kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.comSupertotobetSahabetTarafbetMatadorbetTipobet365Deneme BonusuBetvoleMariobethack forumxumabetgiris.com

އުންޑަ

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

ނޯޓް: މިވާހަކަ ބިނާވެފައިވަނީ 1900ގެ އަހަރުތަކުގެ ތެރޭގައި ކަމުން މި ވާހަކައިގައި ބޭނުންކޮށްފައިވާ ބައެއް ތަންތަނުގެ ނަންތައް ނޭނގުމަކީ އެކަށީގެންވާ ކަމެކެވެ. މިކަމަށް ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މައާފަށް އެދެމެވެ.

ދުވަހަކީ އާދައިގެ މަތިން މަސައްކަތުގެ ބުރަކަން މަތީ އަހަރެން އުޅެން ޖެހުނު ދުވަހެކެވެ. އޭރު އަހަންނަކީ ޓީވީ މޯލްޑިވްސްގައި ސީނިޔަރ ޕްރޮޑިއުސަރަކަށް އުޅުނު ޒުވާން ފުރައިގެ މީހެކެވެ. މީހުން ހެއްވާލުމަށް ލިބިފައިވާ އާދަޔާ ޚިލާފު ހުނަރު ބޭނުންކޮށްގެން އޭރު ރައްޓެހިން ކޮޅަކާއި އެކު ޓީވީއަށް ޑްރާމާ ކުޅެ ދުރަށް ދައްކަމެވެ. މިއަދުވެސް މަސައްކަތުގެ ރަސްމީ ގަޑި ނިންމާލާފައި އުޅުނީ ކެމެރާއެއް ހިފައިގެން މަޖާ ޑްރާމާއެއްގެ ޝޫޓިންގްގައެވެ. އާ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ ހުވާކުރާތީ އެކަމަށްޓަކައި ސަރުކާރުން އެދިގެން ހަދާ އެޕިސޯޑަކަށެވެ.

ޝޫޓިންގެ ބުރަކަންމަތީ އުޅުމަށްފަހު ދަންވަރުވުމުން އެ ދުވަހަށް ޝޫޓިންގް ނިންމާލައިފީމެވެ. އެއީ ބުރާސްފައްޗެއްގެ ދަންވަރުގެ ވަގުތެވެ. ރޭގަނޑުގެ އަމާންކަން މަތީ މުޅި މާލެ އޮތީ ނިދާފައެވެ. މީހެއްގެ ހިލަމެއް އަމުދުން ނެތެވެ. ދޭތެރެއަކުން ރަފީގެއް ހެލިލާ، ބުޅަލެއް ގޮވާލާ އަޑު އިވުނަސް މަގުތައްމަތި އޮތީ އެއްކޮށް ސަރާސަރުވެ، އަޑުމަޑުވެފައެވެ.

އެރޭގެ ޝޫޓިންގް ނިންމާލުމަށްފަހު އާދައިގެ މަތިން ކެމެރާމަން އަތުން ނެގުނު ވީޑިޔޯތައް އަތުލުމަށްފަހު މިސްރާބު ޖެހީ ޓީވީއެމްއަށް ޝޫޓްކުރި ވީޑިޔޯ ރޯލްތައް ހަވާލުކުރާށެވެ. ދިޔަ މަގުމަތީގައިވެސް މަގުމަތިން މީހެއްގެ ހިލަމެއް ނުވެއެވެ. ދޭތެރެއަކުން މާލެތެރެ ބަލަހައްޓަން މުގުރު ޕެޓްރޯލްގައި އުޅޭ ސިފައިންގެ ބޭކަލުން އަހަރެން ހުއްޓުވާ ދަނީކޮންތާކަށްތޯ ސުވާލުކޮށްލައެވެ. އެންމެންނަށްވެސް އަހަރެންނަކީ ކާކުކަން އިނގޭތީ އާންމުކޮށް އަހަރެން ބޭރުގައި އުޅުނަސް މާގިނަ ސުވާލެއް ނުކުރާނެއެވެ.

އެއީ ދަންވަރުގެ ވަގުތުކަމުން ޓީވީއެމްއަށް ވަންއިރު އެތަނުގައިވެސް މާ ގިނަ ބަޔަކު ނެތެވެ. މުހިންމު މަސައްކަތެއް ކޮށްލަން ތިބި ދެތިން ބަޔަކު ފިޔަވައެވެ. ޓީވިއަށް ވަދެ އަހަރެންގެ އަތުގައިހުރި ވީޑިޔޯ ރޯލްތައް އެތަނުގެ ޓެކްނީޝަނަކާއި ހަވާލުކޮށްލައިފިއެވެ. ޓިވީ ތެރޭ ކުޑަކޮށް އަނގަތަޅާލާ ސައިތައްޓެއް ބޯލަން އިނދެލަން ހިތް ބޭނުންވިޔައެވެ. ނަމަވެސް ގައިގައި ވަރެއް ނެތުމުން ސިކުނޑި ބޭނުންވީ ގޮސް އެނދުމަތީ އޮވެ ނިދާލާށެވެ. މާދަމާ އަކީ އަނެއްކާވެސް ބުރަ ދުވަހެއްކަމުން އަވަހަށް ހޭލަން ޖެހޭނެތީއެވެ.

ލަސް ހިނގުމެއްގައި އަހަރެން މަގުމަތިން ހިނގާފައި ދިޔައިމެވެ. ހިތަށް އެރީމެވެ. ސަހަރޯއެވެ. މާލޭގެ މި މަގުތަށް ހާދަހާވާ އަމާނެވެ. މިހާ އަމާން ގައުމެއް ދުނިޔޭގެ އެހެންތާކު ވަކި އޮންނާނެއެކޭ މަގޭ ހިތެއް ނުބުނެއެވެ. އަހަރެން އޭރު އުޅުނުގެ ހުންނަނީ މާވެޔޮ މަގުގައި ކަމުން ގެއަށް ފޯރީ ގާތްގަނޑަކަށް 25 ވަރަކަށް މިނެޓުންނެވެ. ގެއަށް ވަދެލި އިރު ގޭތެރެއިން އަޑެއް ބަޑެއް ނީވެޔެވެ. ދޮރު ހުޅުވާލިއިރު އަނބިގޮއްޔެ އޮތީ ނިދިފައެވެ. މިއަދުވެސް އެނިދީ އެހެން ދުވަސްތަކޭ އެއްފަދައިން އަހަންނަށް އިންތިޒާރުކުރަން އޮވެފައިކަން ޔަގީނެވެ. އަހަރެން އަވަހަށް އެއްޗެހި ބަދަލުކޮށްލާ މީހާ ހަމަޖެހިލިއިރު ގަޑިން 3.30 ވެއްޖެއެވެ. ލަސްނުވެ އަހަރެންގެ މުޅި ހަށިގަނޑު އަހަރެންގެ އެނދުގައި ހައްޔަރުވެއްޖެއެވެ. ލޯމައްޗަށް ނިދީގެ އަސަރުތައް އަންނަން ފަށައިފިއެވެ.

މިގޮތަށް ފުން ނިންޖަކަށް ޣަރަގުވާން އޮއްވާ ނިދިގަނޑު ޚަރާބުކޮށްލީ ބޭރުން އިވުނު ބާރުގަދަ އަޑުފައްގަނޑެކެވެ. އެ އަޑުފައްގަނޑު ބާރެވެ. ދޭތެރެއިން މެދުކެނޑި އަނެއްކާވެސް އަޑު އިވެއެވެ. އަހަރެން ހީކުރީ އެއީ ސިފައިން ނޮވެމްބަރު 11 ވަނަ ދުވަހު ރައީސް ހުވާކުރާތީ އެކަމަށް ޕްރެކްޓިސް ކުރަނީ ކަމަށެވެ. އަހަރެންގެ ހިތަށް އެރިއެވެ. މިއޮއްފަދަ ގަޑީގައި ކޮން ބަޑިއެއް ޖަހާކަށް ހެއްޔެވެ؟ ނޮވެމްބަރު 11 އަށް ޕްރެކްޓިސް ކުރިއަސް މިއީ ބޮޑުވަރެވެ. ބޭރުން، އަވަށްޓެރިންވެސް އެހެން ގޮވާލި އަޑު އިވުނެވެ. ނަމަވެސް މި ބަޑީގެ އަޑުފައްގަނޑަކީ ކިހާ ބޮޑު ބިރެއްގެ ނިޝާންކަން އޭރު އަހަރެންގެ ޅަ ސިކުނޑިއަށް ފަހުމެއްނުވިއެވެ.

މެދުނުކެނޑި މި އަޑު އިވެން ފެށުމުން އަހަރެން ނިންމީ މަގުމައްޗަށް ނިކުމެ ވެގެން އުޅޭ ގޮތެއް ބަލާލާށެވެ. އެހެންކަމުން އަވަހަށް އެއްޗެހި ބަދަލުކޮށްލާ، އަހަރެންގެ ގޭކައިރީގައި އުޅޭ އެކުވެރިއެއް ކަމަށްވާ އިސްމާއިލް (އިއްސޭ) އާއި އެއްކޮށް ވާނުވާ ބަލަން މަގުމައްޗަށް ނިކުތީމެވެ. މަގަށް ނިކުމެ މާވެޔޮ މަގުން އުތުރަށް ހިނގައިގަތީ މަޖީދީ މަގާއިވީ ފަރާތަށް ނިކުންނާށެވެ. ގާތްގަނޑަކަށް، މިހާރު ދިލްބަހާރު މަގު ހުންނަ ހިސާބަށެވެ.

މަޖީދީ މަގަށް ނިކުތްއިރު ފެނުނު މަންޒަރަކުން މުޅި މަގު އޮތީ އަމާންވެފައެވެ. އޭރު އެސަރަހައްދުގައި ވަރަށް އިސްކޮޅުން ބިޔަކޮށް ވަރުގަދަކޮށް ހުރި މީހަކު ހުއްޓެވެ. ބަލާބެލުމަށް ބޭރު މީހެކެވެ. އެއްލި ކަޅިއަކުން އަހަރުމެން ދެމީހުންނަށް މިމީހާ ފެނުނަސް މާބޮޑު ސަމާލުކަމެއް ނުދެމެވެ. ކުރިއަށް ހިނގައިގަންނަން އުޅެނިކޮށް އެމީހާ ވަރަށް ބާރަށް "ގެޓް އައުޓް" އޭ ކިޔާ ހަޅޭ ލަވައިގަތެވެ. ބިދޭސީއެއްކަމުން އަހަރުމެން މި މީހާއަށް މާބޮޑު ސަމާލުކަމެއް ނުދީ ކުރިއަށް ހިނގައިގަންނަން މަސައްކަތް ކުރީމެވެ. ނަމަވެސް އެމީހާ ކުއްލިއަކަށް ބަޑިއެއް ދައްކާ، ހަވައަށް ދިމާކޮށް ބަޑި ޖެހިއެވެ. އަހަރުމެންނަށް ލިބުނީ ކުއްލި ސިހުމަކާއި ބިރެކެވެ. ވާނީވެސް އެހެންތާއެވެ. މާލެތެރޭގައި ބިދޭސީއަކު ބަޑިއެއް ހިފައިގެން އަލަށް އުޅެންޏާ ބިރުކުޑަ އަލީވެސް ގަޔަށް ހީސްލެވޭނެތާއެވެ.
ބަޑި ހަވައަށް ޖެހުމާއެކު އިއްސެއާއި އަހަންނަށް ހުރެވުނީ ހަމަބިމުގަތޯވެސް ބަލާނުލެވުނެވެ. ފުރާނަ އަތްމައްޗަށް ލައިގެން، ގައިގައި ހުރި ބާރަކާއި އެކު ދުއްވައިގަތެވެ. އިއްސޭ ގަތް ބިރުން އަހަރެން މަތިން ހަނދާން ނައްތާލާފައި މާބާރަށް ދުއްވައިގަތެވެ. އަހަރެންވެސް ބަލަން ނުހުރެ އިއްސެއާއި އެއްވަރަށް ދުއްވައިގަންނަން އުޅުނެވެ. ނަމަވެސް އަހަރެންގެ ކުރު ދެފައި އެތާ މަގުމަތީގައި ހުރި ކޮންކްރީޓް މެޝިނެއްގައި އަޅައިގަނެފައި އަހަރެން އަނގަވަތަށް ވެއްޓުނީއެވެ.

ވެއްޓުމުން ހަށި ފޮޅާލައި ތެދުވެ އަނެއްކާވެސް ބާރަށް ދުއްވައިގަތީމެވެ. ދުވި ބާރުމިނުގައި ގޮސް ވަނީ ގެއަށެވެ. ފެނުނު މަންޒަރުގެ ބިރުވެރިކަމާއި ނާމާންކަމުންނެވެ. ގެއަށް ވަދެ ހަމަޖެހިލުމަށްފަހު އަހަރެން އަނެއްކާވެސް އިއްސެއާއި އެކު ބޭރަށް ނިކުތީމެވެ. މިބިދޭސީ މީހާ މާލެތެރޭ މިކުރަނީ ކީއްތޯ ބެލުމަށާއި އެކަން ކަމާބެހޭ ފަރާތަށް އެންގުމަށެވެ.

އޭރު މާލޭގެ މަގުތަކަށް އިރުގެ އަލި މަޑުމަޑުން ފޭދެމުންދެއެވެ. އާއްމުކޮށް އެއީ ހާލުގެ ގޮވުމުގެ އަޑުން މަގުތައް ގުގުމާލާ ވަގުތު ކަމުގައި ވިޔަސް މިއަދު ހާލެއްގެ އަޑެއްވެސް ނީވޭ ފަދައެވެ. އިވެނީ ބަޑީގެ އަޑެވެ. ފެންނަނީ ހާސްކަންމަތީ ހެލިފެލިވެ އުޅޭ އަންހެންވެރިންނެވެ. ދަރިންނާއި އަނބިންނާއި ގޯތިގެދޮރު ރައްކާ ކުރަން ތިބި ފިރިހެންވެރިންނެވެ. ނަމަވެސް މިއިން ފަރާތަކަށް ވަނީ ކިހިނެއް ކަމެއް މާ ބޮޑަކަށް ނޭނގެއެވެ. އިވިފައި އޮތީ ބޭރުން ބަޔަކު އަރައި މާލެއަށް ހަމަލާ ދޭކަމެވެ. ސިފައިންނާއި އާއްމުން ގަތުލުވަމުންދާ ކަމެވެ.

ގެއިން ނިކުމެ އަހަންނާއި އިއްސެ ހިނގަމުން ގޮސް ކިނބިގަސްދޮށުގެ ގޯޅިއާއި ހަމައަށް ފޯރިއެވެ. އެހިސާބަށް އަރާ ފޯރި އިރު މީހަކު ފިލާގަނޑެއް މައްޗަށް ލައިގެން ގެންދާތަން ފެނެއެވެ. ބަލާބެލުމަށް އެމީހާގެ ގައިގައި ފުރާނައެއް ނެތެވެ. ފިލާގެ ދަށުން މަޑުމަޑުން ބިމަށް ލޭތިކި އޮހޮރެމުން ދިޔައެވެ.

މަންޒަރު ފެނުމުން އަހަރެންގެ ހިތަށް ގޮތްނޭނގޭ އިހުސާސްތަކެއް ކުރުވައިފިއެވެ. ކުއްލި ބިރުވެރިކަމާއި ސިހުމުގެ އިހުސާސްތައް މުޅި ހަށިގަނޑުގައި ދައުރުވާން ފަށައިފިއެވެ. މާލެ ތެރޭގެ ހާލަތު މުޅިން ގޯސް ވެއްޖެކަމުގެ އިހުސާސް ކުރެވެން ފަށައިފިއެވެ. އަނބިދަރިންނާއި އާއިލާއާ މެދު ފިކުރު ކުރެވެން ފަށައިފިއެވެ. ފޮރުވިފައި އޮތް ގައުމީ ރޫހުގެ ލޭތައް މުޅި ހަށިގަނޑުގައި ހޫނު މިނުގައި ދައުރުވެ ކެކެން ފަށައިފިއެވެ.

މަރުވެގެން އުޅެނީ ކާކުތޯ ހިސާބުގަނޑު މީހުން ކައިރިން އަހާލިއިރު އަހަންނަށް ރަނގަޅަށް މައުލޫމާތު ލިބިއްޖެއެވެ. މަރުވީ ޑިފެންސް މިނިސްޓްރީގެ ނައިބު އިލްޔާސް އިބްރާހިމްގެ ގާޑު ކުޑަނެވި ތުއްތު މަނިކެވެ. (މަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ.)

ބަލާކަށްނުހުރެ އަހަރެން ގޮސްވަނީ ކިނބިގަސްދޮށުގެއަށެވެ. އެއީ އިލްޔާސް އިބްރާހިމްގެ ގެކޮޅެވެ. އަހަންނަކީ އާންމުކޮށް އެކި ކަންކަމުގައި ދޭތެރެއަކުން އެގެއަށް އައިސް އުޅޭ މީހެއްކަމުން އޭގޭގެ ދޮރު އަބަދުވެސް ހުންނާނީ އަހަންނަށް ހުޅުވިފައެވެ. އެ ގެއަށް ވަދެ ވެގެން އުޅޭ ގޮތުގެ ފުރިހަމަ މައުލޫމާތު އެގޭގެ ތެރޭގައި ތިބި މީހުން ކައިރިން ހޯދުމަށް އަހަރެން އަނގަ ގަދަ ވެލައި، ސުވާލު ކުރިމަތި ކުރުވަން ފެށިއެވެ. މިގޮތަށް އަހަރެން އެގޭގައި ހުއްޓާ އެގެއަށް ވަނީ އަހަންނާއި މާ ބީރައްޓެހި ނޫން މޫނެކެވެ. އަހަރެންނާއި ރަހުމަތްތެރީން މުޚާތަބުކުރާ ނަމުންނަމަ ބަފާ ވަލީދެވެ.

" ޔޫސޭ ކަލޭ އިހަކަށް ބޭރުގައި މަޑުކޮށްލާ މީހަކު އާދޭތޯ ބަލަން. މިތާ އެތެރޭގައި މިވަގުތު ހުރުމަށްވުރެ ޔޫސޭ ބޭރުގައި ހުރުން މުހިންމު."

އަހަންނާއި ދިމާލަށް ބަފާ ވަލީދު ބުނެލިއެވެ.

ބަފާ ވަލީދު މިހެން ބުނުމުން އަހަރެން ވަގުތުން ކިނބިގަސްދޮށުގޭ ދޮރާށި މައްޗަށް ނިކުތީމެވެ. ހަމައެކަނި ބަފާ ވަލީދު ބުނި ބަހަށް ކިޔަމަން ގަތުމަށް ނޫނެވެ. ގައުމު އެދި ގޮވާލާއިރު އަހަރެންގެ ޒުވާން ލެއިން އެގައުމު ދިފާއު ކުރަން ހިތު ތެރޭގައި އަޒުމް ކަނޑައަޅައިގެންނެވެ.

އަހަރެން ފާރައަށް ބޭރުގައި ހުއްޓާ، ކިނބިގަސްދޮށުގެއިން ބަފާ ވަލިދު ބޭރަށް ނިކުމެ ވެގެން އުޅޭ ގޮތް އަހަންނަށް ކިޔައިދިނެވެ. ބޭރުގެ ބަޔަކު މާލެ އަރައި ދިވެހިންނާއި ގުޅިގެން ތަންތަނަށް ހަމަލާދީ މީހުން މަރަމުންދާ ކަމާއި މާލޭގެ ހާލަތު އަމާން ނޫން ކަމަށް އަހަރެންގެ ގާތު ބަފާ ވަލީދު ބުންޏެވެ.

އެވަގުތު އަހަންނަށް ހުރިހާ ކަމަކަށްވުރެ މުހިންމުވީ ދިވެހި ރައްޔިތުންނާއި އެމީހުންގެ ފުރާނައެވެ. ދިވެހި ގައުމާއި އިސްލާމީ ވަހުދަތެވެ. އަހަރެން ހިތުލީމެވެ. އަހަރެންގެ ފުރާނަ ދިޔަސް ހެޔޮއެވެ. މި ގައުމުން އެންމެ ކައިވަތެއްވެސް ބޭރުގެ ބަޔަކަށް ދެވޭނީ އަހަރެން ކޮށާ ކުދިކޮށްލުމަށްފަހުގައެވެ. ދިވެހިން މިގޮތަށް ތިއްބާ މި ބިމުގެ އިސްތިޤުލާލެއް ނުފޮހެވޭނެކަން ކަށަވަރެވެ.

މިފަދަ ގައުމީ ޚިޔާލުތައް އަހަރެންގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ މީހަކު ހަޅޭއް ލަވައިގަތް އަޑަށެވެ. ސިހުމުގައި ހުރެ އަހަންނަށް މަގުމައްޗަށް ނަޒަރު ހިންގާލިއެވެ.

