އެ ނުބައި ނުލަފާ ކޮއްކޮ އާއި ދައްތަގެ މަޅިން ސަލާމަތް ވުމަށް އަމިއްލަ ކޮއްކޮ ދަންޖެހި މަރުވީ މުޅި ދުނިޔެއަށް ފަޟީހަތް ވެދާނެތިންނެވެ. އެ ތިންމީހުންނަށް ނޭނގޭ ކަމަކީ އެ ހުރިހާ ވާހަކައެއް ދެއްކި އިރު އެތާ ހަތަރުވަނަ މީހަކަށް އެހުރިހާ ވާހަކަތަކެއް އަޑު އިވުނު ކަމެވެ.
*********************
މާޝާއަށް ހޭލެވުނީ ބަނޑުހައި ވެގެންނެވެ. މިޝަލް ނެތުމުން މަންމައަށް ދެތިންފަހަރަކު ގޮވާލިއެވެ. އެހެންނަމަވެސް އެއްވެސް ޖަވާބެއް ނުލިބުމުން އަމިއްލަ އަށް ބަލައިގެން ތެދުވެ ގޮސް ބަދިގެއަށް ވަދެ ކިރު ތައްޓަކާއި ބިސްކޯދު އަޅާފައިހުރި ކުޑަ ވަރެއްގެ ފުޅި ހިފައިގެން އައިސް މޭޒު ދޮށުގައި އިށީނދެ ކާނެފެށިއެވެ. ކުރިޔަށް ހުސްކޮށް ފައި ތަށި ސިންކުތެރެއަށް ލައިފައި މާޝާ އަނބުރާގޮސް ކޮޓަރިއަށް ވަދެ ޓީވީ ހުޅުވާ ސޯފާގައި ހަމަ ޖެހިލި އެވެ. މިޝަލް ވީ ތަނެއް ނޭނގުމުން ގުޅަންވެސް ހިތަށް އެރިއެވެ. ކޮލެޖް ކަމެއްގައި ދިޔައީ ކަމުގައި ބަލާ އެ ވިސްނުން ދޫކޮށްލިއެވެ. ޓީވީ އިން ފަހަރަކު ޗެނަލްތަކަށް ބަދަލު ކުރަމުން ދިޔައިރުވެސް މާޝާ ބަލާހިތްވާ ކަހަލަގެ އެއްޗެއް ނާންނާތި ޓީވީ ނިވާލައި އަނެއްކާވެސް ފޯނުނެގިއެވެ. ފައިހާއަށް ވެސް ގުޅުނު އަދަދެއް ނޭނގެއެވެ. ފާރިޝްގެ ފޯނަށް ގުޅުމުން ބުނަނީ އޮތީ ނިއްވާލައިފާ ކަމަށެވެ. އިޒާން އަށް ގުޅުމުން ބިޒީ ކޮށްލަނީއެވެ. އެންމެ ފަހުން އަޒާންގެ ފޯނަށް ޑަޔަލް ކޮށްލިއެވެ.
"ކާކު ފޯނެއް ރިންގް ވަނީ" އެންމެންވެސް އެމީހެއްގެ ފޯނަށް ބަލާލިއެވެ. ނަމަވެސް އެޑިން އެއްވެސް މީހެއްގެ ފޯނެއް ރިންގެއް ނުވެއެވެ. "މަގޭ ފޯނު" އަޒާން އެނދުމަތީގައި އޮތް ފޯނު ދައްކާލިއެވެ. އެމީހުން އެހުރިހާ ވާހަކައެއް ދެއްކި އިރު އަޒާން އޮތީ އެހުރިހާ ވާހަކަ އެއް ކަނުލާ އަޑު އަހާށެވެ. މާޝާ ގުޅާތީ އަވަހަށް ފޯނު ނަގާ ފުރަތަމަވެސް ބުނި އެތިން އެންމެން ތިބީ ހައިރާން ވެފައެވެ. "ޔެސް ލަވް". "ސާބަހޭ އަދި ދޯ ފޯނު ނަގަން އެނގުނީ. އަހަރެން ފޫހިވެގެން މިއުޅެނީ އާދެބަ މިގެއަށް. މިޝަލް ވެސް ނޭނގެ ވީ ތަނެއް. ފައިއަށް ވެސް ގުޅިއްޖެ. ފާރިޝް ފޯނު އޮތީ ނިވާލާފަ." މާޝާ ފަހަރަކު މީހެއްގެ ނަން ބުނަމުން ދިޔަ ވަރަކަށް އަޒާން އެމީހުންގެ މޫނުމައްޗަށް ބަލާލައެވެ. "ގަޑި ބަލާބަލަ. އިޓްސް 9:30 އޭ ލޯބި ގަނޑާ." މިފަހަރު އަޒާން އެއްމިޔަކަނުން ބޯލާފައި މިޝަލް އާއި ދިމާއަށް ބަލާލިއެވެ. "ދެން ކަމްއޯން." ކުޑަކުއްޖެއް ހެން މާޝާ ތުން ކޮޅު އޫކޮށްލާފައި ޝަކުވާކޮށް ލިއެވެ. "ގިވްމީ 20 މިނެޓްސް. ލަވް ޔޫ ޑާލް" އަޒާން އެހުރިހާ ވާހަކައެއް ދެއްކި އިރުވެސް އެއީ މާޝާކަން އެކަކަށް ވެސް ނާންގައެވެ.
"ކޮބާ ދޮންބެ؟ ދޮންބެގެ ޑިއުޓީ ގަޑި ދޯ މިއީ؟" އަޒާން ބަލާލީ ސީދާ ފައިހާގެ މޫނަށެވެ. ފައިހާ ޖަވާބަކަށް ހަމައެކަނި ބޯޖަހާލިއެވެ. "ދޮންބޭ. އައި ވޯންޓްގެޓް ޑިސްޗާޖްޑް. އެންޑް އައި އޭމް ފައިންނައު." އަޒާން ފޯނު ނަގާ އިޒާންއަށް މެސެޖް ކޮށްލިއެވެ. ބްރޭކް ގަޑި ލިބުމުން އިޒާން ނަތާޝާއަށް ވީޑިއޯ ކޯލް އެއް ކޮށްލީ ރަނގަޅަށް ވާހަކަ ނުދެއްކޭތާ ހަފްތާއެއް ވެފައި ވުމުންނެވެ. ނަތާޝާ އެބަ އަންނަން ކަމުގައި ބުނެފަ ދިޔަފަހުން ފަސް މިނެޓް ވީ އިރުވެސް ނައުމުން އައިސް މެސެޖެއް ކޮށްލުމަށް ބުނެ ފޯނު ކަނޑާލި އެވެ. އެއީ އަޒާންގެ މެސެޖް އިޒާންއަށް ލިބުނު ވަގުތެވެ. ޑިސްޗާޖް ކޮށް ނުދީފިނަމަ އައިވީ އަމިއްލައަށް ނައްޓާލައިގެން ދާނެ ކަމުގައި ވެސް އަޒާން އެ މެސެޖް ގައި ބުނެފައިވެއެވެ. އެންމެ ކުޑަ އިރުއްސުރެ ވެސް އަޒާންގެ ގޮތް އިޒާން އަށް އެނގެއެވެ. ކައިރީ ގައި އުޅެ ބޮޑުވި ކޮއްކޮގެ ގޮތް ނޭނގޭނީ ކާކަށް ހެއްޔެވެ. އަޒާން ބުނެފި ކަމެއް ކުރާނެކަންވެސް އިޒާންއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އަޒާންގެ ޑިސްޗާޖް ޑޮކިއުމެންޓް ތައްޔާރުކޮށްފައި ބެލެނިވެރިއެއްގެ ހައިސިއްޔަތުން ސޮއި ކުރީ ވެސް އިޒާންއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި އަޒާން ބާއްވާފައި އޮތް އެނދުކައިރިއައް ނަރުހަކާއި އެއްކޮށް އިޒާންވެސް އައެވެ. ނަރުސް ކުއްޖާ އަޒާންގެ އައިވީ ނައްޓާ އަތުގައި މަލަން ކޮޅެއް އަޅާލިއެވެ. އިޒާން އައިސް އަޒާންގެ އަތަށް ޑޮކިއުމެންޓް ދިނެވެ. އަދި ދެން ގެއަށް ދިޔަސް ހެޔޮ ކަމުގައި ބުންޔެވެ. ބޭސް ލިޔެފައި އޮތް ކަރުދާސް ކޮޅު އިޒާން ދިނީ ފައިހާގެ އަތަށެވެ. އަޒާން މަޑު ކުރުމެއް ނެތި ޓެކްސީއަކަށް ގުޅާލިއެވެ. އަދި އިރުކޮޅެއްގެ ތެރޭގައި ކާރު އައިސް އޭޑީކޭ ކުރިމައްޗެއް ހުއްޓުނެވެ. ކާރަށް އަރާ ދާންވީ މަންޒިލް ބުނުމަށް ފަހު ކާރުގައި ހަމަ ޖެހިލި އެވެ. ފާރިޝް ދެއްކި ވާހަކަތަށް އޭނާގެ ސިނކުޑީގައި ގުގުމަ ގުގުމާ ހުއްޓެވެ. މީހަކު އެވާހަކަތަށް އެއްޗަކުން ޖަހާފައި ތަކުރާރު ކުރާ ކަހަކައެވެ. ކާރު އޭގެ މަންޒިލަށް ގޮސް ހުއްޓުމުން އަޒާން ފައިސާ ދައްކާފައި ކާރުން ފޭބިއެވެ.
"ހައި ޕަމްޕްކިން" އަޒާން ވަދެގެން އައިތާ ފެނުމުން މާޝާ ބުނެލިއެވެ. " ހާއި ލަވް" އަޒާން ފަހަކަށް އައިސް މާޝާއަށް ގޮވާ އުޅެނީ އެކި ނަންނަމުންނެވެ. މާޝާއަށް ޖެއްސުމަށެވެ. "ބޮލަށް ކީއްވެ ފަ؟" އަޒާންގެ ބޮލުގައި އަޅާފައި އޮތް ބެންޑޭޖް ކޮޅު ދައްކާލާފައި މާޝާ އެއްސެވެ. "މި ދޯ.. މި. މިއަދު ސައިކަލުން ވެއްޓުނީ." އަޒާން ބޯކަހާލިއެވެ. "ސާބަސް މަންކީއަށް ބަލައިގެން އުޅިބަލަދޯ" މާޝާ އޭނާއާއި ދޭތެރޭ ކަންބޮޑު ވާ ވަރު އެނގުމުން އަޒާންގެ މޫނު މަތިން މާނަ ފުން ހިނިތުންވުމެއް ވެރިވިއެވެ. ފައިހާއަށް ވުރެ މިހާރު އަޒާންގެ ގުޅުން މާ ވަރުގަދައޭ ބުންޔަސް ދޮގަކަށް ނުވާނެއެވެ. މާޝާ ގުޅިއަސް ފައިހާ ފޯނު ނަގަނީ ހާލަކުން ފަހަރަކުއެވެ. އެކަމާ މާޝާ އެއްވެސް ޝަކުވާއެއް ނުކުރެއެވެ. މާޝާ ބަނޑު ބޮޑުވީ ފަހުން މާޝާ އާއި އެކު އަޒާން ހުންނަ ވަގުތު މިޝަލް އަށް ވުރެ ގިނައެވެ.
ދުވަސްތަށް ހަފްތާއަށް ބަދަލުވެ ހަފްތާތަށް މަސްތަކަށް ބަދަލުވެ މާޝާ ގެ ބަނޑަށް މިހާރު 8 މަސް ވީއެވެ. މިޝަލް ޑޮކްޓަރަށް ދައްކަން ދިޔައިރު މިޝަލް އާއި އެކު އަޒާން ދިޔައީ މާޝާ އާދޭސް ކުރާ ވަރުންނެވެ. ވާނުވާ އޭނާއަށް އެނގުމަށް އަޒާންއަށް ވަނީ އަމުރު ކޮށްފައެވެ. މިޝަލްގެ ނަންބަރު ޖެހުމުން އަޒާން މާޝާއަށް ގުޅާ އަތުތެރެއަށް ފޯނު ލައިގެން ޑޮކްޓަރު ބައްލަވާ ކޮޓަރިއަށް ވަނެވެ. "ކުރިންވެސް ބުނިފަދައިން އަވަހަށް އޮޕަރޭޝަން ކުރަންވީ. އެހެންނޫނީ ފުރާނައަށް ވަރަށް ގެއްލުން ވާނެ." އެހެން ފަހަރުތަކޭ އެއްގޮތަށް މިފަހަރުވެސް ޑޮކްޓަރ އެދުނީ އަވަހަށް މިޝަލް އޮޕަރޭޝަން ކުރުމަށެވެ. މިޝަލް އެކަމަކާ ދެކޮޅެއް ނުހަދައެވެ. ތިމަންނަގެ އަންހެނުން ވިހާ ގަދަވީމާ އަންހެނުންނާއި ދަރިފުޅު ގޮވައިގެން ގޮސް އޮޕަރޭޝަން ކުރާނެ ކަމުގައި ޑޮކްޓަރ ގާތު މިޝަލް ބުންޔެވެ. ޑޮކްޓަރު ވެސް އެއީ ރަނގަޅު ގޮތެއް ކަމުގައި ބުނެ ބަލައިގެން އުޅުމަށް އެދުނެވެ. މިޝަލް ގެއަށް ދިއުމުން އަޒާން ގުޅާލީ ނީޝާ އަށެވެ. "ލެޓްސް މީޓް" ނީޝާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި އަޒާން ފޯނު ކަނޑާލިއެވެ.
ފައިހާ އަކީ މިހާރު ކިޔަވައިގެން ހުރި މޮޅު ނަރުހެކެވެ. ފާރިޝްއަކީ ނަން މަޝްހޫރުވެފައިވާ ފުލުސް މީހެކެވެ. ލިއުޝާ ދަނީ ކައުންސެލިންގެ ދާއިރާއިން ޓްރެއިނިންގ ހަދަމުންނެވެ. ޖައިލަމް އަކީ އަތޮޅު އޮފީހުގައި މަސައްކަތް ކުރަމުން އަންނަ މުއައްޒަފެކެވެ. ޖައިލަމް ގޭގައި ނޫޅޭ ވަގުތު ތަކުގައި ލީޝާ ގޮވައިގެން އުޅެނީ ކިއްުޝާއެވެ. ހަމަ އެހެންމެ ލިއުޝާ ނޫޅޭ ވަގުތު ޖައިލަމް އެވެ. ދެމީހުން އެކީ މަސައްކަތް ކުރަންދާބް ޖެހޭ ފަހަރު އަންނާތީ ދެމަފިރިން އެގެއަށް މަސައްކަތް ކުރުމަށް މީހަކު ގެނައެވެ. ފާރިޝްއާއި ފައިހާ ވެސް ކައިވެނި ކުރި ފަހުން ތިން މަސް ވީއެވެ. ޕާޓީއެއް ބާއްވަން ފައިހާ އެއްބަސްނުވުމުން ހަމައެކަނި ކޯޓަށް ގޮސް ރަސްމީކޮށް ކައިވެނި ކޮށްލިކަމެވެ. ފައިހާ ޕާޓީއެއް ބާއްވަން ބޭނުންނުވީ މާޝާއަށް އެ ބޮޑު ބަނޑާއިއެޖު ނުހުރެވޭނެކަމުގެ އިހްސާސް ވުމުންނެވެ. އަދި މާޝާ ވިހެއުން ވެޑިން ޑްރެސް ލައިގެން ހަމައެކަނި ފޮޓޯ ޝޫޓެއް ބާއްވާލާނީ ކަމުގައި ފައިހާ ވަނީ ބުނެފައެވެ. އެންމެން ވެސް އެކަމާ ރުހި ގަބޫލެވެ.
ފާރިޝް އަޒާންގާތު ނީޝާ ގޮވައިގެން ދާންވީތަން ބުނުމުން އަޒާން ނީޝާއަށް ނޭނގޭނެހެން ނީޝާ ގޮވައިގެން އެތަނަށް ދިޔައެވެ. އަދި ދުރުދުރުން ވާހަކަ ފެށިއެވެ. "ނީޝް އަހަރެންނަށް ދޮގު ނުހަދާ ވާހަކައެއް ކިޔައިދީފާނަންތަ؟" އަޒާން ފުރަތަމަ ވެސް ކޮށްލި ސުވާލުން ނީޝާ ގެ ހިތުގައި ވެސް ސުވާލު އުފެދުނެވެ. "ޔެޕް" ނީޝާ ބަލާލި އަޒާންގެ މޫނަށެވެ. އެވަގުތު އެއީ އަޒާން ވެސް ނީޝާގެ މޫނަށް ބަލާލި ވަގުތު ކަމުން ދެމީހުންގެ ހަތަރު ކަޅި ބައްދަލުވިއެވެ. ނީޝާއަށް އިރު ކޮޅަކު ގަނޑުވެފައި ހުރެވުނެވެ. އަޒާން ދުރު ބަލާލުމުން ނީޝާ ބަލާލީ އަމިއްލަ އަތަށެވެ. "އާލިޝް އަކީ ނީޝް ދަންނަ މީހެއްތަ؟" ކުރިއަށް ވުރެ ނީޝާއާއި ކައިރިވެލާފައި ނީޝާގެ މޫނުމައްޗަށް އެޅިގައި ހުރި އިސްތަށިކޮޅު އެއްއަތުން ރީތި ކޮށްލަމުން އަނެއް އަތުން ނީޝާގެ އުނަގަނޑުގައި ހިފާ ކައިރި ކޮށްލިއެވެ. އަޒާންގެ މިއަމަލުން ނީޝާ ހައިރާންވިއެވެ. މީގެ ކުރިން އަމިއްލައަށް ފެނިގެން އަޒާން ނީޝާގެ ކޮލުގައިވެސް އިނގިލިކުރި ޖައްސާ ނުލައެވެ. އެއްފަހަރު އަޒާންގެ މޫނަށް އަނެއްފަހަރު އަޒާންގެ އަތަށް ބަލާލެވެއެވެ. ނީޝާގެ ޖަވާބެއް ނުލިބުމުން އަޒާން އާއި ފާރިޝް ރާވާފައިވާ ގޮތަށް ކަންތައް ކުރަންފެށިއެވެ. ނީޝާ ލައިގެން ހުރި ހެދުން ކޮޅު ބާލުވަން ހެދުމުގެ ތިރީގައި ހިފާލިއެވެ. ނީޝާ ސިހިފައި އަޒާންގެ އަތް ފޮޅުވާ ހަޅޭ ލަވައިގަތެވެ. "އަޒާން. ތިޔަ ކޮންކަމެއްތަ؟ ކީއްކުރާނަމޭ ހިތާތަ ތިއުޅެނީ؟"
"އޭ.. މައިތިރި ވެގެން ހުރޭ. ކަލޭ ރޭޕް ކޮށްލަން މިއުޅެނީ. ކިހިނެއް ވީ. ކަލޭ ނުކުރާ ކަމެއްތަ؟" އަޒާން ލާނެއް ގޮތަކަށް ހީލިއެވެ. ނީޝާގެ މޫނުމަތިން އޮއްދާހިއްލަން ފެށިއެވެ. އަޒާން އަކީ އޭނާ ބުނާކަމެއް ކުރާނޭ މީހެއްކަން ނީޝާއަށް ވެސް އެނގެއެވެ. އިހްތިޔާރަކާ ނުލާ ނީޝާގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. މީގެ ފަސް އަހަރު ކުރިން ނީޝާ އާލިޝްއާއި ދޭތެރޭ ކަންތައްކުރެވުނު ގޮތް ލޮލު ކުރިމަތިން ފެންނަމުން ދާ ކަހަލައެވެ. ބޮލަށް ބާރުވާންފެށުމުން ކުޑަކަކޫ މައްޗަށް ނީޝާއަށް ދުރުވެވުނެވެ. ހަޅޭ ލަވަންވެސް ބޭނުންވެއެވެ. ނަމަވެސް އެއަށްވުރެ އަޒާން ދެކެ ނީޝާ ބިރުގަނެއެވެ. ކަރުނަތައް ފުހެލާފައި ހުރިހާ ވާހަކަތަކެއް ކިޔައިދިނުމަށް ނިންމާފައި ކޮޅަށް ތެދުވި އެވެ. އަލިފުން ޔާއަށް ހުރިހާ ވާހަކަތަކެއް ކިޔައިދީ ނިންމާލިއެވެ. "މި.. މިވާހަކަތައް އިތުރު. އިތުރު މީހަކަށް ނާންގާތި. ހެޔޮނުވާނެ އަޒޫ. އަހަރެން ބޭނުމެއް ނޫން ޖަލަށް ދާކަށް" ނީޝާއަށް އަނެއްކާވެސް ރޮވުނެވެ. "އައިމިނަތު ނީޝާ އަހްމަދު. އަޅުގަނޑުމެން އެކީ ހިނގާ ފުލުސް އޮފީހަށް. ރޭޕް ކުރިކަމަށް އެއްބަސްވުމާއި ބްލެކްމެއިލް ކުރިކަމަށް އަމިއްލަ އަކައް ތި އެއްބަސްވީ މިހުރިހާ ފުލުހުންނަށް އަޑު އިވޭ ވަރަށް." ފާރިޝް ނީޝާ އާއި ދިމާއަށް ބުނެލިއެވެ. "އިޓްސް ޓައިމް ފޯ ޔޫ ޓު ރޮޓް އިން ޖެއިލް ބޭބް" ނިޝާ ކަންފަތް ދޮށުގައި އަޒާން އެހެން ބުނެލިއެވެ. ނީޝާއަށް އެއީ އަޒާންގެ ރޭވުމެއްކަން އެނގުނީ އެހިސާބުންނެވެ.
- ނުނިމޭ -
Hadi Hadi vaahaka eh but cooލ
ލަވް އިޓްްޓްޓް
ކީޕް އަޕްދަ ގުޑް ވޯކް❤️❤️❤️❤️❤️❤️❤️