މި ވާހަކަ އަކީ އަމިއްލަ ހިޔާލައް ލިޔެފާވާ ހިޔާލީ ވާހަކަ އެކެވެ. އެހެން ނަމަވެސް އެހެން ވާހަކަތަކުގައިވާ ސިފަކުރުންތައް މި ވާހަކައިގައި ހުރުން އެކަޝީގެންވެ އެވެެ. މީ ފުރަތަމަ ވަަހަކަ ކަމުން ކުށްހުރެދާނެ އެވެ. ކުށްހުރެއްޖެ ނަމަ ނިހާޔަތައް ކިޔުންތެރިންގެ އަރިހުން މާފައްއެދެމެވެ!
އަހަރެން އުޅެމުން ދިޔައީ މުޅިން އަހަރެންގެ އަމިއްލަ ދުނިޔޭގައެވެ. ކުއްލިއަކަށް ސިއްސައިގެން ގޮސް އަހަރެންނަށް ހަމަބިމަށް އާދެވުނެވެ.އަހަރެންނައް ހުރެވުނީ ދަންނަ ގެއެއްގެ ކޮޓަރިއަކު ނޫނެވެ.މިގޭގެ ބޮޑު ކޮޓަރީގައި އަހަރެން ހުރީ އެކަންޏެވެ.ގޮތް ނޭނގޭ މި ބޮޑު ގޭގައި އަހަރެން މަޑުކޮށްލަން މިއައީ ހަމައެކަނި އެންމެ ރެއެއްގެ މެހެމާނެއްގެ ގޮތުގައެވެ.
ފުން ނޭވާ އެއް ލުމައްފަހު އަހަރެން ކޮޓަރީގެ ތެރެއައް ނަޒަރު ހިންގާލީމެވެ.ކޮޓަރީގެ ފާރު ތަކުގައި ރީތި އަންހެން ކުއްޖެއްގެ ތަސްވީރުތައް ހަރުކޮށްފައި ހުއްޓެވެ.އެއިން ކޮންމެ ތަސްވީރެއްގެ ތިރީގައި "ޖީނާ" މި ގޮތަށް ލިޔެފައި ހުއްޓެވެ.ހީވާގޮތުން އެއީ އެތަސްވީރުގައިވާ ކުއްޖާގެ ނަމެވެ.ކުޓަރީގެ މެދުގައި ކުރީގެ މުސްކުޅި ޑިޒައިނައް ލަކުޑިން ހާދާފައިވާ ބޮޑު އެނދެއް ހުއްޓެވެ.އެނދު މަތީގައި ކުދަކުދިނއ ކުޅޭ ކަހަލަ 15 ވަރަކައް ބުދު އޮތެވެ.ކޮތަރީގެ ކަނެއްގައި ހުރި ކުޑަ މޭޒެއް މަތީގައި ފޮޓޫއަލްބަމެއް ބާއްވާފައި އޮތެވެ.މި ކޮޓަރީގައި ކޮންމެސް ޒަމާނެއްގައި މީހަކު އުޅެފައި ހުރި ކަމުގެ ނިސާންތައް ފާހަގަ ވާން ހުއްޓެވެ. އަހަރެންނައް ހިނގައިގަނެވުނީ ކޮޓަރީގެ ކަނެއްގައި ހުރި މޭޒުމަތީގައި ބާއްވާފައި އޮތް ފޮޓޯއަލްބަމް ނެގުމަށެވެ.ކުއްލިއަކަށް ކޮޓަރިން ކަރަންޓު ކެނޑިގެން ދިޔައެވެ. އެވަގުތު އަހަރެން ހިތުތެރޭގައި ބިރުވެރިކަން އުފެދިގެން ދިޔައެވެ.މި ވަނީ ކީއްބާއޭ ހިތައްއެރިއެވެ.
އަހަރެން ލަސްލަހުން ކުރިއައް ފިޔަވަޅު އެޅީމެވެ.ފުރަތަމަ ފިޔަވަޅާއެކުވެސް އަހަރެން އަޅައިގަތީ ކޮޓަރީގައި ހުރި ގޮނޑި އެއްގައެވެ.ކުރިއައްދާ ވަރަކަށް ކޮންމެސް އެއްޗެއްގައި އަޅައިގަނެއެވެ.ބިރުވެރިކަން އިހްސާސްކުރަމުން ދިޔަ އަހަރެންގެ ހިތް ބުނަމުންދަނީ މިކޮޓަރި ތެރޭގައި މީހަކު އުޅޭ ކަމަށެވެ.ހަނދުވަރުގެ އަލިކަން ފަނޑުވަމުން ދިޔަ ވަރަކަށް އަހަރެންނަށް އިހްސާސް ކުރެވެމުން ދިޔަ ބިރުވެރިކަން އިތުރުވިއެވެ.ގިނައިރު ކޮޓަރިތެރޭގައި ހުރުމުން އަހަރެން ކޮޓަރި ތެރެއަށް ހޭނެން ފެށިއެވެ.ތެޅިތެޅި އޮތްހިތާ އެކު، އަނެއްކާވެސް އަހަރެން ހިނގައިގަތީ ފޮޓޯއަލްބަމާ ދިމާއަށެވެ.އެ ފޮޓޯ އަލްބަމް ނެގޭތޯ މަސައްކަތް ކުރީމެވެ.
އެހެނަސް ކޮންމެސް މީހަކު އަހަރެންގެ އަތުގައި ހިފެހެއްޓި ކަމުގެ އިހްސާސް އަހަންނައް ކުުރެވުނެވެ. ބިރުން ގޮސް އަހަންނަށް ދުއްވައިގަނެވުނީ ކޮޓަރީގެ ދޮރާ ދިމާއަށެވެ. ދޮރުހުރީ ތަޅުލައިފައެވެ.އަހަރެން ދޮރު ހުޅުވޭތޯ ވަރަށް މަސައްކަތް ކުރީމެވެ .ނަމަވެސަ ދޮރެއް ނުހުޅު ވުނެވެ.
އިތުރަކައް އަހަންނައް ކެތެއް ނުކުރެވޭނެ އެވެ.މޭގަނޑު ހީވަނީ ހަށިގަނޑު ފަޅާ ނިކުމެދާނެ ހެންނެވެ.ތުރު ތުރު އަޅާ މީހާ ދާހިއްލަން ފެށިއެވެ.ހިތައް އައިހާ ހެޔޮ އެއްޗެއް ކީމެވެ.އަހަރެންގެ ފަހު ވަގުތު އައިސް ޖެހުނީ ކަންނޭންގެ އެވެ.އަހަތެންނަށް ކާކުހޭ ކިޔާ ވަރަށް ބާރައް ހަޅޭއްލަވައިގަނެވުނެވެ.ކުއްލިއަކަށް ކޮތަރިތެރެއަށް އަލިކަމެއް ވެގެންދިޔައެވެ.އަދި އެ އަލި ކޮޅު ރީތި އަންހެން ކުއްޖެއްގެ ސޫރައަށް ބަދަލުވިއެވެ.
އެއަންހެން ކުއްޖާގެ އިސްތަށިގަނޑު ކަޅެވެ.ލޮލުގައިވަނީ ނޫ ކުލައިގެ ކަޅިއެކެވެ.ލައިގެން ހުރީ ހުދުކުލައިގެ ވިދާހެދުމެކެވެ."އަހަރެންގެ ނަމަކީ ޖީނާ " އެއަންހެން ކުއްޖާ ބުނެލިއެވެ.އަހަރެން ވާހަކަ ނުދެއްކުމުން ޖީނާ ގޮސް މޭޒުމަތީގައި އޮތް އަލްބަމް ނަގާ އަހަންނަށް ދިއްކޮއްލިއެވެ.އެވަގުތު އަހަރެންގެ މަންމަ އައިސް ސުކޫލް އަށް ދާން ގޮވިއެވެ .އަހަރެންނައް އޮވެވުނީ އަމިއްލަ ކޮތަރީގައެވެ .އަހަރެންނައް ފެނުނީ ހުވަފެނެކެވެ .އެވަގުތު އަހަރެންގެ ހިތައް އެރިއެވެ .ޖީނާގެ އަލްބަމްގައި ހުރި ފޮޓޯ ތައް ބަލާ ލުމުގެ ފުރުސަތު ހުވަފެނަކުން ނަމަވެސް އަދި ލިބޭނެ ނަމަ އެވެ .
= ސުކުރިއްޔާ =
ހުރިހާ ކިޔުންތެރިން ނައްވެސް މިވާހަކަ ކަމުދާނެ ކަމަށް އުންމީދުކުރަން..☺🙃