އަހަރެންގެ ލޮލުގައި އަޅައިގަތީ މެދު އުމުރުގެ ފަހުކޮޅު ގުނަމުންދާ މީހެކެވެ. މުންޑު އަރުވާ ޖަހާ އޭނާގެ ބިޔަ ފައި ހާމައަށް ދައްކަމުން ދިޔައިރު، ގަމީހުގެ ގޮށްތައް އޮތީ ނައްޓާލާ، މޭމަތި ހާމަކޮށްލާފައެވެ. އެމީހެއްގެ އަތުގައި ދެވަޅި އޮތް އިރު ބާރަށް ސިންހަޅަ ބަހުން ގޮވެލިފަތިތަކެއް ގޮވަމުންދިޔައެވެ. މި މީހާގެ މޫނުމަތިން ފެންނަމުންދިޔައީ ރުޅިވެރިކަމެވެ. ގައުމީ ލެއިން މުޅި މީހާ ކެކެމުންދިޔައިރު މީހާގެ ހަރަކާތްތައް ނިކަން އަވަހެވެ.

"ބައްލަވާ ކޮލި އަހަންމައިދީ ހާދަ ވަރެކޭ. ކިހިނެއްތޯ ވީ؟"

ޖޯޝުގައި ހުރެ އަހަންނަށް އަހާލެވުނެވެ. ޖަވާބުގައި ކޮލި އަހަންމައިދީ ބުނި ބަސްތަކުން މުޅި ލޭ ގައުމީ ރޫހުން ކެކިގެން ދިޔައެވެ. އަހަންމައިދީ ވިދާޅުވި ގޮތުގައި އޭނާ ނިކުމެ އެހުރީ ހަމައެކަނި އަނބިދަރިންނާއި ގެދޮރުގެ ހިމާޔަތުގައި ނޫންކަމަށެވެ. މުޅި ދިވެހި ގައުމާއި ވަތަނުގެ އިސްލާމްދީނުގެ ދިފާއުގައި އެންމެ ފަހު ވިންދާ ޖެހެންދެން މަސައްކަތް ކުރުމުގެ ނިޔަތުގައި ކަމަށެވެ.

އެޖޯޝުގައި ހުރެ އަހަންންނާއި އެހެން ބަޔަކު އަނެއްކާވެސް މާލޭގެ ހާލަތު ދެނެގަތުމަށް މަގުމައްޗަށް ނިކުތެވެ. އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެންނެވެ. ކޮންމެ ވަގުތެއްގައިވެސް މެޔަށް އުންޑައެއް އަރާ، ބިމަށް ލޭ އޮހޮރިގެން ދާނެކަން ހަނދުމަކޮށްގެންނެވެ. އަހަންނާއި އަހަރެންގެ "ސިފައިން" ހިނގަމުން ގޮސް އިމާދު އޭޖެންސީގެ އޮފީސް ހުންނަ ސަރަހައްދާއި އަރައި ހަމަވިއިރު ފަޓްލޫން ސޯޓުބުރިއެއްގައި ހުރި މީހަކު ފެނިއްޖެއެވެ. އޭރު މާލެ އަރައިގެން އުޅުނު ހަނގުރާމަވެރިންވެސް ތިބީ މިގޮތަށް ކަމުން އަހަރެމެން ހީކުރީ އެއީ އެފަދަ މީހެއްކަމަށެވެ. ނަމަވެސް އޭނާގެ އަތުގައި ހަތިޔާރެއް ނެތެވެ. އެންމެންނަށް އެއްބަސްވެވުނެވެ. މިގޮލާޔަށް ހޭއަރުވާލިއްޔާ ދެންތިބި މީހުންވެސް ލައްކަ ބިރެއް ގަންނާނެތާއެވެ. ވަގުތުން ދުވެފައި ގޮސް އެމީހާ ބިންމައްޗަށް ވައްޓާލާ ކުދިކުދި އަނިޔާ ކޮށްލެވުނެވެ. ހަނގުރާމަވެރިން ދެކެ އައިސްފައި ހުރި ރުޅިއެއްގެ ބޮޑުކަމުންނެވެ. ގައުމު ދެކެވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އެކަމަކު އެމީހާ ނުޖަހަން އާދޭސްކޮށް އޭނާއަކީ ކާކުކަން ކިޔައިދިނުމުން އަހަރެމެން އެމީހާ ދޫކޮށްލިއެވެ. އޭނާ ގާތުން ކާކުތޯ އެހިއިރު، އެއީ މާކުރިންސުރެ މާލޭގައި އުޅޭ މީހެކެވެ. ހަނގުރާމަވެރިއެއް ނޫނެވެ.

ފައިމަގުގައި މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި އުޅުން ރަނގަޅު ނުވާނެކަމަށް އަހަރެންގެ ކައިރީ އިއްސޭ ބުންޏެވެ. އެހެންކަމުން އަހަރެމެން ދެމީހުން އަނެއްކާވެސް ނައްޓާލީ އަހަރެންގެ ގެއާއި ދިމާލަށެވެ. ސައިކަލެއްގެ އެހީގައި މާލޭގެ އާންމު ހާލަތު ބަލާލަން އަވަސްވެފައި، ފަސޭހަ ވާނެތީއެވެ. ގެއަށް ގޮސް އޭރު މީހަކު އަހަންނަށް ހަދިޔާއެއްގެ ގޮތުގައި ދީފައި އޮތް ސައިކަލަކަށް އަރައި ނައްޓާލިއެވެ.

ސައިކަލު ދުއްވަމުން ގޮސް ފެންޓަސީ ސްޓޯރއާއި އަރައި ހަމަވިއިރު މީހަކު ވަރަށް ބާރަށް ހަޅޭއްލަވައި އަޑު އަހަންނަށް އިވިއްޖެއެވެ.
"ޔޫސޭ މި ދިމާލަށް ނާންނާއްޗޭ...."

ކުއްލި ސިހުމަކާއި އެކު އަހަންނަށް ސައިކަލުގެ ބުރަކީގައި ހިފައިލެވުނެވެ. ހިފާލި ބާރުމިނުގައި ހިރަފުހުން ފުރިފައިވާ މަގަށް އަހަންނާއި އިއްސެ އަރިއަޅައި ނުލީ ކިރިޔާއެވެ.

އޭރު އަހަރެންގެ ނަޒަރުގެ ކުރިމަތިން މީހެއްގެ ގަޔަށް ވަޒަނެއް އަރައިގެން މީހުން ކޮޅުކޮޅަށް ދުވާތަން ފެންނަމުންދެއެވެ. ރަނގަޅަށް ލޯ ހިންގާލިއިރު އެއީ އަހަންނާއި މާ ބީރައްޓެހި ނޫން މޫނެކެވެ. އަހަރެން ފަދަ ޒުވާނެކެވެ. މޮޅަށް ފުޓްބޯޅަ ކުޅޭ ހިތްވާ އެކަމަށް މަރުދޭ ގޯލްކީޕަރެކެވެ. ދަނޑުމަތިން އަބަދުވެސް އެކުވެރިކޮށް ފެންނަ އަމީޒެކެވެ. ފަތިހު ޕްރެކްޓިސް އަށް ދަނިކޮށް ހަނގުރާމަވެރިންގެ ބަޑީގެ އުންޑަތައް އޭނާގެ ހަށިގަނޑު ފޫއަޅުވާލީއެވެ. އެ ޒުވާން ލޭ މިބިމަށް އޮހޮރުވާލާ އެޒުވާނާ ކުރަމުންދިޔަ ހުރިހާ އުންމީދެއް ކަފުންކޮށްލީއެވެ.

މި މަންޒަރު ފެނުމުން އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަމީޒުފަދައިން އަހަރެންވެސް މިބިމަށް ޝަހީދުވެގެން ވެއްޓިދާނެއެވެ. ޒުވާން އުމުރުގެ އުއްމީދުތަކުގެ ހުޅުކޮޅު ނިވި، އަނބިދަރިން ޔަތީމު ވެދާނެއެވެ. ނަމަވެސް މައްސަލައެއްނެތެވެ. މިއަދު ގައުމު އަހަރެންގެ ހިދުމަތަށް އެދި އެބަ ގޮވެއެވެ. ގައުމު އެދި ގޮވާ ގޮވުމަށް އަހަރެން ފުރަގަސްދީފައި ގޭގައި ފިނޑިވެ ރަޖާލައިގެން ނޯންނާނަމެވެ.

އެމަގުން އަހަރެން އަނެއްކާވެސް ސައިކަލުގައި ހުރި ސީދަލަށް ނައްޓާލިއެވެ. މާފަންނު ގަޑިބުރާއި އަރައިހަމަވިއެވެ. އެތަނަށް މީހުން ތިބީ އެއްވެފައެވެ. މާލޭގެ އެހެން ކަންމަތިތައް ފަދައިންނެވެ. ވެގެން އުޅޭ ގޮތެއް، ކުރިއަށް ވެދާނެ ގޮތެއް އެއްވެސް މިންވަރަކަށް ނޭނގޭތީއެވެ. އެތަނުން ބަޔަކު އަހަންނާއި ވާހަކަދެއްކިއެވެ. އެމީހުން ބުނިގޮތުގައި މިހާރު މާލެ އަރައިގެން އުޅެނީ މައިޒާން އުމަރު ޗާޓަރކޮށް ގެނައި އޮމާން ބޯޓެއްގައި ތިބި ބައެއްކަމަށެވެ. އެމީހުންގެ ގައުމު އަދި ކަށަވަރުނުވާކަމަށްވެސް އެމީހުން ބުންޏެވެ.

ކަމަކު ދާކަށް ނެތެވެ. އެހުރިހާ ވާހަކައެއް އަހަން އަހަންނަށް މި އިނދެވުނީ މައިޒާން އުމަރު ހަދިޔާއެއްގެ ގޮތުގައި ދެއްވި ސައިކަލެއްގެ މަތީގައެވެ. އަހަރެން ހިތަށް އެރިއެވެ. މިއީ އުމަރު ދެއްވި ސައިކަލެއްކަން އިނގިއްޖެނަމަ، އެމީހުން މި ދައްކަނީ ތެދު ވާހަކައެއް ނަމަ މަގޭ ދުވަސްދާނެއެވެ. އަވަހަށް މި ސައިކަލުން ފައިބަންވީއެވެ. ދިޔަ ބާރުމިނުގައި އަހަރެން ގޮސް ސައިކަލު ގޭގެ ގިފިއްޔަށް ލައިފީމެވެ.

ސައިކަލު ގިފިއްޔަށް ލުމަށްފަހު އަހަންނާއި އިއްސޭ އަނެއްކާވެސް ބޭރަށް ނުކުމެލިއެވެ. ބޭރަށް ނިކުމެ އަނެއްކާވެސް މާލޭގެ ހާލަތު ބެލުމަށް ހިނގަން ފެށިއެވެ. އޭރުވެސް ދެމީހުން ތިބީ އަތްމައްޗަށް ނަގާ "އަމާންދީގެންނެވެ". ބަޑީގެ ވަޒަނެއް ކޮންމެ ވަގުތަކުވެސް އަރާފާނެކަމުގެ ބިރުވެރިކަން އިންތިހާ ދަރަޖައަށް އޮތީމައެވެ.

މިހެން ދެމީހުން ހިނގަމުންގޮސް ބަގީޗާގެއާއި ހަމައަށް ފޯރިއެވެ. އޭރު އެތަނުގައި ދެ ހަނގުރާމަވެރިން ތިއްބެވެ. އެމީހުންގެ މޫނު މަތިން ފެންނަމުން ދިޔައީ ވަރުބަލިކަމާއެކު ރުޅިވެރިކަމެވެ. ކުރެވެމުންދާ ނުބައިކަމުގެ ޚިޔާލެއް ފިކުރެއް ނެތި ދެމީހުން ދިޔައީ ބިސްކޯދު ބޮނޑިއެއް ނަގާ އޭގެން ބިސްކޯދު ކަމުންނެވެ. ބިސްކޯދު ކަމުން ދިޔައިރު ހީވީ މިއިން ޒަމާނަކު ނުކައި ތިބި ބަޔަކަށް އަލަށް އެއްޗެއް ލިބުނު ހެންނެވެ.

މި މަންޒަރު ބަލަން ހުރެ އަހަންނަށް އަނެއްފަރާތަށް ކަޅިއެއް އެއްލާލެވުނެވެ. ސުބުހާނަﷲއެވެ. މި ތިބަ ހަނގުރާމަވެރިންގެ ޖާހިލުކަމާއި ގޮތްކުޑަކަމާއެވެ. އެދެމީހުން ބިސްކޯދު ކަމުންދިޔައިރު އަނެއްފަރާތުން ދިރާގު ކައިރިން އެދެމީހުން ޝަހީދުކޮށްފައި އޮތް ދެ ދިވެހިންގެ ފުރާނަ ނެތް މަސްގަނޑު އޮތެވެ. އެ ދެ ޝަހީދުންގެ ލޭ ހިރަފުސްމަގާއި އެއްވެ ކޯރަކަށް ބަދަލުވެފައި އޮތްއިރު. ދެ ހަނގުރާމަވެރިންތައް ކަހާތަން ހިރުވާވެސް ނުލާފަދައެވެ. އިންސާނިއްޔަތުގެ ޒައްރެއްގެ މި މީހުންގެ ކިބައިގައި ނެތީއެވެ.

މި މަންޒަރު ބަލަން އަހަރެންގެ ހިތަށް ކެތްނުވިއެވެ. އައި ކޮޅަށް އަނބުރާލާ އަތަމާ ގޯޅިން ހިނގާފައި ދިޔައެވެ. ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައެވެ. މީހަކު ވަރަށް ބާރަށް "ސްޓޮޕް" އޭ ކިޔާފައި ހަޅޭއްލަވައިގަތުމުންނެވެ.

ދެން އިވުނީ ބަޑީގެ އަޑުފައްގަނޑެވެ. އަހަރެންނަށް ފެނުނު މަންޒަރަކީ ހަޔާތުގައި އެހެން މީހަކުވެސް ދެކެން ބޭނުން ނުވާނެފަދަ އަނިޔާވެރި ރަހުމް ކުޑަ މަންޒަރެކެވެ. އަހަރެންގެ ލޮލުގެ ކުރިމަތިން ފަސް ވަރަކަށް ފޫޓް ދުރުން ދިވެއްސެއްގެ ގަޔަށް ބަޑިޖަހައި އޭނާ ބިމަށް ވައްޓާލީއެވެ.

އެވަގުތު އަހަރެންގެ ސިކުނޑި ސުމަކަށް ދިޔައެވެ. މީހަކު ގަޔަށް ވަޒަން އަރައިގެން ވެއްޓުނު ތަން ފެނުނީ މުޅިން އަލަށް ކަމަށް ވާތީވެއެވެ. މީހާއަށް އަލަށް މިފަދަ މަންޒަރެއް ފެނުމުން އަހަރެން ހުރީ މުޅިން ގަބުކައިފައެވެ. ވެގެންދިޔަ ގޮތް ރަނގަޅަށް ސިކުނޑިއަށް ފަހުމު ވެގެންދިޔަކަމުގައި ވިޔަސް އެހިނދުކޮޅުން އަރައިގަންނާނެ ގޮތެއް އަހަންނަށް އެއްވެސްގޮތަކަށް ނުވިސްނުނެވެ.

މޮޔައެއްހެން ވެއްޓިފައި އޮތް މީހާ އާއި ދިމާލަށް ބަލަން އަހަންނަށް ހުރެވުނީ ކިހާ އިރެއްވަންދެން ކަމެއް އަހަންނަކަށް ނޭނގޭއެވެ. ހޭވެރިކަން ވީ ބަގީޗާގެ ކައިރީ ބިސްކޯދު ކާން ތިބި ދެމީހުން އައިސް މަގުމަތީގައި ވެއްޓިފައި އޮތް މީހާއާއި ދިމާލަށް ހަޅޭއްލަވަމުން ބަޑި ދިއްކޮށްލުމުންނެވެ. ބަލާބެލުމަށް ވެއްޓިފައި އޮތީ އަހަންނަށްވުރެ މާ ޒުވާން ކުއްޖެކެވެ. އޭނާގެ މޫނުމަތިން ވޭން އިންތިހާއަށް ފެންނަމުންދިޔައިރު އޭނާ ދިޔައީ "ނޫން. ނޫން" ކަރުން ނެރެ އޭނާ ދޫކޮށްލުމަށް އެދި އަނިޔާވެރި ހަނގުރާމަވެރިންގެ ގާތުގައި އެދެމުންނެވެ. އޭނާގެ ގައިން ފައިބަމުން ދިޔަ ލޭތަކުން މަގުމަތީ އޮތް ޗަކަސްގަނޑުގެ ކުލަ މަޑު ރަތަށް ބަދަލުވަމުންދިޔައެވެ. ނަމަވެސް ރަހުމްކުޑަ ދުޝްމަނުންނަށް މިކަމަށް ފަރުވާލެއް ނެތެވެ. ވެއްޓިފައި އޮތް ކުއްޖާއާއި ދިމާލަށް އެމީހުން ހަޅޭއް ފަޅޭއް ލަވަމުން ބަޑިދިއްކޮށް އެމީހުންގެ ބަހުން ފަތިވަރެއް ގޮވަމުންދެޔެވެ. އެދެމީހުންގެ މޫނު މަތިން ފެންނަމުންދިޔައީ އުފާވެރިކަމެވެ. ޖަންގަލީގައި އުޅޭ މީހަކަށް ޝިކާރައެއް ލިބުމުން މޫނުމަތިން ފެންނަ ކުލަވަރު އެމީހުންގެ މޫނު މަތިން ފެންނަމުންދިޔައެވެ.

އަހަރެންގެ ހިތަށް އެރިއެވެ. ސަހަރޯއެވެ. މިއީ އިންސާނިއްޔަތުގެ ޒައްރެއްވެސް ހުރި ބައެއް ނޫންތާއެވެ. މީހަކު މަރުމަތި އޮވެ ފުރާނަ ދޫކޮށްލުމަށް އެދި ރޮނީއެވެ. އޭނާގެ ކުށަކީ ކޮބާހެއްޔެވެ؟ މި މީހުން ބުނިބަހަށް އެއްބަސްނުވުން ހެއްޔެވެ؟ މަގުމަތީގައި ހިނގުން ހެއްޔެވެ؟ ނޫނީ ދިވެއްސަކަށް ވުން ހެއްޔެވެ؟ ޔާﷲ އެވެ. މިފަދަ އަނިޔާވެރިންގެ ކުރިމަތީގައި މިކުއްޖާގެ ބަދަލުގައި އަހަރެންވެސް މަރުވެދާނަމެވެ. ޔާﷲ އެވެ. މި ޒުވާނާގެ ފުރާނަ ނުގެންދަވާށެވެ. އޭގެ ބަދަލުގައި މިއަޅާ ގެންދެވިޔަސް ހެވެ. މިޒުވާނާއަށް އުންމީދުތަކެއް ދެކުނަ ދޭށެވެ. އެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭން މަގުދައްކައިދެއްވާށެވެ.

މި ޚިޔާލުތައް އަހަރެންގެ ހިތުގެ ތެރޭގައި ހިނގަހިނގާ ހުއްޓާ ބޭއިޚްތިޔާރުގައި ކޯތާފަތް މައްޗަށް ހިފެހެއްޓުމެއް ނެތި ކަރުނައިގެ ކޯރު އޮހޮރެން ފަށައިފިއެވެ. އަހަރެން އެފަދަ ހާލެއްގައި ހުރި މަންޒަރު ފެނި އެމީހުން އަހަންނާއި ދިމާލަށްވެސް ކުއްލިއަކަށް ބަޑިދިއްކޮށްފިއެވެ. އޭރުވެސް އަހަންނާއި އިއްސޭ ހުރީ އަތް މައްޗަށް ނަގައިގެންނެވެ.

އެވަގުތު އަހަރެން ހިތަށް އެރިއެވެ. އާނއެކެވެ. އަހަރެންގެ ވަގުތު އައިސް މިއޮށް ޖެހުނީއެވެ. ދުނިޔެމަތީ ހެއްވާލަދިން މިތުރުންނާއި ޖެހި ސަކަރާތް ހުއްޓުނީއެވެ. އަނބިންނާއި ދަރިން ބިކަވެ ހާލުގައި ޖެހުނީއެވެ. މަގޭ ފުރާނަ މި ދަނީއެވެ.

"ހޫ އާރ ޔޫ. ހޫ އަ ޔޫ"

ދުޝްމަނުން އަހަންނާއި ދިމާލަށް ބަޑިދިއްކޮށްލުމަށްފަހު ބުންޏެވެ.

" އައި ނޯ ޕޮލިސް. އައި ނޯ ޕޮލިސް"
އަހަރެންގެ އަނގަމައްޗާއި ދިމާލަށް އަތް ދިއްކުރަމުން އަހަރެން ބުނީމެވެ. އަހަރެން މިހެން ހެދީ އޭރު ހަނގުރާމަވެރިން ސިފައިން ދެނެގަންނަނީ މަތިމަސް ނެތުމުން ކަމަށް އިވިފައި އޮތުމުން އަހަރެންގެ ވަރުގަދަ މަތިމަހެއް އޮތްކަން ދެއްކުމަށެވެ. މާތްﷲ އަށް ހަމްދު ހުއްޓެވެ. އަނިޔާވެރިންގެ އަތްތަކުން އަހަރެން ސަލާމަތް ވެއްޖެއެވެ.

"ހޮސްޕިޓަލް. ޓޭކް ހޮސްޕިޓަލް"

ބިންމައްޗަށް ވެއްޓިފައި އޮތް މީހާއާއި ދިމާލަށް ބަޑިދިއްކޮށްލުމަށްފަހު ހަނގުރާމަވެރިން، އެމީހާ ހޮސްޕީޓަލަށް ގެންދިޔުމަށް އަހަންނަށް އަމުރުކުރިއެވެ. ކޮންފަދަ ނަސީބެއްތޯއެވެ. މާތް ﷲ އެމީހެއްގެ ފުރާނަ ސަލާމަތް ކުރައްވަން އޮތްނަމަ ކިތަންމެ ޖާހިލު ހިތްތަކުގެ ކިބައިންވެސް އެމީހެއްގެ ފުރާނަ ސަލާމަތް ކުރައްވާނެއެވެ.

މިހެން ބުނެ އެމީހުން އެ ސަރަހައްދުން ހަލުވި ހިނގުމެއްގައި ނައްޓާލިއެވެ. އަހަންނާއި އިއްސޭ އާއި ދެމީހުންނަށް މައިނޭވާއެއް ލެވުނެވެ. ވެއްޓިފައި އޮތް ޒުވާނާ ގާތު އިއްސޭ ބަހައްޓާފައި އަހަރެން އެތާ ކައިރިން އެހީއެއް ލިބޭތޯ ހިނގައިގަތީމެވެ. ނަސީބަކުން އެތަނާއި ކައިރިން އާއި އޭރު ޓީވިއެމްގައި އުޅުނު ސިރަން ކިޔާ މީހަކާއި ދިމާވެއްޖެއެވެ. ވީގޮތް ސިރަން އަށް އަހަންނަށް ކިޔައިދެވުނީ ވަރަށް ހާލުންނެވެ. ގަނެފައި ހުރި ބިރެއްގެ ބޮޑުކަމާއި ފެނުނު މަންޒަރުގެ ނާމާންކަމުގެ ސަބަބުންނެވެ. އަހަންނާއި ސިރަން އަވަހަށް ފަތްޖެހި އެނދެއް ގެނެސް ވެއްޓިފައި އޮތް މީހާ އަރުވައިގެން ސިރަން އުޅުނު ފެންފިޔާޒުގެޔަށް ގެންދަން ހިނގައިގަތެވެ. އެ ސަރަހައްދުގައި ހަނގުރާމަވެރިން ނޫޅޭކަމަށް ސިރަން ބުނުމުންނެވެ. ފަތްޖެހި އެނދުގައި އެމީހާ ބޭއްވި އިރުވެސް އެއްވެސް ސުމާރެއްނެތި އޭނާގެ ބުރަކަށިން ދިޔައީ ލޭ އޮހޮރެމުންނެވެ. އޭނާގެ އަނގައިންވެސް ލޭ ނުކުންނަމުން ދިޔައިރު އޭނާގެ ލޮލުން ދިޔައީ ކަރުނައިގެ ވާރޭ ވެހެމުންނެވެ. އަހަރެން އޭނާގެ ކަރާއި ދިމާލުން ވަޒަން އަރާފައި ހުރި ތަނުގައި ބާރަށް އަތް އެޅީމެވެ. އިއްސޭ އާއި ސިރަން ވެގެން އެނދުގެ ދެފަރާތުގައި ހިފައިގެން ހިނގައިގަތީ އަހަރެމެން އައި މަގުން ފެންފިޔާޒުގެޔަށް ދިއުމަށެވެ.

އެގެއަށް ދިޔަމަގުމަތީގައި އަހަރެން އޭރުވެސް ހުރީ މުޅިން ހަމަހޭގައެއް ނޫނެވެ. ހިތާއި ހިތުން އަމިއްލަ މީހާއާއި ވާހަކަދެއްކެން ފެށިއެވެ. އޭ ޔޫސޭއެވެ. އެޒުވާނާ ގައުމަށްޓަކައި އޭނާގެ ފުރާނަ ގުރުބާންކޮށް ޝަހީދެއްގެ ދަރަޖައާއި ގާތްވަނީއެވެ. ކަލޭތިކުރަނީ ކޮން ކަމެއްހެއްޔެވެ؟ އޭނާގެ ބަދަލުގައި ކަލޭވެސް ޝަހީދުވެދިޔަނަމަ މާ ރަނގަޅުވީހެވެ. އެއީ ޒުވާނެކެވެ. މީހުން ނުދަންނަ، އުއްމީދުތަކެއް ހާސިލްކުރަން ބޭނުންވާ މީހެކެވެ. ކަލޭ ތީ އެންމެން ދަންނަ މީހެކެވެ. ހާސިލްކުރަން ބޭނުންވި ހުރިހާ އެއްޗެއް ހާސިލްވެފައިވާ ކާމިޔާބު ޒުވާނެކެވެ. އަތުގައި ފައިސާވެސް އެބަހުއްޓެވެ. ދެން ހާސްވާންވީ ކޮން ކަމަކާ ހެއްޔެވެ؟ ނިކަން ގައުމުގެ ދިފާއުގައި ޝަހީދުވާށެވެ. މިޒުވާނާ ފަދައިން މިބިމުގެ އިސްތިގްލާލަށްޓަކައި ކަލޭގެ ނަފްސު ގުރުބާން ކުރާށެވެ. ފިނޑިއަކަށް ނުވާށެވެ. ބޭރު ތެރޭގައި ނިކުމެ އުޅުނަސް ވަކި ކަލެއަކީ ބަތަލަކަށް ނުވާނެއެވެ.

މިފަދަ ހިޔާލުތައް ސިކުނޑިން އުފައްދައިދީ ހިތުގެ ތެރެއަށް ފޮނުވައިދެމުން ދެއެވެ. ފެންފިޔާޒުގެ ގެޔަށް ދިޔަމަގުމަތީގައި އޮގަރު ވަހީދު ގެޔަށް އަރައި ހަމަވިތަނާ މީހެއްގެ ވޭނީ ކުކުރުމުގެ އަޑު އިވުނެވެ. އަހަރެން އެއީ ކޮން އަޑެއްތޯ ބެލިއިރު ފަތްޖެހި އެނދުގައި ވަޒަން އަރައިފައި އޮތް މީހާއެވެ. "އަޅުގަނޑު..... އަޅުގަނޑު މި މަރުވަނީ.. ދެއްތޯ؟ އަޅުގަނޑަށް... ޝްޝްޝް.... ޝަހާދަތް ލައިދީ" ކަށީގެ ފުނުން ހިތްވަރު ނެރެ އެމީހާ އެހެން ބުންޏެވެ.

މީމީހާގެ ބަސްތައް އިވުމާއެކު އަހަރެންގެ ލޮލުންވެސް އޭނާއާއި އެއްވަރަށް މަޑުމަޑުން ކަރުނަ އޮހޮރެން ފެށިއެވެ.

"ހާސްނުވޭ ކޮއްކޯ. އިރާދަކުރެއްވިއްޔާ ކޮއްކޮ ދިރިހުންނާނެ. މާދަމާގެ އިރުވެސް ފެންނާނެ. މިއަދަކީ ކޮއްކޮ މަރުވަން އޮތް ދުވަހެއް ނޫން. އިރާދަކުރެއްވިއްޔާ ކޮއްކޮ ދިރިހުންނާނެ. ބޭބެމެން ފަދައިން އުންމީދުތަކެއް ދެކި އެ އުންމީދުތައް ހާސިލްކުރާނެ"

އަސަރުގައި ހުރެ އަހަންނަށް ބުނެވުނެވެ. ކޯތާފަތަށް ނޭނގުމެއްގެ ތެރޭގައި ކަރުނަ އޮހޮރެމުން ދިޔައިރު އަހަރެން ދިޔައީ އޭނާއަށް ހިތްވަރުލައިދީ ޝަހާދަތް ލައިދެމުންނެވެ.
ފެންފިޔާޒުގެއަށް އަރައި ހަމަވިއިރު، އަހަރުމެން ތިންމީހުންނާއި އެއްކޮށް ބައިވަރު މީހުން ދިޔައެވެ. ގައުމީ ރޫހާއި އެއްބައިވަންތަކަމުގެ ޖޯޝުގައެވެ. ފެންފިޔާޒުގެއަށް އެމީހާ ގެންގޮސް ފިލާގަނޑެއްގެ މަތީގައި ބޭއްވިއެވެ.

އޭރުވެސް އޭނާގެ ކަރުން ދިޔައީ ލޭ އޮހޮރެމުންނެވެ. އަރު ތެރޭ ބާކީ ހުރި ހިތްވަރުން ދުލުގެ ކުރިއަށް ޝަހާދަތް ގެނެސް ކިޔަމުންދިޔައެވެ. ދެލޮލުން ކަރުނަ ބާލަމުންނެވެ. މިއަދަކީ އޭނާގެ ފަހު ދުވަސްކަން އެނގޭހާލުގައެވެ. މިއަދު ލޯމެރި މާދަމާއަށް ލޯނުހުޅުވޭނެކަން ދެނެގެންނެވެ.

އެމީހާ ފެންފިޔާޒުގެއަށް ގެނަޔަސް އެގޭގައި ބާއްވައިގެން މާބޮޑު ފަރުވާ އެއް ދެވޭނެކަމަށް އެތާ ތިބި މީހުންނަށް ނުވިސްނުނެވެ. އެންމެންވެސް އެއްބަސްވީ އޭނާއަށް ޑޮކްޓަރީ ފަރުވާއެއް ދިނުމަށެވެ. އެހެންކަމުން އެންމެންގެ އެދުމަށް ޑޮކްޓަރީ ފަރުވާ އޭނާއަށް ދިނުމަށް ޑޮކްޓަރެއް ހޯދުމަށް އަހަރެން އަވަހަށް ބޭރަށް ދުއްވައިގަތީމެވެ. ފެންފިޔާޒުގެއިން ނިކުތް ތަނާހެން ކުޑަކުއްޖަކު މަގުމަތިން ބައިސްކަލެއް ދުއްވާފައި އައިތަން ފެނުނެވެ. ބަލާކަށްނުހުރެ އަހަރެން އެ ބައިސްކަލުން އެސޮރު ވައްޓާލާ އަވަހަށް ބައިސްކަލުން ޑރ. އަޒީ އުޅުއްވި ނަސީމީ ގެއަށް މިސްރާބު ޖެހީމެވެ. އެސޮރު ބައިސްކަލުން ވައްޓާލީ ވެގެން އުޅޭގޮތް ބުނެފިނަމަ އެންމެން ގާތު ބުނެފާނެތީއެވެ. މިފަދަ ދަނޑިވަޅެއްގައި ހަތުރެއް، މިތުރެއް ވަކިކުރެވޭނީ ވަކި ކާކަށް ހެއްޔެވެ؟
މަގުމަތިން އަހަރެން ބައިސްކަލުގައި ދިޔައީ ނިކަން ހުށިޔާރު ވެގެންނެވެ. ކުއްލިއަކަށް ގަޔަށް އުންޑައެއް އަރައި އެކުއްޖާގެ ފުރާނަ ސަލާމަތް ނުކުރެވި ހިނގައިދާނެތީއެވެ. ޑރ. އަޒީ އުޅުއްވި ގޭގެ ދޮރުގައި އަހަރެން ޓަކި ޖެހުމުން އެގެއިން ދޮރު ހުޅުއްވާލެއްވީ ޑރ. އަޒީއެވެ. ޑރ.އަޒީގެ މޫނުންވެސް ފެންނަމުންދިޔައީ މާލޭގެ އެހެން ރައްޔިތުން ފަދައިން ހާސްކަމާއި ނުތަނަވަސްކަމުގެ ކުލަވަރެވެ. އޭރު އެގޭ ތެރޭގައިވެސް ޒަހަމްވެގެން މީހަކު ފަރުވާ ހޯދަން އައިސް އޮތެވެ. އެގޭގެ މާހައުލުވެސް އޮތީ ބަދަލުވެފައެވެ. އޭގޭ ތެރެވެސް އޮތީ މީހުންނަށް ފަރުވާ ދޭން ތައްޔާރީ ހާލަތަށް ކުޑަ ކްލިނިކަކަށް ބަދަލުކޮށްލާ ފަތްޖެހި އެނދާއި އެއްޗެހި ބަހައްޓާ ތައްޔާރީ ހާލަތުގައެވެ.

