ނަފްރަތުން ވެވުނު ލޯބި - 22

ބޮޑު ކަމެއް ވެގެން ނޫނީ ފައިހާ އެވަރަށް ނުގުޅާނެކަން ފާރިޝްއަށް އެނގެއެވެ. ލަސްކުރުމެއް ނެތި އަވަހަށް ފައިހާގެ ނަންބަރަށް ޑަޔަލް ކޮށްލިއެވެ. ހީވާ ކަހަލައެވެ. ފައިހާ ހުރީ ފާރިޝް ގުޅާނެ އިރެއްގެ އިންތިޒާރުގައެވެ. ދެތިން ފަހަރަކު ރިންގު ވުމުން ފޯނު ނެގިއެވެ.

*****************************

ފާރިޝްއަށް ފައިހާގެ އަޑު އައީ ކެނޑި ކެނޑިގެންނެވެ. ރުއިމުގެ ސަބަބުން ފައިހާގެ އަޑު ވަނީ ކުރެހިފައެވެ. ފައިހާ އަށް ވެގެން އުޅޭގޮތް ފާރިޝްއަށް އަލިފުން ޔާއަށް ކިޔައިދިނެވެ. މަޑު ކުރުމެއް ނެތި ޓީޝާޓަކާއި ޖިންސެއް ލައިގެން ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިން ނުކުތެވެ. ފާރިޝް މާ އަވަސް އަރުވާލައިގެން އުޅުމުން މިޝަލް ފާރިޝްގާތު ވެގެން އުޅޭގޮތް އޮޅުން ފިލުވިއެވެ. "ވަޓް. ހިނގާ މަވެސް ދާނަން" މިޝަލް ވެސް ހުރީ ފާރިޝް ބުނި ވާހަކަ އަޑު އިވުމުން ހާސްވެފައެވެ. މާޝާ ގެއަކަށް އައި ގޮތަށް އައިސް ނިދީމަ ހަސީނާ ގާތު ފާރިޝްއެކި ބޭރަށް ގޮސްލަނީކަމަށް ބުނެ ސައިކަލުގައި ދިޔައެވެ.

ފައިހާ ހޮސްޕިޓަލަށް ދެވުނު އިރު ކުރިން ނުފެންނަ މޫނެއް ފައިހާގެ ލޮލުގައި އަޅައިގަތެވެ. "ފައިހާ ދޯ" ފައިހާ އަވަސް ފަރުވާދޭ ކޮޓަރިއާއި ހިސާބަށް އަރާ ހަމަވިތަނާ އެ އަންހެންކުއްޖާ އެއްސެވެ. "ހޫމް. އަހަންނަށް ކިޔާނީ ފައިހާ. އެކަމް ތިއީ ކާކު." ފައިހާ ސުވާލުގެ ނަޒަރަކުން އެ އަންހެން މީހާއަށް ބަލާލިއެވެ. "އަހަންނަށް ކިޔާނީ ނީޝާ. އައިއެމް އަޒާންގެ ގާލް ފްރެންޑް. ތިއީ އަޒާންގެ ކޮއްކޮ އޭނުން" ފައިހާ ހުރީ ހައިރާންވެފައެވެ. ވާނީވެސް އެހެންތާ އެވެ. ކުޑަ ދޮން މީހަކާ ރައްޓެހިވެގެން އުޅޭވާހަކަ ފައިހާ ކައިރީ ބުނެފައެއް ނެތެވެ. އަވަސް ފަރުވާދޭ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ދެމީހުންވެސް އެދިމާއަށް ބަލާލިއެވެ. އެވަގުތު އެތަނަށް ވަދެގެން އައި ފާރިޝް އާއި މިޝަލް ވެސް ގޮސް ފައިހާގެ ގާތުގައި ހުއްޓުނެވެ. "ދޮންބެ" ފައިހާއަށް އިޒާން ފެނުމާއި އެކު ބުނެލެވުނެވެ. "އަލްހަމްދުލި ﷲ. އަޒާން މިހާރު ރަނގަޅު. މިކޮޅަށް ގެނެވުނީ އިރު ވަރަށް ލޭ ވެސް މަދު. މިތާގަ ބްލަޑް ހުރީމަ އަޒާން ސްޓޭބަލް ވީވެސް." އިޒާން ދަރިވަރަކަށް ހުރިހާ ވާހަކައެއް އަމުނާލިއެވެ. ނީޝާއަށް ނީޝާއާއި ދިމާއަށް ބަލާކަން އެނގުމުން ތިމަންނާއަކީ ކާކުކަން އެމީހުންނަށް ނޭނގެނީކަމަށް ހީކޮށް ކުޑަކޮށް ފޮނިވެސް ވިއެވެ. ފަހަތަށް ދޫކޮށްލެވިފައި އޮތް އިސްތަށިގަނޑު ކުރިމައްޗަށް ވާގޮތަށް އެއް ކޮނޑުމަތިން ގެނެސް ތުއިވެލާފައި ތިމަންނަ އަކީ އަޒާން ރައްޓެހިވެގެން އުޅޭ ކުއްޖާކަމުގައި ބުންޔެވެ. އިޒާން މެންގެ ގާތަށް ހިނި އައީ އެއީ އަޒާން ސީރިއަސްވެގެން ކުރާނޭ ކަމެއް ނޫންކަން އިނގޭތީއެވެ. "ވެލް. ޔޫއާ ނޮޓް އެލައިޑް ހިޔާ. އަޒާންގެ ފެމިލީއަށް ޓައިމް ދީފަ ގެއަށް ދާން ވީނުން." އިޒާން އެއްމިޔަ ކަނަކުން ބޯލާފައި ނީޝާއަށް ބުނެލިއެވެ. ނީޝާއަށް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ.

