kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.comSupertotobetSahabetTarafbetMatadorbetTipobet365Deneme BonusuBetvoleMariobethack forumxumabetgiris.com

ރަތްގެރިފުޅު - 9

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

ރަށްރަށަށް ގޮސް ކުޑަ ކުޅިވަރެއް ކުޅެގެން, ރަށުގެ މީހުން ބިރު ގަންދުވާ, ތަކެތި ހޯދުމުގެ ހިޔާލުގެ ވާހަކަ މޫސާގާތު އަލީ ހިއްސާ ކުރިއެވެ. އަދި އެ މީހުން އެކަން ކުރާނެ ގޮތް ރާވާ އެކަމަށް ތައްޔާރުވެގެން, ފުރަތަމަ ރަށަކަށް ބިިލެތްފަށްސަށް ދިއުމަށް ނިންމިއެވެ. ނަމަވެސް ފަރީޝާ ހުރީ ބައްޕަމެން ކުރަން އެ ވިސްނި ކަންކަމާ ހިތްހަމަ ނުޖެހިފައެވެ. ފަރީޝާއަކީ އެހެން މީހުންނާއި މެދު ވަރަށް ބޮޑަށް ވިސްނާ ކުއްޖަކަށް ވީމައެވެ. އެހެން މީހުންނަށް ދެރައެއް ދޭން އޭނާ ބޭނުމެއް ނުވެއެވެ. މިހެންވެ ފަރީޝާ ފުރަތަމަ ހުރީ ބިލެތްފަށްސަށް ނުދާ ގޮތަށެވެ. އެކަމަކު އަލީ ވައުދުވި ކަމަކުން އެންމެފަހުން އެއްބަސްވީއެވެ. އެއީ, ދާ ރަށުގެ މީހުން އެމީހުންނަށް ގެއްލުމެއް ނުދޭހާ ހިނދަކު, އެ މީހުން ވެސް އެ ރަށެއްގެ މީހުންނަށް ގެއްލުމެއް ނުދޭ ގޮތުގެ މަތިންނެވެ.

ކުޑަ ބޮއްކުރައަށް ދަތުރުގެ ކޮއްތުއާއި, ބިލެތްފަށްސަށް ވިއްކޭތޯ ބެލުމަށް, ކާއްޓާއި, ބޯކެޔޮ އަރުވާ ދަތުރު ފެށުނެވެ. މެންދުރުގެ ގަދަ އަވިން ބޯ ހިޔާކުރުމަށް ފަންހުނގުލި ތަކެއް ވެސް ބޮއްކުރާގައި ހުއްޓެވެ. ފަލިޖަހާފައި ނާއިންފަރުގެ ފަޅުން ބޮއްކުރާއަށް ނުކުމެވުނެވެ. އެ ދުވަހަކީ ކަނޑު މަޑު ދުވަހެކެވެ. މިހެންވެ ބޮއްކުރާގެ ދުވެލި ވަރަށް ހަލުއްވެއެވެ. ފަލި ޖަހާޖަހާ އަތް ވާޅުވުމުން, ވަގުތުކޮޅަކަށް ފަލިޖެހުން އަލީ ހުއްޓާލައެވެ. ވަރުބަލިކަން ފިލުވާލާ އަނެއްކާ ވެސް ފަލި ޖަހަން ފަށައެވެ. ނަމަވެސް އޭނާގެ ދެކުދިންނަށް އެއްވެސް މަސައްކަތެއް ކުރާކަށް ނުޖައްސައެވެ. ހެނދުނު ހެނދުނާ ނާއިންފަރުން ފުރި, އެ ބޮއްކުުރާއަށް, ބިލެތްފަށްސައް ދެވުނީ އެ ދުވަހުގެ ހަވީރުގެ ވަގުތުގައެވެ.

ބިލެތްފަށްސަށް ބޮއްކުރާ ގާތް ކުރި ވަގުތު އަތިރިމަތީގައި ތިބި މީހުންތަކެއް ބޮއްކުރާ ކައިރިއަށް އައެވެ. އަލީ ހީކުރީ އެ މީހުންނަށް އޭނާއަކީ ކާކުކަން އެނގި, ރަށުން ފޮނުވާލާނެ ކަމަށެވެ. ނަމަވެސް އޭނާގެ ސިފަ ހުރިގޮތް އަމިއްލައަށް ވެސް ވިސްނާލެވުނީ އެމީހުންނަށް އަލީ ފާހަގަ ކުރަން ނޭނގުމުންނެވެ. އޭނާގެ ބޮލުގެ އިސްތަށިގަނޑުގެ ދިގުމިން ކޮނޑާ ހަމައަށް ހުއްޓެވެ. ތުނބުޅި ހުރީ ކަރުގެ މެދާކަށްހާ ހިސާބަށް ދިގުވެފައެވެ. އަދި މަތިމަސް ދިގުކަމުން ތުންފަތް ރަނގަޅަކަށް ނުފެނެއެވެ.

ރަށުގެ އަތިރިމަތިން އައި ބަޔަކު އަލީ ގާތު ހާލު އަހުވާލު އަހާ, ނަން އަހާލިއެވެ. ޖަވާބުގައި އަލީ ބުނީ އޭނާގެ ނަމަކީ ހުސޭނު ކަމުގައެވެ. އަދި އެހުރީ އޭނާގެ އަންހެންދަރި ފާތިމާ އޭ ބުންޏެވެ. ދެން ރަށަށް އައި ބޭނުމާއި, ކޮންރަށަކު ބައެއްހޭ އަހާލުމުން އަލީ ބުންޏެވެ. އެމީހުންނަކީ އެރަށާއި ކައިރި ރަށެއްގެ ބައެއް ނޫނެވެ. އެމީހުންނަކީ ދަތުރުކުރަމުން ދިއަ މިސްރާބު އޮޅި, އޮޔާ ވަޔަށް ބެހިގެން ގޮސް, އެ ރަށުގެ ކައިރިއަށް އާދެވުނު ބައެއްކަމުގައި ބުންޏެވެ. ވަރަށް ފަގީރު ނިކަމެތި ބައެކޭ ބުންޏެވެ. އަދި މިއީ ކޮންރަށެއްތޯ އެމީހުންނާ އަލީ ސުވާލު ކުރިއެވެ. ޖަވާބުގައި އެމީހުން ބުނީ, މިއީ ށ. ބިލެތްފަހި ކަމުގައެވެ.

އަލީގެ އެ ވާހަކަތައް އެ މީހުން ގަބޫލުކުރިއެވެ. އަދި ފަގީރު ބައެކޭ ބުނުމުން އިތުރަށް ސުވާލު ނުކޮށް އެ މީހުން އެއްގަމަށް އެރުމަށް ހިނގައިގަތެވެ. މިހެންވެ ފަރީޝާއާއި ދިމާލަށް ބަލާލާ ނިން އަރުވާލިއެވެ. ބުނާ ކަހަލައެވެ. ދަރިފުޅާ ނިކަން ދެކިބަލާށެވެ. އަހަރަމެންނަކީ ފަގީރު ބައެއްކަން އެނގުމުން, އެހީއެއް ވެސް ނުވެ އެމީހުން އެތިބަ ދިއައީއެވެ. އެ މީހުންގެ ކުރިމަތީގައި އަހަރަމެންނަކީ އެންމެ ދަށު ދަރަޖައިގެ މީހުންނެވެ. އެ މީހުން ދިއުމުން, ބޮއްކުރާގަނޑު އެހެލާފައި, ގެނައި ތަކެތި އެއްގަމަށް އެރުވިއެވެ. އެއަށްފަހު އެންމެން އެކުގައި އަށްޅޯހިބޭގެ ގެއަށް ދިއުމަށް ހިނގައި ގަތެވެ. ގެނައި ތަކެތި އެއްގަމުގައި ބަހައްޓާފައެވެ.

އަށްޅޯހިބެ ގެއަށް ގޮސް ސަލާމް ގޮވުމުން ނިކުތީ އެ މީހުންގެ ދަރިފުޅެވެ. އަލީއަށް ހިތާ ހިތާ ބުނެލެވުނެވެ. މި މަންޖެ މިހާރު ހާދަ ބޮޑު ވެއްޖެއެވެ. އެ ކުއްޖާ ގާތު ބައްޕަ ކޮބައިތޯ އަލީ އަހާލިއެވެ. ބައްޕަވީ ރާބާލަން ގޮހޭ އެ ކުއްޖާ ޖަވާބުގައި ބުންޏެވެ. އަށްޅޯހިބެ މި ވަގުތު ވާނީ ރާ ބާލަން ރުއްވަލަށް ގޮށްސަކަން އަލީއަށް ވިސްނާލެވުނީ އެހެން ބުނި ފަހުންނެވެ. އެ ކުއްޖާ, އޭނަގެ މަންމައަށް ގޮވާލިއެވެ. އިރުކޮޅަކުން އެ މީހުންގެ ގާތައް އެ ގޭގެ ދައްތަ އައެވެ. އަދި ކީއްކުރާ ބައެއްތޯ އަހާލިއެވެ. ދައްތައަށް އަލީ ފާހަގަ ކުރަން ނޭނގުނީތީ ހައިރާނެއް އޭނާ ނުވެއެވެ. ޖަވާބުގައި, އަލީ ބުނީ, މިއީ ޒުލްފާގެ ފިރިމީހާއެވެ. އެހެން ބުނުމުން ދައްތަ ވީ އުފަލުން އައިސް އަލީއާއި ސަލާމް ކޮށްލިއެވެ. އަދި ދައްތައަށް ފަރީޝާ ތައާރަފްކޮށްދިނެވެ. ދައްތަ އުފަލުން ގޮސް ފަރީޝާގެ ގައިގައި ބައްދާލިއެވެ. އެ ވަގުތު މޫސާ ހުރީ އެ ދައްތަ އޭނާގެ ގައިގަ ވެސް ބައްދާލަ ފާނެތީ ބިރުންނެވެ. ނަމަވެސް އަލީ މޫސާގެ ގާތު ބުނެފައި އޮތީ, އޭނާގެ ތައާރަފެއް ދޭނީ, އޭނާ ފެނިގެން މީހަކު އަހައިފި ނަމައެވެ. އެއީ އަލީގެ ރަށުގެ އެއްވެސް މީހަކަށް މޫސާ ނުފެންނައިރު, އެހެން ރަށުގެ މީހުންނަށް ވެސް ފަހަރުގައި މޫސާ ނުފެނުން އެކަށީގެން ވާތީއެވެ.

އުފާވެރިކަން ގެނުވި އެވަގުތު ކޮޅަށްފަހު, ފަރީޝާއައި, މޫސާ, އެ ގޭގައި ބަހައްޓާފައި, އަލީ ދިއައީ ރުއްވަލަށެވެ. އަށްޅޯހިބެއާއި ދިމާވެލާށެވެ. ރުއްވަލަށް ގޮސް އަށްޅޯހިބެ ރާކުރާ ރުއްތައް ބަލަމުން މަޑު ހިނގުމެއްގައި އަލީ ދިއައެވެ. ނަސީބު ރަނގަޅު ކަމުން, އެވަގުތު އަށްޅޯހިބެ ވެސް ރާގުޑިތައް ރާދަނޑީގައި އަޅުވައިގެން ވަލުން ނިކުތުމަށް އަންނަނީއެވެ. އަލީއަށް އަށްޅޯހިބެ ފެނުމުން އޭނާގެ ގާތައް ދިއައެވެ. އެ ވަގުތު އެ ބޭބެ ކުއްލިއަކަށް ހުއްޓުނެވެ. އަދި އުފަލުން އައިސް އަލީއާއި ސަލާމް ކޮށްލިއެވެ. އަލީ ހުރީ ހައިރާންވެފައެވެ. އަށްޅޯހިބެއަށް އަލީ ފާހަގަ ކުރަން އެނގުނީމައެވެ. އެ ބޭބެ ބުނީ އަލީގެ އެ ހިނގުން އޭނާއަށް އޮޅުވައެއް ނުލެވޭނެ ކަމުގައެވެ.

އެހާ ދުވަސްކޮށްފައި ދިމާވުމުން އަށްޅޯހިބެ ހުރީ ވަރަށް އުފަލުންނެވެ. އަދި ސުވާލަކަށް ފަހު ސުވާލެއް ކޮށްލިއެވެ. ރަށަށް އައީ ކޮންބޭނުމަކު ހެއްޔެވެ؟ ފަރީޝާ ގެނައިން ހެއްޔެވެ؟ އެ ކަނބުލޭގެ ހާލު ރަނގަޅު ހެއްޔެވެ؟ ރަތްގެރިފުޅު ގެނައިން ހެއްޔެވެ؟ އެކަން މީހަކަށް އެނގޭނެ ހެއްޔެވެ؟ އަނެއްކާ ކަނޑުގެރި… އެހާ ހިސާބަށް ބުނެ އެ ބޭބެގެ ސުވާލުތައް މަޑު ޖައްސާލިއެވެ. މިހެންވެ ޖަވާބުގައި އަލީ ބުންޏެވެ.

”އަހަރެންގެ ހާލު ރަނގަޅެވެ. މި ރަށަށް މި އައީ, ކުޑަ ކަމަކު. ގެއަށް ދަމުން ކިޔައިދޭނަން. ފަރީޝާ ވެސް, ރަތްގެރި ވެސް ގެނައިން. އެކަމުކު އެއްވެސް މީހަކަށް އެކަމެއް ނޭނގޭނެ. އެ ދެކުދިންގެ ހާލު ވެސް މާތްކަލާންގެ އިރާދަފުޅުން ރަނގަޅު. ކަނޑުގެރި ދޯ. އެ ވާހަކަ ވެސް ގެއަށްދާ މަގުމަތީގައި ކިޔައިދޭނަން“

އަލީގެ ވާހަކަ ނިމުމުން ދެމީހުން އެކުގައި ގެއަށް ދިއުމަށް ހިނގައި ގަތެވެ. އަދި އަލީ އަށްޅޯހިބެއަށް ރަތްގެރީގެ ހަގީގަތް ކިޔައިދިނެވެ. ރަތްގެރި އަލިފާންގެރިއަށް އެއިރު ބަދަލު ވަނީ ކީއްވެ ކަމާއި, މިހާރު އެ ގޮތައް ބަދަލު ނުވާނެ ކަމެވެ. އަދި އަލީއާއި ފަރީޝާގެ އަމުރަށް އެ ގެރި ކިޔަމަން ވާނެ ކަމާއި, އަދި މީހުންގެ ލޮލުމައްޗަށް ނުފެންނަ ސިފައަކަށް އެ ގެރިބަދަލު ވާ ކަމެވެ. އެ ގޮތައް ބަދަލު ވުމުން ހުންނަނީ އިންސާނެއްގެ ސިފައިގައި ކަމަށާއި, އެސޮރަށް އަލީ ކިޔަނީ މޫސާ ކަމުގައި ބުންޏެވެ. އަދި އަލީގެ މަސައްކަތުން މިހާރު މޫސާގެ ސިފައިގައި ހުރެ, އަލިފާންގެރިއަށް ބަދަލު ވެވޭ ކަމުގައި ބުންޏެވެ. އަދި އެ މީހުން މި ރަށަށް އައީ ކުޑަ ކުޅިވަރެއް ކުޅުމަށް ކަމުގައި ބުނެ, މާދަމާ ހެނދުނު ރާ ބާލަން ނައިސް އަތިރި މައްޗަށް ނިކުތުމަށް ބުންޏެވެ. އަލީގެ އެވާހަކަ ތަކުން އެ ބޭބެ ހުރީ ބުނާނެ އެއްޗެއް ވެސް ނޭގިފައެވެ.

އޮލަ ވާހަކައިގައި ދެމީހުން އެކުގައި ގެއަށް އާދެވުނެވެ. އަށްޅޯހިބެއަށް ފަރީޝާ ފެނި, ޒުލްފާގެ ހަނދާންތައް އާލާވެގެން ދިއައެވެ. ސަބަބަކީ ފަރީޝާގެ މޫނުގައި, ޒުލްފާއާއި ވައްތަރު ގޮތެއް ހުންނާތީއެވެ. މިހެންވެ އަށްޅޯހިބެ ވެސް އުފަލުން ފަރީޝާގެ ބޮލުގައި ފިރުމާލިއެވެ. އަދި މޫސާ ކޮބައިތޯ އެހިއެވެ. އެ ވަގުތު މޫސާ ދިއައީ ސިއްސައިގެންނެވެ. އަދި މިހުރީއޭ ކިޔާ އަށްޅޯހިބެ ގާތައް ދިއައެވެ. ނަމަވެސް ކުއްލިއަކަށް ހުއްޓުން އެރީ, އެ މީހުންނަށް މޫސާގެ އަޑު އިވުނެއްކަމަކު, އޭނާގެ ދިމާލަށް ބެލުމެއް ނެތި އެކި ދިމަ ދިމާލަށް އެ މީހުންގެ ނަޒަރު ދާތަން ފެނުނީމައެވެ. އަށްޅޯހިބެއަށް ވެސް އޭނާ ނުފެންނާތީ އޭނާ ހުރީ ދެރަވެފައެވެ. ނަމަވެސް އިރުކޮޅަކުން ރަތްގެރިއަށް މޫސާ ބަދަލުވިއެވެ. އެހިނދު އެ މީހުން ސިއްސައިގެން ދިޔައެއްކަމަކު ބިރެއް ނުގަނެއެވެ. އަށްޅޯހިބެއަށް އެ ގެރި ފެނުމުން ހުރީ ހައިރާންވެ އަންތަރީސް ވެފައެވެ. އެއީ އެ ބޭބެއަށް އެ ގެރި ފެނުނުއިރު އެއީ ކުޑަކުޑަ ޅަ ގެރިއެކެވެ. މިހާރު ބިޔަ ބޮޑު ގެރިއަކާއި އެއްވަރެވެ. އަށްޅޯހިބެ އާއި އޭނަގެ ދަރިފުޅާއި, ދައްތަ, އެ ގެރީގެ ކައިރިއަށް އައިސް ފިރުމާލިއެވެ. މޫސާއަށް ބުނެދޭން ވެސް ނޭގޭ އިހުސާސެއް އެގަޑީގައި ކުރެވުނެވެ.

އުފާވެރިކަމުގެ އެ ވަގުތު ނިމުމަކަށް އައިސް އަލީމެން ގެނައި ތަކެތި ބަލާ އެންމެން އަތިރިމައްޗަށް ދިއައެވެ. ނަަމަވެސް އެތަކެތި ބެހެއްޓި ތަނުގައި އެތަކެތީގެ ނިޝާނެއް ވެސް ނެތެވެ. ކޮންމެ ވެސް ބަޔަކު އެ ތަކެތި ވަގަށް ނެގީއެވެ. ވަގުތުން އަލީ ބަލާލީ ފަރީޝާއާއި ދިމާލަށެވެ. ފަރީޝާއަށް އޭނަގެ ބައްޕަ އެބުނަން އުޅޭ އެއްޗެއް ވަރަށް ސާފުކޮށް އެނގުނެވެ. ކޮންމެއަކަސް އިތުރަށް އެ ތަކެތި ހޯދަން ނޫޅެ, އެ މީހުން ގެއަށް ދިއައެވެ. އަދި ހަވީރުގެ ސައިބޮއެ, އެ ގޭގައި މަޑު ކުރިއެވެ. އެރޭ ނިދަން ބޭރުގޭގައި ތިބިއިރު, މޫސާއަށާއި, ފަރީޝާއަށް މާދަމާ ކުރަންވީ ކަންކަން ކިޔައި ދިނެވެ.

ފަތިހު އިރު އަރައިގެން އައި ވަގުތެވެ. ފަރީޝާ އުޅުނީ މޫދު ކައިރީގައެވެ. އަދި ކުޑަ ގާބުރިއެއް މޫދާ ދިމާއަށް އެއްލަން ކަމަށް ހަދާ, މޫދުގެ ލޮނުގަނޑުގެ ކައިރީގައި ހުރި, މޫސާއާއި ދިމާލަށް އެއްލިއެވެ. އެ ވަގުތު މޫސާ އަލިފާންގެރިއަށް ބަދަލުވިއެވެ. އެސޮރު ފެނި ފަރީޝާ, އަޑުން އަޑު ނަގައި ރޮމުން, ކަނޑުގެރި އަރައިފިއޭ ކިއާ ދުއްވައި ގަތެވެ. އަދި އެވަގުތު އަތިރިމަތީގައި ތިބި މީހުންނަށް އެމަންޒަރު ފެނި ބިރުން ރަށުގެ އެތެރެއަށް ދިއުމަށް ދުއްވައި ގަތެވެ. ރަށުގެ އެތެރެއަށް ގޮސް ރަށުގެ މީހުންނަށް ކަނޑުގެރި އަރައިގެން އުޅޭ ހަބަރު އެ މީހުން ދިނެވެ. ރަށުގެ ކެރޭ މީހުންނާއި, މުދިމުންނާއި, ބޮޑެތި މީހުން އަތިރިމައްޗަށް ދިއުމަށް އަވަސްވެގަތެވެ. އެ މީހުން ވެސް އެގެރި ފެނި ތިބީ ބިރުން ފިއްކަނޑައިގެން ގޮށްސައެވެ. އަދި އެއަށްވުރެ ބޮޑަށް ބިރުގަތީ, އެސޮރުގެ އަތުން އަލިފާން ގުޅަ ހަދާ ރަށުގެ މަތިން ދޫކުރަން ފެށުމުންނެވެ.

މިމަންޒަރު ބަލަން އަލީ ހުރެފައި, އަލިފާންގެރިއާއި ކެރިގެން ކުރިމަތިލުމަށް ހިނގައި ގަތެވެ. ރަށުގެ އެންމެންގެ ނަޒަރު އެ ވަގުތު ހުއްޓުނީ އަލީއާއި ދިމާލަށެވެ. މަޑު ހިނގުމެއްގައި އަލީ ގޮސް, އެ ގެރިއަށް ގޮވައި, އެސޮރުގެ ސަމާލުކަން ހޯދިއެވެ. އަލީ އެ ގެރިއާއި ދިމާއަށް ވަރަށް ބާރަށް ބުނަމުން ގެންދިއައެވެ. މި ރަށުގެ މީހުންނަށް ގެއްލުން ނުދީ ހަމަ މިހާރު މިރަށުން ފައިބައިގެން ދާށެވެ. ނޫނީ އަހަރެންގެ ހުރިވަރެއް ދައްކާލާނަމެވެ. މިހެން ބުނުމުން އެ ގެރި ރުޅިއައިސް އަލީއާއި ދިމާލަށް އަލިފާން ގުޅައެއް ދޫކޮށްލިއެވެ. އެ އަލިފާން ގުޅަ އޭނާއާއި ދިމާއަށް އަންނާނެކަން އެނގޭތީ, އެއިން ރެކިގަންނަން އަލީއަށް އުނދަގުލެއް ނުތްވެ. އަލީގެ ކުޅަދާނަކަމާއި, ބިރު ކުޑަކަން ފެނި ރަށުގެ މީހުން ތިބީ ހައިރާން ވެފައެވެ.

އަލިފާންގެރި އަލީއަށް ކިޔަމަން ނުވުމުން, މަޑުމަޑުން އެއްޗެއް ކިޔާކަމަށް ހަދާފައި, އެސޮރާއި ދިމާއަށް އަތް ހޫރުވާލިއެވެ. އެ ވަގުތު އެސޮރު ފަހަތައް ވެއްޓުނެވެ. އަލީ އެ ގެރިއާއި ދިމާއަށް ބުނަމުން ދިއައެވެ. އަހަރެންގެ އަތުން ބޮނޑިއެއް ނުބޮނީސް މި ރަށުން ފައިބާށެވެ. ނޫނީ ކަލޭގެ ދުވަސް ދުއްވާލާނަމެވެ. އަލިފާންގެރި ބަރު އަޑުން, މަ ނުމަރާށޭ, މަ މި ދަނީއޭ ކިޔާ ތެދުވެގެން މޫދުގެ ފެންފޯރާ ހިސާބަށް ގޮސް މޫސާއަށް ބަދަލުވިއެވެ. އެ ރަށުގެ އެންމެންގެ ލޯ މައްޗަށް އަލިފާންގެރި ގެއްލުނެވެ.

އެއްގަމަށް އަލީ އައިސް, ރަށުގެ މީހުންގެ ގާތު އެ ގެރި ދެން މިރަށަކަށް ނާރާނެ ބުންޏެވެ. ރަށުގެ އެންމެން އަލީގެ އެ ހުނަރު ފެނި, އަލީއަކީ ވަލީވެރިއެކޭ ކިޔަން ފެށިއެވެ. އަދި އަލީ ގާތު އޭނާ އެ ކޮށްދިން ކަންތަކުގެ ބަދަލުގައި ދޭންވީ ކޮން އެއްޗެއްތޯ އެހިއެވެ. ޖަވާބުގައި, އަލީ ބުނީ, އޭނާއަށް ރަނގަޅު ފެންވަރުގެ ދޯންޏަކާއި, ހިފާގެންގުޅޭ ސާމާނާއި, ބަދި ގޭގައި ގެންގުޅޭ ސާމާނާއި, ލާނެ އަންނައުނު ދިނުމަށެވެ. އަދި އޭގެ އިތުރުން ކާނެ ބޯނެ އެއްޗެހި ދިނުމަށް ވެސް ބުންޏެވެ. އަލީގެ އެ އެދުމާއި އެއްގޮތަށް އަލީއަށް ތަކެތި ގެނެސްދީ, އެ ރަށުގެ ދޯންޏަަކަށް އަރުވައި ދިނެވެ. މި ހުރިހާ ކަމެއް ވަރަށް ގާތުން އަށްޅޯހިބެ ވެސް ބަލަން ހުއްޓެވެ. އަދި ނުރުހުންވެ ހުރެ އަލީގެ ގާތައް ގޮސް ބުންޏެވެ.

”ކޮއެފުޅާ އަލީ. ތިއީ އަށްޅޯހިބެ ދަންނަ އަލީއެއް ނޫން. އަލީ ތީ ތިހާ ހިތްހަރު, ލިބުނު ބާރުގެ ބޭނުން ނުހައްގުގައި ހިފާނެ މީހެއް ކަމަކަށް ބޭބެ ހިޔެއް ނުކުރަން. ތިއީކީ ކުރަން ހެޔޮވާ ވަރުގެ ކަމެއްނޫން.“

އަށްޅޯހިބެގެ ވާހަކަ އަޑުއަހާ އަލީ ވެސް ނުރުހުންވެ ހުރެ ބުންޏެވެ.

”ބޭބެ އަކަށް ނޭނގޭނެ އެކަނިމާ އެކަނި, ކަނު އަނދިރީގަ އެ ކުޑަ މަންޖެ ގޮވައިގެން އަހަރެން އުޅުނު ގޮތެއް. އަހަރެންގެ އަމިއްލަ ރަށުން އަހަރެން ބޭރުކޮށްލީ, އެ މީހުންނަށް ގޮތް ނޭނގޭ އެއްޗެއް ފެނި ގަތް ބިރުން. އަހަރެމެން ރާވެރިން މިއީ އެ މީހުންގެ ކުރިމަތީގައި އެއްވެސް ގަދަރެއް ލިބިފައިވި މީހުންނެއް ނޫން. އަހަރެންނަށް މޫސާ ލިބުމަކީ ނަސީބެއް. އޭނަގެ ބާރުގެ ބޭނުން ހިފައިގެން, އަހަރުމެންނަށް ގެއްލުމެއް ދޭން މަސައްކަތް ކުރާ އެންމެނަށް, އަހަރަމެންގެ ބާރު ވެރިކަން ދައްކާލާނަން. އަށްޅޯހިބެ ރުޅި އަޔަސް, އަހަރެން އެސޮރު ދިފާއު ކުރާނަން. އަހަރެން ދެކެނީ އެއީ ވެސް އަހަރެންގެ އަމިއްލަ ދަރިއެއް ކަމުގަ.“

އަލީގެ އެ ވާހަކަތައް އަޑުއަހާ އަށްޅޯހިބެ ބުންޏެވެ.

”އަޑު އަހާ އުޅެމުތަ, ރާވެރިއެއްގެ ދަރިއަކަށް ވެސް ހަތަރު އެތިން އެކަތި އޮންނާނޭ ބުނެ އުޅޭ ވާހަކަ. ތިގޮތައް މީހުންނަށް ބިރު ދައްކާ, މީހުންގެ އެއްޗެއްސަށް ގެއްލުންދީ, ބާރުގެ ބޭނުން ކޮށްގެން, މީހުންގެ މުދާ އަތުލުމުން, ކޮންމެ ވެސް ދުވަހަކުން އޭގެ ބަދަލު ދޭންޖެހޭނެކަން ހަނދާނުގަ ބަހައްޓައިގެން އުޅޭތި. ތިއައީ އަހަރެން ދަންނަ އަލީއެއް ނޫން. މީގެ ފަހުން އަހަރަމެންގެ އާއިލާއަށް ތިގޮތުގައި އަލީ ހުރިހާ ހިނދަކު, މަރުހަބާއެއް ނުކިޔާނަން. ބޭބެ ހީކުރަން އަލީއަށް ވިސްނި ތި އުޅުން ދޫކޮށްލާނެ ކަމަށް. ހިތްހެޔޮ ކުރާތި. ބޭބެ މިދިއައީ.“

އަށްޅޯހިބެ ފަރީޝާގެ ބޮލުގައި ފިރުމާލުމަށް ފަހު ގެއަށް ދިއުމަށް ހިނގައިގަތެވެ. ވަގުތު ކޮޅަކަށް އެ ބޭބެ ދެއްކި ވާހަކަތަކަށް ވިސްނާލުމަށް އަލީ ހުއްޓެވެ. ނަމަވެސް އަލީގެ އެ ވިސްނުމަކަށް ބަދަލެއް ނައެވެ. އަދި އެ ރަށުގެ މީހުން އޭނައަށް ދިން ދޯންޏަށް އެރުމަށް ހިނގައި ގަތެވެ.

އަލީމެން އެކުގައި ދޯންޏަށް އަރައި ފަންރިޔަލުގެ ރިޔާ ނެގިއެވެ. ފަރީޝާއަށް އެ ރަށުގެ މީހުން ގެނައި ކާއެއްޗެހި ފެނި ހުރީ ކުޅު ދިއާވެފައެވެ. ރަށުގެ އަތިރިމަތީގައި ތިބި މީހުންނަށް ހަނާއަޅާ, އަދި މިރަށަށް އަންނާނަމޭ ކިޔާ ރިޔަލުގައި ވައި އަޅުވާލާ ދޯނި ދުއްވާލިއެވެ. ނާއިންފަރަށް ގޮސް އެމީހުންނަށް ލިބުނު ތަކެތި އެ ރަށަށް ބޭލިއެވެ. ދުވަހަކު ވެސް ކައިގެން ބަނޑުނުފުރާ ވަރަށް އެ ދުވަހު އަލީއާއި ފަރީޝާ ކެއެވެ. އަދި އެހެން ރަށްތަކައް އެ ކުޅިވަރު ކުޅެން ދިއުމަށް މޫސާއާއި, އަލީ ބޭނުންވީ އިންތިހާ އަށެވެ. އެއާއެކު އެކި ރަށްރަށަށް ގޮސް އަލިފާންގެރީގެ ކުޅިވަރު ފެށިގެން ދިއައެވެ.

ކައިރި ރައްތަކަށް ގޮސް ބިލެތްފަހީގައި އެ ކުޅުނު ގޮތައް އަލިފާންގެރި ބޭނުން ކޮށްގެން މީހުންނަށް ބިރު ދައްކައިގެން ތަކެތި ހޯދައިގެން, އެ ތަކެތި ނާއިންފަރަށް ގެންދެއެވެ. އެ ގޮތުން އެންމެ ފެންވަރުގެ ދަނޑިފަނުގެ ގެއެއް އެޅުމަށް ބޭނުންވާ ސާމާނު އެކި ރަށްރަށުން ގެނެސްގެން, ދަނޑިފަނުގެ ގެއަކާއި, ގިފިއްޔަކާއި, ކާގެ ބަދިގެ އެޅުމުގެ މަސައްކަތް އަލީ ފެށިއެވެ. މިހާރު އެ މީހުންގެ އަތޮޅުގައި ކަނޑުގެރި ނާރާ ރަށެއް ވަރަށް މަދުވާނެއެވެ. އެ ގޮތުން އެއް ރަށަކީ ށ. ފިރުނބައިދޫއެވެ.

ށ. ފިރުނބައިދޫއަށް އަލީމެންނަށް ދެވުނީ އެ ރަށުގައި ފާހަގަ ކުރާ ކުދިންކޭމުގެ ދުވަހުގައެވެ. މިހެންވެ އެ ރަށަށް ދިއަ ދުވަހު އެ ރަށުގެ މީހުން ހީކުރީ އަލީމެން އައީ, ކުދިންކޭމުގައި ބައިވެރި ވުމަށެވެ. ސަބަބަކީ އެ ދުވަހު ފިރުނބައިދޫގެ ކައިރި އެހެން ރަށްތަކުގެ މީހުން ވެސް އެރަށަށް އައީމައެވެ. މިހެންވެ އަލީމެން ކެއުމަށް ދޯނީގައި ގެނައި އެއްޗެހި ހިފައިގެން ކުދިންކޭމުގައި ބައިވެރި ވާން, އެކަމަށް ހާއްސަކުރެވިފައިވާ ތަނަށް ދިއައެވެ. އަލީއަށް އެދުވަހު ފެނިގެން ދިއައީ, ހަމަހަމަ ކަމުގެ ދެވަނައެއް ނުވާ ލާމަސީލު މިސާލެކެވެ. އެ ކޭމަށް ކުދިން ގެންނެއުމުގައި, ރާވެރިއެއްގެ ދަރިއެއް, މަސްވެރިއެއްގެ ދަރިއެއް, ދަނޑުވެރިއެއްގެ ދަރިއެއް, މުއްސަންޖެއްގެ ދަރިއެއް ތަފާތު ކުރުމެއްނެތެވެ. އަދި ކިއެއްތަ, ރަށުގެ އެންމެ ފަގީރު މީހުންގެ ދަރިން ވެސް އެ ކޭމުގައި ބައިވެރި ކުރެއެވެ. ހަމަ އެގޮތައް އެރަށަށް އެއިރު އައިސް އުޅޭ ބީރައްޓެހިންގެ ދަރިން ވެސް ކޭމުގައި ބައިވެރިކުރެއެވެ. ރަށުގައި އެ ދުވަހު އުޅޭ ހުރިހާ ކުޑަކުދިން އެ ކޭމުގައި ބައިވެރިކުރެއެވެ. އަދި އެ ދުވަހު އެ ކުދިން ކާނެ ވަރަކަށް ކާން, ކާއެއްޗެހި ގެނެސް ހުރެއެވެ. ކޭން ނިމުމުން ބާކީވާ އެއްޗެހި, ކޭމުގައި ބައިވެރިވި ހުރިހާ ކުދިންގެ މެދުގައި ބަހާލެވެއެވެ. ހުރިހާ ކުދިން ވެސް ކޭންނިމިގެން އެނބުރި ދަނީ އުފަލުން ފުރިފައިވާ މޫނަކާއި އެކުއެވެ.

އަލީމެންނަށް މިރަށުގެ މީހުންގެ ހިތްހެޔޮކަން ފެނި, އެ ރަށުގައި އަލިފާންގެރީގެ ކުޅިވަރު ނުކުޅެ, ފުރައިގެން ނާއިންފަރަށް އެދުވަހު އައެވެ. ނަމަވެސް އަލީމެންނަށް އިހާނެތްތެރިކޮށް ކަންތައް ކުރާ ކޮންމެ ރަށަކަށް އަލިފާންގެރި އަރުވާ, އެރަށުގެ މީހުންގެ އަތުން ތަކެތި އަތުލާ ހަދައެވެ. މި ގޮތުގައި ދުވަސްތައް ފާއިތު ވަމުންގޮސް ފަރީޝާގެ އުމުރުން އެގާރަ އަހަރު ފުރި ފުރާވަރަށް އަރަން ގާތްވިއެވެ. އެއިރު އަލީ ނާއިންފަރުގައި ރަނގަޅު ފެންވަރުގެ ދަނޑިފަނުގެ ގެއެއް އަޅާއި އެ ރަށުގައި ވަރަށް އުފަލުގައި ދިރި އުޅެމުން ގެންދިއައެވެ.

-ނުނިމޭ-

    Please log in or register to bookmark.
    1k

    ޚިޔާލު

    Your email address will not be published. Required fields are marked *

    Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
    Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy