ރިލާންގެ ނަޒަރުން
އިރު ދުނިޔެއާ އަލްވަދާޢު ކިޔަމުން ދިޔައެވެ. އެއްބައެއްގެ ހިތްތަަށް އުފާވެރިކަމާ ހަމަޖެހުން ގެނެސްދިންއިރު އަނެއް ބައެއްގެ ހިތްތަކަށް ގެނެސްދެނީ ހިތާމަޔާއި މޮޅިވެރިކަމެވެ. އާންއެކެވެ! ދުނިޔެ ހިނގަނީ އިންސާފަކަށް ނޫނެވެ. އަަހަރެންގެ ހިތުގައި ވަނީ މޮޅިވެރިކަމެވެ. އަަހަރެން ދެލޮލުން އައި ކަރުނަ އަތުނުފުށުން ފޮހެލުމަށްފަހު ގެއަށްދާން މިސްރާބުޖެހީމެވެ. "ދޮންބޭ....! މިސްކިތަށްގޮސް އާދޭ ކާން..." އަހަރެންނަށް ގެއަށް ވަދެވުމާއެކުހެން ކޮއްކޮ އެދުނެވެ. މިފަދަ ދަނޑިވަޅެއްގަވެސް އެފަދަ ކޮއްކޮ އެއްދެއްވީތީ އަހަރެން ﷲއަށް ހަމްދުކުރީމެވެ. އަދި ވުޟޫކޮށްގެން މިސްރާބުޖެހީ މިސްކިތަށެވެ. ނަމާދުކޮށްގެން އަަހަރެން ގެއަށް އަންނަން މިސްރާބުޖެހީމެވެ. "އިލީ! ދޮންބެ މިއައީ" އަަހަރެން ގެއަށް ވަދެ ގޮވާލީ ކޮއްކޮ ފެންނަން ނެތުމުންނެވެ.
"ހުންނާނެ ނޫޑުލްސް ކައްކާފަ...މަޑުކުރޭ އިލީ މިދަނީ" ކޮޓަރިން ބޯދިއްކޮށްލި ރައިލީން އެދުމުން އަަހަރެން ސޯފައިގައި ޖައްސާލީ ކިޔަވާލަންށެވެ. ކުޑައިރުކޮޅަކުން ރައިލީން ހުޑީއަކާއި ޖިންސެއްލައިގެން ބޭރަށް ނުކުތެވެ. އަަހަރެން ގޮސް ރައިލީން އާއެއްކޮށް ކާން އިށީނީމެވެ. "ދޮންބޭ...ރިޝޫމެންގެ އަށް މިރޭ ދެވޭނެތަ.." ރައިލީން ހުއްދައަކަށް އެދުމުން އަހަންނަށް ހީލެވުނެވެ. "އެއީ ކީތްކުރަން...." އަހަރެން އަހާލީމެވެ. "ދެން މި ކެމިސްޓްރީ ފިލާވަޅެއް ނިންމަންވެެގެން...އޯކޭ ތަ" ރައިލީން އާދެހުގެ ރާގަކަށް އެދުނެވެ. "އެންެމެ ރަނގަޅު، އެކަމް ދޮންބެ އާއެއްކޮށް ދެވޭނީ..!" އަހަރެން ފެންބޯން ތެދުވަމުން ބުނީމެވެ. ރައިލީން އޯކޭ އޭބުނުމުން އަހަރެން މިސްރާބުޖެހީ ޢިޝާ ނަމާދަށް މިސްކިތަށެވެ. މިސްކިތުން އައިއިރު އެ ނޫކުލައިގެ ޖިންސާއެކު ލައިގެން ހުރި ހުޑީގެ ޖީބަށް އަތްޖަހާލައިގެން ރައިލީން ހުއްޓެވެ. އެ ދިގު ބްލޮންޑް ކުލައިގެ އިސްތަށިގަނޑުގައި ހުޅިއެއްޖަހާލައިފާވާއިރު މޭކްއަޕެއް ބޭނުންކޮށްފައެއް ނެތެވެ. ސައިކަލު ސްޓާރޓް ކޮށްލަމުން ރައިލީން ގާތު އަރަން ބުނީމެވެ. ފޮތްތަށް އުނަގަނޑަށް ހެޔޮވަރުކޮށްލައިގެން ރައިލީން އެރިއެވެ. އަަހަރެން ރައިލީން އެގެއަށް ލުމަށްފަހު މިސްރާބުޖެހީ ވިރުދާންމެންގެއަށެވެ. "ވިރޭ! ހިނގާބެ ސައިކު ބުރެއް އަޅާލަންދާން...!" އަހަރެން އެނދުނީމެވެ. "ވެއިޓް މައެ ފޯނަށް އެބަ މީހަކު ގުޅާ" އަަހަރެން ފޯނު ސްޕީކަރަށް ލުމަށްފަހު ވިރުދާން އަށް ލާނެތް ހިނިތުންވުމެއް ވެދުންކޮށްލީމެވެ. އެއާއެކު ފޯނު ކެނޑުނެވެ. އަަހަރެން އަނެއްކާވެސް މިލްޔާއަށް ޑައިލް ކޮށްލީމެވެ. "ހެލޯ...ލާން؟ކިހިނެތްވީ" ގުޅާއިރަށް މި ސަފަރުކަތްދައަށް ވެސް އިނގެނީ ސުވާލުބޮޑި އޮއްސަން ހެއްޔެވެ. "އޭ މިލް..މިތާ އެބަހުރި ވިރޭ.." އަަހަރެން ވިރުދާނާއި މިލްޔާ ރަކި ކޮށްލަންވެގެން ބުނީމެވެ.
"ދެން ލާން ވެސް، ހަަމަ އެ ހަންޑި ހުރީމަތަ ތިގުޅީ" މިލްޔާގެ އަޑުގައި ވަނީ ލަދުވެތިކަމެވެ. މިލްޔާއަކީ އަަހަރެންގެ ކަޒިންއެކެވެ. ވިރުދާން އަހަރެންކައިރީ ވަށްބަހުން މިލްޔާދެެކެ ލޯބިވާ ވާހަކަ ބުނުމުން އަހަރެންގެ ކަމަކީ އެދެމީހުންނާ ދިމާކުރުމެވެ. "އޭ ބަަލަ މަންޖޭ! މަގޭ ބެސްޓީ އެއް ނުޖަހާނެ އިނގޭ ހަންޑިއެއް ވައްތަރެއް ދޯ!" އަަހަރެން ވިރުދާނަށް ދޯ އެއްލަމުން ބުނީމެވެ. ވިރުދާން އޭނާގެ އިސްތަށިގަނޑުގައި އަތް މަހާލަމުން ހީލިއެވެ. "ދެން އަސްލު ކީތްވެ ތިގުޅީ" މިލްޔާ އިތުރަށް އެސަމާސާގައި ބައިވެރިނުވީ އަހަރެން އޭނާ ލަދުންގޮސް ހަލާކުވިޔަސް ނުހުއްޓާނެކަން އިނގޭތީއެވެ. "އެދެން ކަމެއް ނުވެ...މަަހަަމަ ވިރޭ އަށް މިލްގެ ލޯބިލޯބި އަޑު ކޮޅު އިއްވާލާ ހިތްވީއޭ، ބާއީ.." އަހަރެން ޖަަހައިލި ހިނިގަނޑާއެކީގައި ބުނީމެވެ. ވިރުދާންއައިސް އަހަރެންގެ ކޮޑުމަތީގައި ބޮޑިއެއް އަޅާލިއެވެ. އެވަގުތު ފޯނު ކެނޑުނެވެ. ތެދަށް ބުނާނަމަ މިލްޔާ ލަދުންގޮސް ފޯނު ކަޑާލީއެވެ. "ކޮބާ ހިނގާ ދާން" ވިރުދާން އެދުމުން އަހަރުމެން ބޭރަށް ނުކުތީމެވެ. އަހަރުމެންގެ މިސްރާބު ހުރީ ރެސްޓޯރެންޓަކާއި ދިމާލަށެވެ. "ކޮބާ ކައެ މިލް ޖައްސަންވީނު.." އަހަރެން ލާނެތްކަމާއެކީގައި ހިނިތުންވަމުން ބުނީމެވެ. "ހެހެ ބުރޯ މާ އަވަސް! އަދި އޭނަގެ ހިތުގައި އޮތީ ކޯއްޗެއްކަން އިނގެންޖެހޭނެ އެއްނުދޯ؟" ވިރުދާން ކަޑަނުވާންވެގެން ބުނެލިއެވެ.
ރެސްޓޯރެންޓްގައި ތިބި އަހަރެންނާއި ވިރުދާން ސިހުނީ އެތެރެއަށް ވަން ބޮޑު ފިރިހެން ގުރޫޕް ފެނުމުންނެވެ. އެންމެންވެސް ކަޅު ހުޑީ އާއި ކަޅު ޖިންސްގައި ތިބިއިރު މޫނު ހުރީ މާސްކުންނާއި ހުޑްގެ ބޮޑުބަޔަކުން ނިވާ ކޮށްފައެވެ. ކޮންމެ މީހެއްގެ ކޮޑުގައި ދަބަހެއް އޮތްއިރު ވައްތަރީ ޖާސޫސްކުރާ ބަޔަކާއެވެ. އަހަރުމެން ދެމީހުން ކަޅަަކަށް އޯޑަރުޖަހަމުން އެމީހުންގެ ހަރަކާތްތަކަށް ޝަޢުޤުވެރިކަމާއި އެކީގައި ބަލަންފެށީމެވެ. އެމީހުން އެތާތިބެފައި ކުއްލިއަކަށް ތެދުވިއެވެ. އަދި އެ ފަސް ފިރިހެނުން ނިކުމެގެން ދިޔައިރު އެމީހުންނާއެއްކޮށް ހުރި އަންހެންކުއްޖެއް ވެސް ލޮލުގައި އަޅައިގަތެވެ. އަންހެން ކުއްޖެއް ހުރުމުން ހިތުގައި ސުވާލު އުފެދުނު ނަމަވެސް ބަލަހައްޓައިގެން ތިބީއެވެ. ހަމަ އިރުކޮޅަކުން އަންހެންކުއްޖަކު ޓެރަހުން ފުންމާލި ހަބަރު ލިބުނެވެ. އަހަރެންގެ ހިތުގައި ބިރުވެރިކަމުގެ ސާލެއް އޮޅާލި ފަދައެވެ. ވިރުދާން ސައިކުގެ ފަހަތަށް އަރުވައިގެން އަހަރެން ސައިކަލު ދުއްވަމުން ދިޔައީމެވެ. ސްޕީޑަށް ބެލޭވަރަށް ވުރެ އަހަރެން ހުރީ ހާސްވެފައެވެ. "ބުރޯ ސްލޯ ޑައުން...މަރުވެެގެން އުޅެނީ ބިޓުތަ؟ އެހެންނޫނީ އެކްސްއެއްތަ؟" ވިރުދާން އެގަޑީގައިވެސް ވާން އިނގުނީ ލާނެތް ހެއްޔެވެ. އަހަރެން ޖަވާބެއް ނުދީ ގޮސް ހެންވޭރުގައި ވާ 'ހޮރިޒޯން ވިޔު' ގެ ކުރިމައްޗަށް ހުއްޓުނީމެވެ. މީހުންތައް މަސްހުނި ވެފައި އޮތް ވަރުން ވާނުވާއެއް ނޭނގެއެވެ. ދެންބަލައިލީ ފަސްވަނަ ފަންގިފިލާއަށެވެ. އެތަނަށް ގެއްލިފައި ހުއްޓަ މީހަކު ފޯނަށް ގުޅަންފެށިއެވެ. "ދޮންބޭ! ރައު" ރައިލީންގެ ވޭނީ އަޑު އިވުމުން ހިތް ތޮރުފިގެން ދިޔައެވެ. އަދި މަރުވި ކުއްޖާއަކީ އޭނާގެ ކޮއްކޮ އެއްފަދައިން ލޯބިވާ ކުއްޖެއްކަން އެނގުމުން ލިބުނު ޝޮކް ބޮޑުވިއެވެ
ނުނިމޭ.....