"ކަލޯ. އެޔޯ އަޒާންގެ ބިޓު ގޮލައޭ. ހާދަ ހީނުވެޔޭ. އަޒާން އެހާ ކަޓު ޗޮއިސްއެއް ނަގާފާނެއެކޭ މާ ބުނާނަން" މިޝަލް ވެސް ރައްދުގައި އެއްޗެކޭ ބުނެލައިފައި ހިނިގަނޑެއް ޖަހާލިއެވެ. "ދެޓްސް ޖަސްޓް ޓައިމް ޕާސް" އިޒާންއަށް އަޒާން އުޅޭގޮތް އެނގިފައި އޮތުމުން ބުނެލިއެވެ. އަޒާން ވޯޑަށް ބަދަލުކުރުމުން ފާރިޝް ވެސް މިޝަލްމެންގެ ފަހަތުން ގޮސް އަޒާން ބާއްވާފައި އޮތް އެނދު ކައިރިއަށް ދިޔައެވެ. އޭރުވެސް އަޒާންއަށް އޮތީ ނިދިފައެވެ. ސައިކަލުން ވެއްޓި ބޮލުގެ ތަންކޮޅެއް ފަޅައިގެން ގޮސް ވެއެވެ. އިތުރު ގެއްލުމެއް ލިބިފައި ނެތުމުން އަޒާންގެ ހަށިގަނޑަށް އެއްވެސް ބިރެއްނެތެވެ. ފާރިޝް ވޯޑަށް ވަނިންސުރެއް އަނގައިން ނުބުނެ މަޑު މަޑުން ހުންނަކަން މިޝަލް އަށާއި ފައިހާއަށް ފާހަގަ ކުރެވުނެވެ. ކީއްވީތޯ ފައިހާ ސުވާލުވެސް ކުރިއެވެ. "އެ ނީޝާ އަހަރެން ދަންނަން." ފާރިޝް ބުނި އެއްޗަކުން ފައިހާ ސިހުނެވެ. އޭނާއަށް ނީޝާ އެނގެންވީ ކޮން ގޮތަކުންބާއޭ ހިތަށް އެރިއެވެ. އަނެއްކާ އެއީ ކުރީގަ ފާރިޝްގެ ލޯބިވެރިޔާބާއޭ ވެސް ހިތަށް އެރިއެވެ. "ކުރީގަ ތިކިޔާ ނީޝާ އުޅުނީ މަގޭ ކޮއްކޮ އާލިޝްއާއި ރައްޓެހިވެގެން. ކޮއްކޮ އަމިއްލަ އަކަށް ދަންޖެހި މަރުވީވެސް ހަމަ އެ ނީޝާ އަކާ ހެދީ. އޭނާގެ ދައްތައެއްވެސް ހުރޭ. ލިއުޝާއެކޯ ކިޔަނީ. މީހަކާ އިނދެގެން އެހެން މީހަކަށް ބަނޑުބޮޑު ވީ ވެސް އެ ލިއުޝާ. މިހާރު ވީހާފަ ކަންނޭނގެ ހުންނާނީ." ފާރިޝްއަށް ނޭނގޭ ކަމަކީ ލިއުޝާ އޭރު ކައިވެނި ކޮށްގެން އުޅުނީ އަޒާންއާއި ކަމެވެ. "އެއްރޭ އަހަރެން ގެއަށް ދިޔައިރު ކޮއްކޮ ރޯ އަޑު އިވޭ ކޮޓަރި ތެރެއިން. އަހަރެން ގޮސް ދޮރުގެ ތަޅުގަ ހިފައި އަނބުރާލި ތަނާ ތަޅު ނުލާ ހުރުމުގެ ސަބަބުން ވަރަށް ފަސޭހައިން ހުޅުވުނު. އެ ލިއުޝާ އާއި ނީޝާ އަހަރެންގެ ކޮއްކޮ އެނދުމަތީގައި އޮތީ އޮރިޔާމާ ބާއްވާފަ. އެވެސް އަދި ދެއަތް އައްަސާފަ. ލިއުޝާ އޮތީ އަހަރެންގެ ކޮއްކޮ ގައިމަތީ ހެއްދެވި ގޮތަށް. ނީޝާ ހުރީ ކީއްކުރަންތޯ އަހަންނާ ސުވާލުކޮށްބަލަ." ފާރިޝް ހުރީ ކޮންމެސް ވަރަކަށް ރުޅިވެސް އައިސްފައެވެ. "ކީއްކުރ.. ކީއްކުރަން ތަ ހުރީ؟" ފައިހާ ތުރުތުރު އަޅަމުން އެއްސެވެ. "އެ ލިއުޝާ އަހަރެންގެ ކޮއްކޮއަށް ކުރަން ހުރި ޖަންތައް ވީޑިއޯ ކުރަން ހުރީ. އަހަރެން އެއްމެ ފުރަތަމަވެސް ބެލީ ކޮއްކޮ އެކަމުން ސަލާމަތް ކުރެވޭތޯ. އެއްވެސް މީހަކަށް މިވާހަކަ އެއްގިއްޖެއްޔާ އެ ވީޑިއޯ ލީކް ކޮށްލާނަމޭ ބުނެފަ އޮތީ އެ ނީޝާ. އޭގެ އަނެއް ދުވަހު އަހަރެން ކޮއްކޮއަށް ގޮވަން ދިޔައިރު ކޮއްކޮ އަމިއްލަ އަކަށް ދަންޖެހިފަހުރީ. ނޯޓު ކޮޅެއްގަ ލިޔެފަ އޮތް މުޅި ދުނިޔެއަށް ފަޟީހަތް ނުވާންވެގެ ް ކުރިކަމެކޭ މިއީ. އަހަރެންގެ ވިސްނުން ބަދަލު ކޮށްފިން ދުބާއީއަށް ނުދާން. މިކޮޅު ފުލުސް އޮފީހަށް ވަޒިފާއަށް ލާނީ. ހޮވިއްޖެ ނަމަ އަހަރެންގެ ކޮއްކޮއަށް އިންސާފު ހޯދަ ދޭން ބޭނުން. އަހަރެންނާއި ދިމާއަށް ފާޑަކަށް ބަލާލައިފައި ނުކުމެގެން އެދިޔައީ ވެސް." ފާރިޝް ހުރިހާ ވާހަކައެއް ކިޔައިދީ ނިމުނު އިރު އެދެލޮލުން ވަނީ ކަރުނަ ހިލިފައެވެ. މީގެ ފަސް އަހަރު ކުރީގަ ވީ ކަންތައް އޭނާ ވަނީ އެ ހިތުގެ ތެރޭގައި ފަސް އަޅާ ފޮރުވާފައެވެ. ލޯބިވާ ކޮއްކޮ މަތިން ހަނދާން ވުމުން ފާރިޝްއަށް ރޮވުނީއެވެ. އެ ނުބައި ނުލަފާ ކޮއްކޮ އާއި ދައްތަގެ މަޅިން ސަލާމަތް ވުމަށް އަމިއްލަ ކޮއްކޮ ދަންޖެހި މަރުވީ މުޅި ދުނިޔެއަށް ފަޟީހަތް ވެދާނެތިންނެވެ. އެ ތިންމީހުންނަށް ނޭނގޭ ކަމަކީ އެ ހުރިހާ ވާހަކައެއް ދެއްކި އިރު އެތާ ހަތަރުވަނަ މީހަކަށް އެހުރިހާ ވާހަކަތަކެއް އަޑު އިވުނު ކަމެވެ.

- ނުނިމޭ -

    Please log in or register to bookmark.
    3k

    ޚިޔާލު

    Your email address will not be published.