kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.com

ރަތްގެރިފުޅު - 8

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

ވަޅު ކައިރީގައި ދެކަކޫ މައްޗަށް ތިރިވެ އިން އަލީއަށް ހޭވެރިކަމެއް ވީ, އަތުގައި އޮތް ކުޑަކުއްޖާ ރޯން ފެށުމުންނެވެ. ހިތްވަރުކޮށް, ތެދުވެގެން ގިފިއްޔަށް ދިއައެވެ. އަދި ވަޅުފެނުން އެ ކުޑަކުއްޖާއާއި ޅަގެރި ދޮވެ ސާފު ކުރިއެވެ. ނަމަވެސް ގެރީގެ ގައިން ރަތް ކަމެއް ކެނޑިގެނެއް ނުދިއައެވެ. އަލީ ވެސް ގައިން ލޭ ފިލުވާލާ, ކުޑަކުއްޖައާއި, ޅަ ގެރި ގެންގޮސް ސާފު ހުދު ފޮތިގަނޑަކަށް ލިއެވެ. އެއިރު ކުޑަކުއްޖާ އަށް އޮތީ ނިދިފައެވެ. މިހެންވެ އަލީ އަވަސްވެ ގަތީ ދައްތަމެންގެ ގެއަށް ގޮސް ދިމާވި ހިތާމަވެރި ހަބަރު ދިނުމަށެވެ. ރަށުގެ އެހެން މީހެއް ގާތު ބުނަން ބޭނުން ނުވީ ޅަ ގެރިއާއި މެދު ސުވާލު ކޮށް ރަށުގެ އެންމެނަށް އޭގެ ހަބަރު ލިބިދާނެތީއެވެ.

ދެ ދައްތަގެ ގެއަށްގޮސް ވެގެން އުޅޭ ކަންތަކުގެ ވާހަކަ ކިޔައި ދިނުމުން އެންމެން ވެސް ދެރަވެ ރޮއުނެވެ. ޅިޔަނުންތައް މަހަށް ގޮސް އަދި ނުލަފާތީ, ދައްތަމެން ގޮވައިގެން ގޮސް, ވަޅުން ޒުލްފާ ނެގިއެވެ. ވަގުތުން މުދިންބެ ގެނެސް ހިނަވާ ކަފުން ކުރުމުގެ ކަންކަން ކޮށް ނިންމުމަށް އުޅުނެވެ. ކުޑަ ކުއްޖާއަށް ގާތުން ދިނުމަށް ހަދީޖާއާއި ހަވާލު ކުރެވުނެވެ. އަދި ރަށުގެ މީހުންނަށް ނުފެންނާނެ ހެން ޅަ ގެރި ފޮރުވާފައި ބޭއްވިއެވެ. ހަމަ އެއާއެކު, އަލީގެ އެދުމަށް މަރޮށީގެ ދޯންޏެއް, އަށްޅޯހިބެމެން ބަލާ ބިލެތްފަށްސަށް ފޮނުވިއެވެ. އެ ދޯނި އަންނަންދެން ޒުލްފާ, ކަފުންކޮށް ވަޅުނުލާ ސަންދޯކުގައި ބޭއްވިއެވެ.

ހަވީރުވާން އުޅެނިކޮށް އަށްޅޯހިބެގެ އާއިލާއަށް މަރޮއްޓަށް އާދެވުނެވެ. އެ މީހުން ވެސް ތިބީ ވަރަށް ބޮޑަށް ދެރަވެފައެވެ. ސަންދޯކުގެ ކައިރިއަށް މޫނު ބަލަން ދިއަ ވަގުތު އަށްޅޯހިބެގެ ދައްތަ ވަރަށް ރުއެވެ. އަލީ ގާތު ހިއްވަރު ކުރުމަށް އަށްޅޯހިބެ ވަރަށް ނަސޭހަތްތެރި ވަމުން ގެންދިއައެވެ. އަލީގެ ޅިޔަނުންތައް މަހުން ލެފީ ވެސް ހަވީރުގެ ވަގުތުގައެވެ. އެ މީހުންނަށް ލިބުނު ސިހުމުގައި މަސްތައް ގެއަށް ގެނައި ގޮތައް އައީ ޒުލްފާގެ މޫނު ދެކިލާށެވެ. އަލީއާއި ބައްދަލު ކޮށް ހިތްވަރު ކުރުމަށް އެމީހުން ވެސް ބުނަމުން ގެންދިއައެވެ. މޫނު ބަލާ ނިމުމުން ކަށުނަމާދު ކުރެވި, ހަވީރުގެ ވަގުތުގައި ޒުލްފާ ވަޅުލެވުނެވެ. އެ ދުވަހަކީ އަލީމެންގެ ހަޔާތުގައި އައި ވަރަށް ބަނަ ދުވަހެކެވެ.