"އަނހާ ޔޫސުބާ. ކީއްވީތޯ ތި ވަޑައިގަތީ މިގެއަށް މިހާ ނުތަނަވަސް ވަގުތުގައި!"

އަހަންނާއި ޑރ. އަޒީ ސުވާލު ކުރެއްވިއެވެ. ވެގެން އުޅޭ ގޮތް އަހަރެން މާނޭވާ ލަމުން ޑޮކްޓަރަށް ކިޔައިދީފީމެވެ. ލަސްނުވެ އަހަރެންގެ އެދުމަށް ޑރ. އަޒީ، އަހަންނާއި އެކު ފެންފިޔާޒުގޭގައި އޮތް މީހާގެ ހާލު ބެލުމަށް ވަޑައިގަތެވެ. ޑރ. އަޒީ ވަޑައިގެން އެމީހާގެ ބުރަކަށި މަތީގައި އަޅާފައި އޮތް ފޮތިގަނޑު ނައްޓާލިއެވެ. ސުބުހާނަﷲ އެވެ. އަހަންނާއި އެތަނުގައި ތިބި އެހެން މީހުންގެ އިނގިލިކުރި ތުންފަތުގައި އައިސް ޖެހުނެވެ. އެމީހާގެ ބުރަކަށްޓަށް ވަޒަން ވަދެފައި ހުރި ދިމާލުން ވަދެ ކަރުން ނުކުމެފައި އޮތް އިރު ބުރަކަށީގައި ދެފަރާތުން އޮތީ ބޮޑު ދެލޯވަޅު އުފެދިފައެވެ.
"ޔޫސޭ މީނަ މިހެން އޮއްވާ ވަރު ހުސްވެދާނެ. އަވަހަށް އައިވީ ފުޅިއެއް ހޯދާލައިގެން ގެނެސްދީ"

ޑރ. އަޒީ އަހަރެންގެ ގާތު ވިދާޅުވިއެވެ. އަހަރެން އަވަހަށް އެގޭގެ ކައިރީގައި ހުންނަ ހެލްތް ވޯކަރެއްގެ ގެއަށް ގޮސް އައިވީ ފުޅިއެއް ގެނެސްދިނީމެވެ.

އައިވީ ގުޅުމަށްފަހު އެމީހާގެ ހާލު ބެލުމަށްފަހު ޑރ. އަޒީ ވިދާޅުވީ އޭނާއަށް ފަރުވާ ދިނުން އެންމެ ރަނގަޅު ވާނީ ހޮސްޕިޓަލަށް ގެންގޮސްކަމަށެވެ. "ބައްލަވާ ޑޮކްޓަރ މިވަގުތު މާލެތެރެ އޮތްގޮތުން ކާރެއް ނުލިބޭނެ މީނާ ގެންދާކަށް. އެންބިއުލާންސްވެސް ފޭރިއްޖެކަމަށް އަޑުއިވެނީ ސެންޓްރަލް ހޮސްޕިޓަލްގެ..." ޑރ. އަޒީ ގާތު އަހަރެން ބުނީމެވެ.

"ޔޫސުބާ ދެން ނެތް މިނޫން ގޮތެއް. ކޮންމެވެސް ގޮތަކުން މީނަ ގެންދޭ، އެހެންނޫނީ މީނަ ނިޔާވުމަކީ ގާތުގައިވާ ކަމެއް. ދެން ގޮސްލަނީ އަހަންނަށް ވެސް މިތާ އެހާ ގިނައިރު ހުރެވޭކަށް ނެތް."

ޑރ. އަޒީ މިހެން ވިދާޅުވެ، ފެންފިޔާޒު ގޭގައި ހުރި މީހަކާއި އެކު އެނބުރި ގެއަށް ވަޑައިގަންނަވަން ހިންގަވައިގަތެވެ.

ކުއްލިއަކަށް އަހަރެންގެ ސިކުނޑިއަށް އައީ މޮޅު ޚިޔާލެކެވެ. މިގޭ ބޭރުގައި ގާޑިޔަލެއް އެބައޮތެވެ. އެއީ ކުރިން އަހަރެން ކުޅުނު ޑްރާމާއެއްގައި ވެސް ދުއްވި އެއްޗެކެވެ. އެއަށް މީނާ އަރުވައިގެން ހޮސްޕިޓަލަށް ގެންދެވިދާނެއެވެ.

އަވަހަށް އަހަރެން ބޭރަށް ނިކުމެ ގާޑިޔާ ފެންފިޔާޒުގޭ ދޮރާއި ކައިރި ކުރީމެވެ. އިއްސޭ އާއި އެތާތިބި އެހެން މީހުންނަށް ގޮވާ ފިލާ ގަނޑާއި އެކު ޒަހަމްތަކާއި އެކު މަރާއި ހަނގުރާމަކުރަމުންދިޔަ ކުއްޖާ ގާޑިޔަލަށް އަރުވާ ބާރަށް ދުއްވައިގަތީމެވެ. ކުރީގައި ދެމީހަކު ތިބެ މަގުމަތި ބަލަމުންދިޔައިރު އިއްސޭ ހުރީ އެކުއްޖާގެ ބުރަކަށީގައި އަތް އަޅައިގެންނެވެ. ސިރަން އޭނާގެ އަތުން އައިވީ ފުޅި ހިފަހައްޓައިގެން ހުއްޓެވެ.

އެމީހާ ހޮސްޕިޓަލަށް ގެންދެވުނީވެސް ވަރަށް ހާލުންނެވެ. ގޯޅި ގޯޅިތަކުގެ ތެރެއިން ސިއްރުންނެވެ. މައި މަގަށް ނިކުމެއްޖެނަމަ، ބަޑިޖަހާނެކަން ޔަގީންވުމުންނެވެ. ސެންޓްރަލް ހޮސްޕިޓަލަށް ފޯރިއިރު އެކުއްޖާގެ ލޯމެރިއްޖެއެވެ. ދުލުން ކިޔަމުން އައި ޝަހާދަތް ހުއްޓިއްޖެއެވެ. މޫނުމަތިން ކުޑަ ހިނިތުންވުމެއް ފެންނަމުންދިޔައިރު މީހާގެ މޫނުމަތިން ފެންނަމުންދިޔައީ ލިބެން އޮތް އުފާވެރި ކަމުގެ ނިޝާނެކެވެ. އެމީހާ އަވަހަށް ހޮސްޕިޓަލުގެ ތެރެއަށް ވެއްދުމަށްފަހު މާތް ﷲ އާއި ވަކީލުކުރުމަށްފަހު އަނެއްކާވެސް އަހަރެމެން އެނބުރި ޑރ.އަޒީގެ ގެޔަށްދިޔައީމެވެ. އެގެއަށް ގޮސް އޭގޭގައި އޮތް މީހާވެސް ހޮސްޕިޓަލަށް ގެންދިޔައެވެ. ފަހުން އެގޮތަށް ޑރ. އަޒީގެ ގެޔަށް އައި ފަސްމީހަކު ހޮސްޕިޓަލަށް އަހަރެންގެ އަތުން ދަމާފައި ގެންދިޔައީމެވެ. އަހަންނާއި އެއްކޮށް އުޅުނު ގަދަފަދަ ފަހުލަވާނުންގެ އެހީގައެވެ. ހިތަށް އެރި އެވެ. މިއީ ހަގީގަތުގައި މިސާލެއްފަދަ ބަތަލުންކޮޅެކެވެ. އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން މިކުރަނީ ކޮންފަދަ މަތިވެރި މަސައްކަތެއް ހެއްޔެވެ؟

ވަކި ހިސާބަކުން މި މަސައްކަތް ކުރާނެ މީހުން ވުމުން، އަހަރެން އަނެއްކާވެސް މިސްރާބުޖެހީ މަގުމައްޗަށެވެ. މާލޭގެ އާއްމު ހާލަތު ބަލާށެވެ. މިގޮތަށް ނިކުމެ އުޅެނިކޮށް އަހަންނާއި ދިމާވީ އަބްދުﷲ ކަމާލުއްދީންއާއި އެވެ. ސަރުކާރުގެ އިސް ބޭކަލެކެވެ.

އަބްދުﷲ ކަމާލުއްދީން އަހަރެންގެ ކައިރީ އެދިލެއްވީ ވަރަށް ބޮޑު ކަމަކަށެވެ. އެއީ ކަންކަން މަތީގައި ކަންބަލަން އެއްވެފައި ތިބި މީހުން ގާތު ގެއަށް ވަންނަން ބުނުމަށެވެ. ސަބަބަކީ އެގޮތަށް ކަންމަތީގައި ތިބެއްޖެނަމަ ހަނގުރާމަވެރިން އައިސް އެމީހުންގެ ގަޔަށް ބަޑިޖެހުމުގެ ފުރުސަތު ބޮޑުވާނެތީއެވެ.

އަބްދުﷲ ކަމާލުއްދީންގެ އެދިލެއްވުން، އަހަންނާއި އަހަރެންގެ އެކުވެރިން، ހުށިޔާރުކަމާއި އެކު ތަންފީޒުކޮށްލީމެވެ. އޭރު ހަވީރު 4 ޖަހަން ކައިރިވެއްޖެއެވެ. އަހަރެން ލައިގެން ހުރި އަންނައުނުގައި އެއްކޮށް ލޭ ހޭކިފައި ހުރުމުން އަހަރެން ނައްޓާލީ ގެއާއި ދިމާލަށެވެ. އެއްޗެހި ބަދަލުކޮށްލައިގެން އަނެއްކާވެސް މާލެތެރެ ބަލަން ނިކުތުމަށެވެ.

އަވަސް ހިނގުމެއްގައި އަހަރެން އައިސް ގެޔަށް ވަނީމެވެ. ގެޔަށް ވަންއިރު ގޭތެރެ އޮތީ އެއްކޮށް ސަރާސަރުވެ އަމާންވެފައެވެ. ފެންޑާގައި އަންހެނުންނާއި ދަރިންކޮޅު ހިމޭން ރުއިމެއްގައި ތިއްބެވެ. ގައުމުގެ ދިފާއުގައި ނިކުތް ލޯބިވާ ބައްޕައެއްގެ ފިކުރުގައެވެ.

އަހަރެންގެ މޫނު އެމީހުންނަށް ފެނުމާއެކު އެމީހުންގެ ރުއިމުގެ އަޑު އިސާހިތަކު ބާރުވެގެންދިޔައެވެ. އަހަރެން ލައިގެން ހުރި މަޑުނޫކުލައިގެ ޓީޝާޓާއި ހުދު ހަރުވާޅުގެ ކުލަ ހުރީ އެއްކޮށް ބަދަލުވެ ރަތްވެފައެވެ. މިގޮތަށް ހުރުމުން އެމީހުން ހީކުރީ ދުޝްމަނުންގެ ބަޑީގެ ހަމަލާ އަހަރެންގެ ގަޔަށްވެސް އެރީކަމަށެވެ.

"ހެޔޮނުވާނެ ޔޫސޭ. ނިކަން ބަލާބަ. މިތިބަ ދަރިންނަށާއި އަހަންނަށް ބަލާބަ. މިހާރުވެސް ޔޫސޭއަށް ގޮތެއް ވެއްޖެނަމަ ބިކަވާނީ އަހަރެމެން. ހާލުގައި ޖެހޭނީ އަހަރެމެން. ރޮއެ ގިސްލަން ޖެހޭނީ އަހަރެމެން. އެހެންމީހުންވެސް އެތިބީ ގޭގަ ޔޫސޭ، ހެޔޮނުވާނެ އިހަކަށް ދަރިންނަށްޓަކައި ގޭގައި މަޑުކޮށްލާ."

ރޮއެފައި އަހަރެންގެ އަނބިމީހާ ބުންޏެވެ.

މިއަޑާއި އާދޭސް އިވި އަހަރެންގެ ހިތް ކުދިވިޔެވެ. ނަމަވެސް މުހިންމީ ގައުމެވެ. ފިނޑިޔަކަށް ވުމެއް ނޫނެވެ. އެހެންކަމުން އަހަރެން އަވަހަށް އެއްޗެހި ބަދަލުކޮށްލާ އަނެއްކާވެސް މާލޭގެ ހާލަތު ބެލުމަށް ނިކުތީމެވެ. އަނބިދަރިންނަށް ވަސިއްޔަތްކޮށް، ގައުމުގެ ދިފާއުގައި އެންމެ ފަހު ވިންދާއި ޖެހެންދެންވެސް މަސައްކަތް ކުރުމުގެ ނިޔަތުގައެވެ. މަރުވިއްޔާ ޝަރަފުގައި މަރުވުމަށެވެ.
އޭގެ ފަހުން އެދުވަހު އެއްކޮށް އަހަންނާއި އަހަރެންގެ، "ސިފައިން" އުޅުނީ މާލެތެރޭގައި ކަންކަން މަތީގައި ތިބި މީހުން ގެތަކަށް ވައްދާ، ހަނގުރާމަވެރިން މާލޭގައި ޖަމާވެގެންތިބި ސަރަހައްދުތައް އެންގުމަށެވެ. ބުރަކަމެއް، ފޫއްސެއް ނެތި އަހަރެމެން މި މަސައްކަތް ކުރަމުންދިޔައީމެވެ. ދޭހާ އަތްވަށް، ވަމުންދާ ވަރުބައްޔަށް، އަންނަމުންދާ ނިންޖަށް ބެލުމެއް ނެތިއެވެ. ގައުމީ އަދި ދީނީ ވާޖިބެއްގެ ގޮތުގައެވެ. އެދުވަހު އަހަރެން ގެޔަށް އަނބުރާ ވަނީ މާލޭގެ އާންމު ހާލަތު ހަމައަކަށް އެޅުމުންނެވެ. އިންޑިޔާގެ ސިފައިންނާއި ދިވެހި ސިފައިން މާލޭގެ މަގުމަތީގައި އުޅެން ފެށުމުންނެވެ.

އެދުވަހު އަހަރެން ގެޔަށް ވަނީ ވަރުބަލިވެ މީހާގެ ގައިގައި އެއްވެސް ހިތްވަރެއް ނެތް ހާލުގައެވެ. ގެޔަށް ވަދެ، ގިފިއްޔަށް ފެންވަރަން އަހަރެން ވަނީމެވެ. ވަޅުން ދާނި ނަގައި ބޮލަށް އޮއްސާލުމާއެކު އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ. މީހާ ބިމަށް ތިރިވެ ބިންމަތީގައި އަތުން ތަޅަން ފެށީމެވެ. މިއަދު ވެގެންދިޔަ ކަން ރަނގަޅަށް އިހުސާސްވެގެންނެވެ. ދިވެހިންނާއި ބޭރުގެ ބަޔަކު ގުޅިގެން މާލެ އަރައި އެތައް ބަޔަކު މެރީއެވެ. ތަންތަން ލޫޓުވައި ގެއްލުން ދިނީއެވެ. އަހަރެންގެ ދެލޮލުގެ ކުރިމަތީގައި އަހަންނަށްވުރެ މާ ޒުވާން ކުއްޖަކު މަރާލީއެވެ. އޭނާގެ ކުށަކީ ކޮބައިބާވައެވެ؟ އޭނާގެ ބަދަލުގައި އަހަރެން މަރުވިނަމަވެސް މާހެވެ. ދިރިއުޅުމުގައި ބޭނުންވި ހުރިހާ ކަމެއް ލިބިފައިވާ މީހަކު ވަކި ދުނިޔޭގައި އިތުރަށް ހުންނަންވީ ކީއްކުރަން ހެއްޔެވެ؟

ފެންވަރައި ނިކުމެ، އަނބިދަރިންނާއި އެކު ވަގުތުކޮޅެއް ހޭދަކޮށްލީމެވެ. ދުވަހުގެ ބިރުވެރިކަން އެމީހުންނަށްވެސް އޮތީ އިހުސާސްވެފައެވެ. ކުރިން ހީ ސަކަރާތް ޖަހާ ވަގުތު ދަރިންކޮޅު ތިބީ ހަތިމްނަގައި ކިޔަވާށެވެ. މީރުކޮށް ރޭގަނޑު ކައްކާ އަނބިމީހާ ހުރީ ކައްކަންވެސް ހަނދާން ނެތިފައެވެ. އެންމެން އަދިވެސް ތިބީ ބިރެއްގެ މަތީގައެވެ. އަނެއްކާވެސް ބަޑީގެ އަޑެއް އިވިދާނެތީއެވެ.
އެރޭ ނިދަން އޮށޯންނަމުންވެސް އަހަރެންގެ ސިކުނޑީގައި އެނބުރެމުންދިޔައި ތަފާތު މައުނަވީ އިހުސާސްތަކެވެ. މިއަދު އަހަރެންގެ ކުރިމަތީގައި މަރާއި ހަނގުރާމަކުރި ޒުވާނާއާއި މެދުގައެވެ. އޭނާ މަރުވީކަމަށް ހޮސްޕިޓަލުގެ ނަރުހުން މިރޭ އަހަރެންގެ ގާތުގައި ބުންޏެވެ. އޭނާގެ މައިންބަފައިންނާއި އާއިލާއަށް މިވަގުތު ކުރާނީ ކޮންކަހަލަ ވޭނެއް ބާވައެވެ؟ އެޒުވާނާއަކީ ގައިމުވެސް ކުށެއް އޮތް ޒުވާނެއް ނޫނެވެ؟ އޭނާވެސް އަހަރެން މިހާރު މިހުރި ފަދައިން ދިރިހުންނަން ބޭނުންވާނެއެވެ. މާދަމާ ބޮޑު ޖަމާއަތުގައި ހުކުރު ކޮށްގެން އައިސް ރައްޓެހިންނާއި އެކު އަނގަތަޅާލަން ބޭނުންވާނެއެވެ. އެޒުވާނާ ފަހުވަގުތުވެސް ދިޔައީ ޝަހާދަތުގެ މަތިވެރި ކަލިމަ ދުލުކުރިއަށް ގެންނަމުންނެވެ. އެއީ ހެޔޮ ޒުވާނެކެވެ. އޭނާ ސަލާމަތްކުރެވުނީސް ކަންނޭނގެއެވެ. އެއަށްވުރެ އަވަހަށް ހޮސްޕިޓަލަށް ގެންދެވުނު ނަމައެވެ. ތަގުދީރުގައި އޭނާ ސަލާމަތްވެވެން އޮއްވާ އަހަންނާއި ހެދި އޭނާގެ ފުރާނަ ދިޔައީ ކަންނޭނގެއެވެ.

*********************

ނޮވެމްބަރު 3ގެ ވަރުގަދަ ހަމަލާއަށް ދެ މަސް ފަހެވެ.

ދިވެހިންނަށް ނަސްރުލިބި ޚާއިނުވި ދިވެހިންނާއި ތަމަޅަ ހަނގުރާމަވެރިންގެ މައްޗަށް ތަހުގީގުކުރެވި ޝަރީއަތް ފެށިއްޖެއެވެ. ޝަހީދުވި ލޭތައް މަޑުމަޑުން މާލޭގެ މަގުތައްމަތިން ފޭދި އާއްމު ހާލަތަކަށް މާލެ ރުޖޫއަ ވާން ފަށައިފިއެވެ. ނަމަވެސް އަހަރެންގެ ހިތުން އެހާދިސާ އަދިވެސް ފިލައިގެން ނުދެއެވެ. އަހަރެންގެ ކުރިމަތީގައި ނިޔާވި ޒުވާނާ ސަލާމަތްކުރެވެން އޮއްވާ އަހަންނަށް އެކަން ނުކުރެވުނީތީ އޭގެ ހިތި ރަހަ އަދިވެސް އަރުތެރޭގައި ލަމުންދާތީއެވެ. ނަމާދަށްފަހު އެމަރުހޫމާއަށްޓަކައި ރޮއެފައި ދުއާ ކުރެވޭތީއެވެ.

އަހަންނާއި އެއްކޮށް ޓިވީގައި މަސައްކަތް ކުރި މީހުންކޮޅެއް އަހުމަދިއްޔާ ސްކޫލުގައި އޮތް ކާނިވަލަކަށް ޒިޔާރަތްކޮށް އެތަން ބަލާލަން އެއްދުވަހަކު ދާން ނިންމީމެވެ. އެތަނަށް ވަނުމުން ވަށައިގެން ފެނިގެންދިޔައީ ހިނިތުންވުމާއި އުފާވެރިކަމެވެ. ދިވެހިންގެ އެކުވެރިކަމެވެ. އެއްބައިވަންތަ މުޖުތަމައު އެކެވެ. މިމަންޒަރު ފެނުމުން އަހަރެންގެ ހިތަށް އުފާވެރިކަން އަންނަން ފަށައިފިއެވެ.

ކުއްލިއަކަށް މީހަކު އައިސް އަހަރެންގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. ނުދަންނަ މީހެއްކަމުން އެވަގުތު ހަދާނެގޮތެއް އަހަރެން ހުރީ ނޭނގިފައެވެ.
"ޔޫސޭއަށް އެނގިއްޖެތަ މީ ކާކުކަން؟"

އެމީހާ ހެވިފައި ހުރެ ސުވާލުކުރިއެވެ. ޖަވާބުގައި އަހަރެން ނުދަންނަމޭ ބުނުމުން އެމީހާގެ ތައާރަފުވެލިއެވެ.

އެމީހާ ބުނި ބަހުން އަހަރެން މުޅިން ބަސްހުއްޓުނެވެ. މީހާ މުޅިން ގަނޑުވިއެވެ. ބޭއިޚްތިޔާރުގައި ދުލުގެ ކުރިއަށް ޝަހާދަތް އަތުވެއްޖެއެވެ. ކައިރީގައި ތިބި މީހުންވެސް މުޅިން ތިބީ ވާނުވާގައެވެ.

އަހަރެންގެ ގައިގައި އައިސް ބައްދާލީ ނޮވެމްބަރު 3 ގައި ޔޫސޭގެ ކުރިމަތީ އަތަމާގޯޅީގައި ކަރަށް ވަޒަން އަރައި މަރުގެ ތުންފަތް މަތީގައި އޮތް ކުއްޖާއެވެ. އެދުވަހުގެ އަހަރެން އުޅުނި އެކުއްޖާގެ ފުރާނަ ސަލާމަތް ނުކުރެވުނީތީ އޭގެ ދެރައިގައެވެ. ސަބަބަކީ ހޮސްޕިޓަލުން އޭނާ މަރުވިކަމަށް އަހަންނަށް މައުލޫމާތު ދިނުމުންނެވެ.

"ސަކަރާތް ނުޖަހާ. ނުވާނެ އެހެންނެއް." ބޭއިހްތިޔާރުގައި އަހަންނަށް ބުނެވުނެވެ.

އެކުއްޖާ އަވަހަށް ގަމީސް ބާލައި އޭނާގެ ކަރަށް ވަޒަން އަރާފައި ހުރި ތަން އަހަންނާއި އަހަރެން ކައިރީގައި ތިބި މީހުންނަށް ދެއްކިއެވެ.

ހިތާއި ހިތުން އަހަންނަށް ބުނެވުނެވެ. ސުބުހާނަﷲ އެވެ. މާތް ރަސްކަލާނގެ ކުޅަދުންވަންތަ ކަމާއެވެ. މިޒުވާނާ ދުވަހަކުވެސް އެނބުރި އަންނާނެކަމަށް އަހަންނެއް ހީނުކުރަމެވެ. އެހެނަސް މިއަދު އޭނަ އެހެރީ ހެޔޮ ހާލުގައި އަހަރެންގެ ކުރިމަތީގައެވެ. އެއްފަހަރު އެރި ބޮޑު ވަޒަނަކުން އޭނާ މަތަނުކުރެވުނެވެ. އެއްފަހަރު ދިން ހަމަލާއަކުން ދިވެހި ގައުމު ފުނޑާނުލެވުނު ފަދައިންނެވެ.

އެކުއްޖާ ޖީބުން އަވަސް އަވަހަށް 100 ރުފިޔާ ނަގައި އަހަންނަށް ދިއްކޮށްލިއެވެ.

"އަން ޔޫސޭ... މިއީ މިހާރު ދެވެން އޮތް އެއްޗަކީ އަޅުގަނޑުގެ ފުރާނައިގެ ބަދަލުގައި.އެކަމު އެދުވަހު ޔޫސޭ ސަލާމަތްކޮށްދިން ފުރާނައަކީ ފައިސާ ފޮއްޗަކުން ގުނާ ނިންމާލެވޭނެ އެއްޗެއް ނޫން، އަޅުގަނޑު މުޅި އުމުރު ދުވަހު ޔޫސޭއަށް ލާރި ދިނަސް އެ ދަރަނި ޚަލާސްނުވާނެ." އެކުއްޖާ ބުންޏެވެ.

ދުޝްމަނުންގެ ހަމަލާ އެފަދަ ކިތަންމެ މީހެއްގެ ގަޔަށް އެދުވަހު އެރިއެވެ. އެއްބައި ދިވެހިން މި ބިންމަތީ ދިރިތިބީންނާއި ވަކިވެ މާތްﷲގެ ހަޒުރަތުގައި އަބަދަށްމެ ރިޒުގު ލިބޭ ހާލު ތިބޭ ބަޔަކަށް ވެގެންދިޔައިރު، އަނެއްބަޔަކު ވެގެންދިޔައީ ދިރިތިބީންނަށް މިދުވަހުގެ ވާހަކަ ކިޔައިދީ މިސާލު ދައްކައިދޭން ތިބި ބަޔަކަށެވެ.

އެދުވަހު ޝަހީދުވި އެންމެހާ އަބްތާލުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާކުރަމެވެ. މާތްﷲ އެފަދަ ނާމާންކަމެއް އަޅުގަނޑުމެންގެ އުއްމަތަށް ދެން މިންވަރު ނުކުރައްވާށިއެވެ.

(ނިމުނީ)

Please log in or register to bookmark.
45k

30 ޚިޔާލު

  1. ވަރަށް ސަޅި ވާހަކައެއް. ފިލްމެއް ހަދާލަން ސަޅިވާނެ ދޯ

    31
  2. ވަރަށް ފުރިހަމަ ވާހަކައެއް. އެޒަމާނުގައި އުޅެވޭހެން ހީވަނީ ހަމަ. ސިފަކުރުން ވަރަށް ސަޅި

    34
    1
  3. ވަރަށް ރީތި ވާހަކައެއް. މިއީ މަ މިބުނާ ކަހަލަ ވާހަކައެއް. ވާހަކަ ލިޔެ ކިޔާ ވެބް ސައިޓްސް ތަކުގައި އިކޮނޮމިކް އެކްޓިވިޓީސް ތަކުގައި މީހުން ބުރަ ކޮށް މަސައްކަތް ކޮށްގެން ދުނިޔެ ހޯދާ ގޮތް ބަލާ ދިރާސާ ކޮށް ސްޕެޝަލީ މާލޭގެ އެންމެ މުއްސަނދި އަމިއްލަ ކުންފުނި ތައް މުއްސަނި ކަން ހޯދި ގޮތާއި ބެހޭ ގޮތުން ނަމަވެސް ސީރީސް އެއްގެ ގޮތުގައި ވާހަަކަ އެބަ ނެރެން ޖެހޭ ނޫންތޭ ތިޔާ ތާކުން ތާކު ނުޖެހޭ ބިރުވެރި ވާހަކަ ތަކާއި އޭނާ އިނދެފި މީނަ ވަރިކޮށްފި ރަނޑު ވާހަކަ ތައް ގެނެސްދިނުމުގެ ބަދަލުގައި

    42
    2
  4. ވަރައް އަސަރު ކުރުވާފަދަ ގޮތަކައް ލިޔެފައިވާ .އަދި އަސަރު ގަދަ ހަޤީޤީ ހާދިސާއެއް. މިވާހަކަ ކިޔަމުން ދާއިރު ޤައުމީ ޖޯށު އުތުރިގެންދޭ. ލޮލުން ކަރުނަ އާދޭ. ވަރައް ރީތި

    38
  5. ސާބަހޭ މުއާ. ވަރަށް ވެސް އަސަރު ގަދަ. ކީޕް އިޓް އަޕް ބްރޯ. 3>

    26
    1
  6. ވާހަކައިގެ ތެރެއަށް ވަރަށް ރަގަޅަށް ވަދެވި ލޮލުން ކަރުނަ އައި. ވާހަކަ ގެނެސް ދީފައިވާގޮތް ވަރަށް ފުރިހަމަ.

    38
  7. ޔޫސޭ ތިޔަ ކުރި މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވާށި.ޢާމީން

    56
  8. ހީވީ ހަމަ ޔޫސޭގެ ކައިރީ ހުރެ އެހުރިހާ ކަމެއް ލޯކުރިމަތީ ހިނގައި ދިޔަހެން. ވަރަޢް ފުރިހަމަ.

    35
  9. ވަރަށް ހިއްގައިމު. ކިޔާލާ ހިތުން އިނދެ މި ކިޔާލީ. ވ ވ ކަމުދޭ

    23
    2
  10. ވަރައްހީވޭ ހީރޯހެދެންވެގެން ވަރައް ފޮނިތޮށި ކާފޫރުތޮޅި އަޅާފަ ހުރިހެން ޔޫސޭ..

    7
    63
  11. ވަރައް ސަޅި ކިޔަމުންދިޔަ އިރު ލޮލުން ކަރުނަހެލިއްޖެ ސާބަހޭ ޔޫސޭ މަ އުފަން ވުމުގެ ދެ އަހަރު ކުރި އެކަމަކު ހީވީ 1988 ގައި އުޅެވުނުހެން

    25
  12. Varah reethi vefa furihama dhuvahaku ves hadhaanun nugoheveyne dhuvaheh ei

    14
  13. ކުރިޔަށް އޮތް ތަނުގައި އިތުރު ރީތި ވާހަކަ ތަކަށް އިންތިޒާރު ކުރަން

    13
  14. ބުނަންތަ ވާހަކައެއް. ވާހަކަ ކިޔަމުންދާއިރު ވާތް ފަރާތުން އެފެންނަ އެޑްވަޓައިސްމަންޓާ ހެދި ވަރަށް އުދަގޫވޭ. ކޮންމެ ވާހަަކައެއް ކިޔަމުންދާއިރުވެސް ނިވިދިއްލޭ ޓީވީއެއްހެން coming soon އަރުވާފަ އެދައްކަމުންދާ އެެއްޗަކާ ހުރެ ލޮލަށް ވަރަށް އުދަގޫވޭ

    21
  15. Asluves v undhagoovey coming soon jahaafa nividhihley boiykeh hen dhihleythy...????

ޚިޔާލު

Your email address will not be published. Required fields are marked *

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy