު ފޯނު އޮންނަނީ ހަމައެކަނި ގޭމު ކުޅެންތައް؟ ކިހާ ވަރަކަށް ހަސީނާއްތަ ގުޅައިފި. އޭން. ހަމަ ގުޅާއިރަށް ތިޔަ ކަނޑާލަނީ." އަޒާންއަށް ކުށްވެރިއެއް ފަދައިން އިސްޖަހާލެވުނެވެ. މީގެ ކުރިން ދުވަހަކުވެސްފައިހާ ރުޅިއައިސް ހުއްޓާ އަޒާން އަކަށް ނުފެނެއެވެ. އަޒާން އެއްޗެކޭ ބުނަން ވާއިރަށް ފިހިގަނޑު ބިންމައްޗަށް ވައްޓާލައިފައި ފައިހާ ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ. ގޭމް ނިއްވާލައިފާއި އަޒާން ހަސީނާއަށް ގުޅާލިއެވެ. "ދައްތަ ކަމަކު ތަ ގުޅީ އަޅުގަނޑަށް" އަޒާން ވާހަކަ ދެއްކީ ރީތި ބަހުންނެވެ. "އާން ދައްތައަށް ކަމެއް ކޮށްދީބަލަ. ދައްތަމެން ގެއަށް ގޮސް މާޝާ ގާތު ބުނެބަ ފޯނު ނަގާށޭ. ދައްތާ މިއުޅެނީ ކުމުންދޫގަ. މުހައްމަދު ބެއާއި އެކު." އަޒާން އެންމެ ރަނގަޅު ކަމުގައި ބުނެ ފޯނު ބޭއްވިއެވެ. ކޮޓަރިއަށް ވަދެ ގަމީހެއް ލައިގެން މާޝާގެ ގެއަށް ހ.ލައިޓް ހައުސްއަށް ދާން ސައިކަލު ދުއްވާލިއެވެ.

"މާޝް. ކިހިނެއް ވީ؟ ތަނެއްގަ ޖެހުނީތަ؟ ވަރަ ބަނޑުގަ ރިއްސަނީތަ؟ ކީއްވެތަ ތިރޮނީ؟ ވީގޮތެއް ބުނެދީބަ މާޝް އަހަރެން އެބަ ހާސް ވެއޭ މިހާރު." މިޝަލް ސުވާލު ތަކެއް ބަންޑުން ކޮށްލިއެވެ. ގޭތެރެއަށް ވަދެގެން އައި އަޒާން އަށް މާޝާގެ ގިސްލުމުގެ އަޑު އިވުމުން ދުއްވައިގަނެވުނެވެ. ކޮޓަރި ދޮރުމައްޗަށް އެރުނު އިރު މާޝާ އޮތީ ތަޅުންގަނޑު މަތީގައެވެ. އެއް އަތުން ބަނޑު މަތީގައި އަތް އަޅައިގެން އަނެއް އަތުން މިޝަލް ގެ އަތުގައި ހިފައިގެންނެވެ. އަޒާން ބަލާކަށް ނުހުރެ އެންބިއުލާންސް އަށް ގުޅާލިއެވެ. ފަސް ވަރަކަށް މިނެޓު ތެރޭގައި އެންބިއުލާންސް ހ.ލައިޓް ހައުސް ކައިރިއަށް އައެވެ. މިޝަލްގެ އަތް ދަނޑި މައްޗަށް ލައިގެން މާޝާ ނެރެ އެންބިއުލާންސް އަށް ލުމުން މާޝާ އާއި އެކު އެންބިއުލާންސް ގައި ދިއުމަށް އެދި ސައިކަލު ގައި އަޒާން ހޮސްޕިޓަލަށް ދިޔައެވެ. އެންބިއުލާންސް އަށް ވުރެ ކުރިން ދެވުމުން އަވަހަށް ގުޅާލީ އިޒާން އަށެވެ. ނަމަވެސް ފޯނު ނުނެގުމުން ނަތާޝާ އަށް ގުޅާ މާޝާ އިރުކޮޅެއްގެ ތެރޭގައި ހޮސްޕިޓަލައް ގެނެވޭނެ ވާހަކަ ބުންޔެވެ. އަދި މާޝާގެ އަމަލު ހުރި ގޮތުން އެއީ ލޭބާ ޕެއިން ކަމެއް އަޒާން އަކަށް ނޭނގެއެވެ. ނަތާޝާ ނަރުސް ބަޔަށް ހާއްސަ ކުރެވިފައިވާ ޓެލެފޯންއިން އަންހެނުންގެ ހާއްސަ ޑޮކްޓަރ އަށް ގުޅާލިއެވެ. އެކޮޅުން ވާހަކަ ދެއްކީ ޑޮކްޓަރ އިޒާން ކަމުގައި އެކޮޅުން ޖަވާބުދިނެވެ. ނަތާޝާގެ ވާހަކަތަށް އަޑުއަހާފައި އިޒާން އެދުނީ އަވަހަށް ލޭބަރ ރޫމް ރެޑީ ކުރުމަށެވެ.

މާޝާ ބަނޑުގައި ރިއްސާނީ ކީއްވެތޯ އިޒާން ބަލާލިއެވެ. ބެލި ބެލުމުން އެއީ ލޭބަރ ޕެއިން ނޫން ކަމަށެވެ. ޑޮކްޓަރު ލަފާދިނީ ސިޒޭރިއަންއަކަށް ދާށެވެ. މާޝާ ބާއްވާފައި އޮތީ ވިއްސާކޮޓަރީގައި ކަމުން އެތަނުގައި މަޑުކުރެވެނީ އެންމެ މީހަކަށެވެ. މާޝާގެ އެދުމުގެ މަތީން މާޝާ ކައިރީ މަޑުކުރީ މިޝަލް އެވެ. "މާޝް! ހިތްވަރު ކުރައްޗޭ! ބޭބީ އެކަންޏެއްނޫން މާޝް ވެސް ފުރިހަމަ ސިއްހަތެއްގަ އަހަރެން ބޭނުން" މާޝާ އޮތް އެނދު ނެރެން ފެށުމާއިއެކު މިޝަލް މާޝާގެ އަތުގައި ހިފާލާފައި ބުނެލި އެންމެ ފަހު ޖުމްލައަކީއެއީއެވެ. އޮޕަރޭޝަން ތިއޭޓަރަށް ވައްދާ އައްސިކުރުމަށްފަހު އިރުކޮޅެއް ފަހުން ދެން އިވުނީ ކުޑަކުޑަ ކުއްޖެއް ރޯލިއަޑެއެވެ. އޭރުގަޑިން ހަވީރު ހަތަރެއް ޖެހީއެވެ. ދުނިޔޭގެ ހުރިހާކަމެއްގެމަތިން މާޝާ ހަނދާން ނެތުނުކަނަލައެވެ.
"މަރުހަބާ. އަންހެން ކުއްޖެއް" އެ ލޯބި ލޯބި ތުއްތު ދަރިފުޅު ނެގި ގޮތަށް ކުޑަވަގުތުކޮޅަކަށް މާޝާގެ މޭމަތީގައި ބާއްވާލިއެވެ. އެވަގުތު އެ ކުރެވުނު އެހިސާސްއަކީ މަޔަކަށް އެކަނި ކުރެވޭނޭ އިހްސާސްއެކެވެ. އެއީ ގަލަމަކުން ބަޔާންކުރެވޭފަދަ އިހްސާސެއް ނޫންކަން ޔަގީނެވެ.

ސިޒޭރިއަންގެ ކަންކަން ނިމި އިރުކޮޅެއްފަހުން ގާތުން ދިނުމަށް ދަރިފުޅު ގެނެސްބާއްވާލިއެވެ. މާޝާއަށް ދަރިފުޅު ރީއްޗަށް ފެނުނު ވަގުތަކީ އެއީއެވެ. ކުޑަކަމުން ސިފަކިއަން ނޭގުނަސް މިޝަލް ކުޑައިރުގެ ފޮޓާއަކާއި ވަރަށް ވައްތަރެވެ. ނަމަވެސް އިސްތަށިގަނޑު އެއީ ސީދާ އަހަރެންގެ ކިބައިން ވާރުތަ ވެފައިކަން އެނގެއެވެ. އެހާ ފަންވެފައި ދިގެވެ. ބޭބީގެ ހާލުވެސް ރަނގަޅުވުމާއި އެކު މާޝާ ދެން ބަދަލުކުރީ ރޫމަށްށެވެ. އެ ކޮޓަރިވެސް ހުރީ މަލުން ޒީނަތްތެރިކޮށްލާފައެވެ. ފާރުގައި " ވެލްކަމް ޓު މަދާ ހުޑް" ޖަހާފައި އިން ބެނާއެއް ހަރުކޮށްފައިއިނެވެ. ކޮޓަރިއަށް ގެނެސް ހަމަޖެހުމާއިއެކު އެންމެން އައިސް އ ތުއްތު ތުއްތު ދަރިފުޅު އުރާ އެކި މީހުންނާއި ވައްތަރު ކުރަން ފެށިއެވެ. އެންމެންވެސް އެއްބަސްވާ ކަމަކީ މިޝަލް އާއި ވައްތަރު ގޮތެއް ހުންނަ ކަމެވެ. ނަމަވެސް އަޒާން ބުނަނީ ދަރިފުޅު ވައްތަރީ މާޝާ އާއި ކަމެވެ.

މާޝާ ހޮސްޕިޓަލުން ދޫކޮށްލީ 5 ދުވަސް ފަހުންނެވެ. ލޭ މަދުވެގެން ލޭއަޅަން ޖެހުމާއިއެކު އިތުރު ދުވަސްތަކަކަށް ބޭއްވީއެވެ. މިޝަލް އަށް ހޮސްޕިޓަލުގައި ނީއްދެވޭ ވަގުތު އަޒާން އައިސް މާޝާގެ ގާތުގައި އިނދެއެވެ. ގިނަ ވަގުތު ހުންނަން ޖެހުމުން ޝަކުވާއެއް ވެސް ނުކުރެއެވެ. އެއަށް ވުރެ މާޝާއެކު ވަގުތު ހޭދަކުރަން ލިބޭ ވަގުތު ކޮޅުވެސް އަޒާންއަށް އޮންނަނީ މަދުވެފައެވެ. ގެއަށް ބަދަލު ކުރެވުމާއި އެކު އެންމެން ވެސް ބެލީ ބޭބީއަށް ކިޔާނެ ރީތި ނަމެއް ފެނޭތޯއެވެ. ފައިހާ އެންމެ ފަހަރަކުވެސް މާޝާ ހޮސްޕިޓަލުގައި އޮއްވައި ނާންނާކަން އެނގުމުން ދެރަވިއެވެ. ނަމަވެސް ޝަކުވާއެއް ނުކުރެއެވެ. ފައިހާ އޭނަ ދެކެ ނަފްރަތު ކުރަނީ ކީއްވެބާއެވެ. މިހާރު ގުޅިއަސް ފައިހާ ފޯނުވެސް ނުނަގައެވެ. އެންމެން ވެސް ތަފާތު ނަންތައް ހޯދާ މާޝާ ގާތު ބުންޔެވެ. މިޝަލް އަށާއި އަޒާން އަށް ނަން ބުނެވުނީ އެކީގައެވެ. "އައިޝަތު ހާނިޔާ މިޝަލް އާދަމް". "އައި ލަވް އިޓް މި މަންމިގެ ލޯބި ނިޔާ" މާޝާ އެ ތުއްތު ދަރިފުޅުގެ ކޮލަށް ބޮސް ދިނެވެ. އަދި ތެދުވަން އުޅުމުގެ ތެރޭގައި އަރި އަޅާލިއެވެ.

- ނުނިމޭ -

    Please log in or register to bookmark.
    4k

    3 ޚިޔާލު

    ޚިޔާލު

    Your email address will not be published. Required fields are marked *