އަށްޅޯހިބެމެން އެރޭ މަރޮށީގައި މަޑު ކުރިއެވެ. އަލީގެ ހިތާމައިގައި ބައިވެރި ވުމަށެވެ. އަލީ ހުރީ އެދުވަހު އެ ވީކަންކަން ގަބޫލުކުރަން ވެސް ބޭނުން ނުވެފައެވެ. ނަމަވެސް މިއީ ދުނިޔެކަން އެންމެން ވެސް ދިއައީ އަލީއަށް ބުނެދެމުންނެވެ. އެރޭ އަލީމެން މަޑުކުރީ ހަދީޖާގެ ގޭގައެވެ. އެންމެންނަށް އެރޭ ހައިރާންކަން ގެނުވީ, ހަދީޖާމެންގެ ގޭ ކައިރިން ފެނުނު ޅަ ރަތް ގެރިއަކުންނެވެ. އަލީ އެ ގެރި ފޮރުވާފައި އޮތްތަނުން ނިކުމެގެން, އެ ކުޑަކުއްޖާ ކައިރިއަށް އައީއެވެ. އެންމެންގެ ގާތު ބިރު ނުގަތުމަށް އަލީ ބުންޏެވެ. އަދި އެ ގެރީގެ ހަޤީގަތް ނޭނގޭ އެންމެން ގާތު, އެ ގެރި އަކީ މީގެ ދުވަސް ކޮޅެއް ކުރިން ރަށަކުން ގެނައި ގެރިއެކޭ ބުންޏެވެ. އަލީއާއި އިތުރު ސުވާލުތައް ނުކޮށް އެކަން އެމީހުން ގަބޫލު ކުރިއެވެ.

އޭގެ އަނެއް ދުވަހު ހެނދުނުގެ ވަގުތެއްގައި އަށްޅޯހިބެމެން ރަށަށް ދިއުމަށް ފުރިއެވެ. ކަމަކަށް ބޭނުން ވެއްޖެއްޔާ އައުމަށް އެދެމުންނެވެ. އެމީހުން ފުރުވާފައި އަލީ އޭނާގެ ގެއަށްގޮސް, ޒުލްފާ ވެއްޓުނު ވަޅުގެ ދިޔަ ހިއްކާ ސާފު ކުރިއެވެ. އަދި ޒުލްފާގެ އަންނައުނުތައް ދޮވެ ސާފު ކުރުމަށްފަހު ފޮށްޓަކަށް އަޅައި ރައްކާކުރިއެވެ.

އަލީގެ ދަރިފުޅުގެ ކިރުމައި ކަމުގައި ހަމަޖެއްސީ ހަދީޖާއެވެ. ސަބަބަކީ ހަދީޖާ އެއިރު އުޅުނީ ވިހައިގެންނެވެ. ޅަ ގެރި ގެންގުޅެން ނިންމީ އަލީގެ ގޭގައެވެ. ނަމަވެސް އެ ގެރި ކުޑަކުއްޖާގެ ގާތައް ދާތީ އެންމެ ފަހުން ޅަ ގެރި ގެންގުޅުނީ ވެސް ހަދީޖާމެން ގޭގައެވެ. އަލީ ވިހޭ ދުވަހު އަލީއާއެކު ފެނުނު ކޮވެލި މަތިން ހަނދާން ކުރަމުންނެވެ. އަލީގެ ދައްތަމެން ފުރަތަމަ އެކަމާ އެއްބަހެއް ނުވިއެވެ. އެއީ ކާސިންބެ އައި ދުވަހު ކޮވެލި ބިޔަ ކޮވެއްޔަކަށް ވީ ހަނދާންތައް އެ ދައްތަމެން ހުރީމައެވެ. އެ މީހުން ބުނަމުން ދިއައީ އެއީ ޖިންނިއެއް ކަމުގައެވެ. ނަމަވެސް އެ މީހުންގެ ބައްޕަގެ ފަހު ވަގުތު, އަލީ ގާތުގައި އެ ކޮވެލި މަރާ ނުލެވުނު ނަމައޭ ބުނެފައި އޮތް ވާހަކަ ދައްތަމެންނާ ހިއްސާކުރިއެވެ. އަދި ބައްޕަ އެ ކޮވެލި މަރާލެވުމުން އެކަމާ ދެރަވަންޏާ އަލީ ވެސް އެ ގެރިއަށް ގެއްލުމެއް ނުދޭނެ ކަމުގައި ބުންޏެވެ. ކޮންމެ އަކަސް އެމީހުން އެއްބަސްވީ, އެއްވެސް ކަހަލަގެ ނާމާން ނުވަތަ އާދަޔާ ހިލާފުކަމެއް އެ ގެރީގެ ފަރާތުން ފެނިއްޖެ ނަމަ އަވަހަށް ފަންޑިތަވެރިއެއްގެ ލަފާ ހޯދުމަށެވެ.

އަލީގެ ދަރިފުޅަށް ހަތްދުވަސް ވީދުވަހު ބޯބާލާ, ކުކުޅުހާ ކަތިލާ, ފަރީޝާ އަލީގެ ނަމުން ނަން ކިއުނެވެ. އަދި ރަށުގެ މީހުންނަށް ކުޑަވަރެއްގެ ކެއުމެއް ތައްޔާރުކޮށް ދައުވަތު ދިނެވެ. ކެއުން ބޭއްވީ އަލީމެންގެ ގޭގައެވެ. ސަބަބަކީ ވީހާ ވެސް ބޮޑަށް ރަށުގެ މީހުންނަށް ގެރި ނުދެއްކުމެވެ. ނަމަވެސް އެ ކެއުމަށް އަންނަ ބައެއް މީހުން, ކުއްޖާ ބަލާލަން ބޭނުން ވާތީ, ހަދީޖާމެންގެ ގެއަށް ދިއައެވެ. އަދި ރަތްގެރި ފެނި ސުވާލު ކުރިއެވެ. ޖަވާބުގައި އެއީ އަލީ ރަށަކުން ގެނެސްގެން އުޅޭ ގެރިއެކޭ ބުންޏެވެ. އެހެނެއްކަމަކު އެ މީހުންގެ މޫނު މަތިން އެކަން ގަބޫލު ކުރި ކަމުގެ ނިޝާނެއް ނުފެނުނެވެ. ނަސީބަކުން އިތުރައް އެކަމާ ބަހުސް ނުކޮށް އެ މީހުން ދިއައެވެ.

ދުވަސްތައް ފާއިތު ވަމުން ދިއައެވެ. ރަށުގެ އެންމެނަށް އެ ގެރީގެ ވާހަކަ އެނގުނެވެ. ގެރީގެ ފަރާތުން އާދަޔާ ހިލާފު ކަމެއް އެއިރު ނުފެންނާތީ އެކަން މާބޮޑު ކަމަކަށް މީހުން ނުހެދިއެވެ. ނަމަވެސް ކާސިންބެ އައި ދުވަހު ބިޔަ ކޮވެލި ފެނުނު މީހުން އެ ދުވަސް މަތިން ހަނދާން ކުރިއެވެ. އެ ވާހަކަ ދެއްކިއެވެ. މޫސަބޭ މިހާރު ދުނިޔޭގައި ނެތުމުން ފަންޑިތަ ހަދަން މޮޅު މީހަކު އެރަށަކު އެއިރު ނެތެވެ.

ފަރީޝާގެ އުމުރުން ދެ އަހަރު ވީ އިރު ކުއްލި ކުއްލިއަށް ހަދީޖާމެންގެ ލޯމައްޗަށް ރަތްގެރި ގެއްލެން ފެށިއެވެ. ދެން ފެންނަ އިރު ހުންނަނީ ފަރީޝާގެ ގާތުގައެވެ. ގެއްލޭ ކޮންމެ ފަހަރަކު ފަރީޝާ ވެސް ނުފެންނަ އެއްޗަކާއި ވާހަކަ ދައްކާ, ކުޅެ އުޅެއެވެ. ނަމަވެސް މިފަހަރު އަލީއަށް އެ ވާގޮތް އެނގުނެވެ. ގެއްލޭ ކޮންމެ ފަހަރަކު ރަތްގެރި ބަދަލު ވަނީ ފަރީޝާ ވަރުގެ ކުޑަ ފިރެހެން ކުއްޖަކަށެވެ. އަދި އެ ކުއްޖާ ފަރީޝާއަށާއި އަލީ އަށް ފެނެއެވެ. އަލީ އެ ކުއްޖާއަށް މޫސާގެ ނަމުން ނަންދިނެވެ. ނަމަވެސް އެވާހަކަ އަލީ ކިޔައިދިނެއް ކަމަކު ދައްތަމެން ތިބީ ބިރުންނެވެ. އެއީ ޖިންނި ކުއްޖެކޭ ބުނެ ފަންޑިތަ ހަދާ މީހެއް ގެނެއުމަށް ބުނަމުން ދިއައެވެ. އަލީ އެކަމާއި ދެކޮޅު ހެދިއެވެ. އަދި އެއަށްފަހު އެމީހުން ވަކިން އަލީގެ ގޭގައި އުޅުނެވެ.

އޭގެ ފަހުން ހުރިހާ ކަމެއް ގޯސްވާން މާކަށް ގިނަ ދުވަހެއް ނުނެގިއެވެ. އަލީގެ ބެލުމުގައި ފަރީޝާ ހުރިއިރު އަލީއަށް އެ ދަރިފުޅުގެ ބޯކޮޅު އަބަދަކު ނުބެލެއެވެ. ގޭގެ ކަންކަން ކުރުމުގައި އުޅޭއިރުއާއި, ރުއްވަލަށް ގޮސް ރާއެރުމުގައި އުޅޭއިރު ފަރީޝާގެ ބޯކޮޅު އަލީއަށް ފުރިހަމައަށް ނުބެލެއެވެ.
ރާ ކެއްކުމުގައި އަލީ ބަދިގޭގައި އުޅުނު ދުވަހަކެވެ. ފަރީޝާ އުޅުނީ ގޭ ކައިރީގައި ކުޅޭށެވެ. ދުވެފައި ރަތްގެރީގެ ފަހަތުން ދިއަ ވަގުތެއްގައި, ގައު ބުރިއެއްގައި އަޅައިގަނެ ފަރީޝާ އަނގަ ވަތައް ވެއްޓުނެވެ. އެހިނދު ތުންފަތް ފަޅައިގެން ގޮސް ލޭ އައިސް, ވަރަށް ބާރަށް ފަރީޝާ ރޮއެގަތެވެ. އެ އަޑު އިވި, އަލީއަށް ބަދިގެއިން ނިކުމެވުނު އިރު ކަމަކުދާކަށް ނެތެވެ. ފަރީޝާގެ ކުރިމަތީގައި އެއިރު ހުރީ, އިސްކޮޅުގައި އަށެއްކަ ފޫޓު ހުރި އަލިފާން ގެރިއެކެވެ. މި ގެރި ރަށުގެ މީހުންނަށް ފެނި, ރަށަށް ކަނޑުގެރިއެއް އަރައިފިއޭ ކިޔާ ވާހަކަ ފެތުރިއެވެ. އަލީ އަވަހަށް ދުވެފައި ގޮސް ފަރީޝާ ނަގައި މައްލަވަ ކޮށް ރުއިން ހުއްޓުވިއެވެ. ނަސީބަކުން ރަށުގެ އެއްވެސް ތަނަކަށް ގެއްލުން ނުލިބެނީސް އަލިފާންގެރި ރަތްގެރިއަށް ބަދަލުވިއެވެ. އެ މަންޒަރު ފެނުނު މީހުން, އަލީ ގެންގުޅޭ ރަތްގެރި އަކީ ޖިންނި އެކޭ ކިޔާ ވާހަކަ ފެތުރިއެވެ.

އިސާހިތަކު, ރަށުގެ މީހުންތައް އަލީގެ ގެ ކައިރިއަށް އެއްވާން ފެށިއެވެ. އަދި އެ ގެރި މަރާލުމަށް ގޮވަމުން ދިއައެވެ. މީހުންނަށް އެފެނުނު މަންޒަރުން, އަލީއަށް އެއްވެސް ބަހަނާއެއް ނުދެއްކުނެވެ. އެ ވަގުތު އަލީގެ ދައްތަމެން ވެސް އެތަނަށް އައެވެ. އަދި އަލީގެ ގާތު އޭރު ވެސް އެ ގެރި މަރާލަން އުޅޭށޭ ބުނި ވާހަކަ ހަނދާން ކޮށްދިނެވެ. ނަމަވެސް އަލީ, އޭނަގެ ދައްތަމެން ދެކެ ރުޅިއައެވެ. އަލީ ދެކެނީ އެ ގެރިއަކީ އޭނަގެ އަމިއްލަ ދަރިއެއް ކަމުގައެވެ. ވީއިރު އެ ގެރިއަށް އެއްވެސް ގެއްލުމެއް ވިޔަކަ ނުދޭނެކަމަށް އޭނަ ތަކުރާރުކޮށް ބުނަމުން ގެންދިއައެވެ. އެންމެ ފަހުން ރަށުގެ މީހުން އައިސް ރަތްގެރީގައި އަތްލާ ހިސާބަށް ކަންތައް ދިއައެވެ. އެ މީހުންނަށް ވިސްނައި ނުދެވޭނެކަން އަލީއަށް އެނގުނީ ދެނެވެ. އަދި އެ މީހުން ބިރުގެންފައި ތިބި ވަރުން އެންމެ ފަހުން, އެ ރަށުން ފައިބައިގެން ފަޅު ރަށަކަށް ދާނެ ވާހަކަ އެމީހުން ގާތު ބުންޏެވެ. އަދި އެ ގެރީގެ އެއްވެސް އުނދަގުލެއް މަރޮށީގެ އެކަކަށް ވެސް ނުވާނެ ކަމުގައި ބުންޏެވެ. މިކަމަށް އެންމެން އެއްބަސްވެ އަލީއާއި, ފަރީޝާއާއި, ރަތްގެރި, ކުޑަ ބޮއްކުރާ އެއްގައި ނާއިންފަރަށް ފޮނުވާލިއެވެ. އަލީގެ އުފަން ރަށުން ބޭރު ކޮށްލީއެވެ. އޭނަގެ ރުއްތަކާއި ދުރަށް އަބަދުގެ އަބަދަަށް ދާން ޖެހުނީއެވެ. ދެރަވެ ކަރުނައިން ފުރިފައިވާ ހާލު, ކާނެބޯނެ އެއްޗެއްސާއި, އަންނައުނު ހިފައިގެން އަލީމެން ނާއިންފަރަށް ދިއައެވެ.

ނާއިންފަރަށް އެ ދުވަހު ދެވުނު އިރު ހަވީރުވެއްޖެއެވެ. އެއިރު އަލީ ހުރީ ފަލި ޖަހާޖަހާ ވަރު ބަލި ވެފައެވެ. ނަމަވެސް ހިތްވަރު އެލުވާނުލާ, ބޮއްކުރާ ރަށާއި ގާތް ކުރިއެވެ. އަދި ފަރީޝާއާއި, ރަތްގެރި ރަށަށް ބޭލުމަށްފަހު އަތިރިމަތީގައި ފެންނަ ހިސާބުގައި ބޭތިއްބިއެވެ. އަދި ބޮއްކުރާ އެހެލުމަށްފަހު, ގެނައި އެއްޗެހި ހިފައިގެން އެންމެން އެކުގައި އެއްގަމަށް އެރިއެވެ. މި ރަށަކީ ފަޅުރަށަކަށް ވުމުން އެރަށުގައި އުޅޭނެ ގެއެއް ނުހުރެއެވެ. ވީ އިރު އަލީއަށް ޖެހުނީ އިރު އޮށްސެން ވާއިރަށް ބޯހިޔާ ކޮށްލާނެ ތަނެއް ހެދޭތޯ އަވަސްވެ ގަންނާށެވެ. އެކަމާ އުޅުމުގެ ކުރިން ފަރީޝާއަށް ކާންދީ, އަލީ ވެސް ބަނޑުހައި ފިލުވާލިއެވެ. ރަތްގެރިއަށް ކާންދޭން ނުޖެހުމަކީ އަލީ އަބަދުވެސް ހައިރާންވާ ކަމެކެވެ. އެކަމަކު އެ ސުވާލުގެ ޖަވާބު އެ ގެރިގާތު އަހައިގެން ލިބޭ ގޮތެއް އަދި އަލީއަށް ވަނީ ނުވެފައެވެ.

އަލީގެ ހީވާގި ކަމުން ރަށުގެ ވަލުން ކުޑަ ވަރެއްގެ ޖިފުޑި ގަނޑެއް އެޅޭ ވަރަށް ތަކެތި އެއްކުރިއެވެ. އުނި ދަނޑިއާއި, ދިއްގާ ދަނޑިއެވެ. ރުކުގެ ފަނާއި, ބޯކެޔޮ ފަތެވެ. ގެނައި ދަނޑިތަކުން މޫދުކައިރި ހިސާބުގައި, ބިމަށް މުޑި ޖަހައި ޖިފުޑިގަނޑުގެ މައިގަނޑު ހެދިއެވެ. އަދި ކުޑަ ވަރެއްގެ ދަނޑި ފުރާޅެއް, ދިއްގާ ވަކައިން އަށްސައިގެން ބަނެވެ. އޭގެ ފަހުގައި ފުރާޅުގައި ފަން ހުނގުލި ތަކެއް އެއްސިއެވެ. އެއަށްފަހު ޖިފުޑީގައި ފުރާޅު ލައި, ދަނޑިން ހަތަރު ބިއް, ފުރާޅުތައް ބަނުނު ގޮތައް ބަނެވެ. އެ ބިއްތަކުގައި ބޯކެޔޮ ފަތުން ސާންތި ވިޔެފައި ހަރު ކުރިއެވެ. އަދި އަތިރިމަތިން ދޮންވެލި ގެނެސް ޖިފުޑި ގަނޑުގެ އެތެރެއަށް ދޮންވެލި ލިއެވެ. އެއަށްފަހު ފަންތޮށިންނާއި, ބާކީވި ދަނޑިތަކުން ދެ އަށި ހަދައި ޖިފުޑިގަނޑު އެތެރޭގައި ބެހެއްޓިއެވެ. މަސައްކަތް ނިމުނުއިރު ހުރީ އިރު އޮށްސި ދުނިޔެމަތި އަނދިރިވާން ގާތްވެފައެވެ.

ދުނިޔެމައްޗަށް އަނދިރި ވިއިރު ފަރީޝާއަށް ކާންދީ, އަލީ ވެސް ކައިގެން ޖިފުޑިގަނޑުގެ އެތެރެއަށް ވަނެވެ. ކަނު އަނދިރިވެ, ނާމާންކަން މުޅި ރަށަށް ފެތުރިގެން ދިއައެވެ. އަލިކަމެއް ނެތް އެ އަނދިރީގައި, ކުޑަކުއްޖަކު ގޮވައިގެން އަލީ އޮތީ ބިރުންނެވެ. ފަރީޝާ ވެސް އިނީ ބިރުން ރޮވިފައެވެ. ނާނާއެއް ކިޔައިގެން މަސަލަސްކޮށް ފަރީޝާ ނިންދެވިއެވެ. އަދި ހިތްވަރުކޮށް އަލީ ވެސް ނިދޭތޯ ބެލިއެވެ. ކޮންމެ ގޮތެއް ވިޔަސް އަލީއަށް މިއަދު އުޅެން ޖެހިފައި އޮތް ގޮތަކީ މިއީއެވެ. އެ ދަރިފުޅަށްޓަކައި, އަދި އެ ގެރީގެ ދިފާއުގައި އަލީއަށް ހިތްވަރު ކުރަން މިއަދު އެބަ ޖެހެއެވެ.

އޭގެ އަނެއް ދުވަހުގެ ފަތިހު ވަގުތެވެ. ދުނިޔެ މައްޗަށް އިރުގެ އަލިކަން ފެތުރިގަންނަން ގާތް ވިއިރު އަލީ އޮތީ ޖިފުޑި ގަނޑުގެ ކައިރީގައި ހުރި ރުކަށް އަރައެވެ. އަލީގެ ހަށީގައި ހިފާފައި ހުރި ކަމެއް ވުމުން ރާވެރިކަން ނުކޮށް ނުހުރެވިގެންނެވެ. ރުކުގައި އެތްބަނދެ ނިމިގެން ފައިބާ ފަރީޝާ ހޭލުމުން އެ މަންޖެއާއި, ރަތްގެރި ގޮވައިގެން މަސައްކަތުގައި އުޅުނެވެ. ފަސްވަރަކަށް ރުކުގައި އެތްބަނެވެ. އެދުވަހު ޖިފުޑި ގަނޑުގެ ކައިރީގައި, ފަރީޝާ ކުޅެން އުޅުމުގެ ތެރޭގައި އަތުގައި ބަރަވެއްޔެއް ދަތް އެޅިއެވެ. ރަތްގެރި އަލިފާންގެރިއަށް ބަދަލުވި ވަގުތު ޖިފުޑި ގަނޑުގައި ރޯވެ އެނދިއެވެ. އަނެއްކާ ވެސް އަލީއަށް ޖެހުނީ ޖިފުޑި ގަނޑެއް ހަދާށެވެ. އޭގެފަހުން އަލީއަށް ގާތްގަނޑަކަށް ކޮންމެ ހަފްތާއެކޭ ބުނާ ވަރަށް ރަށުގެ ކޮންމެ ވެސް ތަނަކު ރޯވާ އަލިފާން ގަނޑު ނިއްވަން ޖެހެއެވެ. ފަރީޝާއަށް ގެއްލުމެއް ލިބޭ ކޮންމެ ފަހަރަކު ރަތްގެރި އަލިފާންގެރިއަށް ބަދަލު ވާތީއެވެ.

އަލީއަށް އެކަން ބޮޑު ކަމަކަށް ވެގެން ރަތްގެރި, އަލިފާންގެރިއަށް ބަދަލު ވުން ހުއްޓުވޭނެ ގޮތެއް ހޯދޭތޯ އުޅުނެވެ. އެ ގޮތުން އަލީ ނިންމީ އެ ގެރިއާއި ވާހަކަ ދެއްކުމަށެވެ. މޫސާއަށް ބަދަލު ވެފައި ހުންނަ ވަގުތު ދެކުދިންނާއި ވާހަކަ ދައްކާ, މިރަށުގައި ފަރީޝާގެ ފުރާނައަށް ގެއްލުން ދެވޭ ވަރުގެ އެއްޗެއް ނޫޅޭނެއޭ ބުނެދިނެވެ. އަދި ފަރީޝާއަށް ލިބޭ ކުދިކުދި ގެއްލުންތަކުގައި އޭނާ ރޮއުނަސް ހިމާޔަތް ކުރުމަށް އަލިފާންގެރިއަށް ބަދަލުނުވެ, މޫސާއަށް ބަދަލުވެ ދައްތައަށް އެހީވާނީއޭ ކިޔާ ވާހަކަ ދެކެވުނެވެ. އަލީގެ އެ އުކުޅުތަައް އަމަލީކޮށް ދަސްކޮށްދިނުމުގެ ބޭނުމުގައި, ފަރީޝާއާއި, ރަތް ގެރި ގޮވައިގެން ކޮންމެ ދުވަހަކު އެރަށުގެ ތުނޑިއަށް ގޮސް އުޅެއެވެ.

އެގޮތުން ތުނޑީގައި ހުރެ, ގަސްތުގައި ފަރީޝާގެ އަތުގައި ކަކުންޏެއް ދަތް އަޅުވައި, ނުވަތަ ބަރަވެއްޔެއް ދަތް އަޅުވާ, ނުނީ އެނޫން ގޮތަކުން ފަރީޝާއަށް ބޮޑު އަނިޔާއެއް ނުވާނެހެން, ތަދު ވާނެ ގޮތެއް ހަދައި ރޮއްވާލައެވެ. ހަމަ އެއާއެކު ރަތްގެރި އަލިފާންގެރިއަށް ބަދަލުވެއެވެ. އަލީ އެ ގެރީގެ ކައިރިއަށް ގޮސް ފަރީޝާއަށް ތަދުވި ތަން ދައްކާ އޭނާއަށް ގެއްލުމެއް ނުވާކަން ހާމަކޮށްދެއެވެ. އަދި އެ ވަގުތައް ރަތްގެރިއަށް ބަދަލު ވެއެވެ. މި ގޮތައް ދަސްކޮށް ދޭން ތުނޑީގައި އުޅޭއިރު އަލިފާންގެރިއަށް ބަދަލުވެފައި ހުންނަތަން ރަށުގެ ކައިރިން ދާ ދޯނިފަހަރަށް ފެނެއެވެ. މި މީހުން ހީކުރަނީ އެރަށަށް ކަނޑުގެރިއެއް އަރައިގެން އުޅެނީ ކަމަށެވެ. މިހެންވެ ބިރުން ރަށަށް ގޮސް އެވާހަކަ ފަތުރައެވެ. މިގޮތައް ކަންތައް ވަމުން ގޮސް ނާއިންފަރުގެ ކައިރި ރައްތަކުގެ މީހުންނަށް އެކަން އެނގި, އެ މީހުން އެ ރަށާއި ކައިރިން ދަތުރު ކުރުން ހުއްޓުނެވެ. އެ މީހުންގެ ފަހަތުން އެ ގެރި ރަށަށް އަތުވެދާނެ ކަމަށް ބަލާ ބިރުންނެވެ. މި މީހުންގެ ވާހަކަތަކުގެ ސަބަބުން އަލީގެ ދައްތަމެން ވެސް, އަށްޅޯހިބެމެން ވެސް, އަލީއާއި ބައްދަލު ކުރުމަށް ނާއިންފަރަށް އައުމަށް ޖެހިލުން ވެއެވެ. އެއީ އެރަށަށް ގޮސް އައިސްސި ނަމަ އެ ގެރި ވެސް އެ މީހުން ފަހަތުން އަންނާނޭ ކިޔާ ވާހަކަ ފަތުރާފައި ވީމައެވެ.

އަލީ ކޮންމެ ދުވަހަކު އެއްފަހަރު ރަތްގެރިއަށް އެ ގޮތައް ދަސްކޮށް ދިނުމުގައި ވަގުތު ހޭދަ ކުރެއެވެ. އަދި އޭގެ އިތުރުން މިހާރުގެ ވަގުތީ ޖިފުޑި ގަނޑުގެ ބަދަލުގައި, ކުޑަ ވަރެއްގެ ދަނޑިފަނުގެ ގެއެއް, ރަށުގެ މެދެއްހާކަށް ހިސާބުގައި އެޅުމަށް މަސައްކަތް ފެށިއެވެ. އަލީ ވަލުގައި އުޅޭ އިރު, ބޯކޮޅު ފެންނަ ހިސާބުގައި ފަރީޝާއާއި, ރަތްގެރި އަބަދު ވެސް ބައިތިއްބައެވެ. ރަށުގައި ރޯވުން ދުވަހަކަށް ވުރެ ދުވަހެއް, ހަފްތާއަކަށް ވުރެ ހަފްތާއެއް, މަހަކަށް ވުރެ މަހެއް, މަދުވަމުން ދިއައެވެ. އަދި އަހަރަކަށް ވުރެ އަހަރެއް އަލިފާންގެރީގެ އިސްކޮޅު ވެސް ދިގު ވަމުންދިއައެވެ.

އަލީގެ ހީވާގި މަސައްކަތުން ބިމަށް މުޑި ޖަހައިގެން, އެންމެ ދަށްފެންވަރުގެ, ދަނޑިފަނުގެ ގެއެއް އެޅިއެވެ. އަދި އެގެއަށް ރޭގަނޑުގައި ނިދުމަށް ބަދަލުވިއެވެ. އަލީ އެރަށުގައި ރާ ކޮށްފައި ހުރި ރުއްތަކުން ރާ ލިބިލިބި ހުރިއެވެ. ރާ ކެއްކުމަށް ތެލި އުނދުން ނެތުމުގެ ސަބަބުން, ބާލާ ރާފޮދު ކޮންމެ ދުވަހަކު ވެސް ހުސްކޮށްލަން ޖެހެއެވެ. މަރޮއްޓަށް ތެލި ފަދަ އެއްޗެހި ބަލާ ދާން އަލީ އަކަށް ނުކެރޭނެއެވެ. އެ މީހުން އަލީމެންނަށް ގެއްލުމެއް ދީފާނެ ތީއެވެ. އަދި ބިލެތްފަށްސަށް ބޮއްކުރާގައި, ކުޑަ ކުއްޖަކު ގޮވައިގެން ފަލި ޖަހާފައި, ދިއުން އެއީ ބޮޑުކަމަކަށް ވުމުން އެ ރަށަށް ވެސް ނުދެއެވެ. މިހެންވެ އަލީއަށް ޖެހުނީ އެ ރަށުންނާއި އެ ރަށުގެ ކައިރީގައި އޮންނަ, މެދުކުނބުރުދޫ އިން ކާނެ އެއްޗެހި ހޯދާށެވެ. ނަމަވެސް އެހުރިހާ ކަމެއް ބަދަލުކޮށްލުމުގެ ހިޔާލެއް އަލީއަށް އައީ, ފަރީޝާގެ އުމުރުން ހަތް އަހަރުވި ފަހުންނެވެ.

ފަރީޝާގެ އުމުރުން ހަތް އަހަރުވާން ވީއިރު, އަލީގެ ބުރަ މަސައްކަތުން ފަރީޝާއަށް ގެއްލުމެއް ވާ ކޮންމެ ވަގުތަކު ރަތްގެރި އަލިފާން ގެރިއަށް ބަދަލުވުން ހުއްޓުވުނެވެ. ނަމަވެސް އަލީގެ މިންނެއް މަސައްކަތުން އެޅި ދަނޑިފަނުގެ ގެ އަނދާ ބިމާ ހަމަވިއެވެ. އަލިފާންގެރީގެ ސަބަބަކުން ނޫނެވެ. މޫސާއަށް ދަސްވި އައު ހުނަރެއްގެ ސަބަބުންނެވެ. މޫސާގެ އަތުން އަލިފާން ގުޅަ އުފައްދަން ދަސްވި ދުވަހު ވީ މަޖަލުގައެވެ. މޫސާ އަލިފާން ގުޅަތައް ދޫކުރަނީ ވަކި މިސްރާބެއްނެތި އެކި ދިމަ ދިމާލަށެވެ. އަލީ އެކަމާއި ކިތަންމެ ރުޅިއައެއް ކަމަކު, ނިންމީ އެ ހުނަރުގެ ބޭނުން ހިފުމަށެވެ. މިހެންވެ މޫސާއަށް އަލިފާން ގުޅަ ހަދާ ދޫކުރަން ދަސްކޮށް ދޭން ފެށިއެވެ. އެގޮތުން ފީފަނުން ވަށްބުރެއް ހަދައި ދަނޑިބުރިއެއްގެ ކުރީގައި އަށްސާ, އެކި އުސްމިނުގެ ދަނޑިތައް, އެކި ދުރުމިނުގައި, ތުނޑީގެ ދޮންވެލި ގަނޑަށް ޖެހިއެވެ. އަދި މޫސާގާތު ދުރުގައި ހުރެގެން އެ ފަންތަކުގެ ބުރުގައި ރޯކުރުމަށް ބުންޏެވެ. ފުރަތަމަ ދުވަސްކޮޅު އަމާޒު ކައްސައިލައިގެން އެކި ދިމަ ދިމާލަށް އަލިފާން ގުޅަތައް ދެއެވެ. ނަމަވެސް ދުވަހަކަށް ފަހު ދުވަހެއް މޫސާގެ އަމާޒު ރަނގަޅުވަމުން ގޮސް ކާމިޔާބު ވިއެވެ. މިހާރު މޫސާ ބޭނުން އިރަކު އޭނަގެ އަތުން އަލިފާން ގުޅަ އުފައްދާ, ބޭނުން ތަނަކު ރޯކޮށްލައެވެ. ނަމަވެސް އަލީގެ އެދުމަށް ވަލު ތެރޭގައި ހުރެ އަލިފާން ގުޅަ ނުހަދައެވެ. އަދި ވަލުގައި ހުރެގެން އަލިފާންގެރިއަށް ވެސް ބަދަލެއް ނުވެއެވެ. އަލީއަށް މޫސާގެ ކާމިޔާބީ ވެގެން ދިއައީ ކާބޯ ތަކެއްޗާއި ހިފާގެންގުޅޭ ތަކެތި ހޯދުމަށް އައު ދޮރުތަކެއް ހުޅިވިގެން ދިއަ ކަމަކަށެވެ.

އަލީ ނިންމީ ކައިރި ރައްތަކަށް ގޮސް ކުޑަ ކުޅި ވަރެއް ކުޅެ, ރަށުގެ މީހުންނަށް ބިރު ދައްކައިގެން ރަށްރަށުން ތަކެތި ހޯދުމަށެވެ. މި މަސައްކަތުގެ އަމަލީ ސިފަ ގެނެއުމުގެ ކުރިން, މޫސާގާތު, ރަތްގެރިއަށް ބަދަލު ނުވެ, މޫސާގެ ސިފައިގައި ހުރެ, އަލިފާންގެރިއަށް ބަދަލު ވެވިދާނެތޯ އެހިއެވެ. ނަމަވެސް އެއިރު މޫސާއަށް އެކަން ނުކުރެވެއެވެ. މިހެންވެ އަލީ ކުރަން ވިސްނި ކަންތައް ފަސްޖައްސާލިއެވެ.

ފަރީޝާގެ އުމުރުން ނުވަ އަހަރު ވެއްޖެއެވެ. ވަލުގައި ދެ ކުދިން އެކުގައި ކުޅެ މަޖަލުގައި އުޅެއެވެ. އެ ކުދިންނަށް މިހާރު ނާއިންފަރުގެ ވަލުގައި ފަރިތަކަމާއެކު ދުވެ ހަދަން އެނގެއެވެ. މިހެންވެ އެކުދިންގެ ބޯކޮޅު ބެލުމުގައި އަލީއަށް އަބަދު އުޅޭކަން ނުޖެހެއެވެ. ކާ ގަޑީގައި ކާން އައިސް, އިރު އޮށްސުނީމާ ގެއަށް އައުމުން އަލީއަށް މައްސަލައެއް ނެތެވެ. އަލީ އަށް މިހާރު އޮންނަނީ ހުސްވަގުތު ގިނަ ވެފައެވެ. މިހެންވެ ކުރިން ދަނޑުފަނުގެ ގެ އެޅިތަނުގައި އަޅަން ފެށި ގެ އަޅާ ނިންމާލިއެވެ. އަދި އިތުރު ރުއްތަކުގައި އެތްބަނެ ރާކުރާ ރުއްތައް ގިނަ ކޮށްލިއެވެ.

އާދައިގެ މަތިން ހަވީރުގެ ވަގުތުގައި ފަރީޝާއާއި މޫސާ, ކުޅެ ސަކަރާތުގައި ތުނޑީގައި އުޅުނު ދުވަހެކެވެ. ވައިގެ ތެރެއަށް ފަރީޝާ އެއްލާ ބޮނބި ގަނޑުގައި މޫސާގެ އަތުން އަލިފާން ގުޅަ ދޫކޮށް ރޯކޮށްލައެވެ. އެ ގޮތައް އެއްޗެހި އުކަމުން ދަނިކޮށް, ފަރީޝާ އެއްލި ކާއްޓެއް މޫސާއާއި ދިމާލަށް އައި ވަގުތު, އެއްވެސް ވިސްނުމަކާއި ނުލާ މޫސާއަށް އަލިފާންގެރިއަށް ބަދަލު ވެވުނެވެ. އަދި އެ ކާށި އައި ގޮތައް އައިސް އެސޮރުގެ ގައިގައި ޖެހި އަނދައިގެން ދިއައެވެ. ވީ އުފަލުން އަލިފާންގެރި ނަށަން ފެށިއެވެ. އަދި ވަގުތުން އަލީ ގާތު އެވާހަކަ ބުނުމަށް ދުއްވައި ގަތެވެ. އެ ފޯރީގައި އަލިފާންގެރިއަށް ބަދަލުވެ ހުރެ ރަށުގެ އެތެރެއަށް ނުވަދެވުނީ ހަމަކިރިޔާއެވެ. ފަރީޝާ ހަޅޭއް ލަވައިގެން ކަމުންނެވެ. މިފަހަރު, ރަތްގެރިއަށް ބަދަލު ނުވެ އަލިފާންގެރި މޫސާއަށް ބަދަލުވިއެވެ.

ބައްޕާއޭ ގޮވަމުން ދެ ކުދިން އެކުގައި އަލީގެ ގާތައް ގޮސް އެ އުފާވެރި ހަބަރު ދިނެވެ. އަދި އަލީއަށް އެކަން ޔަގީން ކޮށްދިނުމަށް, އެންމެން އެކުގައި ތުނޑިއަށް ދިއައެވެ. ގޮސް އަލީގެ ގާތުގައި މޫސާ އެދުނީ ވަރަށް ބާރަށް ކާއްޓެއް އޭނާއާއި ދިމާލަށް އެއްލުމަށެވެ. އަލީ އަކަމާއި ޖެހިލުން ވިއެވެ. މޫސާއަށް ގެއްލުމެއް ލިބިދާނެ ތީއެވެ. ނަމަވެސް އެކަމަށް އަލީ ގާތު މަޖުބޫރު ކުރާވަރުން އެންމެ ފަހުން ކާއްޓެއް މޫސާއާއި ދިމާއަށް އަތުގައި ހުރި ބާރެއްލާ އެއްލިއެވެ. ކާށިގޮސް މޫސާގެ ގައިގައި ނުޖެހެނީސް ކުއްލިއަކަށް އަލިފާންގެރިއަށް މޫސާ ބަދަލުވިއެވެ. އަލީ އަށް ބޭ އިހްތިޔާރުގައި ފަރީޝާގެ ގައިގައި ބައްދަލާ, އުރާލާ, ފުންމަން ފެށުނެވެ.

-ނުނިމޭ-

  Please log in or register to bookmark.
  1k

  8 ޚިޔާލު

  1. މިއީ ފުލޯކުވާހަކައަކަށް ބިނާކޮށް ލިޔެފަ އިން ވާހަކައެއްތަ؟

  ޚިޔާލު

  Your email address will not be published.

